ޖެސިކާ އަޑުއިވުނުކަމަށްވެސް ނުހަދާ އެތަނުން ނިކުމެގެން ދިޔައީއެވެ. މޭރީގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ރަނގަޅަށްވިއްޔާ އޭނަ ސްކޫލަށް އަންނާނީވެސް އެކަންޏެވެ. މިއޮށްފަދަ ފިނި، އަނދިރި ރޭގައިވެސް ބިރެއް ފިކުރެއް ނެތި އެއައީއެވެ. އެހެންނޫނަސް މިކަހަލަ ރޭތަކުގައި މީހުން ސްކޫލަށް އާދޭހެއްޔެވެ؟ އޭނާއަށް ވާނެނަމަ، މިހާރު މޭރީ އިންނާނީ ގޭގައެވެ. އެކަމަކު ޖެސިކާމެން މިރޭ ސްކޫލަށް އަންނަ ވާހަކަ ބުނެފައި އޮތުމުން އެމީހުން އެކަނިކޮށްނުލަންވެގެން އައީއެވެ. އެޑެމްމެން ނަޔަސް ޖެސިކާ ކޮންމެ ގޮތެއް […]
އެރޭގެ ކެއުމަށް އިންސާފުކުރަން އުޅެފަވެސް އަފްރީންއާއި ނަޞްރާ ނިންމީ ޝަރީފް އައުމުން ނޫނީ ނުކާށެވެ. ޝަރީފް ދިޔަތާ ބައިގަޑި ވީއިރުވެސް އޭނަ ގެއަށް ނައުމުން ނަޞްރާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަށް ބައްޕަ މަޑުކުރެވުނު ނަމައޭ ހިތަށްއެރިއެވެ. އަދިވެސް ވާރޭ ހަމަ އެ ބޯމިނުގައި ވެހެމުން ދިޔައީތީ ނަޞްރާ އިތުރަށް ކަންބޮޑުވިއެވެ. ޝަރީފް ދިޔައީވެސް ގޭގަ ފޯނު ބާއްވާފައެވެ. އަފްރީންގެ ކޮޓަރީގައި އޭނަ އޭނަގެ ލެޕްޓޮޕުން ކުޅެން އިން ގޭމަށް ބަލަހައްޓައިގެން އިން ނަޞްރާއަށް މެދުކެނޑުމެއްނެތި ވިސްނެމުން […]
” ހަލޯ. ކިހިނެއްތަ ޙާލު؟” އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެން ދަންނަ އަޑެއްނޫނެވެ. ” ތީ ކޮން ކުއްޖެއްބާ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ. ” ހާދަ ހަނދާން ބައްޔޭދޯ. މީޝިފާ. ރޭގަ ކޮފީއިން ދިމާވިއެއްނުދޯ.” ޝިފާ އެހެން ބުނުމުން އަހަންނަށް ލިބުނީ ޙައިރާންކަމެކެވެ. ” އެހެންތަ؟ ކީއްކުރާށޯ ތި ގުޅާލީ؟” އަހަރެން އަނހާލީމެވެ. ” ދެން ހަމަ ވާހަކަ ދައްކާލަން މިގުޅާލީ. އަނެއްކާ ޢާޒިމްއަށް ގުޅައިގެން ނުވޭތަ؟” ޝިފާ މަޑުމަޑުން ބުނެލިއެވެ. ” ނޫނޭ. ހަމަ ގުޅަންވީ. […]
ވެހެމުންދިޔަ ވާރެއަށް އާޝޯޚުވެފައި ބަލަން ހުރެ ޖެސިކާ ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. ކަކުލާ ހަމައަށް އަރާ ގަދަ ފެހިކުލައިގެ ބޯ ޔުނީފޯރމުގައި އޭނާ ފެންނަނީ ލޫޅާފަތިކޮށެވެ. އެޔުނީފޯރމުގެ މޭމަތީގައި ދެބަރިއަށް ހައެއްކަ ކަޅުކުލައިގެ ބޮޑެތި ގޮށް ހުށްޓެވެ. އުފަންވިއިރުވެސް ޖެސިކާއަށް ލިބިފައިވަނީ ފެހިނޫ ކުލައިގެ ލޮލެކެވެ. މުށިކަޅު ކުލައިގެ އެބުޅިފަން އިސްތަށިގަނޑު ވަނީ މަށްޗަށް ނަގައި ހުޅިއެއް ޖަހާފައެވެ. ހަމުގެ ކުލަ މާއަލިނޫނަސް މާކަޅެއްވެސް ނޫނެވެ. ގުގުރީގެ އަޑުން މުޅިތަން ގުގުމާލިއެވެ. ހަމައެއާއެކު ވާރޭ އިހުނަށްވުރެވެސް ބޯކޮށްލިއެވެ. […]
ނޫރާއަށް އަދިވެސް ވިސްނެނީއެވެ. ރޭގައި އާޔަންއަށް ގުޅައިގެން ވާހަކަ ދެއްކިއިރު ޒާޔާގެ ވާހަކަ ކިޔައިދިނުމަށް އެދުމުންނެވެ. ކުރުކޮށް ކިޔާދިނުމުންވެސް އަނެއްކާ ސުވާލުކޮށްގެން ހުރިހާ އެއްޗެއް އެހީމައެވެ. ފަހުން ދިމާވެފައި އެކަމާއަދި ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނީމައެވެ. ރާއިންއާ ބެހޭގޮތުންވެސް ސުވާލު ކުރުމުންނެވެ. އާޔަންއަށް ރާއިން މާލެދިޔަކަން އެނގުނީ އެދުވަހު ހަވީރުވަގުތެއްގައި ނޫރާމެންގެއަށް އައުމުންނެވެ. “ކީއްވެ އަހަރެންގާތުގައި ނުބުނީ ރާއިން މާލެ ދިޔަވާހަކަ،” އާޔަން ނޫރާއާއި ސުވާލުކުރިއެވެ. “އާޔަން ނުވެސް އަހަމެންނު ފަހުން ރާއިންބެ ކޮބާތޯއެއް…” ޖަވާބުގައި ނޫރާއަށް […]
އަހަރެންގެ އުމުރުން މިހާރު 23 އަހަރެވެ. އަދި މިހުރީ ހުސްހަށިބަޔަށްށެވެ. އެކުގައި އުޅުނު ގިނަ ކުދިން މިހާރު މިހުންނާއި އިނދެ ދަރިން އެބަ ތިބެއެވެ. މީހަކާ އިންނަން ބޭނުމެވެ. އެކަމަކު އިންނަން ބޭނުން ވާ މީހާ ލިބެންނެތީއެވެ. އަހަރެންނާއި އޭނަ އާއި ދިމާވީ މީގެ ގާތް ގަޑަކަށް 6 ވަރަކަށް އަހަރު ކުރިން މިގް33 އިންނެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. މިގް33 ޒަރިއްޔާއިން އޭނަ އާއި ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރީމެވެ. އޭގެ […]
“އެހެންތަ ދެން ދޭބަލަ! އަހަރެން ބަލާނަމޭ ކާކަށްތޯ މޮޅުވަނީ!” ޒެރީން އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރިއެވެ. “އަދި ހަނދާން ކުރާތި ތި މުޑުދާރު އަތުން މާކިންގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް މި އިނގިލަތައް ބިންދާލާނަން.” ޒެރީންގެ އިނގިލީގައި ހިފައި އަނބުރާލަމުން އިނާރާ ބުނެލިއެވެ. ޒެރީންއަށް ވީތަދުން އަވަހަށް އޭނާ އަތް ފޮޅުވާލިއެވެ. އިނާރާ ބެލުމެއް ނެތި އެދިޔަގޮތަށް ބާރަށް ދޮރު ޖަހާފައި ނިކުތެވެ. އިނާރާ ނިކުން ހެން ހީވުނެއެވެ. ޒެރީން އަވަހަށް ފޯނުން ބައްސާމްއަށް […]
ދެމީހަކު އެކަކު ދަމާފައި އެތަނަށް ވެއްދިއެވެ. އަދި އެތަނުގެ މެދައް ވައްޓާލުމަށްފަހު އެދެމީހުން ނިކުމެގެން ދިޔައީ އަހަރެން ދޮރުގެ ފަހަތުގައި ހުއްޓައެވެ. އެމީހުން އަހަރެން ކޮބާތޯ ބަލާވެސް ނުލައެވެ. އެމީހާ އޮތީ ހުއްޑުން ކަމުން އެމީހުން ދޮރު ޖެހުމުގެ ކުރިން އަހަރެންނަށް އެމީހާގެ މޫނު ފެނިގެން ދިޔައެވެ. “ހިލްމީ..” އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި މަޑުމަޑުން އަހަރެންނަށް ހިލްމީގެ ނަން ކިޔާލެވުނެވެ. “ހިލްމީ” ދެވަނަ ސިކުންތުގައި އަހަރެންގެ އަޑު އެތަނުގައި ގުގުމައިގެން ދިޔައެވެ. އަވަސްކަމާއި އެކު […]
“އަހަރެން މި ކައިވެނި ކުރީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި. އަހަރެން އާނާ ދެކެ ލޮތްބެއް ނުވޭ” ސުޖާއު ބަސްތައް އިއްވާލީ ހުދުކުލައިގެ ކައިވެނި ހެދުމުގައި އިން އޭނާ ގެ އަބިމީހާ އަށްށެވެ. “އަހަރެންނަށް އޮޅިފައި އޮތް ކަމެއް ނޫން ތިއީކީ. އަހަރެންނަށް އޮތީ މަސައްކަތް ކުރުން. ކޮންމެވެސް ދުވަހަކުން ސުޖާއު ގެ ތި ނިންމުން ބަދަލުވާނެ.” އާނާ ގެ ހިތުގެ އަޑު ޖެހިލުމެއް ނެތި ހާމަ ކުރިއެވެ. އާނާ އަކީ ރަށު ސްކޫލް ޓީޗަރެއްގެ މާޤާމު އަދާ […]