ދުނިޔެއަށް ފުރަތަމަ ނޭވާލައެވެ. ދެން މަޑުމަޑުން މައިން ބަފައިންގެ ބެލުމުގެ ދަށުން ބޮޑުވަންފަށައެވެ. ދުވަސްކޮޅެއް ފަހުން ވާހަކަދައްކަން ފެށެއެވެ. ފިރުކުނު ދުވަސް ފަހަނަޅާ ގޮސް ހިނގަން ފެށެއެވެ. ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ދުނިޔެއަށް ލޯހުޅުވެއެވެ. މަޑުމަޑުން ކުޑަކުއްޖެއްގެ ޙަޔާތް ފަހަނަޅާގޮސް ބޮޑު މީހަކަށް ވުމުގެ މަރުޙަލާއާއި ކުރިމަތިލައެވެ. ތަޢުލީމީ ޙަޔާތް ނިންމުމަށްފަހު ދިރިއުޅުމުގެ މައިދާނާއި ނިކުމެއެވެ. ދެން އަންނަނީ ލޯބީގެ މޫސުމްވެ. ރައްޓެހިވާނެ ކުއްޖަކު ހޯދަން އެބަޖެހެއެވެ. އަތުގައި ހިފައިގެން މުޅި ޢުމުރު ހޭދަކުރާނެ […]
އަހަރެން ވާނީ މަޝްހޫރު މޮޑެލް ކުރާ މީހަކަށެވެ. އެއީ އަހަރެންގެ ހުވަފެނެކެވެ. ސްކޫލު ދައުރުން ފެށިގެން އަހަރެންގެ އުންމީދެކެވެ. ކިޔެވި ދުވަސްވަރުގައިވެސް އަހަރެން އެންމެ ސަމާލްކަން ދިނީ އެކަމަށެވެ. އަހަރެންގެ ބުރަސޫރަ ރީތިކޮށް ބެހެއްޓުމަށެވެ. އަހަރެން ދާ ކޮންމެ ތަނެއްގައި ތިބޭ ފިރިހެނުންގެ ކަޅިތައް އަހަންނަށް ހުއްޓެންޖެހޭނެއެވެ. އެއީ އަހަރެން އެންމެ އެދޭ ގޮތެވެ. އަހަރެންގެ ހެދިހުރި އިސްކޮޅާއި، ހަމުގެ ކުލައާއި އޮމާންކަމުން ހުރިހާ ފިރިހެނުންވެސް އަހަންނަށް ކަޅި އަޅާކަން އަހަންނަށް އިނގެއެވެ. އަހަރެންގެ ފަން އިސްތަށިގަނޑާއި […]
ކުރެވޭ ކުޑަކުޑަ ޢަމަލަކުން މުޅި ޙަޔާތް ބަރުބާދެކަމަށް ވިސްނަނީ ކިތައް އިންސާނުން ހެއްޔެވެ؟ ބުނެވޭ އެންމެ ލަފްޒަކުން ދިރިއުޅުން އެފުށް މިފުށަށް ޖެހިދާނެކަމަށް ޚިޔާލު ކުރަނީ ކިތައް މީހުން ބާވައެވެ؟ ދެކެވޭ ވާހަކަ އެއްގެ ސަބަބުން ދެން ތިބީންގެ މެދުގައި ތިމާގެ ޢިއްޒަތުއް ނަފްސު ވެއްޔާ މޮޑެވިދާނެކަމަށް ފަރުވާ ބަހައްޓާ ކިތައް މީހުން އުޅޭ ބާވައެވެ؟ ދުނިޔޭގައި ދިރިއުޅޭ ހިނދު، އެހެން މީހުންނާއި ކުރިމަތިލާންޖެހޭނެކަމަށް ވިސްނާ، ކުރާ ކަންކަމުގައި މީހާގެ ނަފްސް ރައްކާތެރިކުރަން ނުވިސްނާ މީހުން މަދުވަނީ […]
ކޮޓަރިއަށް ވަނުމާއިއެކު ފެނުނީ މޭޒުމަތީގައި ބަހައްޓާފައިވާ ކުޑަ ޕާރުސަލެކެވެ. ވަރަށް ރީތިކޮށް ފުރިހަމައަށް ޕާރުސަލްކޮށްފައިވާ ކުޑަކުޑަ ފޮއްޓެކެވެ. މަޑުމަޑުންގޮސް އެ ހުޅުވާލީމެވެ. ފެނުނީ ވަރަށް ރީތިކޮށް ހަދާފައިވާ ދަޢުވަތު ކާރޑެކެވެ. އަގު ވަރަށް ބޮޑުވާނެކަން، ބަލާލުމުންވެސް އިނގުނެވެ. ވަރަށް މޮޅަށް ފަރުމާކޮށް ހަދާފައިވާ ކާރޑެކެވެ. ވެޑިން އިންވިޓޭޝަނެކެވެ. ހަދާފައިވާ، ކުޑަކުޑަ އުނދޯއްޔެއްގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އިށީދެގެން ތިއްބެވެ. ވަރަށް ގައިގޯޅިވެގެނެވެ. ދެން ލޮލުގައި އަޅައިގަތީ އެ އަންހެން ކުއްޖާގެ ގައިގައި ޖަހާފައިވާ ނަމެވެ. “ނާއީ” […]
” މިހާރު އެބައާދޭ.” އިމާން ބުނެލިއެވެ. ” ހާދަ ވަރަކަށް އެމޭޒަށް ތިބަލަނީ؟ އަނެއްކާ ދަންނަ ބަޔަކު ތިބީތަ؟” އިމާން އަނހާލިއެވެ. ” ދަންނަ ބަޔަކު ތިބީއެއްނޫން. ދަންނަހެން ހީވާ އަޑެއް އިވޭތީ މިބަލަނީ.” އަހަރެން މަޑުމަޑުން އިމާންއާއި ދިމާލަށް ބަލާލަމުން ބުނީމެވެ. “އެހެންތަ؟ އެހެން ދަންނަ ކިތައްމެ އަޑެއްއިވޭނެ. އެހުރިހާ އަޑަކަށް ސަމާލުކަން ދޭކަށް ނުވާނެ. އެހެން އުޅެން ހަދައިގެން ގޯސް އަޑެއް އިވިގެން މީހާ ހަލާކުވެސް ވެދާނެ. މިހާރުވެސް ކުޑަކޮށް ތިދަނީ ހަލާކުވަމުން. ޝުދޫއަކާއި […]
” ތީ ޝުދޫތަ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ. ” އޭ.ކީކޭ؟” އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ” މީ ޢާޒިމް. އަހަރެން މިއެހީ ތީ ޝުދޫހޭ؟” އަހަރެން ދެވަނަ ފަހަރަށް އޭނާއަށް ބަލާލަމުން އަނހާލީމެވެ. ” އޯ. ސޮރީ އަހަންނަކީޝުދޫއެއްނޫން. އެކަމަކު، އަހަރެންގެ ކޮއްކޮއަކަށް އެނަން ކިޔާނެ. އަހަންނަށް ކިޔަނީ ޝާނާ.” ލުއި ހިނިތުންވުމަކާއިއެކު، އޭނާ ބުނެލިއެވެ. ” އެހެންވިއްޔާ މިގެންގޮސް ޝުދޫއަށް ދެވިދާނެތަ؟” ފިނިފެންމާ ބޮޑު ޝާނާއަށް ދިއްކޮށްލަމުން ސުވާލުކޮށްލީމެވެ. ” ނޫނޭ. އަހަންނަކަށް ނުކެރޭނެ. […]
“ތިއެއް އެނގިދާނެތާ، މިއަދު ހިނގާ ފުލުސް ސްޓޭޝަނަށް ގޮސް ބޮރިސާ ބައްދަލުކުރަން.” ތޯމަސް ޚިޔާލު ފާޅުކުރިއެވެ. ސްކޫލު ސެޝަން ނިމުމުން އެދެމީހުން މިސްރާބުޖެހީ ފުލުސް ސްޓޭޝަނާ ދިމާއަށެވެ. *** “އަދި ކުރިއެރުމެއް ނުލިބޭ. ޤާތިލް ހޯދުނުހާ އަވަހަކަށް އަންގާނަން.” ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު ބޮރިސް ވާހަކަދެއްކީ ރުންކުރުކޮށެވެ. ކޮންމެވެސް ކަމަކާ ބޯގޮވާފައި ކަންނޭނގެއެވެ. ތޯމަސާ އެޑެމް ފުލުސް ސްޓޭޝަނުން ނިކުތެވެ. އެތާ ކައިރީ ހުރި އައިސްކްރީމް ވިއްކާ ތަނަކަށް ވަދެ އައިސްކޯން ގަނެގެން ގެއަށް ދާން މިސްރާބުޖެހިއެވެ. […]
ތިދެންނެވީ ނުބައި ކަންކަމުގައި އެންމެ އަވަހަށް އިސްނަގާ ކުއްޖާފުޅުގެ ވާހަކަތޯއެވެ؟ ސްކޫލަށް އަންނައިރު އެކުއްޖާފުޅު ހުންނަ ގޮތް މުދީރަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯއެވެ؟ މޭކަޕްކޮށްގެން އަންނައިރު އެކުއްޖާފުޅު ހީވާނީ ފުށްއެއްޗަކަށް އެރިފައި އަންނަހެންނެވެ. އެހެން ކުއްޖަކު ހަމަ ކަމުނުދާނެތޯއެވެ؟ އެޑެމްގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އެއާއެކު ބޮލުގެ ރިހުމަކަށް އެކަން ބަދަލުވެއްޖެއެވެ. **** “ނޫނޭ އަޅުގަނޑަށް ފެންނަނީ ވޯޓެއް ނަގާފަ އަންހެންކުދިން ބޭނުން ކުއްޖަކު ކެޕްޓަންކަމަށް ގެންނަން.” މިހެން ބުނެފައި އެޑެމް އެތަނުން ދުރަށް ދާން ހިނގައިގަތެވެ. “އޭ […]
“ފަރީޤް މިހާރު ހުރިހާކަމެއް ނިމުނީ.. ކަލޭއަށް ދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް.. ރީޝާ ދޫކޮށްލާ..” ރީޝާ ގަދަހަދަމުން ދިޔައެވެ. އަހަރެން ފަރީޤްއާއި ކައިރިއަށް ފިޔަވަޅެއް އެޅިވަގުތު އޭނަ ފަހަތަށް ޖެހިލިއެވެ. “އައި އޭމް ސޮރީ” ރީޝާގެ އަޑު ގުގުމައިގެން ދިޔައެވެ. އެވަގުތު ކުއްލިއަކަށް ވަޅި ނެގި ތަނެއް ނޭނގި ފަރީޤްގެ ބަނޑަށް ވަޅި ހަރާލިއެވެ. ކުއްލި ސިހުމާއި އެކު ފަރީޤް ރީޝަ އަހަރެންނާއި ދިމާލަށް ކޮށްޕާލަމުން ބަޑި ގޮއްވާލިއެވެ. ************ އަހަރެންނަށް ސިހިފައި ފަހަތަށް ޖެހިލެވުނީ […]