Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ނާމާނޭ…4

PluviophileNyctophilia Level 110 Stories
July 25, 2015 3 Mins Read
22 Comments

ވީ ފޫހިންނާއި ދެރައިން، އެޑެމް އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. 888
“އޭ އެޑެމް، ތިދަބަސް ބަހައްޓާފަ ދޭބަލަ އޮފީހަށް ގޮސް ގެއަށް ގުޅަން. ގުޅާފަ ބުނެބަލަ ބެލްޓު ގެނެސްދޭށޭ.” ތޯމަސް ގޮވާލިއެވެ.
“ދެން ނޫނެކޭ، ކަލޭ ތިއުޅެނީ އިތުރަށް މަ ލަދުގަންނަވަންތަ؟” ރުޅިމޫނު ދައްކައިގެން ހުރެ އެޑެމް ދިޔައެވެ.

ބްރޭކް ގަޑިއެވެ. “ނަމްބަރ ސެވަންޓީން ހައިސްކޫލް”ގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ތިބީ ކެފެޓޭރިއާގައެވެ.
“އޭ އެޑެމް، އިސްޓާކީންވެސް ނުލާތަ ތިއައީ މިއަދު؟” ކާއެއްޗެހި ގަންނަން ކިޔޫގައި ހުރި އެޑެމް ގުދުވިގޮތަކުން އޭނަގެ ފައިން ބައެއް ހާމަވި ހިނދު، ފަހަތުގައި ހުރި ލާރާއަށް ފެނިގެން އަހާލިއެވެ.
‘ހޫނ’ އެޑެމް ކުރު ޖަވާބަކުން ފުއްދާލިއެވެ.
‘ކަލޭ މިހާރު ހިސާބަށްވުރެ ފަޤީރީތަ؟” ތޯމަސް އެއްސެވެ.
“ހޫނ” އެއަށްވެސް އޭނަގެ ޖަވާބަކަށްވީ މިއެވެ.

“ކަލެއަށް ކިހިނެއްތަ ތިވަނީ މިހާރަކަށް އައިސް؟ އެއްދުވަހު ބެލްޓު ނާޅާ އައިއްޔާ އަނެއް ދުވަހު އިސްޓާކީނު ނުލާ އައިސްދާނެ. އެއްދުވަހު ޓައީ ނާޅާ އައިއްޔާ އަނެއް ދުވަހު ބޮލުގަ ފުނާ ނާޅާ އައިސްދާނެ.” ތޯމަސް، މޭޒުދޮށުގައި އިން އެޑެމާ ސުވާލުކުރިއެވެ.
“މިހާރަކަށް އައިސް ނޭނގެ ވާގޮތެއް. އެއްޗެއް ލެވޭ ތަނެއް ދެވަނަ ފަހަރަކަށް ހަނދާނެއް ނުހުރެ.” އެޑެމް އިސްޖަހާލައިގެން އިނދެ ޖަވާބުދިނެވެ.
“ތިވެދާނެ ބައްޔެއްގެ އަލާމާތަކަށް. ލަސްނޮކޮށް ޑޮކްޓަރަށް ދައްކާ” ޖޭޑެން ލަފާދިނެވެ.
“ދެން ނޫން، މަށަކަށް ނުކެރޭނެ” އެޑެމް ފިނޑިވެލިއެވެ.
“އޭ ހާދަ ތުއިވެލީ؟ މިހާރު އަންހެންކުދިންހެން ތުއިވާންވެސް ދަސްކުރީތަ؟ ލާރާ ގާތުންދޯ.” ޖޭޑެން ދިމާކޮށްލިއެވެ.
“އޭ އޭނަ ޖެސިކާ ފިޔަވާ އެހެން އަންހެންކުއްޖެއްގެ އަޑުވެސް އަހަން ބޭނުމެއްނުވާނެ.” ތޯމަސް ބުނެލިއެވެ.
“އޭ ތިވާހަކައެއް ނޫނޭ. މިއަދު ވާނެ ޖެސްމެން ގެއަށް ޖައްސާލަން ސްކޫލް ނިންމާފަ” އެޑެމް ބުންޏެވެ.

ސްކޫލް ސެޝަން ނިމުމުން އެޑެމް، ތޯމަސް، ޖޭޑެން، ވެލެންޓީނާ އަދި މާރލިއާ މިސްރާބުޖެހީ ޖެސިކާމެންގެ ގެ، “ވިންޓަރ” އާ ދިމާލަށެވެ. އެއެންމެން ތިބި މަޤާމުގެ ގޮތުން އެމީހުންގެ ގުޅުން އިތުރަށް ބަދަހިވެފައިވެއެވެ.

“އޭނަ ނާދޭ ގެއަކަށް. ރޭ ނިކުތް ސްކޫލަށް ދާށޭ ކިޔާފަ. ދިހަގަޑި ބައިވިއިރު މަށަށް އޮތީ ނިދިފަ. ދެން މަހީކުރީ މިއަދު އޭނަ ކޮޓަރީގަ ނެތީމަ ސްކޫލަށް ދިޔައީކަމަށް. އެހެންވީއިރު އޭނަ ކޮންތާކަށް ވަކި ދާނީ؟” ޖެސިކާގެ މަންމަ، ޑާނާ އޮޅުންފިލުވައިދިނެވެ.
“އެކަމަކު އަޅުގަނޑުމެންނަށް ހަމަ ޔަޤީން ޖެސިކާ ސްކޫލަށް ނާންނަކަން. އޭނަ ކުލާހަކަށް ނާދެ.” ޖޭޑެން ވާހަކަދެއްކިއެވެ.
“އަޅޭ، ދެން މަ ކިހިނެއްތަ ހަދާނީ؟ މަގޭ ފުރަތަމަ ދަރިފުޅު ފްލޯރާ ނެތިދިޔަގޮތަށް.” ޑާނާ ރޯން ފެށިއެވެ.
“ނުވާނެ އެހެންނެއް. އިރާދަކުރެއްވިއްޔާ އޭނަ ފެންނާނެ.” ތޯމަސް ބުނެލިއެވެ.
“ތިމީހުން ލިފްޓު ބެލިންތަ؟” ޑާނާ ހަމައަކަށް އެޅިލަމުން އެއްސެވެ. ފްލޯރާ ލިފްޓުތެރޭގައި ތާށިވެ މަރުވިފަހުން މީހަކު ގެއްލުނަސް އޭނާއަށް ބުނެވެނީ އެހެންނެވެ.
“ލިފްޓުން މިބަޔަށް މިއެރީވެސް.” މާރލިއާ ޖަވާބުދިނެވެ.
އެމީހުން އެގެއިން ނިކުތީ ފުލުހުންނަށް ގުޅާ ރިޕޯޓުކުރުމަށްފަހުއެވެ.
ފަސް އެކުވެރިން މަގުމަތީގައި ހިނގާފައި ދިޔައީ މަޑުމޮޅިކަމާއެކުގައެވެ. ޖެސިކާ ގެއްލުމުން ލިބުނު ހިތާމައިގެ ސަބަބުން ކަންނޭނގެއެވެ.
“އޭ ތޯމަސް، އެއްޗެއް އަހާލަންތަ؟” އެޑެމް ކުއްލިއަކަށް އަހާލިއެވެ.
“އާ އަހާބަލަ.” ތޯމަސް ބުނެލިއެވެ.
“ކަލޭ ބުނީމެއްނު އިރާދަކުރެއްވިއްޔާއޭ. އޭގެ މާނައަކީ ކޮބާތަ؟” އެޑެމް އެއްސެވެ.
“އޭގެ މާނައަކީ ﷲ އިރާދަކުރައްވައިފިނަމައޭ” ތޯމަސް އޮޅުންފިލުވައިދިނެވެ.
“އަޅޭ، ހާދަ ރީތި ދީނެކޭ. އަޅެ މަ ބޭނުން ތިދީން އުނގެނެން.” ވެލެންޓީނާ ބުންޏެވެ.
“ހެހެ، މަށަށް އެނގޭ އެއްޗެހި ބުނެދޭނަން. ޓީނާ ތީ އެތީސްޓެއްތަ؟” ތޯމަސް އަހާލިއެވެ.
“ނޫން މަމީ ކްރިސްޓިއަނެއް. އެކަމަކު މިދީނަށްވުރެ ތިދީން މާރީތި.” ވެލެންޓީނާ ބުންޏެވެ. ބަދަލުގައި ތޯމަސް ހިނިތުންވެލިއެވެ.

ފަސްމީހުން ސްކޫލަށް ވަނީ އެކުގައެވެ. ވެލެންޓީނާއާއި މާރލިއާއަށް ހަވާލުކުރެވުނީ ތިރީ ދެބުރި ބެލުމުގެ މަސައްކަތެވެ. ތޯމަސް އެންމެ މަތީ ދެބުރި ބަލަން ދިޔައެވެ. ޖޭޑެނާ އެޑެމަށް މެދު ބުރިތަކެވެ. އެމީހުންގެ މަޤުސަދަކަށްވީ ޖެސިކާއާ ގުޅުންހުރި އެއްޗެއް ނަމަވެސް ހޯދުމެވެ. އޭނާ ރޭ، ސްކޫލަށް އައިސްފައިވާތީ އޭނައާ ގުޅުންހުރި ނޯޓެއް ނަމަވެސް ފެންނާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެމީހުންނަށް އޮތެވެ.

ތޯމަސް ހޭވައްޓާލާފައި އެންމެ މަތީބުރިން ޖެސިކާއާ ގުޅުންހުރި އެއްޗެއް ފެނޭތޯ އުޅެއެވެ. އެތާހުރި ގޮނޑިބަރިތަކުން ފަހަރަކު ގޮނޑިއެއް ނަގަމުން ގެންދެއެވެ. ކުރިއެރުމެއް ނުލިބުމުން، އެތާ ފޮރުވިފައި ހުރި ކޮޓަރިއާ ދިމާލަށް ދިޔައެވެ. މިކޮޓަރި މިތާ ހުންނަކަން އިނގޭނީ މަދު ބަޔަކަށެވެ. އެމަދު މީހުންގެ ތެރޭގައި ތޯމަސާ އެޑެމް ހިމެނެއެވެ.
ކީއްވެކަމެއް ނޭނގެއެވެ. އެދޮރާ ކައިރިވަމުންދިޔަ ވަރަކަށް ހިތްވަރުގަދަ ތޯމަސްގެ ހިތްވެސް ނެގިނެގިފައި ޖެހެއެވެ.
ދޮރުގެ ތަޅުގައި ހިފާލިއެވެ. އޭނާ ހައިރާންވީ އުނދަގުލަކާ ނުލާ ދޮރުހުޅުވުމުންނެވެ. މީގެ ކުރިން ޖާނުން ވަރުގަދަ އެތައް ފިރިހެނުންނެއް މިދޮރު ހުޅުވޭތޯ މަސައްކަތްކޮށް ނާކާމިޔާބުވެފައިވެއެވެ.
އެތެރެ އޮތީ ވަރަށް އަނދިރިކޮށެވެ. ނަމަވެސް ހުޅުވިފައި ހުރި ދޮރުން އަލި އެޅެމުން ދިޔައެވެ. އެކޮޓަރި ވަރަށް ކުޑައެވެ. މުޅިތަނުގައި ކުނި ވަހެއް ހިފާލާފައިވެއެވެ.
އެކޮޓަރިއަށް ހޭނެމުންދިޔަ ތޯމަސްގެ މުށިކުލައިގެ ލޮލުގައި އަޅައިގަތީ އިންސާނެއްގެ ހަށިގަނޑެކެވެ. ލެއިން ތަތްތެޅިފައި އޮތް އަންހެންކުއްޖެއްކަން އެނގުނީ ގާތަށް ގޮސް ބެލުމުންނެވެ. ތޯމަސްގެ ހިތް ޑަންޑަންލާފައި ތެޅެން ފެށިއެވެ. އެއީ ހަމަ ޖެސިކާއެވެ. ވިންދު ހުރިތޯ ބެލިއިރު ވިންދެއްވެސް ނެތެވެ. އިރުކޮޅެއް ވަންދެން ހުއްޓުންއަރާފައި ހުރި ތޯމަސަށް ހޭވެރިކަންވީ ފުލުސް ސައިރަންގެ އަޑު އިވެން ފެށުމުންނެވެ.

“ހަމަ ޔަޤީންތަ އެތާ އިތުރު މީހަކު ނެތްކަން؟” ޕޮލިސް އިނިސްޕެކްޓަރު ބޮރިސް ސުވާލުކުރީ ތޯމަސާއެވެ.
“އާދެ، އަޅުގަނޑު ކީއްކުރަންތޯ ދޮގުހަދަންވީ؟” ފުލުސް ސްޓޭޝަންގައި އިން ތޯމަސް ޖަވާބުދިނެވެ.
“މައްސަލައެއް ނެތް. އެކަމަކު އިތުރަށް ޝައްކުކުރެވެންޏާ ތޯމަސް އަނެއްކާވެސް ސްޓޭޝަނަށް ގެންނަންޖެހިދާނެ. ދެން މިވަގުތު ގޮސްލިއަސް މައްސަލައެއް ނެތް. ފަރުވާތެރިވާތި.” ބޮރިސް ބުނެލިއެވެ.

“ތޯމަސް، މަށަށް އަދިވެސް ޤަބޫލެއް ނުކުރެވޭ، އެއީ ކިހިނެއް ވާނެ ކަމެއް؟” ފުލުސް ސްޓޭޝަނުން ނިކުތް ތޯމަސާ، އެޑެމް ސުވާލުކުރިއެވެ.
“އެޑެމް، ކަލޭ ތިވާހަކަ ނުދެއްކިއްޔާ އެންމެ ރަނގަޅުވާނީ. ޖެސިކާގެ މޫނުގަވެސް ހުރި ވަކިތަކެއް އަޅާފަ. މުޅި ހަށިގަނޑުން ލޭ ވެރުނުލެއް ގިނަކަމުން ކަންނޭނގެ އެއްކޮށް ހޭހުސްވީ. ކަލޭ ހަނދާނެއް ނުވޭތަ އޭނަ ދައްތަ މަރުވެފަ އޮތް ގޮތް؟” ތޯމަސް ޖަވާބުދިނެވެ.
“ނޫނޭ، ފްލޯރާ މަރުވީ ނޭވާ ހާސްވެގެންނު؟ އެގޭ ލިފްޓު ހުއްޓުނީކަމަށް ވާނީ. މަގޭ މިހިތަށް މިއަރަނީ ކީއްވެބާއޭ އެމީހުން ފުލުހުންނަށް ރިޕޯޓުނުކުރީ.” އެޑެމް މާޔޫސްވެފައިވާ ރާގެއްގައި ބުންޏެވެ.

Share Article

Follow Me Written By

PluviophileNyctophilia

Level 110 Stories

Other Articles

Previous

ހިޖުރަ (ފަސްވަނަ ބައި)

Next

ހިތް ވިންދާނުލައި… (30)

Next
July 25, 2015

ހިތް ވިންދާނުލައި… (30)

Previews
July 25, 2015

ހިޖުރަ (ފަސްވަނަ ބައި)

22 Comments!

  1. Amin says:
    July 25, 2015 at 12:45 pm

    liyuntheriya ah ,
    Thankolheh dhigukoh liyan masakkayi kohlan veenun?

    1. PluviophileNyctophilia says:
      July 25, 2015 at 1:16 pm

      hehe, aadhe masaikah kohlaan insha allah

  2. ken says:
    July 25, 2015 at 12:49 pm

    Reethi…story nimuneetha…????

    1. PluviophileNyctophilia says:
      July 25, 2015 at 1:18 pm

      nooney ken, adhi nunime ehnu

  3. athi says:
    July 25, 2015 at 1:37 pm

    Alhe haadha kurey.. thankolheh dhigu koh liyela dhybala pls..anyways nice …

  4. lew says:
    July 25, 2015 at 1:47 pm

    Dhn jeshikaa maru v ma dhn haadha ehn gothekey.. Kihve ehaa avahah jeshikaa maraaly… V v rythi ingey.

  5. PluviophileNyctophilia says:
    July 25, 2015 at 2:03 pm

    Dhen vaane gotheh egi dhaanethaa dhoa kuriah huri baithah kiyaaleema. Shukuriyya

  6. ifaasha says:
    July 25, 2015 at 3:43 pm

    V nice

  7. Nasraa says:
    July 25, 2015 at 3:47 pm

    Auther ge nan dhigukamun nu eh kiyea… haadha dhigu nameh… anywayss story v salhi

  8. naxx says:
    July 25, 2015 at 3:49 pm

    v v v v reethi..:-):-):-):-)

  9. Sheeby says:
    July 25, 2015 at 5:09 pm

    Stry v nice bt maa kury… nxt part dhigukoh genesdheyne kamah ummydhu kuran…

  10. PluviophileNyctophilia says:
    July 25, 2015 at 5:26 pm

    Shukuriyya

  11. nukko says:
    July 25, 2015 at 5:59 pm

    V v reethi story eh…..

  12. dhonthi says:
    July 25, 2015 at 7:27 pm

    reethi dheeneh noon liyan vaaneee…rangalhu dheeneh 🙂

    1. PluviophileNyctophilia says:
      July 25, 2015 at 7:59 pm

      Hehe, ey valentina ge bahuruva.. Keehkuraanee dhoa.. HeHeHe

  13. Shabee says:
    July 25, 2015 at 8:37 pm

    Hey dimple girl,,v habeys mibaivex… 😀 Kihineh baa dhen vaanee dhw?? Konirakun nxt prt?? 😉 good luck..

    1. PluviophileNyctophilia says:
      July 25, 2015 at 9:04 pm

      Aa dhen vaane gotheh ves igeyny kuriah huri baithah kiyaaleema dhoa, Dhen anna bai vex iraadhakurehviyya maadhamaa genesdhe veythoa balaanan. Shukuriyya

  14. Shabee says:
    July 25, 2015 at 11:05 pm

    Thank u dimple girl… 😀 maadham up kuranyaa v happy… v dhigu kh genesdhehchey…. good luck… 🙂

  15. maduwarry shaxra says:
    July 26, 2015 at 12:16 am

    Meega vaagotheh neynge…haadha hama nujehey

  16. PluviophileNyctophilia says:
    July 26, 2015 at 3:24 pm

    Hehe, vaahaka eh veema olhun bolhun ves araane. Vaahaka akah vaany olhun araa than than ves hureema. Kiyuntheriyaa suvaal ufahdhan yaa vaahaka akah vaany. Eyrun vaahaka nimmaalaa iru hurihaa ehcheh olhun filaany.

  17. blue says:
    August 27, 2015 at 8:55 pm

    nice…

  18. emern13 says:
    October 18, 2015 at 2:48 pm

    cool.but it wud hav been better if jessica didnt die

Comments are closed.


All Right Reserved!