އަހަރެން ސާނާއާއި ކައިވެނި ކުރީ ވަރަށް ލޯބިންނެވެ. ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ޙާޞިލްކުރުމަށެވެ. ދާންބޭނުންވާ މަންޒިލަށް އޮމާން އަމާންކަމާއިއެކު، ދެވޭނެކަމުގެ އުންމީދުގައެވެ. ރައްޓެހިވެގެން ތިން އަހަރު އުޅުމަށްފަހުގައެވެ. ވީއިރު، އަހަންނަށް ސާނާ ވަރަށް ރަނގަޅަށް ވަނީ ދަސްވެފައެވެ. އެހެންވެ، އަހަރެމެންގެ މެދުގައި މައްސަލަޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ނޫން ހެއްޔެވެ؟ ކައިވެންޏަށް ދެއަހަރުވިއިރު، އަހަރެމެންނަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. ދެފަރާތުގެ ޢާއިލާގެ ލޯބި ލިބިގެން ދަރިފުޅު ބޮޑުވަމުން ދިޔައެވެ. ވަރަށް އުފާކުރީމެވެ. ދިރިއުޅުމުގައި ސާނާ ފަދަ އަންހެނަކާއި […]
“ދައްތަ މިވަގުތު ބޭނުންވަނީ އެކަނިވެލަން….” އެނދުގައި އިށިއިނދެލަމުން ޔާނާއަށް ސަލްމާ ބުނެލިއެވެ. ކޮޓަރީގެ އެއްދިމާއަކަށް ބަލަހައްޓައިގެން އޭނައިނެވެ. ކޮޓަރިން ނުކުންނަން ހިނގައިގަނެފައިވެސް ދެފަހަރަކު ހުއްޓިފައި ޔާނާއަށް ފަހަތްބަލައިލެވުނެނެވެ. ޔާނާ ސަލްމާގެ ކޮޓަރިންނުތް އިރު ޒަޔާންވެސް ކުރިން ހުރި ކޮޓަރިން ނުކުމެގެން ތިރިއަށްދާތަން ފެނުނެވެ. އެހެންވެ އޭނަގެ މިސްރާބުވެސް ބަދަލުކޮށްލީ އެދިމާއަށެވެ. ޕާޓތެރެއަށް ނުކުތްއިރު މާގިނަ މެހެމާނުންނެއް ނެތެވެ. އާއިލާގެ ގިނަބަޔަކު ފޮޓޯނެގުމުގައި އުޅުނެވެ. ކަންތައް ވާނެގޮތް ކުރިން ޒަޔާންއަށް އަންދާޒާކޮށްލެވިފައި އޮތުމުން އެމީހުން ވަނީ މާކުރިން ފޮޓޯވެސް […]
” ހަމަ ބާއްވަންވީތަ ފޯން؟” ޔަޤީންކޮށްލުމުގެ ގޮތުން ޝުދޫ އަނހާލިއެވެ. ” އާނ. މިބު ނީ ފޯން ބާއްވާށޭ. އަސްލު ދިވެހި ބަހުން މިބުނީވެސް. ޝުދޫގެ ކަންފަތުގަ ހަމަ އަސްލުވެސް މައްސަލަ ހުރޭދޯ މިހާރު.” އަހަރެން ބުނީމެވެ. ” ވަރަށް ދެރަވެއްޖެ ޢާޒިމް ތިހެން ބުނުމުން. އަހަރެން މިގުޅަނީ ޢާޒިމްއަށް ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން.” ޝުދޫ ހެމުން ބުނެލިއެވެ. ” ބޭނުމެއްނޫން ޝުދޫދޭ އުފާވެރި ޚަބަރެއް އަޑުއަނހާކަށް! ތިއުފާވެރި ޚަބަރުތައް އަޑުއަނހާ މިހާރު އަހަރެންގެ ހިތް […]
“އަހަންނާ ނަޞްރާގެ ކައިވެންޏަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ކޮން ބައްޕައެއްތަ ޤާތިލަކާ އޭނަގެ ދަރިފުޅު ޙަވާލުކުރާނީ؟” ޔޫނުސް ދުރުގައިހުރެ އެހެން ބުނެލިއިރު އޭނަގެ ދެލޯ ރަތްވެފައިވިއެވެ. އޭނަ އެހެން ބުނިތަނާހެން ޒަޔާން ކޮޅަށްތެދުވެ ބާރަށް ޔޫނުސްގެ ނަމުން ގޮވާލިއެވެ. ** “އަހަރެން ކިހިނެއްތަ އަހަރެންގެ ވާންއުޅެ ފިރިމީހާއަށް ތަޢާރަފުވާނީ؟ އެންމެ ފުރަތަމަ ވެސް ފަށަންޖެހޭނީ އަހަރެން ގެންގުޅުނު ލޯބިވެރިންގެ ވާހަކައިން، ދޯ؟” ނަޞްރާއަށް ނުރޮވުނެއްކަމަކު އޭނަ ސަދަފްއަށް ބަލާލީ ކަރުނައިން ފުރިގެންވި ދެލޮލުންނެވެ. ނަޞްރާގެ ވާހަކަ ނިމުމުގެ […]
ޒީޝާ އިނީ ގޯތިތެރޭ އެލުވާފައި ހުރި އުނދޯލީގައެވެ. މިހާރަކަށް އައިސް އޭނައަށް އަބަދު ވިސްނެނީ ޒައިންއާ ދޭތެރޭ ގައެވެ. މިރޭ ޒައިންއަށް ޖަވާބެއް ދޭން ނިންމިއެވެ. ޒައިން ރަށަށް ދިޔުމުގެ ކުރިން ކޮންމެވެސް ޖަވާބެއް ދޭން އޭނާ ނިންމިއެވެ. ޙިޔާލީ ދުނިޔެއިން ޒީޝާއަށް ނިކުމެވުނީ އިޝާނަމާދުގެ ބަންގީގެ އަޑަށެވެ. އުނދޯލިން ތެދުވެ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެ އަވަސްވެގަތީ ނަމާދު ކޮށްލާށެވެ. ވުޞޫ ކުރަން ފާހަނައަށް ވަންނަން އުޅެނިކޮށް ފޯނު ރިންގްވާ އަޑު އިވުނެވެ. […]
ތުންފަތުގައި ގަދަ ރަތްކުލައެއް ޖައްސާލުމަށްފަހު އެ ބޮޑު ދެލޯ އަދުނުން ފަވާލިއެވެ. އެސްފިޔަތަކުގައި މަސްކަރާ ހާކާލުމުން އިހުނަށް ވުރެ ދިގުވެފައި ކަޅުކަން ގަދަވިއެވެ. އާންމުކޮން އެހައި ގަދަޔަށް މޭކަޕު ނުކުރާ އިނާރާ މިރޭ މާކިންގެ އެދުމަށް ތަންކޮޅެއް ބޮޑަށް ރީތިވެލިއެވެ. އެ ބުޅި އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖެހިފައިވާއިރު ބައެއް އިސްތަށި ކޮޅުވަނީ ތިރިއަށް ވެރިފައެވެ. ހުދު ކުލައިގެ ލޭސް އަތް ދިގު ހެދުން އަރަނީ ކަކުލާއި ހަމައަށްށެވެ. ހުދުކުލައިގެ އުސް ފައިވާނާކަށް އަރާލުމަށްފަހު ކަރުދޮށަށް […]
“ނޫނޭ، ފްލޯރާ މަރުވީ ނޭވާ ހާސްވެގެންނު؟ އެގޭ ލިފްޓު ހުއްޓުނީކަމަށް ވާނީ. މަގޭ މިހިތަށް މިއަރަނީ ކީއްވެބާއޭ އެމީހުން ފުލުހުންނަށް ރިޕޯޓުނުކުރީ.” އެޑެމް މާޔޫސްވެފައިވާ ރާގެއްގައި ބުންޏެވެ. $$$$ “އޭނަ މަންމަ ދުނިޔެއިން މޮޔަވާ ހިސާބަށް ދިޔައީމަ އެމީހުންނަށް ޑާނާގެ ކަންތަކުގައެއްނު އުޅެވުނީ؟” ތޯމަސް ބުންޏެވެ. އެޑެމްގެ ޖަވާބެއް ނައުމުން އޭނައާ ދިމާލަށް ބަލާލިއިރު އޭނާ މޫނުގައި ކަނާއަތް އަޅައިގެން ހުރެ ވޭނީގޮތަކަށް ރޮނީއެވެ. ތޯމަސް އޭނާގެ އެކުވެރިޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ނޮރޯށޭ ބުނާ ކަހަލަ […]
*އައި ހޯޕް ސޯ ޓޫ… ލިއު ހާދަ ބިރެއް ގަތޭ މިއަދު.. ޔާއްކޮ އަތުގައި ހިފިއިރު ހީވީ ހަމަ އަލިފާނުގަ އަތްލެވުންހެން* ލިއުޒާ މެސެޖު ފޮނުވާލި ވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު ކޮޓަރިއަށް ވަދެގެން އައީ އަރީފެވެ. “ނިދިފަ ދޯ..” ލުޔާ އޮތް އެނދާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން އަރީފު ވާހަކަ ދެއްކީ ލިއުޒާ އާއި އެވެ. “ހްމމމ.. ” އަތް ދަބަހަށް ފޯނު ކުމަށް ފަހު ލިއުޒާ ބުންޏެވެ. އަރީފު ބްރޭކް ނިމުމުން އޮފީހަށް […]
ޔާނާ ހައިރާންވީ އޭނައަށްނުވެސް އެނގި އެޕާޓީގައި އޭނަގެ ބައްޕަވެސް ބައިވެރިވުމުންނެވެ. ކިހިނެތްވެގެން ވީކަމެއްތޯ ސުވާލުކުރުމުގެ ކުރިން ސަލްމާ އެތަނަށް އައިސްފިއެވެ. ޔާނާގެ ބައްޕައަށް ހޫނު މަރުޙަބާއެއް ކިޔިއެވެ. ސަލްމާގެ ވާހަކަތަކުން އޭނަގެ ބައްޕައަށް އެޕާޓީއަށް އިންވައިޓްކުރީ އޭނަކަން ޔާނާއަށް އެނގުނެވެ. ނަމަވެސް ދެން އެމީހުން ބުނެލިވާހަކައަކުން ޔާނާގެ ބޯ އަނބުރައިނުގަތީ ކިރިޔާއެވެ. އެހެން އެކަންތައް ވެއްޖެނަމަ ދެންކަންތައް ވާނީ ކިހިނެތްހެއްޔެވެ؟ އިރުކޮޅަކުން އެތަނަށް އައި ޔާސިރުއަށްވެސް ސަލްމާ އެކަންތައް ހަނދާންކޮށްދީފިއެވެ. ކުރީދުވަހު ވީކަންތަކާ ގުޅިގެން އޭނަ ހުރީ […]