އެއްގަޑިއިރުގެ އޮޕްރޭޝަނަށްފަހު ޑޮކްޓަރު ތިއޭޓާރުން ނުކުތުމުން އެންމެންގެ ހިތް ނުހަނު ބާރަށް ތެޅެން ފެށިއެވެ. ވީ ކަމެއް އެންމެންވެސް ތިބީ ބަލައިލަން ކެތްމަދުވެފައިއެވެ. ޑޮކްޓަރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާން ނެތް އިރު ކައިޒީން ކުރި ސުވާލަށް ޖަވާބު ދެންވެސް ޑޮކްޓަރު ނޫޅުނެވެ. ”ސާރޖަރީ ވަރަށް ކާމިޔާބު.. ހާސްނުވޭ ދެން.. އިންޝާﷲ ޕޭޝިއެންޓަށް ހިނގޭނެ..” ޑޮކްޓަރުގެ ޖަވާބު އިނގިފައި އެންމެންނަށްވެސް ދޫކޮށްލެވުނީ ވަރަށް ފުން ނޭވާއެކެވެ. ހީވަނީ އެހުރިހާ އިރު ހުރީ ނޭވާ ނުލައި ހެންނެވެ. އަދި އެއެންމެންގެ ދުލުންވެސް ބޭރުވި ބަހަކީ އަލްހަމްދުލިއްލާއެވެ. ޒިރާންގެ ފައިގެ ފާރުގަނޑު އެއްކޮށް ފަސޭހަ ވުމުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ތިން ހަފްތާއަށް ޒިރާންއަށް ފިޒިއޮތެރަޕީ ދޭން ފެށިއެވެ. ކޮންމެ ދުވަހަކު ޒިރާން ގޮވައިގެން […]
ކުރަހައިފައިވާ ރައިހާން ގެ ފޮޓޯ ގަނޑަށް ބަލަން އޮއްވާ އަހަރެންނަށް ނިދުނެވެ………..އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެެވެ…”ދަރިފުޅާ މައިޝާ.. ސުކޫލަށް ދާން ތެދުވެބަލަ …އެއޮތް ގަނޑިޖެހެނީ އޭ…ދަރިފުޅާ”…. އިސްތަށި ގަނޑު ހާވަމުން އަހަރެން އަވަހަށް ފާހަނަ އަށް ވަދެ… ފެން ވަރައިލައިގެން ..ނިކުމެ ސުކޫލަށް ދާން ތައްޔާރު ވެލީމެވެ… މިއަދު ލަހުން ހޭލެވުނީމަ ބަސް ކެޓީއެވެ… އެހެންވެ ސުކޫލަށް ދާން ޖެހުނީ މަންމަ އާއެކީ ސައިކަލުގައެވެ…. ދުވަހަކީ ވަރަށް ވެސް ވައިބާރު ދުވަހެކެވެ… ސުކޫލާ ހަމަ އަށް […]
ފަތީން އިނީ ސުކޫލު ފަޓުލޫނު ލައިގެން ބަދިގޭގައި ސައިބޯށެވެ. އެއިރު މެންދުރު ނަމާދަށް ބަންގި ގޮވަމުން ދަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް އައި މެސެޖަކަށް އޭނާ ބަލައިލިއެވެ. “ކޮބާ ތިމީހާ؟” އެއީ ޖިޔާދު ފޮނުވާލި މެސެޖެކެވެ. “އާދޭ މިގޭ ކާރިއަށް..” ފަތީން ރިޕްލައި ފޮނުވާލިއެވެ. ކައިނިމިގެން ފަތީން ތެދުވެގެންގޮސް ސިންކު ކައިރީގައި ހުއްޓިލި ވަގުތެވެ. އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން އަތް ދޮވެގެން އަންނަން ވާއިރަށް ފޯނު ވަނީ ކެނޑިފައެވެ. ފަތީން ފޯނަށް ބަލައިލީއިރު ގުޅާފައިވަނީ […]
ޒޯޔާ ދެލޯހުޅުވާލީ ބާރުގަދަ ދެއަތުގެ ހިމާޔަށް ލިބުމުންނެވެ. މަޑުމަޑުން ހުޅުވާލި ދެލޮލުގެ ކުރިމަތިން ނަވީންގެ ސޫރަ ފާޅުވުމުން ޒޯޔާ ހިނިތުން ވެލިއެވެ. ” ނާވީން ސަރ …” ޒޯޔާ ހައިރާންވެ ނަވީންގެ މޫނަށް ބަލައިލިއެވެ. ނާވީންގެ އަށްދަނޑިމަތީގައި އޮތް ޒޯޔާއަށް ބަލަހައްޓައިގެން ހުރިއިރު ހިތަށް އަރަމުންދިޔައީ މިހާ ރީތި އަންހެން ކުއްޖެއްގެ ހިތުގައި އޭނާއަށް ޓަކައި ޖާގައެއް ވާނެނަމަ އެވެ. ޒޯޔާ އާއި އެހާ ގާތުގައި ވުމުން ނާވީންގެ ހިތުގެ ހިގުން އަވަސް ވެފައި ވިއެވެ. […]
بسم الله “ދަރިފުޅާ!.. ތައްޔާރު ވެއްޖައިންތަ؟” ނައިރާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލަމުން ބުނެލިއެވެ. “ލައްބަ.. މަންމާ މިދަނީ..” އުމުރުން ސާދަ އަހަރުގެ ނާރާ އޭނާގެ ބުރުގަލަށް ފަހު ދަތި ޖަހާލަމުން ބުނެލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ދެފަރާތަށް އެނބުރިލަމުން ރަނގަޅުތޯ ބަލާލިއެވެ. ހިކި ކުއްޖެކެވެ. ވަށް މޫނަކާއި ހަންގަނޑު އަލި ރީތި ކުއްޖެކެވެ. އިސްކޮޅުން މާދިގު ނޫނަސް ކުރެކޭވެސް ނުބުނެވޭނެއެވެ. ކަނޑު ނޫކުލައާއި މަޑު ނޫކުލައިގެ ޔުނީފޯރމް ގައި ފެންނަނީ ވަރަށް ސާދާ […]
= ހުރިހާ ލޮބުވެތި ކިޔުންތެރިންގެ ސަމާލުކަމަށް : މިވާހަކަ އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރިން ވާނީ ފޭސްބުކް ޕޭޖަކަށް އަޕްލޯޑު ކުރަން ހަދިޔާ ކޮށްފައެވެ. އެހެންކަމުން މިވާހަކަ ކިޔުއްވާ ފަރާތްތަކަށް މިއީ ކުރިން ކީ ވާހަކައެއްހެން ހީވެލައްވާނަމަ އެއީ ކުއްހީއަކަށް ނުވުމާ ވަރަށް ގާތެވެ. ކަންމިހެން ހުރިނަމަވެސް އެސްފިޔައިގެ ކިޔުންތެރިންގެ ހިތްހަމަ ޖެހުމަށްޓަކައި އެސްފިޔައަށްވެސް މިވާހަކަ އަޕްލޯޑު ކުރުމަށް ނިންމާ މިވާހަކަ ތިޔަ ލޮބުވެތި ކިޔުންތެރިންނާ ހަމަޔަށް ދޫކޮށްލީމެވެ. = ވަގުތަކީ މެންދުރުގެ ހޫނު ގަދަ ވަގުތެ. […]
ފަތިހުގެ ހިތްފަސޭހަ ވަގުތު ހަށިގަނޑަށް ލިބެމުން ދިޔަ އަރާމާއި ފިނިކަމުގެ ތެރެއިން ޒައިނަބަށް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވައިލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ޒައިނަބުގެ ގައިގައި އޮޅުލައިގަނެގެން ނިދާފައި އޮތް އޭނާގެ ފިރިމީހާ ހައިލަމް އާއި ދުރުވެލައި، ކަންނެތް ގޮތަކަށް އެނދުމަތީގައި ދެފަރާތަށް ފުރޮޅިލަމުން ޒައިނަބު އެނދުން ތެދުވެ ފޯނުން ގަޑި ބަލައިލި އެވެ. ” ހައިލަމް.. އޭ ބަލަ ހައިލަމް… ދެލޯ ހުޅުވާލަ ބަލަ… ފަތިހު 5 ޖަހަނީ…. ފަތިސް ނަމާދު ކުރަން ތެދުވޭ… […]
ފޯނާ ކުޅެން އިނދެފާ އޭނާ ޔަނާލްއާ ވާހަކަ ދެއްކުމުންވެސް ޔަނާލްގެ ޚަބަރެއްނުވުމުން އިކާން އިސްއުފުލާ ބަލައިލި ވަގުތު ނިދިފައި އޮތް ޔަނާލް ފެނި އިކާންއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކަށް އެމޫނަށް ބަލަހައްޓާއިގެން އިނުމަށްފަހު އިކާންއަށް އޭނަގެ އަތް އުފުލާލާ މަޑުމަޑުން އެއޮމާން މޫނުގައި ފިރުމާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ވެރިވި އިހުސާސާއެކު ދެވަނަ ފަހަރަށްވެސް އިކާންއަށް އެއަމަލު ތަކުރާރުކޮށްލެވުނެވެ. ޔަނާލްއަށް ކުރިމަތިވާނޭހެން އޭނަ އިށީންދެގެން އިން ގޮނޑި މަޑުމަޑުން އަނބުރާލާ އޭނަގެ ފުރިހަމަ ސަމާލުކަމެއް ޔަނާލްއަށް ހުސްކޮށްލިއެވެ. ޔަނާލްގެ […]
ހިތް ހަލާކު ފަހުބައި “އަޅާނުލާ އަހަރެން ގޮސް ސަމާ ތިޔަތަނުން ދުރުކޮށްލާނަން އަދި ރީތި ދިރިއުޅުމެއްވެސް ހޯދައިދޭނާން” ނާޒިމު މިހެން ބުނުމުން ސަމާއަށް ދިރި އުޅުމުގެ އުފާވެރިކަމުގެ އާފެށުމުގެ އިޙްސާސްއާވިއެވެ. ހުވަފަތްވެފައިވާ އެދިރިއުޅުމަށް އާ ޙަޔާތެއްގެ ބަހާރުލިބޭނެ ކަމުގެ ޢުންމީދު އާވިއެވެ. އޭނާ ﷲަ އަށް ޝުކުރުކުރިއެވެ އެހާލޯބިވާ އޯގާތެރި ވާނެބައިވެރިޔަކު ﷲ ދެއްވީތީއެވެ. ފޭސް ބުކް މެދުވެރިކޮށް ވިޔަސްވެހެވެ. ނަވީންގެ ހިތި ހަނދާންތަކުން އޭނާ އާޙަޔާތެއްގެ ބިންގާ އަޅާނެއެވެ. ސީދާ ނަވީން ކަހަލަ މީހަކު އޭނާއަށް […]