ކޮފީ ބުއިމަށްޓަކައި އަހަރެން ވަނީ ސްކިޕީ އަށެވެ. ގޮސް މޭޒުގައި ޖައްސާލީމެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ކުޑަ ތަންކޮޅެއް ދުރުގައިވާ މޭޒެއްގައި ހުރި މީހަކަށެވެ. އޭނާ އަހަންނަށް ބަލާލިއެވެ. ދެން ލުއި ހިނިތުންވުމެއް މޫނު މައްޗަށް ގެނުވިއެވެ. އަހަންނަށް އެއީ ކާކުކަން އިނގުނީ ދެނެވެ. އެއީ ޒަމާންވި ރައްޓެއްސެކެވެ. ފަހުދެވެ. މީގެ ފަސް އަހަރު ކުރިން ފެނުނު އިރުވެސް ފަހުދު ހުރީ ހަމަ އެހެންނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި މާބޮޑު ތަފާތެއް އޭނާއަށް އައިހެނެއް ހީއެއް […]
އަހަރެން މިވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ ބުނާނީ ކާކުގެ ގާތުގައި ހެއްޔެވެ؟ ލަފަޔަކަށް އެދޭނީވެސް ކޮން ފަރާތަކުން ހެއްޔެވެ؟ އޭރުން ބަދުނާމު ވާނީ ހަމައެކަނި އަހަންނެއް ނޫނެވެ. މުޅި ޢާއިލާއަށްވެސް ހުތުރު ނަން ލިބޭނެއެވެ. ނުވިތާކަށް އަހަރެންގެ ދިރިއުޅުން ބަރުބާދުވުންވެސް ވަރަށް ގާތް ވާނެއެވެ. އަނެއްކޮޅުން މިކަމުގެ ސަބަބުންވެސް މިލިބެނީ ވަކި ކުޑަ ވޭނެއްވެސްނޫނެވެ. މައްސަލައަކީ ބޮޑު މައްސަލައެކެވެ. ޙައްލު ހޯދަންވެސް މަޖުބޫރެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. މީހުންގެ މޫނު މަތީގައި އެމީހައަކީ ކޮންކަހަލަ މީހެއްކަން […]
ޒަރީރު ދިޔައީ ނޫސްތައް ހާވަމުންނެވެ. ޒަރީރު ބަލަމުން ގެންދިޔައީ ނޫހުގައި ޖަހާފައިވާ ހުސް ވަޒީފާތަކަށެވެ. ޒަރީރު އަށް ކަމުދާ ކަހަލަ އެއްވެސް ވަޒީފާއެއް ނެތެވެ. އެހެނެއްނޫނެވެ. ޒަރީރުގެ ސެޓްފިކެޓްގައި އެ ފެންވަރު ނެތީއެވެ. ރަނގަޅީ އެހެން ބުނިއްޔާއެވެ. ޒަރީރު ވެސް ޖީ.ސީ އޯ.ލެވެލް ހެދިއެވެ. ނަމަކަށް ހެދީޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަށް ހެކިދެނީ ޒަރީރު ހޯދި ސެޓްފިކެޓެވެ. ޒަރީރު ހެދީވެސް އެންމެ ތިން މާއްދާއެވެ. ފާސްވީ އެއް ނޫނެވެ. ހަފޮޅުން އެތެރެވީ ހަމަ ކިރިޔާއެވެ. އާފަތިސް […]
ދިރިއުޅުމުގައި ޙާޞިލްކުރަން ބޭނުންވަނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ މީހަކު އަހަންނާއި ސުވާލުކޮށްފާނެއެވެ. އަހަރެން ބުނާނީ ހަމަ އެހެންނެވެ. ދިރިއުޅުމުގައި އަހަންނަށް ކާމިޔާބެއް ނުލިބުނެވެ. ހިތްހަމަޖެހުމެއް ނުލިބުނެވެ. ދާން ބޭނުންވި މަންޒިލަކަށް ނުދެވުނެވެ. ތެދެކެވެ. އަހަރެންވެސް އަޑުއަހަމެވެ. އެއް ދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުޅުވޭނެ ވާހަކައެވެ. އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތެއް އޮންނާނެކަމެވެ. އެކަމަކު އެބުނާ ދޮރެއް އަހަންނަކަށް ނުފެނުނެވެ. ކީއްވެގެން ހެއްޔެވެ؟ ވިސްނުން ހަނިކަމުން ހެއްޔެވެ؟ އަހަރެން ހުރީ ޑިއުޓީ ޕޮއިންޓްގައެވެ. އަހަންނަށް ފެނެއެވެ. […]
ރިހާން ހުރީ ޑިޕާރޗަރ ހޯލްގައެވެ. އޭރުވެސް ރިހާން އިންތިޒާރުކުރަމުން ގެންދިޔައީ ފުރާނެ ވަގުތަކަށެވެ. އިރުކޮޅަކުން ރިހާން ގޮސް ފްލައިޓަށް އެރިއެވެ. ދެން ގޮޑީގައި އިށީދެލައިގެން ހަމަޖެހިލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި، ދޫކޮށްލި ދުންޏެއްހެން ވައިގެތެރެއަށް އަރައިގެން ފްލައިޓް ދިޔައެވެ. ރިހާން ބޭރު ބަލާލިއެވެ. އިރޮއޮއްސެން ކައިރިވެފައިވުމުން، މުޅި އުޑުމަތި އޮތީ ރަތްވިލާއިން ޒީނާތްތެރިވެފައެވެ. އެއަށްފަހު، ރީހާން ތިރިއަށް ބަލާލިއެވެ. ރީހާންގެ ހިތަށް އެރިއެވެ. ބޭރު މީހުން ރާއްޖެއަންނަނީ ރާއްޖޭގެ ރީތިކަން ކަނޑުއަޑިން ބަލާލުމަށެވެ. ނަމަވެސް، މަތިންވެސް ރާއްޖޭގެ ރީތިކަން […]
ސައިކަލް ޕާރކްކޮށްލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތީމެވެ. ކުއްލިއަކަށް މީހަކު ފަހަތުން ގޮވާލިއެވެ. އަހަރެން ހުއްޓި ބަލާލީމެވެ. ކުރިމަތީގައި ހުރީ އަހަރެންގެ ރައްޓެއްސެކެވެ. އެއް ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއްވެސްމެއެވެ. ” ވަރަށް ބޮޑުކަމަކު މިއައީ! އަންހެނުން ބަލިވެގެން ފައިސާކޮޅެއް ހޯދަންވެގެން މިއައީ. ފަހުން ދޭގޮތަށް ނަމަވެސް، ފައިސާކޮޅެއް ދީބަލަ.” ވަރަށް މަޑުމަޑުން އިމްދާޙް ބުންޏެވެ. ” ގެއަށްވަދެލާފަ އެބައަންނަން. މަޑުކޮށްލައްޗޭ.” އަހަރެން ބުނީމެވެ. ގެއަށްވަދެފައި އަހަރެން އައިއިރުވެސް އޭނާ މަޑުކޮށްގެން ހުއްޓެވެ. ” މިގަޑީގައި އަހަންނަށް ދެވޭނީ […]
އެއީ ކާކުހެއްޔެވެ؟ ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟ ހުންނަނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟ މިއިން އެއްވެސް މަޢުލޫމާތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު، އޭނާއަށް އަހަރެންގެ ހުރިހާ މަޢުލޫމާތެއް އިނގެއެވެ. ދިރިއުޅެނީ ކިހިނެއްކަމެވެ. ރައްޓެހިވި ހުރިހާ ކުދިންގެ ނަމެވެ. އެކުދިންނާއި ރުޅިވިގޮތްވެސް އިނގެއެވެ. ނުވިތާކަށް މިހާރު އަހަރެންގެ ދިރިއުޅުން މިހުރި ހިސާބުވެސް ރަނގަޅަށް ދަނެއެވެ. އަހަރެންގެ ބޮލުގައި ރިއްސަނީ މިކަންކަމާއިއެވެ. ނުވެސް ދަންނަ މީހަކަށް އަހަރެންގެ ޙަޤީޤަތް އިނގޭތީއެވެ. އަޅަމުންދާ ފިޔަވަޅުތައް ފެންނަކަމަށްޓަކައެވެ. އެއީ ވަރަށް […]
މިއަދަކީ އޮފީހުގައި ވަރަށް ބުރަ ދުވަހެކެވެ. ދުވަސް ނިމުނުއިރު، ނިންމަން ހުރި މަސައްކަތްތައް ނުވެސް ނިންމުނެވެ. އަހަރެން ހުރީ ވަރަށް ހިތްހަމަވެސް ނުޖެހިފައެވެ. ކުރަން ބޭނުން ކަންތައްތައް ވަގުތުން ވަގުތަށް ނުނިމުމަކީ އަހަރެންގެ ބޮލުގައި ރިހޭކަމެކެވެ. ދެން ޖެހޭނީ އެހެން ވަގުތަކުން އެކަންތައްތައް ކުރާށެވެ. މިހާ ބިޒީކޮށް އުޅޭ ޒަމާނެއްގައި އެންމެ ސިކުންތެއްވެސް ގެއްލުމަކީ ވަރަށް ދެރަކަމެވެ. އެހެން ކަންތައްތަކަށް ހުންނަ ވަގުތުތައް ބޭކާރުވާނެތީއެވެ. އަހަންނަށް ފޯނާ ހަމައަށް ދެވުނީވެސް އޮފީސް ނިމުމުންނެވެ. އޮފީހަށް އައިގޮތަށް ފޯން […]
” ދުވަހަކުވެސް ދެން އަހަންނަށް ނުގުޅާތި! ތިވާނީ ހަމަ ތިޔަށް. ތި ދުވަހަކުވެސް ބަދަލެއް ނުވާނެ. ހައްތަހާވެސް ދައްކާނީ މޮޅު ވާހަކަ. ޢަމްލުން އެކަން ދުވަހަކުވެސް ކަލެއަށް ނުދެއްކޭނެ. އެހެންވެ، މިބުނަނީ އިހުބަހާއި ފަހުބަސް. ދެން ދުވަހަކުވެސް އަހަންނަށް ނުގުޅާތި!” އަހަރެން ގުޅުމުން ޝާއިނާ ބުނީ އެހެންނެވެ. އެހެން ބުނުމަށްފަހު، އޭނާ ފޯން ބޭއްވިއެވެ. ދެވަނަ ފަހަރަށް އަހަރެން އޭނާއަށް ގުޅީމެވެ. އެކަމަކު ހަމަ ފޯން ބިޒީ ކޮށްލަނީއެވެ. އަހަރެން ވަރަށް ގުޅަން މަސައްކަތް ކުރީމެވެ. އެކަމަކު، […]