ރަނާ ގައިދުކޮށްގެން ގެންގުޅު ކޮޓަރިއާ ހަމަޔަށް ޝައިބާން ދިޔައެވެ. ފަރުނީޗަރުތައް ވަނީ އެބަޑިބަޑިން ޖަހާފައެވެ. މުޅި ކޮޓަރިތެރެ ބެލި އިރުވެސް ރަނާގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ދެއަތް ފޮޅާލަމުން ބޭރަށް ނުކުތީ ޝިފާން ގާތު ރަނާ އެތާކު ނެތޭ ބުނަމުންނެވެ. އެވަގުތު ޝިފާން ހަނދާންވިއެވެ. “ގައިމު ރަނާގެ އަތެއް ނުމޮހެން… ދެން އޭނަ ކިހިނެއް ސަލާމަތްވީ؟….” ޝިފާންގެ މި ޖުމްލަ ނިމުނުއިރު ޝިފާންހުރި ގާފުނި ދަށުން ގުޑުމެއް ވީހެން ހީވިއެވެ. ގާފުނިމަތިން ފައިބައި، ގުދުވެ އެ ސަރަހައްދު […]
“ލައިލާ.. ތެދުވޭ ދެން.. މިހާރުއެއޮށް ހައެއްޖަހަނީ..” . އަހަރެންނަށް ހޭލެވުނީ މަންމައައިސް އަހަރެންގެ މޫނުމަތީގައިއޮތް ބާލީސްނަގައި ކޮލުގައި ދެފަހަރަކު މަޑުމަޑުން ޖަހައިލުމުންނެވެ. މަޑުމަޑުން ތެދުވެ ފާޚާނާއަށްވަދެ ފެންވަރައިގެންނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓިލީމެވެ. އެވަގުތު އަހަރެންނަށް ދެލޯ މަރައިލެވުނީ އެހެން މީހުންނެކޭވެސް އެއްފަދައިން އަހަރެންވެސް އަހަރެންގެ އަމިއްލަ ހަށިގަނޑަށް ބަލަން ބޭނުން ނުވާތީއެވެ. އާދައިގެމަތިން ފޫހިވެފައިހުރެ ޔުނީފޯމު ލުމަށްފަހު މޫނުގައި ކުޑަކޮށް ފުށްކޮޅެއް ޖަހައިލައި އަހަރެންގެދިގު އިސްތަށިގަނޑު ގަތައި ޑްރެސިން ޓޭބަލްމަތީގައި އޮތް ރީނދޫކުލައިގެ ރިބަންކޮޅުން އިސްތަށިގަނޑުގެ ކޮޅުގައި […]
ޓެކްސީ އައިސް މަޑުކޮށްލުމުން މާޔޫސްކަމާއެކު ޒީނިޔާ ޓެކްސީއަށް އެއީ އަދިވެސް އެއްފަހަރު ވަށައިގެންވާ މާޙައުލަށް ރަނގަޅަށް ބަލާލަމުންނެވެ. ގެއަށް އައުމާއެކު ޒީނިޔާ ބޭނުންވީ ނިދާލުމަށެވެ. ކޮޓަރީގެ އެނދާހަމައަށް ދެވުނުކަމެއް ނޭނގެއެވެ. އެދަށްވެއްޓިގެންފައި އޮވެވުނީ އެއްޗިހިވެސް ބަދަލުނުކޮށެވެ. ބޮލުގައި ރިއްސާވަރުން އޭނާއަށް ހީވީ ނިކަން އަވަހަށް ނިދިދާނެކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ފަސޭހަ ރަޙްމަތަކުން ލޮލަކަށް ނިންޖެއް ނައެވެ. ވޭތުވެދިޔަ 5އަހަރުގެ ތެރޭގައި އޭނާ އަމްޖަދުގެ މަތިން ހަނދާން ނެތުނު އެންމެ ދުވަހެއްވެސް ފާއިތުވެގެން ގޮސްފައެއް ނުވެއެވެ. […]
ނޯޓް: ވަރަށްބޮޑަށް ހުންގަނޑުޖެހިގެން ބަލިވެ ހޮސްޕިޓަލުގައި އޮންނަންޖެހުމުން ވާހަކަ އަޕް ނުކުރެވި ގިނަދުވެސްވެގެން ދިޔައީތީ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. ކުރީގެބަޔާއެކު މިއަޕްކުރީ ކިޔުންތެރިންގެ ހަނދާން އާކޮށްލުމަށްޓަކައި. އިރާދަކުރެއްވިއްޔާ ހޮނިހިރުގައި އަނެއްބައި ގެނެސްދޭނަން. މިވާހަކައަށް ތަރުހީބުދީ ވާހަކަ ކިޔާ އެންމެހައި ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރުވެރިވަން. -Yug- 5 އަހަރު ފަސް. ޒީނިޔާއަކީ މިހާރު 5އަހަރުގެ އަންހެންކުއްޖެއްގެ މަންމައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހީވާގި ޓީޗަރެއްވެސް މެއެވެ. ރަށުގެ ގެ ކުއްޔަށްދިނުމަށްފަހު މާލޭގައި އެ ޢާއިލާ ދިރިއުޅެމުން އަންނަނީ […]
އިތުރަށް ދާނެ ތަނެއް ނެތުމުން އަނެއްކާވެސް އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. އެކަމަކު އަހަރެންނަށްވަނީ ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިފައެވެ. ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެއީ މިޝްކާއާއި އެކު ހެނދުނުގެ ސައިބޮވުނީމަ ބާއެވެ. ނޫނީ އަޔާޒް ރުޅި އަރުވާލެވުނީމަ ބާއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް މީގެކުރިން ވަރަށް މަދުން ނޫނީ މިގޮތަށް ހިތްހަމަޖެހިވިފައެއް ނެތެވެ. އަދި އެވެސް މިމަސައްކަތަށް ނިކުންފަހުންނެވެ. އެދުވަހުގެ ބޮޑުބައި ދިޔައީ އެއްވެސް ކަމެއް […]
މަރީނާމެންގެ ގޯތިތެރެ އަނދިރިވެފައި އޮތުމުގެ ސަބަބުން ފާތުމަ ބޭނުންވީ ގޯތިތެރޭގެ ތަނެއްގައި ފިލައިހުރުމަށެވެ. އެހެންކަމަށްވުމުން މަރީނާމެންގެ ގޯތިތެރެއަށް ފާތުމަ ވަދެ އަޅަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުންއެރީ ގޭގެ ދޮރުހުޅުވައި ލުމަށްފަހު ނުކުމެގެން އައި މޫސަ ފެނުމުންނެވެ. މަރީނާމެންގެ ގޯތިތެރެއިން ފާތުމަ ފެނުމާއި އެކު ހުއްޓުން އަރައި ދެލޯބޮޑުވެފައި ހުރި މޫސަ ސިއްސައިގެން ދިޔައީ މޫސަގެ ކޮނޑުގައި މަރީނާ ކޮއްޓައިލުމުންނެވެ. “ކޮބާ މިހާރު ހޭއަރައިފިތަ؟ އަދިވެސް އެހެންމީހުންނަށް ދެރަދެވޭތޯ އުޅޭ، މިހާރު ފާތުމައަށް ޔަގީން ވާނެ ކަލޭ އޭނައަށް އެދުވަހު […]
“ޒައިން … ބުރޯ… ކައެ ހޭލާކަށް ނުވޭތަ… މިހާރު އެއޮށް ސައި ގަޑިޖެހެނީ..” ޒައިންއަށް ހޭލެވުނީ ނަދީމު ދެފަހަރަކު އޭނާގެކޮލުގައި މަޑުމަޑުންޖަހައިލުމުންނެވެ. ޒައިން ތެދުވެ ތަޅުންގަނޑުމަތީގައި އިށީންނަމުން ދެލޯއުނގުޅައިލައި ވާޅަށްދެމިލަމުން ނަދީމް ކައިރިން ގަޑި އަހައިލިއެވެ. “ކައެ ރޭގަ ކޮންފާޑަކަށްތަ އުޅުނީ؟ ޕިސް ޕިސް… މަ ވާހަކަ ދައްކަން ފެށީމަ މަވެސް ފޮޅުވާލާފަ… ތިވަރުގެ މީހުން ބިޑި ބޯނެކަމެއް ނެތް..” ފާޚާނައިން ނިކުމެގެން އައި އާސިމް ޒައިންެމެން ކައިރީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ޒައިންގެ ސިކުނޑީގައި […]
ނީރާ ހުރީ ގަނޑުވެފައެވެ. މިހުރިހާ ދުވަހު ކުރި ޕްރެކްޓިސް ބޭކާރުވީއޭ ހިތަށް އެރިއެވެ. އޭނާ ހުރީ ރޮވޭ ނުރޮވޭގައެވެ. ހިތް ކުދި ކުދި ވެގެން ދިޔަ ކަހަލައެވެ. ނަމަވެސް ތުންފަތުގައި ދަތް އަޅާލުމަށްފަހު ގިޓާ ނަގައި ސްޓޭޖަށް އަރަން ހިނގައިގަތެވެ. “ގުޑް ލަކް. ބެލީ…” ރާހިލް އެހެން ބުނުމުންވެސް އަޑު އިވުނުކަމަށް ނުހަދާ ނިރާ ހިނގައިގަތީއެވެ. ސްޓޭޖް މައްޗަށް ނީރާ އެރުމާއި އެކު އެތަން ފަނޑު ނޫކުލައަކަށް ބަދަލުވިއެވެ. އެ އަލީގެ ސަބަބުން އޭނާގެ މޫނު އެހާ […]
މިވާހަކަ ގެނެސް ނުދެވި މެދުކަނޑާލެވިފައިވާ ކަމަށްޓަކައި ހުރިހާ ކިޔުންތެރިން އަރިހުން މާފަށްއެދެން… ވާހަކައިގެ އާބައިތަކެއް އަޕްލޯޑް ކުރަން ދެން ފެށޭނީ ޑިސެމްބަރ 30 ގެ ފަހުން… ވާހަކަ ނުގެނެސް ދެވިގެން މިއުޅެނީ ކުރިންވެސް ބުނި ފަދައިން ރައިޓަރ ގެ އެގްޒާމް ދުވަސްތައް ވީމަ.. އެގްޒާމް ނިމުމުން ވާހަކަ ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށް ގެނެސްދެވޭތޯ މަސައްކަތްކުރާނަން… ލަސްވާކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން