އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެންގެ ބައްޕަ ވަނީ ކެންސަރ ބަލީގައި މި ދުނިޔެ އާއި އަލްވަދާޢު ކިޔާފައެވެ. މިހާރު އަހަރެންގެ ހުރިހާ ވެސް މީހަކީ އަހަރެންގެ މަންމަ އާއި ކޮއްކޮ މާއިލް އެވެ. އަހަރެން އޭ ލެވެލް ނިންމުމާއި ހަމައަށް ގޭގެ ހުރިހާ ޙަރަދެއް ބެލެހެއްޓީ މަންމަ ގޭގައި ހެދިކާ ހަދައި ވިއްކައިގެންނެވެ. އޭގެ ފަހުން އަހަރެން ކުދިންނަށް ޓިއުޝަން ދީގެން ލާރި ހޯދަން ފެށުމުން މަންމަ އަށް ވެސް ތަންކޮޅެއް ލުއިވި އެވެ. އަހަރެން […]
އަހަރެންގެ އުމުރުން މިހާރު 23 އަހަރެވެ. އަދި މިހުރީ ހުސްހަށިބަޔަށްށެވެ. އެކުގައި އުޅުނު ގިނަ ކުދިން މިހާރު މިހުންނާއި އިނދެ ދަރިން އެބަ ތިބެއެވެ. މީހަކާ އިންނަން ބޭނުމެވެ. އެކަމަކު އިންނަން ބޭނުން ވާ މީހާ ލިބެންނެތީއެވެ. އަހަރެންނާއި އޭނަ އާއި ދިމާވީ މީގެ ގާތް ގަޑަކަށް 6 ވަރަކަށް އަހަރު ކުރިން މިގް33 އިންނެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. މިގް33 ޒަރިއްޔާއިން އޭނަ އާއި ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރީމެވެ. އޭގެ […]
“އަހަރެން މި ކައިވެނި ކުރީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި. އަހަރެން އާނާ ދެކެ ލޮތްބެއް ނުވޭ” ސުޖާއު ބަސްތައް އިއްވާލީ ހުދުކުލައިގެ ކައިވެނި ހެދުމުގައި އިން އޭނާ ގެ އަބިމީހާ އަށްށެވެ. “އަހަރެންނަށް އޮޅިފައި އޮތް ކަމެއް ނޫން ތިއީކީ. އަހަރެންނަށް އޮތީ މަސައްކަތް ކުރުން. ކޮންމެވެސް ދުވަހަކުން ސުޖާއު ގެ ތި ނިންމުން ބަދަލުވާނެ.” އާނާ ގެ ހިތުގެ އަޑު ޖެހިލުމެއް ނެތި ހާމަ ކުރިއެވެ. އާނާ އަކީ ރަށު ސްކޫލް ޓީޗަރެއްގެ މާޤާމު އަދާ […]