ދުވަސްތަކެއް ފާއިތުވުމަށްފަހު އަމްޖަދު މީހަކާ އިންނަންއުޅޭ ޚަބަރު ޒީނިޔާއަށް ލިބުނެވެ. ކުއްލި ގޮތަކަށް އެޚަބަރު ލިބުންވީ ޒީނިޔާއަށް ޙައިރާންކަން ގެނުވި ކަމަކަށެވެ. އެވާހަކަ ޤަބޫލުކުރުންވެސް ވީ ދަތިކަމަކަށެވެ. އެހާމެ ދެރަވެސް ވިއެވެ. އެހެންނަމަވެސް އެކަން އެއްވެސް މީހަކާ ޙިއްސާކުރާކަށްވެސް ޒީނިޔާއަށް ނުކެރުނެވެ. އެއީ އޭނާ ސިއްރިޔާތުގައި އަމްޖަދުއާ ގުޅުން ބާއްވަމުން އައުމާއެކު އެކަން ފަޅާއަރާފާނެތީއެވެ. އެޚަބަރު ލިބެންވެސް ލިބުނީ ކިހިނަކުންހެއްޔެވެ! އަމްޖަދު އިންނަންއުޅެނީ ޒީނިޔާއާއެކު ރަށު ސްކޫލްގައި ވަޒީފާއަދާކުރި އޭނާގެ އެހާ ގާތް ރަޙްމަތްތެރިޔަކާއެވެ. ރަޙްމަތްތެރިޔާ ޒީނިޔާއަށް […]
ހަނދުވަރުދޭ ހިތްގައިމު ފިނިފިނި ރެއެކެވެ. ވާރޭވެހުމުގެ ސަބަބުން މުޅި ވެށި ވަނީ ފިނީގެ ތެތްކަމުން ފުސްކޮށްލާފައެވެ. ރާޅުތައް އައިސް ގޮނޑުދޮށަށް ބިންދާލައި އަޑުނޫން އެހެން އަޑެއް މާހައުލަކުން ނީވެއެވެ. މޫދު ކައިރިން ގޮނޑުދޮށުގައި ނިފޫ ހިނގަމުންދިޔައީ އެހަނދުވަރުގެ އަލީގައެވެ. އޭނާ ލައިގެންހުރި ގަދަ ނޫކުލައިގެ ހަވީރީ ދިގު ހެދުމުގެ ފަސްބައިވަނީ މޫދުގެ ލޮނުގަނޑުން ތެމި ފޯވެފައެވެ. ހިމަ ހޯޅި އެއްއަތުގައި ފުންނާބު އުސް (ހައި ހީލް) ފައިވާނެއް އޮތެވެ. ކަނާއަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލުގައި ނިފޫގެ ހިމަހިމަ […]
މިޝްޔާ އިޒްކާން ގާތު ހުރިހާ ވާހަކައެއް ހާމަކުރިއެވެ. އިޒްކާންއަށް ޝޮކެއް ލިބުނެވެ. އޭނަގެ ނިތަށް އަރައިގެން ދިޔަ ރޫތަކާއި ގޮށްޖެހިގެން ދިޔަ ބުމައިން އިޒްކާން ރުޅިއައިސްފިކަން މިޝްޔާއަށް ނަގައިގަންނަން ގިނަ އިރެއް ނުނެގިއެވެ. ”މިޝޫ ކީއްވެތަ އަހަރެން ގާތު ނުބުނީ؟، އެހާ ބޮޑަށް އަހަރެން ދުރުކޮށްލީތަ؟…” މުށްކެވިފައިވާ އިޒްކާންގެ އަތުގައި މިޝްޔާ ހިފިއެވެ. ”މިހާ ހިސާބަށް ގޮސްފާނެއެކޭ ހިތަކަށް ވެސް ނާރާ، ޒޭން ޕްލީޒް ރުޅި ފިނިކޮށްބަލަ، ރުޅި އިސްކޮށްގެން އެއްވެސް ކަމަކާ މެދު ރަގަޅަކަށް ނުވިސްނޭނެ…” […]
އަފާއަށް ލިބުނު ހައިރާންކަމުގައި އިރުކޮޅަކު އިނދެވުނީ އަމިއްލަ ލޮލަށް ފެނިގެންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވުމުންނެވެ. ޒައިން ޖަލަށްލީ ފަސްއަހަރަށް ކަމަށްވީއިރު އެންމެ ހަމަސްދުވަސްތެރޭގައި އޭނާ ސަލާމަތްވީ ކިހިނެއްބާއެވެ؟ އަދިއެއީ ޒައިންނަމަ އޭނާ ޖަލުން ސަލާމަތް ވެގެން އަހަންނަށް ނުގުޅީ ކީއްވެބާއެވެ؟ މިކަހަލަ ހިޔާލުތަކެއްގައި އަފާ އިންދާ ޕިކަޕު އައުމުން އެންމެން އެކުގައި ޕިކަޕަށްއެރިއެވެ. ގެއާހަމައަށް ދެވުނުއިރުވެސް އަފާއިނީ ޒައިންގެ ހިޔާލަށް ގެއްލިފައެވެ. ގެއަށް ވަދެވުމާއެކު އަފާގޮސް ކޮޓަރިއަށްވަދެ ފެންވަރައިލައިގެން އައިސް އެނދުގައި އޮށޯވެލުމަށްފަހު ފުރަތަމަވެސް ޒައިންގެ […]
ފާހަނައިން ނިކުން އިރު ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބިފައިވާ ކަހަލައެވެ. އެހާ ފިނި ފަތިހެއްގައި ފެންވަރާލުމުން މީހާވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ފެންވަރައިގެން ނިކުމެ ރީތި ވެލީމެވެ. އަދި ސައިކަލަށް އަރާ މިޝްކާ އުޅޭ އެޕާޓްމެންޓްއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެން އޭނަ ކައިރީގައި އަދި އަންނާނަމޭ ބުނި ހަނދާން ވެގެންނެވެ. ނަމަވެސް މިގަޑީގައި އަޔާޒް އުޅޭނެ ކަންނޭގެއެވެ. އެހެންވިޔަސް ކީއްހެއްޔެވެ. އަހަރެން މިދަނީ ޕްރޮމިސްއެއް ވެވިފައިވާތީ އެކަން ފުއްދާށެވެ. އެހެންކަމުން ސައިކަލް ޕާކް ކޮށްލުމަށްފަހު […]
އަމްޖަދު ފެނުމާއެކު ހިތައް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބިގެންދިޔަ ނަމަވެސް، އެކަން ފޮރުވަމުން ޒީނިޔާ ހަމަ ގަސްތުގައި އޭނާގެ ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް އަމްޖަދު ޒީނިޔާއާ އަރާހަމަކުރުމަށް ކުރިހޯދިއެވެ. “ޒީ… ޕްލީސް މަޑުކޮށްބަލަ. ހަމަ އެންމެ ފަސްމިނިޓް.” ޒީނިޔާއާ އެއްހަމައެއްގައި ހިނގަން މަސައްކަތްކުރަމުން އަމްޖަދު ވާހަދެއްކިއެވެ. ޒީނިޔާއަށް އެއަޑު އިވޭކަމަކަށްވެސް ނުވިއެވެ. “ޒީ.. ޒީ… ޕްލީސް އަހަންނަށް ވާހަކަ ދައްކަން ހަމަ އެންމެ ފުރުޞަތެއް ދީބަލަ. އާދޭސްކޮށްފަ މިބުނަނީ. އަހަންނަށް ކުރެވުނު އެންމެ ކުށެއްގެ އަދަބު ތިހާ […]
“ހޫމް.. އަދި މިގޭގައި ކުރަންޖެހޭ ކަންތައްތައް ޝާމިންއަށް ކިޔައިނުދީދޯ މިއުޅެނީ، އަޑުއަހާ އިނގޭ، ޝާމިން މިގޭގައި ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ މިގޭގެ ތަންތަން ފޮޅާ ސާފުކުރުން، އެކަމަކު މިއަދު ޝާމިގެ އަތް ކަފައިގެން ގޮސް އޮތީމަ އެއްވެސް ކަމެއް ކުރާކަށް ދައްތަ، ޝާމިން އަކަށް ނުޖައްސާނަން” ހިނިތުންވެ ހުރެ ކުއްލިއަކަށް ހަނދާންވާކަހަލަ ގޮތަކަށް ޝިފާނާ ޝާމިންއަށް ގޭތެރޭގައި ކުރަން ޖެހޭ ކަންތައްތަށް ކިޔައިދިނުމަށްފަހު ޝާމިން ގޮވައިގެން ކާކޮޓަރި އާއި ދިމާއަށް ދިއައެވެ. ޝާމިން ކޮއްކޯ، ހާދަ […]
އަހަރެން ގޮވައިގެން ހުރީ ކާކުތޯ ނުބެލެނީސް އަހަރެންނަށް ހުރިހާތަނެއް ނުސާފުވާން ފެއްޓިއެވެ. އިރު އިރުކޮޅާ މަންމަ އަށް ގޮވާލެވެނީ ސަލާމަތަށް އެދިއެދި އެވެ. މުޅިތަން އަހަރެންނަށް ފެންނަމުން ދިޔައީ އަނދިރިކޮށެވެ. އެ އަނދިރިގަނޑު އަލިވަމުން ގޮސް އަހަންނަށް މުޅިތަން ސާފުކޮށް ފެންނަންފެށީ އޭގެ އިރުގަނޑެއް ފަހުންނެވެ. އޮވެވުނީ ހޮސްޕިޓަލްގައި ކަން އެގުނީ ވަށައިގެންވާ މާހައުލަށް ބަލާލުމުންނެވެ. އަހަރެން ތެދުވެފަ އެންމެ ފުރަތަމަވެސް ހޯދާލީ މަންމައާއި ބައްޕަ ފެނޭތޯއެވެ. އެހެންނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އިހްތިޔާރަކާނުލާ އަހަރެންނަށް ރޮއިގަނެވުނީ […]
ކޮޓަރި ކައިރިއަށް ހުއްޓެލަމުން ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހުއްޓެލަމުން ޓަކި ޖަހާލީމެވެ. އެވަގުތު އެތެރެއިން ވަނުމަށް ބުނެލިއެވެ. އަހަރެން ދޮރު ހުޅުވާލީމެވެ. “އާދޭ އާދޭ… ދެކުދިން އެކީ ދޯ… އޭރުވެސް އަހަރެންނަށް އެނގޭ ޝާމްއަށް ފާރިޝްއަށް އިތުބާރު ކުރެވޭނެކަން….” އަހަރެންގެ ފަހަތުން ފާރިޝް ވަންތަށް ފެނުމާއި އެކު އާދިލްސަރ ބުނެލިއެވެ. “މިއީ އަނެއްކާ ކޮންކަމެއް… ކީއްކުރަން މިތަނަށް އަންނަން ބުނީ… މިއީވެސް ޓްރެޕްއެއް ދޯ” އަހަރެންގެ ހިތުގައި ރޯވެފައިވާ ރުޅީގެ އަލިފާންގަނޑު ކުޑަކޮށް ނިވިފައިވީނަމަވެސް […]