Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ ******* (10) ވަނަ ބައި

DESTINY2020 Level 210 Stories
July 30, 2015 4 Mins Read
19 Comments

 

” ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭ ގޮތައްތަ ތިހުންނަނީ؟” ޝިފާވެސް ވަކި ދަށެއް ނޫންތާއެވެ.

” ނޫނޭ. ހުރިހާ ކަމެއް އަދި ނުކޮށްދެވޭނެ. އެހިސާބަކަށް ތަނަވަސްކަމެއް އަދިނެތް. ދެން ސަކަރާތް ނުޖަހާ ބުނެބަލަ. ކިހިނެއްތަ ވީ ޝިފާ ތިގުޅާލީ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.

” ދެން ނުކެރޭނެ ބުނާކަށް.” ޝިފާ ތުއި އަޑަކުންބުނެލިއެވެ.

” ބުނަން ނުކެރެންޏާ ދެން ނުބުނާނީ. ނޫނީ ދެން ފޯން ބާއްވާނީ؟” އަހަރެން މޯޅި އަކަށް ދެމިލަމުން ބުނީމެވެ.

” އަސްލުވެސް ހަމަ ފޯން ބާއްވަންވީތަ؟” ޝިފާ މަޑުމަޑުން އަނހާލިއެވެ.

” ނޫނޭ. ނުބައްވާތި! ދެން ބުނެބަލަ. ކިހިނެއްތަ ޝިފާ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.

” ވަރަށް ވަރުބަލިތަ ޢާޒިމް؟” ޝިފާ ޖަވާބު ދިނީ އަހަރެންގެ ސުވާލަކަށް ނޫނެވެ.

” ނޫނޭ. އަނެއްކާ މަސައްކަތެއް ޖައްސަންތަ ތިއުޅެނީ؟” އަހަރެން ސަމާސާކޮށްލީމެވެ.

” ވާނެތަ؟” ޝިފާ ވެސް މީ ދެރަ މީހެއްނޫންތާއެވެ؟

” ވާނެ؟ މީ ފިރިހެނެކޭ. ކީއްތަ ނުވަންވީ؟” އަހަރެން އަޑަށް ބާރުލަމުން ބުނީމެވެ.

” މިއުޅެނީ ފޯނަށް ކްރެޑިޓެއް ބޭނުންވެގެން. އެއްކަލަ ލަންކާ ފްރެންޑަށް ގުޅާލަންޖެހިގެން.” ޝިފާ ޖެހިލުން އެކުލެވިގެންވާ ރާގެއްގައި ބުނެލިއެވެ.

” އޯ.ކޭ މައްސަލައެއްނެތް. ތިރީސް ތިން ރުފިޔާއިންވޭނެދޯ.” އަހަރެން ބުނީމެވެ.

” ޢާޒިމް ބޭނުން ވަރެއް ފޮނުވާ. ދެން ތިކޮށްދޭ ކަންތައްތަކަށް ޝުކުރިއްޔާ. އަހަރެން އަބަދުވެސް ހަނދާން ބަހައްޓާނަން ޢާޒިމްގެ ރަނގަޅުކަން.” ޝިފާ އަހަރެން ގޯނި ފުލަށް ލަނީ ތޯއްޗެކެވެ.

“ދެން ތިހެން ނުބުނޭ. މީ ރައްޓެހިކަމެއްނު. ހިނގާ މިރޭ ކާންދާން. ދެވޭނެތަ؟” އަހަރެން އަނހާލީމެވެ.

” ބަލާނަން އިނގޭ. ފްރީވީމަ މިސްއެއް ދޭނަން. އޯ.ކޭތަ؟ ދެން މަބުނިކަންތައް އަވަސްކޮށް ދެއްޗޭ އިނގޭ.” ޝިފާ ތަކުރާރުކޮށްލިއެވެ.

އޯކޭއޭ ބުނަމުން އަހަރެން ފޯން ބޭއްވީމެވެ. ހިތަށް އެރިއެވެ. ޝިފާ އުޅޭނީ ހަމަ މިހެންބާވައެވެ؟ ފެންނަ ކޮންމެ މީހެއްގެ އަތުން ދިހަ ރުފިޔާ ވިހި ރުފިޔާ ފޯނަށް އަޅައިގެން ބާވައެވެ؟ އަހަންނަކަށް ނޭނގެއެވެ. އަހަރެން ބަލާކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެން ގާތުގަ ބުނި ކަމެއް ހެޔޮހިތުން ކޮށްދިނީމަ ނިމުނީ ނޫން ހެއްޔެވެ؟ އެކަމަކު، ލަންކާގައި މިހުންނަނީ ޝިފާގެ ކާކު ހެއްޔެވެ؟ އެހާ މުޙިއްމު މީހެއްނަމަ، އޭނަވެސް ޝިފާޔަށް ގުޅާލުން ކީއްހެއްޔެވެ؟ ނޭނގެއެވެ. ރައްޓެހިކަން އޮންނަނީ އެއްކޮޅުން ކަން ނޭނގެއެވެ. ނޫނީ، އެބުނާ މީހަކީ ޝިފާޔަށް މާ މުހިއްމު މީހަކަށްވެސް ވެދާނެތޯއްޗެކެވެ. އެއީ އެހެން މައްސަލައެކެވެ. އެކަން ދިރާސާކުރާކަށް އަހަންނަކާއި ނުޖެހޭނެތާއެވެ.

އޮފީހުން ނިކުމެގެން ކުރިމަތީގައި ހުރި ފިހާރަކަށްވަދެ ފުރަތަމަވެސް ޝިފާ ބުނި ކަންތައް، ޝިފާޔަށް ކޮށްދިނީމެވެ. ގެއަށް ދިއުމަށް ސައިކަލަށް އެރީވެސް އޭގެ ފަހުންނެވެ. ޝުދޫގެ ހަނދާންތައް އާވާން ފެށީ އެހިސާބުންނެވެ. މީވެސް އަޖައިބެކެވެ. އަހަރެންގެ ވިސްނުން ބަދަލު ކުރަންވެއްޖެވެ. ނުފެންނަ އަންހެން ކުއްޖެއްގެ މަސްތުގައިޖެހި އަހަރެން މިއޮތް މޮޔަވަނީއެވެ. އަހަރެންގެ އުންމީދުތައް މާމަތިވީމަކަންނޭނގެއެވެ. އަހަރެންގެ ހިތުން ކޮންމެވެސް އެއް ދުވަހަކުން ޝުދޫ އަހަރެންގެގާތަށް އަންނާނެއެވެ. އާދޭސްކޮށް ލޮލުން ކަރުނަ އޮހޮރާނެއެވެ. އަހަރެންގެ ލޯތްބަށްޓަކައެވެ. އަހަރެންގެ މީހަކަށްވުމަށެވެ. އަހަރެން މީހަކާއި އިނދެގެން ހުރިނަމަ، އެދުވަހަކުން ދެއަންބަށްވެސް އިންނަން އެއްބަސްވާނެއެވެ. އަހަރެންގެ ހިތް ބުނަނީ އެހެންނެވެ. އަހަރެންގެ ހިތް އެހާ ސީދަލެއްނުވާނެއެވެ. އެކަމަކު، މިކަމުގައި އަހަރެންގެ ހިތް ސީދާވާނެކަމަށް ހިތް އަބަދު ބުނަނީ، ކީއްވެގެން ހެއްޔެވެ؟ ޝުދޫ ނުފެނުނަސް، އަދިވެސް އެކަމެއް ނިންމާކަށް ބޭނުމެއް ނޫނެވެ. އަހަރެން ޙަޔާތުގެ ދަތުރު ނިންމާލާނީ ޝުދޫގެ ކުރިމައްޗަށް އެރުމަށް ފަހުގައެވެ.

އަހަންނަށް ވުރެ ބޮޑަށް ޝުދޫދެކެ ލޯބިވާނެ، ވެވޭނެ އެއްވެސް މީހަކުނެތްކަށް އަހަރެން ޝުދޫއަށް ދައްކާނަމެވެ. އެކަން ޘާބިތުވެސްކޮށްދޭނަމެވެ. ނޫންނަމަ، އަހަރެންގެ ނަމަކަށް ޢާޒިމްއެއް ނުކިޔާނެއެވެ. މިހިނދުން ފެށިގެން އަހަރެން މިކަމަރު ބަންނަނީ އެކަމަށެވެ. އަހަރެން މިހިފާ ދިގު ރޯދަ ވީއްލާނީ އެހުރިހާ ކަމެއް ހާޞިލްވީމައެވެ. ޝުދޫ ހިތުން އަހަންނަކީ މޮޔައެވެ. މައްސަލައެއް ނެތެވެ. ޝުދޫ ހިތުން އަހަންނަކީ މުސްކުޅިއެކެވެ. ފަރުވާލެއް ނެތެވެ. ޝުދޫ ހިތުން އަހަރެން ނިޔަތް ވަރަށް ނުބައެވެ. ޝަކުވާއެއް ނުކުރާނަމެވެ. ޝުދޫ ހިތުން އަހަރެން ބޭނުމީ ޝުދޫއާއި ވާހަކަ ދައްކާ މަޖާކުރާށެވެ. އެއީ ޙަޤީޤަތެއް ނޫނެވެ. އަހަރެންގެ ޙަޤީޤަތް ފުރިހަމަޔަށް ޝުދޫއަށް އިނގުދުވަހަކުން، ޝުދޫ އަހަންނަށް ހެދިގޮތް ވިސްނުމުން ރޯނެއެވެ. ކަރުނަ އަޅާނެއެވެ. އެކަމަކު، ޝުދޫގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް އަހަރެންގެ ކުރިމަތީގައި ވައްޓާލިއަކަ ނުދޭނަމެވެ. އަހަރެންގެ ހިތަށް އެމަންޒަރު ބަލަން ކެތެއް ނުވާނެއެވެ. އަހަރެން ލޯބިވާ ހެޔޮއެދޭ އެއްވެސް މީހެއްގެ ލޮލުން ބޭކާރުގޮތުގައި އެންމެ ކަރުނަ ތިއްކެއް ވާއްޓާލިޔަވެސް ނުދޭނަމެވެ. އަހަންނަކީ އެހާ މީހުންދެކެ ލޯބިވާ މީހެކެވެ. ކުޑަކުޑަ މަޢުޞޫމް ހިތަކަށް މިކަން ތަޙައްމަލް ނުވެދާނެވެ.

ސައިކަލުން ފައިބައިގެން ގެއަށް އަންނަންދެން އަހަންނަށް ހުރެވުނީ އެފަދަ ފޮނި ޚިޔާލު ތަކެއްގެ ތެރޭގައެވެ. ގެއަށް ވަދެ ފޯނަށް ބަލާލިއިރު، ޝިފާ އެސް.އެމް.އެސްކޮށްފައި އޮތެވެ. ޝުކުރު ދަންނަވާފައެވެ. ދެން ރަނގަޅުތާއެވެ. ޝިފާޔަށް އެވަރުވެސް އެބައެވެ. މީހަކު ހެޔޮހިތުން ކަމެއް ކޮށްދިނުމުން އެވަރު ނުވާ މީހުންވެސް އުޅާތާއެވެ.

” އޭ ހިނގާބަލަ ކާންދާން. ވަރަށް ބަނޑުފައި.” އިމާން ގުޅީ ގޭގައި ހުއްޓައެވެ.

” ތީ ރަނގަޅު ޚިޔާލެއް. ކޮންތާކަށް ދަނީ؟ ކާކުދެނީ؟” އަހަރެން އަނހާލީމެވެ.

” އަޖައިބެއްތާ؟ އަހަރެން ކާންދެވެނެއްނު އަހަރެން ގުޅާނީ. ދެންވެސް ޝަކުވާނުކޮށް އާދެބަލަ. ވަރަށް ވާހަކަ އެބައޮތޭ.” އިމާން އަވަސް އަވަހަށް ބުނެލިއެވެ.

އަހަރެން ގޮސް މަޑުކުރީ އޮފީސްކައިރީގައެވެ. އިމާން އަށް ގުޅުމުން އިމާން ފޭބިއެވެ. އަހަރެންގެ ސައިކަލުގެ ފަހަތަށް އިމާން އެރުމުން މަޑުމަޑުން އަހަރެން ސައިކަލް ދުއްވާލީމެވެ. ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ. އަހަރެމެންގެ މިސްރާބް ހުރީ ވެސްޓް ޕާރކަށެވެ. އަހަރެމެންގެ އޮފީސް ހުންނަ ހިސާބުން އެހިސާބަށްދާން ވަރަށް ވަގުތު ނަގާނެއެވެ. އެހިސާބަށް ދަންދެން އަހަންނަށް ގުޅަމުން ދިޔަ މީހަކު ދިޔައީ ގުޅަމުންނެވެ. ސައިކަލް ދުއްވަމުން ފޯން ނަގަން އާދަވެފައި ނެތުމުން އަހަރެން އަޅާނުލާ ހުރީއެވެ.

ސައިކަލް ޕާކްކޮށްހަމަޖެހިލުމަށްފަހު އަހަންނާއި އިމާން ގޮސް ޖައްސާލީ ވެސްޓްޕާރކްގެ މޭޒެއްގައެވެ. މޫދު ފެންނަ އެހިސާބުން ޖެހޭހިތްގައި ވައިގެ އިޙްޞާޞުން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހިތަށް ލިބުނަސް، ޝުދޫގެ މައްސަލަ ބޮލަށް އަބަދުވެސް ވަދެއެވެ. ފޯނަށް ބަލާލެވުނީ ގޮނޑީގައި އިށީނދެ ހަމަޖެހިލުމަށް ފަހުގައެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފޯންކޮށްފައި އޮތީ ޝުދޫއެވެ. ޝުދޫގެ އެގާރަ ކޯލް ވަނީ މިސްވެފައެވެ. ދެން އޮތީ ޝުދޫގެ އެސް.އެމް.އެސްއެކެވެ.

” މިއަދު އަހަންނަށް ޘާބިތުވެއްޖެ ޢާޒިމް އަހަރެންދެކެ ހަމަ ރަނގަޅަށްވެސް ޙަޤީޤީ ލޯބިވާކަން. ދެން އޯކޭ ފޯން ނުނެގިޔަސް. އަދި އެހާ މުހިއްމު ވެގެން ގުޅީމަ ތިހުރީ ކަންތައްތައް ކުރިގޮތް.. ވަރަށް ހިތުގަ ޖެހިއްޖެ. އެކަމަކު…” ޝުދޫގެ މެސެޖްގައިވަނީ އެހެންނެވެ.

ޝުދޫގެ މެސެޖް ފެނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޝުދޫ އަހަންނަށް އެގާރަ ފަހަރުގުޅީ ކީއްކުރަން ބާވައެވެ؟ އަނެއްކާ ކޮން މުޙިއްމުކަމެއް ޖެހުނީހެއްޔެވެ؟ އަނެއްކާވެސް އަހަރެން ތަޅުވަނީ ހެއްޔެވެ؟ އިތުރު ޑްރާމާއެއް ކުޅެން މަސައްކަތްކުރަނީ ބާވައެވެ؟ ނޫނީ ދެން މީ ކޮން ކަމެއް ހެއްޔެވެ؟ ކޮންމެ ކަމެއްގަވެސް ޙައްދެއް އޮންނާނެއެވެ. އިންތިޒާރުވެސް ކުރެވޭނީ ވަކިވަރަކަށެވެ. ކޮންމެ ހިނދަކު، ކޮންމެ އިންސާނަކަށް ބޭނުން ގޮތެއް ނެހެދޭނެއެވެ. އެހެނަސް، ލޯތްބަކީ ބާރުގަދަ އިޙްޞާޞްއެކެވެ. އެކަން ޤަބޫލުވެސް ކުރަމެވެ.

” އޭ. ހާދަ ފުންކޮށް ތިވިސްނަނީ؟ ދެން ތިވިސްނުންތައް ދޫކޮށްލާކަށް ނުވޭތަ؟ އަހަންނަށް ހީވަނީ މިހާރު ޢާޒިމް މީހަކާއި އިންނަން ލަސްވެސްވެއްޖެހެން. ދެން ޢާޒިމްގެ ބޮލު ރިހުންތައް ކެނޑޭނީ މީހަކާއި އިނުމުން.” އަހަރެން ވާހަކަ ނުދައްކާ އިނުމުން އިމާން ވާހަކަ ދައްކަން ފެށިއެވެ.

” ތީވެސް ތެދެއް. އެކަމުވެސް ދިރިއުޅުމުގަ ނުވިސްނާ ހުރެވޭނެބާ؟ އަހަންނަށް މިދިމާވާ ކަންތައްތައް އިމާންއަށް ދިމާވާނަމަ، ތިހެނެއް ނުބުނާނެ. އިމާންގެ ޓީނޭޖް ޢުމުރަ ދެން ވިސްނުން ހުންނާނީވެސް ހަމަ ތިހެން. ތީ މައްސަލައެއްނޫން.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ދެން ބުނެބަލަ. ކޮންކަމަކާތަ ތިވަރަށް ތިބޯގާނަނީ؟” އަހަރެންގެ މައްސަލަ ހޯދަން އިމާން މަސައްކަތް ކުރިއެވެ.

” ދެންމެ މިތަނަށް އައި މަގުމަތީގަ ޝުދޫ އެބައިން ގުޅާފަ އެގާރަ ފަހަރަށް. އަހަރެން ފޯނަށް ޖަވާބު ނުދިނީމަ އެބައޮތް އެސް.އެމް.އެސްއެއް ފޮނުވާފަ. ބަލާބަލަ މިއެސް.އެމް.އެސްއަށް.” އިމާންގެ އަތަށް ފޯން ދިއްކޮށްލަމުން އަހަރެން ބުނީމެވެ.

” މީދޯ މިވާ ކަމަކީ؟ މީ އަދި ތިހާ ފުންކޮށް ވިސްނަންޖެހޭ ކަމެއްނޫން. ވަގުތު އައިސް ޖެހުނީމަ ޝުދޫވެސް އަންނާނެ. ހާސް ނުވޭ. ދުނިޔޭގެ ހޫނަށް ގަނޑުފެން ވިރޭހެން އަދި އާޒިމްގެ ލޯތްބަށް ޝުދޫގެ ހިތްވެސް ވިރޭނެ. ދެރަނުވޭ.” އަހަންނަށް ހިތްވަރު ދެމުން އިމާން ބުނެލިއެވެ.

” ދެން ކިހިނެއްތަ އަހަރެން ހަދަންވީ؟އަހަރެން ބުނީމެވެ.

” ތިކަމާއި މާފުންކޮށް ވިސްނުން ބުއްދިވެރިއެއްނޫން. ތީ ބޭކާރުކަމެއް. ދުރުގަ މާދުރުގަ ވާއެއްޗެއް ހޯދުމަށްވުރެ، ކައިރީގައިވާ އެއްޗެއް ހޯދަން އުޅުން މާބުއްދިވެރިވާނެ.” އިމާން ބުނެލިއެވެ.

” ތިބުނީ؟” އިމާން ބުނި އެއްޗެއް އިތުރަށް އޮޅުން ފިލުވަން އަހަރެން ބޭނުންވިއެވެ.

” މިބުނީ މިހާރު ދެން ތިޝުދޫގެ ކަންތައްތައް ހުއްޓާލާފަ ޝިފާގެ ކަންތައްތަކާއި އުޅޭށޭ. ގައިމުވެސް ޝިފާ ނުކިޔާނެ ހުތުރު ކުއްޖަކަށް. އެކަމަކު ޢާޒިމް ތިހުންނަނީ ޝުދޫގެ ޖާދޫގަ ޖެހިމޮޔަވެފި. މީވާ ދެރަކަމެއް.” އިމާން ދަމާލަމުން ބުނެލިއެވެ.

” ޝިފާދޯ. އެއީވާ އަނެއްކަން ތައްތައް. އިރުއިރުކޮޅާ ގުޅާނެ ރީލޯޑެއް ހޯދަން. ހީވަނީ މަމީ ރީލޯޑް އެޖެންޓެއްހެން.” އަހަރެން ކުޑަކޮށް ހީނލަމުން ބުނީމެވެ.

” ހެހެ. އަދި ފަހުން ރަނގަޅުވާނެ. މިއަދު އެޖެންޓަކަށްވެގެންވެސް، މާދަމާ އެޖެންޓްގެ ފަހަތަށް ކަސްޓަމަރު އެރީމަ އޯކޭވާނެދޯ.” އިމާންބުނެލިއެވެ.

” ތީދޯ އިމާން ބޭނުންވާ ގޮތަކީ؟ ތީ ހަމަޖެހޭ އުޞޫލެއްނޫން. އިމާން ބޭނުންވަރަކަށް ފޮނިބޮއެފަ އެއްލާލި މާ ނަގާ ފެން އެއްޗަކަށްލާ ދޮވެ ސާފްކޮށްގެން، އޭގެ ވަސްބަލަން ތިޖައްސަނީ އަހަންނާއިދޯ. އަހަންނަކީ، އެހެން ގަސްދަށް ވެއްޓޭ މާހޮވަން ހުރި މީހެއްބާ؟” އަހަރެން އިމާންއަށް އެއްޗެއް ވިސްނޭ ރާގެއްގައި ބުނީމެވެ.

” ތިނޫން މަލެއް މިޤައުމުން އަހަންނަށް ދައްކަބަލަ. ކޮބާތަ ޝުދޫގެ ޙަޤީޤަތަކީ. އިނގޭތަ ޢާޒިމްއަށް ޝުދޫއެއީ ކާކުކަން؟ ކިހިނެއް އުޅޭ ކުއްޖެއްކަން؟ ތިބުނާ މައުޞޫމް، ފަސްބައިގައި ކިލަނބުކަމެއްނެތް އަންހެން ކުއްޖަކު މިރާއްޖޭން ލިބޭނެބާ؟ ހަމަގައިމުވެސް އަހަންނަކަށް ނުވި އެކަމެއް. އިޖުތިމާޢީ ފޭރާން ބަލިކަށިވެ، ޙަޔާތްކެނޑެމުންދާ ތަނެއްގައި ބޮޑުވާނެތަ ޢިއްފަތްތެރި އަންހެންކުދިން. ނޫނޭ. ދެއިނގިން ގުނާލެވޭހާ މަދުވާނެ އެކުދިން. އެކަމު، އެކުދިންނާއި ފަސޭހަކޮށް ދިމާވާނެބާ؟ މީހިތާމަ ހުރިކަމެއް!” އިމާން ބުނީ ވަރަށް ބޮޑު ތެދެކެވެ.

” ތީ ވަރަށް ބޮޑު ޙަޤީޤަތެއް. އެކަމު، ތިކަމާއި ވިސްނަނީ ކާކުބާ؟ އަހަންނާއި އިމާން އާއި ދޯ؟” އަހަރެން ބުނީމެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ނާމާނޭ…10

Next

އެހަނދާން

Next
July 30, 2015

އެހަނދާން

Previews
July 30, 2015

ނާމާނޭ…10

19 Comments!

  1. Amaaz says:
    July 30, 2015 at 10:35 pm

    DEDICATED TO EXCLUSIVElY & ESPECIALLY TO ONE & ONLY SHUDOOOO!!!!!!!???????

    1. Shaan says:
      July 30, 2015 at 11:23 pm

      Is she ur lover?

    2. Shaan says:
      July 30, 2015 at 11:27 pm

      I mean shudhoo.

  2. ifaasha says:
    July 30, 2015 at 10:53 pm

    I think i m 1st.. anyways story is nice

  3. Shau says:
    July 30, 2015 at 10:53 pm

    V reethi mi part ves..

  4. Shabee says:
    July 30, 2015 at 10:54 pm

    V v reethi mibaivex…. thank u amaaz bro… 😉 but maaa kuru…

  5. Xzoo says:
    July 30, 2015 at 10:59 pm

    v nice
    waiting 4 next part …
    thankss amaaz 🙂

  6. Shabee says:
    July 30, 2015 at 11:03 pm

    Ey beybe vakaanun ingey bro jeheekee…ehma liyelee… 😛

    1. Shabee says:
      July 30, 2015 at 11:05 pm

      V makaanun…mistake eh ingey…sorry

  7. nathoo says:
    July 30, 2015 at 11:37 pm

    Mee real life story eh tha

  8. nukko says:
    July 31, 2015 at 1:47 am

    V rythi… ekm kuru

  9. Aahil says:
    July 31, 2015 at 3:59 am

    Ehaa loabivaa kuhjeh 11 faharu gulheema ves alun gulhaanuleema hama suvaalu ufedhuneee. Ehaa ehaaa hama eh nujehey ehen v ma.

  10. raya says:
    July 31, 2015 at 7:50 am

    Aamaaz haadha fonyey dhw … Readers ge comments ah reply Vx nukurey…

  11. Anonymous says:
    July 31, 2015 at 11:00 am

    Amaaz eii boy eh tha?? Adhi mi enguny

  12. Shamana says:
    July 31, 2015 at 12:24 pm

    Mi baives reethi,. BT short. Waiting 4 next part.

  13. Anonymous says:
    July 31, 2015 at 12:35 pm

    Amaaz hama v foni… Kiyubtheringe comments thakah reply nukure.. FONI AMAAZ!!

    1. Amaaz says:
      July 31, 2015 at 1:38 pm

      Thank you so much for the comments by readers. For aahil thank you for highlighting it. When i write next time i ll avoid such mistakes. Once again thank you so much.

    2. Amaaz says:
      July 31, 2015 at 1:41 pm

      Thank you shaan, shau, ifaashaa, shabee, xzoo, shaan, aahil, shamana, anonymous and special thanks to raya and shudooo

  14. xaaxaa says:
    July 31, 2015 at 1:42 pm

    Heyy when is the next part I’m waiting………… Awax kohlahchey thix part is great

Comments are closed.

Next Episodeޝުދޫ*******(11)ވަނަބައި←


All Right Reserved!