Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (30)

zaisha Level 210 Stories
July 25, 2015 6 Mins Read
73 Comments

މާކިން ހަޅޭލަވަމުން ރާހިލް ގައިގެ އެތަށް މިތަނުގައި ތަޅަމުން ދިޔައެވެ. އޭނާ ހުރީ ހަމަހެއަކު ނޫނެވެ. ރާހިލް ދުރައްދާން މަސައްކަތް ކުރި ނަމަވެސް މާކިން އެއަށްވުރެ ވަރުގަދައެވެ. “ޔޫ ބްލަޑީ…” މާކިން ދުލަށް އައިހާ އެއްޗެއް ގޮވަމުން ދިޔައިރު އޭނާގެ ގަމީހުގެ އަތުކުރީގައި ވެސް ވަނި ލޭހޭކިފައެވެ. ހީވަނި އެއްފަހަރުން ރާހިލް މަރާލަން އުޅޭ ހެންނެވެ.

“މާކިން އޭނާ ދޫކޮއްލަބަލަ!” އިނާރާ ހަޅޭ ލަވައިގަނެ މާކިންގެ އަތަށް ދަމަންފެށިއެވެ. އެވަގުތު މަލަކް އައިސް މާކިން ކައިރީގައި ހުއްޓި ރޮއެ އާދޭސް ކުރަންފެށިއެވެ. “ދޮންބެ ޕްލީސް.. އައި ލަވް ހިމް!” މަލަކްގެ މި ޖުމްލަ އަޑުއިވުމާއި އެކީ މާކިންގެ ހަރަކާތްތަށް ހުއްޓުނެވެ. އޭނާ ތެދުވެ އެއްފަހަރު މަލަކްއާއި ދިމާއަށް ބަލާލައިފައި އަނެއްފަހަރު ބިންމަތީގައި އޮތް ރާހިލްއަށް ބަލާލައެވެ.

މަލަކް އަވަހަށް ތިރިވެ ރާހިލް ކޮޅަށް ނަގަން މަސައްކަތް ކުރިއެވެ. ދެއަތުން ރާހިލް ގައިގައި ބައްދާލައިގެން ހުރިއިރު އެލޮލުން ހާމަވަމުން ދިޔައީ ލޯބިކަން މާކިންއަށް ނަގައިގަނެވުނެވެ. އޭރު އޭނާ ހުރީ މުޅިން ބޯ ހާސްވެފައެވެ. ރާހިލް އޭނާގެ އަނގަމަތިން ލޭ ފޮހެލުމަށްފަހު މާކިންއާއި ހަތަރު ކަޅި ހަމަކުރިއެވެ. އެބެލުމުގައި ވެސް އެކުލެވިގެންވަނީ ހަޤީޤަތެވެ.

“މާކިން.. އެއީ ތެދެއް.. އައި ލަވް ހާ.. އިނގޭ..” ރާހިލް ވާހަކަދައްކަން އުޅުމުން މާކިން އޭނާ ހުއްޓުވިއެވެ. އޭރު އިނާރާ ގޮސް މާކިން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރެއެވެ. “ކިހިނެތް؟.. އެކަމަކު ދެންމެ.. އައި ތޯޓް..” މާކިން ދެއަތުން ބޮލުގައި ހިފާއްޓާލަމުން ވާހަކަދެއްކިއެވެ. “މާކިން ހަމަޖެހިބަލަ.. ލުކް އެޓް މީ..” މާކިންގެ މޫނުގައި ހިފަމުން އިނާރާ ބުނެލިއެވެ.

ރާހިލް ހުރިހާ ކަމެއްގެ ހަޤީޤަތް މާކިންއަށް އޮޅުން ފިލުވައިދިނެވެ. އެންމެ ފުރަތަމަ މަލަކްއާއި ގާތްވެވުނު ގޮތުން ފެށިގެން މިރޭ ހިނގި ހާދިސާއާއި ހިސާބަށް ކިޔާދިން އިރު މާކިން ހުރީ ސިހިފައެވެ. މަލަކް އޭނާގެ ލޯތްބަށްޓަކައި އެވަރު ކަމެއް ކޮއްފާނެ ކަމަށް މާކިންއަށް ޤަބުލޫކުރަން ދަތިވިއެވެ. ފެނުނު މަންޒަރުގެ ސަބަބަން މާކިންއަށް ހަޤީޤަތް ނޭނގި ގޮސް ރާހިލްއަށް އަނިޔާ ކުރެވުމުން އޭނާ ހިތާމަ ކުރިއެވެ.

މާކިން ގޮސް ރާހިލްގެ ގައިގައި ބައްދާލިއެވެ. “ޑޭމް އިޓް! އައި އެމް ސޮރީ.. އަހަރެން ހާސްވެފައި ހުރިވަރުން ނޭނގުނީ..” މާކިން ދެރަވެފައި ބުނެލިއެވެ. “އިޓްސް އޯކޭ.. އިނގޭ އެހެންކަން ވިސްނޭނީ..” ރާހިލް މިހެން ބުނުމުން މާކިން ކުޑަކޮން ހީލިއެވެ. އޭރު އިނާރާ މަލަކްގެ ގައިގައި ޝޯލް އޮޅާލުމަށްފަހު އެންމެން އެކީގައި މާކިންގެ ބަޔަށް ދިއުމަށް ލިފްޓަށް އެރިއެވެ.

“ފުލުހުންނަން އަންގަން ވީއެއްނުން.” ރާހިލްގެ މިހެން ބުނިއިރު އޭނާގެ ބޮލުން ލޭ އަންނަމުން ދިޔަތަން ސާފުކުރަން މަލަކް އިނެވެ. މާކިންވެސް އެނދުގައި އިށީދެގެން އިނދެފައި ކޮޅަށް ތެދުވިއެވެ. “ނޫން.. ފުލުހުންނަށް އަންގައިފިއްޔާ މައްސަލަ ބޮޑުވާނެ.. އިނގޭ މިއީ އާދައިގެ ކަމެއް ނޫންކަން.. އެކަމަކު އޭރުން އެމީހުން މަލަކް ވެސް ހައްޔަރު ކުރާނެ.. އަހަރެމެން ދެކޭ ގޮތަކަށް ނޫން ދޯ އެމީހުން ދެކޭނީކީ.. މިކަމުގެ ސަބަބުން މަލަކް ގެއްލި ޢާއިލާ އެއްކޮން ރޫޅޭކަށް އަހަރެން ބޭނުމެއް ނޫން..” މާކިން ވިސްނަން ހުރެފައި ބުނެލިއެވެ.

“ތިއީ ވެސް ތެދެއް.. ހިނގާ މިހެން ހަދަން.. މިހާރު އަހަރެންނަށް ހަމަލާ ދިނީ ސިޑޭކަން އިނގޭ އެބަ.. އެހެންވީމަ އޭނާއަށް ލާރިގަނޑެއް ދީފައި ބުނާނީ މިކަން ހުއްޓާށޭ.. އެހެންނޫނީ ސިޑޭ ހަމަލާދިން ކަން ފުލުހުންނަށް އަންގާނަމޭ.. މަލަކް މިހިރީ އެކަމުގެ ހެކި ދޭން.. ކޮންމެ ގޮތެއް ވިޔަސް އޭނަ ބޭނުމެއް ނުވާނެ މިކަން ފަޅާއަރާކަށް.. އޭރުން މަލަކްއާއި އެކީ އެމީހުން ވެސް ހައްޔަރު ކުރާނެކަން އިނގޭނެ..” ރާހިލްގެ މި ޚިޔާލަށް މާކިން ރުހުނެވެ. “އޯކޭ.. އަހަރެން މާދަން ބޭންކަށް ދާނަށް ފައިސާ ނަގަން.. ރާހިލް ގުޅާ ސިޑޭއަށް.. މާދަން ޖެހޭނެ މިކަން ކޮޅެއްގައި ޖައްސަން.” މާކިން ބުނެލިއެވެ.

ހެނދުނުގެ އަލިން މުޅި ޖައްވު އަލިކޮއްލިހެން ހީނުވެ މާކިން ގެއިން ނިކުތީ ބޭންކަށް ދިއުމަށްށެވެ. އެކްސިޑެންޓަށްފަހު އޭނާ އަދި ބޭންކަށް ނުދެއެވެ. ހެނދުނުގެ އެންމެ ބާރު ބޮޑުވަގުތު ބޭންކަށް ގޮސްތިބި މީހުން މަދެއް ނޫނެވެ. މާކިން ވެސް ކިއުގައި އިނީ އޭނާގެ ނަމްބަރު ޖެހެން ދެންނެވެ.

އެވަގުތު މާކިންގެ ފޯނު ރިންގުވުމުން ބަލާލިއިރު ގުޅަނީ ރާހިލްއެވެ. “ހަލޯ..” މާކިން ބުނެލިއެވެ. “އެކަން އޯކޭ ވެއްޖެ.. އޭނަ ބުނީ އެއްގަޑި އިރު ތެރޭގައި ޖެހޭނެޔޯ ފައިސާގެ ކަންތައް ހަމަޖައްސަން..” އެކޮޅުން ރާހިލް ވާހަކަދެއްކިއެވެ. “ޔާ އޯކޭ.. މިހާރު މިއިނީ ކިއުގައި.. ނިމުނުހާއި އަވަހަކަށް ގުޅާނަން..” މާކިން ފޯނު ބޭއްވުމަށްފަހު އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ނަމްބަރު ޖެހޭނެ ވަގުތަކަށްށެވެ.

ފަނަރަވަރަކަށް މިނެޓު ވޭތުވެގެން ދިޔަފަހުން މާކިން އެތެރެއަށް ވަނެވެ. އަދި އޭނާ ނަގަން ބޭނުންވާ ފައިސާގެ އަދަދާއި ހުރިހާ އެއްޗެއް އޮޅުން ފިލުވާއި ދިނުމަށްފަހު އެކަންތައް ކުރިއަށް ދަންދެން ހަމަޖެހިލައިގެން އިނެވެ. “މުޙައްމަދު މާކިން ނާޒިމް.. އާދެ މި އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތް..” ހިދުމަތް ދޭން އިން އަންހެން ކުއްޖާ މިހެން ބުނުމާއި އެކީ މާކިން ސިހުނެވެ. މި އިވުނީ ހަމަ ރަނގަޅަށް ހެއްޔެވެ؟

“ކީކޭތޯ؟.. އަދި އެއްފަހަރު ޗެކް ކުރޭ.. ކީއްވެ ނުހުންނާންވީ؟” މާކިން ހުރީ ވެގެން އުޅޭގޮތް އޮޅުން ނުފިލާފައެވެ. އެކައުންޓުގައި ފައިސާ ނުހުންނަންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. “މާފްކުރައްވާއި މި އެކައުންޓަގައި އެއްވެސް ފައިސާއެއް ޖަމާ ކުރެވިފައެއް ނެތް..” އެކުއްޖާ ދެތިން ފަހަރު ޗެކް ކުރުމަށްފަހު ބުނެލިއެވެ. ނަމަވެސް މާކިންއަށް މިކަން ޤަބޫލު ކުރާނީ ވަކި ކިހިނެތް ހެއްޔެވެ.

“ނުވާނެ ތިހެން ނެތް! ކޮބާ މިބައިގެ މެނޭޖާރ؟ އަޅުގަނޑު ބޭނުން މިކަން އޮޅުން ފިލުވަން.. ހަމަ ހުރެ ބަހައްޓާފަކައި އެކައުންޓުން ފައިސާއެއް ނުގެއްލޭނުންތޯ” މާކިން ހާސްވިއެވެ. “އިރުކޮޅަކު މަޑުކޮއްލައްވާ އިނގޭތޯ..” އެއްކުއްޖާ މިހެން ބުނެފައި އެތަނުން ނިކުތެވެ. މާކިން ވަގުތުން ރާހިލްއަށް ގުޅައި މިޚަބަރު ދިނެވެ. އެންމެ ފަހުން އޭނާ ނިންމީ މިކަން ނާޒިމްއަށް އަންގާށެވެ.

“ފައިސާއެއް ނެތޭ! އެހާ ބައިވަރު ކިހިނެތްތަ ގެއްލެންވީ ކީ.. މަޑުކުރެ ބައްޕަ އެބަދަން ބޭންކަން… އެމީހުން ޖެހޭނެ ޒިންމާވާން..” ނާޒިމް ރުޅިވެރިކަމާއި އެކީ ފޯނުން ވާހަކަދެއްކި އަޑުއިވުނެވެ. މާކިން ފޯނު ބޭއްވުމަށްފަހު ދެއަތުން ބޮލުގައި ހިފާއްޓާލިއެވެ. އޭނާ ހުރީ ގޮތް ހުސްވެފައެވެ. މުޅި ދިރިއުޅުން މިކަމުގެ ސަބަބުން ބަދަލު ވެދާނެއެވެ.

ނާޒިމް ތަނުގެ މެނޭޖަރާއި ވާހަކަ ދައްކަމުން ދިޔައިރު މާކިން ކައިރީގައި ހުއްޓެވެ. “މިއީތޯ ތިބޭފުޅުން ބޭންކު ހިންގާ ގޮތަކީ؟ މި ބުނަނީ އެކައުންޓުގައި ފައިސާ ހުންނާނެއޭ.. ދެން އެ ނެތެންވީ ސަބަބެއް ތި ބޭފުޅުންކަން ނޫންތޯ އިނގޭނީ..” ނާޒިމް ރުޅިއައިސްފައި ހުރި ކަމުގައި ވިޔަސް ހަމަޖެހިގެން ވާހަކަދެކެވޭތޯ މަސައްކަތް ކުރިއެވެ.

މާކިންގެ ފޯނު ރިންގުވުމުން އޭނާ ދުރަށް ޖެހިލަފައި ފޯނުނެގިއެވެ. އޭރު ގުޅަނީ އިނާރާއެވެ. މާކިން ވެގެން އުޅޭ ގޮތް ކިޔާދިނިމުން އިނާރާ ވެސް ހާސްވިއެވެ. “ހަމަ އެއްވެސް ފައިސާއެއް ނެތް؟’ އިނާރާ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ކާގޭގައި ޖޫސްތައްޓެއް ގިރަން ހުރި ޒެރީންއަށް މިއަޑު އިވުނެވެ. އޭރު އިނާރާ ކާމޭޒުދޮށުގައި އިންއިރު އޭނާގެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ.

އިނާރާގެ ވާހަކަތަކުން މާކިންއަށް އެކައުންޓުން ފައިސާ ގެއްލުނުކަން އިނގިއްޖެކަން ޒެރީންއަށް ވިސްނުނެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވުމުން ފޯނުން ބައްސާމްއަށް ގުޅަމުން ކޮޓަރިއަށް ވަންނަން ދިޔައެވެ. ގޮތް ހުސްވެފައި އިން އިނާރާ ފެންފުޅިއެއްނަގައި އެއް ފަހަރުން ބޯލިއެވެ. ޒެރީންގެ ކަންތަކާއި ހެދި ބޯގޮވާފައި ހުއްޓައި މިލައިގަތީ އަނެއް ކަންތަކެވެ.

“މާކިންއަށް އިނގިއްޖެ.” ޒެރީން ފޯނުން ވާހަކަދެއްކިއެވެ. “ދެން އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެ! ދެން ނެތް މާގިން ދުވަހެއް..” ބައްސާމް ހެމުން މިހެން ބުނެލުމުން ޒެރީން ވެސް ހިތްހަމަޖެހުނެވެ. ދެން މިތަނުގައި މާގިނަ ދުވަހަކު އިނާރާގެ ފޫބުޑުގައި އުޅޭކަށް ނުޖެހޭނެއެވެ.

ބޭންކަށް ވަދެގެން އައި ރާހިލް ދިޔައީ މާކިން ހޯދަމުންނެވެ. ދުރުގައި ހުރި މާކިން ފެނުމުން އޭނާ ބާރު ހިނގުމެއްގައި ގޮސް މާކިން ކައިރީގައި މަޑުކޮއްލިއެވެ. “ކިހިނެތް ވީ މިހާރު؟ ކީކޭ ބުނީ އެމީހުން؟” ރާހިލް ވަގުތުން ސުވާލުކުރަން ފެށިއެވެ. “ނޭނގެޔޯ.. ބޭންކުން އެއްވެސް ފައިސާއެއް ނުނަގަމޯ.. ދެން ވެދާނެ ކަންނޭގެ މީހަކު ހެކް ކުރީކަމަށް.. އެކަން ބަލަމުން އެދަނީ..” މާކިން ހުރީ ގޮތް ހުސްވެފައެވެ.

“ހެކް ކުރިއްޔޭ؟ ކާކު އެކަހަލަ ކަމެއް ކުރާނީ.. ދެން އެމީހުން ތިކަން ބަލާނެތާ.. އެކަމަކު މަލަކްގެ ކަންތަކާއި ދެން ކިހިނެތް ހަދާނީ.. މިހާރު އެހަރަ އެއްގަޑިއިރު ހަމަވަނީ..” ރާހިލް ބުނެލިއެވެ. “ބައްޕަ ކައިރި ބުނަން ފެންނަނީ..” މާކިން މިހެން ބުނީ އިތުރު ގޮތެއް ނެތިގެންނެވެ. “އެކަމަކު މާކިން..” ރާހިލް އެއްޗެކޭ ބުނަން އުޅެފައި ވެސް ހުއްޓާލިއެވެ. “އައި ނޯ.. އެހެން ގޮތެއް ނެތޭ ދެން.. ބައްޕައަށް ވިސްނައިދޭނީ..” މާކިން މިހެން ބުނެފައި ނާޒިމް އާއިއެކީ ދުރަށް ޖެހިލިއެވެ.

ރާހިލްއާއި މާކިން ހަޤީޤަތް ހާމަ ކުރަމުން ދިޔައިރު ނާޒިމް އެންމެ ބަހެއް ވެސް ބުނެނުލައެވެ. އެމީހުންގެ ވާހަކަތައް ނިމުމުން އޭނާއަށް މަޑުމަޑުން ކައިރީގައި ހުރި ގޮނޑީގައި އިށީދެވުނެވެ. އޭރު އޭނަ އިނީ ބުނާނެ ވަކިއެއްޗެއް ނޭނގިފައެވެ. އެއްކޮޅުން އޭނާ ފުލުހުންނަށް މިކަން އަންގައި މަލަކްއަށް އެވަރު ކުރި މީހުންނަށް އަދަބު ދޭން ބޭނުންވި ނަމަވެސް އެމީހުންނާއި އެކީ މަލަކް ވެސް ގެއްލިދާނެއެވެ.

“ބައްޕާ..” ނާޒިމް އެއްޗެކޭ ނުބުނެ އިނުމުން މާކިން ގޮވާލިއެވެ. މާކިންގެ އަޑަށް ނާޒިމް ސިހިފައި އޭނާއަށް ބަލާލިއެވެ. އެވަގުތު ކައިރިގައި ހުރި ރާހިލް ވެސް އޭނާގެލޮލުގައި އަޅައިގަތެވެ. “ރާހިލް..” ނާޒިމް ގޮވާލުމުން ރާހިލް އައިސް އޭނާގެ ކައިރީގައި އިށީދެލިއެވެ. “އަހަރެން ވަރަށް އުފާވޭ ރާހިލް ކަހަލަ ކުއްޖެއް މަލަކްގެ ދިރިއުޅުމަށް އައީތީ.. ޝުކުރިއްޔާ އޭނާ ސަލާމަތް ކޮށްދިނީތީ.. އެކަމަކު މިހާރު..” ނާޒިމް މިހެން ބުނިއިރު އޭނާގެ ލޮލުން ކަރުނަ ނިރާލިއެވެ.

“ނޫން ނާޒިމްބެ… ތިގޮތަށް ޝުކުރު އަދާކުރާނެ ކަމެއް ނެތް.. މިކަން ހުއްޓުވަން ދެން މަސައްކަތް ކުރަންވީ.. ކިތަންމެ ބޭނުންވިއަސް އެމީހުންނަށް އަދަބު ދެވޭކަށް ނެތް.. މިއީ ހާލަތު މެދުވެރި ކުރެއްވިގޮތް..” ރާހިލް ވެސް ދެރަވެފައި އިނދޭ ވާހަކަދެއްކިއެވެ. “ތެދެއް ބައްޕާ.. މިކަމުގައި ބައްޕަ އެހީ ބޭނުންވަނީ..” މާކިން ބުނެލިއެވެ.

ނާޒިމް ތެދުވެ ލޯ ފޮހެލިއެވެ. “ހިނގާ.. ބައްޕަގެ އެކައުންޓުން އެމީހާ ބޭނުންވާ ވަރަށް ފައިސާ ނަގާނީ.. ކޮންމެ ގޮތަކުން ވެސް މަލަކް ތިކަމުން ސަލާމަތް ކުރާނަން..” ނާޒިމް ހިތްވަރުކޮއްފައި ބުނެލިއެވެ. “ދެން މާކިންގެ އެކައުންޓު؟” ރާހިލް ސުވާލު ކޮއްލިއެވެ. “އެކަން ބޭންކުން އެބަ ބަލައި.. އެހަށް މިކަން ނިންމާފައި ތިކަމައިގެން އުޅޭނީ.. އެކައުންޓް ހެކް ކުރީ ކާކުތޯ ވެސް ބާލާނަން!” ނާޒިމްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

މެންދުރުގެ ދިލަ ހޫނު ދެމުން ދިޔަވަގުތު ބޮޑު ސިޓީއުރައެއް ހިފައިގެން ރާހިލްއާއި އެކީ މާކިން މިސްރާބު ޖަހާފައި ހުރީ ހަނިގޯޅިއެއްގެ ތެރެއަށްށެވެ. ދެމީހުން އެކީގައި ވަދެގެން ދިޔައިރު ދުރުގައި މީހަކު ސިނގިރޭޓެއް ބޯން ހުއްޓެވެ. “އެހެރީ ކަންނޭގެ އޭނަ..” މާކިން މިހެން ބުނުމުން ދެމީހުން ގޮސް އޭނާ ކައިރިއަށް މަޑުކޮއްލިއެވެ.

“ސިޑޭ؟” ރާހިލް މިހެން ބުނެލުމުން އޭނާ އެމީހުންނާއި ދިމާއަށް އެނބުރުނެވެ. ސިޑޭގެ މޫނު ފެނުމުން އެއީ އޭނާކަން ރާހިލްއަށް ޔަޤީންވިއެވެ. އެއީ ތަންކޮޅެއް ކުރިން މަލަކްއާއި އެކީ އާޓިފިޝަލް ބީޗަށް ދިޔަދުވަހު ދިމާވި މީހާއެވެ. “އަން.. މީގެ ފަހުން މަލަކްއަށް ވައިވެސް އެޅިލައިގެން ނުވާނެ..” އަތުގައި އޮތް ސިޓީ އުރަ ދިއްކޮއްލަމުން ރާހިލް ބުނެލިއެވެ.

“މިކަން މި ނިމުނީ މިހިސާބުން!” މާކިން ރުޅިވެރިކަމާއި އެކީ ބުނެލިއެވެ. އެވަގުތު ސިޑޭ ފައިސާކޮޅު ގުނާލުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. “އޯކޭ އޯކޭ.. ދެން ދާން އުޅޭ މިތަނުން..” ސިޑޭ މިހެން ބުނުމަށްފަހު ދުރަށް ދާން ހިނގައި ގަތުމުން ރާހިލް އޭނާގެ ގިރުއާނުގައި ހިފައި ދަމައި ގަތެވެ.

 އަދި ހަމަ އެ ސިކުންތުގައި އަތް މަޅާލުމަށްފަހު ސިޑޭގެ ކޯމަތިގައި ހޫނު އެތިފަހަރެއް ޖެހިއެވެ. ނަގައިން ދިޔަ ދިލައިން ސިޑޭ ކޮލުގައި އަތް އަޅާލިއެވެ. “މިއީ މަލަކްއަށް މިހާލު ޖެއްސީމަ!!” ރާހިލް ހަޅޭލަވައިގަތެވެ. ރާހިލް އިތުރު ކަމެއް ކޮއްފާނެތީ މާކިން އޭނާ އެތަނުން ގެންދަން ވެގެން އަތުގައި ހިފައި ހިނގައިގަތެވެ.

“ކީއްވެތަ މަންމަ ކައިރީގައި މަލަކްއަށް ނުބުނެވުނީ؟” އާޝީޔާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ. ގޭތެރޭގައި މަލަކްގެ އިތުރުން އިނާރާއާއި އާއި ނާޒިމް ތިއްބެވެ. ސޯފާގައި ނާޒިމް އިންއިރު މަލަކްހުރީ އިސްޖެހިފައެވެ. އެވަގުތު ދޮރުހުޅުވާލާފައި ގޭތެރެއަށް ވައިން މާކިންއާއި ރާހިލްފެނި އެދިމާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ.

“ކިހިނެތްވީ؟” ސޯފައިން ތެދުވަމުން ނާޒިމް އަހާލިއެވެ. “ފައިސާ ދީފިން.. މާގިނަ ވާހަކައެއް ނުދައްކަން.. ދެން ހިއެއްނުވޭ އޭނާގެ އުނދަގޫ ފޯރާނެ ހެންނެއް..” މާކިން ބުނެލިއެވެ. އޭރު މަލަކްއަށް ހުރީ ރޮވިފައެވެ. މާކިން ވަގުތުން ގޮސް މަލަކްގެ ކޮނޑުގައި ހިފައި ކައިރިކޮއްލިއެވެ. “ޝުޝް… އެނިމުނީއޭ އެކަންތައް.. މަންމަ ވެސް ދެން ހަޅޭ ނުލަވާ..” މަލަކްގެ ބޮލުގައި ފިރުމަމުން މާކިން ބުނެލިއެވެ.

“މަންމަ ހަޅޭލަވަނީކީއެއް ނޫން މި.. މަލަކް ހުރިހާ ކަމެއް ފޮރުވީމަ ދެރަވޭ.. މިހާރު މަންމަ މިއީ އެއްވެސް މީހެއް ނޫން ދޯ..” އާޝީޔާ މިހެން ބުނިއިރު އެ އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. “ނޫން މަންމާ..” މަލަކް ގޮސް އާޝީޔާ ގައިގައި އޮޅުލައިގަތެވެ. ދެމައިން ރޮމުން ދިޔައިރު ނާޒިމްއަށް ވެސް އަސަރު ކުރިއެވެ.

“ދެން އެންމެން ތިވަރަށް ނުރޮއެ ހުއްޓާލަން އުޅެބަލަ.. ރާހިލް.” ނާޒިމް މިހެން ބުނެފައި ރާހިލް އަތުގައި ހިފައިގެން ގޮސް މަލަކް ކައިރީގައި ބެހެއްޓިއެވެ. “ރާހިލް.. އަހަރެންމެންގެ ހުރި ހަމައެކަނި އަންހެން ދަރި ރަނގަޅަށް ބަލާތި..” ނާޒިމް މިހެން ބުނުމުން މަލަކް އުފަލުން ހީލިއެވެ.

 އާޝީޔާ ވެސް ނާޒިމް ކައިރިއަށް ޖެހިލަމުން އޭނާއާއި އެއްބަސް ވިއެވެ. “ތެދެއް.. މަންމަމެން ރުހެން މި ގުޅުމާއި.. ރާހިލްއަކީ އަބަދުވެސް މިޢާއިލާއަށް ހެޔޮކޮން ހިތި މީހެއް.. ދެން މީގެފަހުން މަލަކްއަށް އަޅާލާތި.. މިހާރު މިއީ ރާހިލްގެ ޒިންމާއެއް..” އާޝީޔާ ބުނެލިއެވެ.

“ލައްބަ ނާޒިމްބެ.. އަޅުގަނޑު އިރާދު ކުރެއްވިއްޔާއި ދެން މަލަކްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..” މަލަކްގެ ކޯތާފަތުގައިވީ ކަރުނަތަށް ފޮހެދެމުން ރާހިލް ބުނެލިއެވެ. “ބައްޕަ.. މީގެ ފަހުން ކިޔާނީ ބައްޕަ..” ރާހިލްގެ ކޮނޑުގައި ޖަހާލަމުން ނާޒިމް ބުނެލިއެވެ. “ދިސް ކޯލްސް ފޯ ސެލެބްރޭށަން..” އިނާރާގެ އަތުގައި ހިފައިގެން ނާޒިމްމެން ކައިރިއަށް ޖެހިލި މާކިން ހީލަމުން ބުނެލިއެވެ.

“މާދަމާ ރޭ ޕާޓީއެއް ބައްވާނީ.. އަނެއްކާއި މާދަންމީ ބައްޕަގެ އުފަންދުވަސް.. ކީކޭ ބުނަނީ..” މާކިން ބުނެލިއެވެ. “ހެހެހެ.. ތިކުދިންނަށް ފެންނަ ގޮތެއް ހަމަ ރަނގަޅުވާނެ..” ނާޒިމް ހިތްހަމަޖެހިފައި ހުރެ ބުނެލިއެވެ. އިނާރާ މިއުފަލުގައި ބައިވެރިވީ އިރު އޭނާ ހުރީ މާދަމާރޭ އެންމެންނަށް ޒެރީންއާއި ބައްސާމްގެ ކުޅިގަނޑު ފަޅާއަރުވާލަން ތައްޔާރަށްށެވެ. މިއީ އެންމެ ފަހު ފަހަރެވެ. މިފަހަރު އެމީހުން ރޭވުންގަނޑު ކާމިޔާބު ވިޔަކަ ނުދޭނެއެވެ.

ޒެރީންއަށް މާދަމާ ރޭ ޕާޓީއެއް އޮންނަ ކަމުގެ ޚަބަރު ލިބުމާއިއެކީ އޭނާ ބައްސާމްއަށް ގުޅައި މި ޚަބަރުދިނެވެ. އެމީހުންގެ ފަހުގެ ކުޅިގަނޑު އޮތީ މާދަމާ ރެއެވެ. ބައްސާމް ހުރީ ނާޒިމްގެ ހުރިހާ ބާރެއް ނެތިކޮއްލުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އެޢާއިލާ މުޅިންހެން ބަރުބާދު ވުމުން ނޫނީ ބައްސާމްއަށް ހަމަނޭވާ ނުލެވޭނެއެވެ.

ބައްސާމް ކުރި އެތަށް ދުވަހެއްގެ އިންތިޒާރަށްފަހު މިކަމުގެ ނިމުން މާދަމާރޭ އަންނާނެއެވެ. އޭރު އިނާރާ ވެސް ދިޔައީ ބައްސާމްގެ އަސްލު ސޫރަ ހާމަކުރުމަށް ކެތްމަދުވަމުންނެވެ. ބައްސާމް ނޫނީ އިނާރާއެވެ. މިކަން ނިމޭނީ ކޮންމެވެސް އެއްބައެއްގެ ދިރިއުޅުން ބަރުބާދު ވުމަށްފަހުއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ނާމާނޭ…4

Next

އިންތިޒާރު 40

Next
July 26, 2015

އިންތިޒާރު 40

Previews
July 25, 2015

ނާމާނޭ…4

73 Comments!

  1. zaisha says:
    July 25, 2015 at 4:31 pm

    last part tmrw evening in shaa allah. enjoy reading 🙂

    1. sweet heart says:
      July 26, 2015 at 1:08 pm

      or else zai bune dhyba “xxxx” ge namuga coment kuri kujja use koffa huru kahala heart aruvan….i am asking everyone the same thing…pls can u tell me zai…

    2. someone says:
      July 26, 2015 at 2:53 pm

      Sweet heart ei phone ge keyboard ga hunna heart thakekeyy dear..

    3. Sweet heart says:
      July 26, 2015 at 3:52 pm

      Zaisha koba kaley

    4. Sweet heart says:
      July 26, 2015 at 3:53 pm

      Kaley haadha habareh nuvey dho. Avas kollaga dhn!!!

  2. nazi says:
    July 25, 2015 at 4:37 pm

    vvv reethi

  3. fahu says:
    July 25, 2015 at 4:39 pm

    Dhn avax khlaa.nw maa dhiguvaathy hadi

  4. Fary says:
    July 25, 2015 at 4:43 pm

    Nice me1st dhen kone irakun next part

  5. Princess Noddy says:
    July 25, 2015 at 4:52 pm

    V reethi mi part vess…happy ending akun ingey nimaalan vaany.. markin n inaa dhen e dhemyhunge babby wow imagine kohlyma vess hyvey ending v reethi vaane hen. i just love dis story. waiting 4 next part.

  6. Azki says:
    July 25, 2015 at 4:53 pm

    yeeeeiiii !
    varah rethi 🙂

  7. sahyn says:
    July 25, 2015 at 4:55 pm

    Woah.. I love it….

  8. Sheeby says:
    July 25, 2015 at 5:03 pm

    Wow stry was awsme… nxt part avahah up kohdhyba

  9. inaaa says:
    July 25, 2015 at 5:05 pm

    Adhi ihah ina kolhu dhakkollaaa..hehe stry eha avahah nunimmahche v salhi mi story 🙂

  10. Xzoo says:
    July 25, 2015 at 5:08 pm

    best story ever
    sooo nice
    next part avahah up kohdhehcheyy
    plxx
    love yuh zai

  11. Juma says:
    July 25, 2015 at 5:11 pm

    Wow! Awsm.. waiting 4 last part.. so excited.. gud luck zai.. vvv nice ending eh gennahchey.. 🙂 🙂

  12. shy says:
    July 25, 2015 at 5:22 pm

    Vrah vrah reeti plx maadan falhaa aruvaalaati

  13. fath says:
    July 25, 2015 at 5:31 pm

    wow. salhi

    1. Sam says:
      July 25, 2015 at 5:39 pm

      Inaaraa inaaraa..! Inaaraa hop hop…! In sha Allah yu van do it…! Plx zai

  14. sumone says:
    July 25, 2015 at 5:33 pm

    v v v v v v v v v v v v v v v v awesome mi part ves ………. can’t wait to read the next part…. avahah next part up kohdhehchey ingey zai…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙂 ? ? ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙂 ? ? ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙂 ? ? ?

  15. Shau says:
    July 25, 2015 at 5:45 pm

    V reethi mi part ves
    Waiting for the next part

  16. shara says:
    July 25, 2015 at 5:48 pm

    Its awsume. . . . Waitin 4 nxt part

  17. nukko says:
    July 25, 2015 at 5:54 pm

    V v v reethi.. nxt part avahah up kohdhecheyy. Plx… last part dw. Dhen xaii ge ehn story eh kn irakun kiyan libeynee…

  18. Rana says:
    July 25, 2015 at 5:59 pm

    Xai haadha rangalhey………. vaahaka varah salhi

  19. Jam says:
    July 25, 2015 at 6:30 pm

    v v v reethi.

  20. Smile says:
    July 25, 2015 at 6:44 pm

    Bassaam e ee naazim ge dhari eh hen heevany….

  21. aathu says:
    July 25, 2015 at 6:45 pm

    Wow awsume❤??????????❤?????????❤???????❤????

    1. sweet heart says:
      July 25, 2015 at 8:59 pm

      pls can u tell me how to use that heartand all.

  22. liu says:
    July 25, 2015 at 6:59 pm

    vvvvvv reethiiiiiii❤??????????❤?????????❤???????❤

    1. sweet heart says:
      July 25, 2015 at 9:00 pm

      liu pls can u tell me how to use that heat…..

    2. liu says:
      July 26, 2015 at 3:34 pm

      eeeeee phonega huna pic thakeh…..sweet heartge phonega huritho baaalaaaalaaaaaaaa

    3. sweet heart says:
      July 26, 2015 at 4:16 pm

      thanks….i was waiting 4 that love u

    4. liu says:
      July 26, 2015 at 4:36 pm

      welcome

  23. Imattey says:
    July 25, 2015 at 7:14 pm

    V salhi igey zai

  24. anth says:
    July 25, 2015 at 7:52 pm

    Varah reethi. Vaahaka genesdhevey lih lasvanee..

  25. Mil says:
    July 25, 2015 at 8:01 pm

    Mi part vx hama super… vvvvvv reethi ❤????????????? Thankeeeeeeew zaisha

    1. sweet heart says:
      July 25, 2015 at 9:01 pm

      mil pls can u tell me how to use that heart…

  26. inayaa says:
    July 25, 2015 at 8:01 pm

    Alhe plx plx basaamuah kaamiyaabuviya nudheythi.

  27. somebody says:
    July 25, 2015 at 8:05 pm

    i just dont understand why bassaam is trying to ruin their life…
    anyways the story is pretty nice….
    waiting for the next part….

  28. dhil says:
    July 25, 2015 at 8:11 pm

    V nice

  29. Crazi says:
    July 25, 2015 at 8:12 pm

    Yah vahaka v shalhi

  30. Shabee says:
    July 25, 2015 at 8:32 pm

    Wow v v v reethi….love it… happy ending akun nimmahchey… 😛

  31. sweet heart says:
    July 25, 2015 at 9:05 pm

    ZAI DHEN EHEN STORY EH LIYAN THR?
    WNT 2 READ A STORYOF U…..;;;;;;;;

  32. mi says:
    July 25, 2015 at 9:37 pm

    Nice keep it up

  33. emiliya says:
    July 25, 2015 at 9:50 pm

    I luv this story………. just luv it ☆☆☆☆☆☆☆☆
    ♥♥♥♥♥♥♥♥♥

  34. nihaa says:
    July 25, 2015 at 10:05 pm

    Habeysss hama…

  35. mixu says:
    July 25, 2015 at 10:17 pm

    Wonderful. Waiting 4 nxt prt. N it’s excellent story in this site. Ur r da bst

  36. Mishko says:
    July 25, 2015 at 11:25 pm

    Varah reethi i <3 this story

  37. Thui says:
    July 25, 2015 at 11:52 pm

    V reethi

  38. Nim says:
    July 26, 2015 at 1:43 am

    Varah reethi vaahaka kuriyah dhàa goi..??????????????

  39. kitty says:
    July 26, 2015 at 2:02 am

    V rythi <3

  40. kitty says:
    July 26, 2015 at 2:03 am

    <3

  41. Jerry.. says:
    July 26, 2015 at 2:32 am

    Last part..?? Why?? Aslu vvv reethi mi vaahaka.. I think adhi maa avass henn niman.. 🙂 liv it ❤️❤️

  42. Jerry.. says:
    July 26, 2015 at 2:32 am

    *love it.. 🙂

  43. lyn says:
    July 26, 2015 at 2:51 am

    Wow nice….

  44. jeex says:
    July 26, 2015 at 7:56 am

    Nice story

  45. Fathun says:
    July 26, 2015 at 9:01 am

    It was awesome story can’t waited for the next part.!!!! I just love it

  46. Love Maakin says:
    July 26, 2015 at 9:56 am

    Nice story

  47. xxxx says:
    July 26, 2015 at 12:19 pm

    ❤??????????❤?????????❤???????❤

    1. sweet heart says:
      July 26, 2015 at 1:09 pm

      pls..

  48. xxxx says:
    July 26, 2015 at 12:20 pm

    ❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤??????????❤?????????❤???????❤❤?????????❤???????❤

    1. sweet heart says:
      July 26, 2015 at 1:04 pm

      XXXX PLS BUNEDHYBA EKAHALA HEARTS ARUVAA GOTH… EVVES KUJJAKU KIYAI NUDHIN… PLS CAN U TELL…

    2. Jennifer says:
      July 26, 2015 at 2:00 pm

      Dats is really cool..

    3. kinya bunya minya hinya tany says:
      July 26, 2015 at 3:07 pm

      Sweetheart ge keyboard ga neendheytha??????????????????✋✊?☝✋✌? kada bahthi eh dho thi gengulheny?✌

  49. liu says:
    July 26, 2015 at 1:40 pm

    ekahala hearts leveyni phn ga inaane emo than. keyboard ga. annmokon iphones ga e hearts tha hunaani. like this ??????❤️???. ok?

    1. sweet heart says:
      July 26, 2015 at 4:30 pm

      ok… thanks a lot..

  50. maaash says:
    July 26, 2015 at 2:13 pm

    Vvvv nice ending v dhigu kohlahchey xai plx 😉 😀 🙂 <3 <3

  51. Dumb sweet heart says:
    July 26, 2015 at 3:12 pm

    Stupido. E hunnaany keyboard ga. Kada phn gengulhenya vaany thihen.❤❤❤❤????????????????????????????????????????????????????????❤????????????????❤?❤?❤?????????????????????????????????????❤?❤???????????????????????????????❤???????????????????????????????????❤?❤?❤??????????????????????????❤??????????❤?❤?❤?❤?????????❤?❤?????????????❤?❤????????????????????????????????????????????????????????????❤?❤?❤?❤❤?❤???????????????????????????????

  52. liu says:
    July 26, 2015 at 3:49 pm

    ❤?????????????❤?????????????❤?????????????❤?????????????❤???????????????❤?????????????❤?????????????❤?????????????❤?????????????❤?????????????❤?????????????❤?????????????❤?????????????❤?????????????❤?????????????❤?????????????❤????????????❤?????????????❤??????????????❤?????????????❤????????❤?????????????❤?????????????❤?????????????❤?????????????❤?????????????

  53. nazi says:
    July 26, 2015 at 4:23 pm

    zai kobaa

  54. liu says:
    July 26, 2015 at 4:39 pm

    avaskohdheebaaaaaaaaaaaaaa…just waitin for the story

  55. Nuzha says:
    July 27, 2015 at 12:05 pm

    <3 salhi

  56. hudhaa says:
    July 28, 2015 at 3:57 pm

    Vrh rythi mi part vesss…….,

  57. Black roze says:
    July 29, 2016 at 4:28 pm

    Lol♡

Comments are closed.

Next Episodeހިތް ވިންދާނުލައި… (31) (ފަހުބައި)←


All Right Reserved!