Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަދިޔާ

ކުޑާ Level 110 Stories
August 1, 2015 2 Mins Read
16 Comments

މާޔާ ކޮޓަރީގެ އެނދުމަތީގައި އިށީދެލައިގެން އިން އިރު ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫވަމުން ދިޔައެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އިހުސާސްތަކުން ދެލޯފުރިގެން އައިނަމަވެސް ކެތް ކުރަމުން ދިޔައެވެ. މިއީ ދުވަހަކުވެސް އޭނާގެ ހަޔާތުގައި ކުރިމަތިލާންޖެހިދާނެ ދުވަހެއް ކަމަކަށް މާޔާ ހިޔެއް ނުކުރެއެވެ. އެހެންނަމަވެސް ތަގުދީރުގެ ރޭވުމާ ދެކޮޅު ހެދޭނީ ކާކަށް ހެއްޔެވެ؟ ހަށިގަނޑުގައި އުފެދިފައިވާ މަޑުތުރުތުރާއެކު އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. މާޔާ އޭނާގެ ދެއަތް ދެއަތާ މޮޑެލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަންހެން ހީވިއެވެ.

 މާޔާ އިރުކޮޅަކު އެހެން އިނުމަށްފަހު މަޑުމަޑުން ތެދުވެގެން ގޮސް އެރެއަށް ހާއްސަކުރެވިފައިވާ ހެދުން ނަގާ އެއަށް ރަނގަޅަށް ބަލާލިއެވެ. ދެލޯމަރާ ބާރުކޮށްލުމަށްފަހު ހިންދިރުވާލާފައި މާޔާ ހެދުން ބަދަލުކޮށްލާ ތައްޔާރު ވާން ފެށިއެވެ. ކޮންމެ ގޮތެއް ވިޔަސް މިރޭ އޭނާ އެކަމާ ކުރިމަތިލާންޖެހޭނެއެވެ. ހިތުގައި ކިތައްމެ ވޭން އެޅިކަމުގައިވިޔަސް މާޔާ ދިޔައީ އޭނާއަށް ކެތް ކުރެވޭނޭ އެންމެ މައްޗަކަށް ކެތް ކުރަމުންނެވެ.

“ދަރިފުޅާ މާޔާ..” ބޭރުން އަޔާންގެ މަންމަ ނާޒިމާ ދޮރުގައި ދެތިން ފަހަރަކު ޖަހާލުމަށްފަހު ގޮވާލި އަޑުއިވުނެވެ. މާޔާ ގޮސް ދޮރު ހުޅުވިއިރު ނާޒިމާ ހުރީ ތައްޔާރުގެންނެވެ. ނާޒިމާގެ މޫނުމަތިންވެސް ފެންނަން ހުރީ ބަޔާންކުރަންދަތި އަސަރު ތަކެކެވެ. ނަޒިމާ ކޮޓަރީގެ ދޮރު ލައްޕާލާފައި މާޔާގެ ކޮނޑުގައި ހިފައިގެންގޮސް އެނދުމަތީގައި ބޭންދިއެވެ. މާޔާ އޭނާގެ އިހުސާސްތައް ފޮރުވަންވެގެން އިނީ އިސްޖަހާލައިގެންނެވެ. “މާޔާ ދަރިފުޅާ މަންމައަށް އެނގޭ މިއީ ދަރިފުޅަން ކުރިމަތިލާން ފަސޭހަ ކަމެއް ނޫންކަން… އެކަމަކު ދަރިފުޅު ވާނެ ހިތްވަރުކުރަން އިރާދަ ކުރެއްވިއްޔާ ދަރިފުޅަކަށް ދެރަ ގޮތެއް ނުވާނެ ކެތްކުރޭ ދަރިފުޅާ… މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު..” ނާޒިމާ ވާހަކަ މެދުކަނޑާލި ކޮޓަރީގެ ދުރުހުޅުވުނު އަޑަށެވެ. އޭރު މާޔާގެ މަންމަ ޖަބީނާއާއި ބައްޕަ ހަޒާރު ކޮޓަރިއަށް ވަންނަނީއެވެ. “މަންމަ އެބަ އަންނަން ދަރިފުޅާ..” ނަޒިމާ ނުކުމެގެން ދިޔައި ޖަބީނާއަށާއި ހަޒާރުއަށް މާޔާއާއި ވާހަކަ ދައްކާލާނެ ފުރުސަތު ދޭންވެގެންނެވެ. ޖަބީނާއަށް މާޔާ ފެނުމުން ހިންދިރުވާލެވުނީ އެދަރިފުޅާ މެދު ހަމްދަރުދީވެގެންނެވެ. ހަޒާރު ޖަބީނާއަށް ވީގޮތް ފެނިފައި ކޮނޑުގައި ހިފަހައްޓާލީ އަނބިމީހާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޖަބީނާ ހަޒާރުއަށް ބޯޖަހާލާފައި މާޔާ ކައިރީގައި އިށީދެފައި އޭނާގެ އަތުގައި ހިފާލިއެވެ.

“ދަރިފުޅު ތައްޔާރުވޭ އަވަހަށް.. އިރުކޮޅަކުން ކައިވެނި ކޮށްދޭ މީހުން އަންނާނެ..” ޖަބީނާއާއި ހަޒާރު އެތަނުން ދިޔައީ މާޔާއަށް ހިތްވަރުދީފައެވެ. މާޔާ ޖަބީނާމެން ނުކުމެގެން ދިޔަތަން ބަލަންހުރެފައި ލޮލުން ނިރާލި ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލިއެވެ. ކިތައްމެ ހިތްވަރުކުުރަން މަސައްކަތް ކުރިޔަސް ބައެއް ފަހަރު ހިތަށް ވިސްނައިދޭން އުނދަގޫ ވަނީއެވެ.

މާޔާ ކޮޓަރިން ނުކުތީ ކައިވެނިކޮށްދޭ މީހުން އައުމުންނެވެ. ކައިވެނިކުރުމަށް ހަމަޖެހިފައިވާ މޭޒުދޮށުގައި އިށީދެގެން އިން އަޔާންގެ ނަޒަރު މާޔާއަށް ހުއްޓިފައި ހިތަށް ތަދުވިއެވެ. އެ ކުއްޖާގެ މޫނުމަތިން ފެންނަން ހުރި އަސަރަކުން ހިތް ބާރަށް ތެޅިގަތެވެ. އެހާ ނާޒުކު ވަގުތެއްގައިވެސް ހިތްވަރުކޮށްލައިގެން ހުރި ގޮތުން ތައުރީފް ހައްގެވެ.

ކައިވެނީގެ ކަންތައް ކުރިއަށްދިޔައިރު އެތަނުގައި ތިބި އެންމެންތިބީ ހިމޭންވެފައެވެ. އެއްފަރާތެއްގައި ބެހެއްޓިފައިވާ ގޮނޑިތަކުގައި އެންމެން އިށީދެލައިގެން ތިބި އިރު ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ މާޔާއަށްޓަކައި ހަމްދަރުދީ އުފެދިފައެވެ.

އިރުކޮޅަކާ ހިންދިރުވާލަ ދިރުވާލާ އިން މާޔާ ނޭވާ ހިފަހައްޓާލީ އަޔާން “އަނބި ގަބޫލުކޮށްފީމޭ” ބުނި އަޑަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ޝުދޫ*******(11)ވަނަބައި

Next

އެސް.އެމް.އެސް. (2)

Next
August 1, 2015

އެސް.އެމް.އެސް. (2)

Previews
July 31, 2015

ޝުދޫ*******(11)ވަނަބައި

16 Comments!

  1. ram says:
    August 1, 2015 at 4:55 pm

    varrareeti

  2. ram says:
    August 1, 2015 at 4:57 pm

    haadakurey

  3. kayaani says:
    August 1, 2015 at 5:12 pm

    HAAHA KUREY BUT HOPE REGULARLY UP KURAANE KAMAH SAYAA STORY AH VEEGOTHA BODU CHUTTEE NUNAGAH CHEYY

  4. kayaani says:
    August 1, 2015 at 5:12 pm

    sry haadh not HAAHA

  5. Lali says:
    August 1, 2015 at 5:36 pm

    Midhen hyvanee kiyuntherin kiyaafaanethy birun story dhigu koh nuliyan ulheyhen

  6. xaaxaa says:
    August 1, 2015 at 6:18 pm

    Sry haadha not haadh
    Anyways story is great

  7. Ariel says:
    August 1, 2015 at 6:48 pm

    feshun nice plx next part up khlahchey than kolheh avahah. vvv kiyaa hiyvey migothah liyefa inyma. want knw next part. 🙂

  8. somebody says:
    August 1, 2015 at 9:36 pm

    varah kuru
    ekm v reethi
    avahah up koh dhechchey

  9. ken says:
    August 1, 2015 at 10:51 pm

    Its a nice starting..bt dhiz part iz tooóo short…hope next part will b long enuf to make the readers happy…v curious to know y everybody is feeling sympathy for maayaa…waiting for nxt part..
    Good luck☺
    Thankz?

  10. Na says:
    August 2, 2015 at 12:17 am

    Alhey haadha kurey. But reethi

  11. rish says:
    August 2, 2015 at 12:31 am

    Nice waiting for next part….

  12. aisha says:
    August 2, 2015 at 3:58 pm

    aslu varah foohivi sayaa vahakaves rythikoh genesdhy dhyfa kuliakah huttafa dhn fenuny nimalithan..dhen hithah eri mivahaka rythivedhaneye hitha kiyan feshyma genesdhyfa in kuru kamun ithurah foohi vi

  13. chechooo says:
    September 8, 2015 at 1:23 pm

    i think this would be nice

  14. ThoO says:
    October 17, 2015 at 2:23 am

    Too short

  15. Hinko says:
    October 22, 2015 at 2:16 pm

    Varah loabi ekam maa kury. Keep it up. ?

  16. Anonymous says:
    March 2, 2018 at 1:12 pm

    v reethi story eh

Comments are closed.

Next Episodeހަދިޔާ (2 ވަނަ ބައި)←


All Right Reserved!