=އަމާޒު= ” މަރުޙަބާ!” ހެނދުނު ހޭލިއިރު އެންމެ ފުރަތަމަވެސް އަޅައިގަތީ އެ ޖުމްލައިގައެވެ. އަހަރެން ހިތަށް އެރިއެވެ. އެއީ ކޮން މަރުޙަބާ އެއް ހެއްޔެވެ؟ އަހަންނަށް ވީ ކީއްހެއްޔެވެ؟ ލިބުނީ ކޮން އެއްޗެއް ބާވައެވެ. ދެން ބަލާލެވުނީ މެސެޖު ފޮނުވާފައި މީހާގެ ނަންބަރަށެވެ. އެއީ ޖަނާހު އެވެ. އަހަރެންގެ ކުޑައިރުގެ ރައްޓެއްސެކެވެ. ކިޔެވީ އެއް ކުލާހަކުންނެވެ. އެހާ މަޖާވެސް ވާނެއެވެ. އަހަރެންގެ ކުލާސް ރައްޓެހިންގެ ތެރެއިން މިއަދާއި ހަމަޔަށް ބަދަލު ނުވެ ހުރި ހަމައެކަނި މީހަކީ […]
” މެޗުން މޮޅުވީނު. ބުނި ކޮންމެ ކަމެއް ކޮށްދޭގޮތަށްތަ އަދިވެސް ތި އިނީ؟” މިޝްކާގެ ކައިރިޔަށްގޮސް، ކަންފަތް ދޮށުގައި ސިއްރުން ބުނެލީމެވެ. ” އޭ.ކީކޭ؟” ދެލޯ ބޮޑުކޮށްލަމުން މިޝްކާ ބުނެލިއެވެ. ” ސުވާލެއްނު މިކުރީ؟ ކޮބާ ޖަވާބު؟” އަހަރެން އަނހާލީމެވެ. ” އެބަ ވިސްނަން. ފަހުން ޖަވާބެއް ދޭނަން؟” އެހެން ބުނުމަށްފަހު މިޝްކާ އެތަނުން ދުރަށް ހިނގައިގަތެވެ. މެޗު ނިންމާފައި ޓީމު ހުރިހާ ކުދިން ދިޔައީ ހަވީރު ސައިބޯށެވެ. ސައި ބޮއެ ނިމިގެން އެންމެން ދިޔައީ […]
އަމާޒު ރިހުން އެކުލެވިފައިވީ ނަމަވެސް، ލޯތްބަކީ ފޮނި އެއްޗެކެވެ. އަހަންނަށް އެނގެއެވެ. އެކަން އިޙްޞާޞްކުރެވެއެވެ. ތެދެކެވެ. މަދު ބަޔަކަށް މެނުވީ ފުރަތަމަ ލޯތްބެއް ނުލިބޭނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ބަދު ނަޞީބުކަމުން ބާވައެވެ؟ ނުވަތަ ހަމަ ތަޤްދީރުގައި އެގޮތަށް ހަމަޖެހިފައި އޮތުމުން ބާވައެވެ؟ އަހަންނަކީވެސް އެފަދަ މީހެކެވެ. ފުރަތަމަ ލޯބީގެ އުފަލުން މަޙްރޫމްވެފައިވާ މީހެކެވެ. އެންމެ ލޯބިވާ މީހާ ނުލިބުނު މީހުންގެ ލިސްޓަށް އަހަރެންގެ ނަންވެސް އެރީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހިތަށް އަރައެވެ. އަހަންނަށް […]
DEDICATED TO ONE & ONLY MISHKAA = އަމާޒް= އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަންހެން ކުއްޖަކަށްޓަކައި އަހަންނާއި ޢުމުރަށް ގުޅުން ކަންޑަންވީ އެހެން ނޫންނަމަ، ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އަހަރެން އެންމެ ބިރު ގަންނަނީވެސް އެފަދަ މީހުން ދެކެއެވެ. މާތެދުވެރި ވަފާތެރިންގެ މޫނުމަތި އަޅައިގެން އައިސް، ދެން ތިބި މީހުންގެ ބޮލަށް ސަވާރުވެ، އެމީހުންގެ ދިރިއުޅުމުގައި ކަތުރުފަނި އަޅުވާ މީހުންނެވެ. އެކަމަކު އަދިވެސް އަހަންނަކަށް ނުވިސްނެއެވެ. ” މިޝްކާ!” ފޮޓޯގަނޑުގައި މަޑުމަޑުން ފިރުމާލަމުން […]
އަމާޒް (ޢާޒިފް) ” ހުކުމް ތަންފީޒު ކުރަން ހުރަގެއަށް ގެންދޭ! ” ރަސްގެ ފާނު އަމުރު އިއްވިއެވެ. ” އޭ ނެތްތަ ރަށު ބަންދަށް ބަދަލު ކުރެވޭކަށް.” ބަކުރުބެ ބުނެލިއެވެ. ” ރަށު ބަންދަކަށް ނޫން. ލަންޑަން ހުރަގެއަށް ބަދަލުކޮށްލާނީ މާ ކަންތައް ބޮޑު ކުރަނިއްޔާ.” ހިބަރެއް އައިސް ތުންގަނޑުން ބަކުރުބެގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. ” އަސްލުވެސްތަ ހަމަ ލަންޑަނަށްތަ އަހަރެން ތި ފޮނުވަނީ؟” ބަކުރުބެއަކީ އަނގަގަދަ މީހެކެވެ. ” ރީތި ކޮށް މިފަހަރު ލަންޑަން […]
(އަމާޒް) ޢާޒިފް ” އައި ލަވް ޔޫ ޢާޒިމް. އައި ރިއަލީ ލަވްޔޫ.” އަހަރެންގެ އަތުގައި ހިފާ އަތްޖޯޑުކޮށްލަމުން، ޝާނާ އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ” އަސްލުވެސްތަ ހަމަ؟” އަހަރެން ބޭނުންވީ ޔަޤީންކަމެވެ. އަހަރެންގެ ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ. ޝާނާ އަވަހަށް ފޯން ނަގާ ބިޒީކޮށްލިއެވެ. އަހަރެން އަޅައެއް ނުލަމެވެ. އަނެއްކާވެސް ޝިފާ ގުޅަންފެށިއެވެ. ޝާނާ ފޯނަށް ބަލަން ހުރެފައިނ ފޯން ނިއްވާލިއެވެ. ” ކީއްތަ ތިކުރީ؟” އަހަރެން ކުއްލިއަކަށް އަނހާލީމެވެ. ” […]
= އަމާޒް = (ޢާޒިފް) ގެއަށް އައިގޮތަށް އަހަރެން ވަނީ ކޮޓަރިއަށެވެ. އަތަށް ލެވުނުހާ ބާރެއް ލުމަށްފަހު ދޮރު ލައްޕާލީމެވެ. ދޮރު ޖެހުނުލެއް ބާރުކަމުން އިވުނު އަޑުން އަހަރެން ސިއްސައިގެނެއް ނުދިޔައެވެ. ދެން ވީ އެންމެ އަވަހަކަށް ތަޅުލީމެވެ. އެނދުމައްޗަށް ވެއްޓިގަތީމެވެ. ބާލީހުގައި ބައްދައިގެންއޮވެ އަހަރެން ދެން ފެށީ ރޯށެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ބާލީހުގެ ތެރެއަށް ފޭދެމުން ދިޔައެވެ. އަހަރެން ބޭނުންވަނީ ރޯށެވެ. ލޮލުން ކަރުނަ ހިކެންދެނެވެ. އިތުރަށް ދެން ދުވަހަކުވެސް ރޯން ނުޖެހޭވަރަށެވެ. […]
“ޢާޒިމް. ޢާޒިމް. ޢާޒިމް.” ޝާނާ ތަންކޮޅެއް ބާރަށް ގޮވާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން މަޑުމަޑުން ޝާނާއާއި ދިމާލަށް ހިނގައިގަތީމެވެ. ގޮސް ޝާނާގެ ކުރިމަތީގައި ހުއްޓީލީމެވެ. ދެން އަހަރެން މަޑުމަޑުން ޝާނާއަށް ބަލާލީމެވެ. ޝާނާ ހިނިތުން ވެލިއެވެ، އަހަރެންވެސް ކުޑަކޮށް ހިނިތުންވެލީމެވެ. ” ދެން އިށީންނަންވީނު.” ޝާނާގެ ހޭންޑް ބޭގް ނަގާ އެއްފަރާތްކޮށްލަމުން އަހަންނަށް އިށީންނާނެތަން އަހަންނަށް ދެއްކިއެވެ. އަހަރެން ޝާނާގެ ގާތުގައި އިށީނީމެވެ. ޝާނާ މަޑުމަޑުން ކެއުމަށް އިންސާފްކުރަމުން ގެންދިޔައެވެ. ކުޑަކުއްޖާ މަޑުމަޑުން އައިސްކުރީމް ބޮމުން ގެންދިޔައެވެ. ” ކޮން ކުއްޖެއްތަ މީ؟” އަހަރެން މަޑުމަޑުން ސުވާލުކޮށްލީމެވެ. ” މީ އަހަރެންގެ ލޯބި ދަރިފުޅު. ލޯބިތަ އޭނަ.” ޝާނާ ހެމުން ސަމާސާކޮށްލިއެވެ. ” ވަރަށް ލޯބި.” އެކުއްޖާގެ ކޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. ” މީ ހަމަ އަސްލުވެސްތަ ޝާނާގެ ކުއްޖެއްތަ؟ ހާދަ ހީނުވޭއެކަމަކު.” އަހަރެން ސީރިއަސް ރާގެއްގައި ސުވާލުކޮށްލީމެވެ. ” ކީއްތަވީ؟ އަހަންނަށް ވިއްޔާ ކުއްޖަކު ނުލިބޭނީތަ؟” ޝާނާ ޖަވާބުދިނެވެ. ” ނޫނޭ އެހެނެއްނޫން. އެކަމަކު ތިހާ ޅަ ޢަމުރުގަ މިޒަމާނުގަ ދަރިން ހޯދާތަ މިރާއްޖޭގެ އަންހެން ކުދިން. އަދި ޚާއްޞަކޮށް ތިހާ ރީތި އަންހެން ކުދިން.” ޝާނާ އާއި ދިމާލަށް ފުންކޮށް ބަލާލަމުން އަހަރެން ބުނީމެވެ. ” އަސްލު ޅަ ޢުމުރުގަ ދަރިން ހޯދީމަ އެކަމުގެ ފައިދާ ކުރާނެ ފަހުން. އައި ތިންކު މޯ އެޑްވާންސް ދޭން އަދަރ ޕީޕަލް.” ޝާނާ ބުނީވެސް ދޮގެއް ނޫނެވެ. ” ތީ ތެދެއް. ދެން ދޮގު ނަހަދާ ބުނެބަލަ. ހަމަ އަސްލުވެސް މީ ޝާނާގެ ކުއްޖެއްތަ؟” އަހަރެން ކުރު ނުކޮށް އަނެއްކާ ސުވާލުކުރީމެވެ. ” ނޫނޭ. މީ އަހަރެންގެ ދައްތަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު. ދައްތަ ބުނީމަ މީނަ ސުކޫލުން ގެއަށް ގެންދަން މިއައީ. ބައެއް ފަހަރު ވާނެ ދޯ ތިމާގެ މީހުން ބުނާ ކަންތައްތައް ކޮށްދޭންވެސް. މީ ދެން ޢާއްމު ކަމެއްނޫން.” ޝާނާ ބުނެލިއެވެ. ” އޯކޭ. ދެން އަހަރެން ދަނީ.” ބިލް ހިފައިގެން އަހަރެން އެތަނުން ތެދުވީމެވެ. ” ވެއިޓް.” ޝާނާ ބުނެލިއެވެ. ” ކީއްކުރަން.” އަހަރެން އަނހާލީމެވެ. ” ތިބިލް ދައްކާނީ އަހަރެން.” އެހެން ބުނުމަށްފަހު އަހަރެންގެ އަތުން ޝާނާ ބިލް ޖަހައިގަތެވެ. ” އޯކޭ. ދެން ދަނީ.” އެހެން ބުނުމަށްފަހު އަހަރެން ޝެލްބީންއިން ނިކުތީމެވެ. އަހަރެން ގެއަށް އައިރު ހައެއް ޖަހަން ކައިރިވަނީއެވެ. އެހެންވެ އަވަސް އަވަހަށް އަހަރެން ދިޔައީ ފެންވެރުމަށްޓަކައި ފާޚާނާއާއި ދިމާލަށެވެ. ގޮސް ތަޅުގައި ހިފާލީމެވެ. ކަމަކު ދާކަށް ނެެތެވެ. ފާޚާނާގައި އުޅެނީ ސުހާއެވެ. ޒަހާ އިނީ މޭޒުކައިރީގައި ކިޔަވާށެވެ. ” ކޮން އިރަކު އޭނަ ވަނީ.” އަހަރެން ސުވާލުކޮށްލީމެވެ. ” މީގެ ފަނަރަ މިނިޓްކުރިން.” ޒަހާ މަޑުމަޑުން ބުނެލިއެވެ. ” ކޮން އިރަކުންތަ އޭނަ ނިކުންނާނީ؟” އަހަރެން އަނހާލީމެވެ. ” ތީ އެއްވެސް މީހަކަށް އެނގޭ އެއްޗެއްނޫން. ދެތިން ބާލިދީ ފެން ހުސްކޮށްފަ ނޫނީ އޭނަ ނުނިކުންނާނެ.” ޒަހާ ބުނީވެސް ދޮގެއް ނޫނެވެ. ” ދެން ނެތެއްނު ކުރާނެ ކަމެއް.” އަހަރެން ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބުނީމެވެެ. އަހަރެން ގޮސް ޓީވީ ހުޅުވާލުމަށްފަހު، މަޑުމަޑުން ސޯފާގައި ޖައްސާލީމެވެ. ދެން އެނޫން ގޮތެއް ނޯންނާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ސުހާ ނުކުތުމުން ނޫނީ އަހަންނަށް ފާޚާނާއަކަށް ނުވަދެވޭނެއެވެ. ވީމާ، ޝަކުވާނުކޮށް މަޑުން ހުރުމަށްވުރެ މޮޅުގޮތެއް ނޯންނާނެއެވެ. ޓީވީން ދައްކަނީ ކޮންވެސް ހިންދީ ޑްރާމާއެކެެވެ. އެއީ އެކަން ވާންޖެހޭނެގޮތެވެ. އަހަރެން ނޫން އެންމެން ބަލާނީ ހިންދީ ޗެނަލްތަކެވެ. ޚަބަރު ގަޑިއެއް އެެހެން ގަޑިއެއް ނޯންނާނެއެވެ. މިރާއްޖޭގައި ކިތަންމެ ބޮޑުކަމެއް ހިނގިޔަސް އަހަރުން ގޭގައި އުޅޭ ބަޔަކަށް އެއްޗެކޭވެސް ހީއެއް ނުވާނެވެ. އެކަމާއި ޝަކުވާކުރާނީ އަހަންނެވެ. އޭގަައި ބުރަދަނެއް ނުހުންނާއެވެ. އަހަރެންގެ ކޮޅަށް ކޯރަމް ހަމައެއް ނުވާނެވެ. ގިނަވާނީ އަންހެނުންނެވެ. އެމީހުންގެ ޙައްޤްތަަކަށް އިޙްތިރާމް ކުރަންޖެހޭނެ ނޫންހެއްޔެވެ؟ އިރުކޮޅެއް ފަހުން އަނެއްކާ ގޮސް ފާޚާނާ ދޮރުގައި ހިފާލީމެވެ. ހޯސްލާފައި އިސްކުރުން ފެން ފައިބާ އަޑުއިވެއެވެ. ދެން އިވެނީ ހިންދީ ބަހުން ލަވަކިޔާ އަޑެވެ. މީވެސް ކުޑަކަމެއް ނޫންތާއެވެ. ފެންވަރާ ނިމޭއިރު ސުހަ ދިހަ ވަރަކަށް ލަވަ ކިޔާ ނިންމާލާނެކަން ނޭނގެއެވެ. އަހަރެން ކުޑަކޮށް ރުޅި ގަދަވާން ފެށިއެވެ. އެހެންވެ ބާރަށް ދޮރުގައި ޓަކިޖެހީމެވެ. ދެން މިހާރު މާލަސްވަނީއެވެ. އިންސާނުން ފެންވަރަންވެސް ހައްދެއް އޮންނާނެނޫން ހެއްޔެވެ. ނަޞީބަކުން އިރުކޮޅަކުން ސުހާ ފާޚާނާއިން ނުކުތެވެ. ފެންވަރައިގެން ނުކުތް ތަނާހެން އިމާން ގުޅަން ފެށިއެވެ. އަހަރެން ހިތަށް އެރިއެވެ. ދެން އިތުރު ތާކަށް ދެވޭނީ ކުޑަކޮށް ހަމަޖެހިލައިގެންނެވެ. އެހެންވެ އެނދުގައި ޖައްސާލީމެވެ. މިހާ ބުރަކޮށް އުޅޭއިރު ކޮންމެވެސް ވަރަކަށް އަރާމްވެސް ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟ އަހަންނަށް ދިމާވެގެން މިއުޅޭނީވެސް ކުޑަކަމެއްނޫނެނެވެ. ފާޑެއްގެ ޝުދޫއެއްގެ ފަހަތުން ނުނެއްޓިގެން އުޅޭތާ މިހާރު ދެތިން އަހަރު ވަނީއެވެ. އަޅެ، އެނޫން އަންހެން ކުއްޖަކު ހަމަ ނެތީހެއްޔެވެ؟ މިޝުދޫ އަކާއި އަޅައިގަނެގެން ސަލާމަތްނުވެގެން އުޅެން މަމީ ކާކުހެއްޔެވެ؟ އެއަށްވުރެ މާ ރަނގަޅު ކުދިންވެސް ވާނެ ނޫންހެއްޔެވެ؟ ދިރިއުޅުމުގެ މިސްރާބް ބަދަލުކުރާކަށް ނުވޭ ބާވައޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެކަމަކު، ދެވަނަ ސިކުންތުގައި އަހަރެންގެ ޚިޔާލު ބަދަލުވެއެވެ. އެކަން އެހެން ވާން އެޖެހެނީ ކީއްވެގެން ހެއްޔެވެ؟މީހުން ބުނަނީވެސް ތެދެކެވެ. ކޮންމެވެސް މިސްރާބެއް މަންޒިލެއް ޙަޔާތުގައި އޮންނަންވާނެއެވެ. ނޫނީ، ތިމާގެ މަންޒިލާއި މަޤްޞަދާއި ދުރަށް އިންސާނާ ގެންދާނެއެވެ. ހިތަށް އެރިއެވެ. ކޮން ޝުދޫ އެއްހެއްޔެވެ؟ ޝުދޫގެ ނަން މުޅި ޢުމުރަށް ހިތުން ފުހެލަން ވީއެވެ. އެހެން ދިމާޔަކަށް ދިރިއުޅުމުގެ ނާގެ މިސްރާބް ބަދަލުކޮށްލަންވީއެވެ، އަހަންނަށްވެސް ކޮންމެވެސް މީހަކު ހުންނާނެ ނޫން ހެއްޔެވެ؟ އަހަރެންގެ އަންހެނުން ނަކީ ރީތިކަމުން ފަތްމިންޏަކަށް ވާކަށް ނުޖެހޭނެއެެވެ. އަހަރެންގެ އަންހެނުންގެ އަޑުގައި ޝުދޫގެ އަޑުގައިވާ ރީތި މަސްތީ ރާގެއް ހުންނާކަށް ނުޖެހޭނެއެވެ. އަހަންނަށް ކަމޭހިތާ މީހަކަށް ވީމަ ނިމުނީ ނޫންހެއްޔެވެ؟ ތިބުނީ ބުރަސޫރަ ރީތި އަންހެނުންނާއި އިނދެގެން އުޅޭ ފިރިހެނުން ތަޙައްމަލު ކުރާ ހިތްދަތި ޙަޔާތް އަހަަރެންގެ ލޮލުން ދެކެފީމެވެ. އަންހެނުންގެ ފަރާތުން އެމީހުންނަށް ލިބޭ އަނިޔާގެ އަޑު އަހަރެންވެސް އެހީމެވެ. އެކި ޚިޔާލުގައި އޮތްވާ އަހަންނަށް ނިދުނީ ކޮން އިރަކުކަން ޚުދު އަހަންނަށްވެސް ނޭނގެއެވެ. އަހަންނަށް ހޭލެވުނީ ދެތިން ފަހަރަކު ފޯން ރިންގްވާން ފެށި ފަހުންނެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއް ޖަހަން ކައިރިވަނީއެވެ. ” ހިނގާ ކާން ދާން؟” ފޯނު ނެގުމުން ޝާނާ ބުނެލިއެވެ. ” އޯކޭ. ކޮންތާކަށް ދާންވީ.؟” އަހަރެން ބުނީމެވެ. ” ކުޑަ އިރުކޮޅަކުން މިދަނީ.” އަހަރެން ބުނީމެވެ. ކުޑަކޮށް ފްރެޝް ވެލައިގެން އަހަރެން ދިޔައީ ޝާނާގެ ގޭ ކައިރިއަށެވެ. ގޮސް ގުޅާލި ތަނާހެން ޝާނާ ނިކުމެގެން އައެވެ. ޝާނާ އައިސް ސައިކަލްގެ ފަހަތަށް އެރިއެވެ. އަހަރެން މަޑުމަޑުން ދުއްވާލީމެވެ. ޝާނާ ޖަހައިގެން އިނީ ވަރަށް މަޑުމަޑު މީރުވަހެއް ދުވާ ސެންޓެކެވެ. އޭގެ ނަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝާނާއަކީ ސާފްތާހިރުކަމަށް ލޯބިކުރާ ކުއްޖެއްކަމެވެ. ފެނުނު ދެތިން ފަހަރަކުވެސް އަހަންނަށް އެކަން ފާހަގަވިއެވެެ. އެކަމަކު، މިޝާނާ އަހަންނަށް މިވަރަކުން ކާންދޭން މިއުޅެނީ ހިތުގައި ކޮން އެއްޗެއް ބާއްވައިގެންބާވައެވެ؟ ފެންނަ ފެނުނަމަށް ޝާނާ އަކީ ވަރަށް ފޯރާ ޢާއިލާގެ އަންހެން ކުއްޖެކެވެ. އަހަރެން ނޫން ކިތައްމެ ފިރިހެނެއްގެ ލޯ ޝާނާ އަށް އަމާޒްވާނެކަން ޔަޤީނެވެ. އެކަމު، ޝާނާގެ ހިތުގައި އަހަންނަށްވަނީ ކޮން އެއްޗެއް ބާވައޭ ހިތަށް އެރިއެވެ. ” ކުޑަކޮށް ސައިކަލް ދުއްވާލާފަދޯ ދާނީ؟” ޝާނާ ބުނެލިއެވެ. ” އޯކޭ. ކޮންތާކަށްތަ ދާންވީ؟” އަހަރެން ބުނީމެވެ. ” އޯކޭވާނެތަ ޝެލްބީން؟” ޝާނާ އަނހާލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. ދިހަ ވަރަކަށް މިނިޓް ސައިކަލް ދުއްވާލުމަށްފަހު އަހަރެމެން ދިޔައީ ޝެލްބީން އަށެވެ. ” އަހަންތަ ވާޙަކައެއް؟” އޯޑަރ ދީ ނިމުމުން ޝާނާ ވާހަކަ ދައްކަން ފެށިއެވެ. ” އޯކޭ.” އަހަރެން ކުރު ޖުމްލައަކުން ޖަވާބު ދިނީމެވެ. […]
އެހެން އަންހެން ކުދިން ގޮވައިގެން ރެސްޓޯރަންޓްގަ މަޖާކުރަނީ. އެހެން އަންހެން ކުދިން ގޮވައިގެން ދަންވަރު މުޅި މާލެ ކުޑަކޮށް ސައިކަލް ދުއްވަނީ. އެކަމަކު މަމީ ޢާޒިމްގެ ޕްރިންސަސް. މަދެކެޔޯ ޢާޒިމް އެންމެ ލޯބިވަނީ. ހަވްކުޑް އައި ބިލީވް ޔޫ.” އަހަރެން ފޯން ނުނެގުމުން ޝުދޫ ފޮނުވާލި މެސެޖްގައިވަނީ އެހެންނެވެ. ” ޝުދޫދޯ.” އިމާން އަނހާލިއެވެ. ” ރަނގަޅަށް ތިބުނީ” އަހަރެން އަވަހަށް ބުނީމެވެ. ” ތީ ވާ އަންހެނެއްދޯ.” ހެމުން ހެމުން އިމާން ބުނެލިއެވެ. ” […]