އަދިއޭގައި ފައިލްކޮށްފައިހުރި ބިލްތައް ކޮމްޕިއުޓަރުގައި އިން ބިލްފޯލްޑަރއަށް އަޅަންފެށީމެވެ. “ސުމާ… ނީނދެވޭނެ ތިހެން މާމަޑުމަޑުންނެއް އިނގޭ.. މީހުސް އަނގަގަދަ މީހުން އުޅޭތަނެއް…” އެއަޑުއައީ ސައުޝާދުގެ ކެބިންއާއި ދިމާލުންކަމުން އަހަރެން އެދިމާލަށް ބަލައިލިވަގުތު ސައުޝާދު ހެމުންއަަިއިސް އަހަރެން ކައިރީގައި ހުއްޓުނެވެ. “އެއީ ތެދެއް… އެހެންނޫނަސް ފުރަތަމަދުވަސްވީމަ ޖެހޭނެ އެންމެންނަށް ކޮފީދޭން.” ހުސްނާވެސް ސައުޝާދުއާއި ބައިވެރިވެލިއެވެ. އޭރުނަޖާހު އެއްވެސް ބަހެއްނުބުނެ މަޑުމަޑުން ހީލަހީލާއިނެވެ. އެމީހުންގެ އެކުވެރި ގޮތްގަނޑު އަހަރެންނަށް ވަރަށްކަމުދިޔައެވެ. އޮފީސް ނިމިގެން ކޮފީބޯން ދާނީކަމުގައިބުނެ އަހަރެން […]
ޖެހިގެން އައި ހަފްތާގައި މިޝްޔާއަށް ލައްވާލީ ނައިޓް ޑިއުޓީއެވެ. މިޝްޔާ ނައިޓް ޑިއުޓީއަށް ދާ ދުވަސްތަކަކީ އިޒްކާން އެންމެ ފޫހިވާ ދުވަސްތަކެކެވެ. ޝަކުވާތައް ވެސް އެހާ ގިނަވާނެއެވެ. ހުސްވަގުތެއް ލިބޭއިރަށް މިޝްޔާ އިޒްކާންއަށް ގުޅާނެއެވެ. ދެމީހުން އެތައް އިރެއް ވަންދެން ވެސް ފޯނުގައި ތިބެދާނެއެވެ. ނަމަވެސް މާދަމާ މުހިންމު މީޓިންގްއެއް އޮތުމުން އިޒްކާންއަށް ޖެހުނީ ތަންކޮޅެއް އަވަހަށް ނިދާށެވެ. ނިދުމުގެ ކުރިން އޭނަ މިޝްޔާއާ އެތަކެއް ވާހަކައެއް ދެއްކިއެވެ. ފޯނު ބޭއްވިއިރު މިޝްޔާ އިނީ ހިނިތުންވެލައިގެންނެވެ. ރޫޚާއަށް […]
އެތަނުން ނިކުމެވެންދެން އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. މަގުމައްޗަށް ނިކުތުމާއި އެކު އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އިޓް މީން ވީ ހޭވް ލީކް ޕޮއިންޓް” އަހަރެންގެ އަޑުގައިި މަޑުތުރުތުރު އެޅުމެއް ހުރިކަން އަހަރެންނަށް އިހްސާސްވިއެވެ. “ބަޓް ކާކު” ފާރިޝްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. “އައި ޑޯން ނޯ.. އޮން ލީ ވަންވޭ ޓު ފައިންޑް އައުޓް” އަހަރެން އެހެންބުނެލަމުން ޖީބުގައި ސައިލެންޓަށް ލާފައިވާ ފޯނު ނަގާ ބަލާލީމެވެ. އަހަރެން ޖަލުގެ ތެރެއަށް ވަންނަމުން […]
ބައްޕަ ދަރިފުޅުގެ މަރުގެ ބަދަލު ހިފާނަން… އަހަރެން މި ޖަރނަލް ގައި މިލިޔަނީ އަހަރެންގެ ހަޔާތުގެ ވޮއް ކަމަށްވާ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ލޯބިވި، ދަރިފުޅު މައިކަލްގެ ހަނދާނުގަ. މި ޖަރނަލް ލިޔުމަށް އަހަންނަށް މަޖުބޫރުވީ ދުވަހަކު ހަނދާން ނުނެތޭނެ ކަންތައްގަނޑެއް އަހަރެންގެ ދިރިއުޅުމަށް ކުރިމަތި ވުމުން… އެދުވަސް އަހަރެންގެ ހަނދާނަކުން ނުފުހެވޭނެ. އެދުވަސް ވަނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފަ… ބައްޕައަށް މާފް ކުރޭ.= ޝެރިން ދެން ނަޒަރު ހިންގާލީ އެބާބުގެ އެންމެ ތިރީ […]
އެންމެންގެ އިންތިޒާރަށް ނިމުމަކަށް އައީ ރާހިލް ނީރާއާއި ޝާއިންގެ ނަން ގޮވާލުމުންނެވެ. އެއްއަޑަކުން ޝާއިން އާއި ނީރާގެ ނަން ކިޔަމުން ދިޔައެވެ. ނީރާ އެވަގުތު ހުރީ ޓީޝޫ އަކުން އޭނާގެ މޫނު ފޮހެލާށެވެ. މިހާރު އޭނާގެ މޫނުމަތިން ކަމެއް ވެފައި ހުރިހެންވެސް ހީނުވެއެވެ. ނަމަވެސް އެއްބައިފަހަރު ނޭފަތް ދަމާލެވެއެވެ. ދުޅަވެފައި ހުރި ލޯ އެކަކަށްވެސް ފާހަގަ ނުވޭތޯ އޭނާ ދުޢާ ކޮށްލިއެވެ. ދެމީހުން ސްޓޭޖަށް އެރުމާއި އެކު އަނެއްކާވެސް ސްޓޭޖް ދިއްުލުނީ ނޫކުލައަކުންނެވެ. އެގޮތަށް އެ ދެމީހުން […]
“އާނާ… އަަހަރެން ވަރަށް ލޯބިވޭ އާނާދެކެ.. އެކަމު އަހަރެންނަކަށް މި ލޯތްބެއް ހާސިލެއް ނުކުރެވޭނެ.. އަހަރެން ހެޔޮ ހިތުން އާނާ އަހަރެން ކިބައިން ސަލާމަތް މިކުރަނީ އަބަދުވެސް ޒަޔާލް އާއި އެކު އުފަލުގައި އުޅޭނެ ކަމަށް.. އަހަރެންގެ ދުޢާ އަކީވެސް އެއީ… އަހަރެން އަބަދުވެސް ހުންނާނަން އާނާއަށް އެހީވެދެން ޒަޔާލް ނެތް ތާނގާ… އަބަދުވެސް……” އާނާއަށް ހޭލެވުނެވެ. އޭރު އޭނާގެ ކަންފަތުގައި އެނބުރެމުން ދިޔައީ ދާދި ދެންމެއަކު އޭނާއަށް ފެނުނު ހުވަފެނުގައި ކާރިލް ދެއްކި ވާހަކަތަކެވެ. […]
މަންމައަށް ވުރެއް އޭނަ ރީތިވާނެކަން ކަޝަވަރެވެ. “ފަރީޝާ.. ނުވެސް ބުނެ.. ދެންބުނި ނަމަ އެއްނު ބަލާދެވޭނީވެސް.. އަނެއްކާ ކޮން އިރަކު އައީ” އަހަރެންގެ ފަހަތުން އައިސް މަންމަ އެމީހާއާ ވާހަކަ ދައްކަން ފެށުމުން އަހަރެން ހުރީ ވަރަށް ގަޔާވެ ހުރެ އަޑުއަހާންށެވެ. ދުވަހަކު ނުދެކޭ މީހެއް އަހަރެންގެ ސަމާލުކަން އެހާ ފަސޭހައިން ހޯދީ ކިހިނެކުންކަން ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ތެދަށް ބުނާނަމަ ފަރީޝައްތަ އަކީ އަހަރެންގެ ފޭން އެކެވެ. މަންމަމެން ފަރީޝައްތަ ސިފަކޮއްދީފައި ހުރިގޮތް އެހާ ފުރިހަމައީ […]
“ވެއްޖެ ކޮޓަރީގަ!” އާއިޒު މަޑުމަޑުން ޖަވާބުދިނެވެ. އާއިޒު ނިކުތީ ބޭރަށެވެ. ޝަކީބު އާއި އެކީ މަސައްކަތުގައި އުޅުނު އިރުވެސް އިރުއިރު ކޮޅާ ގޭތެރެއަށް ނަޒަރު ހިންގާލެވެއެވެ. ޖާހަތު ކޮބައި ހެއްޔެވެ؟ ހިތް ތަކުރާރުކޮށް އެއް ސުވާލެއް ކުރަމުން ދިޔައެވެ. މަސައްކަތް ނިންމާލެވުނު އިރު ދިހަ ގަޑި ބައިވަނީއެވެ. ސައުދިއްޔާ ޖޫސް ތަބަކެއް ހިފައިގެން ނިކުތެވެ. ސައުދިއްޔާވެސް ޖާހަތު ނުފެނިގެން އެއްޗެކޭ ނުބުނުމުން އާއިޒުގެ ހިތް އިތުރަށް ބާރަށް ތެޅެމުން ދިޔަފަދައެވެ. “މަންމާ! ކޯއްޗެއްތަ މެންދުރަށް ކައްކަނީ؟” ވިސްނާލުމަށްފަހު […]
އޭރު ވަރުގެ ކޮޅަށް ނަލަހެދިލައިގެން ހުރި ނީޝަމް ފެނުމުން ހިނވެސް އައެވެ. އައިރީން ދެ ބުމަ އަރުވާލަމުން ކޮންތާކަށް ދާން ހޭ ނީޝަމް ގާތުގައި އަހާލިއެވެ. ” އޮހް ހޯ .. ދޮންތައާ އެއްކޮށް ދާންވެގެންނެއްނު.. ” ” ހޫމް ހެވޭ .. ދެން ތިހާ ރީތި ނުވިޔަކަސް ވެދާނެ ކަންނޭނގެ .. މިދަނީ ޕާޓީ އަކަށް ދާކަށް ނޫން ވިއްޔަ .. އަނެއްކާ……” “ދެން ދޮންތާ .. ” އައިރީން އެހެން ބުނުމުން ނީޝަމް އައިރީން […]