Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ*******(11)ވަނަބައި

DESTINY2020 Level 210 Stories
July 31, 2015 4 Mins Read
47 Comments

” ތިނޫން މަލެއް މިޤައުމުން އަހަންނަށް ދައްކަބަލަ. ކޮބާތަ ޝުދޫގެ ޙަޤީޤަތަކީ. އިނގޭތަ ޢާޒިމްއަށް ޝުދޫއެއީ ކާކުކަން؟ ކިހިނެއް އުޅޭ ކުއްޖެއްކަން؟ ތިބުނާ މައުޞޫމް، ފަސްބައިގައި ކިލަނބުކަމެއްނެތް އަންހެން ކުއްޖަކު މިރާއްޖޭން ލިބޭނެބާ؟ ހަމަގައިމުވެސް އަހަންނަކަށް ނުވި އެކަމެއް. އިޖުތިމާޢީ ފޭރާން ބަލިކަށިވެ، ޙަޔާތްކެނޑެމުންދާ ތަނެއްގައި ބޮޑުވާނެތަ ޢިއްފަތްތެރި އަންހެންކުދިން. ނޫނޭ. ދެއިނގިން ގުނާލެވޭހާ މަދުވާނެ އެކުދިން. އެކަމު، އެކުދިންނާއި ފަސޭހަކޮށް ދިމާވާނެބާ؟ މީހިތާމަ ހުރިކަމެއް!” އިމާން ބުނީ ވަރަށް ބޮޑު ތެދެކެވެ.

” ތީ ވަރަށް ބޮޑު ޙަޤީޤަތެއް. އެކަމު، ތިކަމާއި ވިސްނަނީ ކާކުބާ؟ އަހަންނާއި އިމާން އާއި ދޯ؟” އަހަރެން ބުނީމެވެ.

އިރުކޮޅަކުން އިމާންއަށް ފޯނެއް އައެވެ. އިމާން ފޯން ވާހަކަ ދައްކަމުން ގެންދާތީ، އަހަރެން ހުރީ މަޑުމަޑުންނެވެ. ހީވާގޮތުން އިމާން ވާހަކަ ދައްކަނީ އޭނަ އެންމެ ފަހުން ރައްޓެހި ސްކޫލެއްގައި އުޅޭ އަންހެން ކުއްޖަކާއިއެވެ. އެއީ ވަރަށް މައުޞޫމް، ނިކަމެތި ކުއްޖެއްކަމަށް ކުރިން އިމާން އަހަރެންގެ ގާތުގައި ބުނެފައިވެއެވެ. އަހަންނަކަށް ނޭނގެއެވެ. އިމާން ރައްޓެހި އަންހެން ކުދިންގެ ތެރެއިން މިހާތަނަށް އަހަންނަށް ފެނުނީ ޝިފާއެވެ. އެވެސް، އިމާންގެ ކާމިޔާބުކަން އަހަންނަށް ދެއްކުމަށް ކުރި ކަމެއްހެން ވަރަށް ހީވެއެވެ. މައްސަލައެއް ނޫންތާއެވެ. ގިނަ ބިޓުންވާ މީހުން އިޝްތިހާރުވެސް ކުރަންވީ ތޯއްޗެކެވެ. ދެރައީ ތެދުވެރިން މަދީމައެވެ. އިޙްލާޞްތެރިކަމެއް ގިނަ މީހުންގެ ގައިގައި ނެތީމައެވެ. ތެދުވެރި ވަފާތެރި ލޯބިވެރިންނާއި ކެހިވެރިން އޮޅުން ފިލުވަން ފަސޭހަ ނުވީމައެވެ.

އިމާންގެ ފޯންކޯލް ހީކުރިވަރަށްވުރެ ދިގުވުމުން އަހަރެންވެސް ފޯން ނަގާ ޝިފާއަށް ގުޅާލީމެވެ. އަހަރެން ފުރަތަމަ ގުޅުމުން ޝިފާ ފޯން ބިޒީކޮށްލިއެވެ. ދެވަނަ ފަހަރަށް ގުޅުމުގެ ބަދަލުގައި އަހަރެން ފޮނުވީ މެސެޖެކެވެ. ޝީފާ ބިޒީ ނޫންނަމަ، ވާހަކަ ދައްކާލަން ބޭނުންކަމަށް ލިޔެފައެވެ. ޝިފާގެ ރިޕްލައި އަހަންނަށް ލިބުނީ ދެމިނިޓް ފަހުންނެވެ. ރިޕްލައި ލިބުމުން އަހަރެން ޝިފާއަށް ގުޅީމެވެ.

” ބިޒީތަ ޝިފާ؟” އަހަރެން ފުރަތަމަވެސް ބުނީ އެހެންނެވެ.

” ނޫނޭ. ބިޒީއެއްނޫން.” ޝިފާ މަޑުމަޑުން ބުނެލިއެވެ.

” އަންނަންވީނު ކާން؟” އަހަރެން ބޭނުންވީ ޝިފާއާއި ދިމާކޮށްގެން ވާހަކަ ދައްކާށެވެ.

” ކޮންތާކަށްތަ ދާންވީ؟” ޝިފާ ސުވާލުކޮށްލިއެވެ.

” އަހަންނާއި އިމާންއާއި މިތިބީ ވެސްޓް ޕާރކްގަ. މިތަނަށް އަންނަންވީނު.” އަހަރެން މަޑުމަޑުން ބުނީމެވެ.

” އަހަރެން މިއުޅެނީ ހިނގާފަ. ދެން ކިހިނެއްތަ ދާނީ؟” ޝިފާ ހެމުން ބުނެލިއެވެ.

” އަހަރެން މިދަނީ ބަލާ.” ޝިފާގެ ގެ ހުންނަ ތަން ޝިފާ ކުރިން ބުނެފައިވާތީ އަހަރެންބުނީމެވެ.

” މިރެއަކު ނޫންދޯ ކާންދާނީ. އޯކޭތަ؟” ޝިފާ އެހެން ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ.

” އަހަރެން ހީކުރީ މިރޭ އަހަންނަށް ފަނަރަ މިނިޓް ނަމަވެސް، ޝިފާ ދޭނެކަމަށް. އެކަމަކު އެހެނެއް ނުވިދޯ.” މަޑުމޮޅިކަން އެކުލެވިގެންވާ ރާގެއްގައި އަހަރެން ބުނީމެވެ.

” ޢާޒިމް. ހާދަ ދެރަވެފަ ތިހެން ތިބުނީ. ޢާޒިމް ދެރަވީމަ ޝިފާވެސް ދެރަވާނެ. ދެން އާދެ މިގޭ ކައިރިއަށް. އަހަރެން އިންނާނަން ޢާޒިމް އަންނަން ދެން ތިރީގައި.” ޝިފާ ބުނެލިއެވެ.

އަހަރެން ފޯން ކަނޑާލީމެވެ. ދެން އިމާންގެ ގާތުގައި ވެސްޓް ޕާރކްގައި މަޑުކުރަން ބުނެފައި ޝިފާ ބަލާ، އޭނަގެ ގެއާއި ދިމާލަށް ސައިކަލްގެ މިސްރާބް ބެހެއްޓީމެވެ. ހިތަށް އެރިއެވެ. މިކަން އަނެއްކާ ދާނީ ރަނގަޅަށް ބާވައެވެ؟ޝުދޫގެ ޢަމަލްތައް ހުންނަ ގޮތުން މިހާރު އެއްވެސް އަންހެން ކުއްޖަކަށް އިތުބާރު ކުރުމަކީ ކުރެވޭނެ ކަމެއް ހެނެއް ހީއެއްނުވެއެވެ. މީވެސް ކަމެއްތާދޯއެވެ.

އަހަރެން ގޮސް ސައިކަލް މަޑުކޮށްލީ ޝިފާގެ ކުރިމަތީގައެވެ. ސައިކަލް މަޑުކޮށްލުމުން ސުވާލެއްވެސް ނެތި ޝީފާ އަހަރެންގެ ސައިކަލްގެ ފަހަތަށް އެރިއެވެ. ސައިކަލް ކުޑަތަންކޮޅަކަށް ދުއްވާލިތަނާހެން އަހަރެންގެ ފޯން ރިންގްވާން ފެށިއެވެ. ފޯނަށް ޖަވާބެއް ނުދެމެވެ. މީވެސް ދެން ބޮޑުކަމެކެވެ. ފޯންކުރާ މީހަކަށް ފޯން ކުރަންވެސް މިއިނގެނީ އަހަރެން ސައިކަލްމަތީގައި ހުންނަ ވަގުތުގައެވެ. ކޮންމެ މީހަކަށް ވިޔަސް ފޯނެއް ނުނަގާނަމެވެ. ފަހުން ގުޅާނީއެވެ.

އަހަންނާއި ޝިފާ އާއި މަޑުމަޑުން ސައިކަލް ދުއްވަމުން ގޮސް މަޑުކުރަންޖެހުނީ ޗާންދަނީމަގު ހަތަރު އަނގޮޅީ ލައިޓަށެވެ. އަހަރެން ސައިޑް ބިއްލޫރު ގަނޑުން ޝިފާގެ މޫނަށް ބަލާލީމެވެ. ވަރަށް ފުރިހަމައެވެ. ރީއްޗެވެ. ރޭގަނޑުގެ ވަގުތެއް ކަމުން ލައިޓްގައި އެތައް ސައިކަލެއް މަޑުކޮށްގެން ތިއްބެވެ. ކުއްލިއަކަށް އަހަރެންގެ ކަނާތް ފަރާތުގެ ސައިކަލްގައި އިން ފިރިހެން ކުއްޖާ ޝިފާގެ މޫނަށް ބަލާ ހިނިތުން ވެލިއެވެ. ޝިފާ އޭނަ ދަންނަކަމަށްވެސް ނެހެދިއެވެ. އެކަމަކު، ފިރިހެން ކުއްޖާ ޝިފާއަށް ބަލާލިގޮތުން ހީވަނީ، އެދެ މީހުންނަކީ ދެކެ ފަރިތަ ދެމީހުން ހެންނެވެ.

” އޯ.ކޭ ޝިފާ. ޝިފާއަކަށް ނޭގުނުދޯ. ހެޔޮ ނޭނގުނަސް. އެކަމަކު މަ ވަރަށް ރަނގަޅަށް ދަންނަން ޝިފާ.” ޝިފާ އަނގައިން ނުބުނުމުން އެ ފިރިހެން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

” ތިއުޅެނީ ރީތި އަންހެން ކުއްޖަކު ފެންނައިރަށް މޮޔަވެގެން. އަހަރެން ދުވަހަކުވެސް ދަންނަ މީހެއްނޫންތީ.” ޝިފާ ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ.

” ހެޔޮ ދުވަހަކު ނުދަތަސް. ދެން ރަނގަޅީވެސް ނޭގުނިއްޔާ…. އެކަމަކު ތި ޝިފާވެސް އޮންނާނީ ތަ………….” އެ ފިރިހެން ކުއްޖާ އެހެން ބުނުމުން އަހަންނަށް ވީ ގޮތްވެސް ނޭނގުނެވެ.

އެކުއްޖާ އެހެން ބުނުމުން ޝިފާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަހަރެންވެސް އެއްޗެކޭ ނުބުނަމެވެ. އަހަންނަކަށް ނުވެސް ބުނެވޭނެތާއެވެ. ބުނެވޭ އެއްޗަކުން އަހަރެންގެ ގަޔަށް ބޮލަށްވެސް އެބަޔަކު އަރާފާނެތާއެވެ. މިހާރުގެ ކަންތައްތައް ހުންނަނީ އެހެންނެވެ. އެހެންވެ، ނުބެހޭކަމެއްކަމަށް ހަދާފައި އަހަރެން އިނީ މަޑުންނެވެ. ޝިފާވެސް ވަރަށް މަޑުން ސައިކަލްގެ ފަހަތުގައި އިނެވެ.

މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޓްރެފިކް ލައިޓް ޖެހުނެވެ. އަހަރެން މަޑުމަޑުން ސައިކަލް ދުއްވާލީމެވެ. އެކަމު، ހިތުގައިވަނީ އެ ފިރިހެން ކުއްޖާ ޝިފާއާއި ދިމާލަށް ބުނި ޖުމްލައެވެ. ވެސްޓް ޕާރކާއި ހަމައަށް ދެވެންދެން އަހަރެން ހުރީ ބުދެއްހެން ހަމަހިމޭނުންނެވެ.

” މިއޮތް ހުރިހާ އިރު ކީއްވެތަ އަނގައިން ނުބެނި ތިއިނީ؟” ވެސްޓް ޕާރކް ތެރެއަށް ވަންނަމުން ޝިފާ އަނހާލިއެވެ.

” ސައިކަލް ދުއްވާއިރު، ވާހަކަ ދައްކާކަށް ނުވާނެ. އޭރުން އެކްސިޑެންޓްވާނެ.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ދިރިއުޅުމުގައި ގިނައިން ދިމާވާނީ އެކްސިޑެންޓް. އެކަމު، ބޯހުރިއްޔާ އެކަމުން ސަލާމަތްވާން އިންސާނާޔަށް އިނގޭނެދޯ.” ޝިފާ މަޑުމަޑުން ބުނެލިއެވެ.

” ރަނގަޅަށް ތިބުނީ؟” މަޑުމަޑުން އަހަރެން ބުނީމެވެ.

އަހަންނާއި ޝިފާ އައިސް އިމާން އިން މޭޒުގައި ޖައްސާލީމެވެ. އޭރުވެސް އިމާން އިނީ ފޯންގައެވެ. އަހަރެން ދިޔައިރުވެސް ފޯނުގައެވެ. އައިރުވެސް ފޯނުގައެވެ. އިމާން ކުޅަދާނައެވެ. ވާހަކަ ދައްކާ ދައްކާ، އޭނަ އަނގަ ވާޅުނުވާކަންވެސް ނަޞީބެކެވެ.

” ޝިފާ ކޯއްޗެއްތަ ކާނީ؟” ޝިފާ ގޮނޑީގައި ހަމަޖެހިލުމުން އަހަރެން ބުނީމެވެ.

” ޢާޒިމް ބޭނުން އެއްޗެއް ބުނޭ.” ޝިފާ މަޑުމަޑުން ބުނެލިއެވެ.

” ހޭއި. ހަވު ޝިފާ؟” އިމާން ފޯން ބާއްވަމުން ބުނެލިއެވެ.

” ދެން އޯ.ކޭ.” ޝިފާ އިނީ ވަރަށް މަޑުންނެވެ. ހީވަނީ ކުރިން ދިމާވި ކަމަކުން ހިތް ނުތަނަވަސްވީހެނެވެ.

” ދެން ހަމަ ގެންނަންވީތަ އަހަރެން ބޭނުން އެއްޗެއް؟” އަހަރެން ދެވަނަ ފަހަރަށް އަނހާލީމެވެ.

” ނޫނޭ. މިރޭ ނެތް ކާހިތެއް. މޫޑް އޮފް ވެއްޖެ.” ޝިފާގެ މޫނުމަތިންވެސް އެކަން އަހަންނަށް ފާޅުވިއެވެ.

” އޯ. ތިހެން ނުހަދާ. އޭރުން ޢާޒިމޯ. އޭނަ ކިހާ ދެރަވާނެ ޝިފާ ތިހެން ހެދީމަ.” އިމާން ހެމުން ބުނެލިއެވެ.

” އަހަންނަށް ގެނޭ ފްރެޝް އޮރެންޖް ޖޫސްތައްޓެއް. ދެން ކްލަބް ސޭންޑްވިޗެއް. އެވަރުން އޯކޭވާނެ.” ތަންކޮޅެއް ދުރަށް ބަލާލަމުން ޝިފާ ބުނެލިއެވެ.

ޝިފާ އެހެން ބުނުމުން އަހަރެން ވޭޓަރަށް ހަނާ އަޅާލީމެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވޭޓަރ އަހަރެމެންގެ ކައިރިއަށް އައެވެ. އައުމުން އަހަރެން ޝިފާގެ އޯޑަރު ދިނީމެވެ. އޭރުވެސް ޝިފާ އިނީ ވަރަށް މަޑުންނެވެ. ހީވަނީ ލަދުން އިން ހެނެވެ. އަހަރެން ފުންކޮށް ޝިފާއާއި ދިމާލަށް ބަލާލީމެވެ. ޝިފާ އިނީ މަޑުމޮޅިވެފައެވެ. ހީވަނީ ސިއްރުތަކެއް ފަޅާއަރަން އުޅޭތީ، އެކަމާއި ބިރުން އުޅޭހެންނެވެ. އަހަރެން ވިސްނަނީ އެކަމާ މެދުގައެއް ނޫނެވެ. ރީތި އަންހެން ކުދިންގެ މިހާރު ދެން ހަމަ އަގެއްވެސް ނެތީހެއްޔެވެ؟

” ޢާޒިމް. ހާދަ ފުންކޮށް ތިވިސްނަނީ؟ ޝުދޫ ގުޅީތަ އަނެއްކާ؟” އަހަރެން މަޑުން އިނުމުން އިމާންއަށް ކަމަކު ނުދިޔައެވެ.

” ނޫނޭ. އިވޭ އަޑުތަކުންނާއި ފެންނަ މަންޒަރާއި ދޭތެރޭ މިވިސްނަނީ؟” އަހަރެން ބުނީމެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ނާމާނޭ…11

Next

ހަދިޔާ

Next
August 1, 2015

ހަދިޔާ

Previews
July 31, 2015

ނާމާނޭ…11

47 Comments!

  1. kayaani says:
    July 31, 2015 at 11:29 pm

    mee amaaz ge luv story tha vrh heevey.. or is this a true story. hope to get an answer

  2. kayaani says:
    July 31, 2015 at 11:30 pm

    so this is a true love story of yours right

  3. xaaxaa says:
    August 1, 2015 at 12:19 am

    Hey can u do me a favor plx. Tommorow can you please upload two prtx please please please story Warah Warah obi ingeyyy I think something horrible is going on in this story. Now also I can’t wait to ryd the lovely story. Wish you will make my dream true and only u can do it so bie tc swyt drymx ummmmmmmwahhhh

  4. Hudhu says:
    August 1, 2015 at 12:21 am

    Alheyyyyy. I think shudhoo n shifa ge kommes connection eh ovey kanneynge. Waiting for next part. And thanks for uploading so soon

  5. Amaana says:
    August 1, 2015 at 12:27 am

    Mi baives v v v. V. V v reethi… Waiting 4 next part..?

  6. raya says:
    August 1, 2015 at 6:47 am

    Foni amaaaz ?

    1. stranger says:
      August 1, 2015 at 2:56 pm

      Whats wrong with you raya

  7. Sweet says:
    August 1, 2015 at 9:29 am

    Varah hadi….. Beykaaru vaahaka maa Gina….

  8. areeesh says:
    August 1, 2015 at 2:16 pm

    mi story ah comment nukobbala kudhin… dhen maa foni bodu vegen ulheyy golaeh… lol

    1. sumone says:
      August 1, 2015 at 2:28 pm

      dhn thihen viyyaa hureba thikuhjaa comment nukoh…….. ehn kudhin comment kurias……..

  9. elyy says:
    August 1, 2015 at 2:18 pm

    Full of Bla Bla Bla…..

  10. Shabee says:
    August 1, 2015 at 3:35 pm

    Amaaz mifaharu bunedheyn jeheyne “shudhoo” akee amaaz ge GF dhw?? Anyways vaahaka v habeys

  11. emiliya says:
    August 1, 2015 at 4:10 pm

    Amaaz who’s story is this? Your right plx reply who’s this sudhoo Ur gf

    1. Shudhoo says:
      August 1, 2015 at 4:12 pm

      Noon emiliya. Eyna ulheny abadhu shudhoo fahathun. Eyna aa hedhi noolhen shudhoo eh

  12. Shudhoo says:
    August 1, 2015 at 4:11 pm

    Shudhoo noolhemey amaaz aa hedhi. Dhn komme hen nujehey dho vaahaka thah liyaakah meehunge attantion hoadhaa kah. Fenvarun ulhena. Abadhuvs shudhoo fahathun ulhuny theena.

  13. Shudhoo says:
    August 1, 2015 at 4:13 pm

    Huttaalaba mi kanthah amaaz. Move on. Its high time u shud stop running after me

  14. Shabee says:
    August 1, 2015 at 4:18 pm

    Shudhoo faharehga vedhaanehnun amaaz e dhahkanee u vaahaka noon kamahbex…ehmmr shudhoo ehnoonehnun ulheynee… amaaz e bunaa shudhoo akee u noon kamahbex vedhaanehnun…. n mithaa hama beynun nameh liyegen comment kureveyne dhw…so i cant trust anyone… 🙂

    1. Shudhoo says:
      August 1, 2015 at 4:25 pm

      Kaley ah keeh Shabee. Nubehey kanthakaa nubehiba. Mihaaru engijje dho emme shabee eh noon kan ulheynee ves. Ehnma gaddaa nuveu. Okay

  15. xaaxaa says:
    August 1, 2015 at 4:25 pm

    Dhuniyey ga ulheny enmme shudoo ehnooney shudhoo. Thyna noon as baiwaru shudhoo ulheyey. So maybe amaaz ge gf kanneyge shudoo aky. (Mibuny this shudoo ehnoon when shudhoo eh) 🙂

  16. Shabee says:
    August 1, 2015 at 4:30 pm

    Shudhoo komme ehcheh kiyas thedhu vaanee thedhah…. kithamme dhogeh hedhiyas ekan dhenevodigenvvaa faraatheh vey…ekan handhaan bahattaigen dhen ulhey…shabee nubunamehnun thi shudhoo akah nooney amaaz e dedicate kuraneekee…but vedhaanehnun ehen shudhoo akah kamahvex… ehen mibunee i dnt hav any hard for for u shudhoo… 😀

  17. Shabee says:
    August 1, 2015 at 4:31 pm

    Hard feelings for u ingey… kuda mistake eh 😛

  18. Shudhoo says:
    August 1, 2015 at 4:33 pm

    Hehe mihaaru engijje amaaz ah hiy kiyaigen ulheny shabee kan. Maybe he ll write a story in tha name of u. Pakaaaaas????

    1. Shabee says:
      August 1, 2015 at 4:36 pm

      Meehaku ehchekey bunaairah e gabool nukoh eaa vihdhaafa ehchihi bunaanee fenvaru olhigen ulhey meehun kan handhaan bahattaugen ulheythi… emme shudhoo eh noon ulheyneekee dhuniyeyga… ma noolhemey meehun nuvegeneh… ehen noonas amaaz akah hiy kiyaigeneh noolhey meehaku… shudhoo ehnun thi liyanee amaaz ulhemee shudhoo fahathunney… ehen v ma rangalhu vaanee hanu hureema… i stopped it…

  19. Shabee says:
    August 1, 2015 at 4:37 pm

    :-/

    1. Shudhoo says:
      August 1, 2015 at 4:42 pm

      Okay thi shabee ey fas fahathun thi beheny meehunnaa. Good that u stopped ?

  20. Shudhoo says:
    August 1, 2015 at 4:42 pm

    I’ll tell amaaz to dedicate a story to you. @shabee????

    1. Shabee says:
      August 1, 2015 at 4:46 pm

      Meehun v rulhi aruvaa hiyy vey dhw… i dnt need any story dedicated to me…UNDERSTOOD !!!

  21. Shabee says:
    August 1, 2015 at 4:43 pm

    Masheh nubehen… i really hope tht u’ll stop arguing ppl… 🙂 m sorry if u r disturbed by me…hope u’ll forgive me.. 🙂

  22. Shudhoo says:
    August 1, 2015 at 4:44 pm

    Ehnve eh nu iru iru kolhaa page refresh thi kollany. Meehunnah rahdhu dheyn vegen

    1. Shabee says:
      August 1, 2015 at 4:48 pm

      E aslu maa radhu dheefa gadda vaa meehunna shabee v lyk vey v hifaalaa hiyy vey…ehenve kudakohh hifaalee. .dhen shudhoo dhoo nukuraanekan inguneema huttaalee…. shanee v lyk vey gaada v grls aa… maa ladhu raki kudhinnaa ehaa lyk eh nuvey 😉 😛

    2. Shudhoo says:
      August 1, 2015 at 4:50 pm

      Okay cool ???

  23. Shabee says:
    August 1, 2015 at 4:49 pm

    Shanee ehnoon shabee ingey…ooops a spelling mistake again… 🙁

    1. Shudhoo says:
      August 1, 2015 at 4:51 pm

      ?☺

  24. Soafiyaa says:
    August 1, 2015 at 4:53 pm

    Shabee mee adhi kaakutha. Bayyeh shudhoo aa hedhi heybali vefa amaaz huhnany. Mashah ves ingey ekan. Hama e shudhooge vaahaka mulhinves

    1. Shabee says:
      August 1, 2015 at 4:54 pm

      Sofia aa vex v hifaalaa hiyy vejje…but i hav no time..i need to go…bi bi.. amaaz avahah up khdhehchey… 😀

  25. Shabee says:
    August 1, 2015 at 4:53 pm

    Heheh jst fun ingey shudhoo.. 😛

  26. Soafiyaa says:
    August 1, 2015 at 4:56 pm

    Shabee maa banbooo nuvebala dho. Thy emme ingeytha. Shabee dhera veetha amaaz shabee ah vaahaka nuliyaathy. Shabee aa hedhi nooolheythy

  27. Soafiyaa says:
    August 1, 2015 at 4:57 pm

    Shabee hifanyaa knmes ehn thaaku hifaa. Mashaa nuhifeyne.

  28. Faathun says:
    August 1, 2015 at 5:02 pm

    Aslu waahaka ehtha mee? Shudhoo eii aslu gf tha eynage?

  29. ewwww says:
    August 1, 2015 at 5:10 pm

    knme mnameh jahaigen ves e kakah thin namuga vaahaka dhehkidhaane.. mithaaga ehaa gamaaru meehuneh nuthibeyne kanneynge dw.. SHUDHOO SOAFIYAA

  30. Anonymous says:
    August 1, 2015 at 5:43 pm

    Miothy vaa kameh…. zuvaabu vx kuran fashaifi

  31. shudhoo says:
    August 1, 2015 at 6:25 pm

    amaax alhe dhedhah bune faanan tha , ? is shudhoo ur gf ?

  32. shudhoo says:
    August 1, 2015 at 6:27 pm

    aaxim is amaax dw

  33. shudhoo says:
    August 1, 2015 at 6:31 pm

    OMG , aaxim

  34. Amaaz says:
    August 1, 2015 at 7:14 pm

    Readers:::
    Next part of this story ll be published under a different writer name.
    Here comes an end to writing under AMAAZ IN ESFIYA.

    THANK YOU.

  35. me says:
    August 1, 2015 at 7:30 pm

    Shudhoo mi haadha aga gadha myhekey

  36. shudhoo 3 says:
    August 1, 2015 at 8:20 pm

    alhe mee xuvaab kuraa thanehtha noony story ah comment kuran onna thaneh tha ? olhihjje

Comments are closed.

Next Episodeޝުދޫ*******(12)ވަނަބައި←


All Right Reserved!