Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެސް.އެމް.އެސް. (1)

GOLDENPEN0555 Level 110 Stories
July 31, 2015 3 Mins Read
17 Comments

 

” ހަމަ މިހާރު މިގެއިން ނިކުމޭ. ކުރިންވެސް ބުނިންދޯ ދުވަހަކުވެސް މިގެއަށް އައިސްގެން ނުވާނެ. ބުނެފަދޯ އޮންނާނީ ތިމޫނުވެސް ދުވަހަކުވެސް ދެކޭކަށް ބޭނުމެއްނޫނޭ. ތިއަޑުވެސް ދުވަހަކުވެސް އަނހާކަށް ބޭނުމެއްނޫނޭ. މިތަނަށް ވަތްގޮތަކަށް އަވަހަށް ނިކުމެގެންދޭ.” އަތްމަތި ދަތިވެގެން މަހުޖަނެއްކަހަލަ އަހަރެންގެ ބޭބެކައިރިއަށް އެހީއަކަށް އެދި ދިއުމުން ދިންޖަވާބުން އަހަންނަށް ރޮވުނެވެ.

” މިނޫން އެހެން ގޮތެއްނެތިގެން މިއައީ. އެނގޭ ބޭބެ އަބަދުވެސް އަހަންނަށް ނަފްރަތު ކުރާކަން. އެކަމު އެއްބަނޑު ގާތްތިމާގެ ކަމުގެ ގުޅުމަކީ މާތްގުޅުމެއްކަން އެނގޭތީ އެހީއަކަށް އެދިގެން އައީ ދެން މިދަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ!” އަހަރެން އެހެން ބުނުމަށްފަހު އެގެއިން ނިކުންނަން ހިނގައިގަތީމެވެ.

” ދެން ދުވަހަކުވެސް ނާންނާތި. ތީކާކުތަ؟ ޔޫ އާރ އަ ބިގް ފެޓް ލޫޒަރ.” ބާރަށް ހިނގިގަނޑެއް ޖަހާލަމުން އަހަރެންގެ ބޭބެ އެހެން ބުނެލިއެވެ.

އަހަރެން އަޅައެއްނުލަމެވެ. ޗުއްޕެކޭވެސް ނުބުނެ އަހަރެން އެގެއިން ނިކުމެގެން އައީއެވެ. މިއަދު އަހަރެންގެ ޙާލަށް ހަމްދަރުދީވާނެ އެއްވެސް މީހަކުނެތެވެ. އެކަމާއި ޝަކުވާއެއްވެސް ނުކުރަމެވެ. އަހަރެން ހީކުރީ އެތަށް ދުވަހެއް ފަހުން ބޭބެ ކައިރިއަށް އައުމުން އަހަންނަށް އެހީވާނެކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. އަހަރުންނަކީ ކުރިން އެއްތަށި މަތިން ކައި އުޅުނު މީހުންނެވެ. ރަށުގައި އެއްކޮށް މަޖާކުރި ދެބެއިންނެވެ. ބޭބެ ކިޔެވުމަށް މޮޅުކަމުން މަންމަމެން ބޭބޭ މާލެފޮނުވީ ކިޔަވާށެވެ. އެކަން ބޭބެ ވަރަށް މޮޅަށް ކުރިއެވެ. އަހަރެން ކިޔެވުމަށް ދަށް ކަމުން އަހަރެންގެ މައިންބަފައިންގެ ކުރިމަތީގައި އަހަރެންގެ ނަންބަރު އޮންނަނީ ކަޓާފައެވެ.

މިއަދު އަހަރެންގެ ބޭބެއަކީ މަހުޖަނެކެވެ. ތިން ރިސޯޓާއި ބޮޑު ފަސްކުންފުނީގެ ހިއްސާދާރެކެވެ. މައިން ބަފައިން ނިޔާވަންދެން އަހަންނަށް ވަރަށް ކަންތައްތައް ކޮށްދިނެވެ. އެވެސް އެތަށް ވަރަކަށް ގުޅާ އެސް.އެމް.އެސްކޮށް އާދޭސްކުރުމުންނެވެ. ބައެއް ފަހަރު ބައްދަލުކުރަން ދިއުމުން ދެގަޑިއިރު ތިންގަޑިއިރު މަޑުކުރަން ބުނެފައި އެބަހުއްޓެވެ. އަހަރެން އޭނަގެ ގާތަށް ކަމަކު ދެން ނާންނާނެ ވަރަށް އަހަންނަށް ތަކުލީފް ޖައްސާފައި އެބަހުއްޓެވެ. އެހެންވެގެން ފަހުން ބޭބެ ކައިރިއަށް ކަމަކު ނުދަމެވެ.

އެކަމު މިއަދު އަހަރެން ބޭބެކައިރިއަށް ދިޔައީ އެނޫން ގޮތެއްނެތިގެންނެވެ. އަހަންނަކީ އަންބަކާއި 02 ކުދިން ގޮވައިގެން މާލޭގައި ކުއްޔަށް ދިރިއުޅޭ މީހެކެވެ. ކުއްލިއަކަށް ކުޑަ ދަރިފުޅު ވަރަށް ބޮޑަށް ބަލިގެން އެނޫން ގޮތެއް ނެތިގެން ބޭބެ ކައިރިއަށް ދިޔައީ ފައިސާގެ އެހީއެއް ލިބޭނެކަމުގެ އުންމީދުގައެވެ. އެކަމު މިފެނުނީ އެހެން މަންޒަރެކެވެ. އަހަންނަށް ހެވެވެ. އަހަރެންގެ ހިތް ދުވަހަކުވެސް ބޭބެއަކަށް ނުބައެއް ނުވާނެއެވެ. ދުވަހަކުވެސް ބޭބެއަށް ނުނިޔަތްލާ ބަދުދުޢާއެއް ނުކުރާނަމެވެ. ގާތްތިމާގެ ގުޅުމުގެ މާތްކަމާއި މުހިއްމުކަން އަހަންނަށް އެނގެއެވެ. އެކަން މިއަދު ބޭބެއަށް ނޭގުމުން ވަރަށް ދެރަވިއެވެ. މައްސަލައެއްނެތެވެ. އަހަރެން ހިތްވަރު ހޯދާނީ ކެތްތެރިކަމާއި ނަމާދުންނެވެ. އެއީ އަބަދުވެސް އަހަރެން ކުރާކަމެކެވެ. ނޫންނަމަ، މިއަދު އަހަރެން ހުންނާނީ ޖަލުގަ ކަން ނޭނގެއެވެ.

ބޭބެގެ ގަނޑުވަރެއް ކަހަލަ ގޭގެ ލިފްޓު އެންމެ ތިރީ ބުރިއަށް އަންނަންދެން އަހަންނަށް ވިސްނެމުންދަނީ ބޭބެ ބުނިއެއްޗަކާއެވެ. ވަރަށް ދެރަވެސް ވިއެވެ. ހިތުން ރޮވުނެވެ. އެކަމަކު ދެން ދުވަހަކުވެސް ކަމަކު ބޭބެގެ ކައިރިއަކަށް ނުދާނަމެވެ.

މަޑުމަޑުން ގޮސް ސައިކަލަށް އަރާ ސްޓާޓްކޮށްލީމެވެ. ސްޓާޓެއް ނުވިއެވެ. ރަނގަޅަށް ބަލާލިއިރު ޕެޓްރޯލް ހުސްވީއެވެ.

” ޖައްސާލަބަލަ މިކޮޅަށް. މިއުޅެނީ ސައިކަލް ޕެޓްރޯލް ހުސްވެގެން ސްޓާޓް ނުވެގެން.” އަހަރެން އަނާންއަށް ގުޅާފައި ހުރިތަން ބުނެފައި އައުމަށް އެދުނީމެވެ.

” ސައިކަލަށް ޕެޓްރޯލް ނޭނޅޭ ފެންވަރުގެ މީހުން ސައިކަލް ނުދިއްވިއްޔާ ރަނގަޅުވާނީ. ނުދެވޭނެ. ވަރަށް ބިޒީ.” އަނާންގެ ޖަވާބު މުޅިން ގޯހެއް ނޫނެވެ.

ހިތަށް އެރިއެވެ. މުޅިއަކުން ގޯހެއް ނޫނެވެ. އަހަންނަށް އެހީވާން ހުރި މީހާ އެހީ ނުވާއިރު، ދުރުހިލޭ ރައްޓެހިން އަހަންނަށް އެހީ ވާންޖެހޭ ބާވައެވެ. އެހެންވެ މަޑުމަޑުން ހިނގާފައި ޕެޓްރޯލް ޝެޑަށް ގޮސް ހުސް ފުޅިއަކަށް ފެޓްރޯލް އަޅައިގެން އައީއެވެ. އައިސް ސައިކަލަށް ޕެޓްރޯލް އެޅުމަށް ފަހު ގެއާއި ދިމާލަށް މިސްރާބް ޖެހީމެވެ. އަހަރެންގެ ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ.

” ކޮބާ ލިބުނުތަ އެހީއެއް؟” އަހަރެންގެ އަންހެނުން ލީނާ ސުވާލުކުރިއެވެ.

” ވަރަށް ދެރަ. ނުލިބުނު. މިދަނީ ގެއަށް.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ދިޔައިރުވެސް ބުނިންދޯ ތިހެނޭ ވާނީ. ތިބޭބެއަކީ ސަލާމްއަށް މާރަނގަޅު މީހަކު ނަމަ އަހަރުމެން މިމާލޭގަ މިހެން ގަނަ ތެޅޭކަށް ނުޖެހޭނެދޯ. އަވަހަށް އާދޭ ގެއަށް.” އަންހެނުން އިނީ ހިތްހަމަ ނުޖެހިފައެވެ.

އަހަރެން ގެއަށް ދިޔައިރު އަންހެނުން އުޅެނީ ކުޑަ ދަރިފުޅު ހޭހަން ކުރެވޭތޯއެވެ. އޭނާ ހުން އައިސްގެން ތެޅި ފޮޅެނީއެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

” ދެންވެސް ހިނގާބަލަ ހޮސްޕިޓަލަށް.” އަންހެނުން ބާރަށް ބުނެލިއެވެ.

” ހިނގާދާން.” އެހެން ބުނުމަށްފަހު އަހަންނާއި އަންހެނުން ދަރިފުޅު ގޮވައިގެން ދިޔައީ ހޮސްޕިޓަލަށެވެ.

އަހަރެމެން ދިޔައީ އޭޑީކޭއަށެވެ. ނަޞީބަކުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރަށް ދައްކާނިމުނެވެ. ޑޮކްޓަރ ބުނީ އެއީ މާބޮޑުކަމެއް ނޫންކަމުގައެވެ. މިދުވަސްވަރު ވަރަށް ގަދަ ހުމެއްއ އުޅޭތީ އެކަމާއި ސަމާލުވެގެން އުޅުމަށް ބުނެލިއެވެ. އަހަރެން ހީކުރީ ދަރިފުޅަށް ޑެންގީ ޖެހުނީ ކަމަށެވެ. އެކަމާއި އަހަރެން ހުރީ ވަރަށް ބިރުންނެވެ. ނަޞީބަކުން އެހެން ނުވުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

” ހާދަ ރަނގަޅޭ ދޯ އަހަރެންގެ އަންހެނުން.” އަހަރެންގެ އަންހެނުން ފަހަށް ފައިސާކޮޅެއް ރައްކާކޮށްފައި ހުރިކަން އެނގުމުން އަހަރެން އެހެން ބުނެލީމެވެ.

” އަހަރެންގެ ފިރިމީހާގެ ބޭބެ އަކީ މަހުޖަނަކަށް ވިޔަސް އަހަރެންގެ ފިރިމީހާއަކީ މާ ފޯރާމީހެއްނޫންކަން ދަނެގެން އަހަރެން އަބަދުވެސް މިއުޅެނީ.” ލީނާ ކުޑަކޮށް ހިނިތުންވަމުން ބުނެލިއެވެ.

އަހަރެމެން ގެއަށް އައިތަނާހެން ކަރަންޓްބިލް އޮތީ އައިސްފައެވެ. މިފަހަރު އޮތީ ކަރަންޓް ކަނޑާލާނެ ކަމުގެ ރެޑްނޯޓިސް ދީފައެވެ. އަނެއްކާ އަހަރެންގެ ބޯ ހާސްވިކަހަލައެވެ. އެކަމަކު ހިތަށް އެރިއެވެ. ކޮންމެވެސް ގޮތެއް އޮންނާނެއެވެ. އަނެއްކޮޅުން ހަފްތާއެއްގެ ތެރޭގައި މުސާރަވެސް ލިބޭނެއެވެ. އެހެންވެ މީހެއްގެ އަތުން ފަހުން ދޭގޮތަށް ފައިސާކޮޅެއް ނަގަން އަހަރެން ނިންމީމެވެ.

ފޯން ނަގާ މީހަކަށް ގުޅާލަން އުޅުނު ތަނާހެން އައީ އެސް.އެމް.އެސް އެކެވެ. އެ. އެސް.އެމް.އެސް ކިޔާ ނިމުނު އިރު އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

= ނުނިމޭ=

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

އެހަނދާން

Next

ހިޖުރަ (އަށްވަނަ ބައި)

Next
July 31, 2015

ހިޖުރަ (އަށްވަނަ ބައި)

Previews
July 30, 2015

އެހަނދާން

17 Comments!

  1. ALBURNS says:
    July 31, 2015 at 1:08 am

    މީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެކެވެ. ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ.

    ޝުކުރިއްޔާ!!!!!!!

  2. Tigrious says:
    July 31, 2015 at 1:36 am

    Reethi Ekm Haadha KuRey … Hykuran Nxt Part Dhigukoh Genes Dheyne Kamah

  3. rish says:
    July 31, 2015 at 1:45 am

    V reethi avahah 2 vana bai nerey… inthixaaruga mi huree

  4. nukko says:
    July 31, 2015 at 1:58 am

    V reethi.. waiting for the next part….

  5. Shabee says:
    July 31, 2015 at 6:29 am

    Alburns v salhi… heevanee dhen anna bai v touching vaane hen.. 🙂 good luck

  6. ishy says:
    July 31, 2015 at 11:07 am

    Hadi ey hadi ey e dhogeh salhi igey writer.

  7. Shamana says:
    July 31, 2015 at 12:41 pm

    Reethi… Waiting 4 next part..

  8. stranger says:
    July 31, 2015 at 1:31 pm

    Abaan koniraku story liyan feshy…. haveys ingey bro… keep it up

  9. liu says:
    July 31, 2015 at 4:03 pm

    varah interestin…..when next part?

  10. zaf says:
    July 31, 2015 at 4:05 pm

    daily kh up khdhehchey ingey… story v nice

  11. Ariel says:
    July 31, 2015 at 5:25 pm

    furatha story ah balaafa ok.

  12. Rish-mee says:
    July 31, 2015 at 7:55 pm

    Vaahaka dhen goaheh nun salhi…

  13. mizu says:
    August 1, 2015 at 1:53 am

    Vaahka v reethi thankolheh avahah next part up kolliyyaa rangalhu ..

  14. bbbb says:
    August 1, 2015 at 10:43 am

    (*)

  15. Ni says:
    August 1, 2015 at 12:11 pm

    Nice.waiting for next part

  16. shaan says:
    August 1, 2015 at 12:49 pm

    Very interesting . Waiting for the next part

  17. shiyaa says:
    August 1, 2015 at 4:59 pm

    Very interesting. avahah up kohdheythi ingey…

Comments are closed.


All Right Reserved!