އިންތިޒާރު 50(ފަހުބައި) ނިދަން އުޅުނުކަމުގައިވިނމަވެސް ޒާޔާއަށް ނުނިދުނެވެ. އެކިހިޔާލުތަކުން އެހިތް އަދިވެސް އިތުރަށް މާޔޫސްވަނީއެވެ. ރުއިމަކަށް ހުއްޓުމެއްވެސް ނައެވެ. ގިސްޖެހޭއަޑު ރާއިންއަށް އިވޭކަމެއްވެސް އޭރު ހަނދާން ނެތީކަންނޭނގެއެވެ. ޒާޔާއާ ދިމާ ބަލަހައްޓައިގެން އިންކަމުގައިވިޔަސް ރާއިންއަށް ޒާޔާ ގާތަށް ދާން ފަސްޖެހެވުނެވެ. ކައިވެނީގެ ފަހުން ޒާޔާ އެގޮތަށް ރޯ މިއީ ފުރަތަމަފަހަރެވެ. ޒާޔާ މެއާލާ ބޮޑިކޮށްލަން ބޭނުންވިނަމަވެސް ޒާޔާ ހިތްހަމަ ނުޖެހިދާނެތީ އެގޮތަށް ކަންތައް ކުރާކަށް ނުކެރުނެވެ. ************* ހެނދުނު ރާއިން ހޭލިއިރުވެސް ޒާޔާ އޮތީ ނިދިފައެވެ. ސުކޫލަށް […]
އިންތިޒާރު 49 ޒާޔާ ސައިކަލަށް އަރާ ހަމަޖެހުމުން ރާއިން ދުއްވާލިއެވެ. ވަކި ތަނަކަށް ދާން ނޫޅެ ރާއިން މާލެ ވަށާބުރެއްޖަހާލިއެވެ. ޒާޔާ އެއްޗެކޭބުނޭތޯ އިނދެއިނދެ ނުބުނުމުން އެންމެފަހުން ރާއިން ހުޅުމާލޭ ފެރީޓާރމިނަލް އާ ދިމާއަށް މިޝްރާބު ބަދަލުކޮށްލިއެވެ. “ހުޅުމާލެއަށްތަ ދަނީ” ޓާރމިނަލް ކައިރިއަށް ސައިކަލުމަޑުކޮށްލުމުން ޒާޔާ ނާހަންއިނދެފައިވެސް އަހާލިއެވެ. ރާއިން މަޑުމަޑުން ހޫމް އަޅުވާލިއެވެ. ******************************* ހުޅުމާލެއަށް އާދެވުމުން ރާއިން މީހަކަށް ގުޅާލިއެވެ. އިރުކޮޅަކުން ދެމީހަކު ސައިކަލުގައި އައިސް ޓާރމިނަލް ކައިރީ މަޑުކޮށްލިއެވެ. އެތަނުން އެކަކު ރާއިންއަށް […]
އިންތިޒާރު 48 “އަހަރެން އެބެއް އެދުމެއް، ޒާ މިކަމަށް އެއްބަސް ވެއްޖިއްޔާ އަހަންނަށް ވަރަށް ރަނގަޅު” ކޮޓަރިއަށް ވަދެފައި ރާއިން ބުނެލިއެވެ. “އަހަރެން ކުރިންވެސް ބުނިންދޯ އަހަރެން ވަޒީފާއަށްދާން ބޭނުމޭ، ރާއިން އޭރުބުނީ އޯކޭއޭ، ދެން މިހާރު ނުބުނާތި ނުދާށޭ” ޒާޔާގެ ވާހަކަ ހުންނާނީ އެގޮތަށްކަން މާކުރިންވެސް ރާއިންއަށް އެނގެއެވެ. އެހެންވެ އެއާވިއްދާފައި އެއްވެސް އެއްޗެއް ނުބުނަން ނިންމައި އޭނަ ބޭނުންވާގޮތް ހާމަ ކުރިއެވެ. “ޒާ ސުކޫލަށް ގެންގޮސްދޭންށާ ބަލާ އަހަރެން ދާނަން، ނޫނީ މަންމަމެންނަށް ޝައްކުވާނެ، […]
އިންތިޒާރު 47 (ނޯޓް: ކުރިން އަޕްލޯޑް ކުރެވިފައިވާ ޕާރޓްގަ ބައެއް މަދުކޮށް އަޕްކުރެވިފައިުމުން 47 ވަނަ ޕާރޓް މިވަނީ އަލުން އަޕްލޯޑް ކުރެވިފަ) ޖެހިގެން އައި ދުވަހުގެ ހެދުނެވެ. ގޭގެ އެންމެން ތިބީ ސައިބޯށެވެ. ދެކެވެމުން ދިޔައީ ރޭގެ ޕާޓީގެ ވާހަކައެވެ. “ސޯ ހަނީމޫންއަށް ދާނެ ތަނެއް ފައިނަލް ވެއްޖެތަ؟” އެންމެންގެ ސަމާލުކަން ޝާންގެ ސުވާލަށް ހުއްޓުނެވެ. “ތަންކޮޅެއް ފަހުން ދޯދާނީ” ރާއިން ޒާޔާއަށް ދޯދެމުން ބުނެލިއެވެ. ރާއިންގެ ޖަވާބު އިވިފައި ޒާޔާ ހައިރާންވިއެވެ. އޭނަ ހީކުރީ އެންމެންނަށް އެދެމީހުންގެ ތެރޭގައި މައްސަލައެއް ނެތްކަން އަންގަންވެސް ރާއިން އަވަހަށް ދާނެ ކަމަށެވެ. ނަމަވެސް އެންމެންގެ […]
އިންތިޒާރު 46 “ޒާ ބޭނުމީ އެނބުރި ރާއްޖެދާން ޕްލީޒް، ދައްތަ ގާތު ބުނޭ އަހަރެންގެ ހިތަކު ނެތޭ އެއްވެސް ބުރަކަމެއް، ޕްލީޒް….” އިންގޮތަށް އިނދެ ޒާޔާ ބުނެލިއެވެ. “ޒާ ހަމަޖެހިބަލަ، އެއްފަހަރު ދައްތަކައިރިއަށް ދާން ހިނގާބަ، ދައްތަ ވަރަށްބަލި، އެހެންވެ މިއެދެނީ” “އެހެންވެގެންތަ ރާއިންވެސް އެއައީ އަހަރެންބަލާ، ދައްތަ ބަލިކަމުންތަ؟ ނޫނީ އަހަރެން ގެންދަން ބޭނުން ވެގެންތަ؟” “ތިބަހުސް ފަހުންވެސް ކުރެވިދާނެއްނު” ޒަޔާން ވިސްނަދޭފަދަގޮތަކަށް ބުނެލިއެވެ. ޒާޔާ އެންމެފަހުން ރުޅިމަޑުކޮށްފައި ދާން ރެޑީވިއެވެ. “ޒަޔާން މޫނަށް ކިހިނެތްވެފަ […]
އިރުއަރައިގެން އައިއިރު ރައިންހުރީ ފުރަންދާން ރެޑީވެގެނެވެ. އޭނަގެ ރައްޓެއްސަކު ގުޅާފައި ހަނިމާދުއަށް ދެވުމުން އޭނަ ރިސީވްކުރަން އަންނާނެ މީހާގެ ނަމާ ފޯނުނަންބަރު ކިޔައިދިނެވެ. އަދި ކެލާއަށް ދިއުމުގެ އިންތިޒާމްވެސް އޭނަ ހަމަޖައްސަދީފަ ވާނެކަމަށް ބުނެލިއެވެ. ގެއިން ނުކުތީއްސުރެ ރާއިންގެ ހިތުގެ ތެޅުން ހީވަނީ އަވަސްވެފައި ހުރިހެނެވެ. ޒާޔާކައިރިއަށް ގޮސްފައި ފުރަތަމަބުނާނީ ކީކޭބާއޭ ތަކުރާރުކޮށް ހިތާ ސުވާލުކުރިއެވެ. ނަމަވެސް އެހިތްވެސް ވަނީ މިއަދު ހިޔާލުތަކުން ފުރިފައެވެ. އާއިލާ އެކަކު ގަބޫލުނުވިނަމަވެސް މިފަހަރު ރާއިން ހުރީ ޒާޔާ ދޫކޮށްލާ ގޮތަކަށްނޫނެވެ. […]
އަޅުގަނޑުމެން މިއައީ ޒާޔާ ފުރުވާފަ، ޒާޔާބޭނުން ނުވީ އެއްވެސް މީހަކަށް އެނގެން، އޭނައަކަށް ނޭނގޭނެ ރޭގަވީ އެއްވެސްކަމެއް، އަޅުގަނޑު ނުބުނަން، މަމްއަށް އެނގޭނެ ޒާބޭނުންވާގޮތަށް އަޅުގަނޑު ކަންތައް ކޮށްދޭނެކަން، އޭނަ ބޭނުންވީ އެނބުރި ރާއްޖެދާން،” ޒަޔާން ދެރަވެފަހުރެ ބުނެލިއެވެ. “އެކަމަކު ޒަޔާންއަށް އޮތެންނު ޒާޔާ ހުއްޓުވަން ފުރުސަތު، ދެންކީއްވެގެން ޒާޔާ ނުހުއްޓުވީ، ރާއިންވެސް އެއޮންނަނީ ކޮޓަރީގަ، ގޮވީމަ އަނަގައިންވެސް ނުބުނޭ” ރާއިންއަށް ގޮވާގޮވާ ޚަބަރެއް ނުވުމުންވެސް ޔަޝްރާ ހުރީ ބޯގޮވާވަރުވެފައެވެ. ޒަޔާން ވިސްނަދިނީ އެވަގުތު އެހަށް ރާއިންއަށް […]
ޒަޔާން ކާރު މަޑުކޮށްލީ ގޭގޭ ދޮރުމައްޗަށެވެ. އޭރު އެންބިއުލާންސްވެސް އެތާގައި މަޑުކޮށްފައި އޮތެވެ. ކާރު މަޑުކޮށްލުމަށްފަހު ޔާނާ ފައިބަންދެން މަޑުވެސް ކޮށްނުލާ އޭނަ އެތެރެއަށް ދުއްވައިގެތެވެ. ޔާނާއަށް ހީވީ ޒަޔާންގެ މަންމައަށް ކަމެއްވީކަމަށެވެ. ނަމަވެސް ކާރުން ފޭބުމާއިއެކުހެން އޭނައަށް ފެނުނީ އެންބިއުލޭންސްއަށް އެރުވި ސަލްމާއެވެ. ވަގުތުން ވީކިހިނެތްކަން އޭނައަށް ނަގައިގަނެވުނެވެ. ޔާނާއަށް އަވަސްއަވަހަށް ދެވުނީ ޒަޔާންގެ މަންމަ ޔަޝްރާގާތަށެވެ. “ބޭބެ ގޮވާފަ ބުނީ ދައްތަ ފެއިންޓްވިވާހަކަ، އިތުރުއެއްޗެކޭ ނުބުނޭ، ޝީހޭވް ހާރޓް ޕްރޮބްލެމްސް، ނޯވަން ނޯސްއިޓް އެކްސެޕްޓް […]
“ޒަޔާން އަހަރެން މިތަނުން ގެންދޭ، މިހާރު މިވަގުތު އަހަރެން މިތަނުން ގެންދޭ ޕްލީޒް، އިތުރަކަށް އަހަންނަކަށް ކެތެއްނުވާނެ، ރާއިން….. ރާއިން ގާތު އަހަރެން އެދުނީ ހަމައެކަނި އަހަރެންދެކެ އެންމެ ފަހަރަކު ލޯބިވެޔޭ ބުނެދިނުމަށް، އެކަމް އޭނަ ނުބުނި، އައި ބެގްޑް ހިމް، ބަޓް ހީ ޑިޑިންޓް… އޯލް ހީސެޑްވޯޒް ހީއިޒް ގޮއިންގ ޓްމެރީހާ، ޒަޔާން ބުނީމެއްނު އޭނަ އަންނާނޭ، އޭނައަށް ނުބުނެވުނު އަހަރެންދެކެ ލޯބިވެޔޭވެސް…. ޕްލީޒް އަހަރެން މިތަނުން ގެންދޭ، އައި ބެގް ޔޫ، ޒަޔާން ބުނީމެއްނު […]