” އައިލަވްޔޫ. ސަމް.” އަހަންނަށް ފެނުނީ އެޖުމްލައެވެ. ރަނގަޅަށް ފޮޓޯގަނޑު ބަލާލަން އުޅެނިކޮށް ބޮސް އަހަންނަށް ގުޅައިފިއެވެ. އެހެންވެ އަވަސް އަވަހަށް ފޮޓޯ ގަނޑު ސިޓީއުރައަށްލުމަށްފަހު ފޯންނެގީމެވެ. ” ކޮބާ. ހުރިހާ ކަމެއްނިމުނީތަ؟” ބޮސް އަނހާލިއެވެ. ” އާދެ. ނިމިއްޖެ.” އަހަރެން ބުނީމެވެ. ” ދެން އަވަހަށްދޭ ގެއަށް. ހަނދާންކޮށް މިރޭ މާޔާ ރިސީވްކުރާތި.” ބޮސް އެހެން ބުނެފައި ފޯން ބޭއްވިއެވެ. އަހަރެން އަވަސް އަވަހަށް މާޔާގެ ކޮޓަރިން ނިކުމެގެން ދިޔައީމެވެ. ލިފްޓުން ތިރިއަށް އަހަރެން […]
” ފޮގެޓްއިޓް. ގެއަކަށް ނުދެވޭނެ. ތީ މިހާރު ތުއްތު ކުއްޖެއްނޫން ތިބުނާހާ އަވަހަށް ގެއަށް ފޮނުވަން. މިއަދު ގެއަށް ދެވޭނީ އަހަރެން ފޮނުވީމަ. އޯ.ކޭ. އަނެއްކޮޅުން ޒަޔާން ލަސްވެގެން މަންމަދޯ ގުޅާނީ. ގުޅީމަ މަށާ ހަވާލުކުރޭ. އޭރަށް ހުރިހާ ކަމެއް އޯކޭވާނެ. ހާސްކަނޑާލާ. ހެހެހެހެ.” ހެމުން ހެމުން ރޯޒީ ބުނެލިއެވެ. ” ދެން. ރޯޒީ ބޭނުންވާ ގޮތަކަށް ގެންދޭ. ތީ ދެމީހުން. މީ އެކަކު. ތަޅައިގަންނަން ޖެހުނަސް ތި ދެމީހުން ގަދަވާނީ.” އަހަރެން ހެމުން ބުނެލީމެވެ. […]
އޭނާ ހީކުރިއެވެ. އަހަރެން މޮޔަވާނެއެވެ. މިދުނިޔޭގައި ދެން އަހަރެންނެއް ނޫޅޭނެއެވެ. އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އޭނާ ބޭނުންވިއެވެ. އަހަރެންގެ ހުވަފެންތައް ވިއްސިވިހާލި ކޮށްލުމަށެވެ. އަހަރެންގެ މަންޒިލާއި ހަމައަށް ދިއުން ހުއްޓުވުމަށެވެ. މީހުން ފަހަތުން ރޮމުން ސަލާންޖަހަމުން ދުވާ މީހަކަށް އަހަރެން ހަދާލާށެވެ. އަހަރެންގެ އެއްވެސް އުންމީދެއް ޙާޞިލުނުވާނެގޮތް ހެދުމަށެވެ. އޭނާއަށް ހީވި ކަހަލައެވެ. މުޅި ޢުމުރު އަހަރެން ހޭދަކުރަނީ ޖަލުގައެވެ. ކުށްވެރިއެއްގެ ގޮތުގައެވެ. ބޭކާރު މީހުންގެ ލިސްޓްގައި އަހަރެންގެ ނަން ބޮޑު އަކުރުން ފަވަން […]
މާދަމާ އަހަރެން ދަންޖައްސާނެއެވެ. ޙުކުމް ތަންފީޒް ކުރާނެއެވެ. މިހާރު އަހަރެން ގުނަމުން މިގެންދަނީ ޙަޔާތުގެ އެންމެ ފަހު ސިކުންތުކޮޅެވެ. މިއީ ދެން އަހަރެން މިފަނާވަނިވި ދުނިޔެއަށް ލާނެ އެންމެ ފަހުނޭވާތައްކަން ނޭނގެއެވެ. ތެދެކެވެ. އަހަރެން ކުރި ކުށަށް މާދަމާ އިންސާފް ލިބޭނެއެވެ. އެކަމާއި އަހަރެން ޝަކުވާއެއް ޝިކާޔަތެއް ނުކުރާނަމެވެ. ކުޑަމިނުން އެއްވެސް މީހަކަށް ހިތްބަރެއްވެސް ނުކުރާނަމެވެ. އެއްވެސް މީހެއްގެ ފައިބުޑަށް ވެއްޓި ސަލާމަތްކުރުމަކަށް އާދޭހެއްވެސް ނުދަންނަވާނަމެވެ. އަހަރެން ދަންނަވަންޖެހޭ ފަރާތުގައި އޮންނާނީ ދަންނާވައެވެ. އަހަރެން ހުންނާނީ އަހަރެންގެ […]
” އޯކޭ. އަވަސް ކުރާތި؟” ކުޑަކޮށް އަމުރުވެރި ރާގެއްގައި ރޯޒީ ބުނެލިއެވެ. ” މައްސަލައެއްނޯންނާނެ.” އަހަރެން އަވަސް އަވަހަށް ފޯން ބޭއްވީމެވެ. ރޯޒީމީ އާދައިގެ ކުއްޖެއްނޫނެވެ. އަދިވެސް ހަމަ ކުޑައިރުގެ އުޅުމެވެ. ކަމަކާއި ހިފަންފަށައި ފިއްޔާ އެނިމުނީއެވެ. ދެން އެކަމެއް ނުނިމެނީސް ނުހުއްޓާނެއެވެ. އެހާ އަވަހަށް އެކަމެއްވާން ބޭނުންވާނެއެވެ. ރޯޒީ ބޭނުންވާކަމެއް ބޭނުންވާ ގަޑީގައިވާންޖެހޭނެއެވެ. ރޯޒީގެ ހިތް އަވަސް ކަމުން އަހަރެން ހައިރާންވެއެވެ. އެހާ ހިތް އަވަސް މީހުން އުޅޭކަން އަހަންނަށް އިނގުނީ ރޯޒީއާއި ދިމާވި ފަހުންނެވެ. […]
” ހެޕީތަ؟ ވަރަށް އުފާވެރި ޚަބަރެއްދޭން ވެގެން މިގެނައީ؟” ބޮސް އެހެން ބުނުމުން އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ” އަޅުގަނޑު އުފާވާންޖެހޭ ކަމެއް ނޭނގެ. މިދުވަސްވަރު މިދަނީ މުޅިން ހިތާމަވެރި ޚަބަރު ލިބެމުން. އަޅުގަނޑަށް އޮތީ ކެތްކުރުން.” މަޑުމޮޅިކަން އެކުލެވިގެންވާ ރާގެއްގައި އަހަރެން ބުނީމެވެ. ” ތީ ވަރަށް ބޮޑު ތެދެއް. އަހަންނަށް މިވިޔަފާރީގައި މިހިސާބަށްވެސް އާދެވުނީ ތިބުނާ ކެތްތެރިކަން އިސްކޮށްގެން. ސަލާމް ތިބުނީ ދޮގެއްނޫން.” ބޮސްވެސް އަހަރެންގެ ވާހަކަޔާއި އެއްބަހެވެ. ” ޙަޤީޤަތުގައި ބޮސްމެންނަކަށް […]
” ހިނގާ ކޮފީއަކަށް.” އަވަސް އަވަހަށް އޭނާ ބުނެލިއެވެ. ” މާލަސްނުކޮށް އަންނަވާނެ. ހެނދުނު ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭނެ. އޮފީހަށްވެސް ދާންޖެހޭނެ.” އަހަރެން ބުނީމެވެ. ” މައްސަލައެއް ނޯންނާނެ. ހިނގާ އަވަހަށް ދަމާ.” އަހަރެންގެ ސައިކަލް ފަހަތަށް ނަވީން އަރަމުން ބުނެލިއެވެ. އަހަންނާއި ނަވީން ދިޔައީ ހާބަރަށެވެ. މާ އަބޮޑު ތަނަކަށް ދިއުމަކީ އަހަންނަށް މުހިއްމު ކަމެއް ނޫނެވެ. އަހަރެން ދެކޭ ގޮތުގައި ކޮފީގެ ބޭނުމަކީ ޚިޔާލު ބަދަލުކޮށްލުމެވެ. ރައްޓެހިކަން ބަދަހި ކޮށްލުމެވެ. އެކަމަށް […]
ވާރޭ ވެހެން ފެށީ ކުއްލިއަކަށެވެ. އަހަރެން އިނީ ގޭ ގޯތިތެރޭގައި ހުރި ޖޯލި ފަތީގައެވެ. އަހަރެން ނޫން އެންމެން ވާރޭން ސަލާމަތްވުމަށްޓަކައި ގޭތެރެއަށް ވަނެވެ. އެކަމަކު އަހަރެން ގޭ ތެރެއަށް ވަންނަ ހިތެއް ނުވިއެވެ. އަހަރެން ބޭނުންވީ ވާރެޔާއި ތެމިލާށެވެ. ވާރޭ ވެހޭ ވަގުތަކީ އަހަރެން އެންމެ ހިތްހަމަ ޖެހޭ ވަގުތެވެ. އަހަރެންގެ އެންމެ އިންތިޒާރު ކުރާ އެއް ވަގުތަކީވެސް އެއީއެވެ. ވާރޭގެ ކުދި ކުދި ތިކިތަށް ގައިގައި ބީހެމުން ދާއިރު ހީވަނީ ފިރުމަމުން ގެންދާހެނެވެ. އެކަމުން […]
ސްކޫލު ދައުރު ނިމުނީއެވެ. ދެން ޖެހޭނީ ވަޒީފާއަކަށް ދާށެވެ. ނޫނީ މަތީ ތަޢުލީމް ޙާޞިލުކުރުމަށް ގޮތެއް ހޯދާށެވެ. ދިރިއުޅުމާއި ކުރިމަތިލާށެވެ. ކަންތަކާއި ޖެހޭނީ ދެނެވެ. ތެދެކެވެ. އަބަދު މައިންބަފައިންގެ ތައްޕަހުގައި ނޫޅެވޭނެއެވެ. މިއޮތް ހުރިހާ ދުވަހު އެމީހުން އެކޮށްދިނީ ކުޑަކަމެއް ހެއްޔެވެ؟ ދިހަ ވަރަކަށް އަހަރު ވަންދެން އަތުގައި ހިފައިގެން ސްކޫލަށް ގެންގޮސް ގެނައުމަކީ ކުޑަކަމެއް ހެއްޔެވެ؟ ބޭނުންވާ ގަޑީގައި ބޭނުންހާ ކަމެއް ކޮށްދިނުމަކީ ކިހާ އުދަނގޫ ކަމެއްކަން އެނގޭނީ އެދުވަސް އަހަރުމެންނަށް ކުރިމަތިވީމައެވެ. ބަޔަކު ޝުކުރުނުކުރިޔަސް […]