“ޑެޑީ. އައި އޭމް އިން ލަވް.” އަރީނާ ގޮޑިން ތެދުވެ ބުނެލިއެވެ. “ޑެޑީ، ގަބޫލު ކުރެވޭތަ؟” އަރީނާ އާޔަންއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ.
“ވަޓް؟” އާޔަން އިނީ ގަބޫލު ނުކުރެވިފައެވެ. އާޔަންގެ ދަރިފުޅު އެހާބޮޑު ވެއްޖެ ހެއްޔެވެ. “ޑެޑީ އަށް ގަބޫލެއް ނުކުރެވޭ.” އާޔަން ލެޕްޓޮޕް ނަގާ ކުރިމަތީ އިން ކުޑަ މޭޒުމަތީ ބައިންދަމުން ބުންޏެވެ.
“އާތު ތަ އެ ލަކީ ކުއްޖަކީ؟” އާޔަން އަހާލީ ހިސާބަކަށް އިނގިގެންނެވެ.
“އާން. އާން ޑެޑީ. އައި ލަވް ހިމް.” އަރީ އާޔަން އާއި ކުރިމަތި ލައިގެން ސޯފާގައި އިށީނެވެ.
“އާތުއަށް އިނގޭތަ ތިކަން؟” އާޔަން އެހިއެވެ.
“ނޯ. އެއީ އޭ މައްސަލައަކީ. ކިހިނެއްތަ އަރީ ބުނާނީ އާތު ކައިރީ؟” އަރީނާ އާޔަން ކައިރީ އެހިއެވެ.
އާޔަން އަރީނާއަށް ބަލަހައްޓައިގެން އިނީ އެވެ. އާނއެކެވެ. އާޔަންގެ ދަރިފުޅު ބޮޑުވެއްޖެއެވެ. މިހާރު ސޯޅަ އަހަރުވަނީ އެވެ. އެކަމަކު އާޔަންއަށް އަދިވެސް ހީވަނީ އެއީ ދިހަވަރަކަށް އަހަރުގެ ކުޑަކުއްޖެއް ހެނެވެ. މައިންބަފައިންނަކަށް ދުވަހަކުވެސް ދަރިން ބޮޑެތި ނުވާނެޔޭ ބުނަނީ އެހެން ވެގެން ތާއެވެ.
“އަރީ. ޑެޑީ އާތުއާ ވާހަކަ ދައްކާލަންތަ؟ މިބުނީ އަދި ޑެޑީ އަކަށް އާތުގެ ގޮތެއް ނޭގޭނު. އާތު ދަސްކުރަން ޑެޑީވެސް ޖެހޭނެނު.” އާޔަން އަރީނާ އާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.
“ޑެޑީ.” އަރީނާ ހިސާބަކަށް ޖެހިލުންވެފައި އާޔަންއަށް ގޮވާލެވުނެވެ. “އަރީ މިއަދު ދިޔައީ އާތުމެންގެ ގެއަށް. އާތުގެ މަންމަ ވަރަށް ރަގަޅު. އާތުގެ އަންހެން ކޮއްކޮއަކާ ބޭބެއެއް ހުންނަނީ. އެންމެންވެސް ވަރަށް ހެޔޮ. އެހެންވެ ޑެޑީއަށްވެސް ކަމުދާނެ އާތު.” އަރީނާ ބުންޏެވެ.
އާޔަން ހުރީ ހައިރާން ވެފައެވެ. އާޔަންވެސް އެންމެކުރިން ނޫރާމެންގެއަށް ދިޔަދުވަސް ހަދާނަށް އައެވެ. އާޔަންއާ ދޭތެރޭ އެދުވަހު ނޫރާ މަންމަވެސް ކަންތައް ކުރީ ނުލާހިކު ހެޔޮކޮންނެވެ. އެހާ އެކުވެރިކޮންނެވެ.
“ޑެޑީ. އަރީގެ ބާރތްޑޭގަ މިގެއަށް އެންމެން ގެންނަން އިންވައިޓް ކުރަންތަ. ޕްލީސް.” އަރީނާ އެދުނެވެ.
“ކުޑަ ހަފްލާއެއް ބާއްވާލާނީ ދޯ ގޭގަ. މޫސަބޭމެން ފެމިލީއާ ލައިދައްތަ ފެމިލީވެސް ގެންނަން ވާނެނު.” އާޔަން ބުންޏެވެ. އެވަގުތު ކޮޓަރިން ލަމްހާ ނިކުތެވެ. ލަމްހާގެ ލޯމަތިން ފެންނަންހުރީ ވަރަށް އިރު ރޮއެފަ ހުރިކަމުގެ ކުލަވަރެވެ. އަރީނާ ލަމްހާއަށް ފުންކޮން ބަލައިލިއެވެ. ލަމްހާއާ ޑެޑީއާ ކޮންމެސް މައްސަލައެއް ޖެހިއްޖެ ކަމުގެ އިހުސާސް އަރީނާއަށްވީ ލަމްހާ ފެނުމުން އާޔަންއަށް ވީގޮތުންނެވެ. ނަމަވެސް އެއްޗެއް ނުބުނެ އަރީނާވެސް ވަނީ ކޮޓަރިއަށެވެ.
“އައި އޭމް ސޮރީ އާޔަން” އަރީނާ ކޮޓަރިއަށް ވަނުމުން ލަމްހާއައިސް އާޔަންގެ އެއްފަރާތުގައި ހުރި އެކަކަށް އިނދެވޭ ސޯފާގައި އިށީންނަމުން ބުންޏެވެ. “އައި ވިލް ނެވަރ ޑޫ އިޓް އަގެއިން.” ލަމްހާ ބުންޏެވެ. އާޔަން އަގައިންވެސް ނުބުނެ ލަމްހާއަށް ފުން ނަޒަރެއް ދެމުން ލެޕްޓޮޕް ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
އެދުވަހު ހިގާދިޔަ ކަންތަކާމެދު ފިކުރުކޮށްލަން އާޔަން އެނދުގައި އިށީންދެގެން އިނެވެ. އެދުވަހު މެންދުރު އާޔަން ހުކުރުން އައިސް މޫސަމެންބަޔަށް ކާން ދިޔައީ ލަމްހާވެސް ގޮވައިގެނެވެ. ކައި ނިމިގެން އައިސް އާޔަން ޖައްސާލީ އިތުރު ކަމެއް ނެތީމަޔާއެކު އަރާމު ކޮށްލާށެވެ. އާޔަންއަށް ނިދިފައި އޮއްވާ އާޔަންއަށް ފެންނަމުން ދިޔައީ ރީތި ހުވަފެނެކެވެ. ނޫރާއާއި އެކު އުފާވެރި ވަގުތުކޮޅެއް ކޮޓަރީގައި ދެމީހުން އެކަނި ހޭދަކުރަމުން ދަނިކޮންނެވެ. އާޔަންއަށް ސިއްސައިގެން ގޮސް ހޭލެވުނީ އާޔަންގެ އެންމެ ވަރުގަދަ ހިއްސުގައި މީހަކު ހިފާލިހެން ހީވުމުންނެވެ. އާނއެކެވެ. ހުސްގަޔާ ހެއްދެވިގޮތަށް އޮތް އަންހެން ކުއްޖަކު އާޔަންގެ ފަޔާދިމާލުން ގައިމަތީ އޮށޯވެލައިގެން މާ އަސަރުގަދަ ގޮތަކަށް އޮތެވެ. އެހާރީތި ދޮން ހަށިގަނޑެއްގެ ވަނާތަށް ހާމަކޮށްލައިގެން އޮތުމުން ހިސާބަކަށް އާޔަން މަގުން ކައްސާލައިގެން ދާން އުޅުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. އާޔަންއަކީ ހިއްސުތަށް ހަމައަށްހުރި ޒުވާންކަމުގެ ޖޯށުވަރުގަދަ ވެފައިވާ ޒުވާނެކެވެ. ނަމަވެސް އާޔަން ހިއްސުތައް ކޮންޓްރޯލު ކުރިއެވެ. މާތްރަސްކަލާނގެ މަތިން ހަދުމަ ކުރަމުން ފުންމައިގެން ތެދުވިފަހުން އެއީ ލަމްހާކަން އިނގުނެވެ. އާޔަންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އަދި ހަމަ އެވަގުތު އަވަހަށް އެނދުގައި އޮތް ބޯ ކަވަރު ނަގާ ލަމްހާ ގަޔާދިމާއަށް އެއްލުމަށްފަހު ލަމްހާގެ ކޯމަތީ އެތިފަހަރެއް ޖެހިއެވެ. ލަމްހާއަށް ވީތަދުން ހަޅޭއްވެސް ލަވައި ގަނެވުނެވެ. އާޔަން ކޮޓަރިން ނިކުމެގެން އައިސް އިސްމާޙްއަށް އެވާހަކަ ކިޔައިދީފަ ގޯހެއް ހެދުމުގެ ކުރިން ލަމްހާ އަވަހަށް ގެންދިއުމަށް ބުންޏެވެ. އަރީނާ އައި އިރުވެސް އެއިންގޮތަށް ލެޕްޓޮޕް ނަގައިގެން ސޯފާކައިރީ އާޔަން އިނީއެވެ.
* * * * * * * * * * * *
އޭގެ ދެދުވަސްފަހުން މޫސަގެ ދަރިފުޅު މާބޮޑަށް ރޯތީވެ ޑޮކްޓަރަށް ދައްކަން މޫސައާއި ލައި ތިބީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަންބަރާ ޖެހެން ވަރަށް ކައިރިވެފައި ވުމުން ދެމީހުންވެސް ތިބީ ޑޮކްޓަރު ކޮޓަރިއާ ދާދި ގާތުގައެވެ. ލައިގެ އުނގުގައި ރަޖާގަނޑުތެރޭ ފޮރުވިގެން އޮތް ކުޑަކުޑަ ދޮންދޮން ފުށްގުޅައެއްފަދަ ނަބާ އޮވެގެން އިރުކޮޅަކާ ކުކުރާލައެވެ. މޫސައަށް ދުރުން ފެނުނު އަންހެން ކުއްޖާ ހުރީ ކަޅުރަތް ކުލައިގެ އަބާޔާއަކާއެކު ހުދާ ކަޅުރަތާ ހުރި ޝޯލްއެއް އަޅާލާފައެވެ. ކައިރީގައި އުމުރުން އަށް އަހަރަކަށްދާ ފިރިހެންކުއްޖެއް ހުއްޓެވެ. އެ އަންހެން ކުއްޖާ ފެނުމުން މޫސައަށް ބަލައިލެވިފައި އަނެއްކާވެސް ބަލައިލެވުނީ ދަންނަ ކުއްޖެއްހެން ހީވެގެންނެވެ. މޫސައަށް ގޮނޑިންވެސް ތެދުވެވުނީ އިހުތިޔާރަކާ ނުލައެވެ. ލައިވެސް މޫސައަށް ވީގޮތުން މޫސަ ބަލަން ހުރި ދިމާއަށް ބަލައިލެވުނެވެ. ލައިއަށްވެސް ތެދުވެވުނީ އެކުއްޖާގެ މޫނު ފެނުމުންނެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ނޫރާއެވެ. ނޫރާ ގޮނޑީގައި އިށީނދެގެން ހަމަޖެހިލައިގެން އިންއިރު ކައިރީގައި އިން ކުޑަ ފިރިހެން ކުއްޖާގެ ބޮލުގައި އިރުކޮޅަކާ ފިރުމާލައެވެ. މޫސަ އަވަހަށް އެދިމާއަށް ހިގައިގަތް ވަގުތު ޓޯކަން ނަންބަރު ޖެހިއްޖެއެވެ. މޫސައާއި ލައިއަށް ޖެހުނީ އެވަގުތު އަވަހަށް ޑޮކްޓަރު ކޮޓަރިއަށް ވަންނާށެވެ.
ޑޮކްޓަރު ކޮޓަރިން ނިކުތްއިރު ނޫރާއެއް ނެތެވެ. އޭޑީކޭ ހޮސްޕިޓަލުގެ އެތަން މިތަނަށް މޫސަ ދުވިއެވެ. ނަމަވެސް ނޫރާ ފެންނަގޮތެއް ނުވިއެވެ. އެންމެ ފަހުން މޫސައާއި ލައި ގެއަށްދާން ކާރަށް އެރިއެވެ.
“މާލޭގަ އުޅޭކަން އިގިއްޖެނު. ދެން ހޯދާކަށް މާ އުނދަގުލެއް ނުވާނެ.” މޫސަ ކާރު އިސްޓާޓު ކޮށްލަމުން ބުންޏެވެ.
“އެކަމަކު މޫސާ. ނޫރާ ކައިރީ އިން ކުޑަ ކުއްޖާ…. އެއީ އަނެއްކާ ނޫރާގެ ދަރިއެއްނޫންބާ؟” ލައި ވިސްނަމުން ދިޔައީ އެކުއްޖާ ނޫރާގެ ދަރިއަކަށް ވެދާނެތީއެވެ.
މޫސަ ލައިއާ ދިމާއަށް ބަލައިލިއެވެ. އަދި މޫސައަށްވެސް އެކަމާ ވިސްނާލެވުނެވެ.
“ނޫރާ އާޔަންއާއި ދުރަށް ދިއައިރު ނޫރާ ބަނޑުބޮޑު ވެދާނެނު. އެކަމަކު ނޫރާ އާޔަންއާ ދުރަށް ދާނެތަ އެފަދަ ހާލަތެއްގަ އިންދާ؟ ދިޔަފަހުން ނޫރާއަށް އިނގުނީ ކަމަށްވެސް ވެދާނެދޯ.” މޫސަ ބުންޏޭވެ.
“ވެދާނެ. އާޔަން ކައިރީ މިވާހަކަ ބުނަން ވާނެނު.” ލައި ބުންޏެވެ.
“އާޔަން ކައިރީ ބުނަން ޖެހޭނެ ނޫރާގެ ކުއްޖަކުވެސް ހުރިވާހަކަ އޭރުން ފަހަރެއްގައި އަމިއްލައަށްވެސް ނޫރާ ހޯދަން އުޅެން ފަށާފާނެ ކަންނޭގެ.” މޫސަ ބުންޏެވެ.
އެދުވަހު ގެއަށްއައިސް މޫސަ އަވަސްވެގަތީ އާޔަންކައިރީ އެވާހަކަ ބުނާށެވެ. މޫސަ އާޔަންގެ ބަޔަށް ވަންނަން ދިޔައިރު އިސްމާޙް ލަމްހާގެ ފޮށި ހިފައިގެން ނިކުންނަނީއެވެ. އިސްމާޙް ފަހަތުން ލަމްހާވެސް މަޑުމަޑުން ނިކުތެވެ. ލަމްހާގެ މޫނުމަތިން ވަރަކަށް ރޮއެފަ ހުރިވައްތަރު ޖަހައެވެ. ދެމީހުނާ ސަލާމްކޮށްލުމަށްފަހު އެދެމީހުން ލިފްޓަށް އަރަންދެން ހައިރާން ވެފައި މޫސަ ބަލަން ހުއްޓެވެ. އެމީހުން ދިއުމުން މޫސަ އާޔަންމެންގެ އެޕާރޓްމެންޓަށް ވަނެވެ. އޭރު އަރީނާއާއި އާޔަން ސޯފާގައި ބޮޑު ވާހަކައެއް ދައްކަން ތިއްބެވެ.
“ކިހިނެއްވީ އާޔަން. ލަމްހާ އެދަނީ ކޮންތާކަށް؟ ލަމްހާ ހާދަ ރޮއެފަ ހުރިހެން ހީވެޔޭ.” މޫސަ އަހާލިއެވެ. އާޔަން އަރީނާއަށް ބަލައިލިއެވެ. ލަމްހާ އާއި އާޔަންއާ ޖެހިގެން އުޅޭ މައްސަލައެއް އަރީނާއަކަށް ނޭގެއެވެ. ނަމަވެސް ކޮންމެސް މައްސަލައެއް ޖެހިއްޖެކަން އަރީނާއަށް އިނގެއެވެ. އެކަމާ އަރީނާގެ ހިތް އުފަލުން ނަށާވެސް މެއެވެ. ކޮންމެ މައްސަލައަކަސް އަރީނާއަށް ހެވެވެ. ލަމްހާ އާއި އާޔަން ދުރުވެއްޖެއްޔާ އަރީނާާއަށް އެނިމުނީއެވެ.
“މޫސަބޭ. ނެކްސްޓް ސަޓަޑޭއަކީ އަރީގެ އުފަންދުވަސް. ޑެޑީ އެއުޅެނީ މިގޭގަ ކުޑަ ޕާރޓީއެއް ދޭންވެގެން. ހެލްޕްކޮށްދޭން އަންނަން ވާނެ.” އަރީނާ ސޯފާއިން ތެދުވިއެވެ. “އަރީ މިއަދު ބޭރަށްދާން ވެގެން މިއުޅެނީ. އެހެންވެ ރެޑީވެލަން މިދަނީ ކޮޓަރިއަށް.”
އަރީނާ ކޮޓަރިއަށް ދިޔައީ އާޔަން މޫސައާއި ވާހަކަ ދައްކާލަން ބޭނުންވެފައި ވާހެން އަރީނާއަށް ހީވެގެންނެވެ.
“ކިހިނެއްތަވީ؟” އަރީނާ ކޮޓަރިއަށް ދިޔަތަން ބަލަން އާޔަންއާއި މޫސަ ތިބެފައި މޫސަ އަހާލިއެވެ.
އާޔަން ލަމްހާގެ ހުތުރު އަމަލުގެ ވާހަކަ މޫސައަށް ކިޔައިދިނެވެ. އަދި އެފަދަ އަންހެނަކާ އިންނަން ބޭނުންނޫން ކަމަށްވެސް މޫސަ ކައިރީ އާޔަން ބުންޏެވެ.
“ހަލްމޮނީ ކައިރީވެސް މިހާރު ބުނެފިން އާޔަން ލަމްހާއާ މެރީކުރަން ބޭނުން ނޫން ވާހަކަ. ހަލްމޮނީވެސް ވަރަށް ފަސޭހައިން ގަބޫލުކޮށްފި. ނޭގެ ކީއްވެކަމެއްވެސް އެހާ ފަސޭހައިން ހަލްމޮނީ ގަބޫލުކުރީ. ދެން މިއަދު ޑެޑް އައިމަ އިގުނީ ހަލްމޮނީއާ ލަމްހާ ފެމިލީއާވެސް މައްސަލަ ޖެހިގެން އުޅޭކަން.” އާޔަން ސޯފާގައި ހަމަޖެހިލިއެވެ. “އެހެންވެ ބުނަނީ ކޮންމެ ކަމެއްވެސް މާތްﷲ މިންވަރު ކުރަށްވާނީ ކޮންމެވެސް ރަގަޅު ރީޒަންއެއް އޮތީމައޭ.”
“ތިބުނީ ތެދެއް އާޔަން. މިއަދު މޫސައާއި ލައި ނަބާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސް ތިއްބާ ފެނުނީ ކާކުކަން އިނގޭތަ؟” ގޮނޑީގައި ލެނގިލައިގެން އިން މޫސަ ކުޑަކޮން ތެދުވެލިއެވެ. “ވީ ސޯ ނޫރާ. އާޔަން، ނޫރާ ފެނުނީ. ނޫރާ މާލޭގަ އެބައުޅޭ.” މޫސަ ބުންޏެވެ. އާޔަން މޫސަގެ ވާހަކަ އަޑުއިވިފައި ހިންދެމިލެވުނެވެ. އަދި މޫސައާއި ދިމާއަށް ބަލަން އިނދެވުނީ މޫސަ ދައްކާ ވާހަކަ ގަބޫލު ނުކުރެވިފައި އިން މީހެއް ހެނެވެ.
“އާޔަން، އެކަމަކު ނޫރާ ކައިރީގަ އިން އަށެއްކަ އަހަރަކަށްދާ ފިރިހެން ކުއްޖެއް. ނޫރާ އުޅޭ ގޮތުން ހީވަނީ އަމިއްލަ ދަރިއެއް ހެން. ވެދާނެތަ އަމިއްލަ ދަރިއަކަށް؟” މޫސަ އާޔަންގެ ލޮލަށް ބަލަން އިނދެ ބުންޏެވެ. އާޔަން އިނީ ގަބޫލު ކުރަން ބޭނުން ނުވެފައެވެ. މީގެ ދެ ހަފްތާކުރިން ފާޒިލް އާޔަން ކައިރީ ބުނެފައިވާ ވާހަކަ ހަދާނަށް އައެވެ. ފާޒިލްވެސް ބުނެފައިވާގޮތުން ނޫރާގެ ދަރިއެއް ކަމަށް ގަބޫލު ކުރެވޭ ކުއްޖެއް ނޫރާ ކައިރީ ހުރިވާހަކަ ބުނެފައިވެއެވެ. އާޔަން ފުން ވިސްނުމަކަށް ދިޔައެވެ. އެތާ މޫސަ އިންކަމެއްވެސް އާޔަންއަކަށް ނޭގެއެވެ.
“އާޔަން…. އާޔަން…” ދެފަހަރަށް މޫސަ ގޮވާލުމުންވެސް އާޔަން ޖަވާބު ނުދިނުމުން އާޔަންގެ ކޮނޑުގައި ހިފާ މޫސަ ތަޅުވައި ގަތެވެ. “އަދި ތިހާ ވަރަށް ވިސްނާކަށް ނުވޭނު. ލެޓްސް ފައިންޑް ހަރ. ހަގީގަތް އިނގޭނީ އެންމެކުރިން ނޫރާ ހޯދާ، ނޫރާއާއި ވާހަކަ ދެއްކީމަނު.” މޫސަ ބުންޏެވެ.
“ކިހިނެއް ހޯދާނީ؟ ” އާޔަންއަށް އަހާލެވުނެވެ.
“އާޔަން. މާލެއަކީ ކުޑަކުޑަ ތަނެއް. ގިނަގިނައިން ބޭރަށް ނިކުމެ އުޅެން ފެށުމުން ނޫރާ ފެނިދާނެ. އާޔަން ނޫރާ ހޯދަން އުޅެންޏާ މޫސަ މިހިރީ ތިކަމާ އުޅެދޭން.” މޫސަ ބުންޏެވެ. އާޔަން ބޯޖަހާލިއެވެ. އެވަގުތު އަރީނާ ރީތިވެލައިގެން ކޮޓަރިން ނިކުތެވެ. އަރީނާ ހުރީ ނޫކުލައިގެ ކުރުތާއަކާއި ކަޅު ޖީންސެއް ލައިގެންނެވެ. އިސްތަށިގަނޑު ވަނީ ފަހަތަށް އައްސާލާފައެވެ. އެގޮތަށް ހުންނައިރުވެސް އަރީނާ ފެންނަލެއް ވަރަށް ރީއްޗެވެ. އެހާމެ ނަލައެވެ.
“އަރީ. އެކަނިތަ ދަނީ؟” އާޔަން އަހާލިއެވެ.
“އާތު އެބަހުރި ތިރީގަ. ބާއި މޫސަބޭ. މިދަނީ ހަމައެކަނި އާރޓިފިޝަލް ބީޗް ޑައިނަމޯރއަށް ސަބްމެރިން ކާލަންވެގެން. ސީޔޫ ޑެޑީ.” އަރީނާ ދޮރުން ނިކުންނަން ދަމުން ބުންޏެވެ.
“އާޔަން . ޔުއަރ ކިޑް ހޭޒް ގްރޯން އަޕް.” އަރީނާ ނިކުތުމުން މޫސަ އެދިމާ ބަލަން އިނދެފައި ބުންޏެވެ.
“އަސްލުވެސް މޫސާ. ދެން ދުވަސްކޮޅަކުން ފެންނާނި ކާފަ ކިޔާތަން.” އާޔަންވެސް މޫސައާއި ބައިވެރި ވެލިއެވެ.
އަރީނާ އަތޫފްއާ އެއްކޮން ހިގާލާފައި ދިޔައީ ހެދިގޮނޑުދޮށު ސަރަހައްދަށެވެ. ދެމީހުން ޑައިނަމޯރ ރެސްޓޯރެންޓައް ވަދެ ސަބްމެރިންއަށް އޯޑަރު ދިނެވެ. ޖެހިގެން ހުރި މޭޒުކައިރީ ތިބީ ޖިލާއާއި އޭނަގެ ގުރޫޕެކެވެ. އެކަމެއް އަރީނާއަކަށް އަދި އަތޫފްއަކަށްވެސް ނޭގެއެވެ. އެމޭޒުގައި ތިބި ކުދިން ދައްކާ ވާހަކަ ރީތިކޮންވެސް އަރީމެނަށް އަޑު އިވެއެވެ. އަނެއްކާ އެމީހުން ވާހަކަ ދައްކަމުން ދަނީ އެހާ ބާރަށެވެ.
“އެދުވަހު އަހަރެން ހަމަ ގަސްތުގަ ދޮގުތަކެއް ހެދީ. އެވަރުންވެސް އާތު އެކުއްޖާ ފަހަތުން ދިޔައީ. އަސްލު ރަގަޅު ވީހީ އާތު ކައިރީ އެކުއްޖާއޭ ކިޔައިގެން ކިއުނު ނަމަ. އާތު މާ ގަބޫލު ކުރާނެ އަހަރެން ދައްކާ ވާހަކަ.” އާތުއޭ ކިޔައިގެން ވާހަކަ ދައްކާތީ އަރީނާއާއި އަތޫފް އެދިމާއަށް ބަލައިލިއެވެ. އެތާތިބީ ޖިލާމެންކަން އެވަގުތު އެމީހުނަށް އިނގުނެވެ.
އަތޫފް އަރީނާއަށް ބަލައިލަމުން އަމިއްލަ ތުންފަތުގައި ޝަހާތަތް އިގިލި ޖައްސާލަމުން އަނގައިން ނުބުނެ އިނުމަށް ބުނީ އެތާ އަތޫފްއާއި އަރީނާއާ ތިބިކަން ޖިލާމެނަށް އެނގިދާނެތީއެވެ.
“އެކަމަކު ޖިލް. އާތު ޖިލް ދެކެ ލޯބިވާހެނެއް އަހަންނަކަށް ހިޔެއްނުވޭ. ލޯބިނުވާ މީހެއްގެ ލޯބި ހޯދަން އުޅުމަކީ މޮޔަކަމެއް ޖިލް.” ޖިލާ ކައިރީ އިން ކުއްޖަކު ބުނެލިއެވެ.
“ތީ ނިމޫއަށް ހީވާ ގޮތް. އާތު އަހަރެން ދެކެ ލޯބިވާތީތާ އަހަރެން ބުނާ ކަންތައް ކޮށްދެނީ. އަސްލު އާތުއަށް ނުކެރިގެން އެއުޅެނީ އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނަން.” ޖިލާ ބުނެލިއެވެ.
“ޖިލާ ތިބުނާ ކޮރެއާ ލޯކުޑަ މަންޖެއާ އެއްކޮން އުޅޭތަން ގިނައިން ފެންނަނީ. ކުރީދުވަހު އާތު މެންގެއަށްވެސް އެކުއްޖާ ގެންދިޔަކަމަށްވަނީ. އަހަރެން ކައިރީ އަލްޔާ ބުނި.” އެތާ އިން އެހެން ކުއްޖެއް ބުނާއަޑު އިވުނެވެ.
“އާތު އަރީ ދެކެ ލޯބިވާހެން މަށަށްވެސް ހީވެޔޭ. މަ ޖިލް ކައިރީވެސް ބުނީމެއްނު އެވާހަކަ. އެކަމު ޖިލް ގަބޫލު ނުކުރަންވެގެން އެއުޅެނީ.” ހަޝްމާ އިނދެފަ ބުންޏެވެ.
“އަހަރެން އެދުވަހު ހެދި ދޮގުތަށް އަރީ ގަބޫލު ކުރިޔޭ. އެހެންވީމަތާ ރޮމުންރޮމުން އެދިޔައީ. އޭނަ ރޮއްވާލެވުނީމަ އަހަރެން ވަރަށް އުފާވި. މަގޭ އަތުގަ އެބައޮތް އަރީގެ ފޯނު ނަމްބަރު މިހާރު. މަ އަރީއަށް ގުޅައިގެންވެސް އަދި އާތުއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާލާނަން.” ޖިލާ ބުނާއަޑު އިވުނެވެ.
އަތޫފް ކައިރިއަށް ރުޅިއައިސްގެން މިހާރު އިނދެވެނީކީ ނޫނެވެ. ޖިލާގެ ގޮތް އަތޫފްއަށް އިނގުނަސް ޖިލާއަކީ އެހާ ދަށްފެންވަރެއްގެ ވިސްނުން ގެންގުޅޭ ކުއްޖެއްކަން މިއިނގުނީ އަދިކިރިޔާއެވެ. އަތޫފް ތެދުވަން އުޅުމުން އަރީނާ އެކަން މަނާ ކުރިއެވެ. ލޮލުގެ އިށާރާތުން މަޑުމަޑުން އިނުމަށް ބުންޏެވެ.
“ޖިލާ އެކަމު އާތުއަށް ޖިލް ތިހެން ހެދިކަން އިނގިއްޖެއްޔާ ޖިލްދެކެ ރުޅިއަންނާނެ ވަރަށް. އޭރުން ލޯބި ކީއްކުރަން މިހާރު ތިއޮންނަ ފްރެންޑްކަންވެސް ފިލައިގެން ދާނެ.” ނަމޫ ބުންޏެވެ.
“އަމުދަކުން އާތުއަށް އިނގިއްޖެއްޔާތާ. އާތުއަށް ނޭގޭނެ އެކައްޗެއްވެސް. މަ ހަދާނެ ގޮތެއް ހަދާ ނިމެންދެން އާތު ހުންނާނެ ވާނުވާ ނޭގިފަ.” ޖިލާ ހިނިގަޑެއް ޖަހާލިއެވެ.
އަތޫފްއަށް އިތުރަށް އެތާކު ނީދެވުނެވެ. ފުންމައިގެން ތެދުވެއްޖެއެވެ. އަދި އެދިޔަގޮތަށްގޮސް ޖިލާމެން ތިބި މޭޒުކައިރިއަށްއައިސް މޭޒުމަތީ ބާރަކަށް އަތުން ޖަހައިފިއެވެ. މޭޒުމަތީ ހުރި ތަށިތައް ހިއްލިގެން ދިޔައެވެ. ފެންއަޅާފަ ހުރި ތައްޓެއް ވެއްޓި މުޅި މޭޒަށް ފެން އެޅުނެވެ. ޖިލާއާއި ދެންތިބި ކުދިންނަށް ކުއްލި ސިހުމެއް އައިސް ދެ ކުއްޖަކަށް ތެދުވެވުނެވެ. ޖިލާވެސް ލޯބޮޑުކޮށްލާފައި ހާސްކަމާއެކު އަތޫފްއާއި ދިމާއަށް ބަލައިލެވުނެވެ.
“އާތު ހީކުރީ ޖިލާއަކީ އާތުގެ ރައްޓިއްސެއްކަމަށް. އެކަމަކު ޖިލާ ތިވީ އާތުގެ އެނިމީ އަކަށްވުރެންވެސް ދަށު ދަރަޖައިގެ މީހަކަށް.” އަތޫފް ޖިލާއާއި ދިމާއަށް ބަލައިލީ ރުޅިވެރި ފާޑަކަށެވެ. ޖިލާ އިނީ ބިރުން ރޫރޫ އަޅައަޅައެވެ. “ޖިލާއާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް އާތު ނެތިން. ޔޫ އާރ ނަތިން. މިހިސާބުން ތީ އާތު ނުވެސް ދަންނަ ކުއްޖެއް. އެކަން ހަދާން ކުރާތި.” އެެހެން ބުނެފަ އާތުއައިސް އަރީނާއިން މޭޒުކައިރީ އިށީނެވެ. އޭރު އޯޑަރުދިން ސަބްމެރިން އައިސްފިއެވެ. އެވަގުތު އަތޫފް އިނީ ކާހިތްވެސް ކެނޑިފައެވެ. އެހެން ކަމުން އަރީނާވެސް އެތާހުރި ވެއިޓަރެއް ކައިރީ އެސަބްމެރިންތައް ޕާރސަލް ކޮށްލަދިނުމަށް އެދުނެވެ.
އަތޫފް އަގައިން ނުބުނެ އިނުމުން އަތޫފް އޭނީ ހިތްހަމަ ނުޖެހިފަކަން އަރީނާއަށް އިނގުނެވެ. އަރީނާ ބިލަށް ފައިސާދައްކާފައި އައިސް އަތޫފް ކައިރީ އެތަނުން ދާން ހިނގާށޭ ބުނާއިރަށް އަތޫފް ތެދުވިއެވެ. އަދި ޖެހިގެން އިން މޭޒަށް ނަޒަރެއް ދެމުން އަރީނާގެ އަތުގައި ހިފާ އަތޫފްއާ އަރީނާ ކައިރިކޮށްލިއެވެ. އަދި އަރީނާގެ އުނަގަނޑުގައި ހިފާލައިގެން އަރީނާ ގޮވައިގެން އެތަނުން ނިކުމެގެން ދިޔައެވެ. ޖިލާމެން އެންމެން އެމަންޒަރު ބަލަން ތިއްބެވެ.
“އެދެމީހުން ވަކިކޮށްލަން ހިތައްވެސް ނާރުވާތި ޖިލް. ދޭ ލަވް އީޗް އަދަރ. ” ނަމޫ ބުންޏެވެ. ޖިލާ މޫނަށް ވައްތަރެއް ޖައްސާލައިގެން އިނެވެ.
އަރީނާއާއި އެކު ރާޅުގަނޑު ސަރަހައްދަށް އައިސް އަތޫފް އާއި އަރީނާ ސަބްމެރިން ކާން ތިއްބެވެ. ކައިނިމިގެން ގާޑިއަލަކުން ފެންފުޅިއެއް ގަނެގެން ފެންބޮއެ ނިމިގެން އެތާ ތިއްބާ އަރީނާއަށް އާޔަންއާއި މޫސަ އެދިމާލު އެހެން ގާޑިއަލެއް ކައިރީ ތިބެގެން ދުފަމުންދާތަން ފެނުނެވެ.
“ޑެޑީ. ޑެޑީ ކީއްކުރަން މިހިސާބަށް އައިސް އެއުޅެނީ؟” އަރީނާ މަޑުމަޑުން ބުނި ޖުމްލަ އަތޫފްއަށް އަޑުއިވިގެން އަރީނާ ބަލަން ހުރިދިމާއަށް ބަލައިލިއެވެ. އޭރު އާޔަން ގަދަޔައް ދުފާލައިގެން ހުއްޓެވެ. އަތޫފް ހުރީ ގަބޫލު ނުކުރެވިފައެވެ.
“އަރީ. އަރީގެ ޑެޑީ ދުފާތަ؟” އަރީނާއާ ދިމާއަށް ބަލައިލަމުން އަތޫފް އަހާލިއެވެ.
“އާން. ވަރަށް ދުފާނެ.” އަރީނާ ބޯޖަހާލަމުން ބުންޏެވެ. “އެކަމު ޑެޑީ ވަރަށް ނާދޭނު އެގޮތަށް ތަންތަނަށް؟ އަރީ މި ހިތަށްއަރަނީ ޑެޑީ އަނެއްކާ މާބޮޑަށް ލަމްހާ މިސްވަނީއޭ. އަރީ އަކަށްނޭގެ ލަމްހާއާ ޑެޑީއާ ޖެހުނު މައްސަލައެއް. އަރީ ނުލާހިކު އުފަލުން މި ހުންނަނީ ޑެޑީ ލަމްހާ ފޮނުވާލީމަ. އެކަމަކު ޑެޑީ އެގޮތަށް ލަމްހާ މިސްވެގެން އުޅެންޏާ އެއީ ކިހާދެރަކަމެއް.” އަރީނާ ބުންޏެވެ. އަރީނާ އޮތީ ލަމްހާގެ ވާހަކަވެސް އަތޫފްއަށް ކިޔައިދީފައެވެ.
“ލަމްހާ ދިއައީމަ، އެކަމާ ހިތްހަމަ ޖެހިގެން އައީ ކަމަށްވެސް ވެދާނެނު.” އަތޫފް ބުންޏެވެ. “އަރީ ބޭނުންތަ މިވަގުތު ޑެޑީ ކައިރިއަށްދާން؟” އަތޫފް އަހާލިއެވެ.
“ނޫނޭ. ޑެޑީމެން ބައިތިއްބާ. ހިންގާ އަރީމެން ގެއަށްދާން.” އަރީނާ ހިގައިގަންނަމުން ބުންޏެވެ.
އާޔަން ގެއަށްއައިއިރު އަރީނާ އިނީ ގޭގައި ޓީވީއިން ކޮންމެސް ފިލްމެއް ބަލާށެވެ. އާޔަންވަދެ އެކަކަށް އިނދެވޭ ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.
“ޑެޑީ. އައި ސޯ ޔޫ ޓުޑޭ.” އަރީނާ އިނދެފައި ބުންޏެވެ.
“ކޮންތާކުން؟” އާޔަން ފަރުވާ ކުޑަގޮތަަކަށް އަހާލިއެވެ.
“ޑެޑީ. އާރ ޔޫ ސޭޑް؟” އަރީނާ އަހާލިއެވެ. “ލަމްހާ ދިޔައިމަ ޑެޑީ މާބޮޑަށް ދެރަވަނީތަ؟” އަރީނަ އަހާލިއެވެ. އަދި އާޔަންއާއި ކައިރިއަށް ޖެހިލިއެވެ.
“ޑެޑީ ލަމްހާ ދިޔައިމަ ސޭޑް އެއްނުވެ. ވަރަށް ހިތްހަމަ ޖެހިފަ މިހިރީ ލަމްހާ ދިޔައިމަ. އެކަމަކު އައި އޭމް މިސިން ސަމްވަން ބޭޑްލީ.” އާޔަން ބުނެލިއެވެ. އަދި އަރީނާއަށް ބަލައިލަމުން ފަނޑު ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްލިއެވެ.
އަރީނާއަށް އޭނަގެ ބައްޕަގެ އިހުސާސްތައް އިނގޭކަހަލައެވެ. ބައްޕައަށް ކުރަމުންދާ އަސަރުތައް އޭނައަށް ކުރާކަހަލައެވެ. އާޔަން ނޫރާ މަތިން ހަދާންވެގެން އުޅޭވަރު އެންމެ ރަގަޅަށް އަބަދުވެސް ފެންނަ އެކަކީ އަރީނާއެވެ. އަރީނާވެސް އިނީ ދެރަވެފައެވެ.
“މޫސަބޭއަށް ނޫރާ ފެނުނީ ހޮސްޕިޓަލުން. ދެން އެހެންވެ ޑެޑީ ގޮވައިގެން އެތަންމިތާ މޫސަބޭ ދުއްވީ. މަގުމަތީ ތަނަކުން ނޫރާ ފެނިދާނެކަމަށް. ނޫރާ މާލޭގަ އުޅޭކަން މިހާރު މިވަނީ ޔަގީންވެފަ. އެކަމަކު އުޅޭތަނެއް އަދި ނޭގެ.” އާޔަން އަރީނާއާއި ދިމާއަށް ބަލަން އިނދެ ބުންޏެވެ. “އަރީ. ނޫރާ ހޯދަން ޑެޑީ އެބަ މަސައްކަތް ކުރަން.” އާޔަން ބުންޏޭވެ.
އަރީނާ އިނީ ހައިރާން ވެފައެވެ. އަދި އެހާމެ އުފާވެސް ވެފައެވެ. އާޔަންގެ ހިޔާލު ބަދަލުވުމުން އަރީނާ އިނީ ނުހަނު އުފާވެފައެވެ.
“ޑެޑީ ދެޓްސް ގްރޭޓް. އަރީ ވަރަށް އުފާވެއްޖެ ޑެޑީ.” އަރީނާ ބުންޏެވެ. އަދި އައިސް އާޔަންގައިގައި ބައްދާލީ ކުޑައިރު އަރީނާއައިސް އާޔަންގައިގައި ބައްދާލާފަދަ ގޮތަކަށެވެ. “ލަވް ޔޫ ޑެޑީ.” އަރީނާ ބުނެލިއިރު ލޮލުންވަނީ ކަރުނަވެސް ނިރާލާފައެވެ.
ހެދުނު ހެދުނާ އަރީނާ ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު އާޔަން އޮފީހަށްދާން ތިރިއަށް ފައިބަން އުޅެނީއެވެ. އަރީނާ ފެނުމުން ކަމެއް ހަދާންވެގެން އާޔަން މަޑުކޮށްލިއެވެ.
“އަރީ. އަރީ ބުނީ މިއަދު އަރީއޭ ކައްކާނީ މިގޭގަ. އެކަމަކު ތިދަނީނު ބޭރަށްދާން.” އަރީނާ ރީތިވެގެން ހުރީމަ އާޔަން ބުންޏެވެ.
“ބޭރަކަށް ނުދަމޭ. މިއަދު އާތު އަންނާނެތީ ރީތިވެލައިގެން މިހިރީ. ޑެޑީ. އަރީ މިއަދު ކައްކަނީ އާތުއަށް ކާންދޭންވެގެން. އަރީ ހަދާ އެއްޗިހި އާތުއަށް މީރުތޯ ބަލަންޖެހޭނެނު.” އަރީނާ ބުންޏެވެ. އާޔަން ކައިރިއަށް ހިނިއަންނަގޮތް ވިއެވެ. ނަމަވެސް ހިނި ހިފަހަށްޓާލައިގެން ހުރީއެވެ.
“އެހެންވިއްޔާ މިއަދު ޑެޑީ އަކަށް އަރީ ކައްކާއެއްޗިއްސެއްވެސް ނުކެވޭނެދޯ.” އާޔަން ދިމާކޮށްލުމުގެ ގޮތުން ބުންޏޭވެ.
“ނޫނޭ. ޑެޑީ އާ ދެކުދިންނަށޭ މިއުޅެނީ ތައްޔާރުކުރަން. އެކަމު ޑެޑީ. ލަލީތާ ކައިރީވެސް ބުނެލާތި އަރީއަށް ހެލްޕް ވެލަން އަންނައްޗޭ.” އަރީނާ ބުންޏެވެ. ލަލީތާއަކީ މޫސަމެން ބައިގަ ގެންގުޅޭ ލަންކާ މީހެކެވެ. އާޔަންމެން ބައި ސާފުކޮށްލަދީ ބައެއްފަހަރު ކައްކާލަދީ ހަދާލަން ލަލީތާ އެގެއަށް އާދެއެވެ. ގިނައިން އާޔަން ކަނީ މޫސަމެން ބައިންނެވެ. އަރީނާވެސް ގޭގަ ހުރިއްޔާ ކާނީ އެބައިންނެވެ.
“އަރީ ލަލީތާއަށް ގުޅާލާފަ ބުނޭ. އާން. އަދި ބުނާތި ލަމްހާ ނިދި ކޮޓަރި ސާފުކޮށްލައްޗޭ އިނގޭ.” އާޔަން ދަމުން ބުންޏެވެ.
އެދުވަހު މެންދުރު އަތޫފް އަރީނާ މެންގެއަށްއައީ އެކެއް ޖަހަން އުޅެނިކޮންނެވެ. އޭރުވެސް އަރީނާ ބަދިގެ ނުނިމެއެވެ. އަތޫފް ބަދިގެއަށް ވަންނަން އުޅުމުން އަތޫފް ބޭރުކޮށްލިއެވެ. ސޯފާގައި އިނުމަށް ބުންޏެވެ. ބަދިގެ ނުބެލުމަށް ބުންޏެވެ.
“ހަންޑި ގަނޑުވަރު ދޮންކަމަނަތަ ތީ؟” އަތޫފް ދިމާކޮށްލުމުގެ ގޮތުން ބުންޏެވެ. އަރީނާއަށް ހަންޑި ގަނޑުވަރު ދޮންކަމަނަ އަކީ ކޯޗެއް ކަމެއް ނޭގެއެވެ. އަތޫފްއަށް އެއީ ކޯޗެއްކަން އެވަގުތު ކިޔައިދޭން ޖެހިއްޖެއެވެ. އެހެންކަމުން އަތޫފްއަށް ޖެހުނީ އަރީނާއާއި އެކު ބަދިގެއަށް އެވާހަކަ ކިޔައިދޭން ވަންނާށެވެ. އަރީނާ އެކިއެކި ކަންކަމުގައި އުޅޭއިރު އަތޫފް ވާހަކަ ކިޔައިދެމުން ދިޔައެވެ. ވާހަކަ ނިމުން އިރުވެސް އަރީނާ ކައްކައެއް ނުނިމެއެވެ. ވާހަކަ ނިމުމާއެކު އަތޫފް ބަދިގޭން ބޭރަށް ފޮނުވާލިއެވެ.
އާޔަންއައި އިރު އަތޫފް ސޯފާގައި އިނެވެ. އާޔަން އަތޫފްއަށް ހީލަމުން ވަދެގެން ދިޔައީ ކޮޓަރިއަށެވެ. އާޔަން ފެންވަރާ ނަމާދުކޮށްލާ ހަދައިގެން އައި އިރުވެސް އަތޫފް ހަމަ އިންގޮތަށް ޓީވީ ބަލަން އިނެވެ.
“އަދިވެސް ކެއުމެއް ތައްޔާރެއް ނުވޭތަ؟” އާޔަން ކުޑަކޮން އަރިވެލާފައި ބަދިގެއާ ދިމާއަށް ބަލައިލަމުން އަތޫފް ކައިރީ އަހާލިއެވެ.
“އާން. މާ ވަރުގަދަ ކެއުމެއް ކަންނޭގެ.” އަތޫފް ވެސް ކުޑަކޮން ބަދިގެއަށް ބަލައިލިއެވެ.
“އަރީ އަކީ ވަރަށް ތަރުތީބުން ކަންތައް ކުރާ ކުއްޖެއް. ކޮންމެ ކަމެއްވެސް ބޭނުންވާނީ ވަރަށް ފުރިހަމައަށް ކުރަން. މީގެކުރިން އަދި ދުވަހަކުވެސް އެގޮތަށް ނުކައްކާތީ ކިހާ އެހާ ގިނައިރު ނަގަނީ.” އާޔަން ސޯފާގައި އިށީދެފައި ބުންޏެވެ. އަތޫފް ބޯޖަހާލިއެވެ.
” ކައްކަން އިންގޭތަ؟” އާޔަން ކުއްލިއަކަށް އަހާލިއެވެ.
“ނޫނޭ. އެއްވެސް ވަރަކަށް އެކަމެއް ނޭގެ. އާތު މަންމަ ދުވަހަކުވެސް އެކަހަލަ ކަމެއް ކުރިއަކަ ނުދޭނެ. އެކަމު އިސްތިރިކޮށްލާ ކޮޓަރި ކުނިކަހާލާ ހަދަން.” އަތޫފް ބުންޏެވެ.
“އަސްލު ފިރިހެން ކުދިންނެއް ކަމަކު ހުރިހާކަމެއްވެސް ޖެހޭނެ ކޮންމެސް ވަރަކަށް އިނގެން. އެހެންނު. އަބަދު އަނބިމީހާއާ ހުރިހާކަމެއް ޖައްސާކަށް ނުވާނެނުދޯ. އެހެންނޫނަސް ކިހިނެއް އިނގެނީ. އެކަނި އުޅެންވެސް ޖެހިދާނެ ކަމަށް ތައްޔާރުވެގެން ހުންނަން ޖެހޭނީ.” އާޔަން ބުންޏެވެ.
އަތޫފްއާއި އާޔަން އޮލަވާހަކައިގައި ތިއްބާ އަރީނާ ބަދިގެއިން ނިކުމެގެން އެދިމާއަށް އަންނަތަން ފެނުނެވެ.
“އާދޭ ކާން. ވަރަށް ބަނޑުހައިވެފަދޯ ތިތިބީ.” ރަގަޅު ގެވެހި އަންބެއް ފަދައިން އަރީނާ ބުނެލި ގޮތުން އާޔަން ކައިރިއަށް ހިސާބަކަށް ހިނިވެސް އައެވެ.
“އާން. ބަންޑުހައި ކޮށްލާފަ ކާންދިނީމަނު ތި ކެއްކި އެއްޗިހި މީރުވާނީވެސް. އެހެން ދޯ ތިހެދީ؟” އާޔަން ސޯފާއިން ތެދުވަމުން ބުންޏެވެ. އަރީނާ އާޔަންއަށް ބަލައިލީ ނުރުހުންވެލާފައެވެ. އާޔަން ސަމާސައަކަށް ބުނި އެއްޗެއްކަން އަރީނާއަށް އިނގެއެވެ.
ކާންމޭޒިކައިރީ އާޔަންއާއި އަތޫފް އިށީނުމުންވެސް އަރީނާ ހުރީ ކޮޅަށެވެ.
“ޑެޑީ. ރަހަބަލާބަލަ.” އާޔަން އަރީނާ ކައިރީ އިށީނުމަށް ބުނުމުން އަރީނާ ބުންޏެވެ.
އާޔަން ތައްޓަށް ބަތާ ރިހަކޮޅެއް އެޅުމަށްފަހު އޭގެން ސަމްސަލެއް އަނގައަށް ލިއެވެ. އާޔަން އަގައިން ނުބުނެ އަރީނާއަށް ބަލައިލިއެވެ.
“ކިހިނެއްވަނީ؟ މީރުތަ؟” އަރީނާ ކެތްމަދުވެފައި ހުރެ އަހާލިއެވެ. އަރީނާ ތައްޔާރު ކުރި ފުރަތަމަ ކެއުން ރަގަޅުވާން އަރީނާ ވަރަށް އެދެއެވެ.
“އާތު ކާލަބަލަ.” އާޔަން ބުނެލިއެވެ. އަތޫފްވެސް އާޔަންފަދައިން ކުޑަ އެތިކޮޅެއް އަޅާލާފައި ރަހަބަލާލިއެވެ. އަތޫފްވެސް އަނގައިން ނުބުނެ ބޯހޫރާލިއެވެ.
“ރަގަޅެއްނޫންތަ؟” އަރީނާ ހާސްވެފައި އަހާލިއެވެ. “އަޅެ މިތަނުން މަސްކޮޅަކާއެކު ކާލަބަލަ.” އަތޫފް ތައްޓަށް މަސްކޮޅެއް ލައިދެމުން އަރީނާ ބުންޏޭވެ.
“ދެން ބަދިގެއަށް ނުވަންނައްޗޭ.” އަތޫފް ބުނެލިއެވެ.
“ތެދެއް.” އާޔަންވެސް ބުނެލިއެވެ.
އަރީނާ ފެންކަޅި ވެއްޖެއެވެ. އެހާވަރުން އޭނައަށް ކެއްކޭ އެންމެ ރަގަޅަށް ކެއްކީމަވެސް އެ ކަމުނުދިޔައީއެވެ. ގައިމު ހުރިހާ އެއްޗެއްވެސް އެޅީ އިންމިންގަޑަށް ވިއްޔާއެވެ. އެ ނުބައިވާންވީ ކީއްވެ ހެއްޔެވެ.
“ޑެޑީމެން ފަލަވެދާނެ މިހާމީރުކޮން ކައްކަންޏާ. އެހެންވެ ބަދިގެއަށް ނުވަންނައްޗޭ އާތު އެބުނީ.” އަރީނާ ފެންކަޅިވެފައި ހުރިތަން ފެނުމުން އާޔަންއަކަށް ކެތެއް ނުކުރެވުނެވެ. ހަގީގަތުގަވެސް އެހުރިހާ އެއްޗެއްވެސް ހަމަ ވަރަށް މީރެވެ. ދެމީހުން ރާވާފައިވަނީ އަރީނާ ރުޅިއަރުވާލަން ކަމުން އެގޮތަށް ދެމީހުންވެސް ބުނީއެވެ.
“ތެދެއް. އަސްލު ވަރަށް މީރު. މި މަސްކޮޅު އަދި މާމީރު.” އަތޫފް މަސކޮޅު ހަފާލަމުން ބުނެލިއެވެ. އަދި ތައްޓަށް އަޅަން ފެށިއެވެ.
“ވަރަށް ފޫހިވޭ. ޑެޑީ ޔޫ ޓޫ އާރ…..” އަރީނާ ލޯފޮހެލިއެވެ. އަދި އެމީހުނާއެކު ކާން އިށީނެވެ. ވަރަށް ފޯރީގައި ކައިނިންމާލިއެވެ.
“މީން ދުވަހަކު މިހާ ގިނައިން ޑެޑީއަކަށް ނުކެވޭ. ހަގީގަތުގަވެސް ވަރަށް މީރު. އަރީއަށް ރަގަޅު އަންބަކަށް ވެވޭނެ މިހާ މީރުކޮން ކައްކަންޏާ.” އާޔަން ބަދިގެއިން ނިކުންނަމުން ބުންޏެވެ. އަރީނާ ލަދުން އިސްޖަހާލިއެވެ. އަތޫފް އިންދާ އެފަދަ ގޮތަކަށް އަރީނާއަށް އާޔަން ތަޢުރީފު ކުރުމުން އަރީނާ ލަދުގަތީއެވެ.
“ޑެޑީ މިަދަނީ މޫސަބެއާ އެއްކޮން ބޭރަށް. އަރީމެން ބޭރަށް ދަންޏާ ހުރިހާ ކުޑަދޮރުތަކެއްވެސް ލައްޕާފަ ދާތި. ވިއްސާރަގޮތަކަށް މިއަދު އެއޮންނަނީ.” އާޔަން ދޮރާދިމާއަށް ދަމުން ބުންޏެވެ. އަރީނާ ބޯޖަހާލިއެވެ.
އެދުވަހު އަރީނާއާއި އަތޫފް ބޭރަށްދާން ގަސްތުކުރީ އަސްރުނަމާދު ކޮށްލައިގެން ހަވީރުއެވެ. ނަމަވެސް ވާރޭވެހެން ފެށުމުން ނުގޮސް ގޭގައި މަޑުކޮށްލީއެވެ. ފިލްމެއް ބަލާނިމިގެން އަތޫފްވެސް ގެއަށް ދާން ތެދުވިއެވެ. އަދިވެސް ވާރޭ ވެހެމުންދެއެވެ. އަދި ގަޑިން ފަހެއްޖެހީއެވެ. ނަމަވެސް ދުނިޔެމަތި އޮތީ އަނދިރިކޮންނެވެ. ހީވަނީ އިރުއޮއްސިފައި ވާހެނެވެ. ވިއްސާރަ ކަމުންނެވެ.
އަތޫފް ކުޑަދޮރުކައިރީ މަޑުކޮށްލައިގެން ހުރީ ބޭރަށް ބަލާށެވެ. ކޮންމެސް އެއްޗެއް ވިސްނަމުން ދެއެވެ. އަރީނާ ދެކޮފީޖޯޑު ހިފައިގެން އައިސް އެއްޖޯޑު އަތޫފްއަށް ދިއްކޮށްލިއެވެ. އަތޫފް ކޮފީޖޯޑު ހިފާ އަރީނާއާއި ދިމާއަށް ފުންކޮން ބަލައިލިއެވެ. އަރީނާ އަތޫފް އަށް ބަލައިލާފައި ހީލިއެވެ. އަތޫފް އަރީނާއާއި ދިމާއަށް ބަލަމުންދާގޮތުން އަރީނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެހެންކަމުން އަވަހަށް އެތަނުން ދިއުމަށް އަރީނާ އެނބުރެލިވަގުތު އަރީނާގެ އަތުގަ އަތޫފް ހިފިއެވެ.
“އަރީ. އައި ހޭވް ސަމްތިން ޓު ޓެލް ޔޫ.” އަތޫފް ބުންޏެވެ. އަރީނާ އަތޫފްއާއި ދިމާއަށް އެނބުރުނީ މާބޮޑަށްވެސް ތެޅިތެޅި އޮތް ހިތަކާއެކުއެވެ. އަނެއްކާ އަތޫފް ލޯބި ހުށައަޅަން އުޅެނީ ހެއްޔެވެ. އަރީނާގެ ހިތަށް އުފާވެރިކަމެއް ވަންނަމުން ދިޔައީ އަތޫފް ބުނަން އުޅޭ އެއްޗެއް ނޭގޭ ހާލުގައެވެ.
“އަރީ….އަރީ ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވީންތަ؟” އަތޫފް އެހިއެވެ.
“ނޯ. ކުއްޖެއްދެކެ ލޯބިވެގެންނު ކުއްޖަކާ ރައްޓެހިވެވޭނީ.” އަރީނާ ބުންޏެވެ.
“އާތު ކުއްޖަކާ ރައްޓެހިވީން. އެކަމަކު އެކަން ދެމިގެން ދިޔައީ ވަރަށް ކުޑަ ދުވަސްކޮޅަކަށް. އާތު ޒައުޝާންއާ ރައްޓެހިވީ ލަންކާގަ އުޅުންއިރު ޒައުޝާން މަންމައާ އެގޭ އެންމެންނާވެސް އެދުވަސްކޮޅު ވަރަށް ގުޅުން ބަދަހިވެގެން ދިޔަ. އާތު ހީކުރީ އެއީ ލޯބިކަމަށް. އެކަމަކު އެހެނެއްނުވި. ލޯބިނަމަ އާތުވެސް ޒައުޝާންވެސް އެކަކު އަނެކަކާއެއްކޮން ވަގުތު ހޭދަކުރަން ބޭނުންވާނެ. އެކަމު އާތު ބޭނުން ވަނީ އާތުގެ ފްރެންޑްސުން ނާއެއްކޮން އުޅެން. ޒައުޝާންވެސް އެގޮތަށް އުޅެނީ. ވީކަކު އެއްފަހަރުވެސް މީޓް ނުވާފަހަރު އަންނާނެ. ޒައުޝާން އެންމެފަހުން ބުނީ ލޯތްބެއްނުވެޔޭ ހިނގާށޭ ބްރޭކްއަޕްވާން. އެއީ ވީގޮތަކީ. އޭގެފަހުން މިހާރު އަހަރެއްމިވަނީ. ޒައުޝާންވެސް ލޮލަށްނުފެނެ.” އަތޫފް އޭނަގެ ހަޔާތުގެ ދުވަސްކޮޅެއް އަރީނާއާއި ހިއްސާކޮށްލިއެވެ.
“އާތު ކީއްވެ ތިވާހަކަ އަރީއަށް ތި ކޔައިދިނީ.” އަރީނާ ހައިރާންވެފައި ހުރެ އަހާލިއެވެ.
“އަރީއަށް އެވާހަކަ އިނގުން ވަރަށް މުހިންމޭ. ކީއްވެކަން އިނގޭތަ؟” އަރީނާގެ ކަންފަތާ ދިމާއަށް މޫނު ކައިރި ކޮށްލަމުން އަތޫފް ބުންޏެވެ.
“ކީއްވެ؟” އަރީނާ ކުޑަކޮން ދުރަށް ޖެހިލަމުން އެހިއެވެ.
“އަރީ. އަރީ މިހާރު އަބަދު ބޭނުންވަނީ އާތުއާ އެއްކޮން ޓައިމް ސްޕެނޑް ކުރަން. އެއީ ކީއްވެ؟ އާތުވެސް އަބަދު ބޭނުންވަނީ އަރީ ފެންނަ ހިސާބުގަ ހުންނަން. އެއީ ކީއްވެ؟ އަރީ. އައި ތިންކް ވީ އާރ އިން ލަވް.” އަތޫފް އަރީނާގެ މޫނަށް ބަލައިލިއެވެ. އަރީނާގެ މޫނުވަނީ ރަތްވެފައެވެ. ނެފަތާ ކަންފަތާދިމާއިން ކޯތާފަތްމަތީގެ ރަތްކަން ގަދައެވެ. ވަރަށް ލަދުގަނެފައި ހުރެ އިސްޖަހާލައިގެން އަރީނާ ހުއްޓެވެ. އަތޫފް އަރީނާއާއި ކައިރިވެލާފައި އަތީނާގެ ނިތްކުރިއަށް ބޮސްދިނެވެ. އަރީނާގެ ހިތް އަވަސްވަމުން ދިޔައެވެ. އަތޫފް އަދިވެސް އަރީނާއާއި ކައިރި ވެލުމަށްފަހު އަރީނާގެ ތުންފަތަށް ބޮސްދޭން އުޅުންވަގުތު އަރީނާ ތެލިގަނެފައި އަވަހަށް ދުރަށްދިޔައެވެ. ލަދުން މީހާ ހަލާކުވެފައިވެއެވެ. އަތޫފް އަނެއްކާވެސް އައިސް އަރީނާ އަތުގައި ހިފާއަތޫފް ކައިރިއަށް ދަމާލިއެވެ. އަތޫފްގެ ހޫނުނޭވާ އަރީނާގެ މޫނަށް އެޅެމުން ދިޔައެވެ. އަރީނާއަށް ލޯމަރާލެވުނީ ބޭއިހުތިޔާރުގައެވެ. އަތޫފްއަށް އަރީނާގެ މޫނާ ކައިރިވެވެމުން ދިޔައީވެސް ބޭ އިހުތިޔާރުގައެވެ.

25

4 Comments

  1. aisha

    October 31, 2013 at 1:04 pm

    varah reethi aneh bai avhah upload kuraane kamah unmeedhukura

  2. yasma

    October 31, 2013 at 3:35 pm

    aasiii hurihaa baeh efahara upload nuko 1 day2 part upload kuryma ragalhu vaane..eey huriha baeh efahara kyma anekaves vany kiahi…ehenvyma komeduvahaka 1noony 2 part liunyma shalhivane,,,,,,,,,,mivaahakavarah rythi……..aasi mikomentu balalaze……see you next part…..very very very very soon

    • aasi

      October 31, 2013 at 3:41 pm

      ………thigotugai kuria dheveytho balananthanks hurihakudhinge komentutaka

  3. gggggggggg

    October 31, 2013 at 3:38 pm

    yas ebuny thedhe asiiiiiiiiiiiiiiiiiiiiiiiiiiiiiiii

Comments are closed.