Skip to content
އެސްފިޔަ

މަޖުބޫރު ލޯބި

އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެންގެ ބައްޕަ ވަނީ ކެންސަރ ބަލީގައި މި ދުނިޔެ އާއި އަލްވަދާޢު ކިޔާފައެވެ.  މިހާރު އަހަރެންގެ ހުރިހާ ވެސް މީހަކީ އަހަރެންގެ މަންމަ އާއި ކޮއްކޮ މާއިލް އެވެ. އަހަރެން އޭ ލެވެލް ނިންމުމާއި ހަމައަށް ގޭގެ ހުރިހާ ޙަރަދެއް ބެލެހެއްޓީ މަންމަ ގޭގައި ހެދިކާ ހަދައި ވިއްކައިގެންނެވެ. އޭގެ ފަހުން އަހަރެން ކުދިންނަށް ޓިއުޝަން ދީގެން ލާރި ހޯދަން ފެށުމުން މަންމަ އަށް ވެސް ތަންކޮޅެއް ލުއިވި އެވެ.

 އަހަރެން އިތުރަށް ކިޔަވާން ބޭނުވިއެވެ. އެކަމަކު މަންމަ އެކަނި ދޫކޮއްލާފައި ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި މާލޭގައި އަހަރެން ބަހައްޓައިގެން ކިޔަވައި ދިނުމުގެ ފެންވަރެއް އަހަރެންގެ މަންމަގެ ނެތް ކަން އަހަރެން ޤަބޫލުކުރަމެވެ. މިހާރު އަހަރެންގެ ހުރިހާވެސް އުއްމީދަކީ އަހަރެން ކޮއްކޮ އަށް ކިޔަވާ ދިނުމެވެ. މާއިލް މިހާރު ތައުލީމް ޙާސިލް ކުރަމުން އެދަނީ ގްރޭޑް 9 ގައެވެ.

އަހަރެންގެ އުމުރުން މިހާރު 21 އަހަރަށް އަޅުނުއިރު ވެސް ލޯބީގެ ގޮތުން އެވެސް ކުއްޖަކާ ނުގުޅެމެވެ. ސްކޫލް ދައުރުގައި ވެސް އަދި މިހާރުވެސް އެކި ގޮތް ގޮތަށް އެކި ފެންވަރުގެ ހުށައެޅުންތަށް އަހަރެންނަށް އާދެއެވެ. އެކަމަކު އަހަރެންގެ ކައިވެނި ވަނީ ބައްޕަގެ ދުނިޔޭގައި ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު ނިޝާމް އާއި ހަމަޖެހިފައެވެ. އެހެންކަމުން ލޯތްބަކީ ކޯންޗެއްކަން އެގޭން ފެށީ ސުރެން އަހަރެންގެ ހިތުގައި ވަނީ ނިޝާމް ގެ ނަމެވެ.

ނިޝާމްގެ ބައްޕަ ޖަމީލް އަކީ ރަށު މުއްސަދިންގެ ތެރޭގައި ހިމެނޭ ނަމެކެވެ. އަހަންނަށް ނިޝާމް އެންމެ ފަހުން ފެނުނީ މީގެ ފަސް އަހަރު ކުރިންނެވެ. ގްރޭޑް 10 އެއް ރަށުން ނިންމުމަށް ފަހު އިތުރަށް ކިޔެވުމަށް މާލެ ބަދަލުވި ފަހުން އަދި ރަށަކަށް ނާދެއެވެ.

މިއަދަކީ އަހަރެންނަށް 21 އަހަރު ފުރޭ ދުވަހެވެ. ހުކުރު ދުވަހެއްކަމުން ފަތިސް ނަމާދު ކޮއްގެން އަހަރެންނަށް އަނެއްކާވެސް ނިދުނީއެވެ. “ދަރިފުޅާ މާހާ” އަހަރެންނަށް ކުއްލި އަކަށް ހޭލެވުނީ މަންމަ ދޮރުގައި ތަޅައިގަތް އަޑަށްށެވެ. ގަޑިން އަށެއް ޖަހާ ބޮޑުވީއެވެ. ދޮރު ހުޅުވާލިއިރު މަންމަ ހުރީ އިލޮށިފަތި ހިފައިގެން ކުރިމަތީއެވެ. މިއަދު މެންދުރު ގެއަށް މެހެމާނަކު އަންނާތީ މެންދުރަށް ރަގަޅު އެއްޗެއް ހަދާލަން ޖެހޭނެ ކަމަށާއި އަވަސް ކޮއްގެން އައުމަށް ބުނެފައި ބަދުގެއާ ވީ ފަރާތަށް މަންމަ ހިގައިގަތެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ މަތި ހަދާލައިގެން ނިކުތީ ބަޑުވެސް ހައިވެފައި ހުރުމުންނެވެ.

މެންދުރު ހުކުރު ފައިބައިގެން ކާން އަންނާނެ މަންމަ ބުނި މެހެމާނުގެ އިންތިޒާރުގައި އިނީމެވެ. އަހަ އަހާ ވެސް އަންނަނީ ކާކު ކަމެއް މަންމަ ނުބުންޏެވެ. މަންމަ ނަމާދުކޮށް ގެން ނިކުތުމުން އަހަރެން ވެސް ކޮޓަރިއަށް ދިޔައީ ނަމާދު ކުރާށެވެ. ނަމާދު ކޮއްގެން ނުކުތް އިރު މަންމަ އާއި އިތުރު ދެ މީހަކު ވާހަކަ ދައްކާއަޑު އިވެއެވެ. ރަގަޅަށް ކާގެ އާއި ހަމައަށް ނުފޯރަނިސް އެ މީހުން ދައްކާ ވާހަކަ އަހަރެންނަށް ސާފުވުއެވެ. އަދި ގެއަށް އައިސް ތިބީ ކޮން ބައެއްކަން ވެސް އިގިއްޖެއެވެ. އަހަރެން އިތުރަށް އެތާ މަޑުކުރަވެސް ނުކެރުނެވެ. އަހަރެންގެ މޫނު ފެނުނުނަމަ ކޮންމެ މީހަކަށް ވެސް އެގޭނެއެވެ.

އާއެކެވެ.ނިޝާމް އަންނަނީއެވެ. އަހަންނާއި ކައިވެނި ކުރާށެވެ. މާދަން ރޭ ރަންކިޔޭނެ އެވެ. ހަފުތާއެއް ފަހުން ކައިވެންޏެވެ. “މަންމަ ހީކުރީ ދަރިފުޅު ނިދީ ކަމަށް. ހިގާބަލަ ކާން ދާން. މަންމަ މިހާރު ބަޑު ހައި ވެއްޖެ”. ކޮޓަރި އަށް ވަތް ގޮތަށް މަންމަ ވާހަކަ ދައްކަން ފެށިއެވެ. “މާއިލް ކެއީ ތަ؟” “ކޮންބައެއްތަ އައީ؟” ނޭންގޭ ކަމަށް ހާދާފަ އަހަރެން ވެސް ކުރީ ސުވާލެވެ. “މާއިލް ކެއީމަ މަންމަ މި އައީ ދަރިފުޅު ނުނުކުތީމަ. އަވަހަށް އާދޭ ދެން.” މޫނު އަބުރާލާފަ މަންމަ ނުކުތީއެވެ.

ގޭގައި އަޅަން ގެންގުޅޭ ދެމޭ ފޮތީގެ ބުރުގާ ބޮލަށް މަހާލަމުން އަހަރެން ވެސް ކޮޓަރިން ނުކުމެގެން ގޮސް ކާގެއަށް ވަތް އިރު މަންމަ އިނީ ކާންށެވެ. އަހަރެން ވެސް ގޮސް މަންމަ އާއި މޫނު ސީދާ ވާ ގޮތަށް އިށީދެ އެއްޗެއް ނުބުނެ ކާން ފެށީމެވެ. “ޖަމީލްބެ އާއި ނަސިންތަ އާ އެއައީ. މާހާ އާއި ނިޝާމް ގެ ކައިވެޏަށް އެދިގެން.މާހާ އަށްވެސް އޮޅިފައެއް ނޯނާނެ މިއީ މާހާ ބައްޕަގެ އެންމެ ފަހުގެ އެދުން. މިރޭ އަންނާނެ ރަން ކިޔަން ހެކި ވެރިން. މި އަންނަ ހުކުރުވިލޭރޭ ކައިވެނި.” ” އަހަރެން އެއް އިރެއްގަވެސް  މަންމަ ނިންމި ނިންމުމަކަށް ދެކޮޅެއް ނުހަދަމެއް ނުން މަންމާ…” މަންމަގެ ވާހަކަ ނުނިމެނިސް އަހަރެންގެ ޖަވާބު އިއްވާލީމެވެ.  ” އެކަމަކު އަހަރެން އެންމެ ދެރަވަނީ މަންމަ އާއި ކޮއްކޮ ދޫކޮއްލާފަ ދާން ޖެހޭތީ.” އަހަރެން އަޑު ބެދި ރޮވެން ފެށުނެވެ. “އަނހާ… ދުރަކަށް ނުދެއޭ ދަރިފުޅާ. ނިޝާމް ވެސް ރަށަށް ބަދަލުވާ ވާހަކަ ބުނީ.” އިތުރަށް އަހަރެން އެއްޗެއް ނުބުނުމުން މަންމަ ވެސް ދެން ވަހަކަ އެއް ނުދައްކައެވެ.

އެރޭ 9 ޖެހި އިރު އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިން ނަޖީ އާއި ސަޙާ ކައިރީގައި ތިއްބެގެން އަހަރެންނާއި ނިޝާމް އަޅުވާ ކިޔަމުން ތަފާތު ވާހަކަ ދައްކަމުންދެއެވެ. އަހަރެން އިނީ ލަދުން އިސްއުފުލާލަން ވެސް ނުކެތިފައެވެ. ހެކިވެރިން އައުމުން އަހަރެމެން ނުކުތީމެވެ. އަހަރެން ލޯ ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. އެކަމަކު ނިޝާމް އެއް ނާދެއެވެ. ނިޝާމް ކޮބާތޯ އަހާލަން ބޭނުމެވެ. އެކަމަކު ގަނެފަހުރި ލަދަކުން އަގަހުޅުވާލަން ވެސް ނުކެރިފައި ހުރީއެވެ.

ރަންކިއީ 99.99 އަށްށެވެ. ޖަމީލްބޭ ގެ ވާހަކަ ތަކުން ނިޝާމް ރަށަށް އަދި އަންނާނީ ދެތިން ދުވަހެއް ފަހުން ކަން އިގުނެވެ.  “މަންމަ ހުންނާނެ ދަރިފުޅު ކައިވެނި ކުރާ ރޭ ލާން ހެދުމެއް ގެނައްސަ. މާދަން ދާން ވާނެ ގެއަށް އިނގޭ ހެދުން ހެޔޮވަރު ކޮއްލަން.” ނިޝާމް ގެ މަންމަ އެދުމުން އަހަރެން ބޯ ޖަހާލީމެވެ.

ކައިވެނީގެ ކަންތަކުގައި ދެފަރާތުގެ އާއިލާ އަވަދިނެތި އުޅެމުން ދެއެވެ. އަހަރެންގެ ފޯންއަށް ނުދަންނަ ނަމްބަރަކުން ގުޅީ މެހެމާނުންގެ ލިސްޓް ތައްޔާރު ކުރަން އިންދައެވެ. ފުރަތަމަ ފޯންއެއް ނުނަގަމެވެ.  މެދުކެޑުމެއް ނެތި ދެތިން ހަތަރު ފަހަރު ގުޅުމުން ފޯން ނެގީމެވެ. އަހަރެން ހަލޯ އޭ ބުނެލުމާއި އެކު އެކޮޅުން ވާހަކަ ދައްކަނީ ނިޝާމް ކަމަށް ބުންޏެވެ. އޭނާ އެހުރީ ރަށުގައި ކަމައްށާއި ބައްދަލުކޮއްލަން މިރޭ 8 ޖަހާއިރު ގޮޑު ދޮށަށް އައުމަށް އެދުނެވެ.

އަހަރެންގެ ހިތް ވަރަށް ބާރަށް އެބަ ތެޅެއެވެ. ދެ ވިސްނުމެއްގައި ހުރެގެން އަހަރެން ނިޝާމް ބުނި ތަނަށް ދާން ނުކުތް އިރު މަގު ކޮޅުގައި މީހަކު ހުއްޓެވެ. އޭނާ އާއި އަރާ ހަމަވުމުން މާހާ އޭ ކިޔާ ގޮވާލުމުން އަހަރެން ބަލާލީމެވެ. އެއީ ނިޝާމް އެވެ. އަހަރެންގެ ނިޝާމް އެވެ. ދުވަސް ގަޑަކަށް ފަހު ފެނުމުން ވެސް އަހަރެންނަށް ނިޝާމް ވަކި ކުރަން އެގެއެވެ. މާބޮޑު ބަދަލެއް އައިސްފައި ނެތަސް ބަދަލު ތަކެއް އެބަހުއްޓެވެ. ކަޝްރަތީ ހަށިގަނޑެކެވެ. ތުނިކޮއް ކޮށާ ލެވިފައިވާ ބޮލާއި ތުބުޅިން އެ ސިފައަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ.

އަހަރެންނަށް ހޭވެރިކަން ވީ އަނެއްކާވެސް ނިޝާމް ގޮވާލުމުންނެވެ. އަހަރެން ހީލީމެވެ. “ހިގާ އެފަރާތަށް އިށީންދެލަން ދަމާ”. އަހަރެން ހީލުމަށް ފަހު އޭނާގެ ފަހަތުން ހިގައިގަތީމެވެ. ގޮޑު ދޮށަށް ނުކުމެ އެތާހުރި ޖޯލިފަތީގައި އީށިންދެލީމެވެ.  ރެއަކީ ވައި  މަޑު ރެޔަކަށް ވުމުން ގޮޑު ދޮށަށް ބީއްސާލާ ރާޅުގެ އަޑު ނޫން އެހެން އަޑެއް އެހިސާބަކުން ނީވެއެވެ. ” އަހަރެން ޔާނާ ދެކެ ވަރަށް ލޯބިވޭ. ޔާނާ އާއި ނުލައެއް އަހަންނަކަށް ނޫޅޭވޭނެ. އަހަރެން މި ކައިވެނި މި ކުރަނީ ހަމަ އެކަނި ބައްޕަ ބުނި ބުނުމަކަށް.” އަހަންނަށް ހީވީ ދުނިޔެ ކުއްލިއަކަށް އެބުރިގަތް ހެންނެވެ. އެތަށް ދުވަހަކުއްސުރެ ދެކެމުން އައި ހުވަފެން ކުއްލިއަކަށް ކުދިކުދިވެ ވިއްސިވިހާލިވުމުން އެ އިޙްސާސްތައް ބަޔާން ކޮއްދޭނީ ކިހިނަކުން ހެއްޔެވެ.

” ޖަމީލްބެއަށް އެގޭތަ؟” އަހަރެންގެ ނަފްސު ހަމައަކަށް އަޅުވަމުން ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. ނިޝާމް ބޯ ހޫރުވާލިއެވެ. “ނުކެރޭނެ ބުނާކަށެ. ވަރަށް ބަލިކޮއް އުޅެނީ. އަހަރެންނާއި ހެދި ދެރަގޮތެއް ވާކަން ނޭދެން.” “ދެން؟” އަހަރެން އަނެއްކާވެސް ސުވާލުކުރީމެވެ. “އަހަރެން ބުނަން މި އުޅޭ އެއްޗަކީ އަހަންނަށް ވަގުތު ދޭށޭ. ކައިވެނި ކުރިއަސް އަތްބެއްގެ ގޮތުގައި މާހާ ބަލައިގަންނަން އަހަރެންނަށް ދުވަސް ކޮޅެއް ނާގާނެޔޭ”. ނިޝާމް ގެ އަޑުގައިވާ ހިތް ދަތިކަން އަހަރެންނަށް އިޙްސާސް ކުރެވެއެވެ. “އަހަރެން ނިޝާމް އަށް އެއްބާރުލުން ދޭނަން” އަހަރެން ސާބިތުކަމާއިއެކު ބުނީމެވެ. ކޮންމެ ގޮތަކަށް އުޅެން ޖެހުނަސް އަހަރެން ބޭނުން ވަނީ ނިޝާމް ގެ އަތްބެއްގެ މަގާމުގައި ހުންނާށެވެ.

ކައިވެނި ކުރާ ދުވަސް އައިސްޖެހުނީއެވެ. އަހަރެން އިނީ ލޯގަނޑު ކުރިމަތީގައި އިށީންދެގެން ލޯގަނޑުން ފެންނަން ހުރި ހުދާއި ދަނބުކުލައިގެ ކައިވެނީގެ ހެދުމަށް ނަޒަރު ހުއްޓާލައިގެންނެވެ. މިހެން އިދެވުނީ ކިހާ އިރަކު ކަމެއް އަހަންނަކަށް ނޭންގެއެވެ. އަހަރެން ސިހުނީ ނިޝާމް ގެ ކޮއްކޮ ނައުޝާގެ އަޑަށްށެވެ. “އަދިވެސް ހެދުން ނުލަންތަ؟ އަހަރެން މިއައީ މޭކަޕް ކޮއްދޭން ކަމަށް. މިހާރު އެއޮއް 7 ޖެހީ. 7:30 ގަ އަންނާނެ ކައިވެނިކޮއްދޭ މީހުން. އަވަސް ކޮއްބަލަ ދޮންބެއްތާ”. އަހަރެން އަވަސް އަވަހަށް ގަޑި އަށް ބަލާލީމެވެ. އަދި ނައުޝާ ބޭރުގަ މަޑުކޮއްލަން ބުނެ އަވަސް އަވަހަށް ހެދުން ބަދަލުކޮއްލީމެވެ.

“ވާއޮ މާހާ… ހާދަ ލޮތްބޭ… ޑްރީމް ކަމް ޓުރޫ ދޯ… ހާދަ ނަސީބު ވެސް ގަދައޭ” ސަޙާގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ނަޖީވެސް ބޯ ޖަހާލިއެވެ. ތެދެކެވެ. ހެދުންވެސް ވަރަށް ރީއްޗެވެ. މޭކަޕް ކޮއްލާފަ ހުރިލެއްވެސް ވަރަށްވެސް ރީއްޗެވެ. އެކަމަކު އަހަރެންހާއި ނަސީބު ދެރަ މީހަކު މި ދުނިޔޭން ކޮބާތޯއެވެ. މިރީތި ކަމުގެ އެއްވެސް އަގެއް ނެތެވެ. ބަލަންޖެހޭ މީހާއެއް ނުބަލާނެ ވިއްޔާއެވެ.

ކައިވެނި އަދި ޕާރޓގެ ކަންތައް ވަރަށް އޮމާންކަމާއި އެކު ނިމިގެން ދިޔައެވެ. އެވަގުތުތަށް އަހަރެންނަށް ކިތަންމެ ހާއްސަ ވިޔަސް އަހަރެންނަކަށް އުފަލެއް ނުލިބުނެވެ. މޫނުމަތިން “ފޭކު” ހިނިތުންވުން ތައްކަންޖެހުނީ އާއިލާގެ އުފަލަށްޓަކައެވެ.

ކައިވެނީގެ ފުރަތަމަ ރެޔެވެ. މުޅިން އައު މާހައުލެކެވެ. ނިޝާމް ކޮޓަރި ވަރަށް ރީއްޗެވެ. ހުދު ކުލަ އާއި އަޅި ކުލަ އިން މުޅި ކޮޓަރި ވަނީ ޒީނަތްތެރި ކުރެވިފައެވެ. ކޮޓަރީގެ ތިން ފާރުގައި ހުދުކުލަ ލާފައި ވީއިރު އެދު ބަހައްޓާފައި ހުރި ފާރުގައި ހުދާއި އަޅިކުލައިގެ ޑިޒައިނެކެވެ. ހުދުކުލައި ފަރުނީޗަރެވެ. އަޅިކުލައިގެ ޓައިލްސެވެ. މީގެ އިތުރުން އަޅިކިލައި ބޮޑު ސޯފާ ގޮޑިއެއް ކޮޓަރީގެ އެއް ކަނުގައި ހުއްޓެވެ. ކޮޓަރި ވަނީ އޭސީގެ ފިނިކަމެވެ. އަދި މަޑު މަޑު ލުއި ލުއި މީރު ވަހެއް ކޮޓަރީގައި ހިފާފައި ހުއްޓެވެ . މިހާ ފުރިހަމަ ކޮޓަރިއެއް އަދި ދުވަހަކުވެސް ނުދެކެމެވެ.

ކޮޓަރިއަށް ވަދެވެނު ގޮތަށް އާގަމަ ވެފައި އަދިވެސް މިހުރެވުނީއެވެ. ކުރާނީ ކީއްކަމެއް ނޭންގޭ ހާލެވެ. ދޮރު ހުޅުވާލި އަޑާއި އެކު ސިހިފައި ފަހަތް ބަލައިލިއިރު ނިޝާމް އެތެރެއަށް ވަންނަނީއެވެ. “އަދިވެސް ޗޭންޗް ނުކުރަންތަ؟” ވާނުވާ ނިރޭކާލީ އަދި ކިރިޔާއެވެ. އަގައިން ބަހެއް ނުބުނެ އަހަރެން ހިގައިގަތީ އަލަމާރި ކައިރީ ބަހައްޓާފައި ހުރި އަހަރެންގެ ފޮއްޓާދިމާއަށްށެވެ. ފޮށި ހުޅުވާލުމަށް ފަހު ހެދުނުލާން ގެންގުޅޭތަނުގެ  ކަޅުހެދުމަކާއި ހަރުވާޅާއި އަދި އެވަގުތައް ކޮންމެހެންވެސް ބޭނުން ވާނެ ތަކެތި ނެގީމެވެ.

ނިޝާމް ވެސް ގަމީސް ބޭލިމަށް ވަނީ ފާހާނާއަށްށެވެ. އަހަރެން ދެން އަވަސްވެ ގަތީ އަޅަފައިވާ ބުރުގާ ބޭލުމުގެ މަސައްކަތެވެ. އުޅެ އުޅެ ވެސް މިކަން ވާގޮތެއް ނުވިއެވެ. ޖަހާފައި ހުރި ޕިންތައް ގިނަކަމުންނެވެ. ނިޝާމް ފާހަނައިން ނުކުތީވެސް އަހަރެން މިހާލެއްގައި އުޅެނިކޮއްށެވެ. “ހެލްޕް މީ.” އިޙްތިޔާރަކާ ނުލާ އަހަންނަށް އޭނާގެ ފަރާތުން އެހީ އަކަށް އެދެވުނީ އެނޫން ގޮތެއް ނެތީމައެވެ. އަހަރެން ހުރިގޮތް ފެނިފައި އޭނާ ގާތަށް ވެސް އައީ ހިންޏެވެ. އިތުރަށް އެއްޗެކޭ ނުބުނެ އައިސް ބުރުގާގައި ޖަހާފައި ހުރި ޕިންތައް ނައްޓާލަދިނެވެ.  އަހަރެން ދުވަހަކު ވެސް އެހާ ގޮތް ބޮޑު ކޮއް ޝޯލް އަޅައެއް ނޫޅެމެވެ. ބުރުގާ ބޭލުމުން ހީވީ ބޮލުން ބަރެއް ނެގިހެންނެވެ.

މިހުރެވުނުތަނާއި ހުރެވުނު ގޮތް ހިތަށް އެރުމުން މެޔަށް ފިނިވިއެވެ. މަޑުމަޑުން އަހަރެން ނިޝާމްގެ މޫނަށް ބަލާލީމެވެ. ހަތަރު ކަޅި ހަމަ ވުމާއި އެކު އޭނާ މޫނު އަބުރާލީއެވެ. “އައުޗް” ވީ ދެރައިން ތުން ފިއްތާލެވުނުވެ. ލާން ގެންގުޅޭ އެއްޗިސް ހިފައިގެން ފާހަނަ އާއި ދިމާއަށް ހިގައިގަތީ ލޮލުން ފައިބާން ތައްޔާރުވެފައިވާ ކަރުނަތައް ހިފައްހަޓައިގެންނެވެ.

 ނުރޯން ވަރަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ކަރުނައިގެ މައްޗައް އަހަރެންގެ ބާރު ނެތްފަދަ އެވެ. އެހެން ރޯން ހުރެވުނީ ކިހާ އިރަކު ކަމެއް ނޭންގުނެވެ. ފެންވަރައިގެން ފާހަނައިން ނިކުތް އިރު ނިޝާމް އޮތީ ފުން ނިންޖަކުން ނިދާލާފައެވެ. ވެފައި ހުރި ވަރު ބަލިން އިތުރު ކަމަކާއި ވިސްނާކަށް ބޭނުމެއްނުވިއެވެ. އެދަށް އަރައި ނިޝާމް ގެ އަނެއް ފަރާތުގައި ކުރުވެގެން އޮށޯވެލީމެވެ. ހޭލެވުނީ ފިނި ބޮޑުވެގެން ހަށިގަނޑުގައި މަޑު މަޑު ތުރު ތުރެއް އަޅާތީއެވެ. ހޭލެވުމާ އެކު ދިއްލާފައިހުރި ނިދާ ބޮތްކައް ލޯ ހާނުވާލަން މަސައްކަތް ކުރަމުން އެދުން ތެދުވީމެވެ.

ގަޑިއެއް ފެނޭތޯ ކޮޓަރިތެރޭ ލޯ ހިންގާލީމެވެ. ނަމވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ދެން ހިގައިގަތީ ޑްރެސިންގް ޓޭބަލް މަތީ އޮތް ފޯނާ ދިމާއަށްށެވެ. ގަޑިން ފަތިހު 4:45 ވީ އެވެ. މިހާރު ފަތިސް ނަމާދަށް ގޮވާނެއެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ނަމާދަށް އެރީމެވެ. ނަމާދަށް ފަހު މި ފެށުނު އާ ދިރިއުޅުމުގައި ކާމިޔާބު މިންވަރުކޮއްދިނުމަށް އެދި ދުޢާ ދެންނެވީމެވެ.

ނަމާދު ކޮއް ނިމުމާ އެކު ކޮޓަރިން ބޭރަށް ބޯ ދިއްކޮއްލުމަށް ފަހު އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އެތެރެއަށް ވަނީމެވެ. އަދި ގެއިން ގެނައި ޙަތިމް ނަގާ ކިޔަވަން ފެށީމެވެ. އޭގެ އިރުގަޑެއް ފަހުން ފޯން ރިންގުވާތީ ބަލާލިއިރު ގުޅަނީ މަންމައެވެ.

މަންމަ ގުޅީ އަހަރެން ހޭލި ތޯ ބަލަންށެވެ. ފޯން ބޭއްވުމުގެ ކުރިން މުރާލި ކަމާއެކު ގޭގެ މަސައްކަތް ކުރުމައްށާއި ނިޝާމް އަށް އޯގާތެރިވުމަށް ނަސޭހަތްތެރިވިއެވެ. ޖަވާބުގައި އަހަރެން  މަންމަ ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް އަހަރެންގެ ފަރާތުން ނުފެންނާނެ ކަމަށް ވަޢުދުވީމެވެ.

“މާހާ… ގަޑިން ކިހާވަރެއް؟” އެއި ވުނީ ނިޝާމް ގެ އަޑެވެ. ޔަޤީނުން ވެސް އަހަރެން މަންމަ އާއި ދެއްކި ވާހަކަ އަޑު އިވޭނެއެވެ.

“7:10 ވީ” އަހަރެން ބުނީމެވެ.

“ކީއްވެ ނުގޮވީ. 6:30 ގައި ފިހާރަ ހުޅުވާން ޖެހޭނެ.” ނުރުހުން އެކުލެވިފައި ވާ ރާގެއްގައި ނިޝާމް ވާހަކަ ދައްކަމުން ގޮސް ވަނީ ފާހާނާއަށްށެވެ.

“އަހަރެންނަށް ނޭންގުނީ. ސޮރީ” މަޑުމައިތިރިކަމާ އެކު އަހަރެން ބުނި އެއްޗެއްގެ އަޑު ނިޝާމް އަށް އިވުނު ކަމާ މެދު އަހަންނަށް ޝައްކެވެ.

އަހަރެން ދެން އަވަސްވެ ގަތީ ނިޝާމް ނިކުނަންވާ އިރަށް ސައި ހެދޭތޯއެވެ. ހަދަންވީ ސައި ކަމެއް ނުވަތަ ކޮފީ ކަމެއް އަހަންނަކަށް ނޭންގުނެވެ. ވަރަށް އަވަހަށް ދެވައްތަރުން ދެ ތަށި ގިރާ ބިސްގަނޑެއް އަޅާލީމެވެ. އަދި ޕާން ފޮތި ޓޯސްޓްކޮއްލުމަށް ފަހު ބަޓަރ ހާކައިލައިގެން ހުރިހާއެއްޗެއް ތަބަކަށް ލައިގެން ކޮޓަރިއަށް ގެންދިޔަ އިރު ނިޝާމް ހުރީ ރީތި ވާށެވެ. ރީތިވެ ނިމުމުން އަހަރެން ގެންދިޔަ ކޮފީ ތަށި ބޯލުމަށް ފަހު ބިސްގަޑު ކާލިއެވެ. “މި ވަރު ކޮއްލަން އިގުނީތީ އަހަރެން އެފާ ކޮއްފިން.” އެހެން ބުނުމަށް ފަހު އިތުރަށް މަޑުކުރުމެއް ނެތި ނިކުމެގެން ދިޔައީއެވެ. އަހަރެން ވީ އުފަލެއް ބުނެދޭން ވެސް ނޭންގުނެވެ. އެހާ ކުޑަ ކުޑަ ކަމެއް ބަލައި ގަތީ ތީ ވެސް އަހަރެން އުފާކުރާނަމެވެ.

ދުވަސްތއް މި ކަހަލަ ގޮތަކަށް ފާއިތު ވަމިން ދެއެވެ. ނިޝާމްގެ ހުރިހާ ކަމަކީ ވެސް އަހަރެންގެ ޒިންމާއެކެވެ. ކަމަކު ބުނަން ޖެހޭނީ އެންމެ ފަހަރަކުއެވެ. ދެވަނަ ފަހަރު ބުނަންވާ އިރަށް އެކަމެއް ހުންނާނީ ތައްޔާރުވެފައެވެ. އަހަރެންގެ އަދިވެސް ހިތާމައަކީ ކައިވެންޏަށް 3 މަސް ވެގެން ދިޔައުރު ވެސް އަތްބެއްގެ ގޮތުގައި ނިޝާމް އަހަރެން ބަލާ ނުގަތުމެވެ. މި ގުޅުން ކުރިއަށް ގެންދަން ނިޝާމް އެއްގޮތަކަށް ވެސް ބޭނުން ނުޥާފަދައެވެ.

ވިޔަފާރި ދަތުރެއް ނިޝާމް ރާއްޖެއިން ބޭރަށް ފުރީ މީގެ ހަފްތާއެއް ކުރިންނެވެ. ކައިވެނީގެ ފަހުން ރަށުން ބޭރަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. ނިޝާމް އާއި އެކު އަހަރެން ގެންދިޔުމަށް ބައްޕަ އެދުމުން ވެސް އެކަމާ ދެކޮޅު ހެދީއެވެ. އަހަރެންގެ މައްސަލައެއް ނެތެވެ.

މެންދުރުގެ ވަގުތެވެ. އެނދުގެ ބެޑް ޝީޓް ބަދަލު ކުރުމަށް ފަހު ވަރު ބަލި ފިލުވާލުމަށް ޓަކައި އަހަރެން އޮތީ ޖައްސާލައިގެންނެވެ. އެވަގު ކައިރީގައި އޮތް އަހަރެންގެ ފޯން ރިންގު ވާން ފެށިއެވެ. ގުޅަނީ މާލޭގެ ލޭންޑް ލައިން ނަމްބަރަކުންނެވެ. އަހަރެންގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވީ ގުޅާނީ ނިޝާމް ކަން ޔަޤީން ވަތީއެވެ.

އަހަރެން އަވަސް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖަހާލީމެވެ. ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. ސަލާމް ގޮވާލުމަށް ފަހު ގުޅީ ފެމިލީ ކޯޓުން ކަމަށް ބުންޏެވެ. އަހަރެންގެ އަތް ފައި ފިނިވެގެން ދިޔައެވެ. ހިތް ވެސް ވަރަށް ބާރަށް ތެޅިލިއެވެ. އަނެއްކާ ނިޝާމް އަހަރެން ވަރި ކުރަން ފޯމް ހުށައެޅީ ނޫން ބާވައެވެ. ގުޅާލަން އެ ޖެހުނީ ނ.މަނަދޫ ރެޑްސްޓާރ ޔޫސުފް ނިޝާމް ދެ އަތްބަށް ސ. ހިތަދޫ ހުސްނޫގޭ އާމިނަތު ޔާނާ އާއި ކައިވެނި ކުރަން ހުށަހަޅާފައި ވާތީ ބައެއް މައުލޫމާތު ސާފުކޮއްލަން ކަމަށް އެކޮޅުން ވާހަކަ ދެއްކި އަންހެން ކުއްޖާ ބުންޏެވެ. “އަޅުގަނޑު ޤަބޫލެއް ނޫން.” ތުރު ތުރު އަޅަމުންދާ އަޑަކުން އަހަރެން ބުނީމެވެ. އަހަރެން ޤަބޫލުވިޔަސް ނުވިޔަސް މި ކައިވެނި ކުރެވޭނެ ކަމައްށާއި ހަމަ އެކަނި ބަލަން ބޭނުންވަނީ އަހަންނަށް ޙަރަދު ކުރާތޯ ކަމަށްވެސް ބުންޏެވެ. ޙަރަދު ކުރާކަމަށް ބުނުމުން ޝުކުރިއްޔާއޭ ބުނެ ފޯން ކަޑާލީއެވެ.

އަހަރެން ދެކެ ލޯބި ނުވިޔަސް އެގޮތަށް ކަންތައް ކުރާނެ ކަމަކަށް އުއްމީދެއް ނުކުރަމެވެ. އަހަރެން ނިޝާމް އާއި އެއްކޮއް ނުގެންދާން ވެގެން ދެއްކި ބަހަނާ ތަކުގެ އަސްލު ސަބަބަކީ މިއީތާއެވެ. ކައިވެނި ކުރުމަކުން އަހަރެންގެ މައްސަލައެއް ނެތެވެ. އެކަމަކު ކަންތައް އެކުރީ ރަގަޅަކަށް ނޫނެވެ. ދެން އިތުރަކަށް އަހަރެން ކެތްކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން މިހެން ބަހައްޓާފައި އެހެން އަންހެނެއްގެ ކައިރީން އުފާ ހޯދާތަން ބަލަން މަށަކަށް ކެތެއް ނުވާނެއެވެ. އަހަރެން އެހާވެސް ދީލައްޗެއް ނޫނެވެ.

ހަމަ އެވަގުތުން ފެށިގެން އަހަރެން ގެއަށް ދާން ތައްޔާރުވާން ފެށީމެވެ. އަހަރެން ގަޔަށް ކަޑާފައި ހުރި ހެދުންތަކުގެ އިތުރަށް އަހަރެން ފޮއްޓައްލީ ކައިވެނި ފޮޓޯ އަލްބަމެވެ. އިތުރަކަށް އެއްވެސް އެއްޗެއް ގެންދާކަށް ހިތެއް ނުރުހުނެވެ. ކައިވެނީގެ ރޭ ނިޝާމް އަޅުވާ ދިން އަގޮޓި އާއި ނިޝާމް ގެ މަންމަ ދިން ރަން ފަށް ނަގާ ޑްރެސިންގް ޓޭބަލް މަތީގައި ބޭއްވީމެވެ. އަދި ފޮށި ދަމަމުން ހިގައިގަތީ ދޮރާ ދިމާއަށް ށެވެ. ނަމަވެސް ވަކި ހިސާބަކުން އަހަރެންގެ ފިޔަވަޅުތައް ހުއްޓުނީ ހިތަށް ވެރިވި ޙިޔާލް ތަކަކުންނެވެ. “މިވަގުތު އަހަރެން ގޮއްސިއްޔާ ހުރިހާ އެންމެންގެ ސުވާލުތަކަށް ޖަވާބު ދޭން ޖެހާނީ އަހަރެން. އެ ހުރިހާ ސުވާލު ތަކަށް ޖަވާބު ދޭނެހާ ހިތްވަރެއް އަހަރެންގެ ނެތް. ޖަވާބު ދޭން ޖެހޭނީ ކަން ކުރި މީހާ.”އަހަރެން ހިތާ ހިތުން ގޮތެއް ނިންމީމެވެ. އަދި އެއްޗެހި އަޅާފައިވާ ފޮށި ގެންގޮސް އަލަމާރި ކައިރީ ބެހެއްޓީމެވެ.

ނިޝާމް ރަށަށް އައީ އޭގެ ދެ ހަފުތާ ފަހުންނެވެ. ހަގު އަނބި ނުގެނެއެވެ. އުޅޭ އުޅުމުން އެއްޗެއް ދެނަ ހުރިކަން ވެސް އެގޭހެން ހީނުވެއެވެ. އަހަރެން މަޑުކުރީ ރަގަޅު ފުރުސަތެއް ލިބެންދެންނެވެ. އަހަރެން ބަލަ ބަލާ ހުރި ފުރުސަތު ލިބުނީ އެރޭ އިޝާ ނަމާދު ވަގުތެވެ. އެއީ ނިޝާމް ފެން ވަރައިގެން ނުކުތް ގަޑިއެވެ. ވާހަކަ ފެށީ އަހަންނެނެވެ. ” ކޮން ޤައުމަކަށްތަ މި ފަހަރު ދިޔައީ؟” އާދައިގެ ގޮތަކަށް އަހާލީމެވެ. “ސިންގަޕޯރ އަށް. ކިހިނެއް ވީ؟” ނިޝާމްގެ ދޮގު އައީ ވަރަށް ވެސް އާދައިގެ ގޮތަކަށްށެވެ. “ޔާނާ އާއި އެކު ހަނީމޫނައްތަ؟” ނުރުހުމާއި ހިތާމަ އެކުލެވިފައިވާ އަޑަކުން އަހަރެން އެހީމެވެ. އެއިރު އަހަރެން ގެ ލޮލަށް ކަރުނަތައް ޖަމާވެ މަންޒަރު ފުސްވާން ފަށައިފިއެވެ.

ނިޝާމް ވެސް ތެޅިގަތް ގޮތުން އެކަހަލަ ކަމަކަށް ތައްޔާރު ނުވެ ހުރިކަން އިގުނެވެ. އަދި ފަޔަށް ބާރުލާފައި އައިސް އަހަރެން ކައިރީ އެދުމަތީ އިށީނެވެ. ” އަހަރެން ހުރީ ބުނާން ވެގެން. ކުރިންވެސް ބުނިން ދޯ ޔާނާ ދެކެއޭ ލޯބި ވަނީ.” ނިޝާމް ހާސް ވެފައި އިދެގެން ވާހަކަ ދައްކަމުން ދިޔައެވެ. “ހަމަ އެކަނި ބުނީ ލޯބިވާ ވާހަކަ. އިންނަން އުޅޭ ވާހަކަ އެއް ނުބުނޭ. އޭނަ އާއި އިންނަން އުޅުނު އިރު ކީއްކުރަން އަހަންނާ އިނީ. ނުބުނާތި ބައްޕަ ބަލިކަމުންނޭ. ބައްޕަ މިހާރުވެސް ބަލި. ބައްޕަ އާއި މެދު ވިސްނަންޏަކާ މިހާރަކުވެސް ނީންނާނެ ދޯ.” އަހަރެންގެ ހިތުގެ ޝަކުވާ އިއްވަމުން ތެދުވެ ހެދުން އަޅާފައި ވާ ފޮށީގައި ހިފީމެވެ. “ކޮންތާކަށް ދާން ތި ދަނީ. އަދި ތިހިސާބަކަށް” ނިޝާމް ވާހަކަ ނުނިމެނިސް އަހަރެން ފޮށި ހިފައިގެން ނުކުންނާން ހިގައިގަތީމެވެ.

“ނިޝާމް އަށް މި ކައިވެންޏަކީ މަޖުބޫރު ކައިވެންޏަކަށް ވިޔަސް އަހަރެންނަކަށް މަޖުބޫރު ކަމެއް ނެތް. މި ކައިވެންޏަކީ މާކުރިން ވެސް ރޭވި ނިމިފައި އޮތް ކަމެއްކަން ނިޝާމް އަށް އެގޭނެ. ދެން ލޯބީގެ ގޮތުން އެހެން މީހަކާ ގުޅުން އެއީ ނިޝާމްގެ ކުށެއް.  މި ކައިވެނި އަހަރެން ކުރީ ފޮނި އުއްމީދު ތަކަކާއި އެކު. ޔާނާ ދެކެ ލޯބިވާ ވާހަކަ ބުނުމުން ވެސް އަހަރެން  އުއްމީދު ކުރިން ކޮންމެސް ދުވަހަކުން ތި ލޯބި ލިބޭނެލަމަށް. އެންމެ ކުޑަ އިރުއްސުރެން އަހަރެން ހަމަ އެކަނި ދެކުނު ހުވަފެނަކީ ނިޝާމް އާއި އެކު ރީތި ދިރިއުޅުމެއް އުޅުން. އެކަމަކު… އަހަރެންނަކަށް ކެތެއް ނުވާނެ ނިޝާމް އެހެން މީހަކާ އެކު އުޅެތަށް ދެކޭކައް… އަދި ތި ދެމީހުންގެ ލޮތްބަށް ހުރަސް އަޅާ މީހަކަށް ވާކަށެއް ވެސް އަހަރެން ނެތީން.. ނިޝާމް ގެ އާއިލާ އަށް އަހަރެން ވިސްނަދޭނަން… އަހަރެން އެދެނީ ނިޝާމް އުފަލުގައި ހުރުން” ކޮޓަރީ ދޮރު ކައިރީ ނިޝާމް އަށް ފުރަގަސް ދީގެން ހުރެ ވާހަކަ ދެއްކީމެވެ. އަދި ފަހަތް ބަލައި ލުމެއް ނެތި އަހަރެން އެގެއިން ނިކުމެގެން ދަޔައީމެވެ.

ހަޤީޤީ ލޯތްބަކީ މިއީ އެވެ. ލޯބިވާ މީހާގެ އުފަލަށްޓަކައި އަމިއްލަ އުފާ ޤުރުބާން ކުރުމެވެ. ނިޝާމް ކައިރިން ވަރި ވުމަށް ފަހު 3 އަހަރެން ފަހުން އަހަރެން ކައިވެނި ކުރީ އަހަރެން ދެކެ ލޯބިވާ މީހަކާއެވެ. އެނާ އަހަރެންނަށް ވަރަށް އަޅާލައެވެ. މިހާރު އަހަރެން ބަޑަށް 6 މަހަށްށެވެ. ދިރިއުޅެމުން މިދަނީ ވަރަށް އުފަލާއި އެކުއެވެ.

ނިމުނީ

Comments (39)

  1. Aaf

    hope u guys like this story. pls leave a comment 🙂

  2. star

    hmm , salhi dw dhen , n i think m 1st

  3. ken

    V reeethi?

  4. nukko

    V reethi story eh….. hooe to c another nyc story of u….. 🙂 🙂 🙂 🙂 🙂 🙂

  5. ***

    V reethi. Bt dhigu vaahaka eh nama v reethi vees.

  6. zee

    wow varah reethi

  7. Ariel

    reethi bt maa kureeeeee

  8. emiliya

    Nice hope to read more stories of u aaf

  9. Aaf

    thank u hurihaa kudhin… adhi hama mi kan kuran mi feshee… dhigu vaahaka eh vs knms dhuvahakun kiyaanan adhi 🙂

  10. Shamana

    Nice story….. Waiting 4 next story of yours…☺☺

  11. Kayani

    As always story reethi hooe to see another story of yours. Best of luck.

  12. Anonymous

    Reehchey reehchey

  13. Shabee

    Wow aaf v salhi mi story

  14. Shabee

    Alhe haadha hithah thadhuvaaneyey dhw ehen v ma… thankolheh emotional koh vaahaka dhehkeema hiyy badhal vaanee…. shabee nama hama roi roifaa v emotional koh vaahaka dhakkaanee..like this ” keeheve?? Keeheve nisham?? Theetha bappage edhun furihama kohdheyn ingunu gothakee?? Thinoon gothakah neyngunu tha hama?? Keehev ahannah dhogu hadhaafa Singapore ashey midhanee kiyaafa yaanaa aa marry kuran dhiyaee… keehve?? Aharenge faraathun dhuvahakuvex nisham ah kameh madhuvitha?? Nisham buni kameh nukihdhee hurintha?? Ey bunebala nikan??” Dhen dhaanee rulhi gadhavamun ingey… 😉 ” aharen nisham ah onnaanee anbehge faraathun kohdheyn jehey hurihaa kamrh kohdjeefa…ekam eyge badhal nishaam jeheny ehen meehakaa innantha?? Nisham ahannah dhinee kinacheh…. namehga indhegen ulhen ahannah vex undhagoo vaane dhw…. firimeeha ge loabin mahroom vaakah ahnnehvex beynumeh nuvaane dhw…. nisham yaanaa ge loabi beynunvaa fadhsin aharenvrx nisham ge loavi beynuviyry… eksm dhen heyo…. aharen varikurey…ehen nooney aharen court ah gos viyas varivaanan…ingijje… yaanaa aa dhemeehumnah ufaaveri dhiri ulhumakah edhen…. ” hahahahah eyee shabee ge huyaalu….djen misaalkah 2 yrs latr… nishaam ge anhenun yaanaa v kannehvaane… dhen ehdhuvahu eyna ha fennaanee 2 yrs varu boy eh govain fennaanee e girl with her husband…. dhen eyna ah ehcheh visnigen ais maafa edheynee dhen nimmaalanee…. eyrun v salhi vaane…. mihaaru in goeh vrx v reetji but thafseel koh henai varakah salhi vaaneee… aaf ge 1st story.aa balaafa v rangalhi…but dhen anna story eh improve kuran jehyene ingey…. better luck next time… 🙂

    1. Aaf
      Shabee

      thank u fr the idea… 🙂

    2. elsa
      Shabee

      shabee , avahah mi site ga story eh liyan ulhey , asluves vr salhi u ge idea , hehhe

  15. thyhu

    Wow. Awesome story…v salhi ingey…

  16. Aaf

    thnk u all… really appreciate ur comments

  17. mary

    salhi shabee gadha mashah fennanee shabee story eh liyan

  18. Rishme

    nice story…. n last part is totally true

  19. Hudhu

    Nice. I think you should start a long one. You can do it. 🙂

  20. zaf

    i also hav that experience but not as wife, as a gf… its realy a touching story inge… v nice… adhives mikahala rythi touching story eh fennaane kamah ummydhu kuran… best of luck 🙂

  21. zaf

    (y)

  22. xaaxaa

    OMG…. The story awesome I love it… Warah molhu aaf ideas hodhan MAASHAA ALLAH.. Love the story…. 🙂 😀

  23. swyt

    nice

  24. shaa

    awwn mi story v reethi ekam dhigu waahakeh nama maareethi waane feelings thankolheh kudha kiyaairu rowen jehynennu mikahala waahakaeh weema anyway hope aaf will upload new long story adhi miah wure reethi <3 <3 🙂

  25. Shabee

    Huvaatha shabee hama liyan fashan b tha story?? E dhen aaf new writer eh v ma kuda idea eh dhinee…but adhi story liyaakah nuvisnan 😉 😛

    1. elsa
      Shabee

      hehe , hama start kurey story liyan , asluves vr salhi igea idea ,

  26. shine

    nice.ekm maha ah eynage loabi hoadhai dhinnama. waiting for a new story

  27. shine

    nice story

  28. maaya

    v v v reethi

  29. maahy

    v reethi.. hop yuhh wud up a story again… 🙂

  30. maahy

    i guess shabee ves v molhu varne kanne story liyan… havent yuh though about writin n up a story on this site ???? 🙂 🙂 🙂

  31. maahy

    shabeee ???

  32. Has

    Vaahaka varah rythi… varah furihama… ekamaku nisham ge anhenun gein nukumegen dhiyaima nisham ge parents faraathun libunu comments thah vaahaka ah ithuru kohlinama miahvure furihamavaane…

  33. rish

    varah nice vaahaka eh i love it…

  34. jeyys

    Adhi mi vaahaka varah reethivaane dhigu kohfa liyuninama aaf liyan vynu adhi?

  35. Neesha... neekko

    OMG reethi …??

  36. shaan

    nice storyy keep it up love ☺????

Comments are closed.