މީ ‘އައިނާ’ އަށް ފަހު އަޅުގަނޑު ނެރޭނެ ދެވަނަ ވާހަކަ ސީރީޒް އެވެ. ވަރަށް އަވަހަށް އަންނަނީ! އިންތިޒާރު ކޮށްލައްވާ!! “ދަރިފުޅާ ތައްޔާރު ވެއްޖައިންތަ؟” ނައިރާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލަމުން އަހާލިއެވެ. “ލައްބަ މަންމާ.. މިދަނީ..” ނާރާ ބުރުގަލަށް ފަހު ދަތި ޖަހާލަމުން ބުނެލި އެވެ. އަދި ލޯގަނޑު ކުރިމަތީގައި ދެފަރާތަށް އެނބުރިލައިފައި ޔުނީފޯރމް ރަމގަޅުތޯ ބަލާލިއެވެ. ހިތްހަމަ ޖެހޭވަރު ވުމުން ލިޔާ މޭޒުމަތީގައި އިން ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ…. _ނުނިމޭ
އެއްމެ ފަހުން އިސްރާ އަށް ބޮލަށް އުނދަގޫ ވާވަރަށް ކިޔަން ފެށީމައި އިސްރާ ހިތާ ހިތާ ކިޔާލި އެވެ. “މީނަގެ ބައްޕަ ވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަބަދު ކައިރީގައި ވިއްދާ ފައި… ހަމަ އަނީލްގެ މިޒާޖު… ޕިސް ޕިސް ޕިސް..” *** މިހެން ކިޔާފައި ކޭކު ބަޖިޔާ ހަދާ ނިންމާލި އިރު ތިންގަޑި ސާޅީސް ފަހެއް ވެއްޖެ އެވެ. އައިނާ އިސްރާ ކައިރީ އަވަހަށް ތައްޔާރު ވާން ދާށޭ ބުނެލި އެވެ. އިސްރާ ތައްޔާރު ވެގެން […]
އިކާލް އާއި މާއީ އަކީ އެއް އުމުރެއްގެ އަދި އެއްކުލާހެއްގައި ތިބޭ ދެކުދިންނެވެ. އަދި މިދެ ކުދިންނަކީ އެންމެ ގާތް އެކުވެރިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ދެކުދިންގެ ހިތުގައިވެސް އެކަކު އަނެއްކަކަށްޓަކައި އިހްސާސްތަކެއް އުފެދެމުން އަންނަ އިރު އެ އިހްސާސްއަށް ދޭނެ ނަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް ދެމީހުންވެސް އެއްވެސް ދެގޮތެއް ނުވެ އެކަކު އަނެކަކަށް އެހީތެރި ވެދީ ހުރިހާ ސިއްރުތަކެއް ކިޔައިދެމުން ދިޔައެވެ. ރާކިން އާއި ފާއިޒް އަކީ ވެސް އިކާލްމެންނާއި އެއް […]
ޝަން އަށް ވެސް އައިޝަން ކުރަން އުޅުން ކާމިޔާބެއް ނުވިއެވެ. ވީ ނާކާމިޔާބެވެ. *** ”ދޮންތާ…..” ޔަނާލް ޔާޝާއަށް ގޮވާ އަޑައް ޔާޝާ އައިސް ކޮޓަރިއަށް ވަނެވެ. ”ދޮންތަގެ ފޯން ރިންގް ވާއިރު ވެސް ދޮންތަ ތިހުންނަނީ ބޭރުގަ. ދެންވެސް އަވަހައް ފޯން ނަގާބަލަ” ޔާޝާ އަތައް ފޯނުު ދެމުން ޔަނާލް ބުނެލިއެވެ. ”ހަލޯ” ޔާޝާ ފޯނު ނެގި ގޮތައް ބުނެލިއެވެ. ”މިރޭ އަށެއް ޖަހާކަން ހާއިރު ދެޑީ ވެގެން ހުންނާތި. އަހަރެންް މަންމަ އަށާއި ގޭ […]
“ތުއްތާ!” ތަނަވަސް ސިޓިންގް ރޫމެއްގެ މެދުގައި ބެހެއްޓިފައިވި މޭޒުމަތީގައި އޮތް މައްޔިތާ 6 ވަރަކަށް މީހުންވެގެން ނަގައި ހިއްލާލި ވަގުތު ޒުވާން ފިރިހެން ކުއްޖެއްގެ ރޮވިފައިވާ ހަރު އަޑު މުޅި ތަނުގައި ގުގުމާލިއެވެ. އެއާއެކު އެތާތިބި އެންމެންގެ ނަޒަރު އެ ކުއްޖާއަށް އަމާޒުވެގެން ދިޔައެވެ. ހީވާ ގޮތުން އެކުއްޖާ އެހާއިރުވީއިރު ވެސް އޭނަގެ ދައްތަ ބޭއްވިފައި އޮތް މޭޒާއި އެހާ ދުރުގައި ހުރީ އެތާތިބި ބޮޑެތި މީހުންތަކުގެ ތެރެއިން ޖާގަ ނެހެދިގެންނެވެ. އެހެނަސް އޭނަގެ ދައްތަ ސިޓިންގް […]
“އައުޗް… މަންމާ…” ކެއްކުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެމެން އަވަސްވެގަތީ، ވީގޮތެއް ބެލުމަށެވެ. ********************** “މަގޭ ދަރި..” ޖަމިއްތައަށް ބާރަށް ބުނެވުނެވެ. އޭރު ވާތު ފައި ކުޑަކޮށް ހިއްލާލައިގެން ހުރި، ރިފާގެ ފައިން ލޭ އަންނަމުން ދިޔައެވެ. އާޔާ ދުވެފައި ރިފާގެ ކައިރިއަށް ގޮސް، އޭނާގެ ކޮނޑުގައި ހިފެއްޓިއެވެ. ރިފާގެ ދެތުންފަތް ޖައްސާ ބާރުކޮށްލެވިފައިވީގޮތުން، އޭނާއަށް ވަރަށް ތަދުވާކަން އެނގެއެވެ. މޫދުގައި އުޅުނު އެންމެންވެސް […]
ކާރުގައި އިނެގެން ކައިޒީން ދިޔައީ ގޭ އެންމެނަށް އެހަބަރު ދެމުންނެވެ. ކައިޒީން އެހެން ބުނުމާއިއެކު އެމީހުންވެސް ވަރަށް ހާސްވެފައި ތިބިކަން އެނގުނީ ވާހަކަދައްކަމުން ދިޔަ ގޮތުންނެވެ. އަދި ފަޒީލްއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ކައިޒީންވެސް ހުރީ އޭނާ އެކަނި ހުއްޓާ އެކަހަލަ ކަމެއް ވުމުން ބިރުގަނެފައިއެވެ. މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ކާރު ހުޅުމާލޭގެ އެންމެ މަޝްހޫރު ހޮސްޕިޓަލް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަން އިރު ޒިރާން އިނީ ހުއްޓުން އަރާފައިއެވެ. އެސްފިޔަވެސް ޖަހައި […]
“މި ރެއަކު ތި ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ނަޒްހާއާ ނައިހާއަކަށް ނޫން ނާޔާގެ ކަންތައް ނިންމަން ޖެހޭ ގޮތް އެނގޭނީ. އަހަރުމެންނަށް ނާންގާ، އަހަރުމެންގެ ލަފާ ނާހާ ކަންތައް ކުރީމަ ވާ ގޮތް ނައިހާއަށް އެނގިފަ އޮންނާނީ. އެވަރު ނުވިސްނިގެން ދެން ތިބި މީހުން މި އުޅެނީ” ނަރީމާ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ބުންޏެވެ. “މަންމާ…!” ނައިހާއަށް ބަލާލާފައި ނަޒްހާ ނަރީމާއަށް ގޮވާލިއެވެ. “މި ހުރިހާ ދުވަހުވެސް އެއްޗެއް ނުބުނަމެއްނު؟ އެކަމަކު ނުހުރެވޭ ވަރު […]
އައިރާ އާދައިގެ ގޮތަކަށް ތައްޔާރުވެގެން ނުކުތެވެ. އޭނާގެ މޫނުން ރަތްކަން އަދިވެސް ނުފިލައެވެ. ދެލޯ ދުޅަވެފައި ހުރިއިރު ތުންފަތްވެސް ހުރީ ހިކިފައެވެ. އިސްރާ ތައްޔާރުވެގެން އައުމާއެކު އިސްރާއާއެކު ހޮސްޕިޓަލަށް ދާން އައިރާ ނުކުތެވެ. *** އިސްރާއާއި އައިރާ ހޮސްޕިޓަލަށް ދިޔައިރު ހެނދުނު ސައިބޮއެގެން ޔާޒް އޮތީ ނިދާފައެވެ. ޔާޒް ގާތު މަޑުކޮށްގެން ތިބީ އަލައިކާއާއި ނަވްޔާއެވެ. ސޯފާގައި އިށީންދެގެން މިލާފައި ހުރި ނަވްޔާ ފެނުމާއެކު އައިރާއަށް އިސްޖަހާލެވުނެވެ. ކުށްވެރިކަން އައިސް އައިރާ ވަށާލަމުން ދިޔައެވެ. ހިތަށް އަރައިފައިބަމުން […]