އެރޭ އެނދުގައި އޮށޯތެއްކަމަކު ނަޞްރާއަކަށް ނުނިދެއެވެ. އުފަލުން ގޮސް އޭނަގެ ހިތް ފުރި ބަންޑުންވަމުން ދިޔައެވެ. އޭނަ ކިތަންމެ ބޭނުން ނުވިޔަސް ޔޫނުސްގެ އެ އުޖާލާވި ހިނިތުންވުން އޭނަގެ ލޮލަށް ސިފަވަމުން ދިޔައެވެ. ނަޞްރާ ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ކަނާތް ފަރާތަށް އެނބުރިލަމުން ބާލީސް ކައިރީގައި އޮތް ފޯނު ނަގައި ޖައްސާލިއެވެ. ގަޑިން ދަންވަރު ބާރަ ޖަހައި ފަސް މިނެޓް ހިނގީއެވެ. އަދި މާދަމާ ރޭވާން ކިހާ އިރެއް އެބައޮތްކަން އެނގުމުން ނަޞްރާގެ ހިތަށް އުނދަގޫވިއެވެ. އޭނަ ކެތްމަދުވެފައި ހުރި ވަރު އިޙްޞާޞްވެފައި ނަޞްރާއަށް އޭނަގެ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ޔޫނުސްއާ ބައްދަލުވުމުން އޭނައަށް ވާނެ ގޮތެއްވެސް ނަޞްރާއަކަށް ނޭނގެއެވެ. ދައްކާނީ ކޮން ވާހަކައެއްބާއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަ މާދަމާ ރޭ ދައްކަންޖެހޭ މުހިއްމު ވާހަކައެއް އެބައޮތްކަން ނަޞްރާގެ ހަނދާނަށް އައެވެ. ނަޞްރާގެ ހިނިތުންވުން ފަނޑުވަމުން ގޮސް ގެއްލުނެވެ. އޭނަ ޔޫނުސްއަށް އޭނަގެ މާޒީ ކިޔައިދޭން ޖެހެއެވެ. ފަޅި ސިކުންތަކަށް ކިޔައިނުދޭނީއޭ ނަޞްރާގެ ހިތް ބުންޏެވެ. ނަމަވެސް ކިޔައިނުދީ ކައިވެނި ކޮށްފިއްޔާ ކައިވެންޏަށްފަހު މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ސިކުނޑި ބުނުމުން ނަޞްރާއަށް ފުން ނޭވައެއް ދޫކޮއްލެވުނެވެ. އެއަށްފަހު ޔޫނުސްއާ ވާހަކަ ދައްކާނީ ކިހިނެއްކަން އޭނަ ރާވަންފެށިއެވެ. އެންމެ ފުރަތަމަ އެކަން ޚިޔާލުކުރަން ވެސް ނަޞްރާއަށް ދަތިވިއެވެ. އެ ވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނަޞްރާއަކަށް ނޭނގުނެވެ. ނަމަވެސް އެތައް ވިސްނުމަކަށްފަހު ރީތި ގޮތަކަށް އެވާހަކަތައް ކިޔައިދެވޭނެ ގޮތެއް ނަޞްރާ ނިންމައިފިއެވެ. އަދި ސިކުނޑީގައި އެތައް ފަހަރަކު ޔޫނުސްއަށް އެވާހަކަތައް ކިޔައިދީފިއެވެ. ނަޞްރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެއަށްފަހުއެވެ. އެހެނަސް އޭނަ ނިދަން އުޅެއުޅެ އެރޭ ނިދޭ ގޮތެއްނުވިއެވެ. އެންމެ ފަހުން އޭނަ ފޯނު ނަގައި އޭގައި ހުންނަ ޤުރުއާން އެޕްއެއް ހުޅުވާލިއެވެ. އަދި ސޫރަތްތަކުގެ ލިސްޓް ހުޅުވުމުން ސްކްރޯލް ކުރަމުން ގޮސް ޠާހާ ސޫރަތް ޕްލޭކޮށްލިއެވެ. ސޫރަތުގެ ވަކި ހިސާބަކުން މޫސާ ޢަލައިހިއްސަލާމްގެ ވާހަކައިގެ ބައެއް އައުމުން ނަޞްރާއަށް ހިނިތުންވެލެވުނެވެ. ނަޞްރާ ދިރިއުޅުމުގައި ކިޔުނު އެއްވެސް ވާހަކައެއް ޤުރުއާނުގައިވާ ވާހަކަތަކާ އަޅައެއް ނުކިޔެއެވެ. އެހެނީ ޤުރުއާނުގައިވާ ވާހަކަތަކުގެ މަންޒަރުތައް ސިފަކުރައްވާފައިވާ ގޮތާއި މަންޒަރުތައް އެތުރިފައިވާ ގޮތް އެހާވެސް ފުރިހަމައެވެ. މިއަދުގެ ފިލްމުތަކުގައި ހުންނަ “އެފެކްޓްސް” ވެސް އެ ވާހަކަތަކުގައި ހުރެއެވެ. ނަމަވެސް ގިނަ މީހުންނަށް މިކަން ނޭނގެއެވެ. ޚުދު ނަޞްރާއަށް ވެސް މިކަން އެނގުނީ ސަދަފްއާ ދިމާވިފަހުންނެވެ. ޔޫނުސްއަށް ވެސް އަދި ނޭނގޭނެތާއޭ ހިތަށްއެރިއެވެ. ކައިވެންޏަށްފަހު ޔޫނުސްއަށް ކިޔައިދޭނީއޭ ނަޞްރާގެ ހިތަށްއެރި ވަގުތު ނަޞްރާގެ ދެލޯ މެރި ހިނިތުންވުން ފުންވިއެވެ.
އޭގެ އަނެއްދުވަހުގެ ރޭގަނޑަށް އަނދިރިވަމުން ދިޔައީ ކެތްމަދުވެފައިވާ ދެހިތެއްގެ އިންތިޒާރަށް ނިމުމެއް ގެންނަމުންނެވެ. އެރޭގެ 8 ޖެހި ވަގުތު ރީތިވާ މޭޒުގެ ލޯގަނޑުން އޭނަގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރި ޔޫނުސްގެ ދެއަތް ފިނިވެފައިވިއެވެ. އޭނަ ދެއަތް ވަކި ހިސާބަކަށް އުފުލައި ބަލާލިއިރު އެ ދެއަތުންވަނީ ފެން ހެލިފައެވެ. ޔޫނުސް އަވަސްއަވަހަށް އޭނަގެ ދެއަތް ޖިންސްގައި ފޮހެލިއެވެ. އެއަށްފަހު ލޯގަނޑަށް ބަލާލަމުން ފުން ނޭވައެއް ދޫކޮށް އޭނަގެ ކުރުވެފައިވާ ނޭވާ ހަމައަކަށް އެޅޭތޯ ބެލިއެވެ. އޭނަ ބޮލުގަ ފުނާ އެޅީ ދެންމެ ކަމުގައިވީ ނަމަވެސް އޭނަ އަނެއްކާވެސް ދެއަތުން އިސްތަށިގަނޑު މައްޗަށް ކަހާލިއެވެ. އެއަށްފަހު ލުއި ހިނިތުންވުމަކާއެކީ އަމިއްލަ ނަފްސަށް ބަލާލީ ހިނިތުންވުމުގެ ފަރިތަކުރުމެއްގެ ގޮތުންނެވެ. އެއަށްފަހު އޭނަ ކޮޓަރިން ނިކުންނަން ދިޔައެވެ.
ގޭގެ ދޮރުވަނީ ތަޅުލެވިފައި ކަމަށްވިޔަސް ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާއެއްގައި އިން ނަޞްރާ އިނީ މޫނު ނިވާކޮށްގެންނެވެ. އޭނަ އިރުއިރުކޮޅާ ގޭގެ ދޮރާއި ދިމާލަށް ބަލަމުން ދިޔައީ ހަމަ ދެންމެ ދެންމެ ޔޫނުސް އައިސްދާނެއޭ ހިތް ބުނަމުން ދިޔައީތީވެއެވެ. އޭނަގެ އެ ހިތް މޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ.
“ކުދިން ކުދިން ކެތްމަދުވާހެން ހާދަހީވޭ.” ކޮޓަރިން ނިކުމެގެން އައި ސަދަފް ހިނިތުންވުމެއްގައި ހުރެ ރާގަކަށް ބުނެލިއެވެ. ނަޞްރާ ބަދަލުގައި ސަދަފްއަށް ބަލާލަމުން ދެލޯ ހަނިކޮށްލައިފިއެވެ. ސަދަފްއަށް ހެވިއްޖެއެވެ.
“އޭނަ ނުވެސް އަންނަނީސް މޫނު އަޅައިގެންތަ ތި ހުންނަނީ؟ އޯންވް……” ސަދަފް ނަޞްރާއާއި ހަމަކޮށް އެހެން ބުނެލަމުން ފޮތިކޮޅު މަތިން ނަޞްރާގެ ދެކޮލުގައި ހިފައި ދެފަރާތަށް ހަލުވަން ފެށިއެވެ. އޭނަ ހިނިތުންވާކަން ސަދަފްއަށް ނޭނގޭނެކަން އެނގިހުރެވެސް ނަޞްރާއަށް އޭނަގެ ހިނިތުންވުން ކޮންޓްރޯލްކުރަން މަސައްކަތް ކުރެވުނެވެ.
“އާޒް ކޮބައިތަ؟ ނިދައިފި؟” މަޢުޟޫއު ބަދަލުކޮށްލުމުގެ ގޮތުން ނަޞްރާ އަހާލިއެވެ.
“ހޫމް….މިއީ ކުޑަކުދިންގެ ޖަލްސާއެއްނޫން. އަފޫވެސް ހުރީ ޓިއުޝަނަށް ގޮއްސަ. ރަނގަޅެއްނުދޯ؟” ސަދަފް ނަޞްރާގެ ކޮލުން ދޫކޮއްލަމުން ބުނެލިއެވެ. ނަޞްރާއަށް ބޯޖަހާލެވުނެވެ. އޭނަ މިރޭ ޔޫނުސްއާ ދައްކަން ބޭނުންވާ ވާހަކަތައް އޭނަ އަފްރީން ހުއްޓާ ދައްކާކަށް ބޭނުމެއްނޫނެވެ. އެއީ އެ ވާހަކަތަކަކީ އަދި އަދަށްދާން ދެންވެސް އަފްރީންއަށް ފޮރުވިފައިވާ ވާހަކަތަކެވެ. ކަންމިހެން އޮތްވާ އަފްރީންއަށް އެ ވާހަކަތައް އިވޭ ފުރަތަމަ ފަހަރަކީ އޭނަ ހިލޭ މީހަކަށް ކިޔައި ދޭއިރު ކަމުގައި ވާކަށް ނަޞްރާ ބޭނުމެއްނުވެއެވެ. ނަޞްރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ގޭގެ ދޮރުގައި ޓަކިދިން އަޑުއިވުނެވެ.
“އައްސަލާމުޢަލައިކުމް.” ބޭރުން އިވުނީ ޔޫނުސްގެ އަޑެވެ. އެ އަޑު އިވިފައި ނަޞްރާގެ ނަޒަރު ދޮރަށް ހުއްޓުނެވެ. އޭނަގެ ހިތް މިފަހަރު ތެޅެން ފެށީ މޭފަޅާފަ ނިކުމެދާނެހެން ހީވާ ވަރަށެވެ. ނަޞްރާ ހުރިގޮތަށް ހުއްޓާ އަފްރާޒްއާއި ޝަރީފްވެސް ތައްޔާރުވެގެން އެމީހުންގެ ކޮޓަރިތަކުން ނިކުމެފިއެވެ. ސަދަފް އޭނަގެ މޫނު ނިވާކުރަމުން އަފްރާޒްއަށް ގޮވައި ދޮރާއި ދިމާލަށް ބޮލުން ޢިޝާރާތް ކުރިއެވެ. އެވަގުތު ޔޫނުސް އަނެއްކާވެސް ސަލާން ގޮވާލި އަޑު އިވުނެވެ. އަފްރާޒްއާއި ޝަރީފްގެ މޫނުމައްޗަށް ވެސް ހިނިތުންވުންތަކެއް ވެރިވިއެވެ.
“ވަޢަލައިކުމުއްސަލާމް.” ޖަވާބު ދެމުން އަފްރާޒް ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޔޫނުސް އަފްރާޒް ފެނިފައި ހިނިތުންވެލިއެވެ. އަފްރާޒް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ޔޫނުސްގެ ގައިގައި ބައްދާލިއެވެ. ޔޫނުސްވެސް އަފްރާޒްގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ.
“އަވަހަށް ވަދޭ.” އަފްރާޒް ޔޫނުސްއާ ދުރުވެލަމުން ޔޫނުސް އޭނައަށް ދިން ފަދަ މަރުޙަބާއެއްދިނެވެ. ޔޫނުސްއަށް އެކަން ފާހަގަވުމުން އޭނައަށް ލުއި ގޮތަކަށް ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން އޭނައަށް ގޭތެރޭގައި ތިބި މޫނުބުރުގާ އަޅައިގެން ތިބި ދެ އަންހެނުން ފެނުނެވެ. އެކަކު ސޯފާގެ ކައިރީގައި ކޮޅަށް ހުރިއިރު އަނެކަކު ގޭގެތެރެއަށް ދާން ހިނގައިގެންފިއެވެ. ނަޞްރާއަކީ އޭނަ ބަލާލުމުން އިސްޖަހާލި، ސޯފާގެ ކައިރީގައި ހުރި އަންހެން ކުއްޖާކަން ޔަޤީންވުމުން ޚުދު ޔޫނުސްއަށް ވެސް ޙައިރާންކަމެއް ލިބުނެވެ. ޔޫނުސް ގަދަކަމުން ކަހަލަ ގޮތަކަށް ޝަރީފްއާއި ދިމާލަށް އޭނަގެ ނަޒަރު ބަދަލުކޮށްލިއެވެ.
“ޔޫނުސް އާދޭ އަވަހަށް މިތާ އިށީންނަން.” ޝަރީފް އެތާނގައި ހުރި ސޯފާގައި ދެފަހަރަކު ޖަހާލަމުން ބުނެލިއެވެ. އެ ވަކިން ހުރި ސޯފާހުރީ ނަޞްރާއާއި ސީދާ ކުރިމަތީގައެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ ނަޞްރާއަށް ނުބަލަން މަސައްކަތް ކުރަމުން އެ ސޯފާގައި އިށީނެވެ. ޝަރީފްއާއި އަފްރާޒް މެދުގައި ހުރި ދިގު ސޯފާގައި ގޮސް އިށީނެވެ. އެވަގުތު ސަދަފް ތަބަކެއްގައި ކޮފީއާއި ކޭކު ހިފައިގެން އައިސް ދިގު ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
“ޔޫނުސްއަށް އަނެއްކާ އެބަ އިނގޭތަ ނަޞްރާއަކީ ކާކުކަން؟” ޝަރީފް ސަމާސާ ރާގަކަށް ސުވާލުކުރިއެވެ.
“ހްމް..” ޔޫނުސް އެހެން ބުނެލީ ސީދާ ނަޞްރާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. ނަޞްރާގެ ދެލޯ ކުއްލިއަކަށް އޭނައަށް އަމާޒުވިގޮތުން ނަޞްރާ ޙައިރާންވެއްޖެކަން ޔޫނުސްއަށް ނަގައިގަނެވުނެވެ. އޭނަ ލުއި ހިނިތުންވުމަކާއެކީ އިސްޖަހާލިއެވެ.
“ދެން އިންނަންވާ ކުއްޖާ އެނގިގެންތާދޯ އަންނާނީ ވެސް؟” އަފްރާޒް ހެވިފައިހުރެ ބުނެލިއެވެ. ޔޫނުސްއާއި ޝަރީފް ލުއިގޮތަކަށް ހީލިއެވެ. އެވަގުތު ސަދަފް އަފްރާޒްގެ ކައިރީގައި ސޯފާގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އަދި އަތުގެ ޢިޝާރާތުން ނަޞްރާގެ ސަމާލުކަން ހޯދޭތޯ ބެލިއެވެ. އެއްލި ކަޅިއަކުން އެ މަންޒަރު ފެނުނު ނަޞްރާ ސަދަފްއަށް ބަލާލިއެވެ. ސަދަފް ދެން ޢިޝާރާތް ކުރީ މޫނު ފޮތިކޮޅު ނަގާލުމަށެވެ. ނަޞްރާ ދެލޯ ބޮޑުކޮށްލަމުން ކުޑަކޮށް ބޯހޫރުވާލިއެވެ. ސަދަފް ވެސް ބޯހޫރުވާލަމުން އަނެއްކާވެސް އޭނަގެ އެ ޢިޝާރާތް ތަންކޮޅެއް ހަރުކަށިކޮށް ދެއްކިއެވެ. ނަޞްރާއަށް ވެސް މިފަހަރު ބޯހޫރުވާލެވުނީ ތަންކޮޅެއް ބޮޑަށެވެ. ހުނުން ކޮންޓްރޯލް ކޮއްލި ޔޫނުސްއަށް އެ މަންޒަރު ފެނުނެވެ. އޭނަ ފަނޑުވަމުން ދިޔަ ހިނިތުންވުމަކާއެކީ އެއްފަހަރު ނަޞްރާ އަނެއްފަހަރު އޭނަ ބަލަހައްޓައިގެން ހުރި ސަދަފްއަށް ބަލާލިއެވެ. އެއާއެކު ޔޫނުސްއަށް މިވާ އެއްޗެއް ނަގައިގަނެވުނެވެ.
“މައްސަލައެއްނެތް މޫނު ނުދެއްކިއަސް.” ޔޫނުސް ކުއްލިއަކަށް ބުނެލި ވާހަކައިން އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ޔޫނުސް ބުނި އެއްޗެއް ނަގައިގަނެވުނު ނަޞްރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް ދަމައި މަޑުމަޑުން ދޫކޮއްލައިފިއެވެ. އަދި ސަދަފްއަށް ބަލާލީ ކާމިޔާބުގެ ހިނިތުންވުމަކާއެކީގައެވެ. އެ ހިނިތުންވުން ނުފެނުނަސް ނަޞްރާ ހުންނާނީ އެ ފަދަ ހިނިތުންވުމެއްގައިކަން ސަދަފްއަށް އެނގުނެވެ. ސަދަފްއަށް ހިތާހިތުން ނަޞްރާއަށްޓަކައި އުފާކުރެވުނެވެ.
“އެއީ ކީއްވެތަ ޔޫނުސް؟” އަފްރާޒް ދެބުމަ ކައިރިކޮށްފައި ސުވާލުކުރިއެވެ. ޝަރީފްވެސް ފަހަތުން ތެދެއްހޭ އަހާލިއެވެ. ޔޫނުސް ނަޞްރާއަށް ބަލާލިއެވެ. ނަޞްރާއަށް އިސްޖަހާލެވުނެވެ.
“އެއީ ދެން….އަހަންނަށް ހަމަ މައްސަލައެއްނެތީ. މިރޭ މިއައީ ހަމައެކަނި ވާހަކަ ދައްކާކަށެއްނު؟” ޔޫނުސް އަފްރާޒްއަށް ބަލަންހުރެ ބުނެލިއެވެ. ނަޞްރާއަށް އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. އޭނަ ހީކުރީ ޔޫނުސް ނުސީދާކޮށް ވިޔަސް އެއީ އޭނައަށް ނުކެރޭތީވެކަން ބައްޕަމެންނަށް އަންގާނެ ކަމަށެވެ. ޔޫނުސް އެ ވާހަކަ ނުބުނުމުން ނަޞްރާގެ ހިތުގައި ޔޫނުސްއަށްޓަކައި އިޙްތިރާމެއް އުފެދުނެވެ. އޭނައަށް ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ މޫނު ފޮރުވިފައިވިކަން ނަސީބެކޭ ނަޞްރާގެ ހިތް ބުންޏެވެ. އެ ނޫންނަމަ މިރޭ އެންމެންނަށް އޭނަގެ އިޙްޞާޞްތައް ދެނެގަންނަން އެނގުނީހެވެ.
“އާނ އެކަމަކު….” އަފްރާޒް ދެންވެސް ދައްކަން އުޅުނު ވާހަކަ ޝަރީފް މެދުކަނޑާލިއެވެ.
“ދެން ޔޫނުސް އެ ބުނީއެއްނު އޯކޭވާނެއޭ. ދެންވެސް ދެކުދިން ވާހަކަ ދައްކަން ފަށާބަލަ ލަސްނުކޮށް.” ޝަރީފް ބުނެލިއެވެ. ޝަރީފްގެ ވާހަކަ އިވިފައި ނަޞްރާ އޭނަގެ އުނގުމަތީގައި އޮތް ދެއަތް ޖޯޑުކޮށްލަމުން ދެލޯ މަރާލިއެވެ. އޭނަ ދައްކަންޖެހޭ ވާހަކަތައް ހަނދާންވެފައި މުޅި މީހާ ފިނިވެގެން ދިޔައީ ތުރުތުރު އަޅަން ކައިރިވާ މިންވަރަށެވެ.
ޔޫނުސްއަށް އޭނަގެ ކުރިމަތީގައި ހުރި ނަޞްރާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ނަޞްރާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އޭނަ ހަމަ ވާހަކަ ފަށަންވީހޭ ހިތަށްއެރިއެވެ. ނަމަވެސް އޭނައަކަށް ދައްކަންވީ ވާހަކައެއް ނޭނގުނެވެ. އޭނައަށް ނަޞްރާ ކުރީގައި ފެނިފައި ވާ ވާހަކަ ދައްކަން ވީ ހެއްޔެވެ؟ ނަމަވެސް އެއީ މިކަހަލަ ވަގުތެއްގައި ދައްކަންޖެހޭ ވާހަކައެއްނޫނެއް ނޫންހެއްޔެވެ؟ އެ ވާހަކަ ދައްކާނީ ކައިވެންޏަށްފަހު ދެމީހުންނަށް ވެސް ލޯބިވެގެން އެއަށްފަހުގައި ނޫންހެއްޔެވެ؟ ޔޫނުސްގެ ސިކުނޑި ސުމަކަށް ދިޔައެވެ.
އެކަކުވެސް ވާހަކަ ނުދައްކާ ހުންނަން ފެށުމުން ޝަރީފް އެއްޗެކޭ ބުނަން އުޅުނުތަނާ ނަޞްރާ ވާހަކަ ދެއްކިއެވެ.
“އަހަރެން ދައްކަންޖެހޭ ވާހަކައެއް އެބައޮތް.” ނަޞްރާ ހިތްވަރުކޮށްފައި ކަހަލަ ގޮތަކަށް ޔޫނުސްއަށް އޭނަގެ ނަޒަރު އަމާޒުކޮށްލަމުން ބުނެލިއެވެ. ޔޫނުސްއަށް މަޑުމަޑުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެއަށްފަހު ނަޞްރާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބޯޖަހާލިއެވެ. ނަޞްރާ އަނެއްކާވެސް އޭނަގެ ބެލުން ތިރިކޮށްލައިފިއެވެ.
“އަ….ހަރެން…..އަހަރެން ކް….ކުރީގަ….” ނަޞްރާ ޖެހިލުންވުމާއެކީ ފެށި ވާހަކަ ދިޔައީ ހަމައެކަނި އެހާ ހިސާބަށެވެ. އޭނައަށް ވާހަކަ ހުއްޓާލަމުން ދުރުބެލެން ފެށުނީ ލޯކުރިމަތިން މަންޒަރުތަކެއް ފެންނަން ފެށިހެން ހީވުމުންނެވެ. މީގެ އަހަރުތަކެއް ކުރިން ވި ކަންތައް އިއްޔެ ވީކަންތަކެއް ފަދައިން ހަނދާނަށް އައުމުން ނަޞްރާގެ މެއަށް ނުބައިގޮތެއްވިއެވެ.
ނަޞްރާއަށް ވީގޮތް ފެނިފައި އެންމެން ތިބީ ކަންބޮޑުވުމާއެކީ އޭނައަށް ބަލަހައްޓައިގެންނެވެ. އަފްރާޒްއާއި ސަދަފްއާއި ޝަރީފަށް ވެސް ނަޞްރާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނަގައިގަނެވުނެއްކަމަކު ޔޫނުސް ހުރީ ވާނުވާއެއް ނޭނގިފައެވެ. އަފްރާޒް ނަޞްރާއަށް ބަލަން ހުރެފައި ޔޫނުސްގާތު އެއްޗެކޭ ބުނަން އަނގަހުޅުވާލިއެއްކަމަކު އެ ވާހަކަ ފަށާނެ ހިސާބެއް ޚުދު އަފްރާޒްއަކަށް ވެސް ނޭނގުނެވެ. އިރުކޮޅެއް ވަންދެން މުޅި ތަނަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. އެ ހިމޭންކަން އަނެއްކާވެސް ނަގާލީ ފުން ނޭވައެއް އެތެރެއަށް ދަމާލަމުން ޔޫނުސްއަށް ބަލާލި ނަޞްރާއެވެ.
“އަ…ހަރެން އެންމެ ފުރަތަމަ ކިޔަވަން ދިޔައީ ޔޫކޭއަށް. އެތަނަށް….ގް…ގޮއްސަ އަހަ…ރެން…..” ނަޞްރާގެ ވާހަކަ އަނެއްކާވެސް މެދުކެނޑުނެވެ. އޭނަ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނަގެ އަމިއްލަ އަބުރު އަމިއްލަ އަތުން ވެއްޔާއި މޮޑެލި ވާހަކަ ހެއްޔެވެ؟ ކިތަންމެ ރީތި ބަހުރުވައަކުން ދެއްކިއަސް ހުތުރު ވާހަކައެއް ރީއްޗެއް ނުކުރެވޭނެއޭ ބުނެ ނަޞްރާގެ އަމިއްލަ ނަފްސު އޭނައަށް މަލާމާތް ކުރިއެވެ.
ނަޞްރާއަށް ބަލަހައްޓައިގެން ހުރި ޔޫނުސް ހުރީ ނަޞްރާ ވާހަކަ ކުރިއަށް ގެންދާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނަ ހީކުރީ ނަޞްރާ ދައްކަން އުޅެނީ ޔޫކޭއަށް ގޮއްސަ އޭނަގެ ކިޔެވުމުގެ ކަންތައް ދިޔަ ގޮތުގެ ވާހަކަ ކަމަށެވެ. ނަމަވެސް މިއީ އެއަށްވުރެ މާ ބޮޑު ވާހަކައެއްކަން ޔޫނުސްއަށް އެނގުނީ ނަޞްރާގެ ލޮލަށް ޖަމާވި ކަރުނަ ތިކިތަކުގެ ސަބަބުން އެ ދެލޯ ވިދަން ފެށުމުންނެވެ. ޔޫނުސްގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަމާއި ހިތާމަވެރިކަން އެކުލެވޭފަދަ އަސަރެކެވެ. އިސްޖަހާލި ނަޞްރާއަށް ބަލަން ހުރެފައި ޔޫނުސް އެއްފަހަރު ޝަރީފަށް އަދި އަނެއްފަހަރު އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒް ދުރުބަލަން ފެށުމުން ޔޫނުސް އަނެއްކާވެސް ޝަރީފަށް ބަލާލިއެވެ. ޝަރީފް ފުން ނޭވައެއް ދޫކޮއްލިއެވެ.
“ޔޫނުސް…..ނަޞްރާއަށް ކުރީގަ އުޅެވުނީ އެހާ ރަނގަޅަކަށްނޫން.” ޝަރީފް ބުނެލިއެވެ. ޝަރީފް އެހެން ބުނެލިތަނާ ނަޞްރާ ކޮޅަށް ތެދުވެ އެތަނުން ދާން ހިނގައިގެންފިއެވެ.
“ނަޞްރާ!” ސަދަފްއަށް ގޮވާލެވުނު ވަގުތު ނަޞްރާ އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައިފިއެވެ. ސަދަފް ނަޞްރާ ބަލައި ދާން ހިނގައިގެންފިއެވެ. އަދި ނަޞްރާ ވަތް ކޮޓަރީގެ ދޮރު ހުޅުވައި ކުޑަކޮށް ބަލާލުމަށްފަހު އެތަނަށްވަދެ ދޮރު ލައްޕާލިއެވެ. މަންޒަރު ބަލަން ހުރި ޔޫނުސްގެ ލޮލުގައިވީ ކަންބޮޑުވުމެކެވެ. ނަޞްރާވަނީ ވަރަށް ބޮޑު ހިތާމައެއްގައިކަން އިޙްޞާޞް ކުރެވުނު ވަގުތު އޭނަގެ ހިތަށް އުނދަގޫވިއެވެ.
“ޔޫނުސް…..އެހެން ދުވަހަކު އައިސްދެވިދާނެތަ؟ މިރޭ ނަޞްރާ ދެން ނުނިކުންނާނެ ކަންނޭނގެ.” އަފްރާޒް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ޔޫނުސް އަފްރާޒްއަށް ސީރިއަސްކަމާއެކީ ބަލަންހުރެ މަޑުމަޑުން ބޯޖަހާލިއެވެ. ޝަރީފް ވެސް އިތުރު އެއްޗެކޭ ނުބުނުމުން ޔޫނުސް ކޮޅަށް ތެދުވީ ގެއަށްދާން ކަމަށެވެ.
ކޮޓަރީގެ އެނދުމަތީގައި އިށީނދެގެން އިން ޔޫނުސް އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މިރޭ ކަންތައް ހިނގިގޮތް އަދިވެސް އެއްފަހަރު ޔޫނުސް އޭނަގެ ހަނދާނަށް ގެންނަމުން ދިޔައެވެ. ނަޞްރާ ޖެހިލުންވުމާއެކީ އޭނައާ ވާހަކަ ދައްކަން ފެށި ގޮތެވެ. އޭނަގެ ލޮލަށް ކަރުނަ ގިނަވެގަތް އިރެވެ. ޝަރީފް އެންމެ ފަހަކަށް ބުނެލި ޖުމްލައާއެކު ނަޞްރާއަށް ވީގޮތެވެ. ނަޞްރާ ދައްކަން އުޅުނީ ކޮން ވާހަކައެއްބާއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ޝަރީފް ބުނި ޖުމްލައިން ނަޞްރާގެ ވެސް ކަޅު މާޒީއެއް އޮތްހެން ހީވެއެވެ. ނަމަވެސް ނަޞްރާ ކޮށްފަ ހުންނާނީ އެފަދަ ކޮން ކުށެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނަގެ ކުށަށްވުރެ ބޮޑު ކުށަކަށް ނުވާނެއޭ ޔޫނުސްގެ ހިތް ބުންޏެވެ. ނަޞްރާ ކުރީގަ އުޅެފައިވަނީ ރަނގަޅަކަށް ނޫނޭ ބުނެފައިވަނީ އެއީ ހަމައެކަނި ޔޫކޭއަށް ގޮއްސަ ވާހަކަ ހެއްޔެވެ؟ އެތަނަށް ދިޔުމުގެ ކުރިން ނަޞްރާ އުޅުނީ ރަނގަޅަށް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ނަޞްރާ ކިޔަވަން ދިޔުމަށްޓަކައި ފުރުމުގެ ކުރިންވެސް އޭނަ ނަޞްރާއާއި ދިމާވެފައިވިކަން ޔޫނުސްގެ ހަނދާނަށް އައެވެ. އޭނަ ނަޞްރާގެ އުޅުން އޭރު ހުރިގޮތް ހަނދާން ކުރެވޭތޯ ބެލިއެވެ. އޭރު ނަޞްރާ ކިތަންމެ ކިޔެވުމަށް މޮޅު ވިޔަސް ނަޞްރާގެ އަޚްލާޤް ހުރީ ރަނގަޅަކަށް ނޫނެވެ. އޭނަގެ އެކުވެރިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. ޔޫނުސްއަށް ނަޞްރާ ފެންނަ ކޮންމެ ފަހަރަކުވެސް އޭނަ ހުންނަނީ ކޮންމެވެސް އެއް ފިރިހެން ކުއްޖަކާ އެކީގައެވެ. ނަޞްރާ އޭނަގެ އަންހެން އެކުވެރިންނާއި ވާހަކަ ދައްކާއިރު ތިމަންނަ އެހެން މީހަކާ ރައްޓެހިވެގެން ހުއްޓާވެސް މިވެނި މީހަކު ތިމަންނަ ގާތު ރައްޓެހިވާން އެދުނޭ ކިޔާފައި ވާހަކަ ދައްކައި އުޅުނީ ފަޚުރުވެރިކަމާއެކީގައެވެ. ނަޞްރާއަކީ އޭރު ބުރުގާވެސް އަޅައިގެން ހުރި ކުއްޖެއްނޫނެވެ. އޭނަ ލައި އުޅުނީ އަތްކުރު ޓީޝާޓާއި ބާރު ޖިންސެވެ. މި ހުރިހާ ސިފަތަކަކީ ޔޫނުސްގެ ހިތުގައި އޭރު ޒީނަތްތެރިވެގެން ދިޔަ ސިފަތަކެވެ. ނަމަވެސް މިހާރު އެ ހުރިހާ ކަމެއް ހަނދާންވެފައި ފޫހިވެއެވެ. އޭނައަށް ކަމުދަނީ އެ ނަޞްރާއެއް ނޫނެވެ. އޭނައަށް ކަމުދަނީ މިއަދު ޤަދަރުވެރި ދިރިއުޅުމެއް އުޅެމުންދާ ނަޞްރާއެވެ. ޔޫނުސްއަށް އޭނަގެ ދެއަތް ޖޯޑުކޮށް ދަތްދޮޅީގައި ވިއްދާލަމުން ދެލޯ މަރާލެވުނެވެ. ނަޞްރާއަށް އަނެއްކާ އެހެން އުޅުމުގެ ތެރޭގައި ބޮޑު ކުށެއް ކުރެވުނީބާއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަގެ ދެލޯ ހުޅުވުނެވެ. އޭނަގެ ހުރިހާ ސުވާލެއްގެ ޖަވާބު އެއްފަހަރާ ލިބުނު ފަދައެވެ. ޔޫނުސްގެ ހަނދާނަށް އަނެއްކާވެސް އައީ ނަޞްރާ މިރޭ ވާހަކަ ދައްކަން ޖެހިލުންވި ގޮތެވެ. ނަޞްރާ ޔޫކޭއަށް ދިޔަ ވާހަކައެވެ. ޢާއިލާއާ ދުރަށް ދިޔުމުން އެ ލިބުނީ ކުރަން ބޭނުން ކަމެއް ކުރުމުގެ މިނިވަންކަމެވެ. އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަޞްރާ ނެގީ ހެއްޔެވެ؟ ޔޫނުސްގެ ސިކުނޑި އެ ސުވާލު ކުރުމާއެކު ނުބައި ޚިޔާލުތައް އެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. ޔޫނުސްއަށް ބޯހޫރުވެން ފެށީ އޭނަ އޭނަގެ ނަޞްރާއާމެދު އެފަދަ ޚިޔާލުތައް ކުރަން ބޭނުމެއް ނުވީތީވެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއަށްވުން ވަރަށް ގާތްކަން އޭނަގެ ހިތްބުންޏެވެ. ޔޫނުސް ކޮޅަށް ތެދުވެ އޭނަގެ ކޮޓަރީގެ ކުޑަދޮރު ބަރިއާއި ދިމާލަށް ލަސް ހިނގުމެއްގައި ދިޔައެވެ. އަދި ދަމާލެވިފައިވާ ފަރުދާގެ އެއްބައި ކުޑަކޮށް ކަހާލަމުން ބޭރުބަލާލިއެވެ. އޭނަގެ ގެއާއި ސީދާ ކުރިމަތީގައި ހުރި ޒަޔާންގެ ގޭގެ ކައިރީގައި ހުރި ނަޞްރާމެންގެ ގެއަށް ބަލާލިއެވެ. އެގޭގެ ގޭޓު ބަންދުކޮށްފައި ވީއިރު ފެންޑާގައި އަލި ބޮތްކެއް ދިއްލާލެވިފައިވިއެވެ. ނަޞްރާގެ ލޮލަށް ޖަމާވި ކަރުނަތައް ހަނދާންވެފައި ނަޞްރާގެ ހިތަށް މިހާރު ހަމަޖެހުމެއް ލިބިދާނެހޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަޞްރާއަށް ކުރެވިފައިވަނީ އޭނަ މި ހީކުރާފަދަ ކުށަކަށްވާނަމަ ނަޞްރާއަށް މުޅި މިރޭ ހަމަޖެހުމެއް ލިބޭނެހެނެއް ޔޫނުސްއަކަށް ހިއެއްނުވެއެވެ. ޔޫނުސް ހިސާބަކަށް މާޔޫސްވިއެވެ. ނަޞްރާއަކީ އޭނަ ހީކުރިވަރަށްވުރެ ގޯސްކޮށް އުޅުނު ކުއްޖެއްހެން ހީވަމުން ދިޔައީތީވެއެވެ. ނަމަވެސް އޭނަ އަމިއްލައަށް ވެސް އުޅުނީ ކިހިނެއް ހެއްޔެވެ؟ ޔޫނުސްއަށް ވިސްނާލެވުނެވެ. އޭނައަށް ކުރެވުނީ ވަކި ކުޑަ ކުށެއް ހެއްޔެވެ؟ ޔޫނުސްއަށް އޭނަ ލުއި ގޮތަކަށް ހިފަހައްޓައިގެން ހުރި ފަރުދާގައި ބާރަށް ހިފަހައްޓާލަމުން ދެބުމަ ކައިރިކޮށްލެވުނެވެ. ނަޞްރާ އުޅުނީ އޭނަ މި ހީކުރާ ގޮތަށް ކަމަށްވިޔަސް ނަޞްރާއަށް މަޢާފު ޙައްޤެވެ. ނަޞްރާ މިހާރު އުޅެނީ އެހެންނެއްނޫނެވެ. ނަޞްރާވަނީ ރަނގަޅަށް ތައުބާވެފައެވެ. ކަން މިހެން އޮތްވާ އޭނަ ނަޞްރާ ދުރުކޮށްނުލާނެއެވެ. ތައުބާވުމަށްފަހު ވެސް މީހުންގެ އިތުބާރު ނުލިބުމުން އިޙްޞާޞް ކުރެވޭ ގޮތް ޔޫނުސްއަށް އެނގެއެވެ. އެ އިޙްޞާޞްއާއެކު ނަޞްރާ މުޅި އުމުރަށް އުޅޭތަން ދެކޭކަށް ޔޫނުސް ބޭނުމެއް ނުވެއެވެ. ޔޫނުސް ބާރަށް ފަރުދާ ކަހާލިއެވެ. އަދި އެތާ ކައިރީގައި ހުރި ކިޔަވާ މޭޒުދޮށުގައި އިށީނދެ މޭޒުގެ ވަތްގަނޑުން ސިޓީ ލިޔާ ކަހަލަ ފޮތެއް ނެގިއެވެ. އަދި މޭޒުމަތީގައި ހުރި ޖޯޑުން ގަލަމެއް ނަގައި ދިވެހި ބަހުން ފޮތުގައި އެއްޗެއް ލިޔަން ފެށިއެވެ.
ސިޓިންގް ރޫމުގެ ސޯފާގައި އިނީ ފިކުރު ބޮޑުވެފައި ހުރި އަފްރާޒް އެކަންޏެވެ. ޝަރީފް ވެސް އެތާ ހުރެހުރެފައި ކޮޓަރިއަށް ވަނީ ދެންމެއެވެ. ނަޞްރާ އޭރު ކޮޓަރިއަށް ވަތްގޮތަށް ނުނިކުމެވެ. ސަދަފްގެ ޚަބަރެއްވެސް ނުވެއެވެ. އަފްރާޒް ހުރިގޮތަށް ހުއްޓާ ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
“އައްސަލާމުޢަލައިކުމް.” ބޭރުން ޔޫނުސްގެ އަޑު އައުމުން ހިސާބަކަށް ޙައިރާންވެހުރެ އަފްރާޒް ކޮޅަށް ތެދުވިއެވެ. އަދި ސަލާމުގެ ޖަވާބުދެމުން ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ.
“މީތި…….ނަޞްރާއަށް.” ޔޫނުސް އޭނަގެ އަތުގައި ލަންބާފަ އޮތް ކަރުދާސްކޮޅެއް ދިއްކޮއްލަމުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އަފްރާޒް އޭގައި ހިފައި އެއްފަހަރު އެއަށް އަނެއްފަހަރު ޔޫނުސްއަށް ބަލާލަމުން އެ ގަނޑު ނިއުޅާލިއެވެ. އެއަށްފަހު ސީރިއަސްކަމާއެކީ އޭގައިވި އެއްޗެއް އަވަސްއަވަހަށް ކިޔައި ނިންމައިފިއެވެ. އޭތި މަޑުމަޑުން ތިރިކޮށްލަމުން އަފްރާޒް ޔޫނުސްއަށް ބަލާލިއިރު އޭނަގެ މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. އޭނަ އެ ގަނޑު އަނެއްކާވެސް ލަންބާލަމުން ބޯޖަހާލީ ޔޫނުސްއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
އެނދުމަތީގައި އިށީނދެގެން އިން ނަޞްރާގެ މޫނުމަތިވަނީ މިލާފައެވެ. އޭނަގެ ދެލޯ ދުޅަވެފައި ވިޔަސް ކޯތާފަތް ހިކިފައިވިގޮތުން ހީވަނީ ރޮއިރޮއި އޭނަގެ ކަރުނަތައް ހުސްވީހެންނެވެ. އެއްވެސް އެހެން ދިމާލަކަށް ބެލުމެއްނެތި ނަޞްރާ ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިންއިރު ސަދަފް އެނދުމަތީގައި އޮތް އޭނަގެ އަތުގައި ހިފައިގެން އޭނަގެ ކައިރީގައި އިނެވެ. ސަދަފްވެސް ނަޞްރާ ހަމަޖައްސައިދޭން އުޅެއުޅެ ވަރުބަލިވެފައި ވިފަދައެވެ. އޭނަވެސް އެންމެ ބަހެއްވެސް ބުނެލުމެއްނެތި އިނީއެވެ. ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭން ފެށިއަޑެވެ.
“ސަދަފް!” ބޭރުން އަފްރާޒް ގޮވާލި އަޑަށް ސަދަފް ބަލާލިއެއްކަމަކު ނަޞްރާ ދެންވެސް ހުރީ ހުރި ގޮތަށެވެ. ސަދަފް އެއްފަހަރު ނަޞްރާއަށް ބަލާފައި ކޮޅަށް ތެދުވެ ދޮރާއި ހަމައަށް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުމާއެކު އަފްރާޒް ވަގުތުން ބަލާލީ އެނދުގައި އިން ނަޞްރާއާއި ދިމާލަށެވެ. އޭނަ ކޮޓަރިއަށް ވަދެގެން ގޮސް ނަޞްރާގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ނަޞްރާ….މިއޮތީ ނަޞްރާއަށް ޔޫނުސް ދިން އެއްޗެއް.” އަފްރާޒް އޭނަގެ އަތުގައި އޮތް ސިޓީ ދިއްކޮއްލަމުން ބުނެލިއެވެ. ނަޞްރާ މަޑުމަޑުން އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒް އެއްފަހަރު ބޯޖަހާލަމުން އެ ސިޓީ ނަޞްރާއާއި އިތުރަށް ކައިރިކޮއްލިއެވެ. ނަޞްރާ އޭގައި ހިފައި އޭތި ނިއުޅާލިއެވެ. އަދި އެއަށްފަހު ހިތުން ކިޔަންފެށިއެވެ.
“ނަޞްރާއަށް
އަހަންނަށް ނަޞްރާގެ މާޒީގައި ވެފައިވަނީ ކޮންކަހަލަ ކަންތައްތަކެއްކަމެއް ނޭނގެއެވެ. ހަމަ އެގޮތަށް ނަޞްރާއަށް ވެސް އަހަރެންގެ މާޒީގައި ވެފައިވާ ބައެއް ކަންތައް ނޭނގި ހުރެދާނެއެވެ. އެކަމަކު މިއަދު މާޒީގެ ވާހަކަ ދެއްކުން ހަމަ މުހިއްމު ހެއްޔެވެ؟ ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ ކައިވެންޏަށްފަހު އަހަންނަށް ނޭނގި އޮތް ނަޞްރާގެ ޙަޤީޤަތެއް އެނގިދާނެތީވެ ހެއްޔެވެ؟ މާދަމާ މީހަކު އައިސް އަހަރެން ގާތު ނަޞްރާ މިވެނި ގޮތަކަށް އުޅުނޭ ބުނުން ހެއްޔެވެ؟ ނޫނީ އެހެން މީހަކު ނަޞްރާ ކައިރިއަށް އައިސް އަހަރެން މީގެ އަހަރުތަކެއް ކުރިން ކުރި ކަމެއްގެ ވާހަކަ ބުނުން ހެއްޔެވެ؟ އެދުވަހަކުން ނަޞްރާ ހަދާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ކައިވެންޏަށްފަހު ނަޞްރާގެ މާޒީއާއި ބެހޭގޮތުން ވާހަކައެއް އަހަންނަށް އަޑުއިވުނު ދުވަހަކުން އަހަރެން ފަހަރެއްގަ ކުޑައިރުކޮޅަކަށް ހިތާމަ ކޮށްފާނަމެވެ. ނަމަވެސް ހަމައެކަނި ނަޞްރާގެ މާޒީގައި ވެފައިވާ ކަމަކީ އަހަރެން ނަޞްރާ ވަރިކޮށްލުމުގެ ސަބަބަކަށް ވާނެހެން އަހަންނަށް ހިއެއްނުވެއެވެ. އެހެނީ ނަޞްރާއަކީ މިއަދު ގޯސް ކުއްޖެއްނޫނެވެ. ވަރަށް ރަނގަޅު ކުއްޖެކެވެ. އިންސާނުންނަށް ކުށްތައް ކުރެވޭނެއެވެ. ނަމަވެސް އެންމެ ރަނގަޅު މީހުންނަކީ އެ މީހުންގެ ކުށްތައް އިޞްލާޙުކުރަން އުޅޭ މީހުން ކަމުގައި އަހަރެން އަޑުއެހީމެވެ. ނަޞްރާއަކީ އެމީހުންގެ ތެރެއިން އެކެކެވެ. ވީއިރު އަހަރެން ނަޞްރާ ދޫކޮއްލުމަކީ ހަމަހޭގައިހުރެ ކުރުން ރަނގަޅު ކަމެއްކަމުގައި ނުދެކެމެވެ.
ޔޫނުސް”
ސިޓީ ކިޔައި ނިމުނުތަނާ ނަޞްރާގެ ލޮލުން ވެއްޓިގެން އައި ކަރުނަ ތިތްކެއް ގޮސް ސިޓީގައި ޖެހި އެ ހިސާބުން ދެލި ފޭދިގެން ދިޔައެވެ. ނަޞްރާއަށް ރޮއިގަންނަމުން އެ ސިޓީ މެއާއިލައި ބޮނޑިކޮއްލެވުނެވެ. އޭނަގެ ކައިރީގައި އެނދުގައި ސިޓީ ކިޔަން އިން ސަދަފްގެ ވެސް ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ސަދަފް ހިނިތުންވުމަކާއެކީ އެއްފަރާތަކުން ނަޞްރާގެ ގައިގައި ބާރަށް ބައްދާލިއެވެ.
“ދެން ރޯކަށެއް ނޫނޭ ވީކީ. ކައިވެންޏަށް ތައްޔާރުވާންވީ.” އަފްރާޒް ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު ސަދަފްއާއި ނަޞްރާވެސް ކަރުނައިގައި ތިބެ ހީލިއެވެ.
އޭގެ އަނެއްދުވަހުން ފެށިގެން އަފްރާޒް ބުނިހެން އެންމެން ކައިވެނީގެ ކަންތައްތަކަށް ތައްޔާރުވާން ފެށިއެވެ. ނަޞްރާ ބޭނުންވީ ވީހާވެސް އާދައިގެ ގޮތަކަށް މިސްކިތުގައި ކައިވެނިކޮށް ގޭގައި މެހުމާނުންނަށް ކާންދޭށެވެ. ޔޫނުސް އެކަމަކާ ދެކޮޅެއް ނެހެދިއެވެ. ނަޞްރާ ރަނެއްގެ ގޮތުގައި ހުށަހެޅީ ރަޙުމާން ސޫރަތް ހިތުން ދަސްކުރުމަށެވެ. ޔޫނުސް އެއަށްވެސް އެއްބަސްވީ ހިނިތުންވުމަކާއެކީގައެވެ. އެހެނީ އޭނަ މިހާރު ދަނީ ޚަތިމްގެ ފަހަތުން ކުރިއަށް ހިތުދަސްކުރަމުންނެވެ. ރަޙުމާން ސޫރަތަކީ އޭނަ އެހެންނޫނަސް ދެން ދަސްކުރަންޖެހޭ ސޫރަތެވެ.
ކައިވެންޏަށްޓަކައި ނަޞްރާ ޗުއްޓީ ނެގޭ ގޮތެއްނުވިއެވެ. މިކަމާ ސަދަފް ހުރީ ނަޞްރާއަށް ރުޅިވާކަމަށް ހެދިގެންނެވެ. ދެން ދެމީހުން ދެނެގަންނާނީ ކިހިނެއްތޯ އަހައި ސުވާލުކުރިއެވެ. ނަމަވެސް ޙަޤީޤަތުގައި ނަޞްރާ އެންމެ ބޭނުންވާ ގޮތަކީ މިއީއެވެ. ކުރީކޮޅު ދެމީހުން ދައްކާނެ ވާހަކައެއް ނޯންނާނެއޭ ހިތަށްއެރިއެވެ. ފަހުން ދެމީހުން އެކުވެރިވުމުން ޗުއްޓީ ނަގަން ނަޞްރާ ނިންމިއެވެ. ނަމަވެސް އޭނަ ކަންބޮޑުވީ އޭނަ ޗުއްޓީ ނުނަގާ ހުއްޓާ ޔޫނުސް ޗުއްޓީ ނަގާފައި ހުރެދާނެތީވެއެވެ. އޭނައަށް އެ ސުވާލު ޔޫނުސްއާ ކުރާކަށް ވެސް ނުކެރުނެވެ. ކީއްކުރާ ޗުއްޓީއެއްތޯ އަހައިފިއްޔާ ބުނާނީ ކީކޭ ހެއްޔެވެ؟
ހަފްތާއެއްހާ ދުވަސް ފަހުން އެންމެން ތައްޔާރުވަމުން އައި ދުވަސްޖެހުނެވެ. ޔޫނުސް ނަޞްރާއަށް އޭނަގެ ރަން އަދާކޮށްދިނީ ހުކުރު ދުވަހެއްގެ ރެއަކު މިސްކިތުގައި އޮތް ކައިވެނި މަޖިލިސް ތެރެއިންނެވެ. ޔޫނުސް އެ ސޫރަތް ކިޔަވަމުން ދިޔައިރު ނަޞްރާގެ ލޮލަށް ކަރުނައައެވެ. ޔޫނުސް ކިޔެވީ އެހާވެސް އަސަރުގަދަ ރާގަކަށެވެ. ޔޫނުސްއަށް އެ ކިޔެވޭ އެއްޗެއްގެ މާނައިގެ ފުންކަން އެނގޭނެބާވައޭ ނަޞްރާގެ ހިތަށްއެރިއެވެ. ނޭނގެންޏާ އޭނަ ކިޔައިދޭނެއެވެ. އޭރުން ޔޫނުސްގެ ކިޔެވުމުން ޚުދު ޔޫނުސްއަށް ވެސް މާ ބޮޑު އަސަރެއްކުރާނެއޭ ނަޞްރާގެ ހިތްބުންޏެވެ.
ޔޫނުސް ނަޞްރާ އަނތްބެއްގެ ގޮތުގައި ޤަބޫލުކުރުމަށްފަހު ދެމަފިރިން މިސްކިތުން ފައިބައިގެން ދިޔައީ އެކުއެކީގައެވެ. ދެ މީހުން އެއްހަމައެއްގައި ތިބެ މަގުން ހިނގާފައި ދިޔައީ އެހެން އެންމެންގެ ފަހަތުންނެވެ. ދެމީހުން ވެސް ތިބީ ދެންމެވެގެން ދިޔައީ ކޮންކަމެއްކަން ޤަބޫލުކުރަން ދަތިވެފައެވެ. ޔޫނުސް ކުރިމައްޗަށް ބަލަމުން އިސްޖަހަމުން ހިނގަމުން ދިޔައިރު އޭނައަށް ވިސްނަމުން ދިޔައީ އޭނަ މިރޭ ނަޞްރާއާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާމެދުގައެވެ. ނަޞްރާ ހުރީ ޔޫނުސް މިހާރުވެސް ވާހަކަ ދައްކަން ފަށާފާނެތީ ޖެހިލުންވެފައެވެ. ޔޫނުސް ދައްކާ ވާހަކައަކަށް އޭނައަށް ބޯހަމަނުޖެހޭ އެއްޗެކޭ ބުނެވިދާނެތީވެއެވެ. އޭނަގެ ސިކުނޑި މިރޭ ރަނގަޅަށް މަސައްކަތް ކުރާހެނެއް ހިއެއްނުވެއެވެ. ދެމީހުންވެސް ފިކުރު ބޮޑުވެފައި ތިބެ ހިނގަމުން ދަނިކޮށް ބާރު ސްޕީޑެއްގައި އެ މަގުން ކާރެއް ދިޔަ ވަގުތު ޔޫނުސްއަށް މަގާއިވީ ފަރާތަށް ހުރި ނަޞްރާގެ އަތުގައި ހިފައި އޭނައާއި ދިމާލަށް ދަމާލެވުނެވެ. ނަޞްރާ ސިހިގެން ދިޔަ ގޮތަށްގޮސް ޔޫނުސްގެ ގައިގައި ޖެހުނެވެ. ދެ މީހުންގެ ވެސް ހިނގުން ހުއްޓުނެވެ. ނަޞްރާ ޔޫނުސްއާއި ދިމާލަށް ބަލާލިއިރު ޔޫނުސް ހުރީ ސީރިއަސް ނަޒަރަކާއެކީ އޭނައަށް ބަލަހައްޓައިގެންނެވެ. ހިނދުކޮޅަކަށް ޔޫނުސްއާ ނުހަނު ކައިރީގައި ހުރުމަށްފަހު ނަޞްރާ އިސްޖަހާލަމުން ދުރުވެލިއެވެ. އަދި ޔޫނުސްގެ އަތުން ދޫކޮއްލަން އުޅުނެވެ. ނަމަވެސް އެވަގުތު ޔޫނުސް އޭނަގެ އަތުގައި އިހުނަށްވުރެ ވެސް ބާރަށް ހިފަހައްޓާލިއެވެ. ނަޞްރާއަށް އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ހިނގަން ފެށިއެވެ. ނަޞްރާ ވެސް ހިނގައިގަތް ވަގުތު އޭނައަށް ހިނިތުންވެލެވުނެވެ. ހަމައެކަނި ޔޫނުސްގެ އެ ހިފާލުމުން ވެސް ނަޞްރާއަށް ފުން ލޯތްބަކާއި ރައްކާތެރިކަމެއް އިޙްޞާޞް ކުރެވެމުން ދިޔައެވެ. އޭނައަށް ހިތާހިތުން ޙަމްދުކުރެވުނެވެ.
ޔޫނުސް ނަޞްރާގެ އަތުން ދޫކޮއްލީ ނަޞްރާގެ ގެއާއި ހަމައަށް ދެވުމުންނެވެ. ޕާޓީ ހަމަޖެހިފައިވާ ގޮތުން ފިރިހެނުންނަށް ކާން ލިބެނީ ގޭގައި ޒީނަތްތެރި ކުރެވި ގޮނޑި ޖަހާފައިހުރި ފެންޑާ ތެރެއިންނެވެ. އަންހެނުން ތިބެން ހަމަޖެހިފައި އޮތީ ގޭގެ ތެރޭގައެވެ. ޔޫނުސް ފެންޑާގެ ވަކި ހިސާބަކުން ޝަރީފްމެންނާއި ވާހަކަ ދައްކަން މަޑުކޮއްލީ ވަގުތު ނަޞްރާ ހިތާއި ދެކޮޅަށް ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ނަޞްރާ ބޭނުންވީ ޔޫނުސްއާ އެކީ ހުންނާށެވެ. އެއްވެސް ވާހަކައެއް ނުދެއްކިޔަސްމެއެވެ. ގޭގެ ދޮރު ކައިރިއަށް ގޮސް މަޑުކޮއްލަމުން ނަޞްރާއަށް އަދިވެސް އެއްފަހަރު ޔޫނުސްއަށް ބަލާލެވުނެވެ. އަފްރާޒްއާއި ވާހަކަ ދައްކަމުން ދިޔަ ޔޫނުސް ކޮންމެވެސް ކަމަކާ ހެމުން ގޮސް އެއްލިކަޅިއަކުން ދުރުގައި ހުރި ނަޞްރާ ފެނުނެވެ. ދުރުބަލަން އުޅެފަވެސް ޔޫނުސް އަނެއްކާވެސް ނަޞްރާއަށް ބަލާލިއެވެ. ނަޞްރާއަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅަކު ހުރެފައި ޔޫނުސް އޭނައަށް ހަދިޔާކޮށްލީ އޭނަގެ ހިތް ވިރިގެންދާފަދަ ލުއި ހިނިތުންވުމެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
70 Comments!
Comments are closed.







Assalam’alaikum 🙂 miadhu anekkaaves heevedhaane vaahaka mi nimuniyyey. ekamaku haas nuvahchey. dhen anna bayakun massalathah gina vaane. ebai sunday ga In Sha Allah.
Adhi ehvaahaka, jana handhaan eba huri jana ah bunevunukan hurihaa commentakah reply kuraanamey. ekamaku miadhu hendhunu thedhuve balaali iru dhe ekuveringe dhigu conversation eh fenifai mi hunnany hama reply kuraane gotheh neyngigen X( adhi jana ah bunevunu ehcheh kudakoh badhalukollanvy kanneynge. aammu gothehga commenteh othiyya jana reply kollaanan In Sha Allah. ekamaku dhe kiyuntheriaku ekaku anekakaa vaahaka dhakkaafa huriyya reply nukurevi hingai dhaane. ey jana ah ves comment thakah reply kuran dheveyny vaki vaguthu kolheh dho? ehenvyma 🙂
v ginain lui mibas thakuraaru koh beynun kurevifa hureema v alhaiganey. emaana dheyhavaa ehen baheh beynun kohllan ragalhuvaane kaari kaareega ebas beynun kuran jehey haalathugai. aslu v shauguveri adhi v thafaathu vaahakeh mee. thimaa kuraa konmme kameh ves ragalhu gothugai meesthakun nah faidhaa kuraa fadha huri gotheh gai kurumakee enmme muhimmu kanthah. mivaahakige sababun v ragalhu filaavalhuthakeh kiyun therin nah libeyne kamah ummeedhu kuran. jazakillah khairan jana
hama asluves kanbulo….jana ahves liyamun dhaairu janage baskoshaaru ehaa mussandhi noonkan faahanga kurevey. ekamaku jana varah masakkaiy kuran thafaathu basthah beynun kureveytho. kuriah oiy thanugaives masakkaiy kuraanan. jana dua kuran jana ah thi ummeedhu furihama kohdhinumuge thaufeegah edhi. jana ge ves varah bodu edhumeh ey. mi vaahakain evves kiyuntheriakah faidha eh nukoffiyya mi kureveny beykaaru kameh….Jazakallah Khairan Kanbulo 🙂
Baarkillahu feeki jazakallah khairan
Baarakallahu Feek Jazakallah Khairan 😀
V reeethi Vaaahaka eh Mi… kurin nukiyaaa vahtharuge vaahaka eh….waiting……..
mikahala vaahaka thah varah nufennaathy jana ah bodah hiyvaru libunyves mi vaahaka liyan 🙂 Alhamdhulillah!
V reeethi Vaaahaka eh Mi… kurin nukiyaaa vahtharuge vaahaka eh….waiting……..
hehehe…..copy paste eh dho? reply e othy matheega 😛
Aslu vx v rythi adhi v interesting mi vaahaka v ufaavey mikahala thafaathu vaahaka eh kiyaalan libeythy
Alhamdhulillah! 😀
Miskithuga kaiveni kura vahaka inyma kudako………… .. Rajeyga miskithuga nukureyenu. Family aa vahaka dakan yoonus ai bai etha faharaku kiyunu. I love dat part most.
e vaahaka dhannaane meehaku kairin jana suvaalu kurin. javaabugai jana ah enguny vaki miskithuga kaiveni kurun manaa kurevifaeh noannakan. evves bayaku ekamah neydheythyve raajje in ekan nufennany. jana ge khiyaalee dhuniyeyga ekan feney 😀
maria thi buni thankolhu kahala moments thah then baeh ga ves hunnaane In Sha Allah 😉
SALHI… KON IRAUN NEXT PART….. WAITING 4 THE NEXT PART
NEXT PART SUNDAY GA IN SHA ALLAH!!!! 😛
oo , jaan vr rythi igea mi prt ves
hehehe….elsa kuree bayah koffa huri commenteh dhusheemey. thee anhen kujje viyya massala eh neh jana ah thi kahala komme nameh kiyunas. 😀
V rythi
Alhamdhulillah! 🙂
Miskithuga kaiveni kureveytha? Anyways story v.nice..thanks jana
edhunyma hama kurevidhaane ingey. Alhamdhulillah! 🙂
vvvvv reeethi mi partvex…mivaahaka ehaa furihamaey dhigukoh liefa, vaahakain varahgina mauloomaathu egeythi….janna ah mikahala ethah vaahakaeh liumuge thaufyygu devaashi .ameen…
Ameen! Jana ge ves edhumaky hama ey. Alhamdhulillah! 🙂
Hama edhuneema miskithugai ves kaiveni kohdheveyne.. Dhen kobaa mahsala aky? Ekamaku mi raajjeyga aamukoh v nukuraa kameh ey.. Ehen noonas mee khiyaaly vaahaka eh ehennu jana…
Exactly anonymous, exactly!!!
Aslhuvs dhen mihithah arany konkahal massalhathakeh baaey jehyny vvvv reeethi mipartvs nxt part kiyaahithun keymadhu vef mihiry
dhen e massala thakaky kobaikan engeyne dhen anna bayakun In Sha Allah. aammu gothegga dhe bayaku marry kureema vaahaka thah nimeydho? ekamaku kaivenyaky vaki nimumeh noonennu dho? 😉
Yes jana asluvs jana thibuny thedheh merry kurumah fahu adhi kiriyaa dhiriulhumeh fehthunyeh n merry kurunafahu jehy masalha thakaa emasslhatha halhu kuraane goyi mi story fenigen dhaane kamah umeedhu kuran aslhuvs jana ge visnumaa hiyaalhu vv thanvahy bunevniy gina story thakuga merry kurumah fahu dhen enimuny n dhen lhibeyny emeh kiyan bynuvaa part tha shukuriyaa jana
jana akah hiyeh nuvey kaivenya behey gothun naseyhaiy dheyn jana maa molhu vaane henne. ekamaku jana ah zavaajy hayaathaa behey gothun engifaivaa ehcheh vaahaka medhuverikoh foarukohdheveytho balaanan In Sha Allah 🙂
Hey jana sis mibaivex v v v reethi….n v v v ibraehtheri….. v mauloomath libijje…. masha allah u r lyk the bst writer i hav seen evrr…. love u jana siss…… this story has changed my whole life….. i really appreciate u… seriously i love u…. GOOD LUCK … 🙂 ummmmwah…
varah loabi commenteh :’) Alhamdhulillah! Allah alhamen emmennah hidhaayai ithuru kohdhevvashi. Ameen. Love you too sis. Ummmwah!
N jana sorry ingey 7th prt ga elsa aa ehkoh chat kohlevuneema…i hope u’ll forgive me sis… n 1 more thing….n I told u dhw i’ll try my bst in my
prayers… ingeytha? Eyge fahun shabee ehvrx namaadheh vahttaa nulaa adhi eba kuran… insha allah i’ll not miss any prayer thrn… its all ur help jana…. thank u sooo much… may god bless u n all of us… u show me the bst way…. thank u… 😀
its okay shabee. jana ah ves egothah neyngi hama maa gina vaahaka dhekkidhaane.
it may have been my help shabee. But know that its only Allah that guides us to do whats right. jana ge mi vaahaka kiyaafa shabee ah kuri kahala asareh ehen kiyuntheriakah nukoh hingai dhaane. its only by Allah’s Will. So remember Him, and thank Him 🙂
Yap but aslu shabee bunee shabee aslu v goas koh ulhenee… aslu parents vex ehvex varakah.dheenaa behey ehv4x ehchh nukiaadhey… shabee ge familyga ehkoh vex kamakah onnaanee baeuty n fashion….aslu jana mi vaahaka up kuran feshi iru shabee akah neynge namaadhu kurevunu dhuvahehvex…but jana mi vaahaka genesdhey varakah thaubaa veveyne vaahaka aa ehchihi aissa onnaanee handhaan vanee namaadhu nukoh ulhevey handhaan…dhen v dheravey…so shabee thaubaa v vefa eyge fahun adhi ehvrx namaadheh vahtta nulaa mikuranee…. insha allah emme namaadhehvex dhoo nukollaa kureveytho balaanan…. mihaaru v dheravey hithah araa kon kahala azaabeh baavaey libeynee…. v biruganey…. hama rovey… v v dheravey…. 🙁 i never thought I’d change but beyrufushun.adhi change nuviyas ehen hurihaa kameh change kohffin…. BUT JANA SUNDAY IS TOO LATE PLX SATURDAY GA…PLXX 🙁 🙂
alhe shabee. jana dheraves vejje shabee ge family situation describe kohdhineema. ekamaku shabee dhera nuvahchey. mihaaru thi buny ennu thimanna namaadhu eba kuramey? Ma Sha Allah. Jana ah hama qabool kuran ves dhathivey mi vaahaka kiyaafa ey buneema ves. shabee ah adhi beyrufushun badhalu nuvevunas massala eh ney ingey. faharaku fiyavalheh alhan vaany 🙂 adhi jana bunan beynunvany family meehun komme gothakah ulhunas shabee emeehunnah rulhi nuvaashey. ehen noony emeehunnah heevedhaane dheeny veema ey rulhi gadha vany. ey varah gina meehunge khiyaalu hunna goiy. meehaku dheeny vejjeyya emeehaku rulhi gadha vaane ey. ekamaku shabee rulhi naannahchey. varah loabin emmenna ves vaahaka dhakkaany ingey? jana ves shabee aa rulhi aisgen vaahaka dhekki nama jana akah hiyeh nuvey shabee ah rangalhu badhaleh annaane kameh. ehenveema ingey. Congratulations varah bodah shabee ah! 😀 Azaabakah birugane rovenya dhannaathi ey komme komme meehakah vaane kameh noonkan. e karuna thakuge sababunves faafathah fohevi qiyaamai dhuvahun maqaam mathi vaane In Sha Allah 😀 alhe shabee please. jana vaahaka komme dhuvahaku genesdheyn vejjeyya spoil vaane kanneynge. ehenvyma thankolheh lahun migenesdheny. hope you will understand 🙂
, jaan elsa ah ves maafkoh dhehvaa , vr bodah maaf , ehcheh ahaalantha ? kyve buny thy filmakun nikumegen ai kuhjenhey , hehehe , hmm , vaahaka vr vr rythi , shukriyaa jaan oops jaxaakallah hairan jaan , hehe
elsa ah ves maaf koffin. haqeeqathuga ey kusheh nooney. jana buny egothah dhigukoh huriyya jana ah hurihaa commentakah reply nukurevi hingaidhaane ey. filmegga ulhey kujje noon tha elsa aky. noony ey jana ge olhumehtha anekka. 😛 Jazakallah Khairan! 😀
so alhugandu ekani dw jaan kiyany , hehehe , ehn kudhin nukiyaathi igea , eyy manaa kameh , hahaha , alhe jaan sunday ga eyy , adhi mi jaan nimmaalaanyves kiyaa hiyvaa hisaabun . vr foohi , ehn viyas , vr vr vr vr vr vr rythi , hama bunaane ehcheh ves neyngun , bas huhtifa myndhy , dhen alhugadah maaf koh dhehvaa , m really sorry , i will never repeat that again 🙁 🙁
haha….qaanoonu asaasyge 7 vana baabuge haa ge dhashun ekan elsa fiyavai ehen meehunna manaa vejje dho? 😛 kiyaa hiyvaa hisaabun nimmy maennu elsa men thalhuvaaleveyny. its okay its okay its okay. 😀
jana thyy moonu buruga alhaafa hunna kuhjeh tha ? .. and mi vaahaka ah kyyve hijura kiyanyy ?? .. one more question jana thyy kiyavaa kuhjeh tha ? i mean collage ga?.. jana ah ingeytha annie myy vrah dhyyny vaahak kiyaa hiyy vaa kuhjeh … mi site ga huri hurihaa vaahaka thakuge there in vesss enme furihama vaahaka adhi kiyunu myy… hehehe … and varah iburai theri mi vaahaka .. varh salhi ..looking forward for the next part…. good luck.. and keep up the good work .. 🙂 🙂 🙂 <3
jana moonu burugaa naalhan. mi vaahaka ah hijura kiyanvy sababu engeyne engen vy irakun In Sha Allah. jana beynumeh nuvey jana mee kiyavaa kujje tho nuvatha noon tho bunaakah. ey jana beynumeh noon jana ge umuru kiyuntherinna engeykah.
Alhamdhulillah Alhamdhulillah Alhamdhulillah 😀
❤ ?
<3
jaan kyve reply nukurany , sooo sad
Dhw elsa jana reply nuvex kurey mihaaru…v dheravey… 🙁
elsa aa shabee thibeny hama iru iru kolhaa reply kureytho bala balaa dho? hehe….tip eh dheefaanan ingey. reply koffa huritho balaany komme re ehge 10:00 jahaa iru. jana ah heevany komme re egge ves e iru hama reply kurevifa hen hunnaany In Sha Allah 🙂
vedhaane jaan maa buxy eyy kamah ves , mirey reply kuraanan dw jaan , n hurihaa kudhin ge mauloomaath ah takaa , mirey hulhumale ah snow veheyne , hehe
mi elsa ey dho raajje ah snow mi vessany? 😛
haveeru 4 in feshigen 6 ah , dhen mirey 8 in feshigen 10:30 ah , mihaar ves veheyne ,
Oh really…gadha salhi vaane… elsa sheryn ah aslu v goeh onnaane inhry hijura 7th prt ga… elsa balaalahchey…i was telling my kokko sheryn… anyways jana alhe hama ehaa busy tha hama?
jana ehaa busy eh noon ingey shabee 😉
igey , kymey , u ge kohko kari bunaathi , elsa rulhi ais fa eyy mihiry , bunelinama hama frnd vevayne dw , bt now see , hurihaa enmen ves rulhi ais fa mithiby , ekam maafah edhifiyya , maaf kuraanan
jana akah neynge elsa thi kiyaa nukiyaa ehcheh. ekamaku maafu kohdheythi ingey? 😀
yeah , jaan maaf koh dhiny dw , uhun janaa hama ragalhah thibuny , elsa mee cartoon cherecter eh , hehehe , shabee ah visnunythy elsa ves ufaa koh fin , allah eyy faafa fuhsavaa adhi thaubaa gabool kurah vaa kalaange , ekalaange thaubaa vaa alhunnah dhera gotheh dhimaa nukurahvavaane , allah thibaage kurimaq ujaalaa koh dhen vaan dhey , aamyn
Ameen!!
hmm , hehehe elsa ufahdhaa snow in finyeh nuvaane ekam , hahaha , , lahba mudhahris , alhugandu mirey 10 eh jahaair balaanan , mudhahris reply kurehvi tw , hehehe , jaan haadha majaley , hehhee
😛
jaxaakallah khairan
Jazakallah Khairan! 😀
bala balaa indhaa thi reply kury , hahaha
hehehee……
yes , jaan akah neyngeyne , eyy elsa aa shabee dhen shabee ge kohko sheryn ah , dhen adhi innaane kuhjje , ekujjaa ah igey kameh 😉
ehenvyma mee jana aa behey kameh noon dho. *slowly walks away*
shabee vr xuvaab kurey eba shudhoo aa , hehehe
🙂
jaan ah vr bodah thnks , jazaakallah khairan kiyan dhas koh dhinyma , dhen shukriya ge badhal ga elsa kiyaany jazaallah khairan , hehe
nubaikon mi kiuny ,
jazaakallah khairan janaa , jaxakallah hairan kiyan dhas kohdhinyma , dhen shukriya ge badhalga elsa kiyaany jaxakallah khairan
hehe….Jazakallah Khairan ge maana ingeytha? May Allah reward you with good 🙂 v ufaavejje badhalu kollykan engunyma. Alhamdhulillah 😀
elsa kohme myhakah ves maafah edhifiyyaa ufalun maaf kuran , konme insaanakah ves kuh kurevayne dw jaan ,
maaf kohdhenya hama best ingey. Ma Sha Allah. hmm komme insaanakah ves kuh kureveyne. ekan handhaan kureema maaf kuran faseyha vaane In Sha Allah 🙂