ދުވަހަކަށްފަހު ދުވަހެއް މަނިކުގެ ހާލު ރަނގަޅުވަމުން އަންނާތީ އެންމެ އުފާވެފައިހުރީ ނިމާންއެވެ. މަނިކުގެ އެއްވެސް ކަމެއް އެހެން ޑޮކްޓަރެއް ނުކުރެއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި މަނިކު ގެއަށް ދޫކޮށްލި ފަހުން ކޮންމެދުވަހަކު ނިމާން އެގެއަށް ގޮސް މަނިކުގެ ހާލު ބަލާ ކަންތައްކުރާނެ ރަނގަޅު ގޮތް ބުނެދީ ހަދައެވެ. އެހެންކަމުން އެދެމަފިރިންނާއި ނިމާންއާއި ދޭތެރެ ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. އެމީހުން ދެެކެނީވެސް ނިމާން އަކީ އެމީހުންގެ އުފަން ދަރިއެއެް ފަދައިންނެވެ. އަލްމާޝް ނެތުމުން އެދެމަފިރިންނަށް ލިބިފައިވާ […]
“ސޮރީ އަރީ… އަރީ އެއްވެސް ކަމެއް ނުކުރޭ.. އެންޑް އައި އޭމް ނޮޓް އެވޮއިޑިންގ ޔޫ.. ޕްރޮމިސް” ލުޔާ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ކުރަކިކަމެކެވެ. “ޔަގީންތަ؟ އަރީ ހީކުރީ އެއްކަލަ ދުވަހު ލުޔާ ކުރި ސުވާލަށް ޖަވަބު ނުދިނީމަ-“ “ޔަގީން… އައި އޭމް ނޮޓްއެންގްރީ.. އެހެން ނޫނަސް އަރީ ލައްވާ ޝެއާރ ކުރަކަށް މަޖުބޫރެއް ނުކުރާނަން..” ލުޔާ ވާހަކަ ދެއްކީ އަރީފުގެ ވާހަކަ މެދު ކަނޑާލުމަށްފަހުއެވެ. “އަރީ މީ ހިޕޮކްރިޓެއް ދޯ.. ލުޔާ ގާތުގައި ޝެއާރ ކުރީމަ […]
“ދޮންތަ ދައްކާ ވާހަކަ.. ހަމަ ވާހަކައެއް ކިޔާފަ ދެރަވިއްޔާ އޭގެ މާނައަކީ އޭގަ ވާ އެއްޗެއް ލައިފްއަށް އެޕްލައި ވަނީ އޭތަ؟” ލުޔާ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ލިއުޒާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ލިއުޒާގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ބަޔާން ކުރާނީ ކިހިނަކުން ހެއްޔެވެ. އެފަދަ ހިތްވަރެއް ލުޔާގެ ކިބައަކު ނެތެވެ. އޭނާއަށް މިއަދު ކުރެވޭނެހާވެސް ކަމަކީ އޭނާގެ ހިތް ފޮރުވުމެވެ. އެކަން ކުރުމަށް އޭނާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. **** އޮފީސް […]
ޒީޝާ ބޭނުންވީ ޒައިން ލައްވާ ވައުދުވާށެވެ. ” ޔެސް.. އަހަރެން ވައުދުވަން.. އަހަރެން ދިރިހުރިހާ ހިނދަކު ޒީއަކަށް ދެރައެއް ނުލިބޭނެ.. އައި ރިޔަލީ ލަވް ޔޫ ޒީ..” ޒީޝާ އަތުގައި ހިފާލަމުން ވަރަށް ލޯތްބާއެކު ޒައިން ބުނެލިއެވެ. “ޒޭން އެހާވެސް ލޯބިވޭތަ އަހަރެން ދެކެ؟” ޒައިންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ޒީޝާ އަހާލިއެވެ. “ވަރަށް ވަރަށް ލޯބިވޭ… ޒީއަށް އަހަރެން އިންތިޒާރު ކުރާތާ ހާދަ ދުވަހެއް ވެއްޖޭ… އައި އެމް ސޯ ހެޕީ.. ޒީ ތީ އަހަރެންގެ […]
“ނަވާޒް. މަނިކުފާނު ދުރުވެފަ އެބަ ހުންނެވި. މިރޭ ޕާޓީ ފެށުނު ފަހުން މި ކޮޅަށް ދުރުވީވެސް.” ޝިފާޒް ބުނެލިއެވެ. ޝިފާޒް ވާހަކަ ދައްކަމުން ދިޔައިރު ޔޫނުސްގެ ނިތުން ރޫ ފިލަމުން ދިޔައެވެ. ނަމަވެސް އޭނަގެ ވައްޓާލެވިފައިވާ އަތް މުއްކެވިގެން ދިޔަ ވަގުތު އަނެއްކާވެސް އޭނަގެ ބުމަ ގޮށްޖެހުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ޝިފާޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އަހަންނަކަށް ނޭނގޭ ނަވާޒް ކީއްވެކަމެއް ކޮންމެ ފަހަރަކު އަހަރީ ދުވަހަށް މިކޮޅަށް ދުރުވަނީ. އަހަންނަށް ހަމަ […]
މާޔާ އެތައް އިރެއް ވަންދެން ހިފަހައްޓާލައިގެން ހުރި ކަރުނަތިކިތައް އޭގެ މަގާމު ދޫކޮށްލާފައި ފައިބައިގަތީ އެވަގުތުއެވެ. ކޯތާފަތުން ތިރިއަށް ދެމިގަތް ކަރުނަ ތިކިތައް އަތުގެ ނުފުށުން ފޮހެލީ އެހެން މީހަކަށް ފެނިދާނެތީއެވެ. ކައިވެނިކޮންދޭ މީހުން އެމީހުންނަން ތައްޔާރުކުރެވިފައިވާ ކެއުމަށް އިިންސާފު ކުރަމުން ދިޔައިރު ކައިވެނިކުރެވުނު ދެމީހުން އައިސް މާޔާ ކައިރީގައި ހުއްޓިލިއެވެ. މާޔާ ހިތްވަރުކޮށްލާފައި އަޔާންއާއި ހަމްނާއާ ދެމީހުންނަން ހިނިތުންވެލިއެވެ. އަޔާން މާޔާ އާއި ހަމްނާ ގޮވައިގެން އެއްފަރާތަކަށް ޖެހިލީ އެދެމީހުންނާ ވާހަކަ ދައްކާލަން ވެގެންނެވެ. “މާޔާ، […]
ރޮއެރޮއެ ކަރުނަ ހުސްވެއްޖެއެވެ. އެދެލޮލުން ފައިބާ ކަރުނަތަކުން ކޯތާފަތް ފިހޭހެން ހީވަނީ އެކަރުނަތައް ހޫނު ކަމުންނެވެ. މީ އަލްމާޝް އަމިއްލައަށް ހޯދައިގަތްކަމެކެވެ. އެންމެ ތުއްތުއިރުގައި އިނގިލީކުރީގައި ހިފައިގެން ހިނގަން ދަސްކޮށްދިން މައިންބަފައިންނަށް ސިއްރުން ކަންތައް ކުރިމަވާނީ މިހެންނެވެ. މިއަދު މިދުނިޔެވެސް ލައުނަތްދޭ ކަހަލައެވެ. އުއްމީދަކީ ފަހުނޭވައަށް ދަންދެންވެސް ކުރެވޭނެ އެއްޗެކެވެ. އުމުރުގައި ބާކީ މިއޮތް ދުވަސްތަކުގައި ދޫކޮށްދިޔަ މައިންބަފައިންނަށް އަމިއްލަ އަތުން ހިދުމަތް ކޮށްދިނުމަށް އަލުން ދެއްވާތޯ އެކަލާނގެއަށް ދުޢާ ކުރުން ނޫން ގޮތެއްނެތެވެ. ދެލޮލުގެ އެތްއަރިމަތިން […]
” ހިނގާ ކޮފީއަކަށް.” އަވަސް އަވަހަށް އޭނާ ބުނެލިއެވެ. ” މާލަސްނުކޮށް އަންނަވާނެ. ހެނދުނު ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭނެ. އޮފީހަށްވެސް ދާންޖެހޭނެ.” އަހަރެން ބުނީމެވެ. ” މައްސަލައެއް ނޯންނާނެ. ހިނގާ އަވަހަށް ދަމާ.” އަހަރެންގެ ސައިކަލް ފަހަތަށް ނަވީން އަރަމުން ބުނެލިއެވެ. އަހަންނާއި ނަވީން ދިޔައީ ހާބަރަށެވެ. މާ އަބޮޑު ތަނަކަށް ދިއުމަކީ އަހަންނަށް މުހިއްމު ކަމެއް ނޫނެވެ. އަހަރެން ދެކޭ ގޮތުގައި ކޮފީގެ ބޭނުމަކީ ޚިޔާލު ބަދަލުކޮށްލުމެވެ. ރައްޓެހިކަން ބަދަހި ކޮށްލުމެވެ. އެކަމަށް […]
އެހެނަސް އިންސާނެއްގެ ހިތަކީ ބާރުފޯރުވޭނެ އެއްޗެއް ނޫން ތާއެވެ. އަރީފު ގަބޫލުކުރަން ބޭނުން ނުވިޔަސް އެ ހިތުގައި ލުޔާއަށް ދެވިފައިވާ މަގާމަކީ ލިއުޒާއަށް ދެވިފައިވާ މަގާމަށް ވުރެ އިސް މަގާމެކެވެ. އެކަމާ ދެކޮޅު ހެދުމަކީ އަމިއްލަ ނަފްސަށް ދޮގު ހެދުން ފަދަ ކަމެކެވެ. ***** އަހުނަފްއަށް ލިއުޒާގެ ޚަބަރެއް ނުވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެންމެން އެކުގައި ބޭރަށް ދާ އިރުވެސް ލިއުޒާ ނުދެއެވެ. އެކަން ޔިވާމްއާއި އަރީފު ވެސް ފާހަގަ ކުރިއެވެ. އެހެނަސް ކޮންމެވެސް […]