ކޮޓަރިއަށް ވަތް ގޮތަށް ޖެހި ބުދެއް ހެން އެތައް އިރެއް ވަންދެން ހުރުމަށްފަހު އަރީފު ލިއުޒާއާއި ދިމާލަށް ހިނގައި ގަތެވެ. އަރީފު ކުރިއަށް އެޅި ފިޔަވަޅާއެކު ލިއުޒާގެ ލޮލުން ކަރުނަ އޮއްސާލިއެވެ. “ކާކުގެ ދަރިއެއް؟” ލިއުޒާގެ ކުރިމަތީގައި ހުއްޓުމަށްފަހު އަރީފު ސުވާލު ކުރިއެވެ. އޭނާގެ އަޑުގައި އެއްވެސް ހަރުކަށިކަމެއް ނެތެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. އެއްވެސް އިތުރު އިހުސާސެއްވެސް އެއަޑުގައި އެކުލެވިގެނެއް ނުވެއެވެ. “ލިއުޒާގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއް؟” ލިއުޒާގެ ފަރާތުން ކަރުނަ ނޫން އިތުރު ޖަވާބެއް […]
ފެރީގެ ތެރެއަށް ފުރަތަމަ ފޭބީ އަރީފެވެ. އޭނާ ދިތްކުރި އަތުގައި ހިފުމަށްފަހު ލުޔާ ފެރީ ތެރެއަށް އެޅި ފައި ކައްސާލިއެވެ. އެއާއެކު އޭނާ ގޮސް ލައްގަތީ އަރީފުގެ މޭގައެވެ. ދެ ހަށިގަނޑު ގާތް ވުމާއެކު ހީވީ ދަގަތްފާނު ބާރަށް ދެމި ހެންނެވެ. އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ދުނިޔޭގައި އެ ދެމީހުން ނޫން އިތުރު ބަޔަކު އުޅޭކަމެއް ހަނދާނެއް ނެތެވެ. މިއީ މިގޮތަށް އަރީފުގެ މޭގައި ލުޔާއަށް ލައްވެ ގަނެވުނު ދެވަނަ ފަހަރެވެ. ހީވާގޮތުގައި ވަށައިގެންވާ […]
“މިހާރު އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކާ….” އަރީފު އަނެއްކާވެސް ބޯ ހޫރާލަމުން ބުނެލިއެވެ. “މޭބީ އިޓްސް ފޯ ދަ ބެސްޓް… ދެމީހުން ދުރުވީމައެއްނު މިހާރު ރަނގަޅު ވާނީ..” ޔިވާމް މަސައްކަތް ކުރީ އަރީފުއަށް ވިސްނައި ދެވޭތޯއެވެ. “ކާކު ކާކާ ދުރުކުރަން ތި އުޅެނީ؟” ދޮރުން ވަދެގެން އައި ލުޔާ ވާހަކަ ދެއްކިއިރު އަރީފު އިންކަމެއް އޭނާއަކަށް ނޭނގެއެވެ. “ކޮންމެހެން މާ ގުޅެން އުޅޭނެކަމެއް ނެތް.. އަމިއްލައަށް ދުރުވާން ވެގެން ދާށެއްނު ތިއުޅެނީ!” ޔިވާމް މިހެން ބުނެލި ވަގުތު ވީ […]
“ކީއްވެ ތިހެން ތި އެހީ… ދޮންތަގެ ވެޑިންގަ ހުންނަން ލުޔާ ބޭނުން ނުވާންވީ ކީއްވެ؟” ލުޔާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެއީ އަޑުލައި ވާހަކަ ދައްކައިފިނަމަ ޔިވާމްއަށް ހަގީގަތް އެނގިދާނެތީއެވެ. “ސުވާލަކަށް ޖަވާބެއް ނުދެމެންނު…” ލުޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔިވާމް ބުނެލިއެވެ. “ޔިވާމް ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއްވެސް… ދެން ސާބަސް!” ލުޔާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަޑުން އެއްވެސް އިހުސާސެއް ފާޅު ނުކުރުމަށެވެ. “ހްމމ، އޯކޭ އޭ… އަހަންނަށް ހީވި […]
“އައި ލަވް ޔޫ…” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ލިއުޒާއަށް ބުނެވުނީ މިހެންނެވެ. “ޑޯންޓް… ލިއު މިހާރު ތި ލަފްޒުގެ އަގު ވަނީ ވައްޓާލާފަ… އިޓް މީންސް ނަތިންގ…” އަހުނަފް މިހެން ބުނުމާއެކު ލިއުޒާގެ ހިތް ފަޅައިގެން ދިޔަ ފަދައެވެ. އޭނާއަށް ރޮއެ ގަނެވުނީ އަޑުން އަޑު ނަގާއެވެ. “ނުބުނޭ ތިހެން! ލިއު ހާދަ ލޯބި ވެޔޭ….” އަހުނަފްގެ އަތުގައި އެލިގަންނަމުން ލިއުޒާ ވާހަކަ ދެއްކިއެވެ. އޭނާގެ ރުއިމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ލިއުޒާ މިހެން ބުނުމާއެކު […]
“ލިއު! ކިހިނެތް ވީތަ؟ ވަރަށް ހާސްވެޔޭ އެބަ… މީހަކު ކަމެއް ކުރީތަ؟ އަރީފު އެއްޗެކޭ ބުނީތަ؟!” އަހުނަފް ގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަ ވަމުންނެވެ. “ނޫން… އައި…” ލިއުޒާއަކަށް އަދިވެސް ވާހަކައެއް ނުދެއްކެއެވެ. “ޕްލީޒް ލިއު…” އަހުނަފްގެ އަޑުގައިވެސް މިހާރު ވަނީ ވޭނީ ކެކުޅުމެކެވެ. ލޯބިވާ މީހެއްގެ ރުއިމުގެ އަޑުއަހަން ކެތް ކުރެވޭނީ ކާކަށް ހެއްޔެވެ؟ “އައި.. އޭމް ޕްރެގްނެންޓް..” ލިއުޒާއަށް މިހެން ބުނެވުނީ ގިސްލް ގިސްލާފައެވެ. “ވަޓް؟!” އަހުނަފްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑު […]
“ސޮރީ އަރީ… އަރީ އެއްވެސް ކަމެއް ނުކުރޭ.. އެންޑް އައި އޭމް ނޮޓް އެވޮއިޑިންގ ޔޫ.. ޕްރޮމިސް” ލުޔާ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ކުރަކިކަމެކެވެ. “ޔަގީންތަ؟ އަރީ ހީކުރީ އެއްކަލަ ދުވަހު ލުޔާ ކުރި ސުވާލަށް ޖަވަބު ނުދިނީމަ-“ “ޔަގީން… އައި އޭމް ނޮޓްއެންގްރީ.. އެހެން ނޫނަސް އަރީ ލައްވާ ޝެއާރ ކުރަކަށް މަޖުބޫރެއް ނުކުރާނަން..” ލުޔާ ވާހަކަ ދެއްކީ އަރީފުގެ ވާހަކަ މެދު ކަނޑާލުމަށްފަހުއެވެ. “އަރީ މީ ހިޕޮކްރިޓެއް ދޯ.. ލުޔާ ގާތުގައި ޝެއާރ ކުރީމަ […]
“ދޮންތަ ދައްކާ ވާހަކަ.. ހަމަ ވާހަކައެއް ކިޔާފަ ދެރަވިއްޔާ އޭގެ މާނައަކީ އޭގަ ވާ އެއްޗެއް ލައިފްއަށް އެޕްލައި ވަނީ އޭތަ؟” ލުޔާ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ލިއުޒާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ލިއުޒާގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ބަޔާން ކުރާނީ ކިހިނަކުން ހެއްޔެވެ. އެފަދަ ހިތްވަރެއް ލުޔާގެ ކިބައަކު ނެތެވެ. އޭނާއަށް މިއަދު ކުރެވޭނެހާވެސް ކަމަކީ އޭނާގެ ހިތް ފޮރުވުމެވެ. އެކަން ކުރުމަށް އޭނާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. **** އޮފީސް […]
އެހެނަސް އިންސާނެއްގެ ހިތަކީ ބާރުފޯރުވޭނެ އެއްޗެއް ނޫން ތާއެވެ. އަރީފު ގަބޫލުކުރަން ބޭނުން ނުވިޔަސް އެ ހިތުގައި ލުޔާއަށް ދެވިފައިވާ މަގާމަކީ ލިއުޒާއަށް ދެވިފައިވާ މަގާމަށް ވުރެ އިސް މަގާމެކެވެ. އެކަމާ ދެކޮޅު ހެދުމަކީ އަމިއްލަ ނަފްސަށް ދޮގު ހެދުން ފަދަ ކަމެކެވެ. ***** އަހުނަފްއަށް ލިއުޒާގެ ޚަބަރެއް ނުވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެންމެން އެކުގައި ބޭރަށް ދާ އިރުވެސް ލިއުޒާ ނުދެއެވެ. އެކަން ޔިވާމްއާއި އަރީފު ވެސް ފާހަގަ ކުރިއެވެ. އެހެނަސް ކޮންމެވެސް […]