އޭރު، އަހަރެންގެ އުމުރުން 5 އަހަރެވެ. އަހަރެންގެ އަންހެން ކޮއްކޮއަށް 2 އަހަރެވެ. އަހަރެމެންގެ މަންމަ، ރޭގަނޑުގެ ކެއުން ތައްޔާރުކުރަން އުޅެމުން ދަނިކޮށް، މަންމަގެ ހަށިގަނޑުގެ އެއްބައިގެ ވާގި ނެތުނެވެ. އެހެންކަމުން، އަވައްޓެރިންނަށް ގޮވިއެވެ. އެމީހުން އަހަރެމެންގެ ބައްޕައަށް ގުޅިއެވެ. އޭރު ބައްޕަ ހުރީ ވަޒީފާގައެވެ. އެއަށްފަހު، އެމީހުން ގުޅީ އެމްބިއުލަންސަށެވެ. އެމީހުންނަށް، މަންމައަށް ވީ ގޮތެއް ނޭނގެއެވެ. އަހަރެން ހުރީ ބިރުންގޮސް ހަލާކުވާން ގާތްވެފައެވެ. އިރުކޮޅެއްގެ ތެރޭގައި، އެމްބިއުލަންސާއި އަލިފާން ނިއްވާ ޓްރަކެއް ގޭގެ ބޭރުގައި […]
ކަނު އަނދިރީގެ ތެރޭގައި އަހަރެން މިހުރީ ކީއްވެ ހެއްޔެވެ؟ މިގޮތަށް މިކަން ވާންޖެހުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ޙަޔާތްވެސް އަނދިރިވެފައި މިވަނީ މިކަނު އަނދިރިގަނޑު ފަދައިންނެވެ. ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ނީރަމުން ދެއެވެ. އަހަރެންގެ ހިތަކީ ހަރު ހިލަގަނޑެއް ހެއްޔެވެ؟ އަހަންނަކީ ކާކު ހެއްޔެވެ؟ މިއަށްވުރެ މަރުވުންވެސް މާރަނގަޅެވެ. ފާހަނާތެރޭގައި ބޮކި ނިއްވާލައިގެން އަހަރެން މިހުރީ އަލިކަން ނުދެކުމަށް ހިތު އަޅައިގެންނެވެ. ފާހަނާގެ ފެންލައިޓުން އާރޓިފިޝަލް އަލި އެތެރެއަށް އެޅެމުން ދިޔުމުން އަހަންނަށް އުނދަގޫވިއެވެ. ދެލޮލުން ކަރުނަ […]
ނޯޓް: މިއީ ހަޤީޤީ ހާދިސާއެކެވެ. ހަނގުރާމަ ފެށުމުގެ ކުރީން އަހަރެންނާއި އަހަރެންގެ ޢާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. އެހެނަސް، ހަނގުރާމަ ފެށުމުން ތަދުމަޑުކަމުގެ ހިތި ރަހަ ލާން ފެށިއެވެ. ކާނޭ އެއްޗެއް ނެތްތާނގައި ބޯނޭ ފެންފޮދެއްހާ ހިސާބުވެސް ލިބެނީ ވަރަށް ޙާލުންނެވެ. އެލިބޭ މަދު ފެންފޮދުވެސް އަހަރެމެން ބޮނީ ކިހިނެއް ކަމަށް ހެއްޔެވެ؟ ތުންފަތުގައި ފެންފޮދެއް ހަމައެކަނި ހޭކޭ ވަރަށޭ ބުންޏަސް ދޮގަކަށް ނުމެވާނެއެވެ. މިހެން އުޅެނިކޮށް، އަހަންނަށް ޚަބަރު ލިބުނީ ވަރަށް ދުރު ހިސާބެއްގައި […]
ލައިބްރަރީގައި ތިބެފައި، ތޯމަސް އޭނާގެ އެކުވެރިންނަށް ގޮވާލިއެވެ. އެމީހުން އޭނާ ގާތަށް އައުމުން ފޮތެއްގެ ސަފްހާއެއްގައި ލިޔެފައިވާ އެއްޗެހި ދެއްކިއެވެ. ފޮތުގެ ނަމަކަށް އޮތީ “ވެން ބީންގް މުސްލިމްސް” އެވެ. އެސަފްހާގައި ލިޔެފައިވާ ގޮތުން މުސްލިމަކަށް ވުމަށްފަހު، ތިމާގެ ނަންވެސް އިސްލާމީ ނަމަކަށް ބަދަލުކުރަން ޖެހެއެވެ. އެއެންމެންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. $$$$ އެރެއެވެ. ލާރާ އޮތީ ފޯނު ހިފައިގެން، އެނދުގައެވެ. ވައިބަރ ހުޅުވާލައިގެން އޮތްއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޭނާ މިވާހަކަ […]
ސިއްސައިގެން ދިޔަލެއް ބޮޑުކަމުން ހިތް ހުއްޓިދާނެއޭ އޭނާއަށް ހީވިއެވެ. *********************** “އާކިފް! މިތާ؟ ކީއްތި ކުރަނީ؟” ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން އިން ޖޮއާނާ އަހާލިއެވެ. “ދެން ކޮންކަމެއްތަ ކުރާނީ؟ އަހަރެން މިއައީ އަހަރެންގެ ޙަބީބާ ގާތަށް. އާދޭ!” އާކިފް އިނީ އެނދުގައި އިށީނދެގެންނެވެ. އޭނާ މިކޮޓަރިއަށް އައި ގޮތަކާމެދު ޖޮއާނާ ހައިރާންވިއެވެ. “ނޫން އާކިފް. ހެޔޮނުވާނެ. އަހަރެން ދޫކޮށްލާ. އަހަންނެއް ބޭނުމެއްނޫން އާކިފް.” ޖޮއާނާގެ ލޮލުން ކަރުނަ ނީރާލިއެވެ. “ކީއްވެ؟ އާދެބަލަ! ކަމެއް ނުވާނެއޭ.” އާކިފް […]
އެހެނަސް، އެއީ ވަރަށް މުހިއްމު މައުލޫމާތެއް ކަމަށާއި ނާންނަ ކުދިންނަށް އަދަބު ދޭނެ ކަމަށް ބުނުމުން ހުރިހާ ކުދިންވެސް އެސެޝަނަށް ހާޒިރުވާން އެއްބަސްވިއެވެ. *************************** ހޮނިހިރު ދުވަހެވެ. ހޯލުތެރެ، ކުދިންނާއިގެން ވަނީ ތޮއްޖެހިފައެވެ. ސްޓޭޖުމަތީގައި މައިކެއް ހިފައިގެން ހުއްޓިހުރި ތޯމަސް އެއިންތިޒާރުކުރަނީ ސްޓޭޖުމަތީގައި ތިބި އޭނާގެ އެކުވެރިންގެ އިޝާރާތަކަށެވެ. ވެލެންޓީނާ ބޯޖަހާލުމުން ތޯމަސް އޭނާގެ ވާހަކަ ފެށިއެވެ. “އައްސަލާމް އަލައިކުމް. ތިޔަ އެންމެންނަށް އަމާންކަން ހުރި.” ތޯމަސް، އެންމެ ފުރަތަމަވެސް ބުނި އެއްޗަކުން ގިނަކުދިން ތިބީ ހައިރާންވެފައެވެ. […]
“ނޫން، ކަމެއްނުވޭ.” މޭރީ ހަމަޖެހޭކަމަށް ހެދެމުން އިށީނެވެ. އިއްޔެ، ތޯމަސްމެން ދެއްކި ވީޑިއޯއިން ޖިންނީން އެއީ ޙަޤީޤަތެއް ކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން ނާމާންކަން އޭނާގެ ހިތަށް ވެރިވެގަތެވެ. ********* އެނދުގެ މަގަތުގައި ފުރޮޅި ފުރޮޅިލާ އޮތީ އުމުރުން ތޭރަ އަހަރުގެ ޖޮއާނާއެވެ. އޭނާގެ ދައްތަމެންނާ ޚިލާފަށް ޖޮއާނާއަށް ލިބިފައިވަނީ އަޅިކުލައިގެ ލޮލަކާއި މުށިކަޅުކުލައިގެ ފަން އިސްތަށިގަނޑެކެވެ. އޭނާގެ ލޮލަށް ނިދިނައިސްގެން އުޅެނީ ކީއްވެކަމެއް ނޭނގެއެވެ. ފެންނަ ފެނުމަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އޭނާއަށް އެބަވެއެވެ. އެހެން […]
ތޯމަސް ޖޭޑެނާ އަރާ ހަމަވެފައި އެޑެމް ވީކޮންތާކުތޯ އެއްސެވެ. ޖޭޑެން ބުނިގޮތުގައި މުދީރު ކްރިސްޓޮފަރ ވިދާޅުވެގެން، އެޑެމްވީ އޮފީހަށް ގޮހެވެ. ތޯމަސްގެ ހިތަށް ނޭނގޭ ގޮތްތަކެއް ވިއެވެ. ރައްދެއްވެސް ނުދީ ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ނިކުމެގެން ދިޔުމުން ޖޭޑެނަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. ******* ތޯމަސަށް އޮފީހާ ހަމައަށް ދެވުނުއިރު އެޑެމް އެތާ ދޮރު ކުރިމަތީގައި ހުއްޓެވެ. އެޑެމްގެ މާޔޫސްވެފައިވާ މޫނާއި ފެންކަޅިވެފައިވި ދެލޯ ފެނުމުން ތޯމަސަށް އުނދަގޫވިއެވެ. “އެޑެމް، ކިހިނެއްތަވީ؟ ކީކޭތަ ކްރިސްޓޮފަރ ވިދާޅުވީ؟” […]
“މައްސަލައެއް ނެތޭ. މަންމަ ގާތަށް ސިހުރު ހަދައިދޭން އެދި އައި ކުއްޖެއް. އެއީ ޖެސިކާ ކިޔާ ކުއްޖެއް. ހަނދާން އެބަހުރިތަ؟” ތޯމަސް އެނދުގެ ދާރައިގައި ލެނގިލަމުން އެއްސެވެ. ******** “އާނ އޭނަވެސް އައި ކޮންމެވެސް ކުއްޖަކަށް ސިހުރު ހަދައިދޭށޭ ކިޔާފަ. އެކަމަކު ދަރިފުޅަށް އެހުރިހާ ކަމެއް އެނގުނީ ކިހިނެއް؟” ސާރާ ބުންޏެވެ. ތޯމަސް، އާކިފް ކިޔައިދިން ހުރިހާ ވާހަކަތަކެއް އޭނާގެ މަންމައަށް ކިޔައިދިނެވެ. “އާނ. މަންމައަށް ސިހުރުގެ އެއްބައި ހެދިފަ އޮތީ ނުބައިކޮށް. ފްލޯރާ މަރުވުމަށްފަހު އެޖިންނި […]