Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (ހަވަނަބައި)

Hannah Level 110 Stories
July 23, 2015 3 Mins Read
26 Comments

އާދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތަށް އެކި ކުލަގެނުވަމުންނެވެ. ޒީޝާ އުޅުނީ ބަދިގެ ތެރޭގައި ހެނދުނުގެ ސައި ހެދުމައިގެންނެވެ. އޭރު ނާހިދާ އިނީ ފިޔާ ކޮށާށެވެ. ހެނދުނުގެ ސަޔަށް ރޮށި ފިހަން ހުރި ޒީޝާއަށް ވިސްނެނީ ޒައިންއަށް ދޭނެ ޖަވާބަކާމެދުގައެވެ. ހަމަގައިމުސް ޒީޝާ ހިތް އެދޭ ފަދަ ސިފަތައް ޒައިންގެ ކިބައިގައި އެބަހުއްޓެވެ. ޒައިންގެ ހުންނަ މަޑުމައިތިރި ސިފައަކީ އޭނާ އަށް އެންމެ ކަމުދާ އެއް ސިފައެވެ.

“ދަރިފުޅާ ޒީޝާ” ރޮށި ފިހަން ހުރި ޒީޝާ ސިހުަނީ މަންމަ ގޮވާލުމުންނެވެ. “ދަރިފުޅު ކޮންކަމަކާތަ މާވަރަކަށް ތި ވިސްނަނީ” ޒީޝާ ކަމަކާ ވިސްނާހެން ހީވެގެން ނާހިދާ އަހާލިއެވެ. “ނުވިސްނަން އެއްވެސް ކަމަކާ..ޒާއްކޮ ނުހޭލާތަ އަދިވެސް…؟” މަންމަގެ ފަރާތުން އިތުރު ސުވާލުތަކެއް ކުރިމަތި ވެދާނެތީ ޒީޝާ އަވަސް އަވަހަށް ބުނެލިއެވެ. “ޒާރާ އެބައިން ސުކޫލުން ދީފަ ހުރި ފިލާވަޅުތައް ހަދަން.. ބައްޕަ ބުނި އޮފީސް ދަތުރެއްގަ ދެހަފްތާއަށް އައްޑޫ އަށް މާދަމަ ފުރާ ވާހަކަ..” ނާހިދާ ވާހަކަ ދެއްކިއެވެ. “އެންމެ ފަހުން ބައްޕައަށް ވެސް އައްޑޫ ފެނުމުގެ ނަސީބު ލިބުނީދޯ” ފިހެފައި ހުރި ރޮށިތައް ތައްޓަށް އަޅަމުން ޒީޝާ ބުނެލިއެވެ. ހެނދުނެގެ ސަޔަށްފަހު ޒީޝާ ވަނީ ކޮޓަރިއަށެވެ. ކޮޓަރި ސާފުކޮށްލުމަށްޓަކައެވެ.

އޭޑީކޭ ހޮސްޕިޓަލު ދޮރުމަތީ ޒައިން މަޑުކޮށްލައިގެން ހުރީ އޭނާގެ މަންމަ ފަހީމާ ނިކުންނަންދެނެވެ. އިރުކޮޅެއްނުވެ، ފަހީމާ އާއެކު އޭނާގެ ދޮށީ ދަރިފުޅު ފައިހާ ނިކުތެވެ. އެއީ ޒައިންގެ ދޮންތައެވެ. “ކީކޭ ޑޮކްޓަރު ބުނުއްވީ” ޒައިން ސުވާލު ކުރިއެވެ. “ޑޮކްޓަރު ބުނުއްވީ މިހާރު ރަނގަޅޭ.. ކަސްރަތު ކުރާށޭ.. ގަވާއިދުން ދެން ބޭސް ކާށޭ.. ދޯ މަންމާ..” ފައިހާ ވާހަކަ ނިއްމާލަމުން  ފަހީމާއަށް ދޯދިނެވެ. ފައިހާގެ ވާހަކަތަކަށް ފަހީމާ ބޯޖަހާލިއެވެ. “ދޮންތަމެން ދާންވީނުން ޓެކްސީގަ.. އަހަރެން މިސްކިތަށް ވަދެލާފަ ނަމާދު ކޮށްލައިގެން ދެން ގެއަށް ދާނީ…” ފައިހާ އަތަށް ލާރި ދެމުން ޒައިން ބުނެލިއެވެ.

ނަމާދު ކޮށްލައިގެން ޒައިން އައީ ގެއަށެވެ. ބަނޑުހައިވެފައި ހުރުމުން ފައިހާ ގާތު ކާން ހަދައި ދޭށޭ ބުނެފައި ސޯފާގައި ޖައްސާލިއެވެ. އަދި ފޯނު ނަގައި ޒީޝާ އަށް މެސެޖެއް ކޮށްލިއެވެ. “އަވަހަށް އާދޭ ކާން” އަލަމާރިން ފެން ފުޅިއެއް ނަގަމުން ފައިހާ ޒައިން އަށްގޮވިއެވެ. “ކޮބާ މަންމަ…؟ ބޭސް ކައިފިތަ؟” ގޮނޑީގައި އިށީންނަމުން ޒައިން އަހާލިއެވެ. “ބޭސް ކައިގެން ކޮޓަރިއަށް ވަނީ.. ހީވަނީ ނަމާދަށް އަރާފަހެންވީ.. ތިއެއް ނޫނޭ.. ޒީޝާގެ ހަބަރެއް ނުވޭތަ..؟ އޭނަ ގޮވައިގެން އައިސްބަލަ މިގެއަށް” ފައިހާ ފެށީ ޒީޝާގެ ވާހަކައެވެ. ފައިހާއަށް ޒީޝާގެ ވާހަކަ އެނގެއެވެ. އެއީ ޒައިން އޭނާ ގާތު އެވާހަކަތައް ކިޔައިދީފައި އޮތުމުންނެވެ. ޒައިން އެވާހަކަތައް ފައިހާއަށް ކިޔައިދިނީ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހޯދައިލުމަށެވެ. “ހޫމް.. އަދި އޭނަ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބޭ.. އަހަރެން ކިހިނެއް އޭނަ މިގެއަށް ގެންނާނި.. އަދި މިއުޅެނީ   އޭނަ ނުލިބިގެން” އެ އަޑުގައިވަނީ މާޔޫސްކަމެވެ. އެކަން ފައިހާއަށް އެނގުނެވެ. “އަދި އިރާދު ކުރެއްވިއްޔާ ރަނގަޅު ވާނެ.. ދޮންތަވެސް ދޮންތަބެއަށް އާބަސް ބުނީ ދޮންތަބޭ ރައްޓެހިވާން އެހިތާ އެއްމަސްވީ ފަހުން.. ކޮންމެ ކަމެއް ކުރެވޭނީވެސް ވަރަށް ކެތްތެރިވެގެން.. ދޮންތަ ބުނާނި ޒީޝާ ވިސްނަން ޓައިމް ދޭށޭ.. ހަޔާތުގައި ކަމެއް ކުރަން ނިންމާއިރު ވަރަށް ޓައިމް ބޭނުންވާނެ..” ފައިހާ ބެލީ ޒައިންއަށް ހިތްވަރުދެވޭތޯއެވެ. “ދޮންތަބޭއަށް ދިގު އިންތިޒާރެއް ކުރަން ޖެއްސީދޯ.. ނޫނޭ ދޮންތަ ގަދަ އިނގޭ” ފައިހާ ދިމާކޮށްލަމުން ޒައިން ބުނެލިއެވެ.

ޒައިންގެ މަންމަ ތިބެނީ ހަތަރު ކުދިންނެވެ. އެއީ ދެ އަންހެން ކުދިންނާއި ދެފިރިހެން ކުދިންނެވެ. ޒައިން އާއި ފައިހާގެ އިތުރުން ދެ ތިބެނީ ޒައިންގެ ދޮންބެ ނުހާދު އަދި  ކޮއްކޮ މާޝާއެވެ. މީހަކާ އިނދެގެން އުޅެނީ ހަމައެކަނި ފައިހާ އެކަންޏެވެ. އޭނާ އުޅެނީ މާލެ މީހަކާ އިނދެގެން މާލޭގައެވެ.  ޒައިންގެ އުމުރުން ދިހައަހަރުގައި ވަނީ ބައްޕަ މަރުވެފައެވެ.

ޒީޝާ އާއި ސަމާ މަޑުކޮށްލީ އާޓިފިޝަލް ބީޗްގައެވެ. ހަވީރުގެ ވަގުތުކަމަށްވުމުން އެހިސާބުން އިވެމުންދިޔައީ ކުޑަކުދިންގެ ހުނުމާއި ސަކަރާތުގެ އަޑެވެ. އިށީނދެލާނެ ހުސް އައްޓެއްވެސް ނެތުމުން ސަމާގެ އެދުމަށް ދެމީހުން ވަނީ ބްރޭކް ވޯޓަރ އަށެވެ. އެއީ އާޓިފިޝަލް ބީޗްގައި ހުޅުވާފައިވާ ރެސްޓޯރެންޓެކެވެ. “ކޮބާތަ  ސަމާގެ މައްސަލައަކީ” ގޮނޑީގައި ހަމަޖެހިލަމުން ޒީޝާ އެހިއެވެ. “ޒީ ގާތު މަ ބުނީމެއްނު ހޮޓް ބިޓެއް ފެނުނު ވާހަކަ.. އޭނަ ކޮންމެ ދުވަހަކު މިހާރު ފެނޭ.. އިއްޔެވެސް ފެނުން.. ހާދަ ސަޅިއޭ.. އައި ތިންކް އޭމް އިން ލަވް ވިތް ހިމް.. އަބަދުވެސް ހިތް އެދެނީ އޭނާއަށް” ސަމާ ޒީޝާއަށް އޭނާގެ ހިތުގެ ހާލު ކިޔާދިނެވެ.”އެކަމު ސަމާއަށް ސާބަސް… ތިއުޅެނީ ކުޑަމިނުން އޭނަގެ ނަން ނޭނގިގެން.. ތީގަ އަހަރެން ކޮން ކަމެއް ކޮށްދޭންވީ..ޓެލް މީ..” ފެން ފޮދެއް ބޯލަމުން ޒީޝާ އަހާލިއެވެ. “ޒީ ބުނަންވީ އަހަރެން ކުރަންވީ ކަމެއް.. އައި ކާންޓް ވެއިޓް އެނީމޯރ” ސަމާ ބުންޏެވެ. “އޭނަ އުޅޭ ތަނަކާ ނަން ހޯދަންވީނުން… އޭރުން ފަސޭހަވާނެ ކަންނޭގެ” ޒީޝާއަށް ފެންނަ ގޮތް ބުންޏެވެ. “ޔާ.. އިޓްސް ގުޑް އައިޑިއާ.. އެނީވޭ ތެންކްސް ޑިއާރ.. ” ޒީޝާ ދިން ހިޔާލު ސަމާއަށް ކަމުދިޔައެވެ.

އިރުއޮއްސި މުޅި މާލެތެރެއަށް ވަނީ އަނދިރިކަން ފެތުރިފައެވެ. މަގުތަކުގައި ޖަހާފައިވާ ހޮޅުބުރިތަކުން އަލިކަމެއް ހުއްޓަސް ހިތްގައިމު ކަމެއް ނެތެވެ. ފުސްވިލާތަކުން އުޑުމަތި  ބަނަކޮއްލާފައި ވާއިރު ތަރިތަކާ ހަނދު ފެންނާކަށް ނެތެވެ. ޒީޝާ އިނީ ގޯތިތެރޭ އެލުވާފައި ހުރި އުނދޯލީގައެވެ. މިހާރަކަށް އައިސް އޭނައަށް އަބަދު ވިސްނެނީ ޒައިންއާ ދޭތެރޭ ގައެވެ. މިރޭ ޒައިންއަށް ޖަވާބެއް ދޭން ނިންމިއެވެ.

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

ހުވަފެން

Next

ހަތަރު އުދަރެސް (11)

Next
July 24, 2015

ހަތަރު އުދަރެސް (11)

Previews
July 23, 2015

ހުވަފެން

26 Comments!

  1. Hannah says:
    July 24, 2015 at 12:04 am

    hello guys.. i know its very short.. and sorry for that.. still i am not feeling good.. In sha allah maadhan dhe part genesdheynan if i am ok tomorrow 🙂 leave a comment 🙂 GOOD NIGHT.. love you all

  2. ifaasha says:
    July 24, 2015 at 12:04 am

    I m 1st…. v nice mi part

    1. Hannah says:
      July 24, 2015 at 12:06 am

      Heheh.. yes ifaa.. you were the first.. thanks for the comment.. keep reading and enjoy 🙂

  3. ifaa says:
    July 24, 2015 at 12:10 am

    Nice

  4. Mimmi says:
    July 24, 2015 at 12:41 am

    Nyc story.alhe zain nd zeesha gulhuwahchey..:-)

  5. nukko says:
    July 24, 2015 at 12:45 am

    V reethi.. e hot boy akee xain kanneynge dww.. hehe looking forward to the nxt part

  6. nym says:
    July 24, 2015 at 2:06 am

    Itx an awsm story..:-) n u r doing a great work hannah.. n kuriyah huri part thahvx vrh reethi vrne kamah heekuran.. ?

  7. lyn says:
    July 24, 2015 at 2:44 am

    Nice but v kuru dhw…next part thankolheh dhigu kon genes dhehchey…

  8. Sheeby says:
    July 24, 2015 at 11:01 am

    Hot boy aky zain yageen.. zeesha n zain gulhuvahchey ing hannah… love ur stry…….

  9. Meera says:
    July 24, 2015 at 2:43 pm

    Love your story hannah 🙂 …!

  10. naxx says:
    July 24, 2015 at 3:47 pm

    varah salhi.. next part konirakuntha hannahkko

  11. Faathun says:
    July 24, 2015 at 5:36 pm

    Hot boy akee zain ah nahadhahchey

  12. sumone says:
    July 24, 2015 at 6:00 pm

    varah reethi mi part ves…….. btw get well soon… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙂 ? ? ?

  13. Raahy says:
    July 24, 2015 at 6:18 pm

    Sama ah loabivevigen eulheny zain dekhe…zeesha akah sama ge crush ge name neyge Hama egotha sama akah ves zeesha n zain ge gulhumeh neyge zeesha zain ah yes buneema sama heekuraani zeesha betray kauri kamah dhen 2 friends massalajeheynee… Me vaahakaiga vaanegoh nukiyas eba engey….soooo clichè…

    1. sumone says:
      July 24, 2015 at 6:38 pm

      dhn ehn viyyaa vaahaka nukiyaa vaagoi ingenya………

    2. sumone says:
      July 24, 2015 at 6:44 pm

      i mean thihaa molhah ingey meehun kykuran hey dhn mi story thi kiyany…………

    3. Meera says:
      July 24, 2015 at 7:12 pm

      Aaan dho.. engey meehun nukyma veenun ehen myhunnah vaagoiy nukiyaadhy.. Hannah.. Do your work.. we lovve it

    4. sumone says:
      July 24, 2015 at 9:27 pm

      yahh………. meera is right we love i…………. ekahala meehun kiyaa ehchihsah nubala continue with ur lovely story……….

    5. sumone says:
      July 24, 2015 at 9:28 pm

      love it*** :P:P:P …………. sorry typing mistake 😛 😛 😛

  14. Shabee says:
    July 24, 2015 at 8:34 pm

    V habeys… love it hannah montana… majaa ingey rulhi naanahchey hannah montana ey keema… 🙂 v reethi shabee ah vex heevanee sama ge crush akee zain hen…. i hope it will go well.. 🙂

  15. Fudge says:
    July 25, 2015 at 2:35 am

    Mee story eh?
    Huvaa kobbah?

  16. Meera says:
    July 25, 2015 at 12:31 pm

    Fudge: dhen mi koacheh..?

    1. Raahy says:
      July 26, 2015 at 12:25 pm

      Meera jeheytha konme thanaka angabaanan!!! Bola undagoo vey angagadha mithuru :p

  17. Aishath says:
    July 25, 2015 at 1:28 pm

    De vaany samaa ves loabi vaany zain aa

  18. Aishath says:
    July 25, 2015 at 1:30 pm

    Haada lahey hanaa waiting waiting 🙁 🙁

  19. naxx says:
    July 26, 2015 at 12:43 am

    avas koh dhen in part up kohdheeba..dhw guys:-):-):-):-):-)

Comments are closed.


All Right Reserved!