އެރޭ ލިބުނު ފިނިފެންމާ – 7
” ދައްތަބޭ މިއަދު އަންނަނީހެން ހީވަނީ ” ނާލީ މިގެއަށް މިއައި ކުޑަ ދުވަސްކޮޅު ތެރޭވެސް އަދި އެއްފަހަރުވެސް ދައްތަގެ ފިރިމީހާ އެއް ނާދެއެވެ. އާރިފާ ބުނިގޮތުން ވިއްޔާ އެއީ ވަރަށް މަދުން ގެއަށް އައިސް އުޅޭ މީހެކެވެ. އާރިފާ އެހެންނޫނަސް އެމީހަކާ އެހާ ގަޔާވާހެނެއް ނާލީއަކަށް ހިއެއް ނުވެއެވެ. އެއީ ކީއްވެގެންތޯ އަހާލާ ހިތް ނާލީ ވިއެވެ. އެކަމަކު އެންމެން ސައިބޮއިގެން ދަންދެން ނާލީ މަޑުކުރިއެވެ.
ރާއިން އޮފީހަށްދާން ނުކުންނަމުން ނާލީގެ ބަނޑުގަ ވިކާލިއެވެ. އެމަންޒަރު ފެނުމުން އާރިފާ ގާތަށް ހިނިއައި ނަމަވެސް ވަގުތުން ނާލީގެ މޫނު ލަދުންގޮސް ރަތްވިއެވެ.
” ނިކަން ލާނެއް ކުއްޖެއް މި ރާއިން އަކީ ” އާރިފާ އަވަހަށް ނާލީ ހަމަޖައްސާލުމުގެ ގޮތުން ބުންޏެވެ.
” މަންމާ ދައްތަ ކީއްވެތަ ސައިބޯން ނައީ އަހަރުމެންނާ އެކު ” ނާލީ އަހާލިއެވެ.
” ތިވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ މިއަދު ” އާރިފާ ބުންޏެވެ.
” އަހަންނަށް ހީވަނީ އެ އަހުމަދު މިއަދު އަންނަނީހެން. ފަޒީލާ އެހުންނަނީ އެމީހަކާ ހެދި ވަރެއްވެފަ. އަހަރެން ހިތަށްއަރާ ފަޒީލާ އަށް އިންނާނެ މީހަކު ނުވެގެން ބާވައޭ ދެއަތްބަށް އެމީހާ އާ އިނދެގެން އެއުޅެނީ ” ނާލީ އަށް ލިބުނީ މުޅިން އާ ހަބަރެކެވެ. ރާއިންވެސް އަދި އެވާހަކަ އެއް ނުބުނެއެވެ. އެވަރުގެ ބޮޑު ވާހަކައެއް ރާއިން ނުބުނީ ކީއްވެ ބާވައެވެ.
” ފަޒީލާ އަމިއްލަ އަށް މަރުވާ ހިސާބަށް ކަންތައް ދުއްވާލީމަ އަހަރެން އެކަމާ އެއްބަސްވީ ވެސް. އެކަމަކު މިހާރު ފަޒީލާ އަށްވެސް އިނގޭނެ އަހަރެން އެވަރަށް ދެކޮޅު ހެދީ ކީއްވެކަން. ހާލަކުން ފަހަރަކު މާވަހަރެއް ފެންނަ ހެން ފެންނަ މީހެއް އެއީ ” އާރިފާ ހުރިހާ ވާހަކައެއްހެން ނާލީ އަށް ކިޔާދިނެވެ.
ނާލީ ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ރާއިން އަންނާނެ އިރަކަށެވެ. އެހެން ދުވަސް ދުވަހު ހަވީރު އައި ނަމަވެސް މިއަދު މިހާރު އަށެއްޖަހާ ދިޔައީ އެވެ. އަދިވެސް ރާއިން އެއް ނާދެއެވެ. ނާލީ ގަސްތުގަ ރުޅި ގަދަވެފަ ހުރިވަރުން ރާއިންގެ ފޯނަށް ނުގުޅާ ހުރީ އެވެ.
ރާއިން ކޮޓަރި އަށްވަދެ ފުރަތަމަ ވެސް ބަލާލީ ނާލީ ކޮބާތޯ އެވެ. ރާއިން ފެނުމާއެކު ނާލީ ތުންދިގުކޮށްލާފަ އަނެއްފަރާތަށް އެނބުރުނެވެ. ރާއިން ގާތަށް އައީ ހިންޏެވެ. ފަހަތުން ގޮސް ނާލީގެ ގައިގަ ބައްދާލުމާއެކު ނާލީ ފޮޅުވާލިއެވެ.
” އައްދޭ ހާދަ ރުޅިގަދަވެފަ އޭދޯ މިހިރީ މިއަދު އަހަރެންގެ ދޫނި ” ރާއިން އުޅުނީ އަނެއްކާވެސް ނާލީ ގައިގަ ބައްދާލާށެވެ. އެކަމަކު އޭގެ ކުރިން ނާލީ ރާއިން ކޮއްޕާލިއެވެ. ގަސްތުގަ ރާއިން ފާރުގަ ޖެހިގަތެވެ. ބޭނުމަކީ ނާލީ ދެރަކޮއްލުމެވެ.
” އައްދޯތް ” ރާއިން ބުންޏެވެ. ވަގުތުން ނާލީ ރާއިން ކައިރިއަށް ޖެހި ރާއިންގެ އަތުގަ ފިރުމާލާ މާފަށް އެދުނެވެ. ރާއިން ހިނިއައިސްގެން ނާލީ އާ ދިމާލަށް ބަލަން ހުރުމުން ނާލީ ލަދުގަންނަ ގޮތް ވިއެވެ.
ރާއިން ފުރުސަތުގެ ބޭނުންކޮށް ނާލީގެ ކަނދުރާގައި ރާއިންގެ އިނގިލިތަކުން ފިރުމާލިއެވެ. ނާލީއަށް ލޯމަރާލެވުނީ ބޭއިހުތިޔާރުގައެވެ. ނާލީގެ ފަން އިސްތަށިގަނޑު އެއްފަރާތް ކޮއްލުމަށްފަހު ރާއިންގެ ހޫނު ތުންފަތް ނާލީގެ އޮމާން ކަނދުރާގަ ހަރަކާތް ތެރިކޮއްލިއެވެ. ނާލީ އަށް ވީވަރަކީ ރާއިން އެކޭ އެއްވަރަކަށް ނާލީއަށްވެސް އެކަމުގާ ބައިވެރި ވުމެވެ.
ފިނި ފިނި އޭސީ ރޫމް ތެރޭ އެކަކު އަނެކަކުގެ ހޫނު އިހުސާސް ކުރަމުން ދިޔަ ދެމީހުން ސިއްސައިގެން ދިޔައީ އާރިފާ ގެ އަޑަށެވެ.
” ނާލީ ދަރިފުޅާ.. މަންމަ މިދަނީ ކާންހަދަން. އާދޭ ރާއިން ގޮވައިގެން ކާން ” އާރިފާ ދޮރުން ބޭރުގަ ހުރެ ދެއްކި ވާހަކަ ރީތިކޮށް ކޮޓަރި ތެރެއަށް އަޑު އިވެއެވެ.
” ރާއިންގެ އަތު ތެރެއިން ފޮޅުވިގަނެ ނާލީ ރާއިން އާ ދިމާލަށް ތުންދިގު ކޮށްލިއެވެ.
” ރާއިންގެ ކަންތަކޭ. ނޯންނާނެ ވަކި ގަޑިއެއްވެސް. ދެން މަންމަ ހީކުރާނީ ކީކޭ” ނާލީގެ އެމައުސޫމު ހަރަކާތް ރާއިން އަށް ވަރަށް ކަމުދެއެވެ.
ދެމީހުންނަށް ބަދިގެ އަށް އައިސް ވަދެވުނު އިރު މަންމަ ހުރީ ކާން ހަދާ ނިމިފައެވެ.
” އަޅެ ސޮރީ މަންމާ ކުޑަކޮށް ލަސްވީމަ ” ނާލީ ކާން ހަދަން ނޭދެވުނީމަ އެކަމާ ދެރަވެ ހުރެ ބުންޏެވެ.
” މީ ދެން އެވަރުގެ ކަމެއްނޫނެއްނު. ދަރިފުޅު އައިފަހުން މަދު ފަހަރަކުވެސް މިއުޅެނީ މަންމަ އަށް މިކަހަލަ ކަމެއް ކުރާނެ ފުރުސަތު ނުލިބިގެން ” އާރިފާ ބުންޏެވެ.
” މަންމާ ކޮބާ ދައްތަ. އަހުމަދު ބޭ ވެސް އެބައުޅޭ ދޯ މިރޭ ” ރާއިން އަށް އެހެން ބުނެވުނު އިރު ފަޒީލާ އާ އަހުމަދު އާ ދެމީހުން އައިސް ކާކޮޓަރިއަށް ވަންނަނީ އެވެ.
ތަށިތަކަށް ފެން އަޅަން ފެންފުޅި ހިފައިގެން ހުރި ނާލީގެ އަތުން ފެންފުޅި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
” ނާލީ ކިހިނެތްވީ ” ނާލީ ވަނީ ހާސްވެގެން ގޮސް މުޅި މީހާ ދާހިތްލާ ފޯވެފައެވެ. ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނީ ދުވަހަކުވެސް އެމީހަކު ދެކެން ބޭނުންނުވާ ނާފިޒު ކުރިމަތީ ހުރުމުންނެވެ.
” ނާލީ އިށީނދެބަލަ ކިހިނެތްވީތަ؟ ” އެކަކަށްވެސް ނާލީއަށް ވީގޮތެއް ނޭނގުނެވެ. އަނެއްކޮޅުން ނާލީ އަށް ބުނާކަށްވެސް ނުކެރުނެވެ.
ނާފިޒު ނާލީ ކިތަންމެ ހޯދަން ބޭނުންވެފަ ހުރި ނަމަވެސް މިފަދަ ގޮތަކަށް ފަޒީލާ މެންގެ ގެއިން ފެނިދާނެ ކަމަށް އުއްމީދު ކުރެވިފައެއް ނެތެވެ. އެންމެ ހައިރާންވީ ރާއިން ކައިވެނި ކުރީ ނާލީ އާ ކަމެއް ނޭނގުނީތީ އެވެ. ރާއިން އަށް އެއްވެސް ކަމެއް ނޭނގޭކަން އިނގުމުން ނާފިޒުގެ ގާތަށް އައީ ފާޑެއްގެ ނުލަފާ ހިންޏެކެވެ. ނާލީ އަށް އެއްގޮތަކަށްވެސް ކެއުމުގަ ރަނގަޅަށް ބައިވެރި ވެވޭ ގޮތެއް ނުވިއެވެ.
” ނާލީ މީ އަހަރެންގެ ފިރިމީހާ އަހުމަދު ” ފަޒީލާ ނާލީ އަށް ނާފިޒު ތައާރަފް ކޮށްދިނެވެ. ނާލީ އަށް ވިސްނެމުން ދިޔައީ ހާނިސާ އާ މެދުއެވެ. އަނެއްކާ ނާފިޒު ހާނިސާ ވަރިކުރީ ބާވައެވެ. މިކަހަލަ ކޫސަނި ހިޔާލުތައް ގިނަވި ވަރަކަށް ނާލީ އަށް ހަދާނެ ގޮތް ހުސްވާން ފެށިއެވެ. ނާލީ ވަނީ ރާއިން އަށް ނާފިޒުގެ ވާހަކަ ވެސް ކިޔާދީފައެވެ. ދެން އެހެންވީއިރު ރާއިން އަށް ނާފިޒު ނޭނގެނީ ކީއްވެ ބާވައެވެ. ދެން އެކިޔަނީ ކޮން އަހުމަދެއް ބާވައެވެ.
ނާފިޒު އިރުއިރުކޮޅުން ނާލީ އާ ދިމާލަށް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު ނާލީގެ ހަތަރެސްފައި ފިނިވެގެން ދެއެވެ. ކާން ތިބިއިރު އެކަކު އަނެކަކަށް މާގިނަ ވާހަކައެއް ނުދައްކައެވެ. ތަށިތައް ނެގުމާއެކު ނާލީ ވެސް އަވަހަށް ދިޔައީ ކޮޓަރި އަށެވެ.
އެނދުމަތީ ލެޕް ހުޅުވާލައިގެން އޮށޯވެ އޮތް ރާއިން ގާތު ނާލީ އެހިއެވެ.
” ރާއިން ވާހަކައެއް އަހާލަންތަ؟ ” ރާއިންގެ ހުއްދަ ހޯދުމަށްފަހު ނާލީ އެހިއެވެ.
” ފަޒީ ދައްތަގެ ފިރިމީހާއަށް ކިޔަނީ ހަމައެކަނި އަހުމަދު ތަ؟ ”
” ކިހިނެތްވީ ދޫނީ ” ލެޕް އަށް ބަލަން އޮވެ ރާއިން އަހާލިއެވެ.
” ބުނެބަ ރާއިން. ޕްލީޒް ” ރާއިން އަށް ނާލީ އަށް ބަލާލެވުނީ ނާލީގެ އަޑު ހުރިގޮތުންނެވެ.
” ހޭ ދޫނީ ކިހިނެތްވީ އަނެއްކާ. ނޭނގެ ކޮންމެވެސް އަހުމަދު ނާޒިމެއްކަމެއް ކޮންމެވެސް އެކަހަލަ ފާޑެއްގެ ނަމެއް ކިޔަނީ. އެހެންނޫނަސް އެއީ އަހަރެން އެހާ ދައްކާ ހިތްވާ ވާހަކައެއްނޫން. ދައްތަ ނޫނަސް އަހުމަދުބޭގެ ހުރޭ އަދި އެހެން އަތްބެއްވެސް ” ނާލީ އަށް ހާނިސާ މަތިން ހަނދާންވި އެވެ.
” ރާއިން އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ” ނާލީ ބޭނުންވަނީ އެވިޔާނުދާ ނާފިޒު އަކީ އެއީ ކަން ރާއިން އަށް އަންގާށެވެ.
” ރާއިން ނާ.. ނާފިޒު” ނާލީ އަށް ނާފިޒު ގެ ނަންވެސް ބުނެވުނީ އެހާ އުނދަގުލުންނެވެ.
” ކީކޭ ނާފިޒު އަނެއްކާ ކީއްކުރީ… ނާލީ ބުނޭ ”
” ރާއިން ނާފިޒު އަކީ……….. ” ނާލީގެ ޖުމްލަ ފުރިހަމަ ކުރެވުމުގެ ކުރިން ރާއިންގެ ފޯން ރިންގުވާން ފެށިއެވެ.
( ނުނިމޭ )
2 Comments
Comments are closed.
އޯސަމް.
ނައިސް