Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލާ.. (10 ވަނަ ބައި)

aal Level 110 Stories
October 24, 2013 3 Mins Read
5 Comments

“ވަރަށް އަވަހަށް މިތާ ކައިރި ސިޓީ ހޮސްޕިޓަލަށް އާދެބަލަ. ޝާމް އެކްސިޑެންޓްވެގެން މިއުޅެނީ.” އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަނގަ ތަންމިނަށް ހުޅުވުނެވެ. ބޮލަށް އެނބުރުމެއް އެރިއެވެ. އަރިއަޅާނުލީ ކިރިޔާއެވެ. “ޝާމް… ޝާމް..” އަހަރެން ދުއްވައިގަތީމެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ހޮސްޕިޓަލަށް ވަދެވުމާއެކުހެން އަހަރެން އެނބުރެން ފެށީމެވެ. ނިތްކުރިން ދާހިއްލަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނި ރޯޅީގެ އަސަރެއް އަހަރެންގެ ހަށިގަނޑަށް ނުކުރާ ކަހަލައެވެ. “ނީ…” ދީބާއަށް އަހަރެން ފެނުމާއެކު ބައްދައިގަތެވެ. ދީބާއާއެކު އަހަންނަށްވެސް ރޮވެން ފެށުނެވެ. “ކޮބާ ޝާމް؟ ކިހިނެތްވި ކަމެއްމީ؟” ރޮވިފައިވާ އަޑަކުން އަހަރެން ދީބާއާ ސުވާލު ކުރީމެވެ. ދީބާއަކަށް ވަހަކަ ދެއްކޭވަރެއް ނުވިއެވެ. އަހަރެންގެ ހާލުވެސް ހަމައެފަދައެވެ. ވިޝާމްއާ ބެހޭ ހަބަރެއް ނުލިބި ގިނައިރުވާން ފެށުމުން އަހަރެން އިތުރަށް ކަންބޮޑުވާންފެށިއެވެ. ދެކޮޅަށް ދެކޮޅަށް ހިނގެން ފެށުނެވެ. އެއްފަހަރު ބޮލުގައި އަތް އަޅައިގެންނެވެ. އެހެންނޫނީ އަނގަމަތީ އަތް އަޅައިގެނެވެ.
ޑޮކްޓަރ ނުކުތުމާއެކު އަހަންނާ ދީބާއާއި ދެމީހުން އެކުއެކީހެން އެދިމާއަށް ދުއްވައިގަނެވުނެވެ. “ޑޮކްޓަރ ހައުޒް ހީ؟ އިޒް ހީ އޯކޭ؟” ހާސްވެފައިވާ އަޑަކުން އަހަރެން ސުވާލުކުރަން ފެށީމެވެ. “ހީ އިޒް އައުޓް އޮފް ޑޭންޖަރ. ” ޑަކްޓަރުގެ ޖަވާބުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ނަމަވެސް ވިޝާމްގެ ހާލު ފެނިފައި އަނެއްކާވެސް ނިކަމެތިވި ކަހަލައެވެ. ވިޝާމްއާ ދިމާއަށް މާ ގިނައިރުވަންދެން ބަލާކަށް އަހަންނަކަށް ކެތެއް ނުވިއެވެ. ގައިގެ އެތަންމިތަނުގައިވަނީ ބެންޑޭޖް ކުރެވިފައެވެ. އަދިވެސް ހެއެއް ނާރައެވެ. އަހަންނަށް ރޮވެން ފެށުނެވެ. ގައިން ވަރު ދޫވާން ފެށިއެވެ. “ނީ.. ތިހާ ފިނޑި ނުވެބަލަ. އޭރުން ޝާމްއަށް ވާނީ ކިހިނެތް؟. ޝާމް ހޭ އަރާއިރު އެންމެން ރޯތަން ފެނުނީމަ އޭނަވެސް ކިހާ ދެރަވާނެ. އަދި އަމުދުން ނީ ރޮންޏާ. އަހަރެން އަންނާނަން އޭނަގެ ގޭމީހުނަށް އަންގާފަ.” ދީބާ އަހަންނަށް ހިތްވަރު ދިނެވެ. ނަމަވެސް ހިތްވަރު ކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ. ހިތުގެ ޝުއޫރުތައް ހާމަކުރަން ނިންމިރޭ މިފަދަ ކަމެއް ކުރިމަތިވެދާނޭ ކުޑާކޮންވެސް ހީކުރެވިދާނެ ހެއްޔެވެ. އަހަރެން ކިހާ ބަދުނަސީބު ހެއްޔެވެ.
އެރޭ ވިޝާމް ކައިރީ މަޑުކުރީ އަހަންނެވެ. ދީބާ ނުދާން ގަދަހެދި ނަމަވެސް އަހަރެން ދީބާ ފޮނުވާލީއެވެ. އަހަރެން އިނީ ވިޝާމް ހޭއަރާނެ އިންތިޒާރެއްގައެވެ. އޭރުވެސް މަޑުމަޑުން ގިސްލެވެއެވެ. “ނީ.. ނީ..” ކޫރުއެޅިފައިވާ އަޑަކުން ވިޝާމް ގޮވަން ފެށުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. “އާނ.. އަހަރެން މިހުރީ ޝާމް ކައިރީގައޭ.. ” ވިޝާމްގެ އަތުގައި ހިފާ ގަޔާ ކައިރިކޮއްލަމުން އަހަރެން ބުނީމެވެ. “ނީ…އަހަ..” ވާހަކަ ދެއްކޭތޯ ވިޝާމް މަސައްކަތް ކުރިއެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. “ޝާމް.. އިހަށް އަރާމް ކޮއްލާ.. އޭރުން އަވަހަށް ރަނގަޅުވާނީ..” އަހަރެން ވިޝާމް ގާތު ވާހަކަ ނުދެއްކުމަށް އެދުނީމެވެ. އެފަދަ ހާލެއްގައި އޮއްވައި އިތުރު ވޭނެއް ތަހައްމަލް ކުރާތަން ދެކޭކަށް އަހަރެން ބޭނުމެއް ނުވެއެވެ. ވިޝާމްގެ ބޮލުގައި އަހަރެން މަޑުމަޑުން ފިރުމަމުން ދިޔައިމެވެ. އަނެއް އަތުން ވިޝާމްގެ އަތުގައި ހިފައިގެން ހުރެއެވެ. ނިދެމުން ދިޔައިރު މަޑު ވޭނީ އާހެއް ބޭރު ކޮއްލިއެވެ. އަހަރެންގެ ލޮލުން ކަރުން ފާއްދާލިއެވެ. ވިޝާމް އެފަދަ ހާލެއްގައި އޮތުމަކީ އަހަންނަށް ބަލަން އުނދަގޫ މަންޒަރެކެވެ. އެހެނަސް ކެތްކުރީމެވެ. އަވަސް ޝިފާއެއް ލިބޭތޯ ދުއާކުރަމުންނެވެ.
ހަފްތާއެއްވީ ދުވަހު ވިޝާމް ގެއަށް ފޮނުވާލިއެވެ. ހިނގާ ބިނގާވެ ނޫޅެވުނު ނަމަވެސް ވާހަކަ ދެއްކޭވަރުވެއެވެ. ވިޝާމް ބަދަލުވީ އޭނާގެ މަންމަ ހިފާފައި ހުރި ހޮޓަލަށެވެ. ކޮލެޖުގެ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތެއް އަހަރެން ހޭދަކުރީ ވިޝާމްގެ ގާތުގައެވެ. ވިޝާމަށް ކާންދެމުން ދިޔައީ އަހަރެންގެ މިދެއަތުންނެވެ. ވިޝާމް ފެންނަ ކޮންމެފަހަރަކު ކަރުން ހިލުނު ނަމަވެސް އަހަރެން އެކަން ފޮރުވީމެވެ. ވިޝާމްއާއި އަހަރެން ކުރިމަތިލީ ހިނިތުންވެފައިވާ މޫނަކާއި އެކުގައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ވިޝާމްގެ ހާލުވެސް ދިޔައީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. ގޮނޑިން ތެދުވެ އުޅެލެވޭ ވަރުވެއެވެ. ހިނގުމުގައި އަދިވެސް އުނދަގޫ ކަމެއް ފާހަގަ ކުރެވެއެވެ. “ނީ.. ތެންކްސް..” އަހަރެން އިނީ ވިޝާމް ކައިރީ އޭނާގެ ކޮޓަރީގައެވެ. “ކޮންކަމަކަށް؟” އަހަރެން ބުނެލީމެވެ. “ތިހާ ކެއަރ ކުރާތީ. ހެލްޕްވަތީ.. ނީ ނެތްނަމަ އަދިވެސް ރަނގަޅުވާކަށް ނޫޅުނިސް ..” ވިޝާމްގެ އެޖުމްލަ އަހަރެން ހުއްޓުވީމެވެ. “ނޫން ތިހެން ނުބުނޭ. ޝާމް އެހެން ނޫނަސް ރަނގަޅުވާނެ. އަހަރެން ހާދަ ދެރަވިއޭ ޝާމް އެހާލުގަ އޮއްވަ ފެނުނީމަ. އެހެންވެއޭ އަހަރެން ބުނީ ބަލައިގެން އުޅޭށޭ.” އަހަރެން ޝަކުވާ ކޮއްލީމެވެ. “ނީއަށް އެއްޗެއް ގަންނަން ވެގެން ލަސްވާތީ ބަލާނުލާ ހުރަސްކޮއްލެވުނީ. ދެން އެހެނެއް ނުވާނެ. އެހެން ނޫނަސް އަހަރެންގެ ނީ ހުއްޓަ މަށަށް އެއްގޮތެއްވެސް ނުވާނެ. ދޯ.” އަހަރެން ވިޝާމްގެ އަތުގައި ހިފާ ބާރުކޮއްލީމެވެ. “ޝާމް. އަހަރެން ވާހަކައެއް ބުނަން ބޭނުން. އަހަރެން…” “ނީ. ގެއަށް ދާންވީނު ދެން. މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނު.” އަހަރެން ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ދީބާއެވެ. ދީބާއާއެކު ދިޔުމަށް އަހަރެން ހިނގައިގަތީމެވެ. “ނީ.. ބުނަން އުޅުނީ ކީކޭ؟” ވިޝާމް އަހަރެން ދިޔަނުދޭން އުޅޭ ކަހަލައެވެ. “ފަހުން” ކުރު ޖަވާބަކާއެކު ހިނިތުންވުމެއް ދިނުމަށްފަހު އަހަރެން ކޮޓަރިން ނިކުތީމެވެ.
ގެއަށް ދެވުމާއެކުހެން އަހަރެން ވިސްނީ ވިޝާމަށް ހިތުގެ އަޑު އިއްވާނެ ގޮތަކާމެދެވެ. “އިޓް ޝުޑް ބީ ސްޕެޝަލް”.. އަހަރެން ހިތާހިތުން ކިޔާލީމެވެ. އަހަރެން ބޭނުންވީ ހާއްސަ ގޮތަކަށް އެކަން އަންގާށެވެ.
ޖެހިގެން އައި ރެއެވެ. ވިޝާމް ބަލާ އަހަރެން އެގެއަށް ދިޔައީ ކުރަން ހުރި ހުރިހާ ތައްޔާރީތަކެއް ކުރުމަށް ފަހުގައެވެ. “މާ އުފަލުން ކޮންތާކަށް އަހަރެން ގެންދަން ތިއުޅެނީ؟” ވިޝާމް ސުވާލު ކުރަމުންދިޔައެވެ. “ކެތްކޮއްބަލަ. ސަޕްރައިޒެކޭ.” “ދެން ލޯހުޅުވާ” ވިޝާމްގެ ދެލޮލުން އަތް ނަގަމުން އަހަރެން ބުނީމެވެ. ވަށައިގެންވާ މާހައުލަށް ވިޝާމް ނަޒަރު ހިންގާލިއެވެ. އުފަލުން ފޮޅިފައިވާ ފަދައިންނެވެ. ފިނިފެންމަލުގެ ވަސްވަނީ މުޅި މާހައުލުގައި ފެތުރިފައެވެ. އުއްބަތިތަކުން އެޅިފައިވާ ފަނޑު އަލިކަމުގެ ތެރޭ އަހަރެން ވިޝާމްއާ ހަތަރުކަޅި ހަމަކޮއްލީމެވެ. “ޝާމް. އައި ލަވް ޔޫ. އައި ލަވް ޔޫ..” ވިޝާމްގެ ގައިގައި އަހަންނަށް ބައްދާލެވުނީ ބޭއިހްތިޔާރުގައެވެ. “އައި ލަވް ޔޫ ޓޫ ނީ” ވިޝާމްގެ އަތުތެރޭ އަހަރެން ބޮނޑިވެގަތީ އެދެއަތުން ހިމާޔަތަށް އެދިއެވެ. “އެރޭވެސް އަހަރެން އުޅުނީ ބުނަން ވެގެން. އެކަމަކު..” އެރޭގެ ޙާދިސާ ހަނދާން އާވުމުން އަހަރެންގެ އަޑު ބެދުނެވެ. ލޮލުން ކަރުނަ ހިލެން ފެށިއެވެ. “އެއި ކުރިންނެއްނު. މިހާރު އަހަރެން ރަނގަޅެއްނު. ދެން ދެރަނުވޭ. މިރޭ އަހަރެން ވަރަށް އުފާވެއްޖެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލަ” ވިޝާމްގެ ބަސްތަކުން އަހަރެން ހަމަޔަކަށް އެޅުނެވެ. “އައި ލަވް ޔޫ..”
އެރޭ ހޭދަވެގެން ދިޔަ ވަގުތުތަކަކީ އަހަރެންގެ ހަޔާތުގައި ހިނގި އެންމެ އުފާވެރި ވަގުތުތަކެވެ. ގެއަށް އައުމަށްފަހު އެންމެ ފުރަތަމަވެސް އެ އުފާވެރި ހަބަރު އަހަރެން ދިނީ ރިޝާއަށެވެ. ރިޝާވެސް ހުރީ ވަރަށް އުފަލުންނެވެ. އަހަރެން މުޅިންހެން އަޔާންގެ މަތިން ހަނދާން ނެތުނެވެ. މާޒީ ހަނދާނުން ފުހެވިގެން ދިޔައެވެ. ހަޔާތުގެ އާސަފްހާތަކެއް ލިޔެވެން ފެށިއެވެ.
ބަނަވެފައިވާ އަހަރެންގެ ހަޔާތަށް އަނެއްކާވެސް ބަހާރު މޫސުން އަތުވެއްޖެއެވެ. މިލާ މޯޅިވެފައިހުރި މާތައް ފޮޅެން ފެށިއެވެ. މޭވާ އަޅާ ފުރެން ފެށިއެވެ. ހަޔާތުގެ ގަނޑުތަކުގައި ކުލަ ޖެހެން ފެށިއެވެ. ދިރިއުޅުމަށް އާބާރެއް ލިބިގެންދިޔައެވެ. އާއުއްމީދުތަކެއް ކުރެވުނެވެ. ފޮނި ހުވަންފެންތައް ފެންނަން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aal

Level 110 Stories

Other Articles

Previous

ލޯތްބައްޓަކާ ހިތްއެދި ރުޔަސް

Next

ވީމޭ އިންތިޒާރުގައި 19 ވަނަ ބައި

Next
October 24, 2013

ވީމޭ އިންތިޒާރުގައި 19 ވަނަ ބައި

Previews
October 24, 2013

ލޯތްބައްޓަކާ ހިތްއެދި ރުޔަސް

5 Comments!

  1. އައިމީ says:
    October 24, 2013 at 10:35 am

    ހާދަ ގިނަ ދުވަސް ކޮށްފައޭ އަޕް ވީ…އެހާ ގިނަ ދުވަސް ނުވެ އަނެއްބައި އަޕް ވާނެ ކަމަށް އުއްމީދު ކުރަން…ވަރަށް ރީތި ވާހަކައެއް މީ.

    1. aal says:
      October 24, 2013 at 4:54 pm

      exams vma tym nuv. will try to up v soon. thnks 🙂

  2. Hau says:
    October 24, 2013 at 9:46 pm

    DhenAyaan gandu v konthaaku tha eynage ba eh dhen naan naane tha.. Anyways story v nice….waitin for da next part….,

    1. Gajendra says:
      February 8, 2014 at 4:14 am

      If inairmftoon were soccer, this would be a goooooal!

  3. aal says:
    September 18, 2014 at 12:53 am

    thanks

Comments are closed.

Next Episodeކުށަކާނުލާ.. (11 ވަނަ ބައި)←


All Right Reserved!