މަންމަމެން ތިބީ ނިދާފައިކަމުން އެމީހުންނަށް ގޮވާ ހޭލައްވާކަށް ޖެސިކާ ބޭނުމެއް ނުވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތްތާ އިރުތަކެއްނުވެ ނިދިއްޖެއެވެ. 888
ޖެސިކާއަށް ހޭލެވުނީ ހެނދުނު ނުވައެއްޖަހާ ބޮޑުވި ފަހުންނެވެ. އަވަސްކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުތްއިރު މަންމަމެން ހާސްވެގެން އުޅޭތަން ފެނެއެވެ.
“ކިހިނެތްހޭ ވީ؟ ވެގެން އުޅޭގޮތެއް ނޭނގޭތަ؟ މިއުޅެނީ ޖެސިކާގެ އެއްމާބަނޑު ފްލޯރާ މަރުވެގެންނޭ.” ޖެސިކާމެންގެ މަންމަ ޑާނާ ހާސްވެފައި ހުރެ ބުންޏެވެ.
ޖެސިކާވެސް ހާސްކަމެއް މޫނަށް ވެރިކުރުވަމުން ކިހިނެތްވީ ކަމެއްހޭ އަހާލިއެވެ.
ޑާނާ ބުނި ގޮތުގައި މި ގޭގައި އުޅޭ ބޭބެއަކަށް ލިފްޓު ހުއްޓިފައި ހުއްޓާ ފެނުނީ މިއަދު ހައެއް ޖަހާކަށްހާއިރެވެ. ދެން ގޮސް ލިފްޓު ރަނގަޅުކުރުމަށްފަހު އެތެރެ ބެލިއިރު ފްލޯރާ އޮއްވާ ފެނިގެން އަވަހަށް މިބަޔަށް ފްލޯރާ ގެނައީކަމަށް ޑާނާ ބުންޏެވެ.
“ގެނައި އިރުވެސް އޭނަ ނޭވައެއް ނުލާ. މަގޭ ފްލޯރާ، ނޫން، މަގޭ ފްލޯރާ މަ ދޫކޮށްފައެއް ނުދާނެ.” ޑާނާއަށް ރޮވެން ފެށުނެވެ.
ފްލޯރާ ވަޅުލާފައި އައިސް ޑާނާ އިނީ ސޯފާގައި އަޑުން އަޑުނަގާ ރޯށެވެ. ފްލޯރާމެންގެ ބައްޕަ އަދި ޑާނާގެ ފިރިމީހާ ފިލިޕް، ޑާނާ ގާތު ހިތްވަރުދޭން އިނެވެ. އެދެމީހުންގެ ހަގު ދަރިފުޅު، އުމުރުން އެންމެ ނުވަ އަހަރުގެ ޖޮއާނާގެ މިސްރާބުހުރީ ދައްތަ، ޖެސިކާގެ ކޮޓަރިއާ ދިމާލަށެވެ.
“ޖެސް، ޖޮއޭއަށް އިނގޭ ކުރެވޭނެ އިހުސާސް. އެކަމަކު ކެތްތެރިވާންވާނެ.” ޖޮއާނާ ވާނުވާ ނޭނގޭ ހާލު، އެނދުގައި އޮތް ޖެސިކާ ގާތު ހުއްޓިހުރެ ބުންޏެވެ.
ޖެސިކާ ވީ ފޫހިން އަނެއް ފަރާތަށް އެނބުރުނެވެ. ޖޮއާނާ ހީކުރީ ރޮވެން ފެށުމުން އެކަރުނަތައް ނުދައްކަންވެގެން އަނެއްފަރާތަށް އެނބުރުނީ ކަމަށެވެ. އެހެންވެ، އޭނާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ޖެސިކާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
ޑާނާމެން ހީކުރީ ފްލޯރާ މަރުވީ ލިފްޓުގައި ތާށިވެ، ނޭވާ ހާސްވެގެން ކަމަށެވެ. މިކަން ވީ ކީއްވެތޯ، ކިހިނެއްތޯ ބަލާކަށްވެސް ޑާނާމެން ނޫޅުނެވެ. އެހުރިހާ ކަމެއް ބެލުމަށްވުރެ ބޮޑަށް ޑާނާ ހުރީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. ލޯބިވާ ފިރިމީހާ، ފިލިޕް ނެތްނަމަ އޭނަ ދުނިޔެއިން މޮޔަވާނެކަން ގައިމެވެ. ފުލުހުންނަށް ނޭންގީވެސް އެހެންވެއެވެ.
ގަޑިން ދިހަގަޑި ބައިވެ ބޮޑުވަނީއެވެ. ވެހެމުންދިޔަ ވާރެއަށް އެއްވެސް ބަދަލެއް ނާދެއެވެ. ރިސެޕްޝަން މޭޒުމަތީ ބޯއަޅައިލައިގެން އޮއްވާ ނިދިފައި އޮތް މޭރީއަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. މީހަކު އޭނާގެ ބޮލުގައި ކޮށްޓައިލިހެން ހީވިއެވެ. ނަމަވެސް އެތާ އިތުރު މީހަކު ނެތުމުން އެއްލި ކަޅީގައި ގަޑިން ވީވަރު ފެނުމުން އެފެހިކުލައިގެ ދެލޯ ބޮޑުކޮށްލެވުނެވެ.
ރިސެޕްޝަނުން ބޭރަށް ނިކުތްއިރު ހިޔާކޮށްފައިހުރި ބައިގައި ފާރަވެރިޔާ، އެންތޯނީވެސް ގޮނޑިއެއްގައި ތާއްޔާޖެހިފައި އިނެވެ. މޭރީ ދެތިން ފަހަރަކު ގޮވާލުމުންވެސް ހޭނުލުމުން އެންތޯނީގެ ތަލަބޮލުގައި ކޮށްޓާލިއެވެ. މަޑުމަޑުން ދެލޯ ހުޅުވާލައިފައި އަނެއްކާވެސް ދެލޯ ތަގުޅިކޮށްލައިފިއެވެ. މޭރީވެސް ހުރީ ވަރަށް ނިދިއައިސްފައި ކަމުން އެކަމާ އަޅާނުލާ ގޭޓުން ނިކުމެގެން ހިނގައްޖެއެވެ.
މިހާރު އޭނާގެ ފިރިމީހާ ރިޗަރޑް ހުންނާނީ ރުޅިއައިސްފައެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ އޭނާއަކީ އެއްއަހަރުގެ ކުއްޖެއްގެ މަންމައެކެވެ.
ހެނދުނު އަށެއް ޖަހަނީއެވެ. ރޭ މާ އަރާމުކޮށް ނިދަން އޮވެފައި އެޑެމަށް ހޭލެވުނީ ސްކޫލަށް ދާން ފަނަރަ މިނެޓަށް ވެފައި ހުއްޓައެވެ. އިސްޓާކީނު ނުފެނިގެން ތެޅެމުން ފޮޅެމުން ކޮޓަރިން ނިކުތެވެ.
“މަންމާ، ކޮބާތަ މަގޭ އިސްޓާކީނު؟” އެޑެމް ގޮވާލިއެވެ.
“ތަސައްރަފު ފުދިފަ ހުރި މިހިރަ ބޮޑު ފިރިހެނާގެ ކުނި އިސްޓާކީނުވެސް ހޯދަން މިޖެހެނީ އަމަޔަށްދޯ.” ބަދިގެތެރޭގައި ސައިގިރަން ހުރި އޭނާގެ މަންމަ، ލީނާގެ ޖަވާބަކަށްވީ މިއެވެ.
“ދެން މަންމާ، މަ ގަޑި ޖެހެނީއޭ.” އެޑެމް އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ކެމިސްޓްރީ ގަޑިއެވެ. މުދައްރިސް ނޫހު ހުންނެވީ ބޯޑުގައި ފިލާވަޅު ލިޔުއްވާށެވެ.
“ކޮބާތަ އެޑެމް؟” ތޯމަސް ވައިއަޑަކުން އޭނައާ ޖެހިގެން އިން ޖޭޑެން ގާތު އަހާލިއެވެ.
“ނޭނގެ، ޖެސިކާއެއްވެސް ނާދެ، އެދެމީހުން މާފޮޅުވަން ގޭގަ ތިބީ ކަންނޭނގެ.” ޖޭޑެން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
އެހިނދު، އެޑެމް އައިސް ދޮރު ކުރިމައްޗަށް ހުއްޓުނެވެ. އެންމެން ޕަކަޕަކަ ލާފައި ހޭންފެއްޓިއެވެ. ހިސާބަކަށް ހައިރާންވެފައި ހުރެ އެޑެމް އެކްސިއުޒް މީ އޭ ބުނެލިއެވެ.
“އެޑެމް، ތީ މިސްކޫލް ކެޕްޓަން. ސަރއަށް ހީވަނީ ޔުނީފޯރމް ތިހިރީ އަދި ފުރިހަމަ ނުވެހެން.” ނޫހު ސަރ ބުނުއްވިއެވެ.
އެވަގުތު އެޑެމް އޭނާގެ ގަޔަށް ފަރުވާތެރިކަމާއެކީ ބަލާލިއެވެ. އަމައްޔާތްއެވެ. ކަމަކުދާކަށް ނެތެވެ. މިއާދެވުނީ ބެލްޓު ނާޅައެވެ. އިސްޓާކީނު ނުލާހުރިކަން ނުދައްކަންވެގެން ގަދަފެހިކުލައިގެ ބޯ ފަޓުލޫނު ތިރިކޮށްލިއެވެ.
“ސޮރީ، ސަރ އަޅުގަނޑު ހަނދާން ނެތުނީ.” އެޑެމްގެ ދޮން މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ.
“ނޫން، މަޢާފެއް ނުދެވޭނެ. ދޭ ގެއަށް ގޮސް ބެލްޓު އަޅައިގެން އަންނަން. ތައްޔާރުވަނީ ނިދާފަ ހުރެތަ؟ ގައިމު ލޯގަނޑުން މީހާ ބަލާއިރު އެއްޗެއް މަދިއްޔާ އެނގޭނެ ކަންނޭނގެ.” ނޫހު ސަރ ހަށަން ބަނދެލިއެވެ.
ވީ ފޫހިންނާއި ދެރައިން، އެޑެމް އަނބުރާ ގެއަށް ދާން ހިނގައިގަތެވެ.
27 Comments!
Comments are closed.
Yey me first… thankolheh kuru ekm ok dhn..waitin for nxt prt..
Kurumakamun dw
Maaaaa kuryy. Ekm vs reethi…..
salhi..but english names hureyma kuda koh foohi
E fehi kulaige dhelo. V ma v alhaiganey. Bodah ran’galhu vaany fehi kulaige e dhelo iniya. Hope you’ll make it better next time. N the story’s great. Very interesting
Shukuriyya thi dhehvi khiyaalahtakaa
Kiyuntherinnah faharehga olhi dhaane kanneyge.
Fuluhunnah nengy vex ehenve eve. e hisaabah ey maazee igey. ey 2nd part ga jessica ge vashaigen khiyaalthah eburunehnu dhoa. dhen maazee ey ehen seedha jehumuge badhaluga innaanee rogu bari akun maazee fashaafa. ehenve kiyuntherinnah olhidhaane kamahtakaa mi vaahaka dhannavaaly. No Hard Feelings.
Dhen mi bai kuruvi kamahtakaa nihaayathah maafah edhen.
Next part dhigukoh genesdhehchey plx… whn nxt prt???
Dhen balaany dhoa. Iraadhakurehviyya maadhamaa.
Nice
V rythi vaahaka eh……
Reethi ekam kuru
ibaaraikurun ehaa furihamaen noon…..example“ކިހިނެތްހޭ ވީ؟ ވެގެން އުޅޭގޮތެއް ނޭނގޭތަ؟ މިއުޅެނީ ޖެސިކާގެ އެއްމާބަނޑު ފްލޯރާ މަރުވެގެންނޭ.” ޖެސިކާމެންގެ މަންމަ ޑާނާ ހާސްވެފައި ހުރެ ބުންޏެވެ.
mitankolhu miahvure ragaru kurevidhaane….jesikaage kokko noony eeynaage nanlynama iturah furihama vys…….btw vaahaka ragalhu
Aa alhugandah ves heevey e gothah liyuneema ehaa reethi noonhen . dhen jessica ah ves egeyne dhoa nubunyas ey jessica ge emmaabadu kuhjeh kan. Visnaa nulaa liyevifa einee. Shukuriyya thi gothah faahaga kohdhineema. Kuriah oi thaaga ves vaahakaige kuhthah faahaga kohdhinun edhen.
Shukuriyya thi dhehvaa ehbaarulumahtakaa
Vaahaka kiyaa hurihaa kudhinaashaa vaahaka ah comment kuraa hurihaa kudhinnah v ikhlaastherikamaa eky shukuru dhannavan.
Mibaivex v reethi author…. ekam haadha dhivehi bahah molhu author ekey… haadha maaeh koshey dhw thi tok kuranee… v hevey dhen iklaastherikamaa eku shukuriyya ey buneema…. but i think its the gud vey right… 🙂 ey author u can tell me a name so all ur readers can call u as a nick name….i hav already wrote a comment in this stories 2nd prt something to the author n readers as a reply to the author’s comment…. anyways v v v interesting…. v molhu idea eh… 😉 gud luck
HeHe Everyone can call me “Dimple”. e nan kihineh vaane? Okay nooniyya ehen nameh ikhthiyaaru kuran jeheyny..
Konirakun 4th prt??
Adhi eh vaahaka, huthuru bahun comment nukurun edhen. Shukuriyya
Yap author ur right… shabee nubehunee ehen meehhehge comment eh v ma… author dimple innaatheetha dimple kiyanthibunee?? Ok dimple dhen kiyaanee… ok ehnun??
Dimple r u a girl or a boy… u think ur a girl… kithah aharu??
I think ur a girl… hama ahaalee ingey… vaahaka reethi v ma faharehga kuda kujjeh vex liuefaane ehneve… n mithaa hadi ehchehi baeh meehun liyefa hureema age balaalaa hiyy v… hiyy hama nujeheynama sorry… 🙂
hahaha.. shabee aslu heekuree boy eh kamah.. dhn keekey bunaany
Hehehe, aadhe alhuganduge idhey dimple eh. Alhugandaky anhenkuhjeh. Seedha umuru haama kuraakah beynumeh noon. Ekamaku furaavaruge kuhjekey bunaany..
Nan than dhivehi kohllaba
haadha kurey
Vaahaka liyaa kuhjaayakee vx beyru kuhjjeh tha? Dimple??