Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 6

Ushaali Level 710 Stories100 Comments100 Stories500 Comments
July 25, 2015 5 Mins Read
23 Comments

ކުރިމަތީގައި ހުރި ކޮފީތަށި ހިހޫވެ ފެނަށްވެފައި ހުރިއިރު އެއްފަރާތުގައި އިން ޖިނާން އިނީ ނިމާންގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެ ބަލަހައްޓައިގެންނެވެ. މާޔޫސްވެ ކަރުއެލުވާލި ނިމާން ސިއްސައިގެންދިޔައީ އަތުތެރޭގައި އޮތް ފޯނުގެ ރިންގްގެ އަަޑަށެވެ. ދެވަނަ ސިކުންތުގައި ފޯނުނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ރޮވިފައިވާ އަޑަކުން ޝޯނާއޭ ބުނެ ގޮނޑިއަށް ވެއްޓިގަތެވެ.

“ނިމާން ދަރިފުޅުތަ؟ ހާދަ ހާސްވެފަ… ކޮބާ އެމަންޖެ؟” ސަމަދުގެ އަޑު ޖެހުމުން ނިމާން އިރުކޮޅަކަށް ހުއްޓުންއެރިއެވެ. ބޯގޮވާފަހުރި ވަރުން ފޯނަށް އަރާއިން ނަންވެސް ބަލާނުލެވުނީއެވެ.

“ބޮޑުބެތަ… ޝޯނާދޯ… ޝާނޯވެސް އެބައުޅޭ.. ހުރިހާކަމެއްވެސް ވަރަށް ރަނގަޅު… ބޮޑުބެ ކިހިނެއް؟” ނިމާން އަވަސް އަވަހަށް ވާހަކަދެއްކުމުން ސަމަދު ވެސް ހީލާފައި ގުޅާލީ ހުރިހާ ކުދިންގެ ހާލު ބެލުމަށްކަމުގައި ބުންޏެވެ. އަދި އަލްމާޝްގެ ފޯނަށް ނުގުޅޭތީ ނިމާންގެ ފޯނަށް ގުޅީ ކަމުގައި ބުންޏެވެ. ހީކުރި ގޮތަށް ކަންތައް ނުވުމުން އެއްއަތުން މުށްކަވާފައި މޭޒުމަތީގައި ޖަހާލުމަށްފަހު މޭޒުމަތީގައި އޮތް އަނެއް އަތްމަތީގައި ބޯ އެޅިއެވެ.

ދެފަހަރަކު އެސްފިޔަ ތަޅުވާލުމަށްފަހު ލޯ ހުޅުވާލި އަލްމާޝްގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެނުނީ ކައިރީގައި އިން އަފާފް އެވެ. ދެވަނަ ސިކުންތުގައި އަލްމާޝް އަފާފްގެ ގައިގާ ބައްދާގަތުމަށްފަހު ބާރަށް ރޯންފެށިއެވެ. އެއްފަރާތުގައި އިން އަންޖޫއަށް އިޝާރާތްކޮށް އަފާފް ކާއެއްޗެއް ގެންނަން ބުނުމަށްފަހު އަލްމާޝްއާއި ކުރިމަތިލިއެވެ.
“އަފޫ… އަހަރެން ދެން ކިހިނެއްހަދާނީ… މަންމަ ހުރީ ވަރަށް ބޮޑަށް ރުޅި އައިއްސަ… ދުވަހަކުވެސް ނުކިޔާ އެއްޗެހި މިރޭ ކިޔައިފި. ކަލޭ އޭ ވެސް ބުނި. އަފޫ…..މަންމަ އަހަރެން ދޫކޮށްލައިފި.. އަޅާލާނެ މީހެއް ނެތް އެކަނިވެރިއަކަށް އަހަރެން ވެއްޖެ. ގިސްލެވޭ ވަރުން އަލްމާޝް އަށް ވާހަކަވެސް ދެއްކެނީ ކިރިޔަ ކިރިޔާއެވެ.

“ހުއްޓާލާ… ދެން ހުއްޓާލާ….. އަހަރެން ބޭނުމެއްނޫން މާޝްގެ ލޮލުން އެންމެ ކަރުނައެއް ދެކޭކަށްވެސް ދެން.. ވިސްނާލަބަލަ…ބަނޑުގަ ތިއޮތް ދަރިފުޅާ ދޭތެރެ. ނިމާންވެސް ބޭނުމެއްނުވާނެ މާޝް ތިވަރަށް ރޯކަށް. ބަލާބަލަ ތިހިރަ ދެލޮލެއް ރަތް ލޭގަނޑެއްހެން ހީވަނީ. ދުޅަވެގެންގޮސް  ދެލޯ ތިހުޅުވެނީވެސް ކިރިޔާ” އަފާފް އަލްމާޝްގެ ދެލޯ ފޮހެލަމުން ތަރުތީބެއްނެތި ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑު ވެސް ރީތިކޮށްލިއެވެ.

“އަފޫ… މަންމަ އަހަރެން ކޮށްޕާލީ… މޭޒުގެ ކަނަށް ބަނޑުވަނީ… އެވަގުތު ހާދަ ތަދުވިއޭ… މިހާރުވެސް ދަށްބަނޑުގައި ވަރަށް ބޮޑަށް އެބަ ރިއްސާ…. އަފޫ މަންމަ އަށް އެވީ ކިހިނެއް؟” އަނެއްކާވެސް އަލްމާޝް ރޯން ފެށުމުން އަފާފް އެދެލޯ ފޮހެލަދިނެވެ.

“މާޝް ވިސްނާލަބަލަ… ދައްތަ ނުވިސްނާ ހުއްޓާ އެކަހަލަ ހަބަރެއް ލިބުނީމަ ކިހިނެއް ވާނީ… ދައްތައަށް ވެސް ގަބޫލުކުރަން އުނދަގުވާނެދޯ…ދައްތައަށް ވަގުތު ބޭނުންވާނެ. މާޝްއަށް ހީވޭތަ ދައްތައަށް މާގިނައިރު ރުޅިން ހުރެވިދާނެހެން..ބަލާ މިހާރު އެއޮށް ބާރަ ޖަހަނީ.. އެންމެ ރަނގަޅުވާނީ ހިތްހަމަޖައްސާލައިގެން ނިދާލިއްޔާ..އިރާދަކުރެއްވިއްޔާ މާދަން އިރުއަރާއިރު ހުރިހާ ކަމެއް ރަނގަޅުވާނެ” އަފާފްގެ ބަސްގަބޫލުކޮށް އަލްމާޝް ބޯޖަހާލިއެވެ. އަންޖޫ ހަދައިގެން ގެނައި ނޫޑްލްސް ސޫޕް ތަށިން އެތިކޮޅެއް ބޯންދިނުމަށްފަހު ގައި މަތީގައި ރަޖާ އެޅުވުމަށްފަހު އަފާފް ގެއަށް އައީ އަލްމާޝްއަށް ވަރަށް ނަސޭހަތްދިނުމަށް ފަހުއެވެ.

ގަޑިން މެންދަމު ދޭއް ޖެހިއިރު ވެސް އަލްމާޝް އޮތީ އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިއެވެ. އިރު އިރުކޮޅާ ދެލޮލުން އަންނަ ކަރުނަތައް ފޮހެލައެވެ. ކައިރީގައި އަންޖޫ އަރާމުކޮށް ނިދާލާފައި އޮތެވެ. އަފާފް ދިޔަ ފަހުން އަލްމާޝް އަށް ދެފަހަރު ހޮޑު ލެވި ބޮލަށްވެސް ހުރީ އެނބުރުން އަރާފައެވެ. ދަށްބަނޑަށް ވެސް ވާ ތަދު ބޮޑުވަމުން އަންނާތީ އެކަމާވެސް މިހާރު އަލްމާޝް ވިސްނަމުންދެއެވެ. ފަތިސްނަމާދަށް ގޮވުމުން ހިތްވަރުން ނަމާދުކޮށްގެން ޖައްސާލިތަނާ ދެލޮލަށް ބަރުވެ ނިދުނުތަނާހެން ބަނޑަށް ވަރަށް ބޮޑަށް ތަދެއް އަރާ ފުންމައިގެން ތެދުވިއެވެ. އޭރު އަންޖޫވެސްވީ ތިރިއަށް ގޮއްސައެވެ. ކުޑަކަމުދާން ވެފައި ހުރި ކަހަލަ އިހުސާސެއް ކުރެވިގެން އަލްމާޝް ފާހާނާއަށް ވަންއިރު ހުރީ ލޭ ފައިބާފައެވެ. ގަތްބިރުން ހިތްހީވީ ހުއްޓިދާނެހެންނެވެ. ފަޒްނާ ކޮންމެއެއްޗެއް ކިއިޔަސް ކޮޓަރިން ނިކުތީ ފަޒްނާ ކައިރީގައި އެވާހަކަ ބުނާށެވެ. ނަމަވެސް އެކޮޓަރިން ފަޒްނާ ނުފެނުމުން ތިރިއަށް ފޭބިއިރު އަންޖޫ ހުރީ އަލްމާޝްއަށް ބަލަހައްޓައިގެން މާޔޫސް ވެފައެވެ.

“އަންޖޫ… މަންމަ މިހާ ފަތިހާ ކޮންތާކަށް ދިޔައީ..ނެތް ކޮޓަރިއަކު ފާހާނައަކުވެސް ނެތް” އަލްމާޝް އައީވެސް ބަނޑުގައި އެތްއަތުން އަތް އަޅާއިގެންނެވެ.

“މާޝް ކޮއްކޯ… ދައްތަ ގޮއްސި…އަން މީ ކޮއްކޮއަށް ދޭށޭ ކިޔާފަ ދިން އެއްޗެއް” ތުރުތުރުލާ އަތަކުން އަލްމާޝް އެގަނޑުގައި ހިފިއިރު އޭގައި އޮންނާނެ އެއްޗެއް އެނގުނުކަހަލައެވެ.

“އަލްމާޝްއަށް… އަހަރެން މިދަނީ…މިހާރު އަލްމާޝްއަށް އަހަރެމެން ދެމަފިރިންނެއް ބޭނުމެއްނުވާނެ. އަލްމާޝް ތިކުރި ފާފައިގާ ޒިއްމާވާނެ އެހެންފަރާތެއް ވެސް ވާނެ. އެފަރާތެއް ހޯދައިގެން އަމިއްލައަށް އުޅޭ. އަލްމާޝްއަށް އެނގޭނެ މިގެއަކީ މަނިކު އަލްމާޝްއަށް ދީފައިހުރި ބޮޑު ގެއެއްކަން. މިގޭގައި އަލްމާޝް ބޭނުންކަމެއް ބޭނުން ގޮތަކަށްކުރަންވީ. ދުވަހެއްގާވެސް އަލްމާޝް ހޯދާކަށް އަހަރެމެން ދެމަފިރިން ނާންނާނަން. އަދި އަލްމާޝްވެސް އަހަރެމެން ހޯދަން ނޫޅޭތި”

ލިޔުންކޮޅު ކިޔާ ނިމުނުއިރު އަލްމާޝް އަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. މަންމާއޭ ކިޔާ ގަޔަށް ލެވުނުހާ ބާރެއްލާ ދުއްވައިގަތީ ގޭ ދޮރާ ދިމާލަށެވެ. އެހެންނަމަވެސް ވީނުވީއެއް ނޭނގި އަލްމާޝް ތިރިއަށް ވެއްޓުނު އިރު ހީވީ ބިމުން ކަނޑާ ވައްޓާލި ރުކެއްހެންނެވެ. ބަންޑުންވެއްޓި ބަނޑު ޖެހުނު ވަގުތު އަލްމާޝްގެ އަނގައިން ނިކުތީ ވޭނީ އާހެއްގެ އަޑެވެ.

މެންދުރު ނަމާދަށް ފިހާރަ ބަންދުކުރުމަށްފަހު ނަމާދުކޮށްގެން މަނިކު އޭނާ މާލޭން ހިފާފައި ހުންނަ ދެކޮޓަރީގެ އެޕާރޓްމަންޓަށް އައިސް ވަނެވެ. އަދި ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮށްގެން ނިކުތީ މަސްޓޭންކްގެ ފެންގަނޑު ބަދަލުކުރުމަށެވެ. ދޮރުގައި ދެފަހަރު ބެލް އަޅާލުމާއެކު މަނިކު ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ފޮށްޓެއް ހިފައިގެންހުރި ފަޒްނާ ފެނުމުން މަނިކު ހައިރާންވީ ފަޒްނާގެ މިލާފައިވާ މޫނު ފެނުމުންނެވެ. އެ މޫނުމަތީގައި އުފާވެރިކަމެއް ނެތަސް ލޯބިވާ ފިރިމީހާ އެހާ ގިނަދުވަސްފަހުން ފެނުމުން ގަދަކަމުން ހީލިއެވެ. މަނިކުވެސް އެއްވެސް ބަހެއް ނުބުނެ ފަޒްނާގެ ފޮށި އެތެރެއަށް ވެއްދުމަށްފަހު ދޮރުމަތީގައި ހުރެ ބޭރު ހޯދްނަފެށީ އަލްމާޝްވެސް ހުރި ކަމަށެވެ.

“ފަޒްނާ ކޮބާ އެމަންޖެ…” މަނިކު ސުާލުކުރީ އަލްމާޝްގެ އެއްވެސް ހިލަމެއް ބޭރުން ނުވުމުންނެވެ.

“މނަިކު…. އަލްމާޝް ނުގެންނަން…. ފަޒްނާގެ ރޮވިފައިވާ އަޑު ޖެހުމުން މަނިކުގެ ދެލޯ ބޮޑުވިއެވެ.

“ނުގެންނަމޭ… ފަޒްނާ ރަނގަޅު… އެއޮށްބޮޑު ރަށަށް އެމަންޖެ އެކަނި ދޫކޮށްލާފައި އަންނަން ކެރުނުކަން… އެއްފަހަރުވެސް ވިސްނާލިންތަ އެއީ ބޮޑުވެފައި ހުރި އަންހެން ކުއްޖެއްކަން” ފަޒްނާއަށް ގިސްލެވެން ފެށުނީ މަނިކު އަލްމާޝްދެކެވާ ލޯބި ފެނިފައެވެ.
“އަހަރެމެން ހީކުރި ކަހަލަ ދަރިއަކަށް އަލްމާޝްނުވި… ރާއްޖެއިން ބޭރަށް އޭނާ ފޮނުވުން އެއީ އަހަރެމެންނަށް ހެދުނު އެންމެ ބޮޑު ގޯސް. އެނގޭތަ އޭނަ ކޮށްގެން އައި ކަންތައް. އަހަރެމެންގެ މުޅި އިއްޒަތާއި އަބުރު ވެއްޔާއި މޮޑެލައިފި. މުޅި ރަަށަށް ފަލީހަތްކޮށްލައިފި” ފަޒްނާ ރޮމުން ވާހަކަދެއްކިއެވެ.

“ކީކޭ ފަޒްނާ ތިކިޔަނީ… އަލްމާޝް ކީއްކުރީ” ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނު ނަގާ މަސްޓޭންކްމަތީގައި ބާއްވަމުން މަނިކު ފަޒްނާއާއި ކުރިމަތިލިއެވެ.

މަނިކު….އަލް….އަލްމާޝް….އިނީ ރަށްމެދަށް….ބަ…ބަލިވެ…އޭނަ އަމިއްލައަށް އަހަރެން ކައިރީބުނީ.. އަހަރެންގެ ހިތަށް ކެތްނުވީމަ މިއައީ އޭނަ ދޫކޮށްލާފައި ހުރިހާ ގުޅުމެއް ކަނޑާލާފައި” ފަޒްނާ ވާހަކަތަކަށް ހުއްޓުމެއްއައީ އެއްޗެއް ވެއްޓުނު އަޑަށެވެ. ފަހަތް ބަލާލިއިރު މަނިކު އޮތީ ބަންޑުން ވެއްޓިފައެވެ. ބޯފަޅައިގެން ގޮސް ލޭ އަންނައިރު އަނގައިން ވެސް ހުރީ ހިސާބަކަށް ލޭ އައިއްސައެވެ. ދެލޯބޮޑުކޮށްލި ފަޒްނާ އަވަސްވެގަތީ މަނިކު ހޮސްޕިޓަލަށް ގެންދިއުމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމްތެރޭގައި ހުރި ނިމާންއަށް ސިހުމެއް އައީ އެމެޖެންސީކޮށް ވެއްދި އެނދެއްމަތީގައި އޮތް މަނިކު ފެނުމުންނެވެ. އަލްމާޝްގެ ހަބަރެއް ނުވާތާ ގިނައިރުތަކެއް ވެފައިވުމުގެ ސަބަބުން މާޔޫސްވެފައިހުރި ނިމާން ފޯނު ޖީބަށްލުމަށްފަހު އަވަސްވެގަތީ މަނިކުއަށް އަވަސްފަރުވާ ދިނުމަށެވެ. ބޭރުގައި އިން ފަޒްނާ ރޯވަރުން ކައިރީގައި ތިބި މީހުންވެސް ބަލަމުންދިޔައެވެ. މަނިކުގެ ހަބަރެއް ނުވާތީ އެތެރެއަށް ވަން ފަޒްނާއާއި ނިމާން ބައްދަލުކޮށްފަ ދިން ހަބަރަކުން ފަޒްނާގެ ހެއަށް ގޮތްނުވީ ކިރިޔާއެވެ. މަނިކުއަށް ވަނީ ހާރޓްއެޓޭކެއް ޖެހިފައި ކަމަށާއި ވީ އެންމެ އަވަހަށް އައިސީޔޫއަށް ބަދަލުކުރެވޭނެ ވާހަކައެވެ. އަދި މަނިކުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި މަނިކުގެ ފުރާނަ ސަލާމަތްކުރެވޭތޯ ނިމާންއަށް ކުރެވުނުހާ މަސައްކަތެއް ކުރާނެ ކަމުގައި ނިމާންބުނީ ފަޒްނާގެ އަތުގައި ހިފާލަމުންނެވެ. ފަޒްނާގެ މުޅި ހަޔާތުގައިވެސް އެވަރުގެ ހިތްހެޔޮ ޑޮކްޓަރަކާއި ދިމާވެފައިނުވާތީ އެތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވީ ލިބުނު ކުޑަކުޑަ އުއްމީދަކުންނެވެ. އަދި ފަޒްނާގެ އެންމެ ހައިރާންވީ ޑޮކްޓަރ ނިމާން މަނިކުގެ ހިތުގައި ލޯވަޅެއް އިން ވާހަކަ ބުނުމުންނެވެ. ކުރިން ފަޒްނާއަށް އެކަން އެނގިފައިވީނަމަ އަލްމާޝްގެ އެހަބަރު މަނިކަށް ނުދިނީހެވެ. މިންވަރަށް ޝުކުރުކޮށްލައިގެން ފަޒްނާ ރޫމުން ބޭރަށް ނިކުމެލީ ހުރިހާކަމެއް އެންމެ ރަނގަޅަށް ކުރިއަށްދޭތޯ ހެއްދެވިފަރާތަށް ދުޢާކުރާ ހާލުގައެވެ.

ނިމާންގެ ކުރިމަތީގައި ހުރި ކޮފީތަށްޓަށް ބަލަހައްޓައިގެންއިން ނިމާން ވިސްނަމުންއެދަނީ ފަޒްނާ އަދި މަނިކުއާ ދޭތެރޭއެވެ. އެދެމަފިރިންނާއި ނިމާންއާއި ގުޅުމެއްވެޔޭ ހިތް ބުނާތީ އެކަމާއެވެ. ފަޒްނާގެ މޫނު ނިމާންއަށް ކޮންމެސް ތަނަކުން ފެނިފައިވާތީ ހަނދާންކުރަން އުޅެ އެކަމެއްވެސް ނުވިއެވެ. ކުއްލިއަކަށް ނިމާން އަލްމާޝްމަތިން ހަނދާންވެ ދެލޯ ފެންކަޅިވިއެވެ. އެފޯނަށް ނުގުޅޭކަން އެނގޭއިރުވެސް ހަމަ އެނަންބަރަށް ގުޅާލަ ގުޅާލަ އިނީ ފޫހިކަމެއް ނެތިއެވެ. ނިމާންއަށް ވިސްނުނު އެންމެ ރަނގަޅުގޮތަކީ އަލްމާޝްގެ ހަބަރެއްވޭތޯ އެރަށަށް ދިއުމެވެ. ނަމަވެސް މަނިކު މަތިން ހަނދާންވެފައި އެހިޔާލުވެސް ދޫކޮށްލިއެވެ. ގޮޑިންތެދުވެގެން ހިނގައިގަތް ނިމާން ކޮފީތަށި މަތިންވެސް ފޫހިވިއެވެ. އެމޫނުމަތިން ފެންނަނީ އިންތިހާދަރަޖައިގެ މާޔޫސްކަމެވެ.

އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ވޯޑެއްގައި އަލްމާޝް އެޑްމިޓްކުރެވިފައި އޮތެވެ. އެތް އަތަށް އައިވީ ގުޅާފައި އޮތްއިރު އެމޫނުމަތި ވެސް ވަނީ ދުޅަވެފައެވެ. ދެލޮލުގެ ބޮނޑިމަތިވެސް ދުޅަވެފައިހުރިއިރު އެދެލޯ ވަނީ މެރިފައެވެ. މޫނުމަތިން އަދިވެސް ފެންނަނީ ވަރުބަލިކަމެވެ. އެއްފަރާތުގައި މޫމިނާ އިންއިރު އަނެއްފަރާތުގައި އަފާފް އިނެވެ. ފައިކައިރީގައި އަންޖޫ ކޮޅަށް ހުއްޓެވެ. އަލްމާޝްގެ ހާލަތު މިހާ ދަށަށް ދިޔުމުން އަފާފްވަނީ މޫމިނާއަށްވެސް އަލްމާޝްގެ ހަގީގަތް ކިޔާދީފައެވެ. އަފާފް ފަދައިން މޫމިނާވެސް އަލްމާޝްއަށް އިތުބާރުކުރިއެވެ. ނިދާ އިންޖެކްޝަނެއްގެ އެހީގައި އަލްމާޝް ނިންދަވަނީ ހޭލެވުމާއެކު ގިސްލާ ރޯންފަށާތީއެވެ. އަލްމާޝް ގެ ލޭމަދުކަމާއި ވަރަށް އަވަހަށް ލޭ އަޅަން ޖެހޭނެކަމުގައި ޑޮކްޓަރުން ބުނެފައިވެއެވެ. އަދި ދަރިފުޅުގެ ހާރޓްބީޓް ދަށްވަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަށް މާލެ ގެންދިއުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ޑޮކްޓަރުން ލަފާ ދީފައިވެއެވެ. ހެނދުނުއްސުރެ ފެށިގެން އަފާފްގެ ފޯނު ހަލާކުވެގެން ތަނަކަށް ހަދަންލުމުން އެމީހުންބުނީ ތިން ދުވަސްތެރެ ލިބޭނެ ކަމަށެވެ. ނިމާނައަށް ގުޅޭނެ ނަންބަރެއް ނޭނގޭތީ އަފާފްއިނީ ސިކުނޑި ސުމަކަށްދާވަރު ވެފައެވެ. އެންމެ އެކުވެރި ރަހްމަތްތެރިޔާގެ ހާލަތު ފެނި އެހިތަށްވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

“ދަރިފުޅާ… މާމަ މިދައްކާ ވާހަކަ އަޑުއަހާބަލަ… ދިރިއުޅުމަކީ ހަނގުރާމައެއް. އެތައް ކަނޑެއް ހުރަސްކުރަންޖެހޭ ދަތުރެއް. ދިރިއުޅުމުގައި ކުރިމަތިލާންޖެހޭނީ ކިތައް ކޮޅިގަނޑާކަމެއް ހެއްދެވިފަރާތްނޫން އެއްވެސް ފަރާތަކަށް ނޭނގޭނެ. ކޮންމެ މީހަކުވެސް ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި އެތައް މަސައްކަތެއް އެތައް ގުރުބާނީތަކެއް ވާންޖެހޭ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަންޖެހޭނީ ވިސްނުންތެރިކަމާއެކު. މާމަ ބުނާނީ ދަރިފުޅު ވިސްނާނުލާ ކަުރި ކަމަކުންނޭ ތިގޮތަށް ކަންތައް ދިމާވީ.. ދެންކުރާނެ އެެއްވެސް ކަމެއް ނެތް. ކަލާނގެކިނބަފުޅަށް ވަކީލުކުރޭ.. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނީ” ދެލޯ ހުޅުވާލެވުމާއެކު ބާރަށް ރޯންފެށި އަލްމާޝްއަށް ވިސްނާދެވޭތޯ މޫމިނާ މަސައްކަތްކުރިއެވެ.ކުޑަކުއްޖެއް ފަދައިން އަލްމާޝް މޫމިނާގެ ބަސް އަހައިގެން  ބާލީސްމަތީގައި ބޯއަޅާލިއެވެ. އާއެނކެވެ. އޭނާއެއް ދެނެއް ނުރޯނެއެވެ. ރޮއެރޮއެ ކަރުނަ ހުސްވެއްޖެއެވެ. އެދެލޮލުން ފައިބާ ކަރުނަތަކުން ކޯތާފަތް ފިހޭހެން ހީވަނީ އެކަރުނަތައް ހޫނު ކަމުންނެވެ. މީ އަލްމާޝް އަމިއްލައަށް ހޯދައިގަތްކަމެކެވެ. އެންމެ ތުއްތުއިރުގައި އިނގިލީކުރީގައި ހިފައިގެން ހިނގަން ދަސްކޮށްދިން މައިންބަފައިންނަށް ސިއްރުން ކަންތައް ކުރިމަވާނީ މިހެންނެވެ. މިއަދު މިދުނިޔެވެސް ލައުނަތްދޭ ކަހަލައެވެ. އުއްމީދަކީ ފަހުނޭވައަށް ދަންދެންވެސް ކުރެވޭނެ އެއްޗެކެވެ. އުމުރުގައި ބާކީ މިއޮތް ދުވަސްތަކުގައި ދޫކޮށްދިޔަ މައިންބަފައިންނަށް އަމިއްލަ އަތުން ހިދުމަތް ކޮށްދިނުމަށް އަލުން ދެއްވާތޯ އެކަލާނގެއަށް  ދުޢާ ކުރުން ނޫން ގޮތެއްނެތެވެ. ދެލޮލުގެ އެތްއަރިމަތިން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލުމަށްފަހު ދެލޯ މަރާލީ ހިތްވަރުކުއްޖަކަށްވާން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައަޅަމުންނެވެ. ނިދެމުންދިޔައިރު އިވުނީ އަފާފްއަށް ގޮވާލުމަށްފަހު ނިމާންއަށް ވަރަށް މަސައްކަތުން ގުޅިއްޖެކަމުގައި ބުނި އަޑެވެ. އެއީ ދިފްރާންގެ އަޑެވެ. އެއްޗެއް ބުނަން އަނގަ ހަރަކާތްކޮށްލި ނަމަވެސް އަޑެއް ނުނިކުތެވެ.

ނުނިމޭ

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

ރަހީނު… 14 ވަނަ ބައި…

Next

ހިޖުރަ (ފަސްވަނަ ބައި)

Next
July 25, 2015

ހިޖުރަ (ފަސްވަނަ ބައި)

Previews
July 24, 2015

ރަހީނު… 14 ވަނަ ބައި…

23 Comments!

  1. Azu says:
    July 25, 2015 at 1:40 am

    V reethi

  2. nishy says:
    July 25, 2015 at 1:50 am

    V reeethI Mi vaaahaka…. Kn irakun dhen up vaaaneeee…. kiyaaahithun ha ma kehmadhu vefa: )

  3. maahee says:
    July 25, 2015 at 1:51 am

    V asaru gadha

  4. fath says:
    July 25, 2015 at 1:51 am

    vvvvvv reethi. pls avahah next part up kodeythi

  5. ifaasha says:
    July 25, 2015 at 2:41 am

    V reethi:)

    1. shai says:
      July 25, 2015 at 3:45 am

      I am from sh.milandhoo…and where r u from?

    2. ifaasha says:
      July 25, 2015 at 12:58 pm

      i am from tha.kibidhoo

  6. mae says:
    July 25, 2015 at 9:43 am

    reethi.. avah h up kohdhehcheyyyy.. when next prt

  7. Smile says:
    July 25, 2015 at 10:34 am

    Next part ……………………………………………………………………………………………………………………………………….

  8. mary says:
    July 25, 2015 at 10:55 am

    haadha kurey than kolheh dhigukoh liyeba pls v reethi mivaaahaka

  9. nukko says:
    July 25, 2015 at 11:18 am

    V v reethi mi part vs

  10. Sheeby says:
    July 25, 2015 at 11:36 am

    Wow!!! Mee v reethi story eh… avahah up kohdhehchey….

  11. Lulva says:
    July 25, 2015 at 3:05 pm

    Wow.. hama rovvijje.. avahah up kurachey

  12. liu says:
    July 25, 2015 at 3:33 pm

    varahhhhhhhhhhhhhhhhhhhhhhhh reeeeeeeeeeeeeeeeeeeeeethi

  13. Nasraa says:
    July 25, 2015 at 3:50 pm

    v salhi.. Almaash ah dhera gotheh nudheh vaashi..

  14. girl says:
    July 25, 2015 at 5:06 pm

    varah hadi!!! lol!

  15. Shabee says:
    July 25, 2015 at 9:28 pm

    Alhey haadha touching ey…v dheravejje… 🙁 ushaali hama rohvaalee shabee… v v reethi ingey mibaivex.. 😉

  16. Maal says:
    July 25, 2015 at 10:40 pm

    Vvvvv reeethi..miadhu feshign mi kiyaali huriha parts thakeh vx…awesome..

  17. suray says:
    July 26, 2015 at 12:54 am

    This is a very boring story.

  18. liu says:
    July 26, 2015 at 3:40 pm

    waitinggggggggggggggggggggggggg for next part❤??????????❤????????

  19. Shabee says:
    July 26, 2015 at 11:58 pm

    Bodu foohi gandeh. Hadi

  20. shaa says:
    July 30, 2015 at 4:02 pm

    dear den awahah next part up kohbba haadha dhuwaheh wejjey.
    mi story kiyaa hithun knme dhuwahaku update weytho eba balan 🙁

  21. Lali says:
    July 31, 2015 at 10:10 am

    Dhn vaahaka ah kiyan vx bodu inthixaareh kuruvaane story liyaa meehun vx…..dhn story up nukurevey varu meehun story write nukuran veenu….

Comments are closed.


All Right Reserved!