ތޯމަސް ޖޭޑެނާ އަރާ ހަމަވެފައި އެޑެމް ވީކޮންތާކުތޯ އެއްސެވެ. ޖޭޑެން ބުނިގޮތުގައި މުދީރު ކްރިސްޓޮފަރ ވިދާޅުވެގެން، އެޑެމްވީ އޮފީހަށް ގޮހެވެ. ތޯމަސްގެ ހިތަށް ނޭނގޭ ގޮތްތަކެއް ވިއެވެ. ރައްދެއްވެސް ނުދީ ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ނިކުމެގެން ދިޔުމުން ޖޭޑެނަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. ******* ތޯމަސަށް އޮފީހާ ހަމައަށް ދެވުނުއިރު އެޑެމް އެތާ ދޮރު ކުރިމަތީގައި ހުއްޓެވެ. އެޑެމްގެ މާޔޫސްވެފައިވާ މޫނާއި ފެންކަޅިވެފައިވި ދެލޯ ފެނުމުން ތޯމަސަށް އުނދަގޫވިއެވެ. “އެޑެމް، ކިހިނެއްތަވީ؟ ކީކޭތަ ކްރިސްޓޮފަރ ވިދާޅުވީ؟” […]
” މާދަމާ 10 ޖަހާއިރަށް އައި.ޖީ.އެމް ހޮސްޕިޓަލަށްދާތި. އަހަރެން ފަތިސް ފަތިހާ ތެދުވެ ޢާޒިމްއަށް ހިތުގެ ބަލީގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓެއް ހައްދަދޭނަން. އެތާ ރެސެޕްޝަންގަ އިންނާނީ އަހަރެންގެ ދައްތަ. އަދި ޢާޒިމް މަރުވެގެން މިވާހަކަ ރީއްޗެއް ނުވާނެ.” ޝުދޫއަކީ ދިމާކުރަންވެސް އެއްވަނައެވެ. ” ހިތުގެ ބަލީގެ ޑޮކްޓަރަކަށް ދެއްކިޔަސް މިހިތުގެ ރިހުމަށް ލުޔެއް ނުލިބޭނެ. މިކަމަށް ހަމައެކަނި އެހީތެރިވެވޭނީ ޝުދޫއަށް. ދެން އަހަންނަށް އާނއެކޭ ބުނަންވީނު. އިންސާނެއްގެ ހިތަށް ތިހާ ވަރަށް އަނިޔާކުރާކަށް ނުވާނެ.” އަހަރެން ބުނީމެވެ. […]
ހެދުން ބަދަލު ކޮއްގެން ލުޔާ ނިކުތް އިރު އަރީފު އިނީ ސޯފާގައެވެ. ދެންމެ ހިނގާދިޔަ ހާދިސާއާމެދު ލުޔާ ހުރީ އަދިވެސް ލަދު ގެންފައެވެ. އެހެނަސް އަރީފަށް އެ މަންޒަރު ނުފެންނަ ކަމަށް ނިންމައި ލުޔާ ހިނގައިގަތެވެ. އޭނާ ގޮސް އިށީނީ އަރީފު އިށީނދެގެން އިން ސޯފާއާއި ޖެހިގެން އިން ގޮނޑީގައެވެ. “ލުޔާ އޯކޭތަ؟” ލުޔާއާއި ދިމާލަށް އެނބުރިލުމަށްފަހު އަރީފު ކުރީ ސުވާލެކެވެ. “ހްމމމ، ކީއްވެ ލުޔާ އޯކޭ ނުވާންވީ…؟ އަރީ އޯކޭތަ؟” ޖަވާބު ދިނުމަށްފަހު ލުޔާވެސް ސުވާލުފަށެއް […]
ޖީޒާ ފަޑު ހިނިތުންވުމަކާއި އެކު އެފޮތް ހިފިއެވެ. އެވަގުތު އޮޕަރޭޝަމް ތިއޭޓަރގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރ ނިކުންތަން ފެނުނެވެ. ޑޮކްޓަރގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމާއި އެކު ކަންބޮޑުވުމުގެ އަސަރެވެ. “ކިހިނެއްތަ މިހާރު ޖަނާން” އަރުޖުން ޑޮކްޓަރ ފެނުމާއި އެކު ސުވާލު ކޮށްލިއެވެ. “އޮޕަރޭޝަންގެ ތެރޭގައި ކުޑަކޮށް މައްސަލަތަކެއް ދިމާވި.. ހަށިގަނޑުން ވަރަށް ލޭ މަދުވެފައި ހުރުމުން ލޭވެސް އެޅިން.. އޮޕަރޭޝަން ތެރޭގައި ކޮންޕްލިކޭޝަންތަކެއް އައި ނަމަވެސް މިހާރު ރަނގަޅު.” ޑޮކްޓަރ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. އެވަގުތު އެތަނުގައި […]
“މައްސަލައެއް ނެތޭ. މަންމަ ގާތަށް ސިހުރު ހަދައިދޭން އެދި އައި ކުއްޖެއް. އެއީ ޖެސިކާ ކިޔާ ކުއްޖެއް. ހަނދާން އެބަހުރިތަ؟” ތޯމަސް އެނދުގެ ދާރައިގައި ލެނގިލަމުން އެއްސެވެ. ******** “އާނ އޭނަވެސް އައި ކޮންމެވެސް ކުއްޖަކަށް ސިހުރު ހަދައިދޭށޭ ކިޔާފަ. އެކަމަކު ދަރިފުޅަށް އެހުރިހާ ކަމެއް އެނގުނީ ކިހިނެއް؟” ސާރާ ބުންޏެވެ. ތޯމަސް، އާކިފް ކިޔައިދިން ހުރިހާ ވާހަކަތަކެއް އޭނާގެ މަންމައަށް ކިޔައިދިނެވެ. “އާނ. މަންމައަށް ސިހުރުގެ އެއްބައި ހެދިފަ އޮތީ ނުބައިކޮށް. ފްލޯރާ މަރުވުމަށްފަހު އެޖިންނި […]
އެރޭ އަފްރާޒްއާ ދެކެވުނު ވާހަކައަށްފަހު ޔޫނުސްއަށް ހުރެވުނީ ހަމަހޭގައެއްނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގޭގަ އެކަނި ހުރެވެސް އޭނައަށް ދޭތެރެ ދޭތެރެއިން ހެވެނީއެވެ. ކޮޓަރީގެ ދޮރު ނުހުޅުވައި ކޮޓަރިއަށް ވަންނަން މަސައްކަތް ކުރެވެނީއެވެ. ދަތް އުނގުޅާ ބުރުހުގައި ޖެހުނީ ފޭސްވޮޝްކަން ޔޫނުސްއަށް އެނގުނީވެސް އެހެން ރަހައެއް ދިނުމުންނެވެ. މޮޔަ ކަންތައް ކުރެވުމުން ޔޫނުސްއަށް އިތުރަށް ހެވެމުން ދިޔައެވެ. އެރޭ އޭނަ ނިދަން އޮށޯތީ 3 ގަޑިއިރު ވަންދެން މަސައްކަތްކުރަން ހުރެފައެވެ. އެ 3 ގަޑިއިރު ތެރޭގައި އޭނައަށް […]
އަހަންނަށް ހޭލެވުނީ ކުއްލިއަކަށް ވާރޭ ވެހެން ފެށުމުންނެވެ. އޭރު ގަޑިން ހަވީރު ހަތަރު ގަޑި ބައިވަނީއެވެ. ދެން ކަންނެތް ގޮތަކަށް އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލީމެވެ. އޭރުވެސް ހަމަ ވާރޭ ވެހެނީއެވެ. އަހަރެން ކުޑަ ދޮރުން ބޭރު ބަލާލީމެވެ. ވާރެއިން ސަލާމަތްވާންވެގެން މީހުން މަސައްކަތް ކުރަމުން ދަނީއެވެ. އެއްބަޔަކު ތިބީ އަސްކަނި ދަށުގައެވެ. އަނެއް ބަޔަކު ކުޑަ ނަގައިގެން ވާރެއިން ސަލާމަތްވާން މަސައްކަތް ކުރަމުން ގެންދަނީއެވެ. ދެން ކުއްލިއަކަށް އަހަންނަށް ފެނުނީ ދުއްވާފައި […]
ލެވޭ ކޮންމެ ނޭވާޔަކާއިއެކު އެނަން ކިޔޭނެއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު، އޭނާގެ ހަނދާންތައް އާވާނެއެވެ. ޙަޔާތަށް އިރުއަރާ ކޮންމެ ދުވަހަކު އެނަން ކިޔާލެވޭނެއެވެ. އެއީ އޭނާއެވެ. ޙަޔާތުގެ ދަތުރުގައި އަހަންނަށް ވިސްނައިދިން މީހާއެވެ. މަގުދައްކައިދިން މީހާއެވެ. މާޔޫސްވެގެންގޮސް ގޮތް ހުސްވުމަކީ އެއްވެސް މީހަކަށް އޮތްގޮތް ނޫންކަން އަހަންނަށް ވިސްނައިދިން މީހާއެވެ. އަމިއްލަޔަށް މަރުވުމަކީ މާމޮޅު ކަމެއްނޫންކަން ހާމަކޮށްދިން މީހާއެވެ. ދިރިއުޅުމުގެ މައިދާނުގައި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން ޤަބޫލުކުރި މީހާއެވެ. ކުށެއް ކުރެވުމުން، އެކުށަށް ތަޢުބާވުމަށް އަހަންނަށް […]
ރައްޓެހިންނާއިއެކު ކޮފީއަށް ދިއުމަކީ އަހަރެންގެ އާދައެކެވެ. ފިލުވާލަން މަސައްކަތްކުރި ނަމަވެސް، އަހަންނަށް ނުފިލުވުނު އާދައަކީ ކޮފީ ބުއިމެވެ. މިއަދުވެސް މިޖެހުނީ ކޮފީއަކަށް ދާށެވެ. ނުގޮސްފިއްޔާ ދެން ދިމާވާނީ އެހެން ކަމެކެވެ. ކޮންމެ ގޮތެއް ވިޔަސް ރައްޓެހިން ދޫކުރެވޭކަށް ނެތެވެ. ދިރިއުޅުމުގައި އަހަންނަށް މިހުރި ހިސާބަށް އާދެވުމުގައި އެމީހުންގެ ހިއްސާވެސް ވަކި ކުޑައެއް ނޫނެވެ. މިއަދާއި ހަމައަށް އައިއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެމީހުން ދީފައިވާ އެއްބާރުލުމަށް ދުވަހަކުވެސް ޝުކުރު އަދާކުރެވޭނެހެއްޔެވެ؟ ދުވަހަކުވެސް ނުކުރެވޭނެކަން ނޭނގެއެވެ. ދިރިއުޅުމުގައި ރައްޓެހިންނަކީ […]