އެރޭ ލިބުނު ފިނިފެންމާ – 5
ނާލީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ދުވަހަކުވެސް ނުގުޅަން ހުރި ނަންބަރަކަށް ގުޅާލިއެވެ. ހަމަ ޔަގީނުންވެސް އެއީ ނާލީއަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް މީހަކަށް ވާތީއެވެ.
ދެފަހަރު ގުޅި އިރުވެސް ފޯނެއް ނުނެގިއެވެ. އިތުރަށް މާޔޫސްވަމުން ދިޔަ ނާލީ އިންތިހާއަށް ދެރަވިއެވެ. ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
ކޮޓަރީ ދޮރުގަ ދެފަހަރު ތިންފަހަރު ޓަކި ދިން އިރުވެސް ނާލީ ހަމަ އިންގޮތަށް އެނދުމަތީ އިނެވެ. ޓަކި ޖަހާނީ ހާނިސާ ކަން ނާލީ އަށް ވަރަށް ރަނގަޅަށް އިނގޭތީ އާ ވެސް އެކުއެވެ.
ނާލީ މިއަދު އެއްގޮތަކަށްވެސް ކޮޓަރިން ނުކުންނާކަށް ބޭނުމެއް ނޫނެވެ. ވެގެންވާނަމަ ނާލީ ބޭނުންވަނީ މިގެއިންވެސް ފިލައިގެން ދާށެވެ.
ހާނިސާ އޮފީހަށް ދިޔައީ ކިހާ އިރަކު ކަމެއްވެސް ދިޔަ ކަމެއްވެސް ނާލީ އަކަށް ނޭނގެއެވެ. ބަނޑުހައިކަމުގެ އިހުސާސް ވެސް ނާލީ އަށް ކުރެވެން ފެށިއެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ނާލީ ބަދިގެ އާ ދިމާލަށް ހިނގައިގަތީ އެއްވެސް އަޑެއް ބަޑެއް ނީއްވައެވެ.
ބަދިގެއަށް ވަދެ ކުޑަގޮތަކަށް ސައިބޯލައިގެން ނާލީ ނުކުންނަން ދިޔަ ވަގުތު ބަދިގެއަށް އައިސް ވަނީ ނާފިޒު އެވެ. މީގެކުރިން ނާފިޒު ފެނުމުން އެއްވެސް އެއްޗެއް ހިތަށް ނާރާ ނާލީގެ ހިތަށް ބިރުވެރިކަން ވަނެވެ. ނާލީއަށް ފަހަތަށް ޖެހެވުނީ ނާފިޒު ކުރިއަށް އަންނަން ފެށުމުންނެވެ. މޭޒުގަ ޖެހިފަ ނާލީއަށް ހުއްޓެވުނެވެ. އޭރު ނާފިޒު ވެސް ހުރީ ނާލީ ގައިގަ ޖެހޭ ނުޖެހޭ ހިސާބު ކައިރިވެފައެވެ.
” ހާދަ ބިރުން ތިއުޅެނީ. ކީއްވެތަ؟ ތީ މިހާރު އަހަރެންގެ ވާން އުޅޭ އަނބިމީހާ އެއްނު. ދެން ކީއްވެ ތިހާ ބިރުން ތިއުޅެނީ. ” މީގެ ކުރިން ނާލީ އާ ވާހަކަ ދައްކާ ނޫޅޭ ނާފިޒު ނާލީއާ ވާހަކަ ދެއްކިއެވެ.
ނާފިޒުގެ މިބަސްތަކުންވެސް މިއީ ރަނގަޅު މީހެއްނޫންކަން ނާލީ އަށް ގަބޫލު ކުރެވުނެވެ. ނާލީ ނާފިޒު ކޮއްޕާލުމަށްފަހު ކޮޓަރި އަށް ދިއުމަށް ދުއްވައިގަތެވެ. ކޮޓަރިއަށްވަދެ ދޮރު ތަޅުލުމުގެ ކުރިން ފަހަތުން ދުވެފަ އައި ނާފިޒު ދޮރު ކޮއްޕާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. ނާލީ ވިއްސައިގެން ގޮސް ޓައިލްސްތައް މައްޗަށް ވެއްޓުނެވެ. ނާފިޒު އެއްވެސް ލަދުވެތިކަމެއް ބިރުވެރިކަމެއް ނެތި އެތެރެއިން ދޮރު ތަޅުލިއެވެ. ނާލީ ފަކީރުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށިއެވެ. ސަލާމަތަށް އެދި ނާފިޒު ގާތުން އާދޭސް ކުރަން ފެށިއެވެ.
އެކަމަކު ނާފިޒު ގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލަ އެވެ. ވެއްޓިފަ އޮތް ނާލީ ކައިރިއަށް ޖެހިގަނެ ނާލީގެ ދެއަތުގަ ހިފާ ނާފިޒު އާ ކައިރިއަށް ގެނައެވެ. ނާފިޒު އަކީ މިހާ ނުބައި ނުލަފާ މީހަކަށް ވެދާނެ ކަމަކަށް ފަހަރެއްގަވެސް ނާލީއަކަށް ހީވެފައެއް ނެތެވެ.
ނާފިޒުގެ ހޫނު ނޭވާތައް ނާލީގެ މޫނަށް އެޅެމުން ދިޔައެވެ.
” ހެޔޮނުވާނެ ނާފިޒުބޭ.. އަހަންނަށް ތިހެން ނަހަދާ.. އާދޭސް ކޮއްފަ މިބުނަނީ ” ނާލީ އަށް ގިސްލެވެމުން ދިޔައެވެ.
” ނާފިޒުބޭ ނުކިޔާ ދެން ” ނާފިޒު އުޅުނީ ނާލީގެ މޫނުގެ ތުންފަތް ޖައްސާލާށެވެ. އެކަމަކު ކުއްލިއަކަށް ނާފިޒު ހިފަހައްޓާފައިވާ އަތް ފޮޅުވާލުމަށްފަހު ހުރިބާރެއްލާފަ ނާފިޒުގެ މޫނުމަތީ ނާލީ ޖެހިއެވެ. މިކަހަލަ ކަމެއް ނާލީ ކޮއްފާނެ ކަމައް ފަހަރެއްގަވެސް ނާފިޒު އިނީ ތައްޔާރުވެގެނެއް ނޫނެވެ. ވީތަދުން ނާފިޒުއަށް މޫނުމަތީ އަތްހާކާލެވުނެވެ. ނާލީ އުޅުނީ ތެދުވެގެން ދުއްވައިގަންނާށެވެ. އެކަމަކު އޭގެ ކުރިން ހުށިޔާރު ކަމާއެކު ނާފިޒު ނާލީ ގައިގަ އޮޅުލައިގަނެ ނާފިޒުގެ އަތުތެރޭ ހިފަހެއްޓިއެވެ. ނާފިޒު މިހާރު ހިފަހައްޓާފަ ހުރި ގޮތުން ނާލީއަށް ހިރިވެސް ނުލެވުނެވެ.
ރުއިން ފިޔަވާ އިތުރު އެއްވެސް ކަމެއް ނާލީއަކަށް ނުކުރެވުނެވެ.
” ނާލީ ކީއްވެތަ އަހަންނާ ދުރައްދާން ތި މަސައްކަތް ކުރަނީ. އެންމެ ފުރަތަމަ ނާލީ އަހަންނަށް ފެނުނު ދުވަހުން ފެށިގެންވެސް އަހަރެން މިހުންނަނީ މިހަށިގަނޑަށް ދަހިވެތިވެފަ ” ނާފިޒު ވާހަކަ ދެއްކީ ނާލީގެ ކަންފަތް ކައިރީ ގައެވެ. އިރުއިރުކޮޅުން ނާލީގެ މޫނުގެ އެތަން މިތާ ނާފިޒުގެ ހޫނު ތުންފަތުން ބީހެމުން ދިޔައެވެ. ބީހިލާ ކޮންމެ ފަހަރަކު ނާލީއަށް ހީވަނީ މުޅި ހަށިގަނޑުގަ މީހަކު އަލިފާން ޖަހާ ހެންނެވެ. ނާލީ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެހީތެރިވެދޭނެ އެކަކުވެސް މިތާކު ނުވެއެވެ.
ނާފިޒު އިންތަނުން ތެދުވީ ނާލީ ގެ އަތުގަ ހިފާ ކޮޅައް ނަގަމުންނެވެ. ނާފިޒު އުޅުނީ ނާލީ ނަގާ އެނދުމައްޗަށް ވައްޓާލާށެވެ. އެކަމަކު އޭގެ ކުރިން ނާލީ ދުވެފަގޮސް ވަނީ ފާހާނާ އަށެވެ. ނާފިޒު އަށް އާދެވުމުގެ ކުރިން ނާލީ ފާހާނާގެ ދޮރު އެތެރެއިން ތަޅުލިއެވެ.
ނާފިޒު އެތައް އިރެއްވަންދެން ގޮވަ ގޮވަ ހުރީ ނާލީ ނުކުންނާނެ އިރަކަށެވެ. އެންމެފަހުން ނާލީ ނުނުކުންނާނެ ކަން ޔަގީންވުމުން ނާފިޒު ނުކުމެގެން ދިޔައީ އެވެ.
ނާލީ ފާހާނާ ތެރޭ ގަޑިއެއްގެ އިރަށްވުރެ ގިނަ އިރު ހޭދަކުރުމަށްފަހު މަޑުމަޑުން ދޮރު ހުޅުވާ ކޮޓަރި ތެރެއަށް ބަލާލިއެވެ. ނާފިޒު ނެތްކަން ޔަގީންވުމުން ނާލީ ދުވެފަގޮސް ކޮޓަރި ދޮރު ތަޅުލިއެވެ. އޭރުވެސް އެރީތި ދެލޯ ކަރުނައިން ފޯވަމުން ދިޔައެވެ.
އެހީތެރިކަމަށް އެދި ނުޝޫއަށް ގުޅާލިއެވެ. ނުޝޫ ގެ އަޑު ޖެހުމާއެކު ނާލީ ގިސްލާ ރޯން ފެށިއެވެ. އަދި ނާފިޒު ކަންތައް ކުރި ހުރިހާ ގޮތެއްގެ ވާހަކަ ފެށުނީއްސުރެ ނިޔަލަށް ނާލީ ކިޔާދިނެވެ. ނުޝޫ ވެސް އިންތިހާއަށް ދެރަވިއެވެ.
” ނާލީ ހުއްޓާލާ.. ރާއިން އަށް ގުޅުނުތަ ؟ ”
” ނޫން ވަރަށް ގުޅަން މަސައްކަތް ކޮށްފިން. އެކަމަކު ފޯނެއް ނުނަގާ ” ނާލީ ބުންޏެވެ.
ނުޝޫ ފޯން ބޭއްވިތާ އިރުކޮޅެއްނުވެ އެމީހެއްގެ އެހީތެރިކަމަށް އެދި ނާލީ އެތައް ފޯނެއް ކުރި ރާއިން ގުޅިއެވެ. އެންމެ ހިނދުކޮޅެއްވެސް ބޭކާރު ކުރުމަކާ ނުލާ ނާލީ ފޯނު ނަގާ ކަންފަތުގަ ޖަހާލިއެވެ.
ރާއިން އަށް ހުރީ ގަބޫލު ކުރަންވެސް ދަތިވެފައެވެ. ނާލީ އަމިއްލަ އަށް ގުޅާނެކަމަކަށް ރާއިން ފަހަރެއްގަވެސް އުއްމީދެއް ނުކުރެއެވެ.
” ރާއިން މިވަގުތު އަހަންނާ ބައްދަލު ކުރެވިދާނެތަ ” ރާއިން އަށް ހައްތަހާ ލިބެމުން ދިޔައީ ހައިރާން ކަމެވެ. ވާހަކަ ދައްކަނީ ހަމަ ނާލީ ބާވައޭ ކިތަންމެ ފަހަރަކު ރާއިން ހިތައް އަރަމުން ދިޔައެވެ. ފޯނު ބޭއްވުމަށްފަހު ނާލީ ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ވަރަށް ސިއްރު ސިއްރުން ކޮޓަރިން ނުކުމެ ސިޓިންގރޫމް ހުރަސްކޮށް ބޭރަށް ނުކުތެވެ.
އޭރު ރާއިން ސައިކަލްމަތީ ގޭ ބޭރުގަ އިނެވެ. ބަލާކަށް ނުހުރެ ނާލީ ރާއިންގެ ފަހަތަށް އަރާ އިށީނެވެ. ރާއިން އަށް އެވަގުތު ނާލީގެ ރަތްވެފަ ވާ ދެލޯ ފެނުނެވެ. ރާއިންގެ ހިތަށް ބުނެދޭން ނޭނގޭ ހިތްދަތި އަސަރުތަކެއް ކުރުވިއެވެ.
” ރާއިން އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން. އަހަރެން ގޮވައިގެން މިގެއާ ދުރައް ހިނގާބަލަ” މީގެ ކުރިން ނާލީ އަކީ ރާއިން އަމިއްލަ އަށް އާދޭސް ކުރިޔަސް ވާހަކަ ނުދައްކާ ވޭތޯ ބަލާ މީހެކެވެ. އަނެއްކޮޅުން ނާލީގެ ނަންބަރުވެސް ރާއިން ހޯދީ ނުޝޫ އަތުންނެވެ.
އެއްކަމެއް ރާއިން އަށް ޔަގީނެވެ. ނާލީ އަށް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެއެވެ. އެހެންނޫނީ ނާލީ އަށް ރާއިން އާ އެގޮތަށް ވާހަކަ ދައްކާކަށް ނުކެރޭނެއެވެ.
ރާއިން ނާލީ ގޮވައިގެން ގޮސް މަޑުކުރީ ގެއެއްގެ ދޮރު މައްޗަށެވެ. ނާލީ އެއްފަހަރު އެގެއަށް އަނެއްފަހަރު ރާއިންގެ މޫނަށް ބަލާލިއެވެ.
( ނުނިމޭ )
2 Comments
Comments are closed.
ވާހަކަ ވަރަށް ސަޅި
ވަރަށް ކަމުދޭ ވާހަކަ ކުރިއަށްދާ ގޮތް