“ކުޑް ޔޫ ފައިންޑް އަވޭއި ޓު ލެޓް މި ޑައުން ސްލޮވލީ؟..އަ ލިޓިލް ސޭންޕަތީ އައި ހޯޕް ޔޫ ކޭން ޝޮވް މީ…އިފް ޔޫ ވޮނަ ގޯ ދެން އައި ވިލް ބީ ސޯ ލޯންލީ..އިފް ޔޫއާރ ލީވިންގ ބޯއި؛ ލެޓް މި ޑައުން ސްލޯވލީ..ލެޓް މި ޑައުން ؛ ޑައުން ލެޓް މި ޑައުން ޑައުން ލެޓް މި ޑައުން ލެޓްމި ޑައުން ޑައުން ލެޓްމި ޑައުން ޑައުން..ލެޓް މި….” ކޮޓަރިއަށް ވެރިވެފައިވާ ފުން އަދިރިކަމުގެ […]
އެހެންކަމުން މަލާކަށް ހިނގޭނެނަމައޭ އެދުވަހު އަޔާޒްގެ ހިތަށްއެރީ ފުރަތަމަ ފަހަރަށެވެ. ހަމައެއާއެކު މަލާކަށް ނުހިނގެނީ ކީއްވެކަން އޭނައަށް އެނގޭކަން ވެސް އެނގުންވިއެވެ. އޭނަ މިހާތަނަށް އައިއިރު މަލާކަށް ފަރުވާ ނުކުރީ ކީއްވެތޯ ހިތް ސުވާލުކުރުމުން ކައިވެނީގެ ފުރަތަމަ ރޭ މަތިން އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އޭނަ ފަރުވާގެ ވާހަކަ ދެއްކުމުން މަލާކް އިސްކުރި ރުޅިމަތިން ހަނދާންވިއެވެ. “މަލާކް ބޭނުމެއްނޫން ބަލި މީހަކަށްވާކަށް!” މަލާކް ބުނެލި އެ ބަސްތައް އަޔާޒްގެ ސިކުނޑީގައި ގުގުމާލިއެވެ. އެ ބަސްތައް […]
ދެލޯ މެރެމުންދިޔަ ޔަނާލް ފެނި އިކާންއަށް ޔަނާލްގެ ނަމުން ގޮވާލާ ދުވެފައި ގޮސް ޔަނާލްގެ ހަށިގަނޑުގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. އޭރު ޔަނާލްގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ދެލޯ މެރިފައިވީއިރު މޫނު މަތީގައިވީ ވަރުބަލިކަމެވެ. ހާސްވެފައިހުރި އިކާން މަޑުމަޑުން ޔަނާލްގެ ކޮލުގައި އަތުން ކޮއްޓާލިއެވެ. ދެތިން ފަހަރު ތަކުރާރުކުރުމުންވެސް ޔަނާލްގެ ފަރާތުން ހަރަކާތެއް ނުފެނުމުން އިކާން އިތުރަށް ހާސްވިއެވެ. އެވަގުތު އިކާންގެ ފަހަތުން ހޯލްވޭއިން ނުކުމެގެން އައި މިކާލްއަށް އެމަންޒަރުތައް ފެނި އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ދެވުނެވެ. ” […]
އަލައިކާ ފަހަތުން ހިނގައިގަތް އައިރާއަށް ހުއްޓެވުނީ އޭނާ އަތުގައި މީހަކު މީހަކު ހިފެހެއްޓުމުންނެވެ. އައިރާ އެނބުރިފައި ބަލާލިއިރު އޭނާ އަތުގައި ހިފައިގެން ހުރީ ޔާޒްއެވެ. ޔާޒް އެގޮތަށް އޭނާ އަތުގައި ހިފައިގެން ހުރުމުން އައިރާއަށް ވަށައިގެން ބަލާލެވުނެވެ. އޭރު ކޮންމެސް ވަރަކަށް މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުއްޓެވެ. “ޔާޒް އަތުން ދޫކޮށްބަލަ މީހުން އެބަ ބަލައޭ!” ޔާޒް އަތުން އަތް ނައްޓަން މަަަސައްކަތް ކުރަމުން އައިރާ ބުންޏެވެ. ޔާޒްދެން ކުރިކަމަކުން އައިރާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. […]
“އޯވވހްހްހްހް ހިނގާ ދާން.” މަލްޝާ އެހެން ބުނުމަށްފަހު ދާން ހިނގައި ގަތެވެ. 3 އަހަރު ފަސް. މަލްޝާ ލޯގަނޑު ކުރިމަތީ ހުރެ މަލްޝަގެ އަމިއްލަ ސޫރަ އަށް އެއްފަހަރު ބަލާލިއެވެ. ކަޅު ކުލައިގެ ބަޓަރފުލައި ހެދުމަކާއެކު ނޭވީ ބްލޫ ކުލައިގެ ޝޯވލް ގައި މަލްޝާ ފެންނަނީ ވަރަށް ރީތިކޮށެވެ. މޫނުގައި އެއްވެސް މޭކަޕެއް ނެތެއް ކަމަކު އެހާ ވެސް ފުރިހަމަ އެވެ. “މަލް އަދިވެސް ރެޑީ ނުވެ ވެނީތަ؟” ރުޅި އައިސް ރަތަށް އަރައިގެން ހުރެ ޔޫން […]
އިރު އޮއްސެމުން އައި އިރު މުޅި އުޑުމަތި ވަނީ އަނދުން ކުލައިގެ ވިލާތަކުން ބައްދާލާ ވިއްސާރައިގެ ކުލަވަރު ދައްކާލާފައެވެ. ފަޒާގެ ހިމޭންކަން މުގުރަމުން ދިޔައީ ތޮށިގަނޑު މަައްޗަށް ބިންދަމުން ދިޔަ ބިޔަ ރާޅުތަކެވެ. އުޑުމަތީގައިވީ ވިލާތައް ބޯވަމުން ދިޔަ އިރު ވައިރޯޅިތަކުގައިވީ ފިނިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ.ވަޔާއިއެކު ވާރޭގެ ހިމަހިމަ ތިކިތައް ބޯވަމުން އެކި ދިމަ ދިމާއަށް ބުރުއްސަމުން ދިޔައިރު ތެމިދާނެ ކަމުގެ އެއްވެސް ފަރުވާލެއްނެތި އިން އިސްރާއަށް ސިހުން ގެނުވީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް އަޅާލުމުންނެވެ. އެއީ ކާކުގެ އަތެއްކަން އިހުސާސްވީ ހިނދު އެތަނުން ތެދުވެ ދުއްވައިގަންނަން ނެގި ފުރަތަމަ ފިޔަވަޅުން އިސްރާއަށް ފަހަތަށް އެނބުރި ބަލާލެވުނީ ޔޫސުފް އޭނާގެ ނަމުން ގޮވާލުމުންނެވެ. “އިޒީ” އެތަށް ދުވަހަކަށް ފަހު ޔޫސުފް އިސްރާއަށްް އެނަމުން ގޮވާލުމުން އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތައަށް އިސްރާއަށް ޔޫސުފްއާއި ދިމާލަށް ބަލާލެވުނީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ހަޔާތުގައި ވެފައިވާ ހުރިހާ ކަމެއް ހަނދާނުން ފޮހެވިގެންގޮސް ޔޫސުފްގެ މަޑު މުށި ކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެން ގޮސްދާނެހެން […]
ކަޝަފް އެމީހަކަށް ގެނައި ހަދިޔާ އެމީހަކަށް ދެމުންދިޔައެވެ. ހުސްވެސް އަގުބޮޑު އެއްޗެއްސެވެ. ކޮންމެ މީހަކަށް ވެސް އެންމެ ގުޅޭނެ ހެދުމެވެ. މީރުވަސްދުވާ ސެންޓާއި އެކިކަހަލަ ޗޮކުލެޓެވެ. ” ބައްޕައަށް ހީވަނީ މިގަމީސް މާ ކުޑަވާނެހެން.. އެހެންނޫނަސް މި ލާންކެރޭވަރަށް ވުރެން ބައްޕަ މުސްކުޅިއެެއް ނޫންތަ.. އެކަމަކު ގަމީސް ވަރަށް ރީތި” ބައްޕަ އަށް ގެނައި ގަމީސް ގައިގަޖައްސާލަމުން ބުންޏެވެ. ‘ އެކަމަކު މިގަމީސް ވަރަށް ހެޔޮވަރުވާނެ” ބައްޕަ ދެވަނަ ގަމީސް ވެސް ނިއުޅާލިއެވެ. އެންމެން ކެޑި ޕާރުސަލް […]
މުސައްނިފާ : ރޯޒީ ޝަރީފް ހިތްހަލާކު އެނދުގެ ފަރާތް ފަރާތަށް ފުރޮޅި ފުރޮޅި އޮތީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. މަގުމަތިން އިވެމުންދިޔަ ބަރުގޮނު އަޅާ އަޑު ހުއްޓުމެއްނެތި އޭނާއަށް އިވެމުން ދިޔައެވެ. އޭނާގެ މައްސަލައަކީ ނިދިނައުމެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ފަދަ ރޭތަށް އަންނަނީ ގިނަވަމުންނެވެ. ފޮތެއް ނަގައިގެން ކިޔަން ފެށިއެވެ. ގިނަރޭރޭ ފޫހިފިލުވަނީވެސް އެގޮތުގައެވެ. ބިންމާ ވަހީދުގެ ވާހަކަތަކަކީ އޭނާ ޝައުގުވެރިކަމާއެކު ކިޔާ ހަމައެކަނި ދިވެހި ވާހަކަ ލިޔުން ތެރިޔާ ކަމަށްވެސް ވެދާނެއެެވެ. […]
“އަސްލު…..ކުޑަ ވާހަކައެއް ދައްކާލަން އަހަރެން މަލާކް މިތަނަށް މިގެނައީ…” ލުއި ހިނިތުންވުމަކާއެކީ އަޔާޒް ބުނެލި އެ ވާހަކައިން މަލާކްގެ މެއަށް ފިނިވެގެން ދިޔައެވެ. އެއީ އަޔާޒްގެ ދުލުން ދެން އިވިދާނެ ވާހަކައަށް އޭނަ ކެތްމަދުވުމުންކަމެއް ނޫނީ ނުތަނަވަސްވުމުންކަމެއް ޔަޤީންކުރަން މަލާކަށް ނޭނގުނެވެ. ކިތަންމެ ބޭނުމެއްނުވިޔަސް ވޭތުވެ ދިޔަ ދުވަސްތަކުގައި އަޔާޒް އޭނައާއިމެދު ކަންތައް ކުރިގޮތުން އޭނަގެ ހިތުގައި އަޔާޒަށްޓަކައިވި އިޙްސާސްތައް އެތައް ގުނައެއް ފުންވެފައިވިއެވެ. އަދި އަޔާޒްގެ ޙަރަކާތްތަކެއްގެ ސަބަބުން އަޔާޒަށް ވެސް އެފަދަ އިޙްސާސްތަކެއް ކުރެވޭކަން […]