Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޭކަރުނަ

ziyaad Level 110 Stories
October 28, 2013 4 Mins Read
1 Comment

ދަރިފުޅާ….ރޫޔާ މަންމަ ކުނިކޮޅު އުކާލާފަ އަންނަދެން މިތާ މަޑުކުރޭ އިނގޭ! ހަލީމާ އޭނާގެ ހަތް އަހަރަށް ދާ ކުޑަ ދަރިފުޅު މަގުގެ އެއްފަރާތެއްގައި ހުރި ގަހެއްގެ ހިޔަލުގައި ބެހެއްޓިއެވެ. އަދި އަތުގައި ހުރި ކުނިއަޅާއެތި ނަގާ ކިހިއްޔަށް ޖަހާލަމުން ދަރިފުޅާ ދިމާއަށް ބުނެލިއެވެ. ރޫޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “މަންމާ އަވަހަށް އައްނާތި ކޮއްކޮ އެކަނި މިތާ ހުންނަން ބިރުގަނޭ!” ކުޑަ ކުޑަ ރޫޔާ ބުނެލިއެވެ.

މަންމަ ދިއުމާއެކު ރޫޔާގެ ކުޑަކުޑަ ހިތް ބިރުގައްނަގޮތްވިއެވެ. އެމާހައުލަކީ ރޫޔާއަށް އާމާހައުލެކެވެ. މަންމަގެ ހަބަރެއް ނުވެ ގިނައިރުވާވަރަކަށް ރޫޔާގެ ބިރުވެރިކަން އިތުރުވާން ފެށިއެވެ. މަންމާ……މަންމާ…..ކުޑަކުޑަ ރޫޔާ ރޯންފެށިއެވެ. ނަމަވެސް ކުނި އުކާލާފަ މިއަންނަނީއޭ ކިޔާފަ ދިޔަ މަންމަގެ އެއްވެސް އިޝާރާތެއް ނުވިއެވެ. އެއްމެ ފަހުން ރޫޔާ ރޮމުން އަތް ހޫރަމުން ހިނގައިގަތެވެ. ހަމަ ކުޑަ ތަންކޮޅަކަށް ދެވުމާއެކު ގަހެއްގައި ލައިގަތެވެ. އެއާއެކު ކުޑަކުޑަ ރޫޔާގެ ބިރުވެރިކަން އިތުރަށް ބޮޑުވިއެވެ. އެގަހުން ނެއްޓި އަނެއްކާވެސް ހިނގައި ގަތެވެ. އޭރު ރޫޔާ ފަކީރަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަތް ހޫރަމުން ތަނެއްގައި އަޅައި ގަނޭތޯ ބަލަމުން ކުރިއަށް ދިޔައެވެ. މިދެވެނީ ކޮންތާކަށް ކަމެއް ކުޑަކުޑަ ރޫޔާ އަކަށް ނުވިސްނެއެވެ. ރޫޔާ އަކީ އުފަންވީ އިރު ލޮލުގެ އަލިކަމުން މަހުރޫމް ވެފައިވާ ކުއްޖެކެވެ. އޭނާއަށް ލޮލުގެ އަލިކަން ނުލިބުން އެއީ އޭނާގެ ކުށެއްހެއްޔެވެ.

ކުއްލިއަކަށް ބާރު ގުގުރިއެއްޖެހިއެވެ. އެއާއެކު ކުޑަކުޑަ ރޫޔާ ފަކީރަށް ވަރަށް ބޮޑު ޝޮކެއްލިބުނެވެ. އަދި ގަތް ބިރެއްގެ ބޮޑުކަމުން މަންމާއޭ ކިޔާފަ ދުއްވައިގަނެވުނެވެ. އެއާއެކު ކުޑަކުޑަ ރޫޔާ ކުރި މަތީގަ ހުރި ކަނޑު ގަހެއްގަ ޖެހިފައި މާދުރަށް ވިއްސައިގެން ގޮސް ކައިރީގަ އޮތް ކިސަޑު ފެންގަނޑު ތެރެއަށް ވެއްޓުނެވެ. ކުއްލިއަކަށް ވާރޭ ވެހިގަތެވެ. ނުހަނު ބޯކޮށެވެ. ކުޑަކުޑަ ރޫޔާ ކިސަޑު ފެންގަނޑުގެ ތެރެއިން ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހަށިގަނޑުގެ އެކިތަންތަނަށް ލިބިފައިވާ ޒަހަމް ތަކުން އަޅާ ވޭނާއި ނަގާ ދިލައިގެ ބޮޑުކަމުން ތެދުވެވޭ ގޮތެއްނުވިއެވެ.

ރޫޔާއަށް ހޭވެރިކަން ވީއިރު އޮވެވުނީ އެދެއްގައެވެ. އޭނާގެ ވަށައިގެން މީހުން ވާހަކަ ދައްކާ އަޑު އިވެއެވެ. ރޫޔާއަށް ހޭވެރިކަން ވުމާއެކު މަންމާއޭ ކިޔާ ގޮވާލިއެވެ. ރޫޔާ ހީކުރީ މަންމާއޭ ކިޔާފަ ގޮވާލާއިރަށް މަންމަ އައިސް އޭނާ ނަގާ މަންމަގެ މެޔާލާ ބޮނޑި ކޮށްލާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ ރޫޔާ ހީކުރި ގޮތަކަށް ނޫނެވެ. ކުޑަކުޑަ ރޫޔާ ރޮއެ ބޮޑާ ހާކަން ފެށިއެވެ. މަންމަ ކައިރިއަށް ދާން ބޭނުންވާތީއެވެ. އެއްމެފަހުން ރޫޔާ އުރާލީ އޭނާގެ ބައްޕައެވެ. ނުރޮއެ ދަރިފުޅާ ދަރިފުޅުގެ މަންމަ ވަރަށް އަވަހަށް އައްނާނެ” ބައްޕަ އާދިލް އޭނާގެ ދަރިފުޅު މަސަލަސް ކުރެވޭތޯ ބެލިއެވެ. ކޮންމެއަކަސް އެދުވަހަށް ފަހު ރޫޔާ އަކަށް އޭނާގެ މަންމަގެ ހަބަރެއް ނުވެއެވެ. ފަހުން އެނގުނު ގޮތުގައި ރޫޔާގެ މަންމަ އޭނާ ކަނޑޫފަލަށް ދޫކޮށްލާފައި ރަށުން ފުރައިގެން ދިޔައީއެވެ.
ރޫޔާގެ ދިރިއުޅުން ބައްޕަގެ ގެއަށް ބަދަލުވިއެވެ. ރޫޔާ ވަރަށް ކުޑައިރު އެދެމަފިރިން ވަނީ ވަރިވެފައެވެ. އާދިލް އެހެން ކައިވެންޏެއް ކުރަން ބޭނުންވީއެވެ. އާދިލް ވަރިކުރިފަހުން ހަލީމާ އެހެން ކައިވެންޏެއް ނުކުރެއެވެ. މިއަދާ ޖެހެންދެން ރޫޔާ ގެންގުޅުނީ ހަލީމާއެވެ.

ރޫޔާއަށް ހޭވެރިކަންވީ ކުއްލިއަކަށް މީހަކު އޭނާގެ ގައިގަ ކޮށްޓާލުމުންނެވެ. “ކާކު؟” ތެޅިގަތްފައި ރޫޔާ އަހާލިއެވެ. “މީ މަށޭ ރޫޔާ” އެކުވެރިޔާ ނާޒު ބުނެލިއެވެ. “ހާދަ ފުން ހިޔާލަކަށް ގެއްލިފަ އަނެއްކާ ކިހިނެއްވީ؟ ” ނާޒު އައިސް ރޫޔާ އިށީދެގެން އިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި ޖައްސާލިއެވެ. ރޫޔާ އިނީ އާދައިގެ މަތިން ރަށުގެ އުތުރުފަރާތު އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. އެއީ އޭނާގެ އާދައެވެ. ރޫޔާގެ އެކަނިވެރި ދިރިއުޅުން ބިނާވެފައިވާ ގޮތެވެ. އޭނާ ގިނަވަގުތު ހޭދަކުރަނީ ެޖޯލިފަތީގައެވެ. މިހާރު ރޫޔާ އަކީ ފުރާ ފުރިހަމަފެފައިވާ ޒުވާން ޖިންސްލަތީފެކެވެ. އެހެން އަންހެންކުދިން ފަދައިން އުފާވެރި ދިރިއުޅުމެއް ފެށުމަކީ ރޫޔާގެވެސް ހުވަފެނެކެވެ. ނަމަވެސް އޭނާގެ ނަސީބުގާ އެފަދަ ދުވަހެއް އައުން އަދި އޮތީ ވަރަށް ދުރުގައެވެ. އެފަދަ ދުވަހެއް ފެންނާނެ ކަމެއްވެސް ނޭނގެއެވެ. ރޫޔާގެ ހަޔާތުގައި ވަނީ އެކަނިވެރިކަމާއި ނާމާން ކަމެވެ. އަނިޔާވެރިކަމާ ނަފުރަތެވެ. ލޮލުގެ ފެނުމުން މަހުރޫމް ވެފައިވާއިރު ދިރިއުޅެން ޖެހިފައި ވަނީ ހިތް ދަތިކަމާއި ވޭނާއި އެކުއެވެ. ” ރޫޔާ ރޮނީތަ؟” ނާޒު ޖޯލީގައި ރަނގަޅަށް ހަމަ ޖެހިލުމަށްފަހު އެކުވެރިޔާގެ މޫނަށް ބަލާލި ވަގުތު އެކުވެރިޔާގެ ލޮލުން ކަރުނަ ފޭދިފަ ހުރިތަން ފެނުމުން އަހާލިއެވެ. “މިއަދު މާބޮޑަށް މަންމަ މަތިން ހަނދާން ވާތީ މިއުޅެނީ އެހެންވެ ރޮވުނީ…….” ރޫޔާ އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. “ރޫޔާ މީން ދުވަހަކު މަންމަގެ ހަބަރެއް ވީތަ؟” ނާޒު އަހާލިއެވެ. ނޫން ނުވޭ އަހަރެންގެ އުމުރުން ހަތް އަހަރުގަ ކަނޑޫފަލަށް ދޫކޮށްލާފަ ދިޔަ ފަހުން އަދި އަދަށްވެސް ހަބަރެއްނުވޭ……އަހަރެންގެ މަންމަ އަހަރެންނާއި މެދު ކިތައްމެ އިހާނެތިކޮށް ކަންތަށް ކުރިއަސް އަހަރެން މަންމަ ދެކެ ލޯބިވޭ އިރާދަ ފުޅުކުރެއްވިއްޔާ މަންމައަށް ވިސްނިގެން އަހަރެން ބަލާ އަދި އަންނާނެ އަހަރެން މި އަނދަވަޅުން ސަލާމަތް ކޮށްދޭނެ.” ރޫޔާ ބުނެލިއެވެ. ” އަހަރެންގެ ދުއާއަކީވެސް ހަމަތީ އިނގޭ އެކުވެރިޔާ ” ނާޒު އޭނާގެ އެކުވެރިޔާ ގައިގަ ބައްދާލިއެވެ. އެއަށްފަހު ނުހަނު އޯގާތެރި ކަމާއެކު އެކުވެރިޔާގެ ބޮލުގައި ފިރުމާލިއެވެ.

އެކުވެރިޔާގެ އޯގާތެރި ފިރުމުންތަކުން ރޫޔާއަށް ވަރަށްބޮޑު ހިތް ހަމަ ޖެހުމެއް ލިބުނެވެ. ވާނީވެސް އެހެންތާއެވެ. ރޫޔާ ފަކީރަށް ކިރިޔާވެސް ހިތް ހަމަ ޖެހުމެއް ލިބެނީ އެކުވެރިޔާގެ ހެޔޮކަމުން ވިއްޔާއެވެ. ” ރޫޔާ މިއަދު އެއްވެސް އެއްޗެއް ކައިފިންތަ؟ މިހާރު އެހެރަގެން އަސުރު ވަނީ………….” ނާޒު އެކުވެރިޔާ އަށް ބަލާލުމަށްފަހު އެކުވެރިޔާ އިން ގޮތުން އަހާލެވުނެވެ. ” ކިހިނެތްވީ؟….ކީއްވެ ތިސުވާލުތިކުރީ….؟ ހެނދުނު ސައިބުއިގޮތަށް އަދި މިއިނީ……” ރޫޔާ އޮޅުވާލިއެވެ. ރޫޔާ އަދި މިއަދު އޭނާގެ އަރު ތެރެއަށް އެއްވެސް އެއްޗެއް ނުލައެވެ. “ރޫޔާ މަށަށްތަ ތި އޮޅުވާލަނީ…….ރޫޔާ އޮޅުވާލަން ކިތައްމެ މަސައްކަތް ކުރިޔަސް މަށަކަށް އޮޅުވައެއްނުލެވޭނެ ރޫޔާގެ އިހުސާސްތައް އެއްމެރަނގަޅަށް އެނގޭނެ މީހަކީ އަހަރެން” ނާޒު ބުނެލިއެވެ. އެކުވެރިޔާ މިހެން ބުނުމާއެކު ރުޔާ އިސްދަށަށް ޖަހާލިއެވެ. އެކުވެރިޔާއަށް އެއްވެސް ކަމެއް އޮޅުވާނުލެވޭނެކަން އެނގުމުން ބަލި ގަބޫލުކުރީއެވެ. ނާޒު އެކުވެރިޔާ ކައިރިއަށް ޖެހިލާފައި އޭނާގެ އަތުން ރޫޔާގެ ދަތް ދޮޅީގައި ހިފާ އިސް އުފުލާލިއެވެ. “ރޫޔާ އަހަރެންނަށްވެސް އެނގޭތީ ހިތްވަރުގަދަ ކެތްތެރިވާން ދަންނަ ކުއްޖެއްކަން…….އެކަމަކު އެކުވެރިޔާގެ ތިމޫނުމަތިން މިއަދު އަދި އެއްވެސް އެއްޗެއް ނުކާކަން އެބަ ދޭހަކޮށްދޭ…..!” ނާޒު ބުނެލިއެވެ. އެއްމެ ފަހުން ރޫޔާވެސް އެކަމަށް އެއްބަސް ވިއެވެ. “ހިނގާ އަހަރެމެން ގެއަށް ކާންދާން….!” ނާޒު ޖޯލިން ތެދުވެ ރޫޔާގެ އަތުގަ ހިފާ ކޮޅަށް ނެގިއެވެ. “މިއަދު ކީއްވެޔޯ ކާން ނުދިނީ” ނާޒު ރޫޔާގެ އަތުގައި ހިފައިގެން ގެއާއި ދިމާއަށް ދިޔަ މަގު މަތީ އަހާލިއެވެ. “ނާޒު އަހަރެންނަށް ލޮލަށް ނުފެނުން އެއީ އަހަރެންގެ ކުށެއްތަ…..؟ ގޭމީހުން އަބަދުވެސް ބަލަނީ އަހަރެންނަށް ޖެއްސުމެއް ކުރެވޭތޯ……އަހަރެންގެ މިނިކަމެތި ހާލާ މެދު ހަމްދަރުދީ ވާނެ އެކަކުވެސް އަހަރެންގެ ގޭގައި ނެތް ބައްޕަވެސް މާމަވެސް އަދި އެއްބަފާ ބޭބެމެންވެސް އަހަރެންނަށް ކުރަނީ ނަފުރަތު ކިރިޔާ ކަމެއްވާއިރަށް ކުރަނީ އަނިޔާ…….އަހަރެންނަށް މިހާރު ކެތް ކުރެވޭ ވަރެއްނޫން.” ރޫޔާ ގެ އަޑުބެދުނެވެ. “އެކުވެރިޔާ ކެތްތެރިވޭ އިރާދަފުޅު ކުރެއްވިއްޔާ އަދި ފަހުން ރަނގަޅުވާނެ ރޫޔާ އަށް އަދި މިނޫން ދުވަހެއް ދައްކަވާނެ!” އެކުވެރިނާޒު ހިތްވަރު ދިނެވެ. “އަހަރެން ހިތަށް އަރާ ރޫޔާގެ ބައްޕަ އާއި މާމަގެ ހިތެއް ނޯއްނަނީބާއޭ…..މިނިކަމެތި އާރެއްބާރެއް ނެތް ކުއްޖާ ފުޅާމެދު އެހާ އިހާނެތިކޮށް އެކަންތައް ކުރަނީ ކީއްވެބާއޭ؟” ނާޒުގެ ހިތަށްއެރިއެވެ.

ނާޒު އޭނާގެ ގެއަށް ރޫޔާ ގެންގޮސް ރަނގަޅަށް ކާން ދިނެވެ. “ރޫޔާ ގެއަށްދާންވީނު….” ނާޒު އެދުނެވެ. ” އާނ! ދެން ގެއަށް ދާނީ މިހާރު ގެއިން ބޭރުގަ އުޅޭތަ ކިތައްމެ އިރެއްވެއްޖެ……މިހާރު ބައްޕަ ހުންނާނީ ރުޅިދުރުވެފަ ކަންނޭނގެ…” ރޫޔާ ބުނެލިއެވެ. އަދި ނާޒު އާއެކު ގެއަށް ދާން ހިނގައިގަތެވެ.
ނުނިމޭ

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި 22 ވަނަ ބައި

Next

ވީމޭ އިންތިޒާރުގައި 23 ވަނަ ބައި

Next
October 28, 2013

ވީމޭ އިންތިޒާރުގައި 23 ވަނަ ބައި

Previews
October 24, 2013

ވީމޭ އިންތިޒާރުގައި 22 ވަނަ ބައި

One Comment

  1. hhhhhhhh says:
    October 28, 2013 at 2:43 pm

    kiyetha……ehen vaahaka upload nuvany

Comments are closed.



All Right Reserved!