ވަންހަނާ (3ވަނަ ބައި)
އަދިއޭގައި ފައިލްކޮށްފައިހުރި ބިލްތައް ކޮމްޕިއުޓަރުގައި އިން ބިލްފޯލްޑަރއަށް އަޅަންފެށީމެވެ.
“ސުމާ… ނީނދެވޭނެ ތިހެން މާމަޑުމަޑުންނެއް އިނގޭ.. މީހުސް އަނގަގަދަ މީހުން އުޅޭތަނެއް…”
އެއަޑުއައީ ސައުޝާދުގެ ކެބިންއާއި ދިމާލުންކަމުން އަހަރެން އެދިމާލަށް ބަލައިލިވަގުތު ސައުޝާދު ހެމުންއަަިއިސް އަހަރެން ކައިރީގައި ހުއްޓުނެވެ.
“އެއީ ތެދެއް… އެހެންނޫނަސް ފުރަތަމަދުވަސްވީމަ ޖެހޭނެ އެންމެންނަށް ކޮފީދޭން.”
ހުސްނާވެސް ސައުޝާދުއާއި ބައިވެރިވެލިއެވެ. އޭރުނަޖާހު އެއްވެސް ބަހެއްނުބުނެ މަޑުމަޑުން ހީލަހީލާއިނެވެ.
އެމީހުންގެ އެކުވެރި ގޮތްގަނޑު އަހަރެންނަށް ވަރަށްކަމުދިޔައެވެ. އޮފީސް ނިމިގެން ކޮފީބޯން ދާނީކަމުގައިބުނެ އަހަރެން އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ.
“ސުމާ…”
އެއަޑަށް ސިއްސައިގެންގޮސް ކުރިމަތީގައިހުރި މީހާގެމޫނަށް އަހަރެންނަށްބަލައިލެވުނެވެ. އެއީ އިސްކޮޅުންދިގު ރީތިފިރިހެނެކެވެ. ހަމުގެކުލަ އަލިވެފައި މޫނުމަތި ވަރަށްވެސް ތާޒާކޮށް ފެންނަންހުރިއިރު އޭނާގެ ކަޅުކަންގަދަ ފަންއިސްތަށިގަނޑު ވަނީ ރީތިކޮށް ފުނާއަޅައި އޮމާންކޮށްލައިފައެވެ. ބަލާބެލުމަށް ފަންސަވީހަކަށް އަހަރުގެ އެޒުވާނާ ހެދުންއަޅައިފައި ހުރިގޮތް ވަރަށްވެސް ފުރިހަމައެވެ. މަޑުނޫކުލައިގެ އަތްދިގުގަމީހަކާއި ކަޅު ފަޓުލޫނެއްލައި ރީތިކޮށްބެގީކޮށްފައި ހުރިއިރު ގަދަނޫކުލައިގެ ރީތިޓައީއެއްވެސް އަޅައިފައިވެއެވެ. އަހަރެންނަށް އޭނާގެ ފައިންފެށިގެން މޫނަށް ބަލައިލެވުނެވެ.
“ސުމާ…. މީ މާރިޝް…”
މާރިޝް އަމިއްލައަށް ތަޢާރަފްވެލަމުން އަހަރެންނާއި ސަލާމް ކޮށްލުމަށް އަތްދިއްކޮށްލިއެވެ. އެއީ މާރިޝްކަން އެނގުމުން އަހަރެން ލަދުންހުރެ ކޮޅަށްތެދުވެ އޭނާއާއި ސަލާމްކޮށްލީމެވެ.
” ތި މަސައްކަތް ނިންމާލާފަ އާދެބަލަ އެތެރެއަށް.” މާރިޝް އެހެންބުނެ އޭނާއިންނަ ކޮޓަރިއަށް ވަނުމުން އަހަރެންނަށް ހުސްނާއަށް ބަލައިލެވުނެވެ.
“މާރިޝް ވަރަށް ކޫލްދޯ.. މަ ބުނީމެއްނު… ”
ހުސްނާ އެހެން ބުނުމުން އަހަރެން އާނއެކޭ ބުނުމުގެގޮތުން ބޯޖަހައިލީމެވެ.
އަދި އަވަސްއަވަހަށް އެހަފްތާގެ ހުރިހާބިލެއް ކޮމްޕިއުޓަރަށް އަޅައި ނިންމުމަށްފަހު އަހަރެންގޮސް މަޑުމަޑުން މާރިޝްގެކޮޓަރީގެ ދޮރުހުޅުވައިލީމެވެ.
އެއީ ވަރަށްފުރިހަމައަށް ފަރުމާ ކޮށްފައިވާ ކުޑަކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރުފާރުގައިވެސް މަޑުމުށިކުލައެއް ލާފައިވާއިރު ތަނުގައިހުރި ހުރިހާ ފަރުނީޗަރެއްވެސްހުރީ ގަދަމުށިކުލައިގައި ކަމުން ބަލާލަން ވަރަށްވެސް ހިތްގައިމެވެ. އެއްބިތުގައި ހަރުކޮށްފައިވާ ގަޑިއާއި އިރުއޮއްސޭމަންޒަރުގެ ރީތިފޮޓޮއެއް ލާފައިވާ ބޮޑުފޮޓޯފްރޭމުން ކޮޓަރީގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ތަނުގެެތެރެއަށް ނަޒަރުހިންގައިލަމުން ޖެހިލުންވެހުރެ އަހަރެން އެތެރެއަށް ވަނީމެވެ.
“އާދޭ… އިށީނދޭ…”
މޭޒުގެ ބިތްދޮށުގައި ހުރިބޮޑުގޮނޑީގައި އިން މާރިޝް މޭޒުގެ އަނެއްފަރާތުގައި ހުސްކޮށްހުރި ގޮނޑިއަށް އަތުން އިޝާރާތްކޮށްލިއެވެ. އެވަގުތު އަހަރެންހީލަމުން އިށީނދެ ފުންނޭވާއެއްދޫކޮށްލީ ޖެހިލުންވެފައި ހުރިވަރުން ހަމަޖެހިލުމަށްޓަކައެވެ.
” ތީ ލީލާގެ ބެސްޓް ފްރެންޑްދޯ.. ލީލާއަކީ އަހަރެން ވަރަށް ޓްރަސްޓްކުރާ ރައްޓެއްސެއް… އެހެންވެ ސުމާއާ އެއްވެސް އިންޓަވިއު އެއްނުކޮށް ޖޮބްދިނީ… ސުމާގެ ސްޓާޓިން ސެލަރީއަކީ ހަތްހާސް.. އެކަމަކު ތިންމަސްފަހުން ސެލަރީއަށް ދެހާސްރުފިޔާ އިތުރުކޮށްދޭނަން.. ސުމާ ކުރަންޖެހޭ މަސައްކަތްތައް ހުސްނާ ކައިރިން އަހާ އިނގޭ.. އޭނަކިޔައިދޭނެ.. ”
މާރިޝް ހިނިތުންވެއިނދެ ވާހަކަދައްކަމުން ދިޔައިރު އޭނާގެނަޒަރު އަހަރެންގެމޫނަށް ހުއްޓިފައިހުރުމުން ވަރަށް ލަދުންއިނދެ އަހަރެން އާނއެކޭބުނީމެވެ.
“ސުމާ.. ބިރުންތަ ތިއިންނަނީ… މަށަކީ ވަރަށް ފްރެނޑްލީ މީހެއް…އެހެންވީމަ މާލަދުން ނޫޅޭތި އިނގޭ…. އެންޑް ނޯނީޑްޓުބީ އެފްރައިޑް އޮފްމީ އޯކޭ.”
މާރިޝްގެ ވާހަކަދެއްކުން ހުރިގޮތުން އޭނާއަކީ ވަރަށްހިތްހެޔޮ މީހެއްކަން އަހަރެނަށް އެނގުނެވެ.
ދެންދިޔަޔަސް އެންމެ ރަނގަޅުކަމުގައި މާރިޝް ބުނުމުން އެތަނުން ނިކުމެގެންގޮސް އަހަރެން ކެބިންއަށް ވަދެއިށީނީމެވެ.
އޮފީހުގެ މަސައްކަތްތައް ފަސޭހަވެފައި އެންމެންވެސް އެކުވެރިކަމުން އަހަރެން މަސައްކަތްކުރީ ވަރަށް ހިތްހަމަޖެހިފައި އިނދެއެވެ. ގަޑިން މެންދުރު ބާރަޖެހުމާއިއެކު އެންމެންވެސް މެންދުރުގެ ކެއުމަށް ގެއަށްދާން އަވަސްވެގަތެވެ. ހުސްނާ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާއިއެކު ސައިކަލުގައި ދިއުމުން އަހަރެންވެސް އޮފީހުންނިކުމެ ހިނގައިގަތީމެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ ފަހަތުންއިވުނު ކާރެއްގެ ބަރުގަނޑުގެ އަޑަށް އަހަރެން ސިއްސައިގެންގޮސް ފަސްއެނބުރި ބަލައިލިއިރު ކާރުދުއްވަންއިންް މާރިޝް ހެވިފައި އިނެވެ. އޭނާ އަހަރެންނާއި އެއްވަރުކޮށް ކާރުގެ ކުރީދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު ކާރަށްއެރުމަށް އެދުނެވެ.
” ތޭންކްސް….”
ކާރުގެ ކުރީސީޓުގައި އިށީންނަމުން އަހަރެން މާރިޝްއަށް ޝުކުރުއަދާކުރީމެވެ.
“ޔުއަރ ވެލްކަމް ސުމާ…. ދާނަންތަ ޕިއްޒާކާން؟”
ރުކާންއާއި ދޭތެރޭގައި ވިސްނައިލުމަށްފަހު އަހަރެންނަށް މަޖުބޫރުވީ މާރިޝްގެ އެދައުވަތަށް އިންކާރުކުރާށެވެ. އެއީ އަހަރެންއަލަށް ރުކާންއާއި ދުރުގައި އެހާގިނަވަގުތު ހޭދަކުރި ފުރަތަމަ ދުވަސްކަމަށްވީތީ އެވަގުތު ކޮޅުގައިވެސް އަހަރެން ބޭނުންވީ ރުކާންދެކިލުމަށް ގެއަށްދިއުމަށެވެ. އެހެންކަމުން އަހަރެން މާރިޝް ކައިރީގައި ނޫނެކޭ ބުނުމުން އޭނާ އޯކޭއޭ ބުނެ ހީލިއެވެ.
“ދަރިފުޅާ…. ރުކާންއަށް ކާންދީފަ ހަމަދެންމެ މިނިންދެވީ… ހާދަ އަވަހަކަށް ތިއައީ…އޮފީސް ނިމުނީތަ؟”
އަހަރެން ފެނުމާއިއެކު ސިޓިންރޫމުގައި ޓީވީބަލަންއިން މަންމަ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ. އެއީ ކާންލިބޭ އެއްގަޑިއިރުކަމުގައިބުނެ އަހަރެން އަވަސްއަވަހަސް މަންމަގެ ކޮޓަރިއަށްވަދެ ނިދާފައިއޮތް ރުކާންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ނިކުމެގެންއައިސް ކައިގެން ފާޚާނާއަށްވަދެ މޫނުދޮވެލީމެވެ. އަދި މޫނުގައި ފުއްޖަހައި ރީތިވެލުމަށްފަހު އަތުކުރީގައި އޮތްގަޑިއަށް ބަލަލިއިރު އޭރުއެކެއްޖަހަން ބާކީއިނީ ދިހަމިނެޓުކަމުން އަހަރެން ބާރުހިނގުމުގައި އޮފީހާއި ދިމާލަށް މިސްރާބުޖެހީމެވެ.
ވަރަށް އެކުވެރިކަމާއިއެކު އޮފީހުގެ މަސައްކަތްތަކުގައި ވަގުތުތައް ހޭދަވެގެންދިޔަ ގޮތްވެސްނޭނގުނެވެ. ހަވީރު ފަހެއްޖެހުމާއިއެކު ޖޯހަން އައިސް އޮފީސް ބަންދުކުރުމުން ހުސްނާއާއި ސައުޝާދު އަދިނަޖާހު ގޮވައިގެންގޮސް އޮފީސްކައިރީގައިހުރި ސަލްސާރޯޔަލް ރެސްޓޯރެންޓުން އަހަރެން އެމީހުންނަށް ކޮފީދިނީމެވެ.
**********
ދުވަސްތައް މާޒީވަމުންދިޔައީ އަހަރެން އުންމީދު ކުރިގޮތައްކަމުން އަހަރެންހުރީ ވަރަށްވެސް އުފަލުންނެވެ. ދުވާލުގެ ގިނަވަގުތު އޮފީހުގައި ހޭދަކުރުމަށްފަހު ގެއަށްއައިސް އެލިބޭ ވަގުތުތައް ރުކާންއާއިއެކު ހޭދަކުރަން ފެށުމުން ބޭކާރު ވިސްނުމާއި ޚިޔާލުތަކާއި ދުރުވާންފެށުނެވެ. އަދި މަޑުމަޑުން އަހަރެންގެ ނެގިމަޑުވެފައި ހުންނަގޮތްގަނޑު ކުރީގެ ސަކަމިޒާޖަށް ބަދަލުވާންފެށިއެވެ. އަހަރެންނަށް އަންނަމުންދިޔަ ބަދަލުތައް މަންމައާއި ލީލާއަށްވެސް ފާހަގަވެ އެވާހަކަ އަހަރެން ކައިރީގައިބުނި ހިސާބުން އަހަރެންގެ މަގްސަދު ކާމިޔާބުވާންފެށިކަމުގެ އިހުސާސްކުރެވެންފެށުނެވެ.
އެއީހަފްތާގެ ހުކުރުދުވަހުގެރެއެވެ. އެރޭގައިއޮތް ހުސްނާއާއި އާދިލްގެ ކައިވެނިޕާޓީއަށް ދައުވަތު ލިބިފައިވުމުން ހަތެއްޖެހީރުވެސް އަހަރެން އޮތީ ދެހިޔާލެއްގައެވެ. ޕާޓީއަށް ދާނީތޯ ނުވަތަ ނުދާނީތޯ އިރުކޮޅަކު ވިސްނަން އޮތުމަށްފަހުގޮސް އަލަމާރީގައިއޮތް ޑައިރީނެގީމެވެ. އުޅެންޖެހޭލެއް ބުރަކަމުން ޑައިރީގައި ނުލިޔެވޭތާ ހަފްތާއެއް ވެފައިވާތީ ވޭތުވެދިޔަ ހަފްތާގައި ހިނގައިދިޔަ ކަންކަން ޚުލާސާކޮށްލުމަށްފަހު އޭގައި ލިޔެލީމެވެ.
އަދި ރުކާންގެ ބައްޕައާއި ދިމާވިރޭގެ އެހާދިސާ ލިޔެފައިވާ ސަފްޙާ ހުޅުވާލައި ކިޔައިލީމެވެ. އެތައް ދުވަހަކަށްފަހު އަނެއްކާވެސް އެހަނދާންތައް ދެންމެ ދެންމެ ވީކަމެއްފަދައިން ހިތުގައި އާވެގެންދިއުމުން އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނައޮހިގަތެވެ.
“ދަރިފުޅާ… އަދިވެސް ތައްޔާރުނުވަނީތަ؟ މަންމަ މިހާރު ނިމިއްޖެ.. ތިހެންނޯވެ އަވަހަށް ތައްޔާރުވާން ދާންވީނު.. މަންމަ ރުކާން ރީތިކޮށްލާނަން.. ”
މަންމައައިސް ކޮށީގައި ކުޅެންއިން ރުކާން ނަގައިގެން ދިއުމުން އަހަރެންވެސް އަވަހަށް ތައްޔާރުވާންފެށީމެވެ. ޕާޓީގެ ކުލައަކީ ރަތްކުލަކަމުން އަހަރެންލީ އެކުލައިގެ ވިދާފޮތީގެ ގަޔަށްބާރު މެކްސީހެދުމެކެވެ. އަދި ކަޅުކުލައިގެ ފުންނާބުއުސް ބޫޓަކަށްއަރައި މޭކަޕްކޮށް ނިންމައިލުމަށްފަހު ބޮލުގެ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލީމެވެ. ގަޑިން އަށްގަޑިބައިވީއިރު އަހަރެންހުރީ ވަރަށްރީތިކޮށް ތައްތާރުވެ ނިންމައިލައިގެންނެވެ.
އަހަރުމެންނަށް ޓެކްސީއެއްގައި ދަރުބާރުގެއާއި ހަމައަށް ދެވުނުއިރު ނުވައެއްޖަހަނީއެވެ. އެހެންކަމުން އަވަހަށްގޮސް އެތެރެއަށްވަދެ ހުސްނާއާއި އޭނާގެ ފިރިމީހާ އާދިލްއާއި ސަލާމްކޮށް އެމީހުންނަށްގެނައި ހަދިޔާ ދިނުމަށްފަހު ގޮސް މޭޒެއްގެ ކައިރީގައި އިށީނީމެވެ. އަހަރެން ރުކާންއާއި މަންމަ ގޮވައިގެން ދިއުމުން ހުސްނާހުރީ ވަރަށްއުފަލުން ނަމަވެސް ޕާޓީ ތެރޭގައިއުޅުނު ސައުޝާދުއާއި ނަޖާހު ވަރަށް ހައިރާންވެފައި އަހަރުމެންނާއި ދިމާލަށް ބެލިތަން އަހަރެންނަށް ފެނުނެވެ.
ވާނީވެސް އެހެންތާއެވެ. އަހަރެންގެ ދަރިއެއް ހުންނަކަމެއް ހުސްނާފިޔަވައި އޮފީހުގެ އިތުރު އެއްވެސްމީހަކަށް ނޭނގޭނެއެވެ.
ރުކާން މަންމައާއި ހަވާލުކުރުމަށްފަހު އަހަރެންގޮސް ކާއެއްޗެހި ހިފައިގެން އައިތަނާ މާރިޝްވެސް އެތަނަށް އައެވެ.
“އަޅޭ..ރުކާން ހާދަ ލޯތްބޭ.. ހީވަނީ ހަމަސުމާހެން. ” މަންމަގެ އުނގުމަތީގައި އިން ރުކާން އުރާލަމުން މާރިޝް އެބުނި ޖުމުލައިވިފައި އަހަންނަށް އޭނާގެމޫނަށް ބަލައިލެވުނެވެ. މާރިޝްއަށް ރުކާންއެނގުނީ ކިހިނެއްބާއެވެ؟ އަހަރެންގެ އެއްވެސް އަމިއްލަކަމަކާއި ބެހޭގޮތުން މާރިޝް މީގެކުރިން އެއްވެސް ސުވާލެއް ކޮށްފައިނުވާތީ އެކަހަލަ ވާހަކައެއް އަހަރެން އޭނާކައިރީގައި ދައްކައިފައެއް ނުވާނެއެވެ. އެހެންކަމުން މާރިޝްއަށް ރުކާން އެނގުނީ ލީލާގެ އަނގަގަދަކަމުންކަން އަހަރެންނަށް ޔަގީންވިއެވެ.
“މަންމާ… މީ އަހަރުމެން އޮފީހުގެ ބޮސް… މާރިޝް މީ ސުމާގެ މަންމަ..”
އަހަރެން މާރިޝްއާއި މަންމަ އެކަކު އަނެކަކަށް ތައާރަފް ކޮށްދިނީމެވެ. އޭރު މާރިޝް ވަރަށްމަޖާވެފައި ރުކާންއާއި ސަކަރާތްޖަހައި ރުކާން ހެއްވަމުންދިޔައެވެ. އެމަންޒަރު ފެނުމުން ރުކާންގެބައްޕަ މިއަދު މިތާހުރިނަމަވެސް ހަމައެގޮތަށް ރުކާންގޮވައިގެން އުޅޭނެއޭ ހިތަށްއަރައި އަހަރެންގެދެލޯ ފެންކަޅިވިއެވެ.
އެރޭ ޕާޓީނިންމާފައި މާރިޝްއާއިއެކު އޭނާގެކާރުގައި ގެއަށްދާންޖެހުނީ އޭނާ އާދޭސްކުރިވަރުންނެވެ. އަދި ގެއަށްދިޔަ މަގުމަތީގައި މާރިޝް ރުކާންއާއި ސަކަރާތް ޖެހިވަރުން އަހަރެން ކައިރިއަށްވެސް ނާންނަން ރުކާން ވަރަށްގަދަހެދިއެވެ. މާރިޝްގެ ސަމާސާ މިޒާޖުގެސަބަބުން އޭނާވީ ރުކާންއާއި މަންމަވެސް ވަރަށް ގަޔާވީމީހަކަށެވެ.
ޖެހިގެންއައި ދުވަހު ހުސްނާ ނެތުމުން އޮފީސްހީވަނީ ފަޅުތަނެއްހެންނެވެ. ހުސްނާގެ މަޖާހިނިގަނޑު އިރުއިރުކޮޅާ ނީވޭތީ އޭނާމަތިން ހަނދާންވެފައި ވަރަށް ދެރަވެސްވިއެވެ.
“ސުމާ… އާދެބަލަ…”
އޮފީސްތެރެއަށް ވަދެގެންއައި މާރިޝް އެހެންބުނެގޮސް އޭނާގެކޮޓަރިއަށް ވަނުމުން އަހަރެންވެސް އޭނާގެފަހަތުން ގޮސް އެކޮޓަރިއަށް ވަނީމެވެ.
” ކިހިނެއްތޯވީ؟”
މޭޒުކައިރީގައި އިށީންނަމުން އަހަރެން އަހައިލީމެވެ.
“ދިސްއިޒް ސަމްތިންގ ޕަރސަނަލް އިނގޭ.. އަހަރެން ބޭނުން ސުމާއާއެކު ޑިނަރ އަކަށްދާން.. ދެވޭނެތަ؟”
މާރިޝް އެހެންބުނުމުން އަހަރެންނަށް ހައިރާންވެފައި އިރުކޮޅަކު އޭނާގެމޫނަށް ބަލަން އިނދެވުނެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެނުނު ކުލަވަރުން އޭނާއަހަރެންނާއި ގަޔާވާކަން އަހަރެންނަށް ޔަގީންވިއެވެ. އޮފީހަށް ނިކުތް ފުރަމަތަ ދުވަހުން ފެށިގެންވެސް މާރިޝް އަހަރެންނާއި ދޭތެރޭގައި ހާއްސަ ގޮތެއް ބަހައްޓާހެން އަހަރެންނަށް ހީވިނަމަވެސް އެކަމަކާ އަހަރެން އަޅާނުލީ އޭނާއެކަހަލަ ވާހަކައެއްވެސް ބުނެފައިނުވާތީއެވެ. ނަމަވެސް މިހާރު އަހަރެންނަށް ކުރެވުނު ހީ ޔަގީނަށް ބަދަލުވީއެވެ.
އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު އަހަރެން އާނ އޯކޭއޭ ބުނުމުން މާރިޝްގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެންދިޔަތަން އަހަރެން ދުށީމެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.



Hi everyone ? eyesh hope kuran hurihaa kudhinnah ves mi part ves reethi vaane kamah ? ?
yeyheyyy i am the first yeyyy anyways your story v v v reethi eyesh…waiting 4 the next part….
Yeyyy…… u r the 1st.. ?thanx a lot ravupinky ??? if u want double vefa in thanun 1coment delete kohleveyne ?
yeyheyyy i am the first… anyways your story v v v reethi eyesh…waiting 4 the next part….
alhey ravu fonuvy ekathi but ….
Wowwwww vrh vrh reethi..when is the next part???
maaal
Thank u maalu ?? insha allaah v soon upload kuraanan ingey ?
Varah reethi avahah up kohdhehche kehmadhuvey mi story nice kamun just wow… 😀
Awwwwn ehen tha ? alhey v v happy vehje ?? thank u so much beauty queen ? insha allaah next part v avahah upload kuraanan ingey.
Ma sha Allah v v rythi..:-) knirakun anehbai up kolladheyny
Awwwwn Xeeel thanx a lot ingey ? v avahah upkuraanan insha allaah ??
eyesh stry varah salhi… n aslu maarish aki rukaan ge dad hen heevani… waiting fo the nxt part… nxt part avaha n thanolhe diguko up koladey thi ingea…. plx……
Thank u so much mice ? lets c dhw vaagotheh ? and yeah next part avahah miah vure dhigukoh genas dheynan ingey .. aslu mi part kureege bayah vure thankolheh kuru dhw… ?vaguthu veevarakun hama dhigu koh genesdheynan ingey ?
Mashaa allah v v reethi. Afy ge little brother akah kiyany ves rukaan. And my luvly cux ah kiyany sumaa. Thts why mivaahaka v v intresting. All the best eyesh.
Alheyyy aslu tha? what a coincidence dhw ? afy ge family dhw mi ulhenee mi story ga… ? anyways thanx a lot swyty.. ??
Marish hyvany rukaan ge dad hen dhw … v salhi mi part vx
Mmm may b… may b not? lets c dhw ? wait for the next part ingey ? thanx ifaaa ?
Y do i have the feeling that maarish is rukaans dad.. so eager 2 know.. avahah up kohdhcchey
Hehehe ? may b dhw…… next part upload kuraanan ingey soon. Lets c dhw ?
Mi part ves vrh reethi..waiting next part ah…???kyp it up eyesh??
Thank u so much maahish ??
Story is awesome 😛 😛
Thnx kai ??
hey eyesh…. vrh salhi ingey mi prt.. nw m too curious cx i guess rukaan ge dad eii maarish ey.. hehe lyk othrs r sayin.. waitin fr the nxt prt eagerly.. 😉 gd lck
Oh thank yuh so much ryn ?
Hehe lets c dhw vaagotheh. ? hurihaa kudhin nah ehen heevanyaa hama ehenves vedhaane or faharehga ehen nuves vedhaane ?
Vv reethi..waiting 4 the next part
Thank u reem ??
vrh vrh reethi…. lyk ryn said i also think maarish akee rukn ge dad ey….
wen nxt prt??? curiously waitin fr nxt prt……
Awwn immy ? thank u dear ? lets c dhw vaagotheh. .. soon upload kuraanan next part ??
wowwwwwwwww.v hama habeys.first 2 part vx keen.but coment nukuran.:(
but your story ix awsome.I’m just waiting for the nxt part.
Ehentha? v ufaavejje ingey rau ah mi story reethi kan enguneema ? thnx a lot dear ?
Nice… ehrn readers hen marsha ahves mibai kiyaafa varah hyvey rukaan ge dad aky maarish hen… ekamuves hithah araa mi part kiyaalaafa ekan ehaa obvious veema ehen nuveves dhaaneyey… dunno wat’ll happen… really love the way story is going… very nice…
Oh heheheh ?? yeah hurihaa kudhin nahves hama heevani ehen dhw ? eyesh bunaany wait kohlaashey adhi… soon egeyn ey . ? m so happy to know that u like this story ?
Nice mi part vx igey..hehe kyp it up..mwah 😉
Awwn thank u swyty ? mmwah ?
Eyesh v nice.than kolhe avaha up kohdheeba.??
Thanx nish… Ok avahah up kohdheynan ingey ??
Alhe konirakun baa Dhen up kurany. Can’t wait. Pls Mirey or tomorrow up kohdheeba. Pls pls pls pls pls eyesh..
Awwwwwn Een ? v v v avahah upkohdheynan ingey ?
V V V V V Habeys mi part ves. 😀
Thankx ammu ?
:p :'( 😉 🙂 😀 :O ♥♥
??
Wow.. its AWESOME….. pls aneh part avahah up koh dheh chey…. pls