އިންތިޒާރު 39
ޝާންއަށް ހުރިހާ ވާހަކައެއް ކިޔާދީނިމުމުން އާޔަންއަށްވެސް ޒާޔާއާއި ރާއިންއާ ދެމެދު އައިސްފައިވާ ހުރަހުގެ ވާހަކަ ކިޔާދިނެވެ. ޝާން އެންމެންނަށްވެސް އެންގީ އެކަން އިތުރުމީހަކަށް ނާންގާ އަދި މަޑޫކުރުމަށެވެ. ޔާސިރުގެ ފަރާތުން އަންނަ ބަދަލަކާ ގުޅިގެން ދެން އިތުރަށް ވާހަކަ ދައްކާށެވެ.
އާޔަންވެސް ނޫރާކައިރީގައި އިތުރަށް ނުވިސްނަން ބުނަމުން އެރެއަށް އަލްވަދާއު ކިޔާލިއެވެ. ނުބުނިކަމުގައިވިނަމަވެސް އެންމެން ތިބީ ޔާސިރުއަށް ހުރިހާކަމެއް އެނގުމުގެ ސަބަބުން ހާސްވެފައެވެ. ނަމަވެސް އެންމެންގެ މޫނުމަތިންވެސް ހަހަޖެހުމުގެ ކުލަވަރު ދައްކަމުންދިޔައީ ދެން ތިބިމީހުން ހާސް ނުކުރަން ވެގެންނެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނު ޔާސިރު ކޮޓަރިން ސައިބޯންވެސް ނުނިކުމެއެވެ. ބޮލުގައި ރިއްސަނީކަމުގައި ބުނުމުން ސަލްމާ އޭނައަށް ސައިގެންގޮސްދިނީވެސް ކޮޓަރިއަށެވެ. ނޫރާއާއި ސަނާ، ނާޔާއަދި ޝާން ތިބީ ސަލްމާގެ ފަރާތުން އެއްވެސް ކަހަލަ އިތުރު ބަދަލެއް ފެނޭތޯ ބަލަބަލައެވެ. ނަމަވެސް އޭނަ އުޅުނުގޮތުން ރޭގައި ޔާސިރުއަށް އަޑުއިވުނު ކަންތަކުގެ އެއްވެސް ވާހަކައެއް ކިޔައިދިންހެނެއް ހިޔެއްނުވެއެވެ. ދެން އެމީހުން ބަލަންފެށީ ރާއިންއަށެވެ. ރާއިން ތިރިއަށް ފޭބީ އެހެން މީހުންނަށްވުރެ ތަންކޮޅެއް ލަހުންނެވެ.
“އެންމެން ކީއްވެގެންތަ ފާޑަކަށްތިބަލަނީ، އަހަރެންގެ މޫނުގަ އެއްޗެއް ހުރީތަ…” އެހަތަރުމީހުން އެއްޗެކޭ ނުބުނެ އިރުއިރުކޮޅާ ބަލާތީވެގެން ރާއިންއަށް ނުހުރެވިގެން އެންމެފަހުން އަހާލިއެވެ. އޮޅުވާލާފައި އަވަހަށް އެމީހަކު އެމީހެއްގެ ކަމުގައި އުޅެން ފެށިއެވެ. ސައިބޮއޮނިމިގެން އެންމެންވެސް އުޅެންފެށީ ޖެހިގެން އޮތްދުވަހުގައި އޮންނަ ނޫރާގެ ކައިވެނީގެ ތައްޔާރީތައް ވުމުގައެވެ. އެހެންދުވަސްދުވަހާ ހިލާފަށް މިއަދު ޔާނާ ހުންނަނީ ނެގިމަޑުވެފައެވެ. މުޅިދުވަހުހެން އުޅުނީ ޒަޔާންގެ ކުރިމައްޗަށް ނާރަވޭތޯއެވެ. ޒަޔާންއަށްވެސް އެކަން ފާހަގަވިއެވެ. ނަމަވެސް އަޅާނުލާ ހުރީއެވެ. ރާއިންއަދި ސަލްމާގާތުގައިވެސް ރޭގައިވީކަންތަކުގެ ވާހަކަ ކިޔާދީފައިނުވާކަން އެނގުމުން އެވާހަކަ ޒަޔާންގާތުގައިވެސް ޝާން ކިޔާދިނެވެ. އަދި ހާސްވާންވީ އެއްވެސް ކަމެއް އަދި ނެތްކަމުގައި ބުނެލިއެވެ.
އެންމެންނަށް ނިދަން ތިބެވުނީވެސް ފުދޭވަރަކަށް ލަސްވިފަހުންނެވެ. އެނދުގައި އޮށުއޮވެލައިގެން ނިތްމަތީގައި އަތްބާއްވާލައިގެން އޮތް ޔާސިރުގެ ސިކުނޑީގައި ވަނީ ހައިޖާނު ބޮޑުވެފައެވެ. އޭނައަށްޓަކާ އޭނަގެ ދަރިފުޅު އެއުޅުނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ މިހުރިހާދުވަސް ވީއިރުގައިވެސް ޒާޔާ ދުރުކޮށްފައި އެބަހައްޓަނީ އެންމެ ސަބަބަކަށްޓަކައެވެ. ރާއިންއާއި ވާހަކަ ދައްކަން ބޭނުންވިކަމުގައި ވިނަމަވެސް ވާހަކަ ދައްކާނީ ކިހިނެތްހެއްޔެވެ؟ އެހިތްވަރެއް މިއަދަކު އޭނަގަޔަކު ނެތެވެ. ނަމަވެސް އަވަސް މުއްދަތެއްގައި އޭނަ ފިޔަވަޅެއް ނާޅައިފިނަމަ ޔާނާއާއި ރާއިންގެ ކައިވެނި ކުރެވޭނެއޭ އޭނަ ހިތާހިތުން ކިޔާލިއެވެ. މުޅިއުމުރުވެސް އޭރުން ރާއިން ހުންނާނީ ދިރިއުޅުމުގެ ފުރިހަމަ އުފާ ނުލިބިއެވެ. ނަމަވެސް ރާއިން އެއްފަހަރުވެސް އޭނަ ގާތުގައި ޒާޔާދެކެ ލޯބިވާކަން ނުބުނުމުން އެކަމާ ދެރަވިއެވެ. ރަނގަޅު ތެދުވެރި ދަރިއަކަށް ވެވޭނީ އެހާވަރަށް ކަންނޭނެގެއެވެ.
“ކޮންކަމަކާ ފިކުރުބޮޑުވެފަ، އަދިވެސް ބޮލުގަ ރިއްސާތަ…” ހިޔާލުތަކުން ޔާސިރުއަށް ބޭރަށް އާދެވުނީ ސަލްމާގެ ސުވާލުންނެވެ. ނިދާލީމަ ރަނގަޅުވާނެކަމަށް ބުނަމުން އަނެއްފަރާތަށް އެނބުރި އޮށުއޮތީ ސަލްމާގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތި ވެދާނެތީއެވެ. ނަމަވެސް އޭނަ ހީކުރި ގޮތަކަށް ނުވިއެވެ. ސަލްމާގެ ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. “އަހަންނަށް އެނގޭ ކޮންމެވެސް ކަމަކާ ފިކުރު ކުރަނީކަން، ނުބުނާނަންތަ، ޒާޔާއާމެދު ފިކުރުކުރަނީތަ” ސަލްމާ އެހީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. “ޒާޔާއަކީ އަހަރެންގެ…”
“އަހަންނަށް އެނގެއޭ ޒާޔާއަކީ ޔާސިރުގެ ދަރިއެއްކަން، އެކަމަކު އޭނަ ބޭނުންވާގޮތަށް ކަންތައް ކުރަން ދޫކޮށްލަބަލަ، އޭނަ އެހުރީ އުފަލުގަ، ދެން ކޮންމެހެން ކީއްކުރަންތަ ތިވަރަކަށް ވިސްނަންވީ…” ޔާސިރު ބުނަން އުޅުނު ޖުމްލަ ނުނިމެނީސް ސަލްމާ ޖަވާބުދިނެވެ. ނަމަވެސް ޔާސިރު އުޅުނީ ވިސްނާލާފައި އެގަޑީގައި ހަގީގަތް ހާމަ ކުރާށެވެ. ޒާޔާއަކީ އޭނަގެ ދަރިއެއް ނޫންކަން އަންގަދޭށެވެ. ނަމަވެސް ޒާޔާގެ ނަން އިވޭއިރަށް ސަލްމާ އިތުރަށް އެވާހަކަ އަޑުއަހަންވެސް ބޭނުން ނުވީއެވެ. ރަޖާއަޅައިގެން ސަލްމާ ނިދަން އޮށުއޮތުމުން ދެން އެވާހަކަ ފަހަށް ދައްކަން ޔާސިރުވެސް ނިންމިއެވެ.
“ކޮންވާހަކައެއް ދައްކަންތަ ޒަޔާން މިހާލަހުން ތިގުޅަނީ….”ކޮޓަރީގެ ދޮރު ހުޅުވާލަމުން ކުރިމަތީގައި ހުރި ޒަޔާންއާ ޒާޔާ ސުވާލުކޮށްލިއެވެ. ނަމަވެސް ހިމޭންކަން އިހުތިޔާރުކުރަމުން ޒަޔާން ކޮޓަރިތެރެއަށް ވަނެވެ. ދޮރުފަތް ލައްޕާލަމުން ޒާޔާވެސް އެތެރެއަށް ހިނގައިގަތެވެ. އަދި އަނެއްކާވެސް ޒަޔާންއާ ސުވާލުކޮށްލިއެވެ.
“ޒާޔާ ދެން މުޅި އުމުރަށްވެސް ތިހެންތަ އުޅޭނީ…” ޒަޔާންގެ ފަރާތުން ކުރިމަތިވި ސުވާލުން ޒާޔާގެ މޫނެގެ ކުލަވަރު ބަދަލުވިއެވެ.
“ތިވާހަކަ ދައްކަންތަ، ޒަޔާން ތިވަރަކުން ތި ގުޅަނީ… އަހަރެން ނިންމާފަ އޮތްގޮތް ޒަޔާންއަށް އެނގޭނެ… ދެން ކީއްކުރަން އިތުރަށް ތިވާހަކަ ދައްކަންވީ”
“އަހަރެން ހިތްހަމައެއް ނުޖެހޭ، އަހަރެން ބޭނުމެއްވެސް ނޫން ޒާޔާ އުމުރަށް ތިގޮތަށް އުޅޭކަށް، އަހަރެން ބުނާގޮތަށް އެންމެފަހަރަކު ކަންތައް ކުރާނަންތަ؟”
“ޒަޔާންއަށް އެނގޭނެ އަހަންނަކަށް އެހެންމީހެއްދެކެ ލޯތްބެއް ނުވެވޭނެކަން، އައި ޓްރައިޑް އެކަމް ނުވިއެއްނު، އަހަރެން ބޭނުމެއް ނޫން ޒަޔާންގެ ދިރިއުޅުން ބޭކާރު ކޮށްލާކަށް، ޒަޔާންވެސް ތިހުންނަނީނުން މީހަކާ ނީންނަން،” ޒަޔާން ބުނަން އުޅުނު އެއްޗެއްގެ މާނަ ޒާޔާއަށް ނެގުނީ ގޯސްކޮށެވެ. ވާހަކަ ދެއްކުނީ ހިތްހަމަނުޖެހިފައި ހުރެއެވެ.
“ޒާ… އަހަރެން ނުބުނަމޭ އަހަންނާ އިންނާށެކޭ، އަހަރެން މިބުނީ އަހަރެން ބުނާގޮތެއް އެންމެފަހަރަކު ހަދާދީފާނަންހެއްޔޭ؟ އެން ޒާޔާ މީހަކާ އިންނާނެ ދުވަސްއެއީ އަހަރެންވެސް ދިރިއުޅުމައިގެން ކުރިއަށް ދާނެ ދުވަސް..”
“ދެން ކޮންގޮތަކަށް ކަންތައް ކުރާށޭ ތިބުނަނީ…. ހައިރާންވެފަ ހުރެ ޒާޔާ ސުވާލުކުރިއެވެ.
“ވައުދުވޭ އަހަރެން އެދޭގޮތަށް ކަންތައް ކުރާނަންކަން….” ޒާޔާއަށް އަތްތިލަ ހުޅުވާލަމުން ޒަޔާން ބުންޏެވެ. ޒާޔާއެދުނީ ވައުދުނުވިޔަސް ބުނުމަށެވެ. ނަމަވެސް ޒަޔާން ކުރުނުކުރުމުން އެންމެފަހުން ޖެހުނީ ވައުދުވާށެވެ. ޒަޔާން އޭނަ ބޭނުންވާގޮތް ކިޔާދިނުމުން ޒާޔާހުރީ ޒަޔާން އެކުރަން އުޅޭކަންތައް ނުވިސްނިފައެވެ.
“ޒަޔާން ހަމަހޭގަތަ ތިހުރީ، ތިދައްކަނީ މިހުރިހާދުވަހު އަހަރެން ކަންތައްކުރި ގޮތާ މުޅިން އިދިކޮޅަށް ހުރިހާކަމެއް ކުރަން….”
“ނޯ، ޖަސް ޓޯކްޓްހިމް ވަންސް، ޓެލްހިމް ހައުމަޗް ޔޫލަވްހިމް، އޭނައަށް އަންގަދީ ޒާ ކިހާދުވަހެއްވަންދެން އިންތިޒާރުގަ ހުރިންކަން، ބުނެދީ އޭނަދެކެ އަދިވެސް ލޯބިވާކަން، ރާއިންއަކަށް ނުކެރޭނެ އޭރުން ދެވަނަފަހަރަށް ޒާޔާ ދުރުކުރާކަށް، އެމްޝުއަރ” ޒަޔާންބެލީ ޒާޔާއަށް ވިސްނަދެވޭތޯއެވެ.
“ވަޓް އިފް އޭނަ ދެންވެސް ޒާ ދުރުކޮށްލާފިއްޔާ؟” ޒާޔާއަށް އުންމީދެއްނެތެވެ. ވީދެރައިން އެލޮލަށް ކަރުނަ ޖަމާވިއެވެ.
“މިފަހަރަކު ނޫން، އިޓްސް ޓައިމް ފޯޔޫޓޫ ގެޓްބެކް ޓްގެދަރ، ޓްރަސްޓމީ ޕްލީޒް” ޒާޔާގެ ކޮލުގައި މަޑުމަޑުން ފިރުމާލަމުން ޒަޔާން ބުނެލިއެވެ.
*******************************
ޖެހިގެން އައި ދުވަހުގެ ރެއެވެ. އެއީވެސް އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި ރެއެކެވެ. ނަންތަކެއް އުމުރަށް ގުޅިގެން ދާނެ ރެއެކެވެ. އާ ދިރިއުޅުމެއް ފެށިގެން ދާނެރެއެކެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ހުރި ނޫރާއަށް ތައުރީފްގެ ބަސްތައް އޮހެނީއެވެ. އެއަނގަގަދަ ކުއްޖާއަށް މިރޭ ވެފަ ހުރީކީއްކަމެއް ނޭނގެއެވެ. ލަދުރަކިވެފައި ހުރުމުން އެހެން މީހުން ދިމާކުރާތީ އިތުރަށް ލަދުގަނެފައި ހުއްޓެވެ. ނޫރާ ރެޑީވެގެން ނިމުމުން އެންމެންހެން އެކޮޓަރިން ނުކުތެވެ. ޒާޔާގާތުގައި މަޑުކޮށްދިނުމަށް އޭނަ އެދުނެވެ. ޒާޔާ ނޫރާއަށް ބަލާލިއެވެ. އެއީ އޭނަވެސް ދެކުނު ހުވަފެނެކެވެ. އެހުވަފެން ވިއްސިވިހާލިވީއެވެ. ނަމަވެސް އެކަމުގެ ހިތާމަވެސް އޭނަރާއިންއަށްޓަކައި އުފަލުން ބަރުދާސްތު ކުރާނެއެވެ.
ކައިވެނިކޮށްނިމުމުން ކައިވެނީގެ ހަފްލާފެށިގެން ހިނގައްޖެއެވެ. މެހެމާނުންތަކުން ހޯލް ފުރާލައިފިއެވެ. އުފަލާމަޖަލުގެ އެމާހައުލުން ފެންނަނީ އުފާވެރި މޫނުތަކެވެ.
“ޒަޔާން އިޓްސް ޓައިމް…، ކޮބާ ޒާޔާ” ޝާން ޒަޔާންއަށް ހަނދާން ކޮށްދިނެވެ. ޒާޔާފެންނަން ނެތްކަން އެވަގުތު ވަށައިގެން ބަލައިލުމުން އޭނައަށްވެސް އެނގުނެވެ. ޝާންގާތުގައި ޒާޔާވީތަނެއް ބަލާލުމަށް ބުނަމުން އޭނަވެސް މީހުންތަކު ތެރެއިން ޒާޔާ ފެނޭތޯ ބަލާލިއެވެ.
ޔާނާ ހައިރާންވީ އޭނައަށްނުވެސް އެނގި އެޕާޓީގައި އޭނަގެ ބައްޕަވެސް ބައިވެރިވުމުންނެވެ. ކިހިނެތްވެގެން ވީކަމެއްތޯ ސުވާލުކުރުމުގެ ކުރިން ސަލްމާ އެތަނަށް އައިސްފިއެވެ. ޔާނާގެ ބައްޕައަށް ހޫނު މަރުޙަބާއެއް ކިޔިއެވެ. ސަލްމާގެ ވާހަކަތަކުން އޭނަގެ ބައްޕައަށް އެޕާޓީއަށް އިންވައިޓްކުރީ އޭނަކަން ޔާނާއަށް އެނގުނެވެ. ނަމަވެސް ދެން އެމީހުން ބުނެލިވާހަކައަކުން ޔާނާގެ ބޯ އަނބުރައިނުގަތީ ކިރިޔާއެވެ. އެހެން އެކަންތައް ވެއްޖެނަމަ ދެންކަންތައް ވާނީ ކިހިނެތްހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.


ohhh varah nice
next part ves avahah up kohdechey
Thanks mihaa avahah up khdhinythy…. Whn next part.. Nice..
Wow.amazing.waiting next part
Nxt prt avahah genesfa mivaahaka nimma ulhey
Wow. V salhi. Thanks darkangle ehaa avahah up kohdhinyma.
Nice… Thank darkangle
varah reeti …….waitigggggggggggggggggggggggggggggggg
Wow…??? this is nice story… Thnk u so much… darkangle
Nice
Cheedi… Raain nd yaanaa be wedding vx dhw…?? Darkangle varah goas
Mi faharu thankolheh avahah up khdhineema thank u… mivaahaka nimeykah noolhey tha Adhivexx mihaaru 39 vana prt… kon irakun nxt prt?? 🙂
A big thank to u.
So so happy.
Avahah up kohdhineema.. thigothuga hifahattalaa…
wowowo … mivaahaka hama habeys….dhn raain aai zaayaa gulhuvaaliyma ithurah mi vaahaka furihama vaanee…..keep it up darkangle…:)
Nice. Waiting fr next part
Haadha kurey.. anyways next part awahah up khlahchey
V happy avaha up kohdhinyma. V v v reethi
Dhen aneh part next year ga
Vrh salhi story eh..awahah up kohdhehchey
Waiting for the next part…….
Thank you.Atlast you decided to upload it. On a regular basis of Wat? It’s a nice story. I like it but as I said it’s very confusing.
Darkangle ah vaahaka Liyan engey…. so so happy for you… ekam bunelan beynun ehaa las nukoh vaahaka up kohladheyshey… best of luck dude
konirakun next part plz plz plz avaha up kolladheebala
V reethi ekm maaaaaaa las up vaaleh
v v v v rethi me vaahaka.
alhey varah reethi..avahah next part upkurahchey….just love this story..hama inthizaaru kureveneeee
V HAPPY
kobaatha vaahaka haadha dhigu inthizaarekey
Vvvv nice next part ahvahaa up kohlady plx plx plx plx