މާކިން ހަޅޭލަވަމުން ރާހިލް ގައިގެ އެތަށް މިތަނުގައި ތަޅަމުން ދިޔައެވެ. އޭނާ ހުރީ ހަމަހެއަކު ނޫނެވެ. ރާހިލް ދުރައްދާން މަސައްކަތް ކުރި ނަމަވެސް މާކިން އެއަށްވުރެ ވަރުގަދައެވެ. “ޔޫ ބްލަޑީ…” މާކިން ދުލަށް އައިހާ އެއްޗެއް ގޮވަމުން ދިޔައިރު އޭނާގެ ގަމީހުގެ އަތުކުރީގައި ވެސް ވަނި ލޭހޭކިފައެވެ. ހީވަނި އެއްފަހަރުން ރާހިލް މަރާލަން އުޅޭ ހެންނެވެ. “މާކިން އޭނާ ދޫކޮއްލަބަލަ!” އިނާރާ ހަޅޭ ލަވައިގަނެ މާކިންގެ އަތަށް ދަމަންފެށިއެވެ. އެވަގުތު މަލަކް އައިސް މާކިން ކައިރީގައި ހުއްޓި […]
ވީ ފޫހިންނާއި ދެރައިން، އެޑެމް އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. “އޭ އެޑެމް، ތިދަބަސް ބަހައްޓާފަ ދޭބަލަ އޮފީހަށް ގޮސް ގެއަށް ގުޅަން. ގުޅާފަ ބުނެބަލަ ބެލްޓު ގެނެސްދޭށޭ.” ތޯމަސް ގޮވާލިއެވެ. “ދެން ނޫނެކޭ، ކަލޭ ތިއުޅެނީ އިތުރަށް މަ ލަދުގަންނަވަންތަ؟” ރުޅިމޫނު ދައްކައިގެން ހުރެ އެޑެމް ދިޔައެވެ. ބްރޭކް ގަޑިއެވެ. “ނަމްބަރ ސެވަންޓީން ހައިސްކޫލް”ގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ތިބީ ކެފެޓޭރިއާގައެވެ. “އޭ އެޑެމް، އިސްޓާކީންވެސް ނުލާތަ ތިއައީ މިއަދު؟” ކާއެއްޗެހި ގަންނަން ކިޔޫގައި […]
“އެކުއްޖާ މީހަކާ ނުއިނދޭ. އަހަރެން އަޑުއެހިން ޝަރީފް އެކުއްޖާގެ ކައިވެނި ކުރާނެ ކުއްޖަކު ހޯދާ ވާހަކަ. އެކުއްޖާއޭ އެކުއްޖާއޭ މި ކިޔަނީ ކީކޭތަ އޭނައަށް ކިޔަނީ. ނަސް….ނަސް…..ނަސްރާ. އާނ ނަޞްރާ!” ސުހާ އެންމެ ފަހަކަށް އެހެން ބުނެލީ ޖޯޝާއި އެކީގައެވެ. ސުހާ އެންމެ ފަހުން ބުނެލި ނަމާއިއެކީ ޔޫނުސް ހުއްޓުން އެރިއެވެ. އޭނަގެ ނޭވާ މެދުކެނޑިފައިވިކަން އޭނައަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ޔޫނުސްއަށް އައި ބަދަލުތައް ފާހަގަކުރެވުމުން ސުހާއާއި ޒަޔާންއަށް އެކަކު އަނެކަކަށް ބަލާލަމުން […]
ކުރިމަތީގައި ހުރި ކޮފީތަށި ހިހޫވެ ފެނަށްވެފައި ހުރިއިރު އެއްފަރާތުގައި އިން ޖިނާން އިނީ ނިމާންގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެ ބަލަހައްޓައިގެންނެވެ. މާޔޫސްވެ ކަރުއެލުވާލި ނިމާން ސިއްސައިގެންދިޔައީ އަތުތެރޭގައި އޮތް ފޯނުގެ ރިންގްގެ އަަޑަށެވެ. ދެވަނަ ސިކުންތުގައި ފޯނުނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ރޮވިފައިވާ އަޑަކުން ޝޯނާއޭ ބުނެ ގޮނޑިއަށް ވެއްޓިގަތެވެ. “ނިމާން ދަރިފުޅުތަ؟ ހާދަ ހާސްވެފަ… ކޮބާ އެމަންޖެ؟” ސަމަދުގެ އަޑު ޖެހުމުން ނިމާން އިރުކޮޅަކަށް ހުއްޓުންއެރިއެވެ. ބޯގޮވާފަހުރި ވަރުން ފޯނަށް އަރާއިން ނަންވެސް ބަލާނުލެވުނީއެވެ. “ބޮޑުބެތަ… ޝޯނާދޯ… […]
“އަހަރުމެންނަށް އެގިއްޖެ ޖަނާން ހުރި ތަނެއް” ވަހީދު އެތެރެއަށް ވަންނަމުން ނިހާންއާއި ދިމާލަށް ބުނެލިއެވެ. އުފަލާއި އެކު ނިހާން ތެދުވިއެވެ. “އޭނަ ދުނިޔޭގަ އެބަ ހުރި.. އެކަމަކު އެހާ ރަނގަޅު ހާލަތެއް ގައެއް ނޫން.. އަހަރެން ބޭނުން ތި ގްރޫޕްގެ އެންމެންނާއި ވާހަކަ ދައްކަން..” ވަހީދުގެ އަޑުގައިވަނީ ހާސްކަމެވެ. ނިހާން އަވަސް ކަމާއި އެކު ފޯނު ނަގާ ފައިސަލް އަށް ގުޅާލިއެވެ. ފައިސަލް ފޯނު ނެގުމުން ޖަނާންގެ ހަބަރު ދިނެވެ. އަދި ވަހީދު ބައްދަލު ކޮށްލަން ބޭނުންވާ […]
މަންމަމެން ތިބީ ނިދާފައިކަމުން އެމީހުންނަށް ގޮވާ ހޭލައްވާކަށް ޖެސިކާ ބޭނުމެއް ނުވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތްތާ އިރުތަކެއްނުވެ ނިދިއްޖެއެވެ. ޖެސިކާއަށް ހޭލެވުނީ ހެނދުނު ނުވައެއްޖަހާ ބޮޑުވި ފަހުންނެވެ. އަވަސްކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުތްއިރު މަންމަމެން ހާސްވެގެން އުޅޭތަން ފެނެއެވެ. “ކިހިނެތްހޭ ވީ؟ ވެގެން އުޅޭގޮތެއް ނޭނގޭތަ؟ މިއުޅެނީ ޖެސިކާގެ އެއްމާބަނޑު ފްލޯރާ މަރުވެގެންނޭ.” ޖެސިކާމެންގެ މަންމަ ޑާނާ ހާސްވެފައި ހުރެ ބުންޏެވެ. ޖެސިކާވެސް ހާސްކަމެއް މޫނަށް ވެރިކުރުވަމުން ކިހިނެތްވީ ކަމެއްހޭ އަހާލިއެވެ. ޑާނާ ބުނި ގޮތުގައި މި […]
އަރީފު އެ ގެއިން ނިކުމެގެން ދިޔައީ ލުޔާގެ ރުއިމުގެ އަޑު މުޅިން ކެނޑި ހަމަހިމޭން ވުމުންނެވެ. އޭނާ ނިންމީ މާދަމާ އޮފީހުން ދިމާވުމުން ލުޔާ އާއި ވާހަކަ ދައްކާށެވެ. ލުޔާއަށް ވެގެން އުޅޭ ގޮތުގެ ހަގީގަތް ހޯދުމަށް އަރީފު އަޒުމް ކަނޑައެޅިއެވެ. ރޮއެ ރޮއެ ގޮސް ލުޔާގެ ދެ ލޯ ވަނީ ދުޅަވެފައެވެ. ކަރުނަތައް ހުއްޓިފައި ވީނަމަވެސް އަދިވެސް އޭނާއަށް ގިސްލެވެއެވެ. ހުރިހާ ކަމެއް ހިތުތެރޭގައި ފޮރުވައިގެން އުޅޭތާ ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. ދެނެއް ކެތެއް […]
އާދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތަށް އެކި ކުލަގެނުވަމުންނެވެ. ޒީޝާ އުޅުނީ ބަދިގެ ތެރޭގައި ހެނދުނުގެ ސައި ހެދުމައިގެންނެވެ. އޭރު ނާހިދާ އިނީ ފިޔާ ކޮށާށެވެ. ހެނދުނުގެ ސަޔަށް ރޮށި ފިހަން ހުރި ޒީޝާއަށް ވިސްނެނީ ޒައިންއަށް ދޭނެ ޖަވާބަކާމެދުގައެވެ. ހަމަގައިމުސް ޒީޝާ ހިތް އެދޭ ފަދަ ސިފަތައް ޒައިންގެ ކިބައިގައި އެބަހުއްޓެވެ. ޒައިންގެ ހުންނަ މަޑުމައިތިރި ސިފައަކީ އޭނާ އަށް އެންމެ ކަމުދާ އެއް ސިފައެވެ. “ދަރިފުޅާ ޒީޝާ” ރޮށި ފިހަން ހުރި ޒީޝާ […]
ޝާންއަށް ހުރިހާ ވާހަކައެއް ކިޔާދީނިމުމުން އާޔަންއަށްވެސް ޒާޔާއާއި ރާއިންއާ ދެމެދު އައިސްފައިވާ ހުރަހުގެ ވާހަކަ ކިޔާދިނެވެ. ޝާން އެންމެންނަށްވެސް އެންގީ އެކަން އިތުރުމީހަކަށް ނާންގާ އަދި މަޑޫކުރުމަށެވެ. ޔާސިރުގެ ފަރާތުން އަންނަ ބަދަލަކާ ގުޅިގެން ދެން އިތުރަށް ވާހަކަ ދައްކާށެވެ. އާޔަންވެސް ނޫރާކައިރީގައި އިތުރަށް ނުވިސްނަން ބުނަމުން އެރެއަށް އަލްވަދާއު ކިޔާލިއެވެ. ނުބުނިކަމުގައިވިނަމަވެސް އެންމެން ތިބީ ޔާސިރުއަށް ހުރިހާކަމެއް އެނގުމުގެ ސަބަބުން ހާސްވެފައެވެ. ނަމަވެސް އެންމެންގެ މޫނުމަތިންވެސް ހަހަޖެހުމުގެ ކުލަވަރު ދައްކަމުންދިޔައީ ދެން ތިބިމީހުން ހާސް ނުކުރަން […]