ފޯން ނަގާ މީހަކަށް ގުޅާލަން އުޅުނު ތަނާހެން އައީ އެސް.އެމް.އެސް އެކެވެ. އެ. އެސް.އެމް.އެސް ކިޔާ ނިމުނު އިރު އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. “ I swear by the mercy and grace of Almighty Allah that I will never see you, hear from you and will never aid you, help you or corporate no matter whatever happens in the future […]
މާޔާ ކޮޓަރީގެ އެނދުމަތީގައި އިށީދެލައިގެން އިން އިރު ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫވަމުން ދިޔައެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އިހުސާސްތަކުން ދެލޯފުރިގެން އައިނަމަވެސް ކެތް ކުރަމުން ދިޔައެވެ. މިއީ ދުވަހަކުވެސް އޭނާގެ ހަޔާތުގައި ކުރިމަތިލާންޖެހިދާނެ ދުވަހެއް ކަމަކަށް މާޔާ ހިޔެއް ނުކުރެއެވެ. އެހެންނަމަވެސް ތަގުދީރުގެ ރޭވުމާ ދެކޮޅު ހެދޭނީ ކާކަށް ހެއްޔެވެ؟ ހަށިގަނޑުގައި އުފެދިފައިވާ މަޑުތުރުތުރާއެކު އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. […]
” ތިނޫން މަލެއް މިޤައުމުން އަހަންނަށް ދައްކަބަލަ. ކޮބާތަ ޝުދޫގެ ޙަޤީޤަތަކީ. އިނގޭތަ ޢާޒިމްއަށް ޝުދޫއެއީ ކާކުކަން؟ ކިހިނެއް އުޅޭ ކުއްޖެއްކަން؟ ތިބުނާ މައުޞޫމް، ފަސްބައިގައި ކިލަނބުކަމެއްނެތް އަންހެން ކުއްޖަކު މިރާއްޖޭން ލިބޭނެބާ؟ ހަމަގައިމުވެސް އަހަންނަކަށް ނުވި އެކަމެއް. އިޖުތިމާޢީ ފޭރާން ބަލިކަށިވެ، ޙަޔާތްކެނޑެމުންދާ ތަނެއްގައި ބޮޑުވާނެތަ ޢިއްފަތްތެރި އަންހެންކުދިން. ނޫނޭ. ދެއިނގިން ގުނާލެވޭހާ މަދުވާނެ އެކުދިން. އެކަމު، އެކުދިންނާއި ފަސޭހަކޮށް ދިމާވާނެބާ؟ މީހިތާމަ ހުރިކަމެއް!” އިމާން ބުނީ ވަރަށް ބޮޑު ތެދެކެވެ. ” ތީ ވަރަށް […]
އެހެނަސް، އެއީ ވަރަށް މުހިއްމު މައުލޫމާތެއް ކަމަށާއި ނާންނަ ކުދިންނަށް އަދަބު ދޭނެ ކަމަށް ބުނުމުން ހުރިހާ ކުދިންވެސް އެސެޝަނަށް ހާޒިރުވާން އެއްބަސްވިއެވެ. *************************** ހޮނިހިރު ދުވަހެވެ. ހޯލުތެރެ، ކުދިންނާއިގެން ވަނީ ތޮއްޖެހިފައެވެ. ސްޓޭޖުމަތީގައި މައިކެއް ހިފައިގެން ހުއްޓިހުރި ތޯމަސް އެއިންތިޒާރުކުރަނީ ސްޓޭޖުމަތީގައި ތިބި އޭނާގެ އެކުވެރިންގެ އިޝާރާތަކަށެވެ. ވެލެންޓީނާ ބޯޖަހާލުމުން ތޯމަސް އޭނާގެ ވާހަކަ ފެށިއެވެ. “އައްސަލާމް އަލައިކުމް. ތިޔަ އެންމެންނަށް އަމާންކަން ހުރި.” ތޯމަސް، އެންމެ ފުރަތަމަވެސް ބުނި އެއްޗަކުން ގިނަކުދިން ތިބީ ހައިރާންވެފައެވެ. […]
އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެންގެ ބައްޕަ ވަނީ ކެންސަރ ބަލީގައި މި ދުނިޔެ އާއި އަލްވަދާޢު ކިޔާފައެވެ. މިހާރު އަހަރެންގެ ހުރިހާ ވެސް މީހަކީ އަހަރެންގެ މަންމަ އާއި ކޮއްކޮ މާއިލް އެވެ. އަހަރެން އޭ ލެވެލް ނިންމުމާއި ހަމައަށް ގޭގެ ހުރިހާ ޙަރަދެއް ބެލެހެއްޓީ މަންމަ ގޭގައި ހެދިކާ ހަދައި ވިއްކައިގެންނެވެ. އޭގެ ފަހުން އަހަރެން ކުދިންނަށް ޓިއުޝަން ދީގެން ލާރި ހޯދަން ފެށުމުން މަންމަ އަށް ވެސް ތަންކޮޅެއް ލުއިވި އެވެ. އަހަރެން […]
އެރޭ އެނދުގައި އޮށޯތެއްކަމަކު ނަޞްރާއަކަށް ނުނިދެއެވެ. އުފަލުން ގޮސް އޭނަގެ ހިތް ފުރި ބަންޑުންވަމުން ދިޔައެވެ. އޭނަ ކިތަންމެ ބޭނުން ނުވިޔަސް ޔޫނުސްގެ އެ އުޖާލާވި ހިނިތުންވުން އޭނަގެ ލޮލަށް ސިފަވަމުން ދިޔައެވެ. ނަޞްރާ ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ކަނާތް ފަރާތަށް އެނބުރިލަމުން ބާލީސް ކައިރީގައި އޮތް ފޯނު ނަގައި ޖައްސާލިއެވެ. ގަޑިން ދަންވަރު ބާރަ ޖަހައި ފަސް މިނެޓް ހިނގީއެވެ. އަދި މާދަމާ ރޭވާން ކިހާ އިރެއް އެބައޮތްކަން އެނގުމުން ނަޞްރާގެ ހިތަށް އުނދަގޫވިއެވެ. އޭނަ […]
” ހަމަ މިހާރު މިގެއިން ނިކުމޭ. ކުރިންވެސް ބުނިންދޯ ދުވަހަކުވެސް މިގެއަށް އައިސްގެން ނުވާނެ. ބުނެފަދޯ އޮންނާނީ ތިމޫނުވެސް ދުވަހަކުވެސް ދެކޭކަށް ބޭނުމެއްނޫނޭ. ތިއަޑުވެސް ދުވަހަކުވެސް އަނހާކަށް ބޭނުމެއްނޫނޭ. މިތަނަށް ވަތްގޮތަކަށް އަވަހަށް ނިކުމެގެންދޭ.” އަތްމަތި ދަތިވެގެން މަހުޖަނެއްކަހަލަ އަހަރެންގެ ބޭބެކައިރިއަށް އެހީއަކަށް އެދި ދިއުމުން ދިންޖަވާބުން އަހަންނަށް ރޮވުނެވެ. ” މިނޫން އެހެން ގޮތެއްނެތިގެން މިއައީ. އެނގޭ ބޭބެ އަބަދުވެސް އަހަންނަށް ނަފްރަތު ކުރާކަން. އެކަމު އެއްބަނޑު ގާތްތިމާގެ ކަމުގެ ގުޅުމަކީ މާތްގުޅުމެއްކަން އެނގޭތީ […]
ދޯނި ފާލަމާއި ކައިރިކޮށްލުމާއެކު އަހަރެން ދުއްވައިގަތީމެވެ. މަޑުމަޑުން ދުވަމުން ގޮސް އަހަރެން ހުއްޓުނީ އަތިރިމަތީގައި ހުރި ގަހެއްގެ ކައިރީގައެވެ. ދެން ދެފަރާތަށް ބަލާހޯދާލީމެވެ. އެއްވެސް މީހަކު ނުފެނުނެވެ. އަހަރެންގެ އިންތިޒާރުގައި އެއްވެސް މީހަކު ނެތެވެ. އަހަރެން ހީކުރީ އަހަރެންގެ އިންތިޒާރުގައި ނުހާ އިންނާނެކަމަށެވެ. އެކަމަކު ހީކުރި ގޮތަށް ކަންތައް ނުވުމުން އަހަރެން ދެރަވެސްވިއެވެ. ތެދެކެވެ. މާލެއާއި ޚިލާފަށް ރަށްފުށުގެ މާހައުލަކީ ހިތްގައިމު މާހައުލެކެވެ. އިރުއޮއްސެން ގާތްވަމުން ދިޔަވަރަކަށް މާހައުލުގެ ރީތިކަން ދިޔައީ އިތުރުވަމުންނެވެ. ރަތްވިލާތަކުން މުޅި އުދަރެސް […]
” ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭ ގޮތައްތަ ތިހުންނަނީ؟” ޝިފާވެސް ވަކި ދަށެއް ނޫންތާއެވެ. ” ނޫނޭ. ހުރިހާ ކަމެއް އަދި ނުކޮށްދެވޭނެ. އެހިސާބަކަށް ތަނަވަސްކަމެއް އަދިނެތް. ދެން ސަކަރާތް ނުޖަހާ ބުނެބަލަ. ކިހިނެއްތަ ވީ ޝިފާ ތިގުޅާލީ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ. ” ދެން ނުކެރޭނެ ބުނާކަށް.” ޝިފާ ތުއި އަޑަކުންބުނެލިއެވެ. ” ބުނަން ނުކެރެންޏާ ދެން ނުބުނާނީ. ނޫނީ ދެން ފޯން ބާއްވާނީ؟” އަހަރެން މޯޅި އަކަށް ދެމިލަމުން ބުނީމެވެ. ” އަސްލުވެސް […]