Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (4)

lai
December 24, 2015
6 Mins Read
45 Views
26 Comments

އޭރު ވަރުގެ ކޮޅަށް ނަލަހެދިލައިގެން ހުރި ނީޝަމް ފެނުމުން ހިނވެސް އައެވެ. އައިރީން ދެ ބުމަ އަރުވާލަމުން ކޮންތާކަށް ދާން ހޭ ނީޝަމް ގާތުގައި އަހާލިއެވެ. ” އޮހް ހޯ .. ދޮންތައާ އެއްކޮށް ދާންވެގެންނެއްނު.. ” ” ހޫމް ހެވޭ .. ދެން ތިހާ ރީތި ނުވިޔަކަސް ވެދާނެ ކަންނޭނގެ .. މިދަނީ ޕާޓީ އަކަށް ދާކަށް ނޫން ވިއްޔަ .. އަނެއްކާ……” “ދެން ދޮންތާ .. ” އައިރީން  އެހެން ބުނުމުން ނީޝަމް އައިރީން ގެ ގައިގާ މަޑު މަޑުން ޖަހާލިއެވެ.

**************************************

އެއްމަސް ފަސް……………

 

ހަވީރުގެ ހިތްގައިމު ވަގުތެވެ. މަޑު މަޑު ވައިރޯޅިތައް ޖެހެމުން ދިޔައިރު ހިތް ތަކަށް އުފާވެރިކަން ގެނުވަމުންދިޔައެވެ. ހުކުރު ދުވަސް ކަމުން ރާޅުގަނޑު ސަރަހައްދުގައި މީހުން އެމީހުންގެ އާއިލާ އާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮއްލަން އައިސް އުޅޭ މަންޒަރު ފެންނަމުން ދިޔައެވެ. ނަމަވެސް މި އިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި މާސިންގާ ބޮޑު ކަނޑަށް ނަޒަރު ހުއްޓާލައިގެން ހުރި އީނާލް ގެ ރީތި ދެ ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. އެހެން ހުއްޓާ އީނާލް ސިއްސައިގެން ދިޔައީ މީހަކު އީނާލްގެ އަތުގައި ހިފާލުމުންނެވެ. އޭނާގެ އަތުގައި ހިފާލައިގެން ހުރި ރަޔާން ފެނުމުން އީނާލް އަށް ހިނިތުން ވެ ލެވުނެވެ. މިހާރު އެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބެނީ ރަޔާން ފެނުމުންނެވެ. މަންމަ ގެ ވިހަގަދަ ބަސްތަކާއި އަނިޔާވެރި އަމަލުތަކަށް ކެތް ނުކުރެވޭ ހިސާބަށް ދިޔުމުން އީނާލް ރަޔާން އަށް ހުރިހާ އެއްޗެއް ކިޔައި ދިނީ އެވެ. ރަޔާން ފިޔަވާ އެވާހަކަތައް ހިއްސާ ކުރާނެ ރަހްމަތްތެރިއަކު އީނާލް ގެ ނެތެވެ. އެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ ރަޔާން ގެ ވާހަކަތަކުންނެވެ. ރަޔާން އޭނާ އެ އަނިޔާތަކަށް ކެތްތެރި ވުމަށް ބުނެދިނެވެ. ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ބުނެދިނެވެ. ކޮންމެސް ދުވަހަކުން އޭނައަށް އިންސާފު ލިބޭނެކަމަށް ބުނެދިނެވެ. އެއްވެސް ކަމެއް އަބަދަށް ދެމިގެން ނުދާނެކަން ބުނެދިނެވެ. އީނާލް އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އުޅުނީ ރަޔާން ގެ އެ ބަސްތަކުގައި ހިފައިގެންނެވެ. މިހާރަކަށް އައިސް ނަޖުމާ ހިތަންމެ އެއްޗެއްސެއް ކިޔަސް ކިތަންމެ އަނިޔާއެއް ކުރިޔަސް އީނާލް ގެ ހިތަކަށް މާ ބޮޑު އަސަރެއް ނުކުރެއެވެ.

” އީން .. އަހަރެން ބުނީމެއްނު ކަންކަމާ މާ ބޮޑައް ވިސްނާ ނުހަދައްޗޭ .. އެންޑް ޔޫ ޕްރޮމިސްޑް މީ ރައިޓް .. ދެން ދުވަހަކުވެސް ނުރޯނަން ކަމަށް .. ހިތްވަރުގަދަ ކުއްޖަކަށް ވާނަންކަމަށް .. އެކަމަކު މިހާރުވެސް ތި ރޮނީނު .. ދެން އީން ރޮންޔާ ރެން ނުދައްކާނަން އީން އަކާ ވާހަކައެއް ..” ރުޅި މޫނެއް ދައްކާލަމުން ރަޔާން އެހެން ބުނެލުމުން އީނާލް ހިނިތުންވެލަމުން ނުރޮމޭ ބުނެލިއެވެ. ދެމީހުން އެކި ވާހަކައިގާ ތިބި އިރު ރަޔާން ގެ މަޖާ ވާހަކަތަކުން އީނާލް ހޭތަން ފެނުމުން ރަޔާން އާޝޯހު ވިއެވެ. މި ނޫނީ އަދި އީނާލް އެ ގޮތަށް ހެނިކޮންނެއް ރަޔާން އަކަށް ފެނިފައެއް ނުވެއެވެ. އަބަދުވެސް ފެންނާނީ އެމޫނުމަތި މިލާފާ ވާތަނެވެ.

ދެމީހުން އެކި ވާހަކައިގަ ތިއްބާ އީނާލް ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގާ އަތް އަޅާލުމުންނެވެ. ދެމީހުންވެސް އެނބުރި ބަލާލުމާއިއެކު ފަހަތުގައި އޭނައަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި އަންހެން ކުއްޖާ ފެނުމުން އީނާލް ހައިރާން ވިއެވެ. ” ރީން .. ކޮން އިރަކު މާލެ އައީ .. އަހަރެން ހަމަ މިއަދު މިއައީ މެލޭ އިން .. މާދަން ރަށަށް ދާން ފުރަން .. ބަޓް ވަޓް އަ ސަޕްރައިޒް .. ރީން ކީއްކުރަން މާލެ އައިސްގެން ތި އުޅެނީ؟ .. މިފޫ އާ އެއްކޮއްތަ؟ .. އެންޑް.. މީ ކާކު .. ރީން ގެ ބިޓުތަ؟ ނޫނީ ފްރެންޑެއްތަ؟ .. ކޮބާ އިޒް؟ .. އައި ތޯޓް ޔޫ ވާ އިންޓު ހިމް ކަމަށް … ބަޓް އައި ގެސް އައި ވޯޒް ރޯންގް .. ” އީނާލް ހުރީ ނުވެސް ދަންނަ މީހަކު އައިސް އެ ގޮތަށް ވާހަކަ ދެއްކުމުން ހައިރާންވެ އަންތަރީސް ވެފައެވެ. އަނެއް ކޮޅުން ރަޔާން ވެސް ހުރީ އެ ކުއްޖާގެ ވާހަކަ ތަކުން ހައިރާންވެފައެވެ. ކޮން އިޒް އަކާ މިފޫ އެއްބާއޭ އީނާލް ގެ ހިތަށް އަރަމުން ދިޔައެވެ. އަދި އީނާލް އެންމެ ހައިރާންވީ އެ އަންހެން ކުއްޖާ އޭނައަށް ރީން ގެ ނަމުން މުހާތަބު ކުރުމުންނެވެ.

” ރީން .. އޭތް .. ކިހިނެއްވެފަތަ ތިހުރީ؟ .. ކީއްވެ ވާހަކަ ނުދައްކާ ތިހުރީ .. ހީވަނީ އަހަރެން އަލަށް ފެނިގެން އުޅޭހެން .. ހޫމް ގިނަ ދުވަސް ކޮއްލާފަ ފެނުނީމަ ދޯ .. ހެހެ .. މީ ނީމް އޭ .. ޔޯ ބެސްޓީ .. ނޮޓް އަ ސްޓްރޭންޖާ ..ހެހެ ގިނަ ދުވަސް ކޮއްލާފަ ފެނުނީމަ ނޭނގުނީ ދޯ .. ހޫމް ހޫމް އެހެނވެސް ވާނެ ..ހެހެ..ބައިދަ ވޭ.. އައިމް ސޯ ހެޕީ ޓު ސީ ޔޫ އަގެއިން ރީން ..” އީނާލް ހުރި ގޮތުން ނީމް އީނާލް ގެ މޫނުމަތީގައި ކުޑަ ކޮށް އަތް ހޫރުވާލުމައްފަހު އީނާލް ގެ ގައިގާ ބައްދާލިއެވެ. ނީމް ބައްދާލުމުންވެސް އީނާލް އަށް ހުރެވުނީ އަދިވެސް އެ ހައިރާން ކަން މަތީގައެވެ. މީ އަނެއްކާ ކާކު ބާއޭ އީނާލްގެ ހިތަށް އެރިއެވެ. އީނާލް ވާހަކަ ނުދެއްކުމުން ނީމް އީނާލް އާ ދުރަށް ޖެހިލަމުން ރީން އޭ ކިޔާފާ ގޮވާލިއެވެ. އީނާލް އެ ހުރި ގޮތައް ވާހަކަ ނުދައްކާ ހުންނަން ފެށުމުން އެންމެ ފަހުން ވާހަކަ ދައްކަން ފެށީ ރަޔާންއެވެ.

” ލުކް .. އެއީ ރީން އެއް ނޫން އީނާލް .. ހަރ ނޭމް އިޒް އީނާލް .. އަހަ… ” ރަޔާން ގެ ޖުމްލަ މުދެ ކެނޑުނީ ކުއްލިއަކަށް އީނާލް ރަޔާންގެ އަތުގައި ހިފާލުމުންނެވެ. އީނާލް ރަޔާންއާއި ދިމާއަށް ބަލާލީ ވާހަކަ ދައްކާނީ އޭނައޭ ބުނާފަދަ ގޮތަކަށްށެވެ. އޭރު މިދެމީހުންގެ ހަރަކާތްތަކަށް ބަލަން ހައިރާންވެފައި ނީމް ހުއްޓެވެ. ” ހައި .. އަހަންނަކަށް ނޭނގެ ތި ކޮން ކުއްޖެއް ކަމެއް .. އަހަންނަކީ ރީން އެއް ނޫން .. ފަހަރެއްގަ ތި ކުއްޖާއަށް އޮޅުނީ ކަމައްވެސް ވެދާނެ .. މޭބީ ތިކިޔާ ރީން އަކާ އަހަރެން ވައްތަރީ ކަމަށް ވެސް ވެދާނެ.. އެކަމަކު އަހަރެންނަކީ ރީން އެއް ނޫން .. އިޒް .. މިފޫ .. އެއީ ކޮން ބައެއް ކަމެއްވެސް އަހަންނަކަށް ނޭނގެ .. ތި ކުއްޖާއަށް އޮޅުނީ ކަމަށް ވާނީ .. ” އީނާލް ވާހަކަ ދައްކާ ނިންމާލިއިރު މިފަހަރު ހައިރާންވެ އަންތަރީސް ވެފައި ހުރެވުނީ ނީމަށްށެވެ. އޭނާ ހުރީ ދެންމެ އީނާލް ދެއްކި ވާހަކަތަށް ގަބޫލު ނުކުރެވިފައެވެ. ނީމްއަށް އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ފެނުނީ ރަޔާން އާއި އީނާލް ހިނގައިގަތްތަނެވެ. ނީމް އެދެމީހުން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އަދިވެސް ވިސްނަމުން ދިޔައީ އީނާލް ބުނެލި ޖުމްލަތަކާއި މެދުގައެވެ.

އައިރީން އެހެން އެބުނީ ކީއްވެ ބާއޭ ނީމް ގެ ހިތަށް އަރަމުންދިޔައެވެ. އެއީ އެހެން އަންހެން ކުއްޖެއްނަމަ އައިރީން އާ އެހާ ވައްތަރީ ކީއްވެބާއެވެ. އައިރީން އާއި އެއްވެސް ތަފާތެއް ނެތެވެ. ހީވަނީ ހަމަ އައިރީން ގެ ކޮޕީ އެއް ހެންނެވެ. ހަމަ އެކަނި ތަފާތަކީ އެ އަންހެން ކުއްޖާގެ އޮތީ ދިގު ދިގު ފަން އިސްތަށިގަނޑެއް ކަމެވެ. ނީމް އެނބުރި ގެއަށް ދިއުމައް ހިނގައިގަތީ އެއީ އައިރީން ކޮއްލި ސަމާސާއެއްކަމަށް ހިތާހިތުން ނިންމަމުންނެވެ. އޭރު އިރު އޮއްސި އަދިރިކަން ދުނިޔެތެރެއަށް ވެރިވަމުންދިޔައެވެ.

************************

އެއްމަސް ފާއިތުވެގެން ދިޔައިރުވެސް އައިރީން ގެ ދިރިއުޅުމަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. އަދި އަދަށްދާންދެންވެސް އެ ފޮޓޯގަނޑުގެ ހަގީގަތެއް އައިރީން އަކަށް ހޯދިފައެއް ނެތެވެ. މިހާރު އައިރީން އެހާވަރަކުން އެ ގޮޓޯ ގަނޑުގެ ހަގީގަތް ހޯދާކަށް ނުވެސް އުޅެއެވެ. ނަމަވެސް އެ ފޮޓޯގަނޑު ވަނީ އޭނައަށް ވަރަށް ހާއްސަ އެއްޗަކަށް ވެފައެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު އެންމެންވެސް ދައްކަމުން ދިޔައީ މިފްޒާލް ގެ ވާހަކައެވެ. ދެދުވަހެއް ތެރޭގައި އަންނާނަމޭ ބުނި މީހާ އެއްމަސް ފާއިތުވެގެން ދިޔައިރުވެސް ނާންނާތީއެވެ. އެހެން ރޭ ރެއާއި ހިލާފަށް  މިރޭ އައިރީން ގެ މޫނުމަތީގައި ވިދުމެއް ހުއްޓެވެ.  މޫނުމަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ. އަވަސް އަވަހަށް ކަމުން ދިޔައިރު ހީވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭ ހެންނެވެ.

ކައި ނިންމާލައިގެން އައިރީން އަވަސް އަވަހަށް ފޯނު ނަގާ އިޒްޔަންއާ ގުޅާލުމައްފަހު މިހާރު މިވަގުތު ބައްދަލު ކުރަން ބޭނުންކަމަށް ބުނި އިރު އެ އަޑުންވެސް އުފާވެފާ ހުރި މިންވަރު ފާހަގަވެއެވެ. ފުލް ބްލެކް ހަދާލައިގެން މަޑު މަޑު މޭކަޕެއް ކޮއްލުމައްފަހު އައިރީން ގެއިންވެސް ނިކުތީ ދުވެފަ ކަހަލަ ގޮތަކަށް ށެވެ. ބޭރުގައި މަޑު ކޮއްލައިގެން ހުރި އިޒްޔަން ވެސް މިރޭ ހުރީ ކަޅު ކުލައިގެ ފަޓުލޫނަކާ ކަޅު ކުލައިގެ އަތްދިގު ގަމީހެއް ލައިގެންނެވެ. ބޯ ރީތި ގޮތަކަށް ހަދާލާފައި ވާއިރު އިޒްޔަން ހުރީ އެތާހުރި ފާރަކަށް ލެނގިލައިގެން ފޯނާ ކުޅެންށެވެ.ފޯނާ ކުޅެން ހުރެފައި އިސްއުފުލާލުމާއިއެކު  ދުވެފައި ނިކުމެގެން އައި އައިރީން ފެނުމުން އިޒްޔަން އަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރެވުނެވެއެވެ. ހާދަ ފުރިހަމަ އޭ އިޒްޔަންގެ ހިތަށް އަރަމުން ދިޔައެވެ. އެ ރީތި ކަމަށް ގެއްލިފައި ހުރި އިޒްޔަން ސިހުނީ ދުވެފާ އައި އައިރީން އެތާ އޮތް ގާގަނޑެއްގާ އަޅައިގެން ފައި ވެއްޓެން ދިޔުމުންނެވެ. އަވަސް އަވަހަށް އިޒްޔަން އައިރީންގެ އުނަގަނޑުގައި ނުހިފޭއްޓިނަމަ އައިރީން  ބިންމަށްޗަށް ވެއްޓުނީހެވެ.

ލޯ މަރާލައިގެން އޮތް އައިރީން ލޯ ހުޅުވާލުމާއިއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެގެން ދިޔައެވެ. އެވަގުތު އައިރީންގެ ހިތަށް ގޮތް ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ކުރިން ދުވަހަކުވެސް ނުކުރެވޭ ފަދަ އިހްސާސެއް ކުރެވެން ފެށިއެވެ. އިޒްޔަން ގެ ދެލޮލަށް ގެއްލިފައި އޮތް އިރު އައިރީން ދުނިޔެ މަތިންވެސް ހަނދާނެއް ނެތް ފަދަ އެވެ. އެ މަދު ވަގުތު ކޮޅު ތެރޭގާ އައިރީން އަށް ބަޔާންނުކުރެވޭފަދަ އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. އެ ހިތުގެ ތެޅުން ދެ ގުނަ އަށް އަވަސް ވެގެން ދިޔައިރު އިޒޔްން ކައިރީގައި ބުނަން އައި ވާހަކަ ވެސް ހަނދާން ނެތިއްޖެއެވެ.

އައިރީން އަށް ހަމަހޭވެރިކަން ވީ އިޒްޔަން އޭނާ ދުރުކޮއްލުމުންނެވެ. ދެންމެ ވެދިޔަ ކަންތަކަށް ފަހު ހީވަނީ އައިރީން ބަސްހުއްޓިފާ ހުރިހެންނެވެ. އިޒްޔަން ވާހަކަ ދައްކަން ފެއްޓުމުންވެސް އައިރީން ދިޔައީ ސިހިގެންނެވެ. ފުރަތަމަ ފަހަރަށް ތަފާތު ނަޒަރަކުން އައިރީން އިޒްޔަންގެ މޫނަށް ބަލާލިއެވެ. ” ސޯ ކޮންވާހަކައެއް ބުނަން އަހަރެން ގެނައީ؟ .. “އިޒްޔަން ސުވާލު ކޮއްލުމުން އައިރީން ބޯހޫރާލުމައްފަހު އެ ހިތުގައި އުފެދުނު އިހްސާސް ތަކަކީ އާދައިގެ އިހްސާސް ތަކެއް ކަމައް ނިންމާ އުފާވެރި ހިނިތުންވުމަކާއިއެކު ވާހަކަދައްކަން ފެށިއެވެ. ” އިޒް .. ގެސް ވަޓް .. ހީ އާސްކްޑް މީ އައުޓް .. ” ކުޑަކޮއް ފުއްމާލަމުން އައިރީން ބުނެލި ޖުމްލައިން ދާދި ދެންމެ އަކާ ޖެހެންދެން އިޒްޔަން ގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނެވެ. އެ ހިތުގައި ފުރަތަމަ ފަހަރަށް ރިއްސާލިއެވެ. އިޒްޔާން އައިރީން އާއި ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އެތައް އެއްޗެއް އެ ހިތަށް އަރާ ފައިބަމުންދިޔައެވެ. ރީން އެވެ. އަހަރެންގެ ދެލޮލުން ރީން އަށް ޓަކައިވާ ލޯބި ހަމަ ނުފެނޭ ހެއްޔެވެ؟. ރީން ފެނުމުން މިހިތަށް ކުރާ އަސަރު ހަމަ ނޭނގޭ ހެއްޔެވެ؟ . ނޫނީ ފެނުނަސް ނޭނގޭ ކަމަށް ހަދަނީ ހެއްޔެވެ؟.  ” ހެލޯ .. އިޒް..” އިޒްޔަން އޭނައާއި ދިމާއަށް ބަލަހައްޓައިގެން ހުންނަންފެށުމުން  އައިރީން އިޒްޔަން އަށް ގޮވާލިއެވެ. ” ކާކު؟ ” އެ ސުވާލު ކޮއްލިއިރު އިޒްޔަން ގެ މޫނުމަތި ވަނީ މިލާފައެވެ. ނަމަވެސް އައިރީން އަކަށް މިކަމެއް ފާހަގަ އެއް ނުކުރެވުނެވެ. ” ރީން ބުނީމެއްނު އިޒް ކައިރީގަ .. ފާޒިލް ..މައި ކްލާސް ޓީޗަރ ” ހެވި ދިލިފާ ހުރެ އައިރީން އެހެން ބުނިއިރު އިޒްޔަން ގެ ހިތަށް ކުރަމުން ދިޔަ އަސަރު އަންދާޒާވެސް ކޮއްނުލެވޭނެއެވެ. އޯހް އައިމް ހެޕީ ފޯ ޔޫ ކިޔާފަ އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި އިޒްޔަން އައިރީން އަށް ބަލާލުމެއްވެސް ނެތި ފަސް އެނބުރި ހިނގައިގަތެވެ. އިޒްޔަން ދިޔަ ދިމާއަށް ބަލަން ހުރި އައިރީން ހުރީ ހައިރާންވެފައެވެ. އިޒްޔަން އެ ގޮތަށް ދިއުމުން ދެރަވެސް ވިއެވެ. ” އިޒް އަށް ކިހިނެތް އެވީ؟ .. ”

އައިރީން ވިސްނާ ވިސްނާވެސް އިޒްޔަން އަށް އެވީ ގޮތެއް ނޭނގުމުން ދެ ކޮނޑު އަރުވާލުމައްފަހު ފާޒިލް ބައްދަލު ކުރަން ބުނި ރެސްޓޯރެންޓާއި ދިމާއަށް މިސްރާބު ޖެހިއެވެ.

……………………………………………………….

ގަޑިން ދިހަ ގަޑި ބައިކަށް ހާއިރު ގެއަށް ވަދެގެން އައި އައިރީން ހުރީ ރުޅި އައިސް ރަތް ވެފައެވެ. އެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތަށް ފެންނަމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލީވެސް އެހެންޔާ ލައްޕާ ވަރަށް ވުރެ ތަންކޮޅެއް ބާރަށްށެވެ. އަޅުވައިގެން ހުރި ދަބަސް ސޯފާމައްޗަށް އެއްލާލާފައި ގޮސް އެނދުގައި އޮށޯވެ އޮވެ ފާޒިލް މިރޭ ކަންތަށް ކުރި ގޮތުން ކުދި ކިޔަމުން ދިޔައެވެ. އެހެން އޮވެފާ އަތް ހިއްލާލެވެނު ބޮނޑީގައި އަތުގައި އޮތް ކެވެލި ކޮޅު ފެނުމުން އައިރީން އައިސްފައި ހުރި ރުޅިގަނޑު ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގުނެވެ. މަޑު މަޑުން އެ ފަށުގައި ފިރުމާލެވުނު އިރު އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެއެވެ. ކުދި ކުދި ހިތް ތަކެއް ހުރި އެ ރިހި ކެވެލިކޮޅަކީ އިޒްޔަން އޭނައަށް އުފަންދުވަހުގެ ހަދިޔާއަކަށް ދިން އެއްޗެކެވެ. އިޒްޔަން ގާތުގައި އެ ކެވެލި ކޮޅު އޭނާގެ އަތުން ދުވަހަކުވެސް ނުނަގާނަން ކަމަށް އައިރީން ވަނީ ވައުދުވެފައެވެ. މިރޭ އިޒްޔަން އާއި ހަތަރު ކަޅި ބައްދަލުވެގެން ދިޔަ މަންޒަރު ސިފަ ވުމާއިއެކު އައިރީން ގެ ތުންފަތުގައި ރަކި ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިޒްޔަން އޭނައަށް ބަލާވެސް ނުލާ ދިޔަ އެނބުރި ދިޔަ މަންޒަރު ސިފަވެގެން ދިޔުމުން އެ މޫނުމަތީގައި ކުރިން ހުރި ހިނިތުންވުން ފަނޑުވެގެންދިޔައެވެ.

( ނުނިމޭ )

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

lai

Other Articles

Previous

ދަރިފުޅު (5)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 34

Next
December 25, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 34

Previews
December 24, 2015

ދަރިފުޅު (5)

26 Comments

  1. lai says:
    December 24, 2015 at 8:13 pm

    hi all .. here is the next part .. hope u all will like it .. and mistake eh fenihjehyaa bunela dhehchey .. enjoy reading 🙂

  2. Maalu says:
    December 24, 2015 at 8:23 pm

    Wowwwwwwwww vrh vrh vrh reethi……love this story….when is the next part?????♥♥♥♥♥♥♥♥♥♥♥♥

    1. Maalu says:
      December 24, 2015 at 8:24 pm

      Me first yayyyyyyy……

    2. lai says:
      December 24, 2015 at 9:56 pm

      thanks mal ..thanks alot .. next part v avahah upload kohdheynan insha allah .. onve again thanks 🙂 😀 🙂

    3. lai says:
      December 24, 2015 at 10:00 pm

      hehehehehe congratss mal 😉

  3. Shabee says:
    December 24, 2015 at 8:24 pm

    hey laiiiii….wooooww mii prt vx vrh vrh vrh vrh habeysss 😉 😉 😉 vrh kiyaahithun indhaa enimuny 🙁 🙁 🙁 dhn oeh prt vx vrh avahah dhigu kh up khdhehchey laiiiii 😀 story ah like eh 😛 😛 😛
    🙂 all da bst 🙂

    1. Shabee says:
      December 24, 2015 at 8:25 pm

      me 2nd yayyyyyyyyyy…..;)

    2. lai says:
      December 24, 2015 at 10:02 pm

      heyy lynn .. thy shabee eh noonehnu nw hehehehe .. thank u so much .. hehe ehntha… yah dhigu koh up kohdheynan dhn oeh part .. once again thanks 🙂 😉 😀 😉 .. hehe saabas ..

  4. mice says:
    December 24, 2015 at 8:29 pm

    nice!!

    1. lai says:
      December 24, 2015 at 10:04 pm

      thanks mice 🙂 😀

  5. Anonymous says:
    December 24, 2015 at 8:36 pm

    Vvvv salhi

    1. lai says:
      December 24, 2015 at 10:05 pm

      thanks alot anonymous 🙂 😀

  6. Ryn says:
    December 24, 2015 at 9:50 pm

    oh my…. eyn n ryn hama eii twins ey dhw…. hehehe… n tht ren haadha swyt ey.. i jxt luv this stry.. waitin fr the nxt prt ingey lai.. 😉 😉 gud lck.. n haadha salhi hisaabakun e nimuny.. hehe cnt wait to knw wht wil happn nxt 😉

    1. lai says:
      December 24, 2015 at 10:08 pm

      hehe yah twins .. e ee swyt swyt ren ey ryn hehehe .. ren ryn v gulhey dhw .. e dhemyhun kanneynge gulhuvan vy 😛 thank u so much ryn .. thanks alt .. hehe next part v avahah upload kohdheynan insha allah 😉 😉 🙂 😀 😀

  7. Immy says:
    December 24, 2015 at 10:01 pm

    vrh salhiiiiii…..
    ekm toooooooo shrt….
    eoh kiyaa hiy vgn hamajehilaagn inthanaaa e nimunee 🙁 🙁 🙁
    anywayx vrh salhi

    1. lai says:
      December 24, 2015 at 10:12 pm

      thanks alot immy .. adhivess shrt tha?alheyy .. ok dhen in part long kohlevetho balaanan .. once again thanks immy 🙂 😀

  8. ina says:
    December 24, 2015 at 10:13 pm

    wowwww…….lai…….v v v rythi mi part vx……finally ina kiyaafin mi part….evves kujjaku maraa nulachchey…..sad endind…..hehehehe……miss u lai….all the best….

    1. lai says:
      December 24, 2015 at 11:06 pm

      Thank u so much ina … hehe yah dhn lai mee moya ehtha .. numaraaanan ehvss kuhjaku .. happy endng hehehehe .. once again thanks .. miss u too ????☺??

  9. Anonymous says:
    December 24, 2015 at 10:51 pm

    V SALHI.. WONDER WHEN THE TWINNIES WILL MEET… KUDAKOH DHIGUKOH DHN OIY BAI GENESDHEYNE KAMAH UMMEEDH KURAN… CANT WAIT 2 READ THE NEXT PART.. AVAHAH UP KOHDHEHCCHEY…. 🙂

    1. lai says:
      December 24, 2015 at 11:08 pm

      Thank u so much anonymous… hehe v avahah meet vaane ??.. yah dhn oiy bai dhigu kohlevey tho balaanan .. isha allah v avahah aneh bai upload kohdheynan .. once again thanks????☺??

  10. sanu says:
    December 25, 2015 at 6:37 am

    V v reethi vaahaka maalahey vaahaka up kuraaleh avas kndhehchy ingey mifaharu

    1. lai says:
      December 25, 2015 at 12:33 pm

      Thanks sanu .. yah v avhah upload kohdheynan insha allah ????

  11. maluudxxx says:
    December 26, 2015 at 12:28 pm

    Laii……..mi oart ves v v v v v habeys. ……..part thah maakury,,n v kiaahithun huhttaa a nimuny…whn nxt part?♡♡♡♡♡♡♡♡♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡

    1. lai says:
      December 27, 2015 at 1:12 pm

      Thanks malu ..thanks alot .. kurutha? Oh .. i dont lnw whn i will be able to upload next part.. 🙁

  12. lai says:
    December 27, 2015 at 1:15 pm

    Hi all .. i just wanna say that i dont knw when i will be able to upload the next part .. v srry guys .. 🙁 🙁 🙁 .. aslu mi ulheny site ah nuvadhevign errow eh araathy ve .. srry evryone ..

  13. yaan says:
    December 28, 2015 at 11:02 am

    Alhe vaahaka up vaakeh haadha lahey dhw mihaaru vaahaka kiyaa hithuh nuves nidhy

Comments are closed.

All Right Reserved!