
އަނިޔާ.. 17 ވަނަ ބައި
އެތަނުން ނިކުމެވެންދެން އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. މަގުމައްޗަށް ނިކުތުމާއި އެކު އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އިޓް މީން ވީ ހޭވް ލީކް ޕޮއިންޓް” އަހަރެންގެ އަޑުގައިި މަޑުތުރުތުރު އެޅުމެއް ހުރިކަން އަހަރެންނަށް އިހްސާސްވިއެވެ. “ބަޓް ކާކު” ފާރިޝްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.
“އައި ޑޯން ނޯ.. އޮން ލީ ވަންވޭ ޓު ފައިންޑް އައުޓް” އަހަރެން އެހެންބުނެލަމުން ޖީބުގައި ސައިލެންޓަށް ލާފައިވާ ފޯނު ނަގާ ބަލާލީމެވެ. އަހަރެން ޖަލުގެ ތެރެއަށް ވަންނަމުން އެތަނުގައި ފޯނު ބޭއްވީ ސައިލެންޓްއަށް ލާފައެވެ. އޭރުގައި މިޝްކާ އަށްފަހަރު ގުޅާފައިއިނެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. ” އަހަރެން ބޭނުން މިރޭގަ ގްރޫޕް އެންމެންނާއި ބައްދަލު ކުރަން. ޑޮކްވެސް… ވީހާވެސް އަވަހަށް..” އަމުރުވެރި ރާގަކަށް އަހަރެން ފާރިޝް ކައިރީގައި އެހެން ބުނެލަމުން ހިގައިގަތީ ސައިކަލާއި ދިމާލަށެވެ. “ވެއަރ އާ ޔޫ ގޮއިން” ފާރިޝް އަހަރެން ދާން ފެށުމުން އަހާލިއެވެ. “އަހަރެން ވަރަށް އަވަހަށް ތަނަކަށް ދާން ޖެހުމުން މިދަނީ” އަހަރެން ފާރިޝް އާއި ދިމާލަށް ބަލާވެސް ނުލާ އަވަހަށް ސައިކަލާއި ދިމާލަށް އަހަރެން ހިގައިގަތީމެވެ.
ސައިކަލަށް އެރި ގޮތަށް އަހަރެން މިސްރާބު ޖެހީ މިޝްކާ އުޅޭ އެޕާޓްމެންޓާއި ދިމާލަށެވެ. އެހާވަރަށް ގުޅާފައި އެއޮތީ އަނެއްކާ މިޝްކާއަށް ކަމެއް ވީ ހެއްޔެވެ… އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. އަހަރެން ސައިކަލް މަޑުކޮއްލީ މިޝްކާ އުޅޭ އެޕާޓްމެންޓް ކައިރިއަށެވެ. އަދި ސައިކަލުން ފައިބައިގެން އަވަހަށް ސިޑިން މައްޗަށް އެރީމެވެ. މިޝްކާ އުޅޭ އެޕާޓްމެންޓްގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަހަރެން ހައިރާންވިއެވެ. މިގަޑީގައި މި އެޕާޓްމެންޓްގެ ދޮރު ހުޅުވިފައި ހުންނަންވީ ކީއްވެ ހެއްޔެވެ. އަނެއްކާ މިރޭވެސް މިޝްކާ ކައިރިއަށް… އެހެން ހިތަށް އެރުމާއި އެކު އަހަރެންނަށް އެތެރެއަށް ވަދެވުނެވެ. އަދި މިޝްކާއަށް ގޮވާލެވުނެވެ. ނަމަވެސް މިޝްކާގެ ހަބަރެއް ނުވިއެވެ. އެޕާޓްމެންޓްގައި ހުރީ ދެކޮޓަރިއެވެ. އަހަރެން އެއްކޮޓަރި ކައިރީގައި ހުއްޓެލަމުން ދޮރުގައި ކަންފަތް ޖަހާލީމެވެ. އަޑެއް ނީވުނެވެ. އަނެއް ކޮޓަރީގެ ދޮރުގައި ކަންފަތް ޖަހާލީމެވެ. އިވިގެންދިޔައީ މިޝްކާގެ ރުއިމުގެ އަޑެވެ. އާދޭހާއި އެކު ދޫކޮއްލުމަށް އެދި ރޮމުން ގެއްދިޔައެވެ. އަހަރެންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. ފައިން ޖަހާ ދޮރުގެ ތަޅު ހަލާކު ކޮއްލީމެވެ. އެއަޑަށް އެތެރޭގައި މިޝްކާގެ ގައިމައްޗަށް ވެއްޓިގެން އޮތް މީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭރު މިޝްކާވަނީ ވަރުބަލިވެފައެވެ. ރޮއިރޮއި ހަލާކުވެފައެވެ. ލައިގެން ހުރި ހެދުންވަނީ އެއްކޮށް ކަހަލައިން ވީދިފައެވެ. ބަނޑުގައިވެފައިވާ ސިންގާއެއްހެން އެމީހާ މިޝްކާ ނޮޅަމުން ދިޔަކަހަލައެވެ. އަހަރެން ދިޔަގޮތަށް އެމީހާގެ އިސްތަށިގަނޑުގައި ހިފާފައި ނެނގީމެވެ. އަހަރެންގެ ނަސީބު ގަދަކަމުން އެމީހާގެ އިސްތަށިގަނޑުވީ ދިގު އިސްތަށިގަނޑަކަށެވެ. އަދި އެމީހާ ދުރަށް ކޮއްޕާލީމެވެ. އެމީހާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން އަހަރެން އެގުނީ އެމީހާގެ ގައިން ދުވި ވަހުންނެވެ. އެމީހާ ދުރަށް ކޮއްޕާލުމަށްފަހު މިޝްކާއަށް އެނދުމަތީގައި އޮތް ފޮތިގަނޑެއް ދިނީމެވެ. އެއީ އޭނަގެ ހަށިގަނޑު ނިވާކުރުމަށެވެ. އަދި އެމީހާއާއި ދިމާލަށް އެބުރުނީމެވެ. އޭރު އެމީހާ ރުޅިވެރިކަމާއި އެކު އަހަރެންނާއި ދިމާލަށް އަންނަނީއެވެ. އެހެންކަމުން ބަލާކަން ނުހުރެ ވަރުގަދަ އެތިފަހަރެއް އެމީހާގެ މޫނުމަތީގައި ޖަހައިފީމެވެ. އެވަގުތު އެމީހާ އެތަނަށް ދެމުނެވެ. އަހަރެން މިޝްކާއާއި ދިމާލަށް ބަލާލީމެވެ.އޭރު މިޝްކާ އިނީ އެފޮތުގަނޑު ގައިގައި އޮޅާލައިގެން ފާރުގައި ލެގިލައިގެންނެވެ.
“އައި އޭމް ސޮރީ” މިޝްކާގެ އަތުގައި ހިފާލަމުން އޭނަ ކައިރީގައި އިށީދެލަމުން އަހަރެން ބުނީމެވެ. އެވަގުތު ރޮމުން ދިޔަ މިޝްކާ އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންނަށް އުދަގޫވެގެން ދިޔައެވެ. ނަމަވެސް އަހަރެންނަށް މިޝްކާ ދުރުކުރާކަށް ނުކެރުނެވެ. “ޑޯންޓް ވޮރީ ނައު… ޔޫއާ އޯކޭ” ގައިގަނޑަކަށް ފަސްމިނެޓް އެހެން އިނުމަށްފަހު މިޝްކާގެ ބޮލުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ. މިޝްކާ އަހަރެންނާއި ދިމާލަަށް ބަލާލިއެވެ. އަހަރެން މިޝްކާއަށް ހިނިތުންވެލަމުން އެތަނުން ތެދުވެ އެމިހާ ކައިރިއަށް ހުއްޓެލީމެވެ. “އައި އޭމް ސޮރީ ބަޓް އައި ކާންޓް ވެއިޓް ނައު… އައި ހޭވްޓް ގޯ… ބަޓް އައި ވިލް ކަމް ލޭޓަރ…” އަހަރެންނަށް މަޑުކުރެވެން ނެތުމުން މިޝްކާއާއި ދިމާލަށް ބަލާލަމުން އަހަރެން ބުނެލީމެވެ. އޭރުވެސް މިޝްކާ ދިޔައީ ގިސްލަމުންނެވެ. އެހެންކަމުން އަނެއްކާވެސް އަހަރެން މިޝްކާ ކައިރީގައި ކަކޫ ޖަހައިގެން އިށީދެލީމެވެ. “މިޝް މިރޭ އިތުރު މީހަކު އަންނާނެތަ” އަހަރެން އޯގާތެރިކަމާއި އެކު މިޝްކާގެ ބޮލުގައި ފިރުމާލީމެވެ. މިޝްކާ ނޫނެކޭ ބުނާގޮތަށް ބޯހޫރާލިއެވެ. “އައި ވިލް ކަމް މިޝް… ބަޓް ނައު އައި އޭވް ޓޫ ގޯ… އައި ވިލް ކަމް ޕްރޮމިސް” އަހަރެން މިޝްކާއަށް ވައުދުވީމެވެ. އަދި އެމީހާ ނަގައިގެން އެތަނުން ނިކުތީމެވެ. އަހަރެން އެމީހާ ކޮނޑުމައްޗަށް ލައިގެން ސިޑިން ފޭބީމެވެ. އަދި ސިޑި ކައިރީގައި އެމީހާ ބޭއްވީމެވެ. އޭރުވެސް އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ. ހީވަނީ ހޭނެތިފައި އޮތް މީހެއް ހެންނެވެ. އަހަރެން އަޅާނުލާ ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. އަހަރެން ހުރީ ފާރިޝް ގުޅާނެއިރެއްގެ އިންތިޒާރުގައެވެ. އަހަރެން ސައިކަލަށް އަރާ ދުއްވާލިތާ މާގިނަ އިރެއްނުވެ ފާރިޝް ގުޅައިފިއެވެ. އަދި ދާންވިތަން އަވަހަށް ބުނެލަދިނެވެ. އަހަރެން ފާރިޝް ބުނި ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
އަހަރެން ސައިކަލް ބެހެއްޓުމަށްފަހު ފާރިޝް ބުނި ގޭތެރެއަށް ވަނީމެވެ. އެއީވެސް ހަދަން ފަށައިފައިވާ ގެއެވެ. އެހެންފަހަރު ތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް އަހަރެން ދިޔައީ އެގޭގައި ހަމައެކަނި ހަދާފައިވާ ކޮޓަރިއާއި ދިމާލަށެވެ. އަދި ދޮރު ހުޅުވާލިއިރު ފާރިޝް ފަސްގޮނޑި އެތަނުގައި ބަހައްޓަނީއެވެ. އަހަރެން އެތެރެއަށް ވަނީމެވެ. “ވަޓް ޔޫ ތިންކް” އަހަރެން ފާރިޝްގެ މޫނަށް ބަލާލަމުން އަހާލީމެވެ. އެއްވެސް އެއްޗެއް ނުބުނެ ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެގެއަކީ ހަދަން ފަށައިފައިވާ ގެއެއްކަމަކު އެކޮޓަރީގައި ކަރަންޓު ހުއްޓެވެ. ފާރިޝް ގޮސް ގޮޑިއެއްގައި ށީދެލިއެވެ. އަހަރެންވެސް ފާރިޝް ކައިރީގައި އިށީދެލީމެވެ. އަދި ފާރިޝްގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ބިރުވެރިކަމެވެ. އަހަރެންނަށް ވުރެއް ބޮޑަށް ފާރިޝް އިނީ ބިރުގަނެފައެވެ. އަހަރެން އިސްޖަހާލީމެވެ.
ތިންމީހުން އެތަނަށް އައީ އަހަރުމެން އެތަނުގައި ތިބޭތާ ދިހަމިނެޓް ފަހުންނެވެ. އެދިހަމިނެޓްގައި އަހަރެންވެސް އަދި ފާރިޝްވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. “މިހާ ކުއްލިއަކަށް ކިހިނެއްވީ އަނެއްކާ” ޑޮކްޓަރ ކަމާލް އެތެރެއަށް ވަންނަމުން އަހާލިއެވެ. އޭރު އާދިލްސަރ އަދި ހާނިމްސަރވެސް ފަހަތުން ވަންނަނީއެވެ. އަހަރެން ތިންމީހުންގެ މޫނަށް ބަލާލީމެވެ. އެވަގުތު އަހަރެންނަށް ނޭނގި ނަމަވެސް މުއްމަޅާލެވުނެވެ. “މީގެ ކުރިން އަހަރެން މިކަހަލަ މީޓިންއަކަށް ނުގެނެއެއްނުން… އަނެއްކާ ކިހިނެއްވީ… ޝާމް އާ ޔޫ އޯކޭ” ޑޮކް ހީކުރީ އަހަރެންނަށް ކަމެއް ވީކަމަށް ކަންނޭގެއެވެ. އަހަރެން ކަމާލްއާއި ދިމާލަށް ބަލާލީމެވެ. އަދި އިސްޖަހާލީމެވެ. “އެއީ ތެދެއް… ޝާމް..ކިހިނެއްވީތަ…” އާދިލްސަރ ވާހަކަ ދެއްކިއެވެ. “މިހާ ކުއްލިއަކަށް އެންމެންނާއި ވާހަކަ ދައްކަން ބޭނުންވީ އަނެއްކާ ކިހިނެއްވީ” ހާނިމްސަރ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނީމެވެ. އެއްއަތުން އަނެއް އަތުގައި ހިފަހައްޓާލައިގެން ވަރަށް ބާރަށް މުއްމަޅައިލައިގެންނެވެ. އަހަރެންގެ ދިގުވެފައިވާ ނިޔަފަތިތަށް އަތަށް ހެރެމުން ދިޔައެވެ. ނަމަވެސް އެހެރެމުން ވަމުން ދިޔަ ތަދަށް ވުރެއް އަހަރެންގެ ސިކުނޑިއަށް ވަމުންދިޔަ ތަދު މާބޮޑެވެ. “ކޮންމެވެސް މީހެއް ވާހަކަ ދައްކަބަލަ… އަހަރުމެންނާއި ވާހަކަ ދައްކާކަށް ނުންތަ މިތަނަށް ގެންނައީ” ހާނިމްސަރ ވާހަކަ ދެއްކިއެވެ. “މިއަދު އަހަރުމެން ހުޝާމްއާއި ބައްދަލު ކުރިން” އަހަރެން އެއްވެސް ވާހަކައެއް ނުދެއްކުމުން ފާރިޝް ބުނެލިއެވެ. “ދެން” ހާނިމްސަރ އަހާލިއެވެ. އެވަގުތު ފާރިޝް ތެދުވެ އެމީހުންނާއި ކުރިމަތިލިއެވެ. “ހުޝާމް އެއްބަސްވި އޭނަ އެކަންތަށް ނުކުރާކަމަށް” ފާރިޝް ބުނެލިއެވެ. ފާރިޝް މަސައްކަތްކުރީ ދުރުދުރު ޕޮއިންޓްއަށް ދެވޭތޯއެވެ.
“އަހަރެން ތި މީހުންނަށް ދިނީ ކޮން އަނިޔާއެއްތަ” އެހުރިހާ އިރުގައި އަހަރެންގެ ސިކުނޑީގައި އެބުރެމުން ހިތަށް ބާރު ކުރަމުންދިޔަ ރުޅި އަނެއްކާވެސް އަހަރެންގެ ލޮލުން ކަރުނައިގެ ސިފައިިގައި އޮހިގަތެވެ. އަހަރެން އެހެން ބުނުމާއި އެކު އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވަން ފެށިއެވެ. ފާރިޝްގެ މޫނުމަތިން ފާޅުވަމުންދިޔައީ ހަމްދަރުދީއެވެ. އަހަރެންވެސް ގޮޑިން ތެދުވީމެވެ. “ބުނެބަލަ.. އަހަރެން ތީގެން ކާކަށްތަ އަނިޔާއެއް ދިނީ” އަހަރެންނަކީ މީގެ ކުރިން އާދިލްސަރ އަދި ހާނިމްސަރ އާއިވެސް އަހަރެން ކިޔައިގެން ވާހަކަ ދެއްކި މީހެއް ނޫނެވެ. ނަމަވެސް މިއަދު އަހަރެން ރީތިކޮށް ވާހަކަ ދައްކަން ބޭނުން ނުވީއެވެ. އެންމެންނާއި ކުރިމަތި ލަމުން އަހަރެން ބުނީމެވެ. އޭރު އަހަރެންގެ ހަށިގަނޑު މަޑުމަޑުން ތުރުތުރު އަޅަމުން ދިޔައެވެ. “އަހަރެންނަށް މިވަރުގެ އަނިޔާއެއް ތި ދިނީ ކީއްވެ… އަހަރެން ކުރީ ކޮންކުށެއް…” އަހަރެން ބަލަމުން ދިޔައީ ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯއެވެ. “ކީކޭތަ ތިކިޔަނީ… އަހަރެންނަކަށް ނޭނގޭ އެއްވެސް އެއްޗެއް” ކަމާލްއަށް ނުވިސްނިގެން އަހާލިއެވެ. އަހަރެން އާދިލްސަރގެ މޫނަށް ބަލާލީމެވެ. އަދި ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. އެދެމީހުންގެ މޫނުމަތިންވެސް ފާޅުވަމުންދިޔައީ އެކިކަހަލަ ޖަޒުބާތުތަކެވެ.
“ދޭ ނޯ އެބައުޓް ޝާމް” ފާރިޝް ބުނެލިއެވެ. އޭރުވެސް އަހަރެން ހުރީ އާދިލްސަރ އާއި ދިމާލަށް ބަލާށެވެ. އެހެންކަމުން ފާރިޝް އެހެންބުނުމާއި އެކު އޭނަގެ މޫނުމައްޗަށް އެރި ހުރިހާ ކުލައެއް އަހަރެންނަށް ފެނިގެންދިޔައެވެ. “ވަޓް… ކިހިނެއްތަ… އެހެންވެއްޖެނަމަ ޝާމް އިތުރަށް ތިކަންތަށް ކޮށްގެން ނުވާނެ… ކޮންމެ ފަދަ ކަމެއްވެސް ވެދާނެ” ކަމާލް ބުނެލިއެވެ. ކަމާލްއަށް އެއްވެސް އެއްޗެއް ނޭނގި ހުރެ ބުނެލިކަހަލައެވެ. “ކިހާވަރެއް އެމީހުން ދިނީ” އަހަރެން އާދިލްސަރ އާއި ދިމާލަށް ފިޔަވަޅެއް އަޅަމުން ބުނެލީމެވެ. އޭރު އަހަރެންގެ ރުޅިގަނޑު އަހަރެން ފަޅާފައި ނިކުންނަން އުޅޭކަހަލައެވެ. “ވަޓް” އާދިލްސަރ ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އަހަރެން މި އަހަނީ ދިވެހިން… ކަލެއަށް ދިވެހި އެގެއެއްނުންދޯ” އަހަރެންގެ ރުޅި ހުރީ އެންމެމަތީގައެވެ. އޭރުވެސް އަހަރެން ދިޔައީ އާދިލްސަރ އާއި ކައިރިވަމުންނެވެ. އަހަރެން އެހެން ބުނުމާއި އެކު ފާރިޝް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ހާނިމްސަރވެސް އަހަރެންނާއި އާދިލްސަރ އާއި ދެމެދަށް ވަނެވެ.
އަހަރެން އޭރު ހުރީ އަސްލަށްވެސް ރުޅި އައިސްފައެވެ. މިމީހުންނަށްޓަކައި އަހަރެން ނުކުރަނީ ކޮންކަމެއް ހެއްޔެވެ.. އަހަރެން، އަހަރެންގެ އާއިލާ އާއި އޮތް ގުޅުން ކަނޑައިލީމެވެ. އަހަރެން ފުރާނައަށް ވުރެެއް ބޮޑަށް ލޯބިވާ އަންހެންކުއްޖާ އާއި ވަކިވަން ޖެހުނެވެ. ތިން އަހަރު ވަންދެން މަންމަގެ މެދުކެނޑުމެއްނެތި ރުޅިވެރިބަސްތަށް އަޑުއަހަން ހުރީމެވެ. އެންމެ ނުބައި ކަންތައް ކުރާ މީހުންނާއި އެކު ފުރާނަ އަތްމައްޗަށް ލައިގެން ކޮންމެ ދުވަހަކު އުޅެން ޖެއެވެ… ކޮންބައެއްގެ ބުނުމަކަށް ހެއްޔެވެ. މި ކޮޓަރީގައި ތިބި ހަތަރުމީހުންގެ ބުނުމަށެވެ. ނަމަވެސް މިއަދު އަހަރެންނަށް ލިބުނީ ކޮންއެއްޗެއްހެއްޔެވެ… އަހަރެންގެ ގާތް އެކުވެރިއެއް ޖަލުގައެވެ. އަހަރެން ސަލާމަތް ކުރަންވެގެންނެވެ. އާއިލާއާއި ދުރުގައި އުޅުމެވެ. އެންމެ ކުޑަމިނުން އެމީހުންގެ މޫނު ދުވާލަކު އެއްފަހަރު ވެސް ނުފެނެއެވެ.. އެކަމުގެ ސަބަބުން އަހަރެންގެ އެތެރެހަށީގައި އަޅަނީ ކިހާ ވޭނެއްކަމެއް މިތަނުގައި ތިބި މީހުންނަކަށް ނޭނގޭނީއެވެ. މީހުން މެރުމާއި ފޭރުމާއި ވައްކަން ކުރުމާއި އެކަންތަކުގެ ތެރޭގައި އަހަރެން އުޅެން ޖެހުމުން އަހަރެންނަށް ނަފްސާނީ ގޮތުން ކުރަނީ ކޮންކަހަލަ އަސަރެއްކަން މިމީހުންނަކަށް ނޭނގެއެވެ. ބުނެދިނުމާއި ކުރުން އެއީ ތަފާތު ކަންތަކެވެ. ކުރަން ހުންނަ މީހާއަށް އަޅާ ވޭން އެނގޭނީ ހަމައެކަނި އެމީހާއަށެވެ. އަހަރެން އޭރު ހުރީ ދާހިއްލާ ފޯވެފައެވެ. މަޑުމަޑުން މުޅިމީހާ ތުރުތުރު އަޅަމުން ދިޔައެވެ.
ފާރިޝްގެ އަތް އަހަރެން ފޮޅާލީމެވެ. “އަހަރެންނާއި ދުރަށްދޭ… ކަލޭވެސް ދުރަށް ދޭ” ފާރިޝް ދުރަށް ކޮއްޕާލަމުން އަހަރެން ވަރަށް ބާރަށް ހަޅޭލަވައިގަތީމެވެ. އަހަރެން ކޮއްޕާލުމުން އެދިޔަ ބާރު މިނުގައި ފާރިޝް ޖެހުނީ ފާރުގައެވެ. އެވަގުތު ފާރިޝްގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. ވީތަދުން ކަންނޭނގެއެވެ. “ޝާމް މޮޔަވީތަ” ހާނިމްސަރ ހަޅޭލަވައިގަތެވެ. އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. އެމޫނުމަތީން ހިތްހަމަނުޖެހުން ފާޅުވަމުން ދިޔައެވެ. ކަމާލްގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާން ކަމެވެ. އާދިލްސަރ އަދި ފާރިޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. “އަހަރެން މޮޔަ ނުވެގެނެއްނުން ކަލޭމެން ތިއުޅެނީ” އަހަރެން ހާނިމްސަރގެ އަޑަށް ވުރެއް ބާރަށް ހަޅޭލަވައިގަތީމެވެ. “އަހާބަލަ ތިހުރި ފިރިހެނާ ކައިރީގައި އެމީހުން ކިހާ ލާރިއެއްހޭ ދިނީ” އަހަރެން އާދިލްސަރ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނީމެވެ. “އަހަރެންގެ ލައިފްއަށް އެމީހުން ދިނީ ކިތައް ލައްކަތަ… އަހަރެންގެ އެކުވެރިން އުޅޭތަނާއި އެމީހުން ކުރާ ކަމެއްގެ މައުލޫމާތު ދިނުމުން އެމީހުން ދިނީ ކިތައް ހާސްތަ… އަހަރެން ކުރާ ހުރިހާ ކަމެއް އެމީހުންނަށް ކިޔައިދިނުމުން އެމީހުން ދިނީ ކިތައް ބިލިއަންތަ” އަހަރެންގެ އަޑު މަޑުކުރެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެއް އަހަރެން ހުރީ ބޮޑަށް ރުޅި އައިސްފައެވެ.
ހާނިމްސަރ އާދިލްސަރގެ މޫނަށް ބަލާލިއެވެ. އެވަގުތު އާދިލްސަރ ބިރުވެރިކަމާއި އެކު ދެފަރާތަށް ބޯހޫރާލިއެވެ. “އާދިލް.. އާދިލްތަ” ކަމާލް އަހާލިއެވެ. ހައިރާން ކަމާއި އެކުގައެވެ. “ޝާމް ހަމަޖެހިބަލަ” ފާރިޝް ބުރަކަށީގައި އަތްއަޅައިގެން ހުރެ ވާހަކަ ދެއްކީ ދުރުގައި ހުރެގެންނެވެ. އޭނައަށް އަހަރެންނާއި ކައިރިވަން ނުކެރުނީކަމަށް ވެދާނެއެވެ. “ހަމަޖެހިބަލަށޭ… އެގޭތަ… އެމީހާއާއި ހެދި އަހަރެންގެ ހަޔާތް ވެއްޓިގެން ދިޔައީ ކިހާ ބޮޑު ވަޅުގަނޑެއްގެ ތެރެއަށް ކަމެއް… އަހަރެން ލޯބިވާ އެންމެން، އެންމެން ޑޭންޖަރއެއްގެ ތެރެއަށް ވައްޓާލެވުނީ… އެމީހާއާއި ހެދި… އެގެއެއްނުން… އަހަރެންނަށް އަހަރެންގެ މަންމަ މޫނު ނުފެނޭ.. އަހަރެން ދެކެ ރުޅި އަންނާތީ.. ކާކުގެ ސަބަބުން.. އެމީހާގެ ސަބަބުން..” ފާރިޝް އާއި ދިމާލަށް ބަލާލަމުން އާދިލްސަރ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީ ވަރަށް ބާރަށެވެ. “އަަހަރެންގެ ކޮއްކޮ އަހަރެންނާއި ވާހަކަ ދައްކަން ނުލާހިކު ބޭނުންވޭ… އެކަމަކު އަހަރެންނަށް އެކަމެއް ނުކުރެވޭ… ކީއްވެ އޭނައަށް ގެއްލުމެއް ލިބިދާނެތީ.. ކާކާއި ހެދި.. އެމީހާއާއި ހެދި…” އަހަރެން އާދިލްސަރ އާއި ދިމާލަށް އެބުރުނީމެވެ.
“އަހަރެން އެންމެ ލޯބިވާ ކުއްޖާ އަހަރެން ދެކެ ރުޅި އާދޭ… ކީއްވެ… އަހަރެން މިހުރި ސިފައާއި ހެދި… ކާކާއި ހެދި އަހަރެން މިސިފައަށް ވެއްޓެއް ޖެހުނީ… ކަލެއާއި ހެދި..” އާދިލްސަރ ކައިރިއަށްފިޔަވަޅެއް އަޅަމުން އަހަރެން ހަޅޭލަވައިގަތީމެވެ. އެވަގުތު އަނެއްކާވެސް ހާނިމްސަރ އަހަރުމެން ދެމީހުން ދޭތެރެއަށް ވަނެވެ. އޭރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އަހަރެން މީގެ ކުރިން އެހާ ރުޅި އައިސްފައި ހުއްޓާ އޭގެން އެއްވެސް މީހަކަށް ނުފެންނާތީ ކަމަށްވެސް ވެދާނެއެވެ. އަހަރެންވެސް ބިރު ގަންނަން ފަށައިފިއެވެ. އަހަރެންނަށް އުޅެއުޅެ އަހަރެންގެ ރުޅިއެއް ކޮންޓްރޯލްއެއް ނުކުރެވުނެވެ. އަހަރެންގެ އަތުން ކަމެއް ވެދާނެތީ އަހަރެން އޭރުވެސް ދިޔައީ ސިކުނޑިއަށް ބާރުފޯރުވޭތޯ މަސައްކަތް ކުރަމުންނެވެ. “ކަލެއެއްނުން ބުނީ ކަލޭމެން މަސައްކަތް ކުރަނީ އަހަރެން ބެސްޓް ވީމަ އަހަރެންގެ ސަލާމަތަށޭ.. އެކަމަކު މިއަދު ކޮބާ އެހުރިހާ ވާހަކައެއް… އަހަރެންގެ ވިސްނުން ރަނގަޅު ވީމަ މިނޫން ގޮތެއް ކަލޭމެންނަކަށް ނުފެނުނު ދޯ އަހަރެން މަރާލާކަން… ރަނގަޅުތާދޯ… ގްރޫޕް މީހެއް ފަރާތުން އަހަރެން މަރުވުމުން ކާކު ސުވާލު ކުރާނީ… އޭރުން ކަލޭމެންގެ ފިސްތޯލައިން މަރާލި ކަމަކަށް ނުވާނެއެއްނުން ދޯ.” އަހަރެން ހާނިމްސަރ އާއި ދިމާލަށް ހަޅޭލަވައިގަތީމެވެ.
“ޝާމް” ފާރިޝް އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. “ނޫން ފާރިޝް… މާރަނގަޅު މީހަކަށް ވާނެ ކަމެއްނެތް.. ކަލެއަށްވެސް ހުރިހާ ކަމެއްވެސް އެނގޭ… އެކަމަކު ކޮންމެ ފަހަރަކޭ އެއްގޮތަށް މިފަހަރުވެސް ކަލޭވެސް ނުބުނީ.. ކަލޭވެސް ބޭނުންވަނީ އަހަރެން މަރާލަން… ” އަހަރެން ފާރިޝް އާއި ދިމާލަށް ބުނެލީމެވެ. “ކަލޭމެން އަހަރެން ކައިރީގައި މަރުވާށޭ ބުނިނަމަވެސް އަހަރެން މަރުވެސް ވެއްޖައީމުސް.. ކީކުރަން އަހަރެންގެ އެކުވެރިން މިތަނަށް ވަންދަނީއެއް.. މިކަމަކީ އަހަރުމެންގެ ތެރޭގައި އޮތް ކަމެއްނުން…. ހުޝާމްއަށް ބިރު ދެއްކުމުގެ ބޭނުމަކީ ކޮބާ.. އޭނަގެ ކުށަކީ ކޮބާ… ބައްޕައެއްގެ މަރު ހަގީގަތް ހޯދަން އުޅުންތަ” އަހަރެންގެ އަޑު މަޑުވަން ފެށިއެވެ.. އަހަރެން ވަނީ ދާހިއްލާ ފޯވެފައެވެ.. ދެލޮލުން ކަރުނަ އަނެއްކާވެސް ހިލުނެވެ. އަހަރެންނާއި ހެދި ހުޝާމްއަށް އެލިބުނީ ކިހާބޮޑު ވޭނެއް ހެއްޔެވެ. “ހުޝާމް ވާހަކައެއް ދައްކައިގެން ޝާމްއަށް ތިވަރު ތިވަނީ.. ބަލަ ވެދާނެއެއްނުން އޭނަ ދޮގު ހަދަނީކަމަށް… އެކަމުން ސަލާމަތް ވާންވެގެން… އޭނަ މީހުން ނުމަރަންޏާ ކީއްވެ އެއްބަސްވީ… އެވީޑީއޯތަކުންވެސް ފެނުނެއްނުން އޭނަ ކުރި އަނިޔާ… އެ ވީޑީއޯ ސްޓޮޕްކޮށްފަ އޭނަ އެމީހާ މަރާލީކަމަށްވެސް ވެދާނެ އެއްނުން… އޭނަ ދެއްކި ވާހަކަ އަކުން ޝާމް އަހަރުމެންނާއި މެދު ޝައްކު ކުރުމުން އެއީ ޝާމްއަށް އެއްވެސް އެއްޗެއް ނުވިސްނޭކަން… ފިޑިކަން.. އަދިވެސް އެހާ އިމޯޝަންކަން.. އަހަރެން ހީކުރީ އެހުރިހާ ބައެއް މިހާ ދުވަސް ވީމަ ފިލާފަ ކަމަށް ހުންނާނީ… އެކަމަކު ނޫން.. ހަމަ ކުރީގެ ފިޑި ރަޑު ޝާމް ތީ އަދިވެސް” ހާނިމްސަރ އަޑަށް ބާރު ލަމުން ބުނެލިއެވެ.
އަހަރެންގެ ރުޅި އަނެއްކާވެސް މައްޗަށް ދިޔައެވެ. އެތަނުގައި ހުރި ގޮޑިއެއް ނަގާ ފާރާއި ދިމާލަށް އެއްލީމެވެ. ފާރުގައި ޖެހުމާއި އެކު ގޮޑި ފުޑުފުޑު ވެގެން ދިޔައެވެ. އެއަޑަށް އެންމެންވެސް ބިރުން ފަހަތަށް ޖެހުނެވެ. “ކަލޭގެ އަނގަައިން އަހަރެންގެ އެކުވެރިޔާ އާއި ދިމާލަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ… އޭނައެއް ނޫން ދޯ ދޮގު ހެދީއެއް… މިހުރިހާ ދުވަހު… އޭނަ ހުރިހާ ކަމެއް ކުރީ އަހަރެން ސަލާމަތް ކުރަންވެގެން… އެކަމަކު ކަލޭމެން… އަހަރެންގެ ބައްޕަގެ މަރުގެ ހަގީގަތް އަހަރެންނަށް ހަމާނުކުރިތާ މިހާރު ތިއުޅެނީ އަހަރެންވެސް ވިއްކާލައިގެން… އަދިވެސް އޭނަ ދޯ ދޮގު ހަދނީ.. މިކަން ފެށުނީ ސުރެއް ކަލޭމެން މަށައް ހަދަނީ ދޮގު.. އަހަރެން ހިމާޔަތް ކުރާނަމޭ ބުނެ ކަލޭމެން ދިޔައީ އަހަރެން އަޅާ ފިޔަވަޅު ރަނގަޅަށް ބަލަމުން.. ފާރިޝް މެދުވެރިކޮަށް އަހަރެންނަށް ރަނގަޅަށް ފާރަލަމުން… “އަހަރެން އެންމެންގެ މޫނަށް ވަކިވަކިން ބަލާލީމެވެ.. “ތި އެންމެންވެސް އަހަރެންނަށް ކެހި ދީފި… އަހަރެން އެންމެ އިތުބާރު ކުރީ ތި މީހުންނަށް… ހުޝާމް އަބަދުވެސް ބުނަނީ ދެތަށް… ކަލޭމެންނާއި ހުރެ ރަނގަޅު މީހުންވެސް ގޯސްވަނީ.. ކަލޭމެންނާއި ހުރެ އަނިޔާވެރިން ގިނަ ވަނީ،… ކަލޭމެންނާއި ހުރެ މި ރާއްޖެއިން އަނިޔާ ފިލައިގެން ނުގޮސްގެން މިއުޅެނީ… ކަލޭމެން ކަހަލަ ރިޝްވަތު ހިފާފައި ތިބޭ މީހުން ގިނަވީމާ” އަހަރެން ހަޅޭލަވައިގަތީމެވެ. “ޝާމް” ކަމާލް އުޅުނީ ވާހަކަ ދައްކާށެވެ.
“ނޫން… އަހަރެން އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ބޭނުމެއްނޫން.. ކަލޭމެން ކޮންމެ ކަމެއްކުރިޔަސް އަހަރެން އަހަރެން އަހަރެންގެ އެކުވެރިން ސަލާމަތް ކުރާނަން… ދެން އަހަރެން ކުރިއަށް ގެންދާނީ އަހަރެން ބޭނުންވާ ގޮތަށް… އެކަކު ބުނާގޮތެއްވެސް ނަހަދާނަން.. އަހަރެން ބޭނުމެއް ނުވޭ ތިތަނުން އެކަކެއްގެ އެހީއެއްވެސް… ދޭ ހަމަމިހާރު މިތަނުން” އަހަރެން ދޮރާއި ދިމާލަށް އަތްދިއްލަމުން އެންމެންނާއި ދިމާލަށް ބުނެލީމެވެ. އަހަރެން ހަޅޭލަވައިގަތީމަވެސް އެއްވެސް މީހެއްވެސް ގުޑިނުލާ ތިބެއްޖެއެވެ. “އަޑެއް ނީވޭތަ… އަހަރެން އަތުން ކަލޭމެން މަރުނުވަނީސް މިތަނުންދޭ” އަހަރެން ބުނީމެވެ. އަހަރެންނާއި ދިމާލަށް ބަލަން ހުރެފައި އެންމެ ފުރަތަމަ އެތަނުން ނިކުތީ ހާނިމްސަރއެވެ. އޭރު އޭނަގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ދެން ކަމާލްއެވެ. އޭނަގެ މޫނުމަތީގައިވަނީ ހައިރާންކަމާއި ހާސްކަމައި ބިރުވެރިކަމެވެ. އަހަރެން އިންޒާރު ދިނީމަ ކަންނޭގެއެވެ. އިރުކޮޅެއް ވަންދެން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އާދިލްސަރ ހުއްޓެވެ. އެމޫނުމަތިގައިވަނީ ހިތާމަވެރިކަމެވެ. އަހަރެން އާދިލްސަރ އާއި ދިމާލަށް ކަޅިއަޅާލުމުން އާދިލްސަރ ނިކުންނަން ހިގައިގަތީ ފާރިޝްވެސް ގޮވައިގެންނެވެ.
އަހަރެން ކޮޓަރިީގައި އެކަނިވީއެވެ. އެކަނި ވުމާއި އެކު ގޮޑިއެއްގައި އަހަރެންނަށް އިށީދެވުނެވެ. ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓައިގެންނެވެ. އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރިކުރެވެމުން ދިޔައެވެ. ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އަހަރެން ދެއަތުން ލޯ ވަރަށް ބާރަށް ފިއްތާލީމެވެ. އެމީހުން އަހަރެންނަށް ކެހި ދިނީ ކީއްވެ ހެއްޔެވެ. އަހަރެން އެމީހުންނަށް ކުރި އިތުބާރުގެ އަގަކީ މިއީހެއްޔެވެ.. އަހަރެން އެމީހުން ބުނިގޮތެއް ހެދީމެވެ. ނަމަވެސް އެމީހުން.. އަހަރެންނަށް ގޮޑިން ތެދުވެ އެގޮޑިވެސް ފާރާއި ދިމާލަށް އެއްލާލެވުނެވެ. އަދިވެސް ރުޅި ކޮންޓްރޯލް ނުކުރެވެއެވެ. ވަރަށް ބާރަށް ހަޅޭލަވައިގެނެވެ. އަހަރެން އެތެރޭގައި ހުރި ރުޅިގަނޑު އަހަރެން ފަޅާލާފައި ނިކުންނަށް އުޅޭކަހަލައެވެ. އަދި ދެން ހުރި ދެގޮޑިވެސް ފާރާއި ދިމާލަށް އެއްލާލީމެވެ. ހުރިހާ އެއްޗެއް ހަލާކުވުމުން މީހާގެ ރުޅިގަނޑު ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނު ކަހަލައެވެ. ދެން އަނެއްކާވެސް ލޮލުގައި ގިނަވެގަތީ ކަރުނައެވެ. އަހަރެންނަށް ފާރުކައިރީގައި އިށީދެވުނެވެ.
އަހަރެން އެތަނުން ނިކުތީ ބައިގަޑިއިރު ފަހުންނެވެ. އޭރު ދަންވަރު ބާރަގަޑި ބައިވެއްޖެއެވެ. އަހަރެން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. އަހަރެން އެމީހުން ކައިރީގައި ބުނީ ދޮގެއްނޫނެކެވެ. ދެން އަހަރެން ހަދަނީ އަހަރެން ބޭނުން ގޮތެކެވެ… އެއްވެސް މީހެއް ބުނާގޮތެއް އަހަރެން ނަހަދާނެވެ… ނަމަވެސް އަހަރެންނަށް އެމީހުންގެ އެހީ ބޭނުންވެއެވެ. އަަހަރެން ސައިކަލް މަޑުކޮއްލީ ފާރިޝްމެންގެ ކައިރިއަށެވެ. އަަހަރެން މިގެއަށް އައިސްގެން ނުވާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެން އިތުރަކަށް ވެދާނެ ގޮތަކާއި ނުވިސްނާނަމެވެ.. ފާރިޝްމެން ގޭގައި އެންމެ ތިބޭނީ ނިދާފައެވެ. ނަމަވެސް އަހަރެން އެގޭގައި ބެލްއަށް އޮއްބާލީމެވެ. ދެފަހަރު ބެލް އެޅުމާއި އެކު ދޮރު ހުޅުވާލިއެވެ. ފާރިޝްއެވެ. އޭނަ ހުރީ ހަމައެކަނި ސޯޓެއް ލައިގެންނެވެ. އޭނަ ނިދަން ރެޑީވަނީ ކަންނޭނގެއވެ. އަހަރެން ފެނުމާއި އެކު ކުޑަކޮށް ސިހިފައި އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. އަދި ބޭރަށް ބޯނެރެ ދެފަރާތް ހޯދާލިއެވެ. “ޑޯންޓް ވޮރީ.. އަހަރެން އެކަނި” އަހަރެން ވަރަަށް މަޑުން ބުނެލީމެވެ. “އަހަރެން ހީކުރީ އަހަރެން މަރާލަން ވެގެން އަައީ ކަމަށް” ފާރިޝްގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. “ކޭން އައި ކަމް އިން” އަހަރެން ބޭރުގައި ހުރެ ވާހަކަ ދައްކާކަން ބޭނުމެއް ނޫނެވެ. އަދި އެއީ ސޭފް ގޮތެއް ވެސް ނޫނެކެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ފާރިޝްއަށް ގެއްލުމެއް ލިބޭކަން ބޭނުމެއް ނޫނެކެވެ. “އާދެ އާދޭ… މަންމަވެސް ބައްޕަވެސް ކޮަޓަރީގައި ނިދާފަ… ކޮއްކޮއާއި ދޮންތަވެސް.. ދޭ އެތެރެއަށް… އެމީހުންވެސް މަރާލާ.. އަދި އަހަރެންވެސް” ފާރިޝް އެރާގުގައި ބުނެލިއެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލީމެވެ. “ސޮރީ” އަހަރެން ބުނެލީމެވެ. ވަރަށް މަޑުންނެވެ. ހަގީގަތުގައިވެސް އެގޮތަށް ފާރިޝްއަށް އަނިޔާ ކުރެވުނީމަ އަހަރެން ހުރީ ދެރަވެފައެވެ. އަހަރެން ފާރިޝްއާއި ދިމާލަށް އެއްޗެހި ކިޔާކަން ބޭނުމެއް ނޫނެކެވެ. އަހަރެން އެހެން ބުނުމާއި އެކު ފާރިޝް އަހަރެން އެތެރެއަށް ވަންނަން ހުއްދަ ދިނެވެ.
އަހަރެން އެތެރެއަށް ވަނުމާއި އެކު ފާރިޝް ދޮރު ތަޅުލުމަށްފަހު ހިގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު އަހަރެން އެތެރެއަށް ވަނީމެވެ. “ސޮރީ…. ރިޔަލީ… އަހަރެން ހަމަ ހައިރާން ވެއްޖެ އެކަމަކީ އަހަރެން ކުރި ކަމަކޭ ޝާމް ހިތަށް އެރީމަވެސް… އަހަރެން އަބަދުވެސް ޝާމްއަށް ދިމާވާ ހުރިހާ ކަމެއްގައި އެހީވަން… ހުރިހާ ކަމެއްގައި… އަނެއްކާ އަހަރެން ކިހިނެއްތަ ޝާމްއަށް ދެރައެއް ދޭން ވިސްނާނީވެސް… ޝާމާއި ދޭތެރޭގައި ވިސްނާލާފަވެސް އަހަރެންނަށް އެކަހަލަ ކަމެއް ކުރާކަން ނުވެސް ކެރޭނެ… ހައު ކޭން ޔޫ ތިންކް ލައިކް ދެޓް.. ޑޫ ޔޫ ތިންކް އައި އޭމް ޑާޓީ.. އަހަރެން މޮޔައެއް ނުވެއޭ ޝާމް… އެންމެ ކުޑަމިނުން އަހަރެން ކައރީގައި އަހާވެސް ނުލި.. އަހަރެންވެސް ހުރީ ހުޝާމް އެވާހަކަ ބުނީމަ އެހާބޮަޑަށް ހައިރާން ވެފައި… ދެން ހައު ކޭން ޔޫ… އަހަރެން މީ ޝާމްގެ އެކުވެރިއެކޭ” ފާރިޝް ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. އޭނަ ހުރީ ރުޅި އައިސްފައެވެ. ނަމަވެސް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. “އައި އޭމް ސޮރީ… ރިޔަލީ” އަހަރެން ބުނެލީމެވެ.. ފާރިޝް އަހާރެންނާއި ދިމާލަށް ބާލަލުމަށްފަހު އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. “އައި ނޯ އިންޓްސް ނޮޓް ޔޫ… އެންޑް އައި ނޯ ޔޫ ވިލް ނޮޓް ބިޓުރޭޓް މީ” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އެކަމަކު އެތަނުން އެހެން މީހަކު ވެއްޖެ.. އަހަރެން އެމީހަކު ހޯދަށް ވަރަށް ބޭނުން… އެންޑް އައި ކާންޓް ޑޫ ދިސް އެލޯން… އައި ނީޑް ޔުއަރ ހެލްޕް” އަހަރެން ބުނެލީމެވެ. “ޔޫ މޭކް ކްލިއަރ ދެޓް ޔޫ ޑޯންޓް ނީޑް އަސް” ފާރިޝް ފަރުވާ ކުޑަ ރާގެއްގައި ބުނެލިއެވެ. “އައި ޑޯންޓް ނީޑް ދެމް.. ބަޓް އައި ކާންޓް ޑޫ ދިސް ވިތައުޓް ޔޫ” އަހަރެން ބުނެލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
އަހަރެން އެކޮޓަރީގައި ހުރި އެނދުގައި އިށީދެލީމެވެ. “އަހަރެން ބޭނުން މިކަންތައް ނިންމަން…” އަހަރެން ބުނެލީމެވެ. “އާ ޔޫ މޭޑް… ތި އުޅެނީ މަރުވާނެ ގޮތެއް ނޭނގިގެންތަ… އެމީހުންނަށް ޝާމްގެ ކަންތަށް އެނގެއޭ.. އަޔާޒްއަށް އެގުމުން ދެން މާޒިންއަށް އެގޭކަން މާގިނަ ދުވަހެއް ނުވާނެ.. އިޓްސް ޓޫ ޑޭންޖަރަސް” ފާރިޝް އަޑަށް ބާރުލަމުން ބުނެލިއެވެ. “އައި ނޯ… އެކަމަކު އަޔާޒް މާޒިން ކައިރީގައި ބުނަން ބޭނުންނަމަ އޭނަ މިހުރިހާ ދުވަހު މަޑެއް ނުކުރާނެ… އަހަރެންނަށް ހީވަނީ އަޔާޒް ބޭނުންވަނީ އެހެން ގޮތެއްހެން.. އަހަރެންގެ އެހީގައި މާޒިންގެ ގްރޫޕް އެންމެން ހިފަހައްޓަންހެން… އޭރުން އެމީހުންނަށް ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރެވޭނެއެއްނުން… ނޯ ވަން ވިލް ބީ ދެއަރ.. ސޯ ކޮންޕެޓިޝަން ވިލް ބީ އޯވަރ” އަަހަރެން ވިސްނާލަމުން ބުނެލީމެވެ. “ޔަ ތީވެސް ވެދާނެ ގޮތެއް… އެކަމަކު އަޔާޒް ހައްޔަރު ކުރާނީ ކިހިނެއް އެހެން ވިއްޔާ.. ކޮންމެ ގޮތެއްވިޔަސް އޭނަ، ޝާމް އޭނައާއި ކައިރިވިޔަކަވެސް ނުދޭނެ” ފާރިޝް ޝައުގުވެރިކަމާއި އެކު ބުނެލިއެވެ. ” ޔަ އައި ނޯ… އެކަމަކު ކުރިންވެސް ބުނިހެން އަހަރެން އެއްކަހަލަ ވީޑީއޯ ހޯދަނިކޮށް އަޔާޒް ހައްޔަރު ކުރަން ފަސޭހަވެގެން ދާނެ… އެހެންނޫނަސް އަހަރެންނަށް އަޔާޒްއާއި ކައިރިނުވެވުނަސް މިޝްކާއާއި ކައިރިވެވިދާނެ” އަހަރެންނަށް ބުނެވުނެވެ. “މިޝްކާއޭ… އެއީ ކާކު.. ރިކޯޑް ބަލަން ބުނީ އޭނަގެ ދޯ” ފާރިޝް ބުނެލިއެވެ. “އާ އޭނަގެ… އޭނަ އެއީ އަޔާޒްގެ ކޮއްކޮ.. އަަހަރެންނަށް އޭނައާއި ކައިރިވެލަނިކޮށް ހުރިހާ ކަމެއްވެސް ކުރެވިދާނެ” އަހަރެން ބުނެލީމެވެ. “ހޫމް ހޫމް.. ހުރިހާ ކަމެއްވެސް ކުރެވޭނެ ކައިރިވެގެން އުޅެންޏާ.. އަދި އެއްވެސް ކަމެއް އަނެއްކާ ނުކުރަންތަ” ފާރިޝް އެހެން ބުނެލުމާއި އެކު އަހަރެންނަށް ފާރިޝްއާއި ދިމާލަށް ބަލާލެބުނެވެ. އޭރު އެމޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އެހެންކަމުން އޭނަ އެބުނި އެއްޗެއް އަހަރެންނަށް ނަގައިގަންނާކަށް އެހާ އުދަގުލެއް ނުވިއެވެ. އެވަގުތު އަހަރެން ފާރިޝްގެ ކޮނޑުގައި ބާރު އެތިފަހަރެއް އެޅުމުން ފާރިޝްގެ ހިނިގަނޑު ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައެވެ.
“ނެންތަ ކޮފީއެއް” އަހަރެން ބޭނުންވީ ކޮފީއެއް ބޯލައިގެން ސިކުނޑިއަށް ހަމަޖެހުމެއް ހޯދާށެވެ. “ނޫން.. އެކަމަކު ހަދަން ޖެހޭނީ އަމިއްލައަށް ހިނގާ ބޭރަށް… އެންޑް ބައި ދަ ވޭ ކޮން އިރަކު އެންމެ ފަހުން ޝާމް ލޯގަނޑެއް ކުރިމައްޗަށް އެރީ” ފާރިޝް ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. “ކިހިނެއްވީ” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން އަހާލީމެވެ. “ނޭނގެ.. މިހާ ހުރި ސިފައިން.. ހީވަނީ އެތަށް ރެއެއް ވަންދެން ނުނިދާ ހޭލާ ހުރި މީހެއްހެން.. މިހާރު ޝާމް ޖަހާ އިގޭ އެމީހުންގެ މީހެއް ވައްތަރު” ފާރިޝް ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދު ކޮއްލީމެވެ. އަހަރެން ހީލިތަން ފާރިޝްއަށް ފެނުނެވެ. “ނުނިދާތަ ތިއުޅެނީ” ފާރިޝްއަަށް އަހަރެންގެ ހީލުމުގެ މާނަ ނަގައިގަތެވެ. އަހަރެން އަނެއްކާވެސް ހިނިތުންވެލީމެވެ. ފާރިޝް ފެން ހޫނުކުރުމަށް ޖެއްސިއެވެ. “ކީއްވެ ނުނިދާ ތިއުޅެނީ” ފާރިޝް ކޮފީ ނަގާ ދެޖޯޑަށް އަޅާލަމުން ބުނެލިއެެވެ. “ނޭނގޭ… ރަނގަޅަށް ނުނިދެނީ… ބޭރުން އައި ފަހުން އަދި ރަނގަޅަކަށް ނުނިދޭ” އަހަރެން ގޮޑިއެއްގައި އިށީދެލަމުން ބުނެލީމެވެ. “އެއީ ކީއްވެ” ފާރިޝް ކޮފީ ގިރަމުން އަހާލިއެވެ. ފާރިޝްއަކީ އެކަހަލަ ކަންތަށް ކުރުމަށްވެސް އެހާ މޮޅުމީހެކެވެ.
“ނޭނގެ… ނިދެލާއިރަށް ފާޑެއްގެ ހުވަފެނެއް ފެނެނީ” އަހަރެން ބުނެލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އިތުރަށް ތަފްސީލް ބޭނުންވެއޭ ބުނެލާގޮތަށެވެ. “ފާޑެއްގެ މީހެއް ކަނޑިއަކާއި ބަޑިއެއް ހިފައިގެން އުޅޭތަން… މީހާކު މަރާތަން… އެއްވެސް ކަމެއް ނުކޮށް އެތަން ބަލަން މީހަކު ހުންނަތަން” އަހަރެން ކިޔައިދިނީމެވެ. “އޯހް.. ޝާމް ޔޫ ކާންޓް ބްލޭމް ޔުއަރ ސެލްފް… އެއީ ކޮންމެ ނޯމަލް މީހަކަށްވެސް ވާނެ ގޮތެކޭ… އެގޮތަށް ކުއްލިއަކަށް ކަންތަށްވީމަ ޝޮކެއް ޖެހޭނެ… ޝާމްއަށް މޫވް ކުރެވުނުލެއް އަވަސް… އަަހަރެންނަމަ އެއަށްވުރެއްވެސް ގިނަ އިރުވަންދެން ހުރެވޭނެ ކަންނޭނގެ” ފާރިޝް ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. ފާރިޝްއަށް އަހަރެން އެވާހަކަތަށް ކިޔައިދިނުމުން އަސްލު މައްސަލަ ދެނެގަނެވުނުލެއް އަވަސް ކަމުންނެވެ. “ވަޓް… އައި ނޯ ޔޫ… އެހެންވީމަ ޝާމް ވިސްނަނީ ކިހިނެއްކަން ވެސް އަހަރެންނަށް ގާތްގަނޑަކަށް އެނގޭ” އަހަރެން ބަލަހައްޓައިގެން އިންގޮތުން ފާރިޝް ބުނެލިއެވެ. “ބަޓް އިފް ޔޫ ވޯންޓް ޓޯކް އެބައުޓް އެނީތިން އައި އަޭމް ހިޔަރ” ފާރިޝް ކޮފީތަށި އަހަރެންގެ އަތަށް ދެމުން އެއްބުމަ މައްޗަށް އަރުވާލިއެވެ. އަހަރެން ހިނިތުންވެލަމުން އޭގައި ހިފީމެވެ. ފާރިޝް އޭނަގެ ތަށި ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.
“ސޯ ޓެލްމީ އެބައުޓް ދަ ގާލް… ވަޓްސް ދަ ނޭމް… ޔަ މިޝްކާ… އިޒް ޝީ ބިއުޓިފުލް” ކޮޓަރިއަށް ވަދެ ގޮޑީގައި އިށީދެލަމުން އަހަރެންނާއި ދިމާލަށް ބަލާލަމުން ފާރިޝް އަހާލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން ލޯ އަޅާލީމެވެ. “ކަމޯން… އައި އޭމް ޖަސްޓް ކިއުރިއަސް” ފާރިޝް އެއްކޮލުން ހީލަމުން ބުނެލިއެވެ. “ޔަ ޝީ އިޒް” އަހަރެން ކޮފީ ތަށިން ކޯވަރެއް ބޯލަމުން ބުނެލީމެވެ. “އެކަމަކު އަދި ކަމެއް ނުކުރެވޭތަ” ފާރިޝް ނުބައިގޮތަކަށް ހީގަންނަމުން އަހާލިއެވެ. “ކަމޯން ފާރިޝް” އަހަރެން ބުނެލީމެވެ. ” ދެން ބުނެބަލަ… އެހާ ރީތި ކުއްޖެއް ކައިރީގައި ހުންނަ އިރުގައި އެއްވެސް ކަމެއް ނުކުރޭ… ނޫނޭ ހިތްވަރުގަދަ އިނގޭ” ފާރިޝް ދާން ބޭނުންވަނީ ކޮން މައުލޫއަކަށް ކަން އަހަރެންނަށް އެގެއެވެ. “ސާބަސް… އަހަރެން އޭނައާއި ދިމާވީ ޕާޓީ ތެރެއިން” “ޕާޓީ” ފާރިޝް ކޮފީ ކޯވަރެއް ބޯލަމުން ސުވާލުގެ ނަޒަރުން އަހާލިއެވެ. “ޔަ ޕާޓީ… އަހަރެން މިކޮޅަށް އައި ރޭގައި ގްރޫޕް މީހުން ޕާޓީއެއް ދިނީ.. އެތަނުން އަހަރެންނަށް މިޝްކާ ފެނުނީ… އެދުވަހު އަހަރެންނަށް އެގުނީ އެއި އަޔާޒްގެ ކޮއްކޮކަންވެސް… އެހެންވެ އަހަރެން އޭނައާއި ވާހަކަ ދެއްކީ.. އަޔާޒް އެއީ އަނެއް ގްރޫޕް ބޮޑުމީހާ ވީމަ.. އޭނަ އާއި ބެހޭ މައުލޫމާތު ކޮޅެއް ހޯދަން.. އަހަރެންގެ ބައްޕަގެ މަރުގެ ބަދަލު ހޯދާނެ ގޮތެއް ފެނޭތޯ… އެހެންނޫނަސް އަހަރެން އެކަހަލަ ކަންތަކަށް ލައިކް ނުވާކަން ފާރިޝްއަށް ރަނގަޅަށް އެގޭނެ… އެހެންނޫނަސް އޭނަ އަކީ ޕްރޮސްޓިޓިއުޓެއް.. ސޯ އައި ޑޯންޓް ލައިކް ހާ ލައިކް ދެޓް… އެކަމަކު އޭނަ ބޭނުންވަނީ އެކަމުން ސަލާމަތްވާން… ސޯ އައި އޭމް ހެލްޕިން ހާ ނައު” ކޮފީ ކޯވަރެއް ބޯލަމުން އަހަރެން ކިޔައިދިނީމެވެ.
“ހުމްހޫމް.. ހެލްޕިން ހާ ރައިޓް” ފާރިޝް ބުނެލިއެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލާލީމެވެ. “ފާރިޝްގެ ތިހުރި ސިކުނޑިއެއް ދޯ…އަހަރެން ހިތަށް އަރާ އަހަރެންގެ ކޮއްކޮއަށް ފާރިޝްގެ ކޮންކަމެއް ފެނިގެންބާއޭ ރައްޓެހިވެގެން އެއުޅެނީ.. ޔަ ޝީ ނީޑް މައި ހެލްޕް.. ސޯ އައި އޭމް ހެލްޕިން ހާ…. އެހެންނޫނަސް މިކަމުގެ ތެރޭގަިއ އުޅޭ އެންމެންނަކީ ނުބައި މީހުނެއްނޫން.. އެއްބައި މީހުންނަކީ އިތުރުގޮތެއް ނެތް މީހުން” އަހަރެންނަށް ބުނެވުނެވެ.. “އާ ވީ ޓޯކިން އެބައުޓް ދެޓް ގާލް… އޯ ދެއަރ އިޒް ސަމްވަން އެލްސް” ފާރިޝް ބުނެލިއެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. ފާރިޝްއަށް އަބަދުވެސް އަހަރެންގެ ހިތުގެ އެންމެ ފުނުގައި އޮންނަ އެއްޗެއްވެސް އެނގޭކަން މާގިނައިރެއް ނުވެއެވެ. އަހަރެން ބަލާލުމާއި އެކު ފާރިޝް ބުމަ އަރުވާލިއެވެ. އަަހަރެން ހިނިތުންވެލީމެވެ.
“މާޒިން” އަހަރެން ކޮފީތަށި އެކޮޓަރީގެ އެއްސައިޑްެއެއްގައި ހުރި މޭޒެއް މަތީގައި ބަހައްޓަމުން ބުނެލީމެވެ. “މާޒިން… ޝާމްގެ ގްރޫޕްގެ ލީޑާރ” ފާރިޝް ހައިރާން ކަމާއި އެކު އަހާލިއެވެ. އަހަރެން ފާރިޝް ކުރިމަތީގައި ހުއްޓެލީމެވެ. “ޔަ… އޭނަ އަކީ ރަނގަޅު މީހެއް… އަހަރެންގެ ހިތް ބުނޭ އޭނަ މިކަމުން ސަލާމަތް ކުރެވޭނެއޭ…” އަހަރެން ބުނެލީމެވެ. “ޝާމް އަބަދުވެސް ޝާމް ކައިރީގައި ބުނަން އެމީހުންނާއި އެހާ އިމޯޝަނަލް ނުވައްޗޭ… އެމީހުން އެއީ މީހުން މެނިޕިއުލޭޓް ކުރަން ނުލާހިކު މޮޅު މީހުން… މާޒިން އެއީ ގްރޫޕް ލީޑަރ… އޭނައަށް ޝާމް އާއި މެދު ކުޑަކޮށް ޝައްކުވިޔަސް ވަގުތުން ޓާމިނޭޓް ކޮއްލާނެ… އަހަރެންނަށް އޯކޭ ޝާމް އެ ގާލްއަށް ހެލްޕް ކޮށްދިނަސް… ބަޓް އިޓްސް ޓޫ ޑޭންޖަރަސް ޓު ޓްރަސްޓް މާޒިން” ފާރިޝް ތެދުވެ އަހަރެންނާއި ކުރިމަތިލިއެވެ. “ޔަ… މޭބީ” އަހަރެން އެހެން ބުނެލަމުން އެނދުމައްޗަށް ވެއްޓެގަތީމެވެ. ފާރިޝް ކޮފީތަށި ބަހައްޓައިފައި އަހަރެންނާއި ދިމާލަށް އެބުރެލިއެވެ. “އިޒް ދެއަރ އެނީތިން އެލްސް ދެޓް ޔޫ ވޯންޓް ޝެއަރ” ފާރިޝް ހަށަންބަދެލަމުން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“ކުރިން ރޭ މަލިކާ މެންގެއަށް ދިޔައިން” ދެލޯމަރާ ބާރު ކޮއްލަމުން އަހަރެން ބުނެލީމެވެ. “ވަޓް.. ވަޓް ދަ ހެލް… އާ ޔޫ އައުޓް އޮފް ޔުއަރ މައިންޑް” ފާރިޝް ހަޅޭލަވައިގަތެވެ. އަހަރެންނަށް އޭރުވެސް ފާރިޝްއަށް ވަނީ އެހެންކަން އެގެއެވެ. ނަމަވެސް އަހަރެން ބޭނުންވީ ހުރިހާ ވާހަކައެއް ފާރިޝްއާއި ހިއްސާކުރާށެވެ. އަހަރެން ލޯ ހުޅުވާލަމުން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އައި ތިންކް ސޯ” އަހަރެން އެނދުގައި އަނެއްކާވެސް އިށީދެލީމެވެ. “ޝާމް.. އައި ނޯ ޔޫ ރިޔަލީ.. ރިޔަލީ ލައިކް ހާ… ލަވް ހާ… ބަޓް ޔޫ ކާންޓް ޑޫ ދެޓް” ފާރިޝް އަހަރެންނާއި ކުރިމަތި ވާގޮތަށް ގޮޑި ބައިންދަމުން އިށީދެލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “ޑޯންޓް ގިވް މީ ދެޓް ލުކް… ޔޫ ނޯ އިޓްސް ޑޭންޖަރަން… މަލިކާ އަށް ކޮންެމެ ފަދަ ގެއްލުމެއް ލިބިދާނެ.. ޔޫ ނޯ ދެޓް… މިކަހަލަ ކަމެއްގައ އުޅެއިރު ހުރިހާ ރިލޭޝަންޝިޕްއެއް ޖެހޭނީ ހުއްޓާލަން.. ފޮ ދެއަރ ސޭކް…” ފާރިޝް ބުނެލިއެވެ. ” ފާރިޝްއެއް ނުން ބުނީ އޭނަ އަދިވެސް” އަހަރެން އެހާ ހިސާބަށް ބުނެލުމަށްފަހު ހުއްޓާލީމެވެ. “ޔަ އޭނަ އަދިވެސް ޝާމް ދެކެ ލޯބިވޭ.. ބިލީވް މީ… ބަޓް އޭގެ މާނައަކީ އޭނަގެ ސެލްފް ޑޭންޖަރ ތެރެއަށް ވައްޓާލާށޭއެކޭ އެއްނޫނެއްނުން” ފާރިޝް ބުނެލިއެވެ. “އައި ޖަސްޓް ވޯންޓް ސީ ހާ… ހިޔަރ ހާ” އަހަރެން ބުނެލީމެވެ.. “އައި ނޯ… އެކަމަކު ކިހިނެއް އެގެނީ ޝާމް އެހެންމީހެއް ޝާމްއަށް ފާރަ ނުލާކަމެއް… އަދި އަމުދުން މިހާރު އެމީހުންނަށް ޝާމްގެ ހުރިހާ ކަމެއް އެގޭ އިރު… ޕްލީޒް ދެން ނުދާތި އެގެއަށް.. މަލިކާއަށް ޝާމް އިނަސެންޓް ކަން އެގޭ އިރަށް ޝާމް ކައިރިއަށް އަންނާނެ… ޕްލީޒް ބަޓް ނައު ޔޫ ހޭވްޓް ބީ މޯ ކެއަރ ފުލް” ފާރިޝް އަހަރެންނަށް ވިސްނާ ދެމުން ބުނެލިއެވެ. އަަހަރެން ފާރިޝް އާއި ދިމާލަށް ބަލާލަމުން ބޯޖަހާލީމެވެ. “އައި އޭމް ރިޔަލީ ހެޕީ ދެޓް މައި ސިސް ގޮޓް ނައިސް ވަން ލައިކް ޔޫ” އަހަރެން ހިނިތުން ވެލަމުން ބުނެލީމެވެ. ފާރިޝްވެސް އަހަރެންނަށް ހިނިތުންވެލިއެވެ.
“ސޯ ދެން ކިހިނެއް ހަދާނީ” ފާރިޝް އަހާލިއެވެ. “ތިބުނީ” އަހަރެންނަށް ފާރިޝް އެބުނި އެއްޗެއް ނޭގުނެވެ. “މިޝަން” ފާރިޝް ބުނެލިއެވެ. “ޔަ… ކުރިންވެސް ބުނިހެން ލީކް ޕޮއިންޓް ހޯދަންވީ.. އޭރުން ދޯ އަހަރެންނަށް ފަސޭހަވާނީވެސް” އަހަރެން ބުނެލީމެވެ. “އަހަރެންނަކަށް ހިޔެއް ނުވޭ އެއީ ޑޮކްއަށް ވެދާނެހެނެއް” ފާރިޝް ބުނެލިއެވެ. “ހޫމް މަށަކަށްވެސް ހިޔެއް ނުވޭ… އަސްލު ޑޮކްއަށް އެހާ ގިނަ އެއްޗެހި ނުވެސް އެގޭނެ އެއްނުން… އަހަރެންނަށް ހީވަނީ އާދިލްސަރ ހެން” އަހަރެންނަށް ޝައްކު ކުރެވެމުންދިޔައީ އާދިލްސަރ އަށެވެ. “ހާނިމްސަރ އަށްވެސް ވެދާނެ” ފާރިޝް ބުނެލިއެވެ. “އާދިލްސަރ އެއްކަހަލަ ދުވަހުން ފެށިގެން ފާޑެއްގެ ގޮތަކަށް އުޅެނީ… އޭނަހެން މަށަށް ހަމަ ހީވަނީ” އަހަރެންގެ ވިސްނުން ބަދަލު ކުރާކަން ބޭނުމެއް ނުވިއެވެ. “އެކަމަކު އަބަދުވެސް ޝާމް އާއި ދެކޮޅަށް ހުންނަ މީހަކީ ހާނިމްސަރ.. މިހާރު މާރަނގަޅު ވެގެން އުޅުނަސް.. އަަހަރެންނަށް ހީވަނީ އެއީ އޭނަގެ ކަމެއްހެން… އެހެންނޫނަސް އަބަދުވެސް އާދިލްސަރ ބެލީ ޝާމްއަށް ރަނގަޅަށް ކަންތަށް ކުރެވޭތޯ” ފާރިޝްއަށް އެގޭ އެއްޗެހި އަހަރެންނަށް ކިޔައިދޭން ފެށިއެވެ. “ޝާމް މިމަސައްކަތަށް ނެގުމުންވެސް އެންމެ ދެކޮޅު ހެދި މީހަކީ ހާނިމްސަރ… އަބަދުވެސް ޝާމްގެ މައްސަލަ ދައްކަން އުޅޭނީ… އެހެންކަމުން އަހަރެންނަށް ޝާއްކު ކުރެވެނީ ހާނިމްސަރއަށް” ފާރިޝް ބުނެލިއެވެ. އެވަގުތު އަހަރެންގެ ފޯނަށް މެސެޖްއެއް އައެވެ. އަހަރެން މެސެޖް ކިޔައިލީމެވެ. އަދި ފާރިޝްއަށް މެސެޖް ދައްކާލީމެވެ. “އޭނަ ކީކުރަން ބައްދަލު ކުރަން ބޭނުންވަނީ” ފާރިޝް އަހާލިއެވެ. “ގޯޑް ނޯސް” އަހަރެން ދެތުވަމުން ބުނެލީމެވެ. “ތި ދަނީތަ” ފާރިޝް ބުނެލިއެވެ. “އާ ދާން ޖެހޭނެތާ… އެކަމަކު އަހަރެން އެކަނި ދާކަން ބޭނުމެއް ނުވޭ… އަނެއްކާވެސް އަހަރެންގެ ރުޅި ކޮންޓްރޯލްއިން ނައްޓަފާނެ.. އަހަރެން ހިފަހައްޓާނެ މީހަކު ބޭނުންވާނެ” އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. ފާރިޝް ހިނިތުން ވެލަމުން އޭނަގެ ޓީޝާޓް ނަގާ ބޮލަށް މަހާލަމުން އަހަރެންނާއި އެކު ބޭރަށް ނިކުތެވެ.
އަހަރެން ސައިކަލުގައި ނައްޓާލީމެވެ. މެސެޖްގައި އިނީ ގެސްޓް ހައުސްއެއްގެ ނަމެވެ. އަހަރެންގެ ފަހަތުން ފާރިޝްވެސް އޭނަގެ ސައިކަލުގައި ނައްޓާލިއެވެ. ގެސްޓް ހައުސް ކައިރިއަށް މަޑުކޮއްލުމަށްފަހު އަހަރެން މަގުމަތި ރަނގަޅަށް ބަލާލީމެވެ. އަނެއްކާ މިއީވެސް ނުބައެއްބާއެވެ. އަނެއްކާ އަނެއްބަޔަކަށް އަހަރެން ދައްކަންވެގެން މިތަނަށް ގެންނައީ ހެއްޔެވެ. އެހެންވެއްޖެނަމަ މިފަހަރު މާ ސަކަރާތް ވާނެއެވެ. އަހަރެން ކައިރީގައި ފާރިޝް އެބަހުއްޓެވެ. އަހަރެންނާއި ހެދި ފާރިޝްއަށް ގެއްލުމެއް ލިބެއްޖެނަމަ އަހަރެންގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފެއްް ނުކުރެވޭނެއެވެ. އޭރު ގަޑިން އެއްގަޑި ބައިވެއްޖެއެވެ. ދަންގަޑީގަވެސް މާލޭގެ މަގުތަކަށް ހީވަނީ މެންދުރުގެ ވަގުތު ހެންނެވެ. މީހުން މަދެއް ނުވެއެވެ. ގެސްޓް ހައުސް ކައިރީގައި އެތަށް ބައެއް ތިއްބެވެ. އަހަރެން މަޑުކޮއްލުމަށްފަހު އެތަނުގައި ތިބި މީހުންނަށް ވަކިވަކިން ބަލާލީމެވެ. “ސާބަސް ކޮންއެއްޗެއްތަ ތި ހޯދަނީ… އެއްކަލަ އަންހެން ކުއްޖާތަ” ފާރިޝް ސައިކަލް ޕާކްކޮއްލަމުން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ނޫން… އެކަމަކު އަހަރެންނަށް ހީވަނީ މިކަމުގައި ނުބައެއް އުޅޭހެން… އެހެންނޫންނަމަ މިތަނަށް އޭނަ އަހަރެންނަށް އަންނަން ބުނަންވީ ކީއްކުރަން… މީގެ ކުރިން މިކަހަލަ ތަނެއްގައި ބައްދަލު ވެފައެއް ނުވާނެ.. މަށަށް ހީވަނީ މީ ޓްރެޕްއެއް ހެން.. ފާރިޝް އެހެންވީމަ މަޑުކުރޭ… އަހަރެން ދާނީ” އަހަރެންގެ ސިކުނޑި ވަނީ އޭނައާއި މެދުގައި ރަނގަޅަށްވެސް ނެގެޓިވް ވެފައެވެ.
އެހެންކަމުން އަހަރެންނަށް ރަނގަޅަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. “ސާބަސް އިނގޭ.. ތީ ދެން ބޮޑުވަރު… ތިކަހަލަ ނެގެޓިވް ކޮށް ވިސްނަންޏާ ވާނީވެސް ނެގެޓިވް ކަންތައް… ދެންވެސް ވާހަކަ ދައްކަން މަޑުނުކޮށް ހިނގާ…” އެހެންބުނުމަށްފަހު ފާރިޝް އެތެރެއަށް ހިގައިގަތެވެ. އަހަރެންވެސް ފާރިޝް ފަހަތުން ހިގައިގަތީމެވެ. “ކޮން ރޫމް ނަމްބަރއެއްތަ މެސެޖްގައި އިނީ” ފާރިޝް އެތެރެއަށް ހިގައިގަންނަމުން އަހާލިއެވެ. އަހަރެން ރޫމް ނަމްބަރ ބުނުމުން އެކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.
ކޮޓަރި ކައިރިއަށް ހުއްޓެލަމުން ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހުއްޓެލަމުން ޓަކި ޖަހާލީމެވެ. އެވަގުތު އެތެރެއިން ވަނުމަށް ބުނެލިއެވެ. އަހަރެން ދޮރު ހުޅުވާލީމެވެ. “އާދޭ އާދޭ… ދެކުދިން އެކީ ދޯ… އޭރުވެސް އަހަރެންނަށް އެނގޭ ޝާމްއަށް ފާރިޝްއަށް އިތުބާރު ކުރެވޭނެކަން….” އަހަރެންގެ ފަހަތުން ފާރިޝް ވަންތަށް ފެނުމާއި އެކު އާދިލްސަރ ބުނެލިއެވެ.
ނުނިމޭ..
15 Comments!
Comments are closed.
kihinetha hurihaa kudin.. mibaives kamudhaane kamah heekuran igey.. hurihaa kudinge hiyaalu thakah maruhabaa 🙂
Mirey vrh kiyaa hithun hury… ekam heevee vrh avahah kiyaa nimunuhenn… but vrh nice mi part vx
thnks v bodah 🙂
I thnk e doc aee leak point aky.. v wisney dhen waane goeh.. nice story keep da good work up.. ? ?
thnks a lot 🙂
Dhen vaanee kihineh baa! Varah varah reethi. Maadhama ves up kohdhehchey plx
thnks a lot dear 🙂
v. reethi mi bai vx. i also think doc aee leak point. varah surprise vefa ehnu e hury. :/ varah varah reethi desperately waiting for the next part! 😀
thnks faxoo v bodah… 🙂
farish akee villain…??
heheh.. vedhaane dhoo ken 🙂
Bitakah inthizaaru kuraaa hen abadhu mihaaru mi vaahaka ah inthizaaru kuran…
Vaahaka varh salhiii . :p
thnks Ab v bodah 🙂
no i think Farish is the leak point 😀 😀 😀 hehe my friend vx buni emme hyynukuraa myyhaa ey villian akah vaany emme fahun 😉
ummmm… when is the next part? ^v^
heheh… farish aky sharm ge right hand eh nun… farish ah shakku kurany thi faxoo :O