Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކާ ހިތްއެދި ރުޔަސް

ash Level 1
October 24, 2013 2 Mins Read
7 Comments

ހާދަ ހޫނު ގަދައޭ،ހިގާ އަވަހަށް ގެެއަށް ދާން.ޝަޒީ ކޮޑުގަ އޮތް ދަބަސް ރަގަޅު ކޮއްލަމުން ބުނެލިއެވެ.ޝަޒީމެން ގުރޫޕް މަޑުކޮއްލައިގެން ތިބީ ސުކޫލް ގޭޓު ކައިރީގައެވެ.ވާހަކަ ދެކެވެމުން ދަނީ ގުރޫޕްް ސްޓަޑީ ހަދަން ދާނެ ގަޑިއަކާ މެދުއެވެ.
“ދޭއް ޖަހާއިރު އެންމެން އާދޭ ޝަޒީ މެން ގެއަށް.ދޯ ޝަޒީ”ޢަސްމާ ބުނެލިއެވެ.ެއެންމެ ރަގަޅޭ ބުނެ ޝަޒީ ހިގައިގަތީ އަވަހަށް ގެއަށް ދިއުމަށެވެ.ހޫނު ގަދަކަމުންނާ ވެފައިވާ ވަރުބަލިން އަވަހަށް ގެއަށް ގޮސް ފެންވަރާލުމުގެ ބޭނުމުގައެވެއޭރު އަސްމާ ވެސް ފަހަތުން އައިސް ޝަަޒީއާ އަރާހަމަކޮއްލަމުން، ހާދަ ބާރަކަށޭ ތިހިގަނީ ބުނެލިއެވެ.ޝަޒީ ވެސް ޖަވާބުގައި ހިނިތުން ވެލިއެވެ.
“ހޭއި ރެޕަންޒްލް “އެއަޑު އައި ދިމާލަށް ޝަޒީ އާއި އަސްމާ އަށް ބަލައި ލެވުނީ އެއްފަހަރާއެވެ.އޭރު މަގުގެ އަނެއްފަރާތުގައި ފިރިހެން ކުއްޖަކު ކުޑަކޮއް ހެވިލާފަ ހުއްޓެވެ. ޝަޒީ މެން ބަލާލުމުން ކުޑަކޮއް އަތް ހޫރާލިއެވެ.އެވަގުތު ދެމީހުންނަށް ވެސް އެކަކު އަނެކެއްގެ މޫނަށް ބަލާލީ ކާކުހޭ އަހާލާ ފަދަ ގޮތަކަށެވެ.ޝަޒީ ދެކޮޑު އަރުވާލަަމުން ބޯހޫރާލީ ވަކި މީހަކު ނޭގޭތީއެވެ.އެއީ މިހާތަނަށް ޝަޒީ އަށް އެރަށުން ފެނިފަނުވާ ޒުވާނެކެވެ.އަދި އޭނަ އެގޮވާލި ނަމަކީ ޝަޒީއަށް އަދި އަސްމާ އަށް ވެސް ނިކު ނަމަކަށް ވެސްކިޔާ އުޅޭ ނަމެއް ނޫން ކަމުން ދެމީހުން ވެސް ހިގައިގަތީ އަނެއްކާވެސް އައި ކޮޅަށެވެ.ނަމަވެސް ދެވަނަ ފަހަރަށް ވެސް މަޑުކޮއްލަން ޖެހުނީ ހަމަ އެނަމުން އޭނަ ގޮވާލުމުންނެވެ.އެބުރި ބަލާލި އިރުަ ދިގު ފިޔަވަޅުތަކެއްގަ އައިސް އޭނަ ޝަޒީމެން ކައިރިއަށް މަޑުކޮއްލަނީއެވެ.
“މިރަށު ކޮންތާކު ސައިބަކެފޭ އެއް ހުންނަނީ” ލައިގެން ހުރި ޖިންސްގެ ޖީބަށް އަތްޖަހާލަމުން އޭނަ ސުވާލު ކޮއްލިއެވެ.އަނެއްކާ ވެސް ޝަޒީއަށް ބަލާލެވުނީ ކައިރީގަ ހުރި އަސްމާއަށެވެ.އަދި ކުރިމަތީ ހުރި ކެފޭއަށް އަތުން އިޝާރާތް ކޮއްލަމުން އެހެރީ އޭ ބުނެލިއެވެ. ޝަޒީ އިޝާރާތް ކުރިދިމާއަށް ބަލާލަމުން އޭނާ ހިނިތުން ވެލިއެވެ.
“އެތާ ކުރިމަތީ ހުރެފަ އައި އިރުވެސް ބަލާނުލެވުނީމަ ނުފެނުނީ، އެންޑް ތޭންކުސް” ބޮލުގެ އިސްތަށިގަޑުގާ އަތް ފުނާ އަޅާލަމުން އެޒުވާނާ ބުނެލިއެވެ.ޝަޒީ ވެސް ހިނިތުން ވެލިއެވެ.
“ތީމިރަށު މީހެއްތަ؟ މިރަށަކުން ނުދެކެން އެހެންވެ އަހާލީ.” ކުއްލިއަކަށް އަސްމާ ވާހަކަ ދައްކަން ފެށުމުން ޝަޒީ އަސްމާގެ މޫނަށް ބަލާލިއެވެ.”ނޫން، މިރަށެއް ނުން.ފުވައްމުލައް. މީ ޝިފާން ތި ދެކުދިންނަށް ކިޔަނީ ކޮންނަމެއް؟ ” ޝަޒީއާއި ދިމާލަށް އަތް ދިއްކޮއްލަމުން ސުވާލު ކޮއްލިއެވެ.ޝަޒީއަށް އެއަތަށް ބަލާލިއެވެ.އަދި އަނެއް ފަހަރު ޝިފާންގެ މޫނަށް ބަލާލިއެވެ.ދިގު އިސްކޮޅެކެވެ.ބައިމަތި ފުޅާ ހަށިގަޑެކެވެ.ހަމުގެ ކުލަ އެހާ އަލިނޫނަސް ކަޅެއްނޫނެވެ.ފަންއިސްތަށި ގަޑުކަހާލާފަވާ ގޮތުން ނިތްކުރި މައްޗަށް އެއްބައި ވެއްޓިފައި އޮތެވެ. ކަޅުކަން ގަދަކަޅިއެކެވެ.އެދެލޮލުގާ ވަރުގަދަ ވިދުމެއް ވާކަން ހަމަގައިމެވެ.އަންހެން ކުދިންގެ ހިތްކަތިލާފަދަ ފިރިހެން ވަންތަ ކަމެކެވެ.”މީ އަސްމާ އެން މީ ޝަޒީ.”އަސްމާ ޝިފާނުގެ އަތުގާ ހިފާ ސަލާމް ކޮއްލިއެވެ.
“ސަލާމް ވެސް ނުކުރާނަންތަ؟”ޝަޒީ ބަލަހައްޓައިގެން ހުރުމުން ޝިފާން ސުވާލު ކޮއްލީ ސީދާ ޝަޒީގެ ލޮލަށް ބަލަން ހުރެއެވެ.ބުރައުން ކުލައިގެ އެބޮޑު ދެލޮލުގެ ފުންމިން އެގިގަންނަން އުޅޭފަދައެވެ.ޝިފާންގެ އަތުގާ ހިފާ ސަލާމް ކޮއްލުމަށްފަހު ދަނީ ކަމުގައިބުނެ ހިގައިގަތެވެ.ފަހަތުން އަސްމާވެސް ހިގައިގަތެވެ.ޝިފާންވެސް ޝަޒީމެންނަށް ބަލާލުމަށްފހު ކެފޭއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
އަސްމާގެއަށް ވަނުމުން ޝަޒީވެސް އަވަހަށް ގެއަށް ދިއުމަށް ހިގައިގަތެވެ.ގެއަށް ގޮސް ވަންވަގުތު ފެނުނު މަންޒަރުން ދެލޯބޮޑުކޮއްލެވުނެވެ.ކުރިއަށް އަޅަން ނެގިފިޔަވަޅު ވެސް ފަހަތަށް އަޅާލެވުނެވެ.
ނުނިމޭ

Tags:

"ތިޔަބޭފުޅުންގެ ފާޑުކިޔުން އަޅުގަޑުގެ ކުރިއެރުން"

Share Article

Follow Me Written By

ash

Level 1

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 49

Next

ކުށަކާނުލާ.. (10 ވަނަ ބައި)

Next
October 24, 2013

ކުށަކާނުލާ.. (10 ވަނަ ބައި)

Previews
October 23, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 49

7 Comments!

  1. ash says:
    October 24, 2013 at 2:51 am

    ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން

  2. shiyaa says:
    October 24, 2013 at 8:57 am

    thankolheh dhigu kn genesh dheyyn feneyyy

  3. nnnnnnnnnnnn says:
    October 24, 2013 at 2:23 pm

    tde ash vahaka liaairu mistake nuhada lieveythobala

  4. Axoo says:
    October 24, 2013 at 3:15 pm

    Haadahaa kurea tankoleh digukoh gensdhee

  5. ash says:
    October 24, 2013 at 3:27 pm

    kon kahala mistake eh tha hury. mistake ves fahaga kollinama nnnnnnnn. insha allah dhen faharakun thankolhe dhiguko genesdheveytho balanan

  6. afsa says:
    October 24, 2013 at 10:19 pm

    feshun varah reethi..kuri ah huri baithah vex reethi vaane hen Heevey… thankolheh dhigu koh genes dheynama….

  7. friend says:
    January 5, 2015 at 12:09 pm

    afsa ah myhun loabin kiyany kon name eh tha ? friend kiyaany afu ingey. ey friend ge Friend eh miss vaathy… aslu friend bunan ulhuny nama nama akun Riha eh nukehkey ney. hama gaimu ves friend akah neyge …. afu bune dhy back plx plx

Comments are closed.


All Right Reserved!