Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރަހީނު… 14 ވަނަ ބައި…

Fantasy Level 310 Stories500 Comments100 Comments
July 24, 2015 9 Mins Read
22 Comments

“އަހަރުމެންނަށް އެގިއްޖެ ޖަނާން ހުރި ތަނެއް” ވަހީދު އެތެރެއަށް ވަންނަމުން ނިހާންއާއި ދިމާލަށް ބުނެލިއެވެ. އުފަލާއި އެކު ނިހާން ތެދުވިއެވެ. “އޭނަ ދުނިޔޭގަ އެބަ ހުރި.. އެކަމަކު އެހާ ރަނގަޅު ހާލަތެއް ގައެއް ނޫން.. އަހަރެން ބޭނުން ތި ގްރޫޕްގެ އެންމެންނާއި ވާހަކަ ދައްކަން..” ވަހީދުގެ އަޑުގައިވަނީ ހާސްކަމެވެ. ނިހާން އަވަސް ކަމާއި އެކު ފޯނު ނަގާ ފައިސަލް އަށް ގުޅާލިއެވެ. ފައިސަލް ފޯނު ނެގުމުން ޖަނާންގެ ހަބަރު ދިނެވެ. އަދި ވަހީދު ބައްދަލު ކޮށްލަން ބޭނުންވާ ވާހަކަ ބުންޏެވެ. ފައިސަލް މިދަނީއޭ ކިޔާފައި ފޯނު ބޭއްވިއެވެ.

********

ގައިގަނޑަކަށް ތިރީސް މިނެޓް ފަހުން ފައިސަލް އައިސް ނިހާން އިން ރޫމްއަށް ވަނެއެވެ. އަތުން ދަޑިގަޑެއް ހިފައިގެން ހުރި އިރު ރޭޝަމްވެސް އޭނަގެ ފަހަތުން ވަނެވެ. “ކިހިނެއްވީ” އަވަސްކަމާއި އެކު ވަންނަމުން ފައިސަލް ބުނެލިއެވެ. “ބަލަ މިތަނަށް ތި އައީ ކީއްވެ.. އަހަރެންނަށް ދެވުނީހޭ ފައިސަލްމެން ކައިރިއަށް” ފައިސަލް ފެނުމާއި އެކު ހައިރާންކަމާއި އެކު ވަހީދު ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ތިކަން އެނގޭ.. އެކަމަކު އަހަރެންނަށް މިހުރީ އާދެވިފައެއްނުން..” ނިހާން ގޮޑިއެއް ދައްކާލުމުން އެތަނުގައި އިށީނަމުން ފައިސަލް ވާހަކަ ދެއްކިއެވެ. “އަޅުގަނޑުވެސް ބުނީމޭ އަދި ނުތެދުވާށޭ.. އެތަނުގެ ޑޮކްޓަރުންވެސް ބުނި.. އެކަމަކު ފައިސަލް ސަރ ހުއްޓުވޭނެ ވަރުގެ މީހެއް ނެތް ވިއްޔަ” ރޭޝަމް ބުނެލިއެވެ. “އަހަރެންގެ ވާހަކަ ބަހައްޓާފަ ޖަނާންގެ ވާހަކަ ދައްކަބަލަ… އޭނައާއި ބެހޭ ކޮން މައުލޫމާތެއްތަ ލިބުނީ” ވަހީދުއާއި ދިމާލަށް ބަލާލަމުން ފައިސަލް އަސްލު އައި ސަބަބު ބުނެލިއެވެ. “އާ ޖަނާންދޯ.. އަހަރެން ބުނީ ޖާނަން ދުނިޔޭގަ ހުރި ކަން އަހަރުމެންނަށް ކަށަވަރު ވެއްޖެ.. އެކަމަކު އެހާ ރަނގަޅު ހާލަތެއްގައެއް ނޫން.. އަދި އެހާ ރަނގަޅު ބައެއްގެ އަތްދަށުގައެއްވެސް ނޫން” ވަހީދު ވާހަކަ ދެއްކިއެވެ. “އެހެންވީމަ އޭނަ ހުރީ ބައެއްގެ އަތްދަށުގައި ދޯ” ފައިސަލް އަހާލިއެވެ. ” އެކަން ކަލޭމެންނަށް މާކުރިންވެސް އެނގެއެއްނުން.. އޭނަ ރަހީނުކޮށްފައިވާކަން ކަލޭމެންނަށް އެނގޭކަން ނިހާންގެ ވާހަކަ ތަކުން އަހަރެންނަށް ޔަގީންވި.. އެކަމަކު އަހަރެން އެންމެ ހައިރާންވީ ކަލޭމެން އަހަރުމެންގެ ކައިރީގައި އެވާހަކަތައް ނުދެއްކީމަ” ވަހީދު ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ.

“ދެން ތިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. މިހާރު އަހަރުމެން ބަލަންވީ ޖަނާން މިކޮޅަށް ގެނެވޭތޯ.. އޭނަ ހުރި ތާކުން..” ފައިސަލް ބުނެލިއެވެ. “އޭނަ ހުރީ އިންޑިއަ ގަ” ވަހީދު ބުނެލިއެވެ. “ކިހިނެއް އެނގުނީ އޭނަ އެގައުމުގައި ކަމެއް” ނިހާން އަހާލިއެވެ. “އަހަރުމެންނަށް އެތަނުގެ ސިފައިން ގުޅީ.. އެތަނުގަ އުޅޭ ގްރޫޕްއެއްގެ އަތްދަށުގައި ޖަނާން އިންވާހަކަ ބުނީ.. މިއަދު ލިބުނު މައިލޫމާތެއް ޔަގީން ކުރަންވެގެންނޯ މި އަންގާލީ.. ޖަނާން އެއީ ދިވެއްސެއްހޯ… އެނަން ކިޔާ އޮފިސަރެއް އުޅޭހޯ…” ވަހީދު މައުލޫމާތު ލިބުނު ގޮތް ކިޔައިދިނެވެ. “އޭނަ ހުރީ ވަރަށް ނުރައްކާތެރި ގްރޫޕްއެއްގެ ދަށުގައި… މުސްލިމުންގެ ނަމުގައި އެތައް ނުރައްކާތެރިކަމެއް ކުރަމުން އަންނަ ގްރޫޕްއެކޯ އެއީ.. އިންޑިއަގެ ސިފައިންވެސް އެމީހުންނަށް ފާރަލަމުންދާތާ އެތައް ދުވަހެއް ވެއްޖެއޯ މިހާރު.. މި ގްރޫޕް މީހުންނަކީ އިންޑިއާ އަދި ޕާކިސްތާނު ދިމާވާ ސަރަހައްދުގައި ދިރިއުޅޭ ބައެއް.. އެމީހުން އާއްމުކޮށް ކިޑްނެޕް ކުރާނީ ނޫނީ ރަހީނު ކުރާނީ އެކަން ކުރަން ބަޔަކު އެމީހުންނަށް ބޮޑު ލާރިގަނޑެއް ދިނީމަ” ވަހީދު އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އެހެންވީމަ ތި ބުނީ ޖަނާން ރަހީނު ކުރަން ބަޔަކު އެމީހުންނަށް ލާރި ދިނީއޭތަ..” ރޭޝަމް ހައިރާން ކަމާއި އެކު އަހާލިއެވެ. “އާ މިބުނީ އެހެން.. ބޮޑުވެގެންވާ އަގެއް ނުކިޔަނީހެއް އެމީހުން މީހުން ރަހީނުއެއް ނުކުރާނެ..” ވަހީދު ބުނެލިއެވެ. “މިހާރު އެހެންވީމަ ޖަނާން ދުނިޔޭގައި ހުރި ކަން އެގިއްޖެ.. އެހެންވީމަ އޭނަ ސަލާމަތް ކުރަން އަހަރުމެންނަށް ކުރެވޭނެ ކަމަކީ ކޮބާ” ނިހާން އަހާލިއެވެ. “އެއީ ވަރަށް އުދަގޫކަމެއް.. ކުރިންވެސް ބުނިހެން އެއީ ވަރަށް ނުރައްކާތެރި ގްރޫޕްއެއް.. މިހާ ދުވަސްވަންދެން ޖަނާން ދުނިޔޭގައި ހުރިތީވެސް އެތަނުގެ ސިފައިންވެސް ތިބީ ހައިރާންވެފަ.. އެއްގޮތަކީ އެމީހުން ޖަނާން ދުނިޔޭގައި ބަހައްޓަން ބޭނުންވުން.. އަނެއްގޮތަކީ އެމީހުން ޖަނާން ލައްވާ ނުބައި ކަމެއް ކުރުވަން އުޅުން.. މީގެން ކޮންމެ ގޮތަކަށް ވިޔަސް އެމީހުން ޖަނާންއަށް އެތައް އަނިޔާއެއް ކުރާނެ.. އިންޑިއަގެ ސިފައިން ބުނި ގޮތުން ވިއްޔާ އެމީހުންނަކީ އަނިޔާ ކުރުމުގެވެސް އެންމެ މިޒަމާނުގެ ގޮތްތައް ގެންގުޅޭ މީހުން.. މަރާނުލާ ކުރެވެން ހުރި އެންމެ ބޮޑެތި އަނިޔާ އެމީހުން ކުރާނެ.. އެހެންވީމަ މިހާރު ޖަނާން ދުނިޔޭގަ ހުރިއްޔާ ހުންނާނީ އޭނަ ހަލާކުވެފަ” ވަހީދު އިންޑިއަގެ ސިފައިންގެ ފަރާތުން ލިބުނު މައުލޫމާތާއި އޭނައަށް ހީވާ އެއްޗަކާއި އެކު ކިޔާލިއެވެ.

“ކޮންމެ ގޮތެއްވިޔަސް އޭނަ އެކަމެއްގެ ތެރެއަށް ދާން ޖެހުނީ އަހަރުމެންނާއި ހެދި.. އެހެންވީމަ އަހަރުމެން އޭނަ ސަލާމަތް ކުރަންޖެހޭނެ.. ސަރ މިކަމަށް ކީކޭތޯ ބުނާނީ..” ފައިސަލް އެއްޗެކޭ ނުބުނެ އިނުމުން ނިހާން ވާހަކަ ދެއްކިއެވެ. “އަނެއްކޮޅުން.. ތި ބުނާ ގްރޫޕްއަކަށް ލާރި ދޭނީ ކާކުބާ.. “ރޭޝަމް ހިތުގައި އުފެދެމުން ދިޔަ ސުވާލު އަހާލިއެވެ. “ތިއީ ވަރަށް މުހިއްމު ސުވާލެއް.. ކަލޭމެން ބުނީ ނާޝިދުއަކަށް ތި އެންމެންވެސް ޝައްކު ކުރަމޭ.. އޭނައާ ބެހޭ އިތުރު މައުލޫމާތެއް އެގޭތަ.. ” ވަހީދު އަހާލިއެވެ. “ނޫން.. އޭނަ ދޫކޮށްލި ފަހުން އޭނަ ދިޔައީ މާލޭގައި އޭނަ ދިރިއުޅޭގެއަށް.. އެގެއަށް ގޮސް ބޭރަށް ދަނީ ނަމާދަށް އެކަނި.. ދެން މާގިނަ މީހުންނަކަށް ގުޅައެއް ނަހަދާ” ރޭޝަމް އޭނަ އަދިވެސް ނާޝިދު އުޅޭ ނޫޅޭގޮތް ބަލަމުން ދާކަން އަންގާލިއެވެ. “ސަރ… ކޮންމެ ގޮތެއްވިޔަސް ޖަނާން ސަލާމަތުން އެބަހުރި.. އޭނަ ހަލާކުވެފަ ހުއްޓަސް.. އަދި ނެތަސް.. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް އޭނަ ސަލާމަތް ކުރުން އެއީ” ނިހާން ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “ހިލްމީއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބުނުތަ” ފައިސަލް އެއިންގޮތަށް އިދެ އަހާލިއެވެ. “އައި އޭމް ސޮރީ.. ހިލްމީއާއި ބެހޭ އެއްވެސް މައުލޫމާތެއ އަދި ނުލިބޭ..” ވަހީދު ބުނެލިއެވެ. “އެކަމަކު އަހަރުމެންނަށް ޖަނާން ސަލާމަތް ކުރުމަށް ކުރެވޭނެ ކަމެއް ނެތް.. މިއީ ބޮޑު ޤައުމެއް ނޫން.. މިއީ ކުޑަ ޤައުމެއް.. މިތަނުގެ ސިފައިންގެ ޓީމްއެއް އެހެން ޤައުމަކަށް އަރައި ހަގުރާމަގަޑެއް ހިންގާލައިފިއްޔާ އެވާނީ ބޮޑު މައްސަލައަކަށް.. ” ވަހީދު ވާހަކަ ދެއްކިއެވެ. “ދެން ތިބުނީ އަޅުގަނޑުމެން އަޅާނުލާ ތިބޭށޭތަ.. ” ރޭޝަމް ހައިރާން ކަމާއި އެކު ވާހަކަ ދެއްކިއެވެ. “އިންޑިއަ ގެ ސިފައިންނާއި ވާހަކަ ދެއްކިދާނެ… އެކަމަކު ޖާނަން ސަލާމަތް ކުރާށޭ ކިޔާފަ ހަތިޔާރު ހިފައިގެން އަހަރުމެންނަށް އެހެން ޤައުމަކަށް ނޭރޭނެ.. އަހަރެން ވާނުވާ އަންގާނަން.. މިދަނީ އެކޮޅަށް ދާން..” ވަހީދު އެހެން ބުނެލަމުން އެތަނުން ބޭރަށް ނިކުތެވެ.

***********

އަހަރެން ދެލޯ ހުޅުވާލީމެވެ. އަހަރެން އޮތީ ކުރިން ވެސް އެމީހުން އަހަރެން ގެންގުޅު އަދިރި ‘ގުޅަ’އި ގައެވެ. ފަރީގް އެ ރޫމްއިން ނިކުން ފަހުން ދެމީހުން އެތަނަށް ވަނެވެ. އަހަރެން އަރައިފައިވާ ރުޅިގަނޑުގެ ސަބަބުން އެދެމީހުންނަށް ހަމަލަދީ އެތަނުން އެކަކު އެތަނަށް ވައްޓާލި ވަގުތު އަނެކަކު އަހަރެންގެ ބޮލުގައި ހަރު އެއްޗަކުން ޖެހި ހަނދާން އަހަރެން ހުއްޓެވެ. އަހަރެން މަޑުމަޑުން ބޮލުގެ ފަހަތުގައި އަތް ޖައްސާލީމެވެ. ފަޅައިގެން ގޮސްފައި ނެތަސް އެތަނަށް ތަދުވަމުން ދިޔައެވެ. އެވަގުތު އަހަރެންނަށް ހިލްމީގެ ހަދާންތައް އާވެގެން ދިޔައެވެ. އަހަރެންގެ އަތްމަތީގައި އޭނަ މަރުވި ގޮތް ލޮލަށް ސިފަވެގެން ދިޔައެވެ. ވަގުތުން ތެދުވެ ފާރުގައި ބުރަކަށި ޖައްސާލެވުނީ ބިރުގަތްލެއް ބޮޑުކަމުންނެވެ. އެވަގުތު އަހަރެންނަށް އެތަނުގައި ހިލްމީ އޮތްހެން ހީވެގެން ދިޔައެވެ. އޭނަގެ ގައިން ފޭބި ހުރިހާ ލެއެއް އަހަރެންނަށް ފެންނަމުން ދިޔައެވެ. މީހާ މަޑުމަޑުން ތުރުތުރު އަޅައިގެން ދިޔައެވެ.

******

“ކީއްވެ ސަރ ޖަނާން ސަލާމަތް ކުރަން އެއްޗެކޭ ނުބުނީ” ވަހީދު ނިކުމެގެން ދިއުމުން އޭގެ އިރުގަނޑެއް ފަހުން ނިހާން ފައިސަލްއާއި ދިމާލަށް ހުއްޓުނެވެ. ފައިސަލް ނިހާންއާއި ދިމާލަށް ބަލާލުމަށްފަހު އިސްޖަހާލިއެވެ. “ޖަނާން ސަލާމަތުން ހުރިތޯ މި ހުރިހާ ދުވަހު އަޅުގަނޑުމެން މި ހޯދީ.. އެކަމަކު މިއަދު އޭނަ ފެނުނީމަ އޭނަ ސަލާމަތް ކުރަން ސަރ އެއްވެސް އެއްޗެއް ނުބުނި.. ކީއްވެތޯ އެއީ..” ނިހާންގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމުގެ ރާގެވެ. ރޭޝަމްވެސް ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “ވަހީދު އެބުނީ ތެދެއް.. އަހަރުމެންނަށް އެހެން ޤައުމަކަށް ހަތިޔާރު ހިފައިގެނެއް ނޭރޭނެ..” ފައިސަލް އިސްޖަހައިގެން އިދެ ވާހަކަ ދެއްކިއެވެ. “ކާކު ބުނީ ހަތިޔާރު ހިފައިގެން އަރާށޭ.. އެކަމަކު ކޮންމެވެސް ކަމެއް ކުރެވޭނެއެއްނުން..” ނިހާން ބުނެލިއެވެ. “ކުރެވޭނެ ކަންތައް ވަހީދު އެކުރަނީނުން… އަހަރުމެންނަށް ނުކުރެވުނު ކަންތައްވެސް ވަހީދު އެކުރަނީނުން.. އެހެންވީމަ އުފާ ވެއްޖެތަ.. ޖަނާން ވީތަން އެނގުނީ.. އެކަމަކު ހިލްމީ.. އޭނަ ކޮބާ..” ފައިސަލް ކުއްލިއަކަށް ފުއްމައިގެން ތެދުވިއެވެ. “އެވެސް އަހަރުމެން ހޯދަންޖެހޭ މީހެއް.. އޭނަ ގެއްލުނީވެސް ނޫނީ ކިޑްނެޕް ކުރީވެސް އަހަރުމެންނާއި ހެދި.. މި ހުރިހާ ކަމެއްވެސް މިވަނީ އަހަރުމެންނާއި ހެދި… އަހަރެންނާއި ހެދި” ފައިސަލް ވާހަކަ ދެއްކިއެވެ. ” މިއީ އެއްވެސް މީހެއްގެ ފޯލްޓެއް ނޫން ސަރ.. އަޅުގަނޑުމެންގެވެސް އަދި ސަރގެވެސް،. މި މިޝަންއަކީ އަޅުގަނޑުމެން ގައުމަށް ކުރިމަތިވެދާނެ ތްރެޓްއަކުން ސަލާމަތްވުމުގެ ގޮތުން ފެށިކަމެއް.. އެހެންވީމަ އެއީ އެއްވެސް މީހެއްގެ ކުށެއްނޫން” ނިހާން ވާހަކަ ދެއްކިއެވެ. ފައިސަލް ނިހާންއާއި ދިމާލަށް ބަލާލިއެވެ. އަދި ފަޑު ގޮތަކަށް ހިނިތުންވެލިއެވެ. “އަހަރެން މިދަނީ އަހަރެންގެ ކެބިންއަށް.. ވަރަށް ގައިގަ އެބަ ރިއްސާ.. އެހެންވީމަ ކުޑަކޮށް ރެސްޓް ކޮށްލާނަން” ފައިސަލް އެތަނުން ނިކުންނަމުން ބުނެލިއެވެ. ފައިސަލް އާއި ދިމާލަށް ނިހާންއާއި ރޭޝަމް ބަލަހައްޓައިގެން ތިއްބެވެ.

**********

ނިހާން ރައުޝާ ކައިރީ އިން ސޯފާގައި ޖައްސާލިއެވެ. “ހާދަ ވަރުބަލިވެފަ” އިށީދެފައި ފުންނޭވާއެއް ބޭރުކޮށްލި ގޮތުން ރައުޝާ ވާހަކަ ދެއްކިއެވެ. ރައުޝާ އޭނަގެ ޑިއުޓީ ނިންމާފައި ގެއަށް އައީ ދާދި ދެންމެއަކުއެވެ. ނިހާންވެސް މިއަދު އެހާ ބުރަކޮށް އުޅުމުން ރައުޝާ ދެކިލާހިތުން އެގެއަށް އައީއެވެ. “ހޫމް.. ފޫހިވެފަ އަސްލު ބުނަންޏާ.. ކަމަކުން ސަލާމަތް ވެވެން އޮތްވާ އެކަމުން ސަލާމަތްވާން އެހެން މީހުން ބޭނުން ނުވަންޏާމު ފޫހިވާނެ ދޯ” އޭނައާއި ރައުޝާއާއި ދެމެދުގައި އޮތް ކުޝަން ނަގަމުން ރައުޝާގެ ފައިމަތީގައި އޮށޯނަމުން ނިހާން ވާހަކަ ދެއްކިއެވެ. “ބައެއް ފަހަރު އަހަރެންނަށް ނިހާން ކިޔާ އެއްވެސް އެއްޗެއް ނޭނގޭ” ރައުޝާ ލޯތްބާއި އެކު ނިހާންގެ އިސްތަށިގަނޑާއި ބެހެލިއެވެ. ނިހާން ދެލޯ މަރާލިއެވެ. “އަދި ހަނދާންނެތިފައޭ މިހުރީ.. ނިހާން ދަންނަންތަ ޖަނާން ކިޔާ މީހެއް” ރައުޝާ އޭނަގެ އަޑު މަޑުކޮށްލަމުން އަހާލިއެވެ. އެވަގުތު ނިހާން ދެލޯ ހުޅުވާލިއެވެ. “ޖަނާންއޭ” ނިހާންއަހާލިއެވެ. “އާ.. އަހަރެން ކައިރީގައި ބުނީމެއްނުން.. މީހަކަށް ފާރަލާށޭ.. އަހަރެން އޭނަގެ ފޯނުން ފޮނުވާފަ ހުރި މެސެޖްތައް ބެލިން..” “ދެން” ރައުޝާ ވާހަކަ ފުރިހަމަނުވަނީސް ނިހާން އަހާލިއެވެ. “ޖަނާން އޭ ކިޔާ މީހަކާއި ބެހޭގޮތުން ހުރި އެއްނަންބަރަކަށް އެތައް މެސެޖްއެއް ފޮނުވާފަ.. އަދި އެހެން ކަމެއްވެސް ފާހަގަ ކުރެވުނު” ރައުޝާ ދެފަރާތަށް ބަލާލަމުން ވަރަށް މަޑުން ބުނެލިއެވެ. އަދި އެތަނުން ތެދުވެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނިހާންވެސް ރައުޝާގެ ފަހަތުން ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

ކޮޓަރިއަށް ވަދެ ރައުޝާ ދޮރު ޖެހިއެވެ. އަދި އެނދުމަތީގައި ބައިންދާފައިވާ ލެޕްޓެޕް ކައިރިއަށް ޖެހިލިއެވެ. އަދި އެތަނުގައި ހުރި ގަނޑުތަކެއް ނަގާ ނިހާންއަށް ދިއްކޮށްލިއެވެ. “ނިހާން ބުނީމެއްނުން ނިހާންގެ އެކުވެރިއެކޭ ހިލްމީއަކީ” އެގަނޑުތައް ދިއްކޮށްލަމުން ރައުޝާ މަޑުން ވާހަކަ ދެއްކިއެވެ. ނިހާން ހައިރާންކަމާއި އެކު އެ ގަނޑު ބަލާލިއެވެ. “ތިގަނޑުގައި ތި ހުރީ އޭނަ ނައްތާލުމަށް ބަޔަކަށް ލާރި ދިންވާހަކަ” ރައުޝާ ނިހާންގެ ކޮނޑުގައި އަތްބާއްވާލަމުން ވާހަކަ ދެއްކިއެވެ. ނިހާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިގައުމުގެ ގަދަވެރި މީހަކު މިކަހަލަ މުޑުދާރު ކަމެއް ކޮށްފާނެއޭ ބުނާނީ ކާކު ހެއްޔެވެ. އޭގައިވަނީ ހަމައެކަނި ހިލްމީ ނައްތާލުމަށް ލާރި ދިން ވާހަކައެއް ނޫނެކެވެ. ނަމަވެސް އޭގެ މާކުރިން ޖަނާން ރަހީނު ކުރުމަށް އެތައް ލައްކައެއް މި މީހަކު ހަރަދު ކުރިކަން އޭގެން އެގެން އެބައޮތެވެ. ނިހާންއަށް އެނދުމަތީގައި އިށީދެވުނެވެ. “އައި އޭމް ސޮރީ ލަވް” ނިހާން ކައިރީގައި އިށީނަމުން ރައުޝާ ބުނެލިއެވެ. “މީތި އެއްވެސް މީހަކަށް ރައު ދެއްކިންތަ” ނިހާން ދެލޯ ބޮޑުކޮށްލަމުން ރައުޝާއާއި ދިމާލަށް ބަލާލިއެވެ. “ނޫން..” ރައުޝާ ބުނެލިއެވެ. “މިކަން ކުރިކަން އެއްވެސް މީހަކަށް އެނގޭނެތަ.. އެއްވެސް މީހަކަށް އެނގޭނެތަ ރައު މިނަންބަރުގެ މައުލޫމާތު ހޯދިކަން” ހާސްކަމާއި އެކު ނިހާން އަހާލިއެވެ. “ނޫން.. އަހަރެން އެއްވެސް މީހެއް ކައިރީގައި ނުބުނާނެ އެއްނުން.. އެއްވެސް މީހަކަށް ނޭނގޭނެ އަހަރެން ތި ނަންބަރުގެ އެއްވެސް އެއްޗެއް ހޯދިކަމެއްވެސް.. ކިހިނެއްވީތަ” ހާސްވެފައިވާ ނިހާން ފެނުމުން ރައުޝާ ބުނެލިއެވެ. “ރައު.. ރައު ވަރަށް ސަމާލު ވާން ޖެހޭނެ.. ބަލާބަލަ މި ހުރި މެސެޖްތައް.. އެގެއެއްނުން މިއީ ކިހާ ނުރައްކާތެރި މީހެއްކަން.. އޭނައަށް ރައު ޝައްކެއް ވިޔަސް ރައު ދުއްވާލާކަށް އުދަގުލެއް ނުވާނެ.. ޕްލީޒް ލަވް ބީ މޯ ކެއަރ ފުލް” ނިހާން ރައުޝާގެ އަތުގައި ހިފާލިއެވެ. “މީގެ އިތުރު އެއްވެސް ހާޑްކޮޕީއެއް އޮންނާނެތަ.. ސޮފްޓް އެބަހުރި ތަ” ނިހާން އަހާލިއެވެ. “ތި ހާޑް ކޮޕީ އެކަނި އޮންނާނީ.. ސޮފްޓްއަކަށް އިންނާނީ މީތި” ލެޕްގައި އިން އެއްޗެއް ދައްކާލަމުން ރައުޝާ ބުނެލިއެވެ. “އޯކޭ.. ތީތި މި ޕެން އަށް އަޅާ.. އަދި ތި އެއްކޮށް ޑިލީޓް ކޮށްލާ.. ކިތައްމެ ވަރަކަށް ހޯދިޔަސް ނުފެންނާނެހެން.. ރައުގެ ލެޕްއިން ތި ހޯދިކަންވެސް ނޭނގޭވަރަށް.. ތި ހާޑް ކޮޕީ ދީ އަހަރެންނަށް” ނިހާން ގަނޑު ފަތްޖަހާލަމުން ޖީބަށް ލިއެވެ. ރައުޝާ ޕެން ޑްރައިވްއަށް އެ އެޅުމަށްފަހު ލެޕްއިން ޑިލީޓް ކޮށްލިއެވެ. “އައި ލަވް ޔޫ” ރައުޝާގެ ނިއްކުރިއަށް ދޮނެއް ދެމުން ނިހާން ބުނެލިއެވެ. އަދި އެތަނުން ބޭރަށް އަވަސް ކަމާއި އެކު ނިކުތެވެ.

*******

އަހަރެން އެގޮތަށް އެތައް އިރަކު އިނީމެވެ. ބުރަކަށިގައި ރިއްސަންދެންވެސް އެހެން އިނީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ރުޅިގަނޑު މައިތިރިވާ ގޮތެއް ނުވެއެވެ. ކުއްލިއަކަށް އިވުނީ ދަގަނޑު ދޮރު ހުޅުވުނު އަޑެވެ. އަދި މީހަކު އެތެރެއަށް ކޮއްޕާލި އަޑުއިވުނެވެ. “އޯހް ހޯ ހޯ.. ކެއާފުލް” އެމީހާގެ އަޑު އިވުނެވެ. ކޮށްޕާލުމުން އެމީހާ އެތަނަށް ވެއްޓުނެވެ. އަދި ދޮރު ޖެހުމަށްފަހު އެއައި ބަޔަކު ދިޔައެވެ. އަހަރެން އިނީ ކަކުލުގައި ބޯޖައްސާލައިގެންނެވެ. “މިއީތަ އެތަނަކީ” އެމީހާގެ އަޑު އަނެއްކާވެސް އިވުނެވެ. އެމީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ތަންކޮޅެއް އިންޑިއަގެ ގޮތްގަޑެއް އެމީހާގެ އަޑުގައި ހުރި ކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އަހަރެން ހަމައެއިން ގޮތަށް އިނީމެވެ. އެވަގުތު އެމީހާގެ ފިޔަވަޅުގެ އަޑު އަހަރެންނާއި ކައިރިވަމުން ދާކަން އަހަރެންނަށް ފާހަގަވިއެވެ. އަހަރެން އަތް މުއްމަޅާލީމެވެ. “ހޭ.. ތިއީ ޖަނާންތަ” އަހަރެންނާއި ކައިރިއަށް ހުއްޓެލަމުން އެމީހާ ވާހަކަ ދެއްކިއެވެ. އެވަގުތު ވަގުތުން އެމީހާ ފައިގައި ފައިން އަޅުވާ އެތަނަށް އެމީހާ ވައްޓާލީމެވެ. އަދި އެމީހާގެ މޭމަތީގައި ކަކޫ ޖައްސާ ބާރުކޮށްލަމުން އަހަރެންގެ އަތުން އެމީހާގެ ދެއަތް ހިފެހެއްޓީމެވެ. އެއީ އަހަރެން ދަންނަ މީހެއް ނޫނެކެވެ. މާ ދޮން ނޫނަސް އެހާ ކަޅެއް ނޫނެކެވެ. ފުދޭވަރެއްގެ ހަށިގަނޑެއް އެމީހާއަށް ލިބިފައިވާއިރު އެމީހާގެ އިސްތަށިގަނޑަކީ ފަން ތަންކޮޅެއް ދިގު އިސްތަށިގަނޑެކެވެ. ލައިގެން ހުރީ ޓީޝަކާއި ޖިންސެކެވެ. “ކާކުތީ” އަހަރެން ހަރުކަށިކަމާއި އެކު ސުވާލު ކުރީ އިނގިރޭސި ބަހުންނެވެ.

“އޭ އޭ.. ހަމަޖެހިބަލަ.. އަހަރެން މިއީ ޖަނާންގެ އެކުވެރިއެކޭ.. އަނެއްކާ ތިއީ ޖަނާންތަ” އެމީހާ ވާހަކަ ދެއްކިއެވެ. “އަހަރެން ކަލެއެއް ނުދަންނަން” އަހަރެން އެމީހާގެ މޭމައްޗަށް ބާރުކޮށްލަމުން ވާހަކަ ދެއްކީމެވެ. “އޯކޭ.. އޯކޭ.. ހަމަޖެހިބަލަ.. އަހަރެންނަށް ކިޔަނީ އަރުޖުން.. އަހަރެން މިއައީ ޖަނާން ސަލާމަތް ކުރަން” އަރުޖުން ވާހަކަ ދެއްކިއެވެ. އަހަރެން ހައިރާންވިއެވެ. އިންޑިއަ މީހަކު އަހަރެން ސަލާމަތް ކުރަން އަންނަންވީ ކީއްވެ ހެއްޔެވެ. އެވަގުތު ސިކުނޑީގައި އުތުރުގަތީ ފަރީޤް ގެ ހިޔާލުތަކެވެ. އޭނައަކީ މިކަހަލަ މޮޅު ގޭމްއެއް ކުޅެވިދާނެ މީހެއްކަން އަހަރެންނަށް އެނގެއެވެ. “ކަލޭ ތިއުޅެނީ އަހަރެންގެ ސިކުނޑިއަށް ވަންނާނެ ގޮތެއް ހޯދަންތަ.. އަހަރެންނަށް ރަނގަޅަށް އެނގޭ ތިއީ ފަރީޤް ގެ ރޭވުމެއްކަން” އަހަރެން ބުނެލީމެވެ. އެވަގުތު އަރުޖުންގެ މޫނުމަތީގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. އަދި ކޮންމެވެސް ގޮތެއް ހަނދާ އަހަރެންގެ ބުރަކަށީގައި އޭނަގެ ފައިން ޖަހާ ވައްޓާލުމަށްފަހު ކުއްލިއަކަށް ތެދުވިއެވެ. އަހަރެންވެސް ވަގުތުން ތެދުވީމެވެ. “ފަރީޤް އޭ.. އަހަރެންނަކީ އިންޑިއަ ގެ އާމީގެ މީހެއް.. އަހަރެން މިތަނަށް މިއައީ ކަލޭ ސަލާމަތް ކުރަން..” އަހަރެންނާއި ދިމާލަށް ބޮކްސިން ތަޅާމީހުން ހަރަކާތް ތެރިވާ ގޮތަށް އަތް ނަގާ މުއްމަޅާލަމުން ބުނެލިއެވެ. އަހަރެންވެސް އެގޮތަށް އޭނައަށް ހަމަލާ ދިނުމަށް ތައްޔާރުވެލީމެވެ. “އަހަރެން ކިހިނެއް ތިކަން ޤަބޫލު ކުރަނީ..” އަހަރެން އޭނައާއި ދިމާލަށް އަތް މަޅާލަމުން ވާހަކަ ދެއްކީމެވެ.

“އަހަރެން މިތަނަށް މިއައީ އަހަރެންނަށް ލިބިފައިވާ ކުޑަ ޓައިމް ކޮޅުގައި.. ކަލޭ ބަލާ.. އަހަރެންނަށް ލިބިފައިވަނީ އެންމެ ހަގަޑިއިރު.. މިހާރު ރޭގަނޑު އަށެއް ޖަހައިފި… އަހަރެންނަށް މިތަނުން ކަލޭ ގޮވައިގެން އެއްގަޑި ބައިވުމުގެ ކުރިން މިތަނުން ނިކުންނަން ޖެހޭނެ.. އޭގެ ފަހުން އަހަރެންގެ ޓީމް މިތަން ގޮއްވާލާނެ..” އަރުޖުން އަހަރެންގެ ހަމަލާއިން ސަލާމަތް ވަމުން އަހަރެންނަށް ހަމަލާދިނެވެ. އޭނަގެ ހަމަލާ އެރީ އަހަރެންގެ އަރިކައްޓަށެވެ. “ތިއީ ޖަނާން ވެއްޖެނަމަ އަހަރެންނަށް ކަލޭ ގޮވައިގެން މިތަނުން ނިކުންނަން އަވަހަށް އެބަޖެހޭ” އަނެއްކާ އަހަރެންގެ މޫނު މައްޗަށް އޭނަގެ އަތުން ހަމަލާއެއް އެރިއެވެ. އެވަގުތު އަހަރެން އެތަނަށް ވެއްޓުނެވެ. “އަހަރެން ހީކުރީ ކަލޭގެ ވާހަކަ ބުނީމަ ތިއީ ވަރަށް ކަންތައްތަށް އެނގޭ މީހެއްކަމަށް.. އެކަމަކު ކަލެއަށް މީހަކު ކޮމްބެޓް ކޮށް ބަލިކޮށްވެސް ނުލެވޭ..” އަހަރެންނާއި ދިމާލަށް އަރުޖުން އަތް ދިއްކޮށްލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލަމުން އެއަތުގައި ހިފީމެވެ. އަދި އެތަނުން ތެދުވީމެވެ.

“ކިހިނެއްތަ ކަލޭމެންނަށް އަހަރެންގެ މައުލޫމާތު ލިބުނީ” އަހަރެން އަރުޖުންގެ މޫނަށް ބަލާލީމެވެ. އޭނާ އޭރު މުޅިތަނަށް ބަލަމުން ދިޔައެވެ. “އަހަރުމެންނަކީ މި ގްރޫޕްއަށް ފާރަލަމުންދާ ބައެއް.. އަހަރުމެންގެ މިޝަންއަކީ މި ގްރޫޕް “އަސަދު” ކިޔާ މި ގްރޫޕް މީހުންނަށް ފާރަލުން.. ވަރަށް ފަހުން ދުވަހެއްގައި އަހަރުމެންގެ އަތްދަށުގައިވީ މިތަނުގައި އުޅޭ އަންހެނެއް.. ރާނިޔާ ކިޔާ.. އޭނަ އަހަރުމެންނަށް މައުލޫމާތު ދިނީ.. މިއަދު ހެނދުނު ވަގުތެއްގައި.. އޭނަ އެއްބަސްވީ މި މީހުންނާއި ދެކޮޅަށް މައުލޫމާތު ދޭން.. އެކަމަކު ޝަރުތުކުރީ ޖަނާން ކިޔާ މީހަކު ސަލާމަތް ކުރަން” އަރުޖުން މުޅިތަން ހޯދަމުން ވާހަކަ ދެއްކިއެވެ.

“ރާނިޔާއޭ.. އަހަރެން ރާނިޔާއެއް ނުދަންނަން” “ހަމަގައިމުވެސް ރާނިޔާ ކަލޭ ދަނޭ” އަރުޖުން ބުނެލިއެވެ. “އަހަރެން މުޅި މިތަން ބަލައިފިން.. އެކަމަކު އަހަރެންނަށް މިތަނުން ސަލާމަތް ވާނެގޮތެއް ނުފެނުނު” އަރުޖުން އެބަލަނީ އެތަނުން ސަލާމަތް ވާނެ ގޮތްތެއްކަން އެނގޭތީ އަހަރެން ބުނީމެވެ. “ކަލޭ އެވަރަށް ބެލި އިރުވެސް ނޭނގުނު ދޯ މިތަނުގައި ކެމެރާއެއް ހުރި ކަމެއް..” ތަންކޮޅެއް ދުރުގައި ހުރި އެއްޗެއް ދައްކާލަމުން ބުނެލިއެވެ. އާއެކެވެ. އެއީ އަހަރެންގެ ލޮލުގައި އަޅައިގަތް އެއްޗެއް ނޫނެކެވެ. ކުއްލިއަކަށް އިވުނީ އެ ގޮވައިގެން ދިޔައަޑެވެ. ސިހިފައި އަހަރެން އަރުޖުންއަށް ބަލާލި އިރު އޭނަގެ އަތުގައި ބަޑިއެއް ސައިލަންސަރު ލައްވާފައި އޮތެވެ. އަހަރެން ހައިރާން ކަމާއި އެކު އަރުޖުންއާއި ދިމާލަށް ބަލާލީމެވެ. “ނުބުނައްޗޭ ކަލެއަށް ބަޑި ގެންގުޅޭކަން ނޭނގެއޭ” އަރުޖުން މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “މިތަނުގައި އިންޑިއަ އާއި ބެހޭ ވަރަށް މުހިއްމު މައުލޫމާތު ތަކެއްވޭ.. އަހަރެންގެ މިޝަންގެ އެއްބައި އެއީ އެ އެއްޗެހި ހޯދުންވެސް.. އެތައް ބައެއްގެ ވަރަށް އެހެންކަހަލަ މައުލޫމާތު ތަކެއް ހޯދަންޖެހޭނެ.. އެމީހުން އިރުކޮޅަކުން އަންނާނެ.. އެހެންވީމަ ރެޑީވޭ” އަހަރެންގެ އަތަށް ބަޑިއެއް ދިއްކޮށްލަމުން އަރުޖުން ބުނެލިއެވެ. އަހަރެން ފާޑަކަށް ބަލާލުމުން އަރުޖުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ކޮންމެހެން ބޭނުން ކުރާނެ ކަމެއް ނެތް.. އެކަމަކު އެމީހުންނަށް ބިރު ދެއްކުމުގެ ގޮތުގައި ބޭނުންކުރަން ތި އަތުގައި ބައްވާ” އެހާ ހިސާބަށް ބުނެވުނުތަނާ އެތަނުގެ ބޮޑު ދޮރު ހުޅުވުނު އަޑު އިވިގެން ދިޔައެވެ.

މާގިނަ އިރެއް ނުލިބި އެތަނަށް ވަތް ދެމީހުންގެ ގަޔައް އަރުޖުން ބަޑިޖެހިއެވެ. އަހަރެން ސިހިފައި ފަހަތަށް ޖެހިލެވުނީ މަރުވެގެން ވެއްޓުނު ދެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. އެވަގުތު އަނެއް ހަތަރުމީހުން ވަދެގެން އަންނަތަން ފެނުނެވެ. އަހަރެންނަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނީއެވެ. އަރުޖުން އެހަތަރުމީހުންނަށް ހަމަލާ ދެމުން ދިޔައިރު އަހަރެންނަށް ސިފަވެގެން ދިޔައީ ބޮލީވުންޑްގެ ފިލްމް ތަކުގެ އެކްޝަން މަންޒަރުތަކެވެ. “މިތަނުގައި އޮތީ ދެގޮތުން ކުރެ އެއްގޮތް.. އެމީހުންގެ ބަޑިން މަރުވުން.. ނޫނީ އަހަރުމެންގެ ބަޑިން އެމީހުން މަރުވުން.. ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް ފުރަތަމަ ގޮތަށް އަމަލު ކޮށްގެން މިތަނުން ސަލާމަތެއް ނުވާނެ.. ” އަހަރެންގެ އަތުގައި ހިފާ އެތަނުން ދަމާ ނެރެމުން އަރުޖުން ވާހަކަ ދެއްކިއެވެ. އެވަގުތު ކުރިމައްޗަށް އަނެއްކާވެސް ދެތިން މީހުން އެރިއެވެ. އެމީހުންނާއި އަރުޖުން ކުރިމަލި ލިއެވެ. އަހަރެންވެސް އޭގެން މީހަކު ވައްޓާލީމެވެ. އެމީހާ އޭނަގެ އަތުގައި އޮތް ވަޅި އަހަރެންނާއި ދިމާލަށް މަޅާލި ވަގުތު އަރުޖުން އެމީހާގެ މެއަށް ބަޑިގޮށްވާލިއެވެ. އަހަރެން މިފަހަރުވެސް ދިޔައީ ސިހިގެންނެވެ. “އެމީހުންނަކީވެސް އިންސާނުންނޭ..” އަހަރެންނަށް ބުނެވުނެވެ. “ބުނަން ތިކަހަލަ މާ މާތްވެގެން މިކަހަލަ ކަމެއް ނުކުރެވޭނެ.. މި މީހުންނަކީ މުސްލިމުންނޭ ކިޔައިގެން އުޅޭ މީހުން.. އެކަމަކު ކުޑަކުދިން ލައްވާ ބޮޑެތި ބޮން އެއްޗެހި ގޮއްވާ ހަދާ އަންހެނުން ކުދިންގެ އިއްފަތްތެރިކަން ފޭރެމުންދާ މީހުން.. މި މީހުންނަށް ކަލޭގެ ސިންޕަތީއެއް ބޭނުމެއްނޫން” އަހަރެންނާއި ދިމާލަށް ބަލާލަމުން އަރުޖުން ބުންޏެވެ. އެވަގުތު އަހަރެންގެ ސިކުނޑީގައި އުދުހިގަތީ އެއްފަހަރު އަހަރެންނަށް ފެނުނު މައްޒަރެކެވެ. ފަރީޤް ކުޑަ ކުއްޖެއްގެ ގައިގައި ބޮމުން ފުރިފައިވާ ޖެކެޓްއެއް އެޅުވި ހަނދާނެވެ.

އަހަރެންވެސް އެގޮތަށް ހޭނޭކަށް އެހާ ގިނައިރެއް ނުވިއެވެ. އަރުޖުން ހާ މޮޅުނުވިޔަސް އަދި މީހުން މަރަށް ނުކެރުނަސް އަހަރެންވެސް އެމީހުންނަށް މައިތިރި ކުރަމުން ދިޔައީމެވެ. “އަހަރެން މިތަނުން ދާނީ އެކުވެރިއަކު ގޮވައިގެން.. އަންހެން އެކުވެރިއެއް” ބަޔަކާއި ‘ހިފަމުން’ އަހަރެން ގޮވާލީމެވެ. “ކަލޭ މިތަނުގައި އަދި ވީ އެންމެ ހަފްތާއެއް.. އެކަމަކު މިތަނުން ކަލޭ އަންހެން އެކުވެރިއެއް ހޯދީ” އަރުޖުންގެ ގައިގައި ހިފައިގަނެގެން ތިބި މީހުން ‘ތިރި’ ކުރަމުން އަހަރެންނާއި ދިމާލަށް އަރުޖުން ބަލާލިއެވެ. ދެމީހުން މީހުންނާއި ތަޅާފޮޅަމުން އަހަރެން ބޭނުންވި މައުލޫމާތު ހޯދަމުން ފަރީގް ހުރި ހިސާބަށް ދެވުނީ ވަރަށް އިރުންނެވެ. ފަރީޤް ހުރި ތަނަށް އަހަރުމެން ވަނީ އެތަނުގައި ތިބި ހަ ގާޑުން ތިރިއަރުވާލާފައެވެ. އޭރު ފަރީޤް ހުރީ ރީޝާގެ ބޮލުގައި ބަޑިޖައްސައިގެންނެވެ. “އަހަރެންނާއި ކައިރިއަށް އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް މީނަ މަރާލާނަން” އަހަރެން ވަގުތުން އަރުޖުން ހުއްޓުވީމެވެ. ފަރީޤް މަޑުކޮށްގެން ހުރީ ކޮންޕިއުޓަރތައް ހުރި ތަނުގައެވެ. “ފަރީޤް މިހާރު ހުރިހާކަމެއް ނިމުނީ.. ކަލޭއަށް ދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް.. ރީޝާ ދޫކޮށްލާ..” ރީޝާ ގަދަހަދަމުން ދިޔައެވެ. އަހަރެން ފަރީޤްއާއި ކައިރިއަށް ފިޔަވަޅެއް އޅިވަގުތު އޭނަ ފަހަތަށް ޖެހިލިއެވެ. “އައި އޭމް ސޮރީ” ރީޝާގެ އަޑު ގުގުމައިގެން ދިޔައެވެ. އެވަގުތު ކުއްލިއަކަށް ވަޅި ނެގި ތަނެއް ނޭނގި ފަރީޤްގެ ބަނޑަށް ވަޅި ހަރާލިއެވެ. ކުއްލި ސިހުމާއި އެކު ފަރީޤް ރީޝަ އަހަރެންނާއި ދިމާލަށް ކޮށްޕާލަމުން ބަޑި ގޮއްވާލިއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ނާމާނޭ…3

Next

އަލްމާޝް 6

Next
July 25, 2015

އަލްމާޝް 6

Previews
July 24, 2015

ނާމާނޭ…3

22 Comments!

  1. Fantasy says:
    July 24, 2015 at 10:12 pm

    mi baivee hurihaa kudin nah kamudhaane kamah heekuran… kudakoh lasveethee maafah edhen.. hurihaa kudinge hiyaal thakah maruhaba kiyan 🙂

  2. likeh says:
    July 24, 2015 at 10:56 pm

    Mi bai heyovarah dhigukan faahaga kuran… v reethi.. apart from other stories, this one is unique indeed.. good luck fantasy…. a like from me 🙂 <3

  3. liu says:
    July 24, 2015 at 11:01 pm

    yeyyyyy…me 1st…….fantasy haadha inthixaareh kuruvaafiey……..story habeys..when next part

  4. xxxx says:
    July 24, 2015 at 11:07 pm

    Den kon irakun upkohdeyny

  5. NAAZ says:
    July 24, 2015 at 11:07 pm

    Story nimenee dhw!varah reethi mi part vx….next part knirakuntha

  6. shuhoo says:
    July 24, 2015 at 11:08 pm

    Nice

  7. Azka Ikyaa says:
    July 24, 2015 at 11:09 pm

    Oh my goash.. hehehe.. salhi

  8. Fantasy says:
    July 24, 2015 at 11:11 pm

    Thanks liu n likeh. .:-)
    Likeh dhoo first liu… BT dhekudin ge comment ah v bodah thnks. .. 🙂
    aneh bai kihineh vany Wednesday ga

    1. aal says:
      July 24, 2015 at 11:57 pm

      kyhv fantasyge name ga thi liyany,,,,,,,,,,,,,,,,, thiee dhn bodu varu ,,,,,,,,,,,,,,,,,,,,,,

    2. liu says:
      July 25, 2015 at 1:17 pm

      thy author tha?liu commenkuri iraku likehge commenteh netheyy fenaakah……….wednesday maaaaaaaaaaaaaaaaaaa las…

  9. maahee says:
    July 24, 2015 at 11:14 pm

    Alhe anehbai konirun

  10. shahu says:
    July 24, 2015 at 11:38 pm

    Interesting

  11. Sheeby says:
    July 25, 2015 at 12:34 am

    Mi stry v nice… next part kon irakun???

  12. faai says:
    July 25, 2015 at 7:11 am

    V rythi,, fantasy wednesday maa lahey…. Alhe plx eahwure awaskoh dhyba,,plx fantasy…

  13. Ani says:
    July 25, 2015 at 10:00 am

    Fantasy vaakaha up kuranee kondhuvass thakehgaitha. Mi vaahaka v v v reethi.

  14. Na says:
    July 25, 2015 at 10:44 am

    Varah varah reethi. Mihaa interesting vaahakaeh varah madhu fennaany. Keep up your work!

  15. Shabee says:
    July 25, 2015 at 10:21 pm

    Interesting interesting interesting…. i like it a lot…heevanee mi vaahaka miuljenee nimen hen… anyways v v reethi.. 😛

  16. liu says:
    July 26, 2015 at 10:58 am

    waitinggggggggggggggggggggggggg❤??????????❤?????????❤???

  17. yaaya says:
    July 26, 2015 at 2:10 pm

    Varah salhi mi story

  18. Fantasy says:
    July 27, 2015 at 9:19 pm

    hurihaa kudinge lobi coment thakah v v v v v v v v bodah shukuriyya 🙂
    eiy fantasy igey reply kohfa… kudinge hiyaalu huri gothun wednesday maa las veema avahah mi up koh dhiny.. 🙂

    1. ރީނާ says:
      July 10, 2017 at 7:57 am

      EII FANTASY I LOVE IT

  19. ރީނާ says:
    July 10, 2017 at 7:55 am

    މިވާހަކަ ރީތި އެކަމަކު ވާހަކަ އަޕް ކުރާލެއް މާލަސް އައިލަވް އިޓް

Comments are closed.

Next Episodeރަހީނު… 15 ވަނަ ބައި←


All Right Reserved!