ޒީޝާ ކުއްލިއަކަށް ސިހުނީ ސަމާގެ ހަޅޭއްކުގެ އަޑަށެވެ. އަވަހަށް ގޭޓާ ދިމާލަށް ދުއްވައިގަތުނެވެ. ޒީޝާ ދިޔައިރު ސަމާ އޮތީ މަގަށް ވެއްޓިފައެވެ. އޭރު ފުދޭ ވަރަކަށް މީހުންވަނީ އެތަނަށް އެއްވެފައެވެ. ކަކުލުގައި އަތް އަޅައިގެން ސަމާ އޮތީ ނުތެދުވެވިފައެވެ. “ސަމާ ކިހިނެއް ތިހެދީ…އެއްވެސް ތާކަށް ތަދުވޭތަ..” ސަމާގެ ދެކޮނޑުގައި ހިފައި ނަގަމުން ޒީޝާ ސުވާލުކުރިއެވެ. “މާބަރަށް ނުބަލާ ނިކުންނަނިކޮށް ސައިކަލެއްގަ ޖެހުނީ..ކަކުލަށް ތަދުވަނީ..” ކަކުލުގައި އަޅައިގެން ހުރެ ސަމާ ބުނެލިއެވެ. “ލަސްނުކޮށް ހިނގާ ހޮސްޕިޓަލަށް..އޭރުން ކަކުލަށް ވީގޮތެއްވެސް […]
ކުޑަދޮރުގައި އަތް ވިއްދާލައިގެން އިން ރީމާގެ ނަޒަރު ހުއްޓިފައިވަނީ ބޭރުން ވެހުމުންދާ ބޯ ވާރޭއަށެވެ. ރޭ ފަތިހު ވެހެނު ވާރޭ އަދިވެސް ހުއްޓާ ނުލައެވެ. ފިނިފިނި ވައިރޯޅިތަކާއެކު ވެހުމުން ދިޔަ ވާރޭއެކު މުޅި ޖައްވުގައި ވަނީ ފިނި ހިފާލާފައެވެ. ޖެހޭ ފިނި ވައިރޯޅިތަކުން ރީމާގެ ހިތްތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްވަނީ ކުދި ކުދިވެފައެވެ. އެމައުސޫމް މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ. ރޮއެ ރޮއެ އެބޮޑު ދެލޯ ވަނީ ރަތްވެފައެވެ. މަޑު ފިޔާތޮށި […]
އަދި ޒީޝާގެ މޫނުގައި ހިފައި އޭނަގެ މޫނުއާ ކައިރިކޮށްލަމުން ޒީޝާގެ ދެތުންފަތުގައި ބޮސްދިނެވެ. ފާރަށް ތަތްކޮށްލަމުން ކަނދުރާގައި އަތް ހިފަހައްޓައިގެން ހުރެ އެ ތުންފަތުގައި ބޮސްދެމުންދިޔައެވެ. ދެމީހުންވެސް ސިހުނީ ޒީޝާގެ ފޯނު ރިންގްވުމުންނެވެ. ޒީޝާ ލަދުން ހުރެ ޒައިންގެ މޫނަށް ބަލައިލަމުން ފޯނު ނެގިއެވެ. “ދަރިފުޅާ..ކޮންތާކު..ހާދަ ލަސްވަނީ.. ދެން އުޅެ އަވަހަށް އަންނަން..” އެކޮޅުން ވާހަކަ ދެއްކީ ނާހިދާއެވެ. ލައްބައޭ ބުނެފައި ޒީޝާ ފޯނު ބޭއްވިއެވެ. ޒީޝާ ފޯނު ބޭއްވުމުން ގުޅީ ކާކުހޭ ޒައިން އަހާލިއެވެ. […]
ޒާރާ ބުނީ ތެދެކެވެ. ސައީދުއާއެކު އެހެން ފިރިހެނަކުވެސް ހުއްޓެވެ. އިސްކޮޅުން ދިގު ހަމުގެ ކުލަ ދޮން ފިރިހެނެކެވެ. ތުނިތުނިކޮށް ކޮށާލެވިފައިވާ ބުޅި އިސްތަށިކޮޅާއި މަޑުމުށި ކުލައަކަށްދާ ކަޅި، އެ މޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކަނޑު ނޫކުލައިގެ ޓީޝާޓް ގަޔަށް މެހިފައިވާއިރު އެއީ ކަސްރަތީ ޖާނުން ވަރުގަދަ ފިރިހެންވަންތަ ހަށިގަނޑެއްކަން ހާމަކޮށްދެއެވެ. ހުދުކުލައިގެ ޖިންސެއް ލެވިފައިވާއިރު ކޮނޑުގައި ބެކްޕެކެއް އަޅުވާލައިގެން ހުރީ އަންހެންކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ގޮތަކަށެވެ. އޭރު ސައީދު ނާހިދާއަށް ގޮވަމުންދެއެވެ. މަންމަވީ […]
ޒައިންއާ ޒީޝާ އައިސް ވަންތަން ފެނުމުން މިންހާ ދެމީހުންނަށް ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ވެސް ހުއްޓުނީ އެދިމާލަށެވެ ޒައިންއާ ޒީޝާ އައިސް ވަންތަން ފެނުމުން މިންހާ ދެމީހުންނަށް ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ވެސް ހުއްޓުނީ އެދިމާލަށެވެ. ތައްޓަށް ނޫޑްލްސް އަޅަން ހުރި ސަމާއަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. ލޮލުގައި އަޅައިގަތީ ގުޅިލާމެހިފައިވާ ދެމީހުންގެ އަތަށެވެ. ލިބުނު ސިހުމާއެކު އަތުގައި އޮތް ތަށި ނުވެއްޓުނީ ކިރިޔާއެވެ. ޒީޝާގެ އަތުގައި ހިފައިލައިގެން އެހުރީ އޭނާގެ ހިތް އެދިގޮވަމުންދާ ޒުވާނާއެވެ. ސަމާއަށް […]
ޒީޝާ ބޭނުންވީ ޒައިން ލައްވާ ވައުދުވާށެވެ. ” ޔެސް.. އަހަރެން ވައުދުވަން.. އަހަރެން ދިރިހުރިހާ ހިނދަކު ޒީއަކަށް ދެރައެއް ނުލިބޭނެ.. އައި ރިޔަލީ ލަވް ޔޫ ޒީ..” ޒީޝާ އަތުގައި ހިފާލަމުން ވަރަށް ލޯތްބާއެކު ޒައިން ބުނެލިއެވެ. “ޒޭން އެހާވެސް ލޯބިވޭތަ އަހަރެން ދެކެ؟” ޒައިންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ޒީޝާ އަހާލިއެވެ. “ވަރަށް ވަރަށް ލޯބިވޭ… ޒީއަށް އަހަރެން އިންތިޒާރު ކުރާތާ ހާދަ ދުވަހެއް ވެއްޖޭ… އައި އެމް ސޯ ހެޕީ.. ޒީ ތީ އަހަރެންގެ […]
ޒީޝާ އިނީ ގޯތިތެރޭ އެލުވާފައި ހުރި އުނދޯލީގައެވެ. މިހާރަކަށް އައިސް އޭނައަށް އަބަދު ވިސްނެނީ ޒައިންއާ ދޭތެރޭ ގައެވެ. މިރޭ ޒައިންއަށް ޖަވާބެއް ދޭން ނިންމިއެވެ. ޒައިން ރަށަށް ދިޔުމުގެ ކުރިން ކޮންމެވެސް ޖަވާބެއް ދޭން އޭނާ ނިންމިއެވެ. ޙިޔާލީ ދުނިޔެއިން ޒީޝާއަށް ނިކުމެވުނީ އިޝާނަމާދުގެ ބަންގީގެ އަޑަށެވެ. އުނދޯލިން ތެދުވެ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެ އަވަސްވެގަތީ ނަމާދު ކޮށްލާށެވެ. ވުޞޫ ކުރަން ފާހަނައަށް ވަންނަން އުޅެނިކޮށް ފޯނު ރިންގްވާ އަޑު އިވުނެވެ. […]
އާދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތަށް އެކި ކުލަގެނުވަމުންނެވެ. ޒީޝާ އުޅުނީ ބަދިގެ ތެރޭގައި ހެނދުނުގެ ސައި ހެދުމައިގެންނެވެ. އޭރު ނާހިދާ އިނީ ފިޔާ ކޮށާށެވެ. ހެނދުނުގެ ސަޔަށް ރޮށި ފިހަން ހުރި ޒީޝާއަށް ވިސްނެނީ ޒައިންއަށް ދޭނެ ޖަވާބަކާމެދުގައެވެ. ހަމަގައިމުސް ޒީޝާ ހިތް އެދޭ ފަދަ ސިފަތައް ޒައިންގެ ކިބައިގައި އެބަހުއްޓެވެ. ޒައިންގެ ހުންނަ މަޑުމައިތިރި ސިފައަކީ އޭނާ އަށް އެންމެ ކަމުދާ އެއް ސިފައެވެ. “ދަރިފުޅާ ޒީޝާ” ރޮށި ފިހަން ހުރި ޒީޝާ […]
ޒައިން ވާހަކަ ދައްކާ ނިމުނުއިރު ޒީޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒީޝާ އިނީ ހައިރާންކަމާއެކު ޒައިންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒައިން ދެންމެ ދެއްކި ވާހަކަ ގަބޫލުކުރަން ދަތިވެފައެވެ. “ޒީ… ހިތްހަމަ ނުޖެހުނީތަ؟.. ކޮންމެވެސް އެއްޗެއް ބުނެބަލަ..” ޒީޝާ އެއްވެސް އެއްޗެކޭ ނުބުނުމުން ޒައިން އަހާލިއެވެ. “އަހަރެން ވަކި ކީކޭ ބުނާނި ޒޭން.. އަހަރެން ދުވަހަކުވެސް ޒޭންއާ ދޭތެރޭ އެކަަހަލަ ގޮތަކަށް ނުވިސްނަން.. އަދި ހިޔެއް ނުކުރަން މިހެން ކަންތައް ވާނެކަމަކަށްވެސް.. ސްޓިލް އައި ކާންޓް ބިލީވް […]