Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށްވެސް އެކީގައި ވާނަމޭ…..ފަހުބައި

xee Level 110 Stories
April 1, 2013 7 Mins Read
29 Comments

ނުހާއަށްވެސް ލުފްޝާންގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެދެލޮލުން ނުހާއަށްޓަކައިވާ ލޯބި ފެނެވެ. އެންމެ ކައިރީގައި ހުރި ފައްތާހްއަށްވެސް މިކަން ކިތަންމެ ރަނގަޅަކަށްވެސް ކިތަންމެ ފަހަރަކު ފާހަގަ ވެފައިވެއެވެ. އެކަމަކު މިއަދު އެދެކުދިންގެ ލޯތްބަށް މިވަނީ ކޮންމެވެސް މީހެއްގެ އެސްފީނާއެއް ނުވަތަ ބަދު ދުޢާއެއް ޖެހިފައެވެ.
“ނުހާ…ކީއްވެ..އަހަންނަށް ތިހެން ތި ހެދީ..އަހަންނަށް ކޮން ކުށެއް ކުރެވުނީ… އަހަރެން ދިން ލޯބި ނުހާއަށް ނުފުދެނީތަ؟.. ނުހާއަށް އިނގޭތަ؟ ރޭގަ އަހަރެން ތިގެއަށް ދިޔައީ ނުހާގެ ބާރތް ޑޭ ވީމަ ސަޕްރައިޒްއެއް ދޭން ވެގެން….އެކަމަކު ސަޕްރައިޒްވެސް ލިބުނީ ހަމަ އަހަންނަށް… އަހަރެންގެ މިހިތަށް ހާދަ އަސަރެއް ކުރިއޭ ނުހާ….” ލުފްޝާން މޭގައި އަތް ޖައްސާލައިގެން ހުރެ ނުހާގެ ލޮލަށް ބަލަމުން ދިޔައެވެ. ނުހާއަށް ލުފްޝާންގެ ލޮލުގެ ތެރެއިން އޭނާ ކުރަން ބޭނުންވާ ހުރިހާ ޝަކުވާތައް ފެންނަ ކަހަލައެވެ. “ލުފްޝާން..އަހަރެން ލުފްޝާން ދެކެ އިންތިހާއަށް ލޯބިވޭ….އަހަންނާއި ޝާމިލްގެ ދެމެދުގައި ލުފްޝާން ތިހީކުރާ ކަހަލަ ގުޅުމެއް ނެތޭ….” ނުހާ ލުފްޝާންގެ އަތުގައި ހިފުމުން ލުފްޝާން ނުހާގެ އަތް ފޮޅުވާލިއެވެ. އަތް މުއްކަވާލަމުން ޝަހާދަތް އިނގިލި ނުހާ އާއި ދިމާލަށް ދިއްކޮށްލިއެވެ. ” ހަބަރުދާރު…ދެން ތި މުޑުދާރު އަތުން އަހަރެންގެ ގައިގައި އަތްލަން ހިތަށްވެސް ނާރުވާތި…އަހަންނަށް ނުޙާގެ އަސްލު ރޭގަ ފެނިއްޖެ… ދެން އަހަރެން ތިމަޅިއަކު ނުޖެހޭނަން…ދުރަށްދޭ އަހަރެން ކުރިމަތިން…ދާން އުޅޭ..ބައްޕާ…ނުހާ ގާތު ބުނޭ އަހަރެންގެ ކުރިމަތިން ދާށޭ..އެހެން ނޫނީ ގަދަ ކަމުން މިގެއިން ނެރެން ޖެހިދާނެ…” ލުފްޝާން އަނެއްކާވެސް ނުހާއަށް ދުރަގަސް ދިނެއެވެ. ނުހާގެ އެސޫރައަށް ދެން ދުވަހަކުވެސް ނުބާލާނޭ ބުނާ ފަދައިންނެވެ. ދެންމެވީ ކަމެއްހެން އަދިވެސް ލުފްޝާންގެ ލޯ ކުރިމަތިން ނުހާ އާއި ޝާމިލް އެނދުމަތީގައި އޮތް މަންޒަރު ސިފަވަމުން ދާ ކަހަލައެވެ. ” ދަރިފުޅާ..ބައްޕަ އަކަށް ނޭނގެ ވެގެން މިއުޅެނީ ކިހިނެއް ކަމެއް..އެކަމަކު ބައްޕައަށް ފެންނަނީ މިވަގުތު ދަރިފުޅު އެހަށް މިަތަނުން ދާން..” ފައްތާހް ލޯ ފުހެލަމުން ނުހާގެ ކޮނޑުގައި ހިފާ ބުނެލިއެވެ. ނުހާ އެތަނުން ފޮނުވާނުލުމަށް އެދި ފައްތާހްގެ ގާތުގައި އެދުނެވެ. “ނޫން…އަހަރެން ބޭނުން ލުފްޝާންއަށް ވެގެން އުޅޭގޮތް ކިޔައިދޭން…” ކަރުނުން ފުރިގެންވީ ލޮލަކުން ނުހާ ލުފްޝާން އާއި ދިމާލަށް ބަލައިލިއެވެ. ލުފްޝާން ފުން ނޭވާއެއް ލަމުން ލޯމަރާލިއެވެ. ” ބައްޕާ..ތި އަންހެނާ އާއި އެހާ ލޯބިން ވާހަކަ ދައްކާނެ ކަމެއް ނެތް…މިއޮށް ހުރިހާ ދުވަހުވެސް އުޅުނީ އަހަރެމެންގެ ލޮލުގަ އަނދުން އަޅުވައިގެން… އޭނަގެ ފުރިހަމަ ކަމާއި މައުސޫމް ކަމުގެ ފައިދާ ނެގީ…ބައްޕާ..އަވަސް ވީ ގޮތަކުން ތިއަންހެނާ މިގެއިން ބޭރު ކުރޭ…އެހެން ނޫނީ އަހަންނަށް ޖެހިދާނެ ގަދަކަމުން އޭނަ މިގެއިން ބޭރު ކުރަން….” ލުފްޝާންގެ ޖުމްލައިން ނުހާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. ” ނޫން..ލުފްޝާން..އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ…” ނުހާއަށް ބުނެވުނީ މިހާ ހިސާބަށްށެވެ. ލުފްޝާން ފަހަތަށް އެނދުރި ހަޅޭއްލަވައިގަތެވެ. ” ބުނެފީމެއްނު މިގެއިން ދާށޭ…” ނުހާއަށް ލުފްޝާން މިހާ ރުޅި އައިސް ހުއްޓާ ދުވަހަކުވެސް ނުދެކެވެ. ނުހާ ސިހިފައި ފަހަތަށް ފިޔަވަޅު އެޅުނެވެ. ނުހާގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތަކަށްވެސް ލުފްޝާން ފެނިފައި ބިރުން ހުއްޓުމެއް އައި ކަހަލައެވެ. “ދެން ކަންތައް ކުރާނީ އަހަންނަށް ފެންނަ ގޮތަކަށް….ނުކުމޭ…” ލުފްޝާން އެއްލި އަތުން ނުހާގެ އަތުގައި ހިފާ ގަދަ ކަމުން ކަހަލަ ގޮތަކަށް ގެންގޮސް ގޭގެ ގޭޓުން ބޭރުކޮށް މަގުމައްޗަށް ހޫރާލިއެވެ. ނުހާގެ އާދޭސް ތަކަށް އެއްވެސް ފަރުވާލެއް ނެތިއެވެ. ފައްތާހް ވެސް ލުފްޝާންގެ ފަހަތުން އާދޭސް ކުރަމުން ދުވެފައި ކަހަލަ ގޮތަކަށް އައެވެ. އެހެންނަމަވެސް ފައްތާހްގެ ބުނާބަސް އަހާ ލުފްޝާން މިފަހަރު ފައްތާހްގެ ބަހަކަށް ނުހުއްޓުނެވެ. ގޭޓް ތަޅުލުމަށް ފަހު ބާރު ހިނގުމެއްގައިގޮސް ގެއަށް ވަނެވެ. ލުފްޝާން ރުޅި އައިސް ހުރުމުގެ ސަބަބުން ފައްތާހް އަކަށްވެސް މާބޮޑު ކަމެއް ނުކުރެވުނެވެ. ކަރުނަ ފުހެލަމުން އޭނައަށްވެސް ޖެހުނީ ގެއަށް ވަންނާށެވެ. ނުހާ ފިނިހިޔާއަށް އެންމެ ފަހު ފަހަރަށް ކަހަލަ ގޮތަކަށް ބަލައިލަމުން ވަދާޢީ ސަލާމް ކިޔާލިއެވެ. މަޑުމަޑު ހިނގުމެއްގައި އެއްވެސް މިސްރާބެއް ނެތި ކުރިއަށް ދިޔައެވެ. އޭނާ ދުނިޔޭގައި އެހުރީ ކޮން ބޭނުމަކުހޭ އަމިއްލަ ނަފްސާ ސުވާލުކުރަމުންނެވެ. މިހާރު ނުހާއަކީ ހަމަ ހުރި ހަށިގަނޑެކޭ އެއްފަދައެވެ. ހިތާ ސިކުނޑި މަރުވެފައިވާ ކަހަލައެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގެއެވެ. ފަނަރަ ވަރަކަށް މިނެޓް ހިނގި އިރުވެސް ނުހާއަކަށް ދާނީ ވަކި ކޮން ދިމާލަކަށް ކަމެއް ނުވިސްނުނެވެ.
ހާފިޒް ފިހާރައިން ނުކުތުމާއިއެކުހެން މަގުގެ އަނެއް ފަރާތުން ނުހާ ދަނިކޮށް ފެނުނެވެ. “ނުހާ…ނުހާ…” ނުހާއަށް ގޮވި ނަމަވެސް ނުހާއަކަށް އަޑެއް ނީވުނެވެ. ހާފިޒްގެ އަތުން ހަނާ އެޅި ނަމަވެސް އެމަންޒަރެއްވެސް ނުހާއަކށް ނުފެނުނެވެ. ދެން އިވުނީ ބާރު އަޑު ފަށްގަނޑެކެވެ. ކުއްލިއަކަށް ގޯޅި އެޅި ސައިކަލެއްގައި ނުހާ ޖެހިފައި ނުހާ ދިޔައީ މާދުރަށް ވިއްސައިގެންނެވެ. ސައިކަލު ގޮސް ހާފިޒް ނުކުއިން ފިހާރައިގެ ބިއްލޫރިގަނޑު ފަޅާލައިފާ ވަނެވެ. ނުހާ އޮތީ މާދުރަށް ގޮސް ޖެހިފައެވެ. ހާފިޒްއަށް ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ. “ނުހާ…” ދުވެފައިގޮސް ލެއިން ތަތްތެޅިފައި އޮތް ނުހާ އަތް ދަނޑި މައްޗަށްލިއެވެ. މަގުމަތީގައި ހުރިއްޔަ ހުރި މީހަކު އެތަނަށް އެއްވިއެވެ. އެއްބަޔަކު އެއްވީ ފިހާރަ ކައިރިއަށްށެވެ. ވަގުރުން ޕޮލިސް ވެސް އައެވެ.
“ދަރިފުޅާ ކޮންތާކަށް؟…” ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ލުފްޝާން ސޯފާމަތީގައި އޮތް ކާރުގެ ތަޅުދަނޑި ނަގައިގެން ގޮސް ކާރަށް އެރިއެވެ. ފައްތާހްގެ ސުވާލަށް އެއްވެސް ޖަވާބެއް ދިނުމެއް ނެތިއެވެ.
ފުން ނޭވާއެއްލަމުން ފަރީނާ ޝާމިލް މެންގެއަށް ވަނެވެ. ޝާމިލް އިނީ ސޯފާގައި ދެކަކުލުގައި އުޅަނބޮށި ވިއްދާލައިގެން މޫނުމަތީގައި އަތް އަޅައިގެންނެވެ. ފަރީނާ ޝާމިލް ފެނިފައި ފެންކަޅިވިއެވެ. މަޑުމަޑުން ގޭތެރެއަށް ވަނެވެ. ޝާމިލްއަށް މީހެއްގެ ހިލަމެއް ވާހެން ހީވުމުން މޫނުމަތިން އަތް ނަގަމުން ބަލައިލިއެވެ. “ކީއްކުރަން ތިއައީ…އަދިވެސް ފަރީނާއަށް ނުކުރެވި ކަމެއް އޮތީތަ؟…ކީއްވެގެންތަ އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ…..މިހާރު ލުފްޝާންވެސް އެހުރީ ހުހަށް…ދެން އޭނަ ކައިރިއަށް ދާންވީނު…ކޮންމެހެން މިގެއަށް އަންނާނެ ކަމެއް ނެތް..ދޭ..” ޝާމިލްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ފަރީނާ މަޑުހިނގުމެއްގައި އައިސް ޝާމިލްގެ ކުރިމައްޗަށް ހުއްޓުނެވެ. “ނޫން ޝާމިލް…އަހަރެން މިގެއިން ފޮނުވާނުލާ…އަހަރެން މއައީ ޝާމިލް ދެކެ ލޯބިވާތީ….އާން..އެއްއިރެއްގަ އަހަންނަކީ ވަރަށް ގޯސްކޮށް އުޅެން ދިމާކޮށްފައި ހުރި ކުއްޖެއް…އެކަމަކު އަހަރެން ޝާމިލް އާއި ދިމާވި ފަހުން މިއީ މުޅިން އެހެން މީހެއް ޝާމިލް…ޝާމިލް ޤަބޫލު ކުރިއަސް ނުކުރިއަސް އަހަރެން ލޯބިވީ ހަމަ އެކަނި ޝާމިލް ދެކެ…ލުފްޝާން ދެކެ…އެއީ ޒާހިދާއްތަ ފައިސާގެ ދަހިވެތި ކަމުގައި އަހަރެން ލައްވާ ކުރުވި ކަމެއް…އާދޭސް ކޮށްފައި މިބުނީ…އަހަރެން މިދައްކާ ވާހަކަ ޤަބޫލުކުރޭ…” ފަރީނާ ރޮމުން ދިޔައެވެ. އެހެންނަމަވެސް ފަރީނާގެ ވާހަކަތަކުން ޝާމިލް ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ހުއް..ދެން އަހަރެންވީ ޤަބޫލުކުރަން… ދެނެއް އަހަންނެއް އެހާ ފަސޭހައެއްކޮށް ނުހެއްލޭނެ އިނގެ…ތިކަހަލަ އަންހެނުން ވަރަށް މޮޅު ވާނެ ވާހަކަ ހަދަން…” “ނޫން ޝާމިލް…ފަރީނާ އެދައްކަނީ ތެދު ވާހަކަ…” ދޮރާއި ދިމާލުން ފިރިހެނެއްގެ އަޑު ޖެހުމުން ޝާމިލް އެދިމާލަށް ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ވާފިރެވެ. ވާފިރު ފެނިފައި ޝާމިލްގެ ތުންފަތަށް ވެރިކުރުވީ އިތުރަށް ނުލަފާ ހިންޏެކެވެ. “ހެހެ….ފަރީނާ ހާދަ މޮޅޭދޯ…މިފަހަރު އަހަރެން ހައްދަން މިތަނަށް ތިގެނައީ މިރަށުގައި ހުރި އެންމެ ބޮޑު ދާދާއެއްނު…” ދެކޮޅަށް ބޯހޫރާލަމުން ޝާނިލް ބުންޏެވެ. ޝާމިލްގެ ވާހަކައަކަށް ވާފިރު މާބޮޑު ސަމާލުކަމެއް ނުދިނެވެ. ” އަހަރެން މިއީ ކޮންމެ ކަހަލަ މީހަކަސް އަަހަރެންވެސް އަދި ފަރީނާވެސް އެދައްކަނީ ހަމަ ތެދު ވާހަކަ…ޤަބޫލު ނުކުރެވެންޏާ އަޑު އަހާ….” ޝާމިލް އަށް ޔަޤީން ކޮށްދިނުމަށްޓަކައި ވާފިރު ޖީބުން އޭނާގެ ފޯން ނަގައި ޒާހިދާއާއި ވާފިރު އާއި ދެމެދު ދެކެވުނު ވާހަކަތައް އަޑު އިއްވާލިއެވެ. “ވާފިރު…ކަލޭ އަހަންނަށް ވަރަށް ބޮޑުކަމެއް ކޮށްދޭން ވެއްޖެ…ކަލޭ އަހަންނަށް މިކަންތައް ކޮށްދީފިއްޔާ ދިހަ ހާސް ދޭނަން….އެކަމަކު މވާހަކަ އަހަރެމެން ދެމީހުން ފިޔަވާ އިތުރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ…” ޝާމިލްގެ ދެލޯ ބޮޑުކޮށްލަމުން އަނެއްކާވެސް ރެކޯޑިންގ އަޑު އަހަމުން ދިޔައެވެ. ޝައުޤުވެރިކަމާއި އެކުގައެވެ. “އާން…އަހަރެން ފައިސާ ދޭނަމޭ ހަމައަށް..ކަލޭ ނުހާގެ ދުވަސް ދުއްވާލަންވީ…މިކަން މިގޮތަށް ވިއްޔާ ފަރީނާ އާއި ލުފްޝާން ކައިވެނި ކުރުވޭނީ…ފަރީނާ ޖެހޭނީ އަހަރެން ބުނާގޮތް ހަދަން…އޭނައަކަށްވެސް އަހަންނަކާ އެހެން ފާޑުފާޑަކަށް ދެކޮޅެއް ނުހެދޭނެ….އެކަމަކު އަދި ހަނދާން ކުރާތި…..ލުފްޝާން އާއި ފަރީނާ ކައިވެނި ކުރެވުނީމަ ބަރާބަރު ދެމަސް ފަހުން އަނެއްކާވެސް އަންގާލާނަން…ދެން ފަރީނާވެސް ނުހާއެކޭ އެއްގޮތަށް…..އެނގިއްޖެ އެއްނު….” ވާފިރު އެރެކޯޑިންގ ސްޓޮޕް ކޮށްލަމުން ބުނެލިއެވެ. ” އަދިވެސް އަހަރެމެން މިދައްކާ ވާހަކަ ޤަބޫލެއް ނުކުރެވޭތަ؟..އަހަރެން ޒާހިދާ ބުނިގޮތަށް ކަންތައް ކުރަން އެއްބަސްވިން… އެކަމަކު ނުހާ މަރާލަން އެޑްވާންސްއަށްވެސް ޒާހިދާ އަހަރެމެންނަކަށް ހަމައަކަށް ފައިސާއެއްނުދޭ…އޮޅުވާލީ…ލަނޑުދިނީ…އެހެންވެ އަހަރެން އެކަން ނުކުރާނަމޭ ޒާހިދާ ގާތުގައި ސާފު ބަހުރުވައިން ބުނެފައި އޮންނާނީ…” މިހެން ބުނަމުން އޭނާގެ ތުންފަތުގައި ނުލަފާ ހިންޏެއް ވެރިކޮށްލިއެވެ. ބުނާނެ އެއްޗެއް ނޭނގި ހައިރާންކަން މަތީގައި އިރުކޮޅެއްވަންދެން ޝާމިލްއަށް ހުރެވުނެވެ. ޝާމިލް ފަރީނާ އާއި ދިމާލަށް ބަލައިލިއެވެ. “ދެން އެހެންވިއްޔާ ރޭގަ…” ޝާމިލްގެ ދުލުގައި ބަސް އޮއްވާ ފަރީނާ ޖަވާބުދިމެވެ. “އެއިވެސް ޒާހިދައްތަ ކުރިކަމެއް….ތިދެމީހުންގެ ޖޫސްތަށްޓަށް ނިދާބޭސް އެޅީ…ދެން ވާނެ ގޮތް އަހަންނަށް އެނގޭތީ އެގޮތަށް ވިޔަ ނުދޭން އަހަރެން ވަރަށް މަސައްކަތް ކުރިން…އެކަމަކު ޒާހިދައްތަ އަހަންނަށްވެސް ހަދާލީ ބޭނުންގޮތެއް…އަހަރެންގެ ބޮލުގައި ހިފާފައި ގެންގޮސް މޭޒުގައި ޖެއްސިކަން އެނގޭ…އެކަމަކު ރޭގަ ފަހުން ވީ ގޮތެއް ނޭނގެ….” ފަރީނާގެ ވާހަކަތައް މަޑުމަޑުން ޝާމިލްއަށް ޤަބޫލުކުރެވެން ފެސިއެވެ. ޖޫސް ބޮއުނު ގަޑީގައި ފަރީނާ އުޅުން ގޮތް ރަނގަޅަށްވެސް ހަނދާންވިއެވެ. ޝާމިލް ފެންކަޅިވިއެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް ދެއަތުން ފަރީނާގެ މޫނުގައި ހިފާލިއެވެ. ދެން އެތަނުގައި އެއްވެސް މަޑުކުރުމެއްނެތު ވާފިރު ނުކުމެގެން ދިިޔައެވެ. ” ފަރީ..އަހަންނަށް މަޢާފްކުރޭ…” ފަރީނާ އުފަލުން ފޮޅުނެވެ. ޝާމިލްގެ ގައިގައި ބާރުބާރަށް ބައްދައިގަނެވުނެވެ. ފަރީނާގެ ބޮލުގައި ޝާމިލް ދިޔައީ ފިރުމަމުން ބޮސްދެމުންނެވެ. ކުއްލިއަކަށް އަޑެއް އިވުމާއިއެކު ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނެވެ. ޝާމިލް މެންގޭގެ ދޮރުމަތީގައި ލުފްޝާން އިނީ ދެކަކޫ ޖަހައިގެންނެވެ. ދެއަތް ނަގާ މޫނުގައި އަތް އަޅަމުން ހަޅޭއްލަވަމުން ދިޔައެވެ. ކަންތައްވީގޮތް ޝާމިލްއަށާއި ފަރީނާއަށް ވަރަށް ރަނގަޅަށް ސާފުވިއެވެ. އެމީހުންގެ ވާހަކަތައް ލުފްޝާންއަށް އަޑު އިވުނީއެވެ. ” ނުހާ…ނުހާ…” އަޑުގެކޮޅަށް ހަޅޭއްލަވަމުން ދިޔަ ލުފްޝާންގެ ކައިރިއަށް ދުވެފައި ކަހަލަ ގޮތަކަށް ޝާމިލް އާއި ފަރީނާ ގޮސް ތިރިވިއެވެ. ޝާމިލް ލުފްޝާންގެ ކޮނޑުގައި އަތް ލުމާއިއެކު ލުފްޝާން ޝާމިލްގެ ގައިގައި ބާރުބާރަށް ބައްދައިގަތެވެ. “އަހަރެން ދެން ކިހިނެއް ހަދާނީ…” ޝާމިލް ލުފްޝާން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ” ލޫއްޕޭ..އަދިވެސް ވަގުތު ފާއިތެއް ނުވޭ.. ނުހާގެ ކަައިރިއަށް ދާން ހިނގާ…” ޝާމިލް ލުފްޝާންގެ އަތުގައި ހިފާ ނަގަން އުޅުން ނަމަވެސް ލުފްޝާންއެއް ނުނެގުނެވެ. “ނޫން…އަހަންކަށް ނުކެރޭނެ ދެން އޭނަގެ ކުރިމައްޗަށް ދާކަށް…އަހަރެންގެ މިދެއަތުން އަހަރެމެންގެ ގެއިން ނުހާ ބޭރު ކުރެވިއްޖެ..އަހަންނަކަށް ނޭނގެ ނުހާ ވީ ކޮންތާކު ކަމެއްވެސް…” ލުފްޝާން ރޮމުން ދިޔައެވެ. އޭނައަށް ނުހާ އާއި ކަންތައް ކުރެވުނު ގޮތާއި މެދުގައެވެ. ފަރީނާވެސް ލުފްޝާން އަށް ހިތަވަރު ދެވޭތޯ މަސައްކަތް ކުރިއެވެ. “ނުހާ ފެންނާނެ..އަދި ލަހެއް ނުވޭ ހިނގާ ގެއަށް ދާން…” ލުފްޝާން މަޑުމަޑުން ތެދުވިއެވެ. ހިނގައިގަންނަން އުޅެނިކޮށް ޖީބުގައި އޮތް ފޯން ރިންގް ވާން ފެށިއެވެ. ލުފްޝާން އެއަށް މާބޮޑު ސަމާލުކަމެއް ނުދިނުމުން ޝާމިލް ލުފްޝާންގެ ޖީބުން ފޯން ނެގިއެވެ. ހާފިޒްގެ ކޯލެކެވެ. ޝާމިލް ޖަވާބު ދިނުމުގެ ގޮތުން ފޯން ނެގިއެވެ. ޝާމިލް ހަމަ ފޯން ނެގުމާއިއެކުހެން ހާފިޒް ދިން ޙަބަރަކުން މުޅި މީހާ ގަނޑުވި ކަހަލައެވެ. ޝާމިލްގެ އަތުން ފޯން ބިންމައްޗަށް ވެއްޓުނެވެ. “ލޫއްޕޭ ނުހާ…” ލުފްޝާން ދެލޯބޮޑުކޮށްލަމުން ޗާމިލްގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ” ނުހާއަށް ކިހިނެއްވީ؟؟..” ޝާމިލްގެ ދޫހަރަކާތްކުރީ ލަސްލަހުންނެވެ. ” ނުހާ..ސައިކަލެއްގައި…ޖެހި އެކްސިޑެންޓް ވެއްޖެ..މިހާރު…އޮތީ އައިޖީއެމްއެޗްގަ..އެމެޖެންސީ ރޫމްގަ ފަރުވާދެނީ…” ޝާމިލްގެ ޖުމްލައިން ފަރީނާއަށް ބާރުބާރަށް ރޯންފެށުނެވެ. ކުޑައިރުކޮޅަކު ހަނުހުރުމަށްފަހު ކުއްލިއަކަށް ލުފްޝާން ދުއްވައިގަތެވެ.
ލުފްޝާންގެ ފަހަތުން ފަރިނާ އާއި ޝާމިލްވެސް ދުވެފައި އައެވެ. ދުވަމުން ލުފްޝާން ގޭގެ ލޯންޗް ދުއްވާ މީހާ އަށް ގުޅާލިއެވެ. އެއްވެސް މަޑުކުރުމެއް ނެތި ލުފްޝާން އެރީ ލޯންޗަށްށެވެ. ޝާމިލް ފަރީނާގެ ގާތުގައި އަވަސް އަވަހަށް ބުންޏެވެ. “ފަރީ…ބޮސް ކައރީ ބުނެދެއްޗޭ…ފަރީ ބޮސް އާއި އެއްކޮށް މާލެ ދާނީ އިނގޭ… އަހަރެން ލުފްޝާން އާއި އެއްކޮށް ދާނަން…” ޝާމިލްވެސް އަވަސް އަވަހަށް ގޮސް ލޯންޗަށް އެރުމުން ލޯންޗް ދުއްވާލިއެވެ. ބާރު ސްޕީޓެއްގައެވެ. ލުފްޝާންގެ އޯޑަރަށްށެވެ. ފަރީނާ ދުވެފައި ގޮސް ފިނިހިޔާއަށް ވަނެވެ. ފައްތާހްއަށް އެޙަބަރު ދިނުމުގެ ގޮތުންނެވެ.
ހޮސްޕިޓަލުގެ ބޮޑުދޮރުން ލުފްޝާންވަނީ ދުވެފައެވެ. ލުފްޝާންގެ ފަހަތުން ޝާމިލްވެސް ވަނީ ދުވެފައި ކަހަލަ ގޮތަކަށްށެވެ. އެމެޖެންސީ ރޫމްގެ ދޮރުމަތީގައި ހުރި ހާފިޒް ފެނިފައި ދުވެފައި އައި ލުފްޝާން މަޑުވެލިއެވެ. ފުން ނޭވާއެއް ލަމުން ހާފިޒްގެ ގަޔަށް ބަލައިލިއެވެ. ހާފިޒް ލައިގެން ހުރި ޓީޝާޓް ވަނީ ލެއިން ފުރިފައެވެ. ލުފްޝާން ހާސްވެފައި ހުރެ ހާފިޒްގެ ގައިގައި ބާރަށް ބައްދައިގަނެވުނެވެ. ހާފިޒް ފުރަތަމަވެސް ބެލީ ލުފްޝާން ހަމައަކަށް އެޅުވޭތޯއެވެ. “ލޫއްޕޭ..އިންޝާﷲ ނުހާ ރަނގަޅުވާނެ…ދެރަނުވޭ…” ހިތްވަރުދޭން މަސައްކަތް ކުރިނަމަވެސް ހާފިޒްއަށްވެސް ރޮވުނެވެ. އެންމެ ގާތް އެކުވެރިޔާ އެހާލުގައި ހުންނަތަން ދެކެން ބޭނުން ނުވާތީއެވެ.
ބަރާބަރު ތިންގަޑިއިރު ފަހުން އެމެޖެންސީ ރޫމުން ނުހާ ނެރުނެވެ. ޕްރައިވެޓް ރޫމަށް ބަދަލު ކުރުމަށްށެވެ. ނުހާ އޮތީ ލޯ މެރިފައެވެ. ނުހާ އޮތް ޙާލުފެނިފައި ލުފްޝާން އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރަމުން ދިޔައެވެ. އެހުރިހާ ކަމެއްވެސް ވީ އޭނާގެ ކުށުން ކަމަށް ޤަބޫލުކުރަމުން ދިޔައެވެ.
ނުހާ އޮތް ރޫމަށް ވަންނަން ދިޔަ ލުފްޝާންގެ ފިޔަވަޅަށް ހުއްތުން އެރިއެވެ. ފާރުގައި އަތް ވިއްދާ ރޮވެން އުޅުމުން އަނެއް އަތުން މޫނު ފޮރުވާލިއެވެ. ކައިރީގައި ހުރި ފައްތާހް ލުފްޝާންގެ ކޮނޑުގައި މަޑުމަޑުން އަތްލިއެވެ. ހިތަވަރު ދިނުމުގެ ގޮޔުން ބޮލުގެ އިޝާރާތުން ރޫމަށް ވަނުމަށް ބުންޏެވެ. ލުފްޝާން ފައްތާހްގެ ބަހަށް ލަސް ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. މަޑުމަޑުން ނުހާ އޮތް އެނދު ކައިރީގައި މަޑުކޮށްލިއެވެ. ނުހާ ފެނިފައި ލުފްޝާންގެ ލޯ ކަރުން ފުރުނެވެ. އެމައުސޫމް މޫނުގެ ކޯކަށިގަނޑާއި ދިމާލުން ވަނީ ވަރަށް ބޮޑަށް މަށައިގެން ގޮސްފައެވެ. ހީވަނީ ތަނެއްގައި ގޭނިފައި ހުރިހެންނެވެ. ވާއަތް ބިންދައިގެން ގޮސްފައި އޮތުމުން އަތުގައި އޮތީ ޕްލާސްޓަރުގަނޑު އަޅާފައެވެ. ހަށިގަނޑުގެ އެހެން ބައެއް ދިނާލުން ހަލާކުވެފައި ހުރި ތަންތަނުގައި ބޭސް އަޅާފައިވެއެވެ. ލުފްޝާންއަށް ނުހާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ދެފަހަރަކު ބަލައިލިއެވެ. ނުހާއަށް ހީވީ ލުފްޝާންގެ ވަސް ޖެހުނުހެންނެވެ. މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލަމުން ލޯ ހުޅުވާލިއެވެ. ކަރީގައި އިން ލުފްޝާން ފެނުމުން ނުހާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. “ލުފްޝާން..އަހަންނަށް…” ނުހާ ވާހަކަ ދައްކަން އުޅުމުން ލުފްޝާން ނުހާގެ އަނގަމަތީގައި އަތް އެޅިއެވެ. “ނޫން..ވާހަކަ ނުދައްކާ..” ބޮލުގެ އިޝާރާތުންވެސް ވާހަކަ ނުދެއްކުމަށް އެންގިއެވެ. “ނުހާ….އަހަންނަށް މަޢާފްކުރޭ…އަހަރެން ނުހާ އާއި މެދު ކަންތައް ކުރީ…” ލުފްޝާން އަކަށް ބުނަން އުޅުން އެއްޗެއް ނުބުނެވުނެވެ. އުނދަގުލުން ކަހަލަ ގޮތަކަށް އަތް ނެގުމަށްފަހު ނުހާ ލުފްޝާންގެ އަނގަމަތީގައި އަތް އެޅިއެވެ. ނުހާގެ ލޮލުން އުފަލުގެ ކަރުނަތައް ފައިބަން ފެށިއެވެ. “އައްދޭ…ދެމީހުން ކުރެ އެކަކަށްވެސް ވާހަކަ ދެއްކޭކަށް ނެތެއްނު….އަހަރެން ވާހަކަ ދައްކަފާނަން…” ހާފިޒްގެ އަޑަށް ނުހާ އާއި ލުފްޝާން ދޮރާ ދިމާލަށް ބަލައިލިއެވެ. ހާފިޒްގެ ފަހަތުން ފައްތާހް އާއި ޝާމިލްވެސް ވަނެވެ. ފަރީނާވެސް ކުޑަވަރެއްގެ ކޮތަޅެއް ހިފައިގެން ވަނެވެ. ނުހާ ރަކިގޮތަކަށް ހީލިއެވެ. ލުފްޝާންވެސް ބޯކަހާލަމުން ހީލިއެވެ. “ލޫއްޕޭ ވަރަށް އުފާވެރި ޙަބަރެއް ދެންތަ؟..ނުހާ ޑިސްޓާރޖް ކުރެވޭނެ ތިންދުވަސް ފަހުން…” ހާފިޒް އެހެން ބުނުމާއިއެކުހެން ފައްތާހް ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. ” ދެން ހަމަ…ކީކޭތަ ދަރިފުޅުމެން ކިޔަނީ..އާން…ދެން މުޅިއުމުރަށްވެސް ނުހާ ދަރިފުޅުގެ މީހަކަށް ހަދައިގެން ގެއަށް ގެންދަންވީ…ހެހެ..” ފައްތާހް ލުފްޝާން އާއި ދިމާކޮށްލިއެވެ. ފަރީނާ އެނދު ކައިރިއަށް މަޑުކޮށްލަމުން ބުނެލިއެވެ. ” އަދި އެބައޮތް އެއްވާހަކަ… ޒާހިދާ ވެސް ހައްޔަރު ކޮށްފި…އަދި މީގަ އެންމެ މަޖާ ތަންކޮޅަކީ ޒާހިދާ ބަސްޓްކުރަން ވެގެން ވާފިރު މިދިނީ އޭނަގެ ފޯން ފުލުހުންނަށް….ދެން އޭގަ ހުރި ކޮންމެވެސް އެއްޗިހިތަކެއް ފެނިގެން އޭނަވެސް ހައްޔަރުކުރީ….” ހިނިއައިސް ހުރެ ފަރީނާ ވާހަކަ ދައްކަމުން ދިޔައެވެ. ޒާހިދާ ހައްޔަރު ކުރި ނަމަވެސް ނުހާއަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރެވެ. ނުހާއަށް މިއަދު ދުނިޔޭގައި ހުރި ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. އެންމެންގެ މޫނުމަތިންވެސް ފެނަމުން ދިޔައީ އުފާވެރިކަމެވެ. އެނާގެ ބައްޕަގެ އެންމެ ފަހުގެ ވަސިއްޔަތްވެސް ލިބުނީއެވެ. ފައްތާހް އާއި ހުސެންބެ އަކީ ދުވަސްވީ ދެރަޙްމަތްތެރިންނަށްވީތީ އެކަންވެސް ވެގެން ދިޔައި ފަސޭހަ ކަމަކަށްށެވެ.
ކުލަކުލައިން ނިވިދިއްލެމުން ދިޔަ ބޮކި ތަކުން މުޅި ބަގީޗާތެރެވަނީ ޒީނަތްތެރި ކުރެވިފައެވެ. ނުހާ އާއި ލުފްޝާން ފެނިފައި ޕާރޓީއަށް ވަންނަ ކޮންމެ މީހަކުވެސް ތަޢުރީފުކޮށްލައެވެ. އެދެމީހުންގެ އެއްކޮށް ތިބޭ އިރު އެވާ ފުރިހަމަކަމަކުންނެވެ. ނުހާ ހުރީ ފެހިކުލައިގެ ފަޔާ ހަމައަށް އަރާ ހެދުނެއްލާފައެވެ. ކަޅުކުލައިން ޖަރީކުރެވިފައިވާ މާތަކެއް ހެދުމުގައި ރީތިގޮތަކަށް އަތުރަލެވިފައިވެއެވެ. ލުފްޝާން ހުރި ފެހިގަމީހެއްލާފައެވެ. އަތުކުރި އޮޅާލެވިފައިވާ އިރު ގަމީހުގެ މަތިން ކަޅުކުލައިގެ ވެސްޓެއް ލާފައިވެއެވެ. ކަޅު ފަޓްލުނެއް ލާފައި ބެގީ ކޮށްފައި ހުރުމުން ލުފްޝާންގެ ފިރިހެންވަންތަކަސް އިތުރަށް ފުރިހަމަވެގެންދެއެވެ. ނުހާ އާއި ލުފްޝާން އަތުގުޅާލައިގެން ގޮސް ޝާމިލް އަށްށާއި ފަރީނާއަށް ބޮޑު ޕާރސަލްއެއް ދިނެވެ. ފަރީނާ އާއި ޝާމިލްގެ ކައިވެނީ ކުރެވުނީއެވެ. ލުފްޝާން އާއި ނުހާގެ ކައިވެނީގައި ނުހާގެ ސިއްޙީ ޙާލަތު ރަނގަޅު ނޫންކަމުގައިވީނަމަވެސް މިރޭ ނުހާ ފެންނަމުން ދަނީ ޙާލު ރަނގަޅުކަމުގައެވެ. “މަރުޙަބާ….ބަސް އަހައިގެން އުޅޭތި ދެކުދިންވެސް….” ނުލަފާ ފާޑަކަށް ހެމުން ލުފްޝާން ޝާމިލް އާއި ދިމާކޮށްލިއެވެ. ކައިރީގައި ހުރި ހާފިޒްވެސް ހީންގަތެވެ. ނުހާ ހާފިޒް އާއި ދިމާލަށް ބަލައިލިއެވެ. “ހާފިޒް ވެސް ހޭނެކަމެއް ނެތް…ތިހެން ނުހުރެ އަވަހަށް އިންނާނެ މީހަކު ހޯދަބަލަ….” ހާފިޒް ބޯކަހާލިއެވެ. “އެއީ ތެދެއް…އޭތް..އެބައޮތް ސަޅި ގޮތެއް…ބައްޕަ ގާތު ބުނޭ ގެއަށް ސަޅި އަންހެން ކުއްޖެއް ގެންނާށޭ…ދެން ހާފިޒް ނޭނގޭ ކަމަށް ހަދާފަ ގެއަށް ވަންނާނީ…އޭނަ ހުންނާނެ ގަސްތަކަށް ފެންދޭން…ދެން އަނެއްބައި އެނގެއެއްނު ދޯ…” ޝާމިލް މިފަހަރު ދިމާކޮށްލީ ލުފްޝާންއަށާއި ނުހާއަށްށެވެ. ލުފްޝާން މަޑުމަޑުން ނުހާއަށް ބަލައިލަމުން ނުހާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލިއެވެ. ރަކިގޮތަކަށް ނުހާ ހީލިއެވެ. “އޮއެ ހޮހޭ….ހާދަ ރޮމެންޓިކެދޯ…” ފަރީނާވެސް އެމީހުންނަށް ދިމާކޮށްލިއެވެ. “އަހަރެން ރޮމެންޓިކެއް ނޫންތަ ލޯބީ…” ދެކަކޫ މައްޗަށް ތިރިވެލަމުން ޝާމިލް ފަރީނާގެ އަތުގައި ހިފާލިއެވެ. ދެން އިވުނީ އެންމެންގެވެސް ހުނުމުގެ އަޑެވެ.
-ނިމުނީ-

Tags:

ލޯބި

Share Article

Follow Me Written By

xee

Level 110 Stories

ކޮންމެ ކިޔުންތެރިއަކުވެސް ވާހަކަ ކިޔުއްވުމަށްފަހު ވާހަކައަށް ފާޑެއް ވިދާޅުވެ ދެއްވުން އެދެމެވެ.

Other Articles

Previous

ކެހިވެރިޔާ 2 …… (ކުރު ވާހަކަ)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6

Next
April 2, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6

Previews
March 31, 2013

ކެހިވެރިޔާ 2 …… (ކުރު ވާހަކަ)

29 Comments!

  1. ނަޒާ says:
    April 1, 2013 at 8:11 am

    ވވވވވވވވވވވވވވވވވވވވވވ ރީތި ވާހަކަ…

    1. xee says:
      April 1, 2013 at 3:52 pm

      ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް ނަޒާ…

  2. ރޯސް says:
    April 1, 2013 at 12:32 pm

    ވ ވ ވ ވ ސަޅި އަސްލު ވެސް….

    1. xee says:
      April 1, 2013 at 3:52 pm

      ވވވވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް ރޯސް…. އަސްލުވެސް ވވވވ ބޮޑަށް ތޭންކްސް އިނގެ..ހެހެހެ

  3. ކުޑާ says:
    April 1, 2013 at 7:14 pm

    ވ، ހަބޭސް ވާހަކަ އެއް…. ވ ކިޔާހިތުން ކިޔާލެވުނީ

    1. xee says:
      April 1, 2013 at 11:45 pm

      އެހެންތަ……ވވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް ކުޑާ……ވަރަށް އުފާވެއްޖެ….

  4. ނަހޫ says:
    April 10, 2013 at 4:52 am

    ޒީ އަޅެ ވާހަކަ ވަރަށް ވަރަށް ސަޅި.. ޒީ ބިރުވެރި ވާހަކަ ލިޔަންތަ. އަޅެ ބިރުވެރި ވާހަކަ އެއް އަޕްކޮށްދީބަ.. ނަހޫ ވަރަށް ކިޔާހިތްވޭ ބިރުވެރި ވާހަކަ.

  5. xee says:
    April 10, 2013 at 10:55 am

    ތޭންކްސް ވވވ ބޮޑަށް ނަހޫއަށް….ބަލާނަން ބިރުވެރި ވާހަކައެއްވެސް އަޕް ކުރެވޭތޯ އިނގެ…..

  6. shai says:
    March 9, 2014 at 1:03 pm

    v v v v v vreethi igey dhn neai tha ehn vaahaka eh

    1. xee says:
      March 9, 2014 at 10:26 pm

      ވާހަކަ އެއްކޮށް ނުނިމޭތީ އަދި އަޕް ނުކުރަން ވެގެން…. އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤްބަލެއްގައި އަޕް ކުރެވޭތޯ މިއުޅެނީ……. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގެ ޝައި….

  7. abaan says:
    April 17, 2014 at 10:48 pm

    ވަރަށް ރީތި ވާހަކައެއް

    1. xee says:
      May 9, 2014 at 11:00 am

      ވަރަށް ބޮޑަށް ތޭންކްސް އަބާން..

  8. zeenaa says:
    June 16, 2014 at 11:34 pm

    Varah reethi. Ekam liyumuge mistake ebahuri

  9. xee says:
    June 17, 2014 at 12:33 pm

    އެހެންތަ… ދެން ފަހަރަކުން ރަނގަޅުކޮށްލާނަން… އެކަމަކު ފާހަގަވި ތަންތަން ބުނެދިނިއްޔާ ވަރަށް ރަނގަޅު.. 🙂 ވވވވވވވވވ ބޮޑަށް ތޭންކްސް ޒީނާއަށް..

  10. Reen says:
    June 17, 2014 at 2:55 pm

    Wow man xee. Haaaadha ey reethy mi vaahaka. Reen Hama kos vejje :p

  11. xee says:
    June 17, 2014 at 6:56 pm

    ހެހެހެހެ… ހަމަ އަސްލު ވެސްތަ؟ ވވވވވވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް ރީން.. 😛

  12. shaxx says:
    March 31, 2015 at 7:09 pm

    Varah loabi vaahaka eh.. keep it up ingey.. 🙂

  13. anjal says:
    April 13, 2015 at 11:17 pm

    vaahaka rythi..ekm mistakes thah v v gina kann faahaga kurevey.. baeh faharu hama nujehey than than kolhu vx hurey.. ehn noonee vaahaka hama salhi 😉

  14. anjal says:
    April 17, 2015 at 5:16 pm

    ummeedh kuran rahgahlu kuraane kamah

  15. fary says:
    April 17, 2015 at 5:21 pm

    nooney shaamil ves ha ehaa romantic . hehehe

  16. Anonymous says:
    August 1, 2015 at 1:09 am

    V rythi especially ninmun..Its awesome… 🙂 🙂

  17. mine says:
    August 10, 2015 at 11:14 am

    Vvvvvvv reethi.last part kyiru hama ragalhahvex rovunu..

  18. shai says:
    October 6, 2015 at 12:53 pm

    vrh reeeethi dhn neytha ehn stry ey

  19. Aal says:
    November 14, 2015 at 3:00 am

    Haadha reethi vaahaka ekey! !! Ninmun v v v v v v v v v v v reethi ♡♥♡♡♥♡♥♡♥

  20. Immy says:
    December 25, 2015 at 2:00 am

    vrhhh salhii…
    ekam haadha dhera gothekey medu herein e dimaavee….
    ehn nuvaane ennu hadhaakah…
    immy mi vaahaka kiyaafa roven vx rovun…. hama ehaa dheraveyy….. 🙁 🙁
    any ways vrhhhhhhhh reethi mi vaahaka…. 😉 😀 😀

  21. rau says:
    January 14, 2016 at 1:35 pm

    v vvvvvvvvv rythi…..fahubai hama habeyyss..hehe..

  22. ibbe says:
    November 21, 2016 at 8:44 am

    nice

  23. Ainth says:
    August 24, 2017 at 9:35 am

    V rythi vaahaka

  24. Xaa says:
    May 18, 2018 at 3:20 pm

    Haadha salhi ey

Comments are closed.


All Right Reserved!