ސައިޑް ޓޭބަލް މަތީގައި ފޯނު ބޭއްވި އިރު އޭނަގެ އަތްފައި ވަނީ ފިނިވެފައެވެ. މިރޭވެސް އޭނާގެ ހުވަފެންތަކުގެ ތެރެއަށް ބިރުވެރިކަން ފާއްދާލާނެއެވެ. އެވަރަށް އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. **** ހެނދުނު ހައެއް ނުޖެހި ކަމުގައި ވިޔަސް ގޭތެރެ ފެންނަނީ ހަލަބޮލިކޮށެވެ. އޮފީހަށް ދިޔުމައްޓަކައި އެއްބަޔަކު ތައްޔާރު ވަމުން ދިޔައެވެ. އަނެއްބަޔަކު އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައެވެ. އޮފީހަށްދާން ތައްޔާރުވެގެން އަހުނަފް އޭނާގެ ކޮޓަރިން ނިކުތީ ފޯނަށް ގެއްލިފައި ހުރެގެންނެވެ. ބަދިގެ ތެރެއިން މަންމަ ގޮވާލުމުން […]
ޒައިން ވާހަކަ ދައްކާ ނިމުނުއިރު ޒީޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒީޝާ އިނީ ހައިރާންކަމާއެކު ޒައިންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒައިން ދެންމެ ދެއްކި ވާހަކަ ގަބޫލުކުރަން ދަތިވެފައެވެ. “ޒީ… ހިތްހަމަ ނުޖެހުނީތަ؟.. ކޮންމެވެސް އެއްޗެއް ބުނެބަލަ..” ޒީޝާ އެއްވެސް އެއްޗެކޭ ނުބުނުމުން ޒައިން އަހާލިއެވެ. “އަހަރެން ވަކި ކީކޭ ބުނާނި ޒޭން.. އަހަރެން ދުވަހަކުވެސް ޒޭންއާ ދޭތެރޭ އެކަަހަލަ ގޮތަކަށް ނުވިސްނަން.. އަދި ހިޔެއް ނުކުރަން މިހެން ކަންތައް ވާނެކަމަކަށްވެސް.. ސްޓިލް އައި ކާންޓް ބިލީވް […]
އިޝާނަމާދުކޮށް އަވަދިވެގެން އަލްމާޝް މައްޗަށް ދެއަތް ނަގާ ދުޢާ ކުރިއެވެ.ލިބެން އުޅޭ ދަރިފުޅަށްޓަކައެވެ. ދުނިޔޭގައިވާހާ ލޯތްބެއްދީގެން އެންމެ ކުޑަދުވަހުން ފެށިގެން އެންމެ ލޯތްބެއްވެސް އުނި ނުކޮށް އެތައް ގުރުބާންތަކެއްވި މައިންބަފައިންނާއި ދެތަން ނުކުރަށްވާތޯ ރޮއެފާ ދުޢާ ކުރިއެވެ. ނަމާދު ބުރުގާ ގެންގޮސް ކޮނޑެއްގައި އަޅުވާލިއެވެ. އެއީ އަލްމާޝްގެ އަބަދުގެވެސް އާދައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނީ ބޮޑުވަމުން އަންނަ ބަނޑަށް ބަލާލުމަށެވެ. ބޮޑުވަމުން އަންނަ ބަނޑާ އެއްވަރަށް އަލްމާޝްގެ ދެކޯ ވެސް ފުއްޕާފައި ވާކަން އަލްމާޝް ފާހަގަކުރިއެވެ. އަލަމާރި […]
އަހަރެން ސައިކަލަށް އަރާ ސްޓާޓްކޮށްލަނިކޮށް ފޯނަށް މިސްކޯލެއް އައެވެ. ބަލާލިއިރު، ގުޅާފައި އިނީ ޝުދޫއެވެ. ” ހާދަ ނުވަގުތެއްގަ ތިގުޅީ؟” އަހަރެން އަވަހަށް ގުޅުމަށްފަހު އަނހާލީމެވެ. ” ދެން ހަމަ އުދަނގޫ ކޮށްލާހިތުން މިގުޅީ؟” ޝުދޫ ހިނިގަނޑެއް ޖަހާލިއެވެ. ” އަދިވެސް އަހަންނަށް އުދަނގޫކުރަނީދޯ. މިހިތުގަ ހާދަ އެބަރިހޭ؟” އަހަރެން ބުނީމެވެ. ” ތިހެން ރިހޭ ހުރިހާ ހިތެއްގެ ރިހުން އަހަންނަކަށް ނުފިލުވޭނެ. އޭ ދެން ބާއި. މިހާރު މާލެދާން ހަތްދުވަހަށްވަނީ. ޔިއްޕީ. ޔިއްޕީ. މާލެދެވެނީ..” ޝުދޫ […]
މަންމަ ގާތު ޒައިންއާއެކުގައި ބޭރަށް ދަނިއޭ ބުނެފައި ނިކުތެވެ. ޒީޝާ ފެނުމުން ޒައިން އަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ ބަލާށެވެ. އެއީ ހަމަ ޒީޝާބާއެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކުރު ހެދުމެއްގައި ޒައިން އަށް ޒީޝާ ފެނިފައެއް ނުވެއެވެ. ޒީޝާވެސް ޒައިންއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އެހިސާބުގައި ހުރި ޓްރެފިކް ލައިޓްތަކުގެ ރަތް އަލީގެ ތެރޭގައި ޒައިން ފުނުނުގޮތް ޒީޝާއަށް ނުހަނު ހިތް ގައިމުވިއެވެ. މުށި ކުލައިގެ ޖިންސަކާއި ކަޅުކުލައިގެ އަތްދިގު ގަމީހުގައި ޒައިން ފެންނަނީ […]
ޔޫ ހޭވް ޗޭންޖްޑް، ދޮންތާ.” އަފްރީން ބުނެލިއެވެ. ނަޞްރާއަށް އަފްރީންގެ އެވާހަކައަށް އެއްޗެކޭ ނުބުނެވެނީސް އަފްރީން އޭނައަށް ފަސްދީފައި އިސްތަށިގަނޑުގައި ގޮށެއް ޖަހަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާ ފުން ނޭވައެއް ދޫކޮއްލަމުން އެނދުގައި އިށީނެވެ. އެވަގުތުކޮޅަށްފަހު މުޅި ދުވަހު ނަޞްރާއާއި އަފްރީން އާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. ނަޞްރާ ނަމާދަށް އަންނާށޭ ބުނީމަ އަފްރީން އަޔަސް ނަމާދު ނިމުމާއެކީ ނަޞްރާއަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްނުދީ އޭނަ ދަނީއެވެ. އަފްރީން މުޅި ދުވަހުހެން އުޅުނީ […]
” ހަމަ އަސްލުވެސް އަހަންނަށް ޝުދޫ ދެކެ ވަރަށް ލޯބި ވެވިއްޖެ. ނުފެނުނަސް، ބައްދަލުނުވިޔަސް، އަހަންނަށް ބައެއް ފަހަރު ހީވަނީ ޝުދޫއާއިއެކު އުޅެވޭހެން.” އަހަރެން އަސަރާއިއެކު ބުނީމެވެ. ” ލޯތްބަކީ މިދުނިޔޭގައި އަހަރެން ދުވަހަކުވެސް ޤަބޫލުކުރާނެ އެއްޗެއްނޫން.” ޝުދޫ އާދައިގެ ގޮތަކަށް ބުނެލިއެވެ. ” ތިހެން ބުނަން ހެޔޮވެސް ނުވާނެ. ކޮންމެވެސް އެއް ދުވަހަކުން ޝުދޫގެ ހިތުގައި މީހަކަށް ލޯބި އުފެދުމުން، އަހަރެން މިބުނާ ބަސް ހިތަށް އަރާނެ. އޭރު އޮންނަނީ ވަގުތުފާއިތުވެފަ.” އަހަރެން ޝުދޫއަށް ވިސްނައިދޭން […]
އަދިވެސް ޒައިން ހުރީ ޒީޝާގެ އަތުގައި ހިފައްޓައިލަގެންނެވެ. ޒައިން ޒީޝާގެ އަތުން ދޫކޮށްލީ ދެވަނަ ފަހަރަށް ދޫކޮށްލާށޭ ޒީޝާ ބުނުމުންނެވެ. އޭރު ޒީޝާގެ މޫނުމަތިން ނުރުހުންވެފައި ހުރިކަން އެނގެއެވެ. “ސޮރީ ޒީ.. އަސްލު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ޒީ ގާތު..” އިސްޖައިހާލައިގެން ހުރެ ޒައިން ވާހަކަ ދެއްކިއެވެ. ޒީޝާ އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުރީއެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޒައިން އޭނާގެ ކުރިމަތިން ދިއުމަށެވެ. “ޒީ އަޅެ އެއްޗެކޭ ބުނެބަލަ” […]
މާކިން ގެއަށް ދޫކޮއްލެވުނީ އޭގެ ހަފްތާއެއް ވަރުފަހުންނެވެ. ނަމަވެސް އަދި ހިނގުމަށް އުނދަގޫ ވާތީ އޭނާ ގިނައިރު އޮންނަނީ އެނދުގައެވެ. އަދި އިނާރާ މަތީ ބަޔަށް ބަދަލުވެ މާކިންއަށް އެހީތެރިވެ ދިނުމުގައި އުޅެއެވެ. އާދައިގެ މަތިން ހެނދުނު މާކިން ގޮވައިގެން އިނާރާ ކާގެއަށް ނިކުތީ ސައިދޭންށެވެ. އިނާރާގެ ކޮނޑުގައި އަތް ބާއްވާލައިގެން މަޑު ހިނގުމެއްގައި އައި މާކިން ހުރީ ހިތްހަމަޖެހިފައެވެ. މި ދުވަސްކޮޅު އޭނާ ނިދަނީވެސް އިނާރާ ކައިރީ އެކޮޓަރީގައެވެ. “ކޮބާ ޒެރީން؟” ސައިބޯން އިން މާކިން […]