ހަމްނާ ގެއަށްދިޔަ ގޮތަށް ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ޖެހިއެވެ. އަތުގައި އޮތް ދަބަސް އެނދު މައްޗަށް އެއްލާލުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްްޓާލުމަށްފަހު އެނދުމަތީގައި އިށީނެވެ. އޭރު އޭނާގެ ހިތަށް ވެރިވެފައިވާ ރުޅިގަނޑު ދެލޮލުންނާއި މޫނުން ފާޅުވާން ހުއްޓެވެ. އަޔާން އެގޮތަށް ކަންތައް ކޮންފާނެ ކަމަކަށް އެއްފަހަރުވެސް ހަމްނާގެ ހިތަކަށް ނާރައެވެ. “މާޔާއާ އަޔާންގެ އޮތީ ކޮން ގުޅުމެއްބާ… އަނެއްކާ އެދެމީހުން..” ހަމްނާ ދެފަރާތަށް ބޯހޫރާލީ ހިތަށްއެރި އެއްޗެއް ގަބޫލުނުކުރާ ފަދައަކުންނެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ މާޔާއާއި އަޔާންގެ […]
އަޔާން ތިހާ ފިނޑިވެގެން އެއްކަމެއްވެސް ނުވާނެ.. ނިކަން ބުނެބަލަ..” މާޔާ އަޔާން ކައިރީ އެހެން ބުނިއިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ހިނގާލިއެވެ. “ފަހަރެއްގަ އެކުއްޖާ ކައިރީގައި އަހަރެން ލޯބިވާ ވާހަކަ ބުނާތަނުން އަހަރެންދެކެ ރުޅިއައިއިއްޔާ ހަދާނީ ކިހިނެއް… ފަހަރެއްގަ އަހަރެމެން ދެމެދު އޮތް އެކުވެރިކަންވެސް ނެތިދާނެއްނު…” އެހެން ކިޔާފަ ބިރުން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައިގަތީމައި ފަހުން ޖެހޭނީ ހިތާމަ ކުރަން.. ވާގޮތެއްވެސް އެނގޭނީ ބުނީމައެއްނު” “އާން ތިހެންވެސް ވެދާނެ ދޯ.. އަހަރެން ބަލާނަން އެކުއްޖާ […]
ދޮރުން ވަދެގެން އައި މާޔާ ފެނިފައި އަޔާންއަށްވެސް އިން ތަނުން ތެދުވެވުނެވެ. މާޔާ އަޔާން އަށް ހިނިތުންވެލުުމަށްފަހު އައިސް އަޔާން ކައިރިގައި ހުއްޓިލިއެވެ. “އަޔާން.. މިތާ..” “އާން އަހަރެން މަސައްކަތް ކުރަނީ މިތާ.. ކުރިން މާޔާއެއް ނުފެނޭ ދެން..” “އާން އަދި އޭ މިޖޮއިން ވީ އަޔާން ވަރަށް ގިނަ ދުވަސް ވެއްޖެތަ..” “ނޫން އަހަރެން މިކޮޅަށް އައީ މިތަނުން ޖޮބް ހަމަޖެހުނީމަ އަދި ނުކުންނަން ފެށިތާ މާގިނަ ދުވަހެއް ނުވޭ..”އަޔާން މާޔާއަށް އޮޅުން ފިލުވައިދިނެވެ. މާޔާ […]
މާޔާ ތެދުވެފައި އެކުވެރިންނާ ދިމާ ބަލައިލިއިރު ތިން މީހުންގެ މޫނު މަތިން ފެންނަން ހުރީ ލާނެތްކަމެވެ. މާޔާ އެއްޗެކޭ ބުނުމުގެ ކުރިން ހަމްނާ އެދެމީހުންނާ ވާހަކަ ދައްކަން ފަށައިފިއެވެ. “ހޭއި މީހަމްނާ ދެން މީ މާޔާ ދެން މިތިބީ ޒޫނާ އާ މަރީ” “މީއަޔާން ދެން މިހިރީ ފާރިޝް..” ހަމްނާ އެމީހުންގެ ތައާރަފެއް ދިނުމުން އަޔާން ވެސް ތައާރަފްވެލިއެވެ. އަޔާންމެން އެތަނުން ދިއުމުން ހަމްނާމެނަން ހީވީ ދެއީދު އެއްފަހަރާ ލައިގެން ހެންނެވެ. މާޔާ ވަށާލައިގެންތިބެ ދިމާކުރާވަރުން ލަދުން […]
މާޔާ އެތައް އިރެއް ވަންދެން ހިފަހައްޓާލައިގެން ހުރި ކަރުނަތިކިތައް އޭގެ މަގާމު ދޫކޮށްލާފައި ފައިބައިގަތީ އެވަގުތުއެވެ. ކޯތާފަތުން ތިރިއަށް ދެމިގަތް ކަރުނަ ތިކިތައް އަތުގެ ނުފުށުން ފޮހެލީ އެހެން މީހަކަށް ފެނިދާނެތީއެވެ. ކައިވެނިކޮންދޭ މީހުން އެމީހުންނަން ތައްޔާރުކުރެވިފައިވާ ކެއުމަށް އިިންސާފު ކުރަމުން ދިޔައިރު ކައިވެނިކުރެވުނު ދެމީހުން އައިސް މާޔާ ކައިރީގައި ހުއްޓިލިއެވެ. މާޔާ ހިތްވަރުކޮށްލާފައި އަޔާންއާއި ހަމްނާއާ ދެމީހުންނަން ހިނިތުންވެލިއެވެ. އަޔާން މާޔާ އާއި ހަމްނާ ގޮވައިގެން އެއްފަރާތަކަށް ޖެހިލީ އެދެމީހުންނާ ވާހަކަ ދައްކާލަން ވެގެންނެވެ. “މާޔާ، […]
މާޔާ ކޮޓަރީގެ އެނދުމަތީގައި އިށީދެލައިގެން އިން އިރު ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫވަމުން ދިޔައެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އިހުސާސްތަކުން ދެލޯފުރިގެން އައިނަމަވެސް ކެތް ކުރަމުން ދިޔައެވެ. މިއީ ދުވަހަކުވެސް އޭނާގެ ހަޔާތުގައި ކުރިމަތިލާންޖެހިދާނެ ދުވަހެއް ކަމަކަށް މާޔާ ހިޔެއް ނުކުރެއެވެ. އެހެންނަމަވެސް ތަގުދީރުގެ ރޭވުމާ ދެކޮޅު ހެދޭނީ ކާކަށް ހެއްޔެވެ؟ ހަށިގަނޑުގައި އުފެދިފައިވާ މަޑުތުރުތުރާއެކު އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. […]
ހެނދުނު ސާޔާ ހޭލިއިރު މާހިލް އަދި ނުހޭލައެވެ. މާހިލްގެ މޫނަށް ސާޔާ ބަލަހައްޓައިގެން އޮތް އިރު ފަނޑު ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ސާޔާ މަޑުމަޑުން މާހިލްގެ ކޮލަށް ބޮސްދީފައި ތެދުވަން އުޅެނިކޮން މާހިލް އެނާގެ އަތުގައި ހިފެހެއްޓުމުން ސިހުނެވެ. މާހިލް ސާޔާ އޭނާގެ ގަޔާ ކައިރިކޮށްލާފައި ބަލަންފެށި ގޮތުން ސާޔާ ރަކިވިއެވެ. ދެމީހުން ތައްޔާރުވެލައިގެން ނުކުތްއިރު އެންމެން ތިބީ ސައިބޯށެވެ. އެމީހުން ފެނުމާއެކު މުފީދާ އެމީހުންނަން ސައިބޯން ގޮވިއެވެ. “މަންމަ ހީކުރީ ދަރިފުޅުމެން އަދި ތެދުވާނީ ތަންކޮޅެއް […]
މާހިލް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުވެފައި އައިސް ސާޔާ އަތްދަނޑި މައްޗަށް އުފުލާލައިގެންގޮސް ސޯފާގައި ބާއްވާލިއެވެ. އުޝާ ފާޑަކަށް އެދިމާއަށް ބަލަހައްޓައިގެން ހުރީ ނުލަފާ ގޮތަކަށް ހިނި އައިއްސައެވެ. މާހިލް ސާޔާ މޫނުގައި ދެތިން ފަހަރަކު ޖަހާލުމުން ލޯހުޅުވާލާފައި ބޮލުގައި އަތްއަޅާލީ ތަދު އިހުސާސްކުރެވުމުންނެވެ. މާހިލް ސާޔާ ބޮލުގައި އަތްއަޅައިގެން ހުރި ހިސާބުގައި އަތް ޖައްސާލިއިރު ހުރީ ދުޅަވެފައެވެ. ނަސީބަކުން ފަޅައިގެންގޮސްފައެއް ނެތެވެ. މާހިލް މުފީދާ ކައިރީގައި ބުނެގެން ސާޔާ ބޮލުގައި ގަނޑުފެން އަޅާލައިދިނެވެ. މާލަސްވެފައި ހުރުމުން […]
ހެނދުނު ހޭލިގޮތަށް މާހިލް އެންމެ ފުރަތަމަވެސް ގުޅީ ސާޔާއަށެވެ. ރޭގައި ނިދިއިރު ލަސްވެފައި ހުރުމުން ހޭލެވުނީވެސް ވަރަށް ލަސްވިފަހުންނެވެ. ސާޔާއަށް ގުޅައިގެން ވާހަކަ ދައްކާލާފައި ތައްޔާރުވެލައިގެން ނުކުތް އިރު އެންމެން ސިޓިންގރޫމްގައި ތިއްެބެވެ. ކޮޓަރިން ނުކުމެގެން އައި މާހިލް ފެނުމާއެކު މުޒްނާ މާހިލް އާ ދިމާ ކޮށްލުމުން ރަކިވެގެން ބޯކަހާލިއެވެ. މުފީދާ ހެމުން ހެމުން ތެދުވެގެންގޮސް މާހިލްއަށް ސައި ތައްޔާރުކޮށްދިނެވެ. ކޮޓަރީގައި ނުކުންނަ ހިތް ނުވެފައި އޮތް އުޝާ މާހިލްގެ ފޮޓޯ މޭގައި ޖައްސާލައިގެން އޮތް އިރު […]