ލައިބްރަރީގައި ތިބެފައި، ތޯމަސް އޭނާގެ އެކުވެރިންނަށް ގޮވާލިއެވެ. އެމީހުން އޭނާ ގާތަށް އައުމުން ފޮތެއްގެ ސަފްހާއެއްގައި ލިޔެފައިވާ އެއްޗެހި ދެއްކިއެވެ. ފޮތުގެ ނަމަކަށް އޮތީ “ވެން ބީންގް މުސްލިމްސް” އެވެ. އެސަފްހާގައި ލިޔެފައިވާ ގޮތުން މުސްލިމަކަށް ވުމަށްފަހު، ތިމާގެ ނަންވެސް އިސްލާމީ ނަމަކަށް ބަދަލުކުރަން ޖެހެއެވެ. އެއެންމެންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. $$$$ އެރެއެވެ. ލާރާ އޮތީ ފޯނު ހިފައިގެން، އެނދުގައެވެ. ވައިބަރ ހުޅުވާލައިގެން އޮތްއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޭނާ މިވާހަކަ […]
” އެއީ ވަރަށް ދިގު ވާހަކައެއް. ދިމާވުމުން ކިޔައިދޭނަން. ދެން ތެދުވެގެން އޮފީހަށްދޭ. މިހާރު ނުވައެއް ޖަހަން ކައިރިވަނީ.” ޝިފާ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ. ފާޚާނާއިން ފެންވަރައިގެން ނިކުތްއިރު އިމާން ގުޅަނީއެވެ. އަހަރެން އޮފީހަށް އައުން ލަސްވެގެންކަން ޔަޤީނެވެ. އަންހެނުންގެ ކަންތައްތައް ކިތަންމެ މައްޗަސް، އިމާން ގަޑިއަށް އޮފީހަށް އަންނާނެއެވެ. އެގޮތުން އެއީ ނަންބަރ ވަންއެވެ. އެހާވެސް ބަރާބަރުވާނެއެވެ. އަނގަޔާއި އެއްވަރަށް އޭނާގެ އަތްފައިވެސް ޙަރަކާތްކުރާނެއެވެ. އެއީ ފިރިހެން ދަރިއެވެ. ” ލަސްވީދޯ.” އަހަރެން […]
ވާރޭ ވެހެން ފެށީ ކުއްލިއަކަށެވެ. އަހަރެން އިނީ ގޭ ގޯތިތެރޭގައި ހުރި ޖޯލި ފަތީގައެވެ. އަހަރެން ނޫން އެންމެން ވާރޭން ސަލާމަތްވުމަށްޓަކައި ގޭތެރެއަށް ވަނެވެ. އެކަމަކު އަހަރެން ގޭ ތެރެއަށް ވަންނަ ހިތެއް ނުވިއެވެ. އަހަރެން ބޭނުންވީ ވާރެޔާއި ތެމިލާށެވެ. ވާރޭ ވެހޭ ވަގުތަކީ އަހަރެން އެންމެ ހިތްހަމަ ޖެހޭ ވަގުތެވެ. އަހަރެންގެ އެންމެ އިންތިޒާރު ކުރާ އެއް ވަގުތަކީވެސް އެއީއެވެ. ވާރޭގެ ކުދި ކުދި ތިކިތަށް ގައިގައި ބީހެމުން ދާއިރު ހީވަނީ ފިރުމަމުން ގެންދާހެނެވެ. އެކަމުން […]
“ޒަޔާން އަހަރެން މިތަނުން ގެންދޭ، މިހާރު މިވަގުތު އަހަރެން މިތަނުން ގެންދޭ ޕްލީޒް، އިތުރަކަށް އަހަންނަކަށް ކެތެއްނުވާނެ، ރާއިން….. ރާއިން ގާތު އަހަރެން އެދުނީ ހަމައެކަނި އަހަރެންދެކެ އެންމެ ފަހަރަކު ލޯބިވެޔޭ ބުނެދިނުމަށް، އެކަމް އޭނަ ނުބުނި، އައި ބެގްޑް ހިމް، ބަޓް ހީ ޑިޑިންޓް… އޯލް ހީސެޑްވޯޒް ހީއިޒް ގޮއިންގ ޓްމެރީހާ، ޒަޔާން ބުނީމެއްނު އޭނަ އަންނާނޭ، އޭނައަށް ނުބުނެވުނު އަހަރެންދެކެ ލޯބިވެޔޭވެސް…. ޕްލީޒް އަހަރެން މިތަނުން ގެންދޭ، އައި ބެގް ޔޫ، ޒަޔާން ބުނީމެއްނު […]
ޢުމުރުން އެންމެ ތޭރަ އަހަރުގައި އިންސާނެއްގެ ހިތުގައި ދައުރުވާނީ ކޮންކަހަލަ އިޙްޞާޞެއް ހެއްޔެވެ؟ އެއީ ކޮންކަހަލަ ޢުމުރެއް ހެއްޔެވެ؟ މީހުން ބުނާގޮތުން ނަމަ އެއީ އެންމެ ނާޒުކު އެއް ޢުމުރެވެ. ކުޑަ ކުއްޖެއްގެ ޢުމުރު ފަހަޅަނާ ގޮސް ބޮޑު މީހަކަށް ބަދަލުވުމުގެ މަރުޙަލާގެ ފެށުން އަންނަނީ މިހިސާބުން ކަން ނޭނގެއެވެ. ދުނިޔެއަށް ލޯހުޅުވަން ފަށަނީ ނުވަތަ ފެށެނީ މިހިސާބުންނެވެ. ދިރިއުޅުމުގެ ޙަޤީޤީ މާނައަކީ ކޮބައިކަން ދަސްކުރުމަށް އަޅާ ފުރަތަމަ ރޮނގު އަޅަން ފަށަނީ މިހިސާބުންނެވެ. ތެދެކެވެ. ތަފާތު […]
ސިއްސައިގެން ދިޔަލެއް ބޮޑުކަމުން ހިތް ހުއްޓިދާނެއޭ އޭނާއަށް ހީވިއެވެ. *********************** “އާކިފް! މިތާ؟ ކީއްތި ކުރަނީ؟” ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން އިން ޖޮއާނާ އަހާލިއެވެ. “ދެން ކޮންކަމެއްތަ ކުރާނީ؟ އަހަރެން މިއައީ އަހަރެންގެ ޙަބީބާ ގާތަށް. އާދޭ!” އާކިފް އިނީ އެނދުގައި އިށީނދެގެންނެވެ. އޭނާ މިކޮޓަރިއަށް އައި ގޮތަކާމެދު ޖޮއާނާ ހައިރާންވިއެވެ. “ނޫން އާކިފް. ހެޔޮނުވާނެ. އަހަރެން ދޫކޮށްލާ. އަހަންނެއް ބޭނުމެއްނޫން އާކިފް.” ޖޮއާނާގެ ލޮލުން ކަރުނަ ނީރާލިއެވެ. “ކީއްވެ؟ އާދެބަލަ! ކަމެއް ނުވާނެއޭ.” އާކިފް […]
ޔޫނުސް ނަޞްރާގެ އަތުން ދޫކޮއްލީ ނަޞްރާގެ ގެއާއި ހަމައަށް ދެވުމުންނެވެ. ޕާޓީ ހަމަޖެހިފައިވާ ގޮތުން ފިރިހެނުންނަށް ކާން ލިބެނީ ގޭގައި ޒީނަތްތެރި ކުރެވި ގޮނޑި ޖަހާފައިހުރި ފެންޑާ ތެރެއިންނެވެ. އަންހެނުން ތިބެން ހަމަޖެހިފައި އޮތީ ގޭގެ ތެރޭގައެވެ. ޔޫނުސް ފެންޑާގެ ވަކި ހިސާބަކުން ޝަރީފްމެންނާއި ވާހަކަ ދައްކަން މަޑުކޮއްލީ ވަގުތު ނަޞްރާ ހިތާއި ދެކޮޅަށް ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ނަޞްރާ ބޭނުންވީ ޔޫނުސްއާ އެކީ ހުންނާށެވެ. އެއްވެސް ވާހަކައެއް ނުދެއްކިޔަސްމެއެވެ. ގޭގެ ދޮރު ކައިރިއަށް ގޮސް […]
” ނޫނޭ. އިވޭ އަޑުތަކުންނާއި ފެންނަ މަންޒަރާއި ދޭތެރޭ މިވިސްނަނީ؟” އަހަރެން ބުނީމެވެ. ” ތިކަމާއި ނުވިސްނާނެ މީހަކު ނުހުންނާނެ. އެކަމަކު، މައްސަލައަކީ މާޒީއަކީ އިޢާދަ ވާނެ އެއްޗެއްނޫންދޯ.” ޝިފާ މަޑުމަޑުން އެހެން ބުނުމުން އަހަންނަށް ނެގުނީ އެހެން މާނައެކެވެ. ” ތީ ހަމަ ތެދެއް. އެކަމަކު، ދިރިއުޅުމުގައި ފިޔަވަޅު އަޅާއިރު، އަނދަވަޅެއްގެ މަތީގައި ފިޔަވަޅު އެޅޭކަން އިނގެނީ ކިތައް އިންސާނުންނައްބާ؟” އަހަރެން ބުނީމެވެ. ” އޭ ހާސްނުވޭ. ނަތިސް އިސް އޭސް އިޓް ސީޒް. […]
ސްކޫލު ދައުރު ނިމުނީއެވެ. ދެން ޖެހޭނީ ވަޒީފާއަކަށް ދާށެވެ. ނޫނީ މަތީ ތަޢުލީމް ޙާޞިލުކުރުމަށް ގޮތެއް ހޯދާށެވެ. ދިރިއުޅުމާއި ކުރިމަތިލާށެވެ. ކަންތަކާއި ޖެހޭނީ ދެނެވެ. ތެދެކެވެ. އަބަދު މައިންބަފައިންގެ ތައްޕަހުގައި ނޫޅެވޭނެއެވެ. މިއޮތް ހުރިހާ ދުވަހު އެމީހުން އެކޮށްދިނީ ކުޑަކަމެއް ހެއްޔެވެ؟ ދިހަ ވަރަކަށް އަހަރު ވަންދެން އަތުގައި ހިފައިގެން ސްކޫލަށް ގެންގޮސް ގެނައުމަކީ ކުޑަކަމެއް ހެއްޔެވެ؟ ބޭނުންވާ ގަޑީގައި ބޭނުންހާ ކަމެއް ކޮށްދިނުމަކީ ކިހާ އުދަނގޫ ކަމެއްކަން އެނގޭނީ އެދުވަސް އަހަރުމެންނަށް ކުރިމަތިވީމައެވެ. ބަޔަކު ޝުކުރުނުކުރިޔަސް […]