Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (11)

maasham Level 110 Stories
July 24, 2015 5 Mins Read
15 Comments

އަރީފު އެ ގެއިން ނިކުމެގެން ދިޔައީ ލުޔާގެ ރުއިމުގެ އަޑު މުޅިން ކެނޑި ހަމަހިމޭން ވުމުންނެވެ. އޭނާ ނިންމީ މާދަމާ އޮފީހުން ދިމާވުމުން ލުޔާ އާއި ވާހަކަ ދައްކާށެވެ. ލުޔާއަށް ވެގެން އުޅޭ ގޮތުގެ ހަގީގަތް ހޯދުމަށް އަރީފު އަޒުމް ކަނޑައެޅިއެވެ.

ރޮއެ ރޮއެ ގޮސް ލުޔާގެ ދެ ލޯ ވަނީ ދުޅަވެފައެވެ. ކަރުނަތައް ހުއްޓިފައި ވީނަމަވެސް އަދިވެސް އޭނާއަށް ގިސްލެވެއެވެ. ހުރިހާ ކަމެއް ހިތުތެރޭގައި ފޮރުވައިގެން އުޅޭތާ ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. ދެނެއް ކެތެއް ނުކުރެވޭނެއެވެ. އަރީފުއަށް ހުރިހާ ވާހަކައެއް ކިޔައިދޭން އޭނާ ނިންމިއެވެ. ހަމަ ވަގުތުން ވަގުތަށެވެ. ލުޔާ ފޯނު ނަގައި ގަޑި ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. ޔަގީނުންވެސް މިހާރު އަރީފު އޮންނާނީ ނިދާފައެވެ. ފޯނަށް ބަލަހައްޓައިގެން ހުރި އިރު އޭނާ ބަހުސް ކުރަމުން ދިޔައީ އަރީފަށް މެސެޖު ކުރުމާ މެދުއެވެ. އެންމެ ފަހުން މެސެޖެއް ލިޔެލުމަށް ފަހު ފޮނުވަލިއެވެ.

*ކޭން ވީ ޓޯކް؟* އަރީފު އޭނާގެ ފޯނަށް އައި މެސެޖު ކިޔާލިއެވެ. ނިދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ނިދި ނާންނާތީ އޭނާ އޮތީ އުނދޯލީގައި އޮށޯވެލައިގންނެވެ. ލުޔާގެ މެސެޖު ފެނުމާއެކު ވަރަށް ހަލުވި ކަމާއެކު ތެދުވެ ކޮޓަރިއަށް ގޮސް ވަނެވެ. އެނދުމަތީގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު އަރީފު ލުޔާއަށް ގުޅިއެވެ.
މެސެޖު ކުރުމަށްފަހު ސައިޑް ޓޭބަލް މަތީގައި ލުޔާ ފޯނު ބޭއްވިއެވެ. އޭނާ ހީކޮއްގެން ހުރީ އެ މެސެޖުގެ ޖަވާބު ލިބޭނީ މާދަމާ ހެދުނު ކަމަށެވެ. އެހެންކަމުން އެވަގުތު ފޯނު ރިންގު ވާން ފެށުމުން ކުޑަކޮށް ހާސްވިއެވެ. ދެ ވިސްނުމެއްގައި ހުރެ ފޯނު ނެގި އިރު އެ އަޑުގައި ކުޑަ ތުރުތުރެއް ވެއެވެ.

“ސޮރީ.. އުނދަގޫ ކުރެވުނީމަ..” ފޯނު ކަންފަތުގައި ޖައްސަމުން ލުޔާ ބުންޏެވެ.

“އުނދަގުލެއް ނުވޭ… ކޮން ވާހަކައެއްތަ؟” އަރީފު ބޭނުން ވީ ސީދާ މަޢުޟޫއަށް ދާށެވެ.

“ފުރަތަމަ ޕްރޮމިސް ކުރޭ… އެއްވެސް އިތުރު މީހަކަށް ނާންގަން.. ނޮޓް އިވެން ދޮންތަ…” ލުޔާ ވާހަކަ ދެއްކީ ޖެހިލުންވެ ހުރެއެވެ.

“ޕްރޮމިސް.. ލުޔާގެ ޕާރސަނަލް ވާހަކައެއް އަހަރެން އެއްވެސް މީހަކު ގާތު ނުވެސް ދައްކާނަމެއްނު.. ދެން ބުނެބަލަ.. ކޮން ހުވަފެނެއް ލުޔާ އަށް ފެންނަނީ؟”

“ހުވަފެނެއް ނޫން.. އެކަމަކު ހިތަށް އަރާ ހުވަފެނެއް ނަމައޭ…” ލުޔާ ވާހަކަ ދެއްކިއިރު އެ އަޑުގައި ރިހުމެއް ވެއެވެ.

“ޔޫ ކޭން ޓެލް މީ އެނީތިންގ…” އަރީފު މިހެން ބުނުމާއެކު ލުޔާގެ ގިސްލުމުގެ އަޑު އިވުނެވެ. ރޮއެ ރޮއެފައި އޭނާ ވާހަކަ ދައްކަމުން ދިޔައިރު އަރީފުވެސް ދިޔައީ ފެންކަޅިވަމުންނެވެ. އިރު އިރުކޮޅުން މޫނު ފޮހެލާއިރު އޭނާއަށް އިހުސާސް ވަނީ މީހަކު އޭނާގެ ހިތުގައި ގޮއްމުއްކަވާފައި ޖަހާ އިހުސާސެވެ. ލޮލުން ކަރުނަ ހުސްނުވާއިރު އޭނާގެ ދެ ބުމަ ވަނީ ގޮށް ޖެހިފައެވެ. އިށީނދެގެން ނީނދެވިގެން އެންމެފަހުން ކޮޅަށް ތެދުވެ ކޮޓަރި ތެރޭގައި ހިނގަން ފެއްޓިއެވެ. އޭރުވެސް ލުޔާގެ ވާހަކަ ދައްކަނީއެވެ.

އެއީ މީގެ ދޮޅު އަހަރު ދުވަސް ކުރިއެވެ. އެ ދުވަހަކީ ހަމަ އެހެން ދުވަހެކޭވެސް އެއްފަދަ ދުވަހެކެއެވެ. އިރު އަރައިގެން އައި އިރު ލުޔާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާފާނޭ އޭނާގެ ހިތަކަށް ނާރައެވެ. ކޮލެޖު ނިންމާފައި މިއަދުވެސް އޭނާ ދިޔައީ ކެފޭއަކަށެވެ. އެއީ ލުޔާއާއި އޭނާގެ ރަހުމަތްތެރިން އެންމެ ގިނައިން ގޮސް އުޅޭ ކެފޭއެވެ. އެތަނުގައި ފިލާވަޅު ހަދަން ނުވަތަ ދަސްކުރަން އެތައް އިރެން ވަންދެން އެމީހުން ތިބެއެވެ. މިއަދުވެސް ހަމަ އެބީދައިން ލުޔާ އިނީ ފޮތެއް ނަގައިގެންނެވެ. ކެމްޕަސްގެ އެތެރޭގައި ހުންނަ ކެފޭ އެއް ކަމުން އެރޭ ކެފޭ ބަންދު ކުރަންދެން އޭނާ އިނެވެ. އެންމެފަހުން ޑޯރމް އާއި ދިމާލަށް ހިނގައި ގަތް އިރު އޭނާގެ ފަހަތުން ބަޔަކު އަންނަކަމެއް ނޭނގެއެވެ. ލުޔާ އަށް ހިނގުނީ ވަކި ހިސާބަކަށެވެ. އެމީހުން އޭނާ އާއި އަރާ އެއްވަރު ކުރިއެވެ. އެއީ ހަތަރު ފިރިހެން ކުދިންނެވެ. ބޮޑެތި ފިރިހެނުންނޭ ބުނާ ވަރު ނުވި ނަމަވެސް ލުޔާ ގާތުން ލާފައި ހިނގަމުން ދާއިރު އޭނާއަށް އެ މީހުން ސިފަވަނީ ޖަޔަންޓުންގެ ގޮތުގައެވެ. ފުރަތަމަ ފޮށުނީ އަނގަބަހުންނެވެ. އެހެނަސް ލުޔާ އަޅާ ނުލައި ހިނގުން އަވަސް ކުރިއެވެ. ދެން ހިފީ އޭނާގެ އަތުގައެވެ. އެހިސާބުން ލުޔާ ދުއްވައިގަތެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުން އަތުގައި ހުރި ހުރިހާ އެއްޗެއް އުކާލުމަށްފަހު އޭނާ ދުވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ގައިގައި ހުރި ބާރެއް ލާފައި ދުވިޔަސް އެ މީހުންނަށް ވުރެ ބާރަށް އޭނާއަކަށް ނުދުވެވުނެވެ. ދެވޭނުދެވޭ ތަނެއް ނޭނގި އެންމެފަހުން ލުޔާއަށް ގޮސް ވަދެވުނީ އަނދިރި ގޯޅިގަނޑެއްކަހަލަ ތަނަކަށެވެ. މީހެއްގެ ހިލަމެއް އެތަނުން ނުވާއިރު ލުޔާގެ ހަޅޭކުގެ އަޑު އަހާނީ ވަކި ކާކު ހެއްޔެވެ؟ ކަރުން ލޭއަންނަ ވަރަށް އެފަކީރު ހަޅޭއްލެވިއެވެ. މުޅި އުމުރުގައިވެސް މީހަކު ނުރޯނެ ވަރަށް އޭނާ ރުޔެވެ. ދެފައިގައި ހިފާ އާދޭސް ވެސް ކުރިއެވެ. އެހެނަސް އެ ރުއިމާ އާދޭހުގެ އަޑު އަހާނެ ފުރާނައެއް ނެތެވެ.

އިރު އަރައި މުޅި ހިސާބުގަނޑު އަލި ކޮއްލިއިރު ލުޔާ މިދުނިޔޭގައި ނެތްފަދައެވެ. އެ ހަށިގަނޑުގައި ވިންދުޖެހިޔަސް މަރުވެފައިވާފަދައެވެ. ގައިގެ އެތައް ތަނަކުން ލޭއައިސްފައިވެއެވެ. އޭނާގެ ހަށިގަނޑުގައި ވަނީ ރަލުގެ ވަސް ހިފާފައެވެ. އެމީހުން އަތްލާފައިވާ ތަނެއްނަމަ ވަނީ ދުޅަވެފައެވެ. އަންނައުނު ވަނީ ވީދިފައެވެ. ތެދުވާހާ ހިތްވަރުވެސް ނެތިފައި ވަނިކޮށް އެހިސާބުން ހިނގާފައި ދިޔަ މީހަކަށް ލުޔާ ފެނުނެވެ. ކުޑައިރުކޮޅެއް ލަސްވި ނަމަވެސް އެދުވަހު ލުޔާގެ ފުރާނަ ސަލާމަތް ނުވީހެވެ. ހައުފާއަށް މި ހުރިހާ ކަމެއްގެ ޚަބަރު ވުމާއެކު އޭނާ ބެލީ ހަގީގަތް ފޮރުވޭތޯއެވެ. އެ ޢާއިލާއަށް ލިބިދާނެ ހުތުރުނަމަކަށް ވިސްނާފައެވެ. ލުޔާގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކޮއްފާނެތީއެވެ. އެހެނަސް ހައުފާއަށް ނޭނގޭ ހަގީގަތަކީ ކިތަންމެ ސާރޖަރީ އެއްހަދައި އޭނާގެ ލަކުނުތައް ފޮރުވި ނަމަވެސް ލުޔާގެ ނަފްސަށް ކޮއްފައިވާ އަނިޔާތައް ފޮހެ ނުލެވޭކަމެވެ. އެ ލަކުނުތަކުގައި އަދިވެސް ވޭން އަޅާ ކަމެވެ.

މި ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު އަރީފަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިރުކޮޅަކުން މިގުޅަނީއޭ ބުނުމަށްފަހު އަރީފު ފޯނު ބޭއްވީ އިތުރަށް ލުޔާގެ ރުއިމުގެ އަޑު އަހަން އޭނާއަތް ކެތް ނުކުރެވޭނެތީއެވެ. ޖޯލިފަތީގައި އޮތް ދުވަހު ކުރި ސަމާސަ ވިހަވީއްސުރެ އޭނާގެ ހިތުގައި ބިރުވެރިކަމެއް ވެއެވެ. އެހެނަސް އެއީ މިފަދަ ކަމަކަށް ނުވޭތޯ އޭނާ ހުރީ ހިތާ ހިތުން ދުޢާ ކޮއްލަ ކޮއްލައެވެ. އަރީފުގާތަށް ރުޅިވެސް އައެވެ. އެއީ ކޮންތަނެއްގެ ކޮން ބައެއްކަން ނޭނގުނު ނަމަވެސް އޭނާ ބޭނުންވަނީ އެމީހުންނަށް އެ ކުށުގެ ސަޒާ ލިބޭށެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް އެ ހައިވާނުންތައް މި ދުނިޔޭން ނައްތާލަން އޭނާ ބޭނުން ވިއެވެ. އެހެނަސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. މިއަދު މުހިންމީ ލުޔާއަށް އެހީތެރި ވެދިނުމެވެ. އޭނާގެ ހަށިގަނޑުގައި ހުރި ހާނިކައަށް ފަރުވާދެވިފައި ވީނަމަވެސް ނަފްސާނީ ގޮތުން ލުޔާ ވަނީ ވަރަށް ބަލިކަށިވެފައެވެ. މިހާރު ލުޔާއަށް ބޭނުމީ ނަފްސާނީ ދުޅަހެޔޮކަމެވެ. އެކަމަށް އެހީތެރިވެދޭން އަރީފު ހުރީ ތައްޔާރަށެވެ. މި ހުރިހާ ފިކުރެއް ކުރުމަށްފަހު ހަމައަކަށް އެޅުމުން އަރީފު ލުޔާއަށް ގުޅިއެވެ. އެހެނަސް ލުޔާ ފޯނެއް ނުނަގައެވެ. އޭނާއަށް ނިދުނީ ކަމަށް ނިންމައި އަރީފުވެސް އޮށޯތީ އެލޮލަށް ނިންޖެއް އާދޭތޯއެވެ.

****

“ކޮބާ ޔާއްކޮ؟” ހެނދުނުގެ ނާސްތާކުރުމަށް މޭޒު ދޮށުގައި އިށީންނަމުން ލިއުޒާ ސުވާލުކުރިއެވެ. ލުޔާއަކީ އޮފީހަށް ނުދާއިރުވެސް ލިއުޒާ އާއި އެކު ސައިބޯ ކުއްޖެކެވެ. އެހެނަސް އަދި މިއަދަކު އޭނާ ކޮޓަރިއަކުން ނުނިކުމެއެވެ.

“އަދި ނުދެކެން… ދޭބަލަ ކޮޓަރި ބަލާލަން… ބުނޭ ގަޑި ޖެހެނީއޭ..” ނަސީރުގެ ކޮފީ ތަށި މޭޒުމަތީގައި ބަހައްޓަމުން ހައުފާ ވާހަކަ ދެއްކިއެވެ.

ލުޔާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލުމަށްފަހު ޖަވާބެއް ނައުމުން ލިއުޒާ އެތެރެއަށް ވަނެވެ. ލުޔާ ނިދާފައި އޮތް މަންޒަރު ފެނުމުން ލިއުޒާ އޭނާއަށް ގޮވިއެވެ. ލިއުޒާ ލުޔާގެ އަތުގައި ހިފީ ދަމާފައި އޭނާ ތެދުކުރުމުގެ ނިޔަތުގައެވެ. އެހެނަސް ލުޔާގެ އަތުގައި އަތް ޖެހުނުކަމެއް ނޭނގެއެވެ. ބަދިގޭގައި ހުރި ހައުފާ ދުވެފައި އައީ ލިއުޒާ މަންމާއޭ ކިޔައި ހަޅޭއްލަވައިގަތުމުންނެވެ. އޭރު ލުޔާގެ ބޯ އޮތީ ލިއުޒާގެ އުނގު ތެރޭގައެވެ. ލުޔާއަށް ގޮވަމުން އޭނާ ގެންދިޔައިރު މޫނުމަތިން ފެންނަނީ ހާސްކަމެވެ.

“ކިހިނެތްވީ؟!” ކޮޓަރިއަށް ވަނުމާއެކު ހައުފާއަށް ރޮއެ ގަނެވުނެވެ.

“ހުން އައިއްސަ… ވަރަށް ބޮޑަށް! ހެއެއްވެސް ނާރާ!” ލިއުޒާ އޭނާގެ މަންމައާއި ވާހަކަ ދެއްކިއިރު ނަސީރުވެސް އައިސް ކޮޓަރިއަށް ވަންނަނީއެވެ.

ހައުފާ ފެން ތައްޓެއް ގެނައުމުން ލުޔާގެ މޫނަށް ފެން ބުރުއްސިއެވެ. އިރުގަނޑެއް ފަހުން ލޯ ހުޅުވިއިރު އޭނާގެ ދެލޯވެސް ވަނީ ރައް އަނގުރުކޮޅަކަށް ވެފައެވެ. ރުއިމުގެ ސަބަބުން ރަތް ވެފައި ހުރި ދެލޯ ހުން އައުމުން އިތުރަށް ރަތް ވީއެވެ.

“ދަރިފުޅާ މިއޮތް ފިހެނީނު… ހިނގާ ހޮސްޕިޓަލަށް ދާން… ތިވަރަށް ހުން އައިސްގެން ފަރުވާ ނުދީ ހުންނާކަށް ނުވާނެ!” ލުޔާގެ އަތުގައި ހިފަހައްޓައިގެން ހުރެ ނަސީރު ވާހަކަ ދެއްކިއެވެ. އޭރު ހައުފާ އުޅެނީ ލުޔާއަށް ފެން ބޯންދެވޭތޯއެވެ. ލޯ ހުޅުވި އިރު ވާނުވާ ނޭނގިފައި އިން ނަމަވެސް މިހާރު ވެގެން އުޅޭގޮތް ލުޔާއަށް ވިސްނުނެވެ.

“އެކަމަކު މިއީ.. އޮފީހަށް ދާ އެންމެ ދެވަނަ.. ދުވަހެންނު؟” ވަރަށް ހާލުން ލުޔާ މިހެން ބުނުމާއެކު އެންމެނަށް ހެވުނެވެ. އެހާލުގައި އޮވެގެންވެސް އޭނާ ވިސްނީ އޮފީހާމެދުގައި ކަމަށް ހިތައެވެ. އެހެނަސް ލުޔާގެ ހިތުގައިވާ ހަގީގަތެއް އެއިންކުރެ އެކަކަށް ވެސް ނޭނގޭނެއެވެ. ލުޔާ އުޅުނީ ކޮންމެހެން އޮފީހަށް ދާ ހިތަކުން ނޫނެވެ. އެހެނަސް ރޭގައި ހުރިހާ ވާހަކައެއް ކިޔައި ދިނުމުން އަރީފުއާ ކުރިމަތިލައި ވަހަކަ ދައްކަން އޭނާ ބޭނުން ވިއެވެ.

“ދަރިފުޅު އަދިވެސް އޮފީހުގެ ވާހަކަތަ ދައްކަނީ؟ މިއަދު އެންމެނަށް ޗުއްޓީ..” ހައުފާ މިހެން ބުނުމުން ނަސީރު ލުޔާ އަތްދަނޑި މައްޗަށް ލައިގެން ކާރާ ދިމަލަށް ހިނގައިގަތެވެ. އޭ.ޑީ.ކޭ އާއި ދިމާލަށް ކާރު ދުއްވަމުން ދިޔައިރު ލުޔާއަށް ނިދުނެވެ. ނޫނީ އޭނަ ހޭނެތުނީއެވެ. ހޮސްޕިޓަލުން ސްޓްރެޗަރަކަށް ލައިގެން ގޮސް އިމަޖެންސީއަށް ވެއްދިއިރުވެސް އޭނާއަކަށް ހަމަހޭވެރިކަމެއް ނުވެއެވެ.

“ވަރަށް ހުންގަދަވެފައި އޮތުމުން ދެތިން ދުވަސް ވަންދެން އޮބްޒަވޭޝަންގައި ބާއްވަން ޖެހޭނީ… އައި.ވީ. ވަނީ ގުޅާފަ.. ވަރު ދެރަވެފައި އެވަނީ އެއްވެސް ކަހަލަ ކާނާއެއް ނުކައި ގިނައިރު ހުރުމުން…. އެކަމަކު އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ގައިގަ ވަރު ޖެހިދާނެ…” އިމަރޖެންސީއިން ނިކުމެގެން އައި ޑޮކްޓަރު ވާހަކަ ދެއްކީ ނަސީރުއާއެވެ. އޭރު ހައުފާއާއި ލިއުޒާވެސް އެތާ ތިއްބެވެ.

“މިރޭ މިކޮޅުގަ ކަންނޭނގެ އޮންނާނީ.. އަރީ އަންނާނަން ދޯ ޔާއްކޮއަށް ގޮވާލަން؟” ހަމަ އެވަގުތު ލިއުޒާ ދިޔައީ ފޯނުން އަރީފުއާއި ވާހަކަ ދައްކަމުންނެވެ.

“އޮފްކޯޒް.. ބްރޭކް ގަޑީގަ ދާނަން އިނގޭ… ލެޓް މީ ނޯ ހައު ޝީޒް ޑުއިންގ..” ޖަވާބު ދިން އިރު އަރީފުގެ އަޑުގައި ވަނީ މާޔޫސްކަމެވެ.

****

މިހާރު ލުޔާގެ ހުން ވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. އެހެނަސް އަދިވެސް މުޅިން ރަނގަޅު ނުވާތީ ގެއަށް ދޫކޮށްލުމަށް ޑޮކްޓަރު އެއްބަހެއް ނުވިއެވެ. އޭނާއަށް އޮތީ ނިދިފައެވެ. އެޑްމިޓް ކުރިފަހުން ދިން ބޭހެއްގެ ސަބަބުން އަބަދުވެސް ހުންނަނީ ތާއްޔާ ޖެހި ޖެހިއެވެ. ހޮސްޕިޓަލުގެ ކޮޓަރީގައި އިން ސޯފާއެއްގައި ލިއުޒާ އޮތީ އޮށޯވެލައިގެންނެވެ. އޭރު އޭނާ ފޯނުން މެސެޖު ކުރަނީއެވެ.

*އައި ހޯޕް ޝީ ގެޓްސް ބެޓާރ.. ޓެލް ހާރ ގެޓްވެލް ސޫން ފްރޮމް މީ* މެސެޖު ކިޔާލުމަށްފަހު ލިއުޒާ ބަލާލީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއި ދިމާލަށެވެ. ކުޑަކޮށް ލޯމަތި ދުޅަފާޑެއް ޖެހި ނަމަވެސް އެ ގޮތަށް ނިދާފައި އޮންނައިރު ވަރަށް މައުސޫމެވެ.

*އައި ހޯޕް ސޯ ޓޫ… ލިއު ހާދަ ބިރެއް ގަތޭ މިއަދު.. ޔާއްކޮ އަތުގައި ހިފިއިރު ހީވީ ހަމަ އަލިފާނުގަ އަތްލެވުންހެން* ލިއުޒާ މެސެޖު ފޮނުވާލި ވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު ކޮޓަރިއަށް ވަދެގެން އައީ އަރީފެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ޒީޝާ (ހަވަނަބައި)

Next

ނާމާނޭ…3

Next
July 24, 2015

ނާމާނޭ…3

Previews
July 23, 2015

ޒީޝާ (ހަވަނަބައި)

15 Comments!

  1. nishy says:
    July 24, 2015 at 5:46 am

    V reeethi Mi part ves….. waiting

  2. nukko says:
    July 24, 2015 at 6:14 am

    V to reethi mi part vs.. aneh baii knirakun???

  3. Crazi says:
    July 24, 2015 at 9:27 am

    Vrh shalhi…anehbaa ahvaha genes dhybah

  4. Sheeby says:
    July 24, 2015 at 10:55 am

    Next part kon irakun??? Avahah genesdhehchey plx

  5. liu says:
    July 24, 2015 at 11:07 am

    vaeah reeti

  6. Aish says:
    July 24, 2015 at 11:30 am

    it was nice …….plx upload next part soon

  7. Azka Ikyaa says:
    July 24, 2015 at 11:42 am

    salhi

  8. sur says:
    July 24, 2015 at 12:45 pm

    Nice story. Keep it up. Waiting for next part…

  9. aathu says:
    July 24, 2015 at 12:48 pm

    Vvvvvvvv
    Reethi vaahaka

  10. Mary says:
    July 24, 2015 at 12:54 pm

    V Nice

  11. naj says:
    July 24, 2015 at 2:01 pm

    nice part…i knw how luyaa will feel like..bcx i hve even gone throuhg tht

  12. ifaasha says:
    July 24, 2015 at 3:33 pm

    Nice!! 🙂

  13. princex says:
    July 24, 2015 at 5:51 pm

    V v v v nice

  14. Shabee says:
    July 24, 2015 at 8:28 pm

    Wow wow wow….. v v v reeeethi… ekam luaa ah dhimaavi haadhisaa ehaa ehakamaku.nudhey…eahvure maa salhi kanthah thah hunnaane dhw… maadham i hope u’ll do better nxt time…. interesting mibaivex…. kamu nudhanee luaa ge haadhisaa… but eyee nimifa ieh kameh.so kuriah oeh bai rangalhu kuraane kamah ummeedhu kuran… 😉

  15. Shabee says:
    July 24, 2015 at 8:29 pm

    Sorry maadham ehnoon maasham ingey… its a spelling mistake… 😛

Comments are closed.


All Right Reserved!