Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހަނދާން

DESTINY2020 Level 210 Stories
July 30, 2015 10 Mins Read
8 Comments

ދޯނި ފާލަމާއި ކައިރިކޮށްލުމާއެކު އަހަރެން ދުއްވައިގަތީމެވެ. މަޑުމަޑުން ދުވަމުން ގޮސް އަހަރެން ހުއްޓުނީ އަތިރިމަތީގައި ހުރި ގަހެއްގެ ކައިރީގައެވެ. ދެން ދެފަރާތަށް ބަލާހޯދާލީމެވެ. އެއްވެސް މީހަކު ނުފެނުނެވެ. އަހަރެންގެ އިންތިޒާރުގައި އެއްވެސް މީހަކު ނެތެވެ. އަހަރެން ހީކުރީ އަހަރެންގެ އިންތިޒާރުގައި ނުހާ އިންނާނެކަމަށެވެ. އެކަމަކު ހީކުރި ގޮތަށް ކަންތައް ނުވުމުން އަހަރެން ދެރަވެސްވިއެވެ.

ތެދެކެވެ. މާލެއާއި ޚިލާފަށް ރަށްފުށުގެ މާހައުލަކީ ހިތްގައިމު މާހައުލެކެވެ. އިރުއޮއްސެން ގާތްވަމުން ދިޔަވަރަކަށް މާހައުލުގެ ރީތިކަން ދިޔައީ އިތުރުވަމުންނެވެ. ރަތްވިލާތަކުން މުޅި އުދަރެސް ދިޔައީ ބައްދަމުންނެވެ. ގޮޑުދޮށަށް ބީއްސަމުންގެންދާ ކުދި ރާޅުތަކުން ހިތްހަމަޖެހުން ގެނެސްދިނުމަށް މަސައްކަތް ކުރަމުން ދެއެވެ. ފަތްތަކުގައި ބީހިލަމުންދާ މަޑުވައިރޯޅި ހީވަނީ މަޑުމަޑުން ފަތްތަކުގައި ފިރުމަމުން ގެންދާހެނެވެ. ކާޅުތަކާއި ދޫނިތައް ރޭގަނޑަށް ތައްޔާރު ވުމުގެ ގޮތުން އެސޮރުމެންގެ ހާލިތަކަށް ވަނުމަށް ދަތުރުކުރަމުން ގެންދިޔައެވެ. ގެއަށްވެސް ދާންނޭނގިފައި އެތަނުގައި މަޑުކޮށްގެން އިރުއޮއްސެންދެން އަހަރެން އިނީމެވެ.

” ކާކު؟” ފަހަތުން މީހަކު އައިސް އަހަރެންގެ މޫނުމަތީގައި އަތްއެޅީ ކުއްލިއަކަށެވެ.

” ކިހިނެއްތަ ނުހާ އަހަންނަށް އޮޅުވާލެވޭނީ؟ ތީ ނުހާއެއްނު.” އަހަންނަށް ނުހާގެ އަޑު އޮޅުވައެއް ނުލެވޭނެއެވެ.

” ވަރަށް މޮޅު. މިފަހަރު ދިމާވެއްޖެ.” އަހަރެންގެ މޫނުމަތިން އަތް ނަގަމުން ނުހާ ބުނެލިއެވެ.

” ހާދަ ލަހުން ތިއައީ. ވަރަށް ގޯސްކުއްޖެއް ތިއީ.” އަހަރެން ސަމާސާކޮށްލީމެވެ.

” ހަމަ ދެންމެ އިނގުނީ ނިހާން އައިކަން. އިނގުމުން މިއައީ. ހިނގާ ގެއަށް ދާން މަންމަމެން އެބަ ހޯދާ.” ނުހާ އަހަރެންގެ އަތުގައި ހިފާ އެތަނުން ނެގިއެވެ.

މަޑުމަޑުން ތެދުވެގެން އަހަރެން ނުހާއާއިއެކު ހިނގައިގަތީމެވެ. ނުހާގެ ގެހުންނާނީ އަތިމައްޗާއި ތަންކޮޅެއް ދުރުގައެވެ. ދެމީހުން ދިޔައީ މަޑުމަޑުން ހިނގަމުންނެވެ. ނުހާ ދައްކަމުން ގެންދިޔައީ މަންމަމެންގެ ވާހަކައާއި އޭނާގެ ކޮއްކޮމެންގެ ވާހަކައެވެ. އެއް އަހަރުފަހުން ދިމާވުމުން ނުހާ ވަރަށް ވާހަކަ ދެއްކިއެވެ. ނުހާގެ ގެއާއި އަރާ ހަމަވިއިރުވެސް، ނުހާގެ ވާހަކަ ނުހުއްޓެއެވެ.

” ނިހާން ބޭބެ ހާދަލަހުން ތިއައީ؟” ނުހާގެ ކުޑަ އަންހެން ކޮއްކޮ އައިސް އަހަރެންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

” އަތިރިމަތީގައި މަޑުކޮށްލީ. އިރުއޮއްސޭ ތަން ބަލާލަން. އެހެންވެ ލަސްވީ.” އަހަރެން ބުނީމެވެ.

” ދޭ ފެންވަރައިގެން އަންނަން. ހުންނާނެ ސައިހަދާފައި.” ނުހާގެ މަންމަ ބުނެލިއެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އާދައިގެ ކޮޓަރިއެކެވެ. އެންމެ ފުރަތަމަ ޗުއްޓީގައި އައި ފަހަރުވެސް އަހަރެން ހުރީ ހަމަ މިކޮޓަރިއެވެ. އެކަމަކު މިފަހަރު އަހަރެން އަންނާތީ ކޮޓަރި ހުރީ ކުޑަކޮށް ފުރިހަމަ ކޮށްލާފައެވެ. އަހަންނަށް އެންމެ ކަމުދާގޮތަށް ފުރިހަމަ ކޮށްފައެވެ. ހިތަށް އެރިއެވެ. މާލޭ މީހަކު ރަށަކަށް އައުމުން، އެރަށެއްގެ ބަޔަކު އެމީހަކަށް ހާދަ ކަމޭހިތައެވެ. އެކަމަކު ރަށްފުށު މީހުން މާލެ ދިއުމުން މިހެން ނުވަނީ ކީއްވެގެން ބާވައެވެ؟
ފެންވަރައިގެން ތައްޔާރުވެގެން އަހަރެން ނިކުތް އިރު، ހުރިހާ އެންމެންވެސް ތިބީ އަހަރެންގެ އިންތިޒާރުގައެވެ. ކާމޭޒުކައިރީގައި ހުރިހާ އެންމެން ސައިބޯންވެސް ނުފަށާ ތިއްބެވެ.

” ދެން ސައިބޯން ވީއެއްނު.” އަހަރެން ބުނީމެވެ.

” ފުރަތަމަ އިސްކަންދޭންވާނީ މެހެމާނުންނަށް. އެއަށްފަހު މިކޮޅުން ކުރިއަށް ގެންދާނީ؟” ނުހާގެ މަންމަ ބުނެލިއެވެ.

އަހަރެން ސައިބޮމުން ގެންދިޔައީމެވެ. ދޭތެރެ ދޭތެރެއިން އަހަރެން ނުހާގެ މޫނަށް ބަލާލަމެވެ. ނުހާވެސް އަހަންނަށް ބަލާލައެވެ. އަދި ހިނިތުން ވެލައެވެ. އެމަންޒަރު ނުހާގެ މަންމައަށްވެސް ފާހަގަ ކުރެވުނެވެ. ސައިބުއިމުގެ ތެރެއިން މާގިނަ ވާހަކަތަކެއް އަހަރެން ނުދައްކަމެވެ. އެކަމަކު ނުހާގެ ކޮއްކު ވަރަށް ވާހަކަ ދެއްކިއެވެ. މާލޭގެ ވާހަކައާއި ރަށުގެ ވާހަކައެވެ. ގިނައިން ކުރީ ސުވާލެވެ. އަހަރެން އާނހޫނ ކިޔަމުން ގެންދިޔައީމެވެ. ކުޑަކުދިންނަކީ ހާދަހާވާ ސުވާލު ގިނަ ބައެކޭ އަހަރެންގެ ހިތަށް އެރިއެވެ.

ސައިބުއި ނިމުމުން އަހަރެން ހިނގައިގަތީ ބޭރަށް ދިއުމަށެވެ. ތަންކޮޅެއް ކުރިން އެއްފަހަރަކު އައި ރަށެއްކަމުން ގިނަ މީހުންނާއި އަހަންނާއި ވަނީ ރައްޓެހިކަން އުފެދިފައެވެ. އަނެއްކޮޅުން އަހަންނަކީ ހިތްމޮޅު މީހެއްވެސް ނޫނެވެ. ފެންނަ ކޮންމެ މީހަކާއި ވާހަކަ ދެއްކުމަކީ އަހަރެންގެ އާދައެކެވެ. އެހެންވެ، އަހަރެންގެ ރައްޓެހިން މިރަށުގައިވެސް ވަކި މަދެއްނުވާނެއެވެ.

” އޭ. ކޮން އިރަކު އައީ؟ އަންގާވެސް ނުލާދޯ ތިއުޅެނީ. ހިނގާ ކެފޭއަށް ސައިބޯންދާން.” ގެއިން ނިކުތް ފުރަތަމަ ފިޔަވަޅާއިއެކު ދިމާވީ ހަމްދާންއާއިއެވެ.

” މިއަދު މިއައީ. ދެން ދާންތާ ޖެހޭނީ. ނޫނީ ހީވާނީ އެހެންކަމެއްހެން.” އަހަރެން ދިމާކޮށްލީމެވެ.
” އާނ. އަހަރެމެންނަށް ނިހާން ފެންނާނީ މިކަހަލަ ފަހަރަކު. ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތުން މާގިނައިން މާލެއެއް ނުދެވޭނެ. އެހެންނެ ނިހާން އައުމުން ސައެއް ދިނުމަކީ މައްސަލައެއްނޫން ކަންނޭނގެ.” ހަމްދާން އަކީ އެރަށުގައި ހުރި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.

” ތިޔަކަހަލަ ރައްޓެހިން ތިބޭތީ އަހަރެން މިރަށަށް މިއަންނަނީވެސް.” އަހަރެން ބުނީމެވެ.

” އޭ ކޮބާ ބިޓެއް ނުނަގަންތަ މިރަށުން؟” ހަމްދާންގެ މަޢުޟޫ ފެށިއެވެ.

” އެބަހުރިތަ ރަނގަޅު ކުއްޖެއް؟” އަހަރެން ސުވާލުކޮށްލީމެވެ.

” ބައިވަރު އެބަތިބި؟” ހަމްދާން ބުނެލިއެވެ.

” އަހަންނަށްވެސް އިނގޭ ބައިބަރު އަންހެން ކުދިން މިރަށުގައި އުޅޭކަން. އަހަންނަށް ކަމުދާ ދެތިންކުދިންވެސް އެބައުޅޭ.” އަހަރެން ބުނީމެވެ.

” ކޮންބައެއްތަ އެއީ؟ އެހެންވީއިރު، ދެން އަހަންވީއެއްނު. އަހަރެން ވަރަށް ބޭނުން ނިހާންއަކީ މިރަށު މީހަކަށްވެސް ހަދަން.” ހަމްދާން ބުނެލިއެވެ.

” ހާދަވަރެކޭދޯ ތިވަނީ. އިހަށް މަޑުކޮށްބަލަ. ބޮޑެތިކަންތައްތައް ވާނީ ލަހުންނޭ. މިރަށުން އެކަހަލަ ކަމެއްކުރަންޏާ އެންމެ ފުރަތަމަ އެކަން އިނގޭނީ ހަމްދާނަށް. އޯކޭތަ؟” އަހަރެން ބުނީމެވެ.

” އަހަންނަށްވެސް އިނގޭ ތިކަން. މިރަށުގައި އަހަންނަށް ސިއްރުން ނިހާންއަށް އެއްވެސް ކަމެއް ނުކުރާނެކަން އަހަންނަށް އިނގޭ” އަހަރެން ބުނީމެވެ.

ހަމްދާން އާއި އެކީ ސައިބުއި ނިމިގެން ގެއަށް އަންނަން ހިނގައިގަތް އިރު ދިހައެއް ޖަހަނީއެވެ. ދިމާވި ފުރަތަމަ ރޭވުމުން ހަމްދަން ވަރަށް ވާހަކަ ދެއްކިއެވެ. އަނެއްކޮޅުން ހަމްދާން އަކީ ވާހަކަ ގިނަ މީހެކެވެ. އެންމެ ފުރަތަމަ އައި ފަހަރުވެސް މިރަށުން މީހަކާއި އިންނަ ވާހަކަ ދެއްކިއެވެ. އެކަމަކު، އެއީ އެހާ އަވަހަށް ވާނެ ކަންތައްތަކެއް ނޫނެވެ. މީހަކާއި އިނުމަކީ ބޮޑު ކަމެކެވެ. ދުރާލާ ވިސްނަންޖެހެއެވެ. މުސްތަޤްބަލަށް ކަންތައްތަކެއް ރާވަންޖެހެއެވެ. ނޫނީ ދެރަގޮތްތަކެއް މެދުވެރިވެދާނެއެވެ. އަހަންނަކީ އަބަދުވެސް ކާމިޔާބު ޙަޔާތަކަށް މަސައްކަތްކުރާމީހެކެވެ. އަހަރެންގެ ވިސްނުން ގެންގުޅެނީ އެފަދަ މީހުން ގެންގުޅޭ ގޮތަށެވެ.

” ނުނިދަންތަ އަދިވެސް؟” އަހަރެން ގެއަށް ވަދެގެން އައިއިރު ނުހާގެ މަންމައާއި ނުހާވެސް ތިބީ ނުނިދައެވެ.

” ނިހާން އަންނަންދެން މަޑުކޮށްލައިގެން މިތިބީ. ދޯ ނުހާ؟” ނުހާގެ މަންމަ ނުހާއަށް ދޯދިނެވެ.

” މަންމަ ބުނާހެން ނިހާން ނިދީމަ ނޫނީ ނުނިދަން މިތިބެނީ.” ނުހާވެސް ބުނެލިއެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ނުހާގެ މަންމައާއި ނުހާގެ ރަނގަޅުކަން ފެނިފައި ބައެއްފަހަރު ދެރަވެސް ވެއެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ. އަހަރެންގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް، ފަހުންވާނެ ގޮތެއް ނޭނގެއެވެ. ބައެއް ކަންތައްތަކަކީ އުންމީދުކުރާގޮތަށްދާ ކަންތައްތަކެއް ނޫނެވެ. އެންމެ ހީނުކުރާ ދަނޑިވަޅުގައި ބޭނުންނުވާގޮތަށްވެސް ކަންތައްތައްވެއެވެ.

” އަން. މިބޯލައިގެން ނިދާ. އޭރުން އަރާމްކޮށް ނިދާލެވޭނީ.” އަހަރެން ނިދަން އުޅެނިކޮށް ނުހާ އައިސް ކިރުތައްޓެއް ދިއްކޮށްލަމުން ބުނެލިއެވެ.

” ހަމަ ތިހާ ރަނގަޅުވާނެތަ އަލަތު ފިރިމީހާއަށްވެސް؟” އަހަރެން ނުހާއާއި ސުވާލުކޮށްލީމެވެ.

” ނޭނގޭ. ހަމަގައިމުވެސް ނިހާންއަށް ވަރަށް ރަނގަޅަށް ކަންތައް ކޮށްދެވޭތޯ ބަލާނަން.” އިސްދަށަށް ޖަހާލަމުން ނުހާ ބުނެލިއެވެ.

” އެހެންތަ؟ އަދި އެއްފަހަރު އިސްދަށަށް ޖަހާލަބަލަ. އަހަންނަށް ނުހާ ވަރަށް ރީތި އިސްދަށަށް ޖެހުމުން.” އަހަރެން ސަމާސަކޮށްލީމެވެ.

” ނިހާން. ދެން ނިދަން ދަނީ. ސަމާސަކުރާނީ ފަހުން.” އެހެން ބުނުމަށްފަހު ނުހާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

” ދަނީތަ؟” އަހަރެން އަނހާލީމެވެ.

” އަހަރެން މިތާ އިނިއްޔާ ނިހާންއަކަށް ނުނިދޭނެ. އެހެންވެ މިދަނީ.” ނުހާ އެހެން ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަހަރެން ނުހާ ހިފަހައްޓަން މަސައްކަތެއް ނުކުރަމެވެ. ކުރާކަށް ބޭނުމެއްވެސް ނޫނެވެ. ވަގުތުގެ ގޮތުން އެކަން ކުރުން ރަނގަޅެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި ނުހާއަށް ކުލުނުޖެހިފައި އޮތަސް ނުހާގެ ހިތުގައި އަހަންނަށް ވަނީ ކޮން އެއްޗެއްހެއްޔެވެ؟ އަހަންނަކަށް ނޭނގެއެވެ. ބައެއް ފަހަރު އެސުވާލު ކުރާ ހިތްވެސް ވެއެވެ. އެކަމަކު ނުހާ އަހަންނާއި ރުހޭނެ ބާވައެވެ؟ އަންހެނުންނަކީ ފާޑެއްގެ ބަޔެކެވެ. ލޯބި ނުވިޔަސް ހިތްހެޔޮކޮށް ކަންތައްތައް ކޮށްދީފާނެއެވެ. އަނެއްކޮޅުން ނުހާއަކީ ލާނެތްގޮތެއްވެސް ހުންނަ ކުއްޖެކެވެ. ބުނެވޭ ބަހެއްގެ ސަބަބުން މިރައްޓެހިކަންވެސް ގެއްލިގެން ހިގައިދާނެއެވެ. އެހެންވާކަށް އަދި ބޭނުމެއް ނޫނެވެ.

ހެނދުނު ހޭލެވުނީ ހާ ގޮވުމުގެ އަޑަށެވެ. އަވަސް އަވަހަށް އަހަރެން އެނދުން ތެދުވީމެވެ. އަހަރެން ހޭލިއިރު މޭޒުމަތީގައި ކިރުތައްޓެއް ބަހައްޓާފައި ހުއްޓެވެ. އަވަސްއަވަހަށް އެބޯލައިގެން އަހަރެން ގެއިން ނިކުތީމެވެ. އޭރު އަދި ރަނގަޅަށް އަލިވެސް ނުވިލެއެވެ. މަޑުމަޑުން ހިނގަމުން އަހަރެން މިސްރާބުޖެހީ ރަށުގެ އިރުމަތީ ފަރާތަށެވެ. އެއީ އަހަންނަށް އެރަށުގެ އެންމެ ހިތްފަސޭހަ ހިސާބެވެ. އޭރު އަދި ރަށުގެ މީހުން ހޭލަންވެސް ނުފަށައެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކޮންމެވެސް ވަރަކަށް ފިނީގެ އިޙްޞާޞް އަހަންނަށް ކުރެވުނެވެ. ފަސް އެނބުރި ބަލާވެސް ނުލާ އަހަރެން ކުރިއަށް ދިޔައީމެވެ. ކޮންމެ ގޮތެއް ވިޔަސް އިރުއަރާ މަންޒަރު ބަލަން އަހަރެން ބޭނުމެވެ. އެމަންޒަރު ފޮޓޯނެގުމަށްޓަކައި އަހަރެން ނިކުތީ ގެއިން ކެމެރާވެސް ހިފައިގެނެވެ. އެއީ އަހަރެން ވަރަށް ބަލަން ބޭނުން މަންޒަރެކެވެ. ކޮންމެ ރަށަކަށް ދެވުނަސް އެމަންޒަރު ފޮޓޯ ނެގުމަކީ އަހަރެން ކުރާކަމެކެވެ.

އަހަންނަށް އެހިސާބަށް ދެވުނުއިރު އިރުއަރަން ކައިރިވަނީއެވެ. އިރުފެނުން ތޮޅިލުމާއިއެކު، ކެމެރާ ނަގާ ފޮޓޯ އެއް ނެގީމެވެ. ފުރަތަމަ ގަނޑު ނެނގުނީ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. އެހެންވެ ދެވަނަ ގަނޑު ނެގުމަށްޓަކައި ކެމެރާ ނަގާ ސެޓްކޮށްލީމެވެ. ކެމެރާ ސެޓްކޮށްލުމާއިއެކު ފެނުނީ އެހެން މަންޒަރަކެވެ. ކެމެރާގެ ކުރިމަތީގައި ހިނިތުންވެލާފައި ހުރީ ނުހާއެވެ. އެހެން ނަމަވެސް ނުހާ ހިމަނައިގެން އަހަރެން އެގަނޑު ނެގީމެވެ.

” ކީއްކުރަންތަ ނުހާ ތިއައީ؟” އަހަރެން އަނހާލީމެވެ.

” ނިހާންއަށްވުރެ ކުރިން އަހަންނޭ މިތަނަށް އައީ. ނިހާން އަންނާނެކަން އިނގޭތީ މިއައީ.” ނުހާ ބުނެލިއެވެ.

” ވަގު ހިފުނީ. ވަގުހިފުނީ. ވަގުހިފުނީ.” ހަމްދާން އެތަނަށް އައީ ކުއްލިއަކަށެވެ.

” ކޮން ވަގެއް؟” އަހަރެން އެހެން ބުނީމެވެ.

” އަނެއްކާ ނުހާތަ އެއީ ނިހާން ގަޔާވާ ކުއްޖަކީ މިރަށުން؟ އަހަންނަށް ހާދަ ހީވެޔޭ؟” ޙަމްދާން ދިމާކޮށްލިއެވެ.

” ނުހާ އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. ދޯ ނުހާ.” ނުހާއާއި ދިމާލަށް ނިތްއަރުވާލަމުން އަރެން ބުނީމެވެ.

” ތީ ޢާއްމުކޮށް އެންމެން ބުނާ އެތި. ފުރަތަމަ ވާނީ ރައްޓެއްސަކަށް. ދެން ވާނީ އަންހެނުންނަށް. އެހެން ހަދައިފިއްޔާ އަހަރެން ވަރަށް ދެރަވާނެ.” ޙަމްދާންގެ މޫނުމަތިން ސީރިއަސްކަން އަހަންނަށް ފާހަގަކުރެވުނެވެ.

” ތިހެން ނުބުނޭ. ހަމްދާންއަށް ދެރަވާގޮތަށް އަހަރެން އެއްވެސްކަމެއް ނުކުރާނަން.” އެއްވެސް ރައްޓެއްސަކު ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

އެހެން ބުނުމަށްފަހު އަހަރެން ހިނގައިގަތީ ރާޅުޖަހާ ދިމާލަށެވެ. ނުހާއާއި ހަމްދާން ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. ފައިވާން ބާލައިގެން ރާޅުޖަހާފަށުގައި އަހަރެން ހިނގަމުން ގެންދިޔައީމެވެ. ހެނދުނުގެ ހިތްފަސޭހަ ވަގުތުގައި އަކިރިތަކުގައި ފައި ބީހެމުންދާއިރު ވަނީ ހިތްގައިމު އަރާމެކެވެ. ކުއްލިއަކަށް ނުހާއައިސް އަހަރެން ކޮށްޕާލިއެވެ. އަހަރެންގޮސް ޖެހުނީ މޫދުގެ ލޮނު ގަނޑު ތެރޭގައެވެ. ޖެހުނުގޮތަށް މުޅި މީހާ ތެމުނީއެވެ.

” އިރުއޮއްސޭ މަންޒަރު އެކަންޏެއްނޫން ބަލަންޖެހޭނީ. ލޮނުގެ ރަހަވެސް ދެކެންވާނެ. ކުރިންފަހަރު އަހަރެން މޫދަށް ލާފައެއްނު ތިހުރީ.” ނުހާ ލާނެތް ރާގަކަށް ހެމުން ބުނެލިއެވެ.

” ނަސީބެއްނު ކެމެރާ ގަސްދަށުގައި ބާއްވާފައި އާދެވުނުކަން.” އަހަރެން ވިސްނާލެވުނީ ކެމެރާ މަތިންނެވެ.
” ބަދަލުހިފާލީދޯ؟” ހަމްދާން ދިމާކޮށްލިއެވެ.

” ދެމީހުން ރާވައިގެންތަ ތިއުޅެނީ؟ ތިހެން އުޅެންޏާ މަވެސް ލަނޑެއްދޭނަން އިނގޭ.” އަހަރެންވެސް އަނގައިން ދެރަވާކަށް ބޭނުމެއްނޫނެވެ.

” އަޅެ ދީބަލަ. އަހަރެން ބަލަހައްޓައިގެން ހުންނާނަން.” ލާނެތް ރާގަކަށް ނުހާ ބުނެލިއެވެ.

އަހަރެން އެއްޗެކޭ ނުބުނަމެވެ. މޫދުން އަރައިގެން ބޮލުން ފެންފުހެމުން ހިނގައިގަތީއެވެ. ގޮސް ކެމެރާ ނަގައިގެން ގެއާއި ދިމާލަށް ހިނގައިގަތީމެވެ. އޭރު ނުހާއާއި ޙަމްދާން ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ.

” ނުހާ ދެކެ އަސްލުވެސް ލޯބިވޭތަ ނިހާން؟” ޙަމްދާން އެހެން ބުނުމުން އަހަރެން ހުރި ފިޔަވަޅު މައްޗަށް ހުއްޓުނީމެވެ.

” ނޭނގޭ. އަދި ދުވަހަކަވެސް ނުބުނޭ އެކަހަލަ ވާހަކައެއް.” ނުހާ މަޑުމަޑުން ބުނެލިއެވެ.

ތެދެކެވެ. އެކަހަލަ އެއްވެސް ވާހަކައެއް އަދި އަހަރެމެން ދެމީހުންގެ މެދުގައި ނުދެކެވެއެވެ. ވީއިރު، ނުހާއަށް ބުނެވޭނީ ހަމަ އެހެންނެވެ. ކިތަންމެ ވަރަށް ހިތުގައި އޮތަސް، ހާމަ ނުކުރަންޏާ އޮންނާނީ ހިތުގައެވެ. މީހަކަށް ނުވެސް އިނގޭނެއެވެ. އެކަމަކު، އަހަރެން ހީކުރީ ނުހާގެ ހިތުގައި އަހަންނަށް ކޮންމެވެސް މަޤާމެއް ދެވިފައި އޮތްކަމަށެވެ. އަހަރެން ގޮސް ގެއަށް ވަތްއިރު ހުރިހާ އެންމެން އުޅެނީ ހޭލައެވެ.

” ހާދަ ނުވަގުތެއްގައި މޫދަށް އެރިގެން ތިއައީ؟” ނުހާގެ މަންމަ އަނހާލިއެވެ.

” މޫދަށް އެރުނީއެއްނޫން. ނުހާ އަހަރެން މޫދަށް ކޮށްޕާލީ. އެހެންވެ، ތެމިފައި މިހުރީ.” އަހަރެން ބުނެލީމެވެ.

” އާނ. ވަރަށް ލާނެތް ކުއްޖެއް އެއީ.” ނުހާގެ މަންމަ ހެމުން ބުނެލިއެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަދެ ފެންވަރަން ފެށީމެވެ. ފެން މާގަނޑުދޫކޮށްލައިގެން އަހަންނަށް ހުރެވުނީ ކިހާއިރަކު ކަންވެސް ނޭނގެއެވެ. އެހުރިހާ އިރުވެސް އަހަންނަށް ވިސްނުނީ ނުހާގެ މަތިންނެވެ. ނުހާގެ ލާނެތް ކަމާއި ސަމާސާކުރުމެވެ. ނުހާގެ މޫނުމަތީގައިވާ ލާނެތް ހިނިތުންވުމެވެ. ކޮންމެ މީހަކުވެސް ހެއްވާލާނެއެވެ. އެކަމަކު އަހަރެން ބޭނުންވެގެން މިއުޅެނީ އެހިނިތުންވުމެއް ނޫނެވެ. އެ ހިނިތުންވުމާއި އެއްވަރަށް ނުހާގެ ފަރާތުން އަހަރެން ހިތްހަމަޖައްސަން ބޭނުންވެސް ވެއެވެ. އެކަމަކު ބައެއް ފަހަރު، އެކަމަށް ހިތްވަރު ނުހުންނާތީ އަހަރެންވެސް ދެރަވެއެވެ. މީހުން ބުނަނީ ތެދެކެވެ. ބައެއް ފަހަރު، އެންމެ ހިތްއެދޭ މީހާގެ ގާތުގައި އެހެން ބުނަން ނުކެރެނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ފަހަރަށް އެންމެ ހިތްއެދޭ ލޯބިވާ މީހާގެ ގާތުގައި އެހެން ބުނުންވެސް އެއީ ރިހުމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

އަހަރެން ފާޚާނާއިން ނިކުތްއިރު ނުހާ އިނީ ކޮޓަރީގައެވެ. އަހަރެން ނިކުތުމުން ވަރަށް ފުންކޮށް އަހަންނަށް ނުހާ ބަލާލިއެވެ.

” އަންނަ އަހަރު މިސްޓަރ މޯލްޑިވްސް މުބާރާތުގައި ނިހާން ބައިވެރި ވައްޗޭ. މަށަށް ހަމަ ޔަޤީން އެއްވަނަ ލިބޭނެކަން.” ނުހާ އަހަންނާއި ދިމާކޮށްލިއެވެ.

” ނުހާ ތިހެން ނުބުނެގެން މިހުރީ. ބަލައްޗޭ. ދެން ބައިވެރިވާނަން.” އަހަރެންވެސް މިފަހަރު އަނގައިން ދެރަވާކަށް ބޭނުމެއް ނޫނެވެ.

” ހާދަ ހީވެޔޭ.” ނުހާ އަކީ ފާޑެއްގެ ކުއްޖެކެވެ.

” ތިހެން މީހުންނާއި އަބަދު ދިމާކުރާކަށް ނުވާނެ. ތިހެން އުޅެނިކޮށް ފަހުން ރޯން ޖެހިއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟” އަހަރެން ނުހާއަށް އެއްޗެއް ވިސްނައިދޭން މަސައްކަތްކުރީމެވެ.

” ދެން ހަމަ ރޯނީ. ފަހަރުގައި އެދުވަހަކުން ނިހާން ހުރެދާނެއްނު ކަރުނަ ފުހެދެންވެސް.” ނުހާ ވަރަށް ހަމަޖެހިލައިގެން އިނދެބުނެލިއެވެ.

” އެދުވަހަކަށް އިންތިޒާރުކުރަންތަ؟” ޔަޤީންކޮށްލަން އަހަރެން ބޭނުންވިއެވެ.

” އަބަދުވެސް. ނިހާން ފުރަތަމަ މިރަށަށް އައިދުވަހުން ފެށިގެން އަހަރެން ވަރަށް ގަޔާވޭ ނިހާންދެކެ. އެކަމަކު ކުރިން އެވާހަކަ ނުބުނީ.” ނުހާ ކިޔައި ދިނެވެ.

” އޭރުން ޙަމްދާން ކީކޭތަ ބުނާނީ؟” އަހަރެން އަނހާލީމެވެ.

” ކިހިނެއްތަ ހުރިހާ އެންމެންނަށް ލޯބިދެމުން ދާނީ؟” ނުހާ ކޮށްލީ ވަރުގަދަ ސުވާލެކެވެ.

އެހެން ބުނުމަށްފަހު، ނުހާ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަހަރެން ފުން ނޭވާއެއްލީމެވެ. ވަރަށް ހިތްހަމަޖެހިގެން ހުރެ ތައްޔާރުވެލީމެވެ. ތުމުން ފުމެމުން އަހަރެން ކޮޓަރިން ނިކުތީމެވެ.

” ހާދަ ހިތްހަމަ ޖެހިފައި ތިހުރީ؟” އަހަންނަށް ނިކުމެވުނީ ޙަމްދާންގެ ކުރިމައްޗަށެވެ.

” ކަމެއްނުވޭ.” އަހަރެން ކުރު ޖުމްލައަކުން ނިންމާލީމެވެ.

” ހާދަ ހީނުވޭ އެކަމަކު.” ހީވަނީ ޙަމްދާން އަށް ކަމެއް އިނގިގެން އުޅޭހެނެވެ.

” އެއްކަލަ ޙަމްދާން. ރައްޓެހިންނަށް ކޮންމެވެސް ވަރަކަށް އިތުބާރުވެސް ކުރަންވާނެއެއްނު.” އަހަރެން ބުނީމެވެ.
” ތިހެން އިތުބާރުކުރި ވަރަކަށް ލަނޑުދޭވަރު ގިނައޭ ވަނީ މިޒަމާނުގައި. ދެން ކިހިނެއްތަ މީހަކަށް އިތުބާރުކުރާނީ.” ޙަމްދާންވެސް ބުނީ މުޅިއަކުން ދޮގެއް ނޫނެވެ.

” ދެން އަޅާ ނުލާ. ހިނގާ ސައިބޯން.” އަހަރެން ބޭނުމީ ވާހަކަ އޮޅުވާލާށެވެ.

” ނިހާން. ހުންނާނެ ސައިހަދާފައި. ގެއަކުން ނޫންތަ ސައިބޮނީ؟” ޙަމްދާން އާއިއެކީ ހިނގައިގަތުމުން ނުހާ އަނހާލިއެވެ.

” އާނ. މިއަދު ސައި އޮތީ ޙަމްދާންމެންގެ ގެއިން. ދޯ ޙަމްދާން.” އަހަރެން ބުނީމެވެ.

އާނއެކޭ ބުނުމުގެ ގޮތުން ޙަމްދާން ބޯޖަހާލިއެވެ. އަހަރެން ޙަމްދާން އާއިއެކު އެގެއަށް ދިއުމަށް ހިނގައިގަތީމެވެ. މަޑުމަޑުން ދެމީހުން ދިޔައީ ހިނގަމުންނެވެ.

” ނިހާން ވިސްނާލަބަލަ. ދެމީހުން ލޮލު ކޮޅަށް ގެއްލެންދެން ނުހާ އިނީ ގޭގެ ދޮރުމަތީގައޭ. ނިހާން ދެކެ ހާދަ ލޯބިވާ ކުއްޖެކޭދޯ އެއީ.” ހަމްދާން ބުނެލިއެވެ.

” ކިހިނެއްތަ އިނގެނީ ނުހާ ލޯބިވަނީ ޙަމްދާންދެކެ ނޫންކަންވެސް.” ޙަމްދާންގެ އަނގައިގައި ތަޅު އެޅުވުނު ކަހަލައެވެ.

ޙަމްދާންގެ ގެއިން އައިއިރު ނުހާ އިނީ ކޮންމެވެސް އެއްޗެއް ފަހާށެވެ. ކިޔަވައި ނިމުމުން ނުހާ ކުރާ ކަމަކީ ފެހުމެވެ. މޮޅަށް ނުފެހުނަސް، ކޮންމެވެސް ވަރަކަށް ފަހަން ނުހާ ދަނެއެވެ. ފުދޭ ވަރެއްގެ ޢާއްމުދަނީއެއް އެކަމުން ނުހާ ހޯދައެވެ. ކުރުގޮތަކަށް ބުނާނަމަ، ނުހާ އަކީ ލާނެތް ގެވެހި އަންހެން ކުއްޖެކެވެ. އަހަރެންގެ ދިރިއުޅުމުގައި އެކަހަލަ ކުއްޖަކަށް ޖާގަ ދީގެން އުޅޭތާ ވަރަށް ދުވަސްވެއްޖެއެވެ. ދެވަނަ ފަހަރަށް ނުހާގެ ރަށަށް އަންނަންޖެހުނީވެސް އެހެންވެގެނެވެ. އަހަރެންގެ މީހަކަށް ނުހާ ހެދުމަކީ އަހަރެން ވަރަށް ކުރަން ބޭނުން ކަމެކެވެ. ނުހާގެ މަންމަމެން އެކަމުގައި ދެބަސްނުވާނެކަން އަހަންނަށް އިނގެއެވެ. އެހާވެސް އެމީހުންގެ ހިތް އަހަންނަށް ސާފްކަން އިނގެއެވެ.

” ކޯއްޗެއް ތި ފަހާލަނީ؟” އަހަރެން ގޮސް ނުހާގެ ކަންފަތްދޮށުގައި އެހެން ބުނީމެވެ.

” އައްދޯއި.” އަހަރެން އެހެން ބުނުމާއިއެކު، ސިއްސައިގެން ގޮސް ނުހާގެ އިނގިއްޔަށް ތިނޯސް ވަނެވެ.
” ސޮރީ ތަދުވިތަ؟” ނުހާގެ އަތުގައި ހިފަމުން އަހަރެން ބުނީމެވެ. ދެން ތިނޯސް ވަތް އިނގިލި ގެނެސް އަހަރެންގެ އަނގަޔަށް ލީމެވެ.

” ނޫން. ނޫނަސް ފަހާ މީހުންގެ އަތަށް ތިނޯސް ވަންނާނީވެސް.” ނުހާވެސް މޮޅު އެއްޗެއް ބުނެލިއެވެ.

އެއަށްފަހު، ނުހާ އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެންވެސް ނުހާގެ މޫނަށް ބަލާލީމެވެ. އެމޫނުގައި ވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.

” ތިހާ ލޯބިވަންޏާ އަހަންނަށް ހީވަނީ ދެން ތިކަން ނިންމަންވީހެން.” ޙަމްދާން ގެއަށް އައިސްވަނީ އެވަގުތަށެވެ.
” ކިހާބޮޑުކަމެއް. މިކަހަލަ ކޮންމެ ތަނަކަށް ޙަމްދާންއަށް އެބަ އާދެވޭ. ހާދަ ވަރަކަށް ތިފާރަލަނީ؟” އަހަރެން ބުނީމެވެ.

” ފާރަލަނީ އެއްނޫން. ހަމަ ޢިއްތިފާޤުން ދިމާވަނީ. އަހަންނަށް ހީވަނީ ދެން ތިކަން ނިންމަންވީހެން. ނޫނީ ދެން ޒަޚަމްވާނީ ތިއަށްވުރެން ބޮޑަށް ކަން ނޭނގޭ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދެ އެކުވެރިން ހަލާކުވާތަން ދެކޭކަށް.” ހަމްދާންގެ ރާގުގައިވަނީ ސީރިއަސްކަމެވެ.

” ޙަމްދާން ދެރަނުވޭ. ދެން ތިކަމަށް ނުވާނެ ގިނަ ދުވަހެއް. ދޯ ނުހާ؟” އަހަރެން ނުހާ އަށް ބަލާލަމުން ބުނީމެވެ.
” އާނ. އެކަމަކު އޭރުން ޙަމްދާން ކިހިނެއްތަ ހަދާނީ؟” ނުހާ ކުރީ ބޮޑު ސުވާލެކެވެ.

” ދުނިޔޭގައި އަދި އަންހެނުން ހުހެއްނުވެއެއްނު. އެހެން ނޫނަސް ޙަޤީޤީ ލޯތްބަށް ހުރަސް އެޅުމަކީ ވަރަށް ހުތުރުކަމެއް.” ޙަމްދާން އަކީ އަނގައިން ބަލިވާނެ މީހެއް ނޫނެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނެވެ. އަހަންނާއި ނުހާ ކައިވެނިކުރީ އެރަށުގައެވެ. ނުހާގެ އެދުމުގެ މަތިންނެވެ. އަހަރެންގެ ހުރިހާވެސް އުފަލަކީ ނުހާ އުފަލުގައި ބެހެއްޓުމެވެ. ކައިވެނީގެ ޕާރޓީވެސް ބޭއްވީ ނުހާގެ ރަށުގައެވެ. އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. ޙަމްދާންވެސް ހުރިހާ ކަމެއްގައި އެހީތެރިވެދިނެވެ. އަހަރެން ހީކުރީ އަހަންނާއި ނުހާގެ ގުޅުމަށް ޙަމްދާން ހުރަސް އަޅާނެކަމަށެވެ. ގިނަ ފަހަރަށް ވަނީ އެހެންނެވެ. އެހެންނަމަވެސް، އެހެން ނުވުމުން ޙަމްދާން އަކީ ވަރަށް ތެދުވެރި ރައްޓެއްސެއްކަން އަހަންނަށް ޘާބިތުވިއެވެ.

” ކޮން އިރަކުން ކުއްޖަކު ހޯދަނީ؟ އަހަރެން ވަރަށް އަވަހަށް ބޭނުން ކުއްޖެއް.” ކައިވެނީގެ ޙަފްލާ ނިމިގެން ގެއަށް އައުމުން ނުހާ ބުނެލިއެވެ.

” ނުހާ ބޭނުން ގޮތެއް. ނޫނަސް މިހާރު އޮންނަނީ އަންހެނުންގެ ބާރެއްނު. އަންހެނުންގެ ދުވަސް. އަންހެނުންގެ ޙައްޤުތައް. މިހެން ގޮސް އަންހެނުންނަށް މިހާރު ހުރިކަމެއްވެސް އޮތީ. އަހަރެމެން ފިރިހެނުންނަކީ އެއްވެސް ބައެއް ނޫނޭ މިހާރު.” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.

” ތިހެން ނުބުނޭ. އަހަންނަށް ނިހާން ވަރެއް ނެތް. އެހެން މީހަކަށް ދުވަހަކުވެސް ދެން މިނުހާއެއް ނުލިބޭނެ. ނިމިދާނީވެސް ހަމަ ނިހާންގެ މީހެއްގެ ގޮތުގައި ހުރެ.” ނިދަން އެނދަށް އަރަމުން ނުހާ ބުނެލިއެވެ.

” ހިތަށް އަރާ އެހެން މީހަކަށް ތިކަހަލަ ރަނގަޅު އަންބެއް ލިބިފައިވާނެބާއޭ؟” ނުހާ އަހަންނާއި ކައިރިކޮށްލަމުން ބުނީމެވެ.

ކުޑަ ދުވަސްކޮޅެއް ފަހެވެ. ނުހާ ބަލިވެއިނެވެ. ބަލިވެ އިނީވެސް އެއްފަހަރާ ދެކުދިންނަށެވެ. އަހަރެން ވަރަށް އުފާވެސް ވިއެވެ. ވަރަށް ކުރީއްސުރެން އެއް ފަހަރާ ދެކުދިން ބެލުމަކީ އަހަރެންގެ ހުވަފެނެވެ.

” ނިހާން. އެއްކުއްޖަކު ބަލަން ޙަވާލުކުރާނީ ޙަމްދާންއާއިދޯ.” ޙަމްދާން ގެއަށް އައިސް ވަނުމުން ނުހާ ދިމާކޮށްލިއެވެ.
” މިހާރު ދޭއްނޫން، ތިން ކުދިންވެސް ބެލިދާނެ. ވަކި ނުހާ އަށްވުރެ، އަހަރެންގެ އަންހެނުންވެސް ދެރައެއްނުވާނެ ކުދިން ބަލާކަށް.” އޭރު ޙަމްދާންވެސް އުޅެނީ މީހަކާއި އިނދެގެންނެވެ.

” އޭ. ހިނގަ މަޖާކޮށްލަން މާދަމާ ދަތުރުދާން.” ޙަމްދާން ބުނެލިއެވެ.

” ރަނގަޅު ކަމެއްތިއީ.” އަހަރެންވެސް އެއްބަސްވެލީމެވެ.

އޭގެ އަނެއް ދުވަހު ހެނދުނު ހެނދުނާއި ހޭލައިގެން ދަތުރުދާން އަހަރެމެން ތައްޔާރު ވީމެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަރެމެން ތިބީ ނުހާގެ ރަށުގެ ކައިރީގައި އޮންނަ ކުޑަކުޑަ ރަށެއްގައެވެ. އެދަތުރުގައި ނުހާގެ ޢާއިލާގެ އެންމެންނާއި ޙަމްދާންގެ ޢާއިލާގެ އެންމެން ބައިވެރިވިއެވެ.

” ނިހާން ބޭބެ. ހިނގާބަލަ ބޮލި ހޮވަންދާން. ވަރަށް ރީތި ބޮލި ހުންނާނެ މިރަށުގައި.” އަހަރެންގެ އަތުގައި ހިފާ ދަމަމުން ނުހާގެ ކޮއްކޮ ބުނެލިއެވެ.

” ދެން ދޭބަލަ. އަހަރެން ނުގެއްލޭނޭ.” ނުހާ އަހަރެން އިންތަނުން ނަގަމުން ދިއުމަށް އެދުނެވެ.

” ގެއްލިއްޖެއްޔާ ވަރަށް ދެރަވާނެ. އަދި ހަނދާންކުރާތި. މޫދަށް ނޭރޭތި. ފަތަން ނޭނގޭ މީހަކު މޫދަށް އެރިގެން ގެއްލުމެއްވެދާނެ. ކަމެއްވާނީ ބުނެފައެއްނޫން. ” ނުހާއަށް ރަނގަޅަށް ފަތަން ނޭގޭތީ އަހަރެން އެކަން ހަނދާންކޮށްދީނީމެވެ.

“އޯކޭ.” މަޑުމަޑުން ނުހާ ބުނެލިއެވެ.

އަހަރެން ނުހާގެ ކޮއްކޮ ގޮވައިގެން ހިނގައިގަތީމެވެ. މަޑުމަޑުން ރަށުގެ ގޮނޑުދޮށް ކައިރީގައި އަހަރެމެން ހިނގަމުން ދިޔައީމެވެ. އޭރު ނުހާމެން އުޅެނީ މޫދަށް އެރެންވެގެނެވެ. އަހަރެމެންނަށް ހިނގުނީ ކުޑަ ތަންކޮޅަކަށެވެ. ކުއްލިއަކަށް ފަހަތުން ޙަމްދާންގެ ކޮއްކޮ ދުވަމުން އަހަންނަށް ގޮވަމުން އައިސް ހުއްޓުނެވެ.

” ނުހާ.. ނުހާ…” އޭނާއަށް ވާހަކައެއް ނުދެއްކުނެވެ. އެހިސާބުން ކަމެއް ގޯސްވިކަން އަހަންނަށް އިނގިއްޖެއެވެ. އަހަރެން ދުވަމުން ނުހާމެން ތިބި ދިމާލަށް ދިޔައީމެވެ. އޭރު ނުހާ އޮތީ ދޮންވެލި ގަނޑުމަތީގައެވެ. ހުރިހާ އެންމެންތިބީ ނުހާ ވަށާލާފައެވެ. ހުރިހާ އެންމެން ކަހަލަ ގޮތަށް ރޮނީއެވެ. އަހަރެން ގޮސް ނުހާގެ ކައިރިއަށް ހުއްޓިލީމެވެ. ދެން ނުހާ ނަގާ ތަޅުވާލީމެވެ. އޭރު ނުހާ އޮތީ މަރުވެފައެވެ. އަހަންނަށް ވީ ގޮތެއް ދެން ނޭނގެއެވެ.

” ހިތްވަރު ކުރޭ. އެދުވަސް ނާންނާނެ މީހަކު މިދުނިޔޭގައި ނުހުންނާނެ.” ނުހާ މަރުވިގޮތް ކިޔައިދެމުން ޙަމްދާން އަހަންނަށް ހިތްވަރު ދިނެވެ. އޭރު އަހަރެން އޮތީ ރަށުގެ ހޮސްޕިޓަލްގައެވެ.

ތެދެކެވެ. އެދުވަސް ހުރިހާ އެންމެންނަށްވެސް އަންނާނެއެވެ. އެކަން އަހަރެން ޤަބޫލުނުކުރަނީއެއް ނޫނެވެ. އެކަމަކު އަހަރެންގެ ނުހާއަށް އެދުވަސް އެއައީ ތަންކޮޅެއް ކުރިން ކަން ނޭނގެއެވެ. ނުހާ މަރުވުމުން އަހަރެން ވަރަށް ހިތާމަ ކުރީމެވެ. ކޮޓަރީގައި އޮވެގެން ވަރަށް ރޮވެއެވެ. އެނދުގައި އޮންނައިރު އަނެއް ފަރާތަށް ބަލާލެވެއެވެ. ނުހާ އޮވޭތޯއެވެ. އަހަންނާއި ނުހާގެ ވަރަށް ބައިވަރު ހުވަފެންތައް ހުއްޓެވެ. ޙަޤީޤަތަކަށްވުމުގެ ކުރިން ނުހާ ނިޔާވީއެވެ.

ކުޑަ ދުވަސްކޮޅެއް ފަހެވެ. ނުހާގެ މަތިން ހަނދާންނެއް ނުނެތުނެވެ. އެހެންވެ، ކުޑަދުވަސްކޮޅަކަށް މާލެދިއުމަށް އަހަރެން ނިންމީމެވެ. ފުރަންވެގެން ދޯންޏަށް އަރަން އަހަރެން ދިޔައީ އެންމެންނާއި ސަލާމްކުރުމަށްފަހުގައެވެ. އެންމެންވެސް އަހަންނަށް ހިތްވަރު ދިނެވެ. ދެން މަޑުމަޑުންގޮސް ނުހާ އާއި ފުރަތަމަ ދިމާވި ގަސްދޮށަށް ހުއްޓިލީމެވެ. އެތަނުން އިތުރަށް ނުހާގެ ހަނދާންތައް އާވިއެވެ. އިރުކޮޅެއް ފަހުން އަހަރެން ގޮސް ދޯންޏަށް އެރީމެވެ. ނުހާގެ ރަށް ލޮލުކޮޅަށް އޮބާލަންދެން ބަލަހައްޓައިގެން އަހަރެން އިނީމެވެ. ނުހާގެ ރަށް ލޮލުކޮޅަށް ގޮސް ގެއްލުނަސް، ނުހާގެ މަތިން ހަމަ ހަނދާން ވަނީއެވެ. ނުހާގެ ހަނދާންތަކާއި އަހަންނަށް ވަކިވެވޭނެހެނެއް ހިޔެއް ނުވެހެވެ. ދެން އަހަރެން ދިރިއުޅެނީ ނުހާގެ އެހަނދާނުގައެވެ.
=ނިމުނީ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ޝުދޫ ******* (10) ވަނަ ބައި

Next

އެސް.އެމް.އެސް. (1)

Next
July 31, 2015

އެސް.އެމް.އެސް. (1)

Previews
July 30, 2015

ޝުދޫ ******* (10) ވަނަ ބައި

8 Comments!

  1. Amaaz says:
    July 30, 2015 at 11:19 pm

    މިވާހަކައަކީ 2008 ވަނަ އަހަރު ލިޔެފައިވާ ވާހަކައެކެވެ. އަދި ކުރިން 02 ދިވެހި ވާހަކަ ސައިޓްގައިވެސް ވާނީ ޝާޢިއުކޮށްފައެވެ. ހަނދާނާއި ތާރީޚަށްޓަކައި މިސައިޓްގައިވެސް ޝާޢިއުކޮށްލީމެވެ. ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

    ޝުކުރިއްޔާ!!!

  2. Shabee says:
    July 31, 2015 at 6:34 am

    V touching…but nuhaa ah v goeh neguneema…ekan ingunu nama 1 vana… dhen alhe amaaz kuru vaahaka nugenes shudhooo up khdheebala

  3. Anonymous says:
    July 31, 2015 at 12:32 pm

    Bimaa vaahaka liyaa gothah liyaa meeheh. EbunaahenvShudhoocup kureba

  4. Shaan says:
    July 31, 2015 at 3:55 pm

    Pis. Pis. Amaaz mashah kameh kohdhenyaamu vaahaka fasha thanuga amaaz koffa thi in comment liyelabala… Aadheys koffa mi bunany.. Time waste vany aa vaahaka hoadhan hadhaigen. Amaaz varah bodah ummeedhu kuran mi comment kiyaafa miyah amalu kuraane kamah

  5. maniu says:
    July 31, 2015 at 6:19 pm

    salhi,,,shudhoo ge nxt episode genesdhinun edhen………

  6. Hudhu says:
    July 31, 2015 at 7:33 pm

    V reethi.

  7. ishy says:
    August 1, 2015 at 11:30 am

    Maa avass aruvaalaafa miothy ehenve adi

  8. shasha says:
    August 2, 2015 at 4:45 pm

    haadha avahah nimmalaafa…nimun v hadi

Comments are closed.



All Right Reserved!