
ފޮހެވޭނޭ ބާއޭ… 37
ޖެހިގެން އައި ހަފްތާގައި މިޝްޔާއަށް ލައްވާލީ ނައިޓް ޑިއުޓީއެވެ. މިޝްޔާ ނައިޓް ޑިއުޓީއަށް ދާ ދުވަސްތަކަކީ އިޒްކާން އެންމެ ފޫހިވާ ދުވަސްތަކެކެވެ. ޝަކުވާތައް ވެސް އެހާ ގިނަވާނެއެވެ. ހުސްވަގުތެއް ލިބޭއިރަށް މިޝްޔާ އިޒްކާންއަށް ގުޅާނެއެވެ. ދެމީހުން އެތައް އިރެއް ވަންދެން ވެސް ފޯނުގައި ތިބެދާނެއެވެ. ނަމަވެސް މާދަމާ މުހިންމު މީޓިންގްއެއް އޮތުމުން އިޒްކާންއަށް ޖެހުނީ ތަންކޮޅެއް އަވަހަށް ނިދާށެވެ. ނިދުމުގެ ކުރިން އޭނަ މިޝްޔާއާ އެތަކެއް ވާހަކައެއް ދެއްކިއެވެ. ފޯނު ބޭއްވިއިރު މިޝްޔާ އިނީ ހިނިތުންވެލައިގެންނެވެ. ރޫޚާއަށް މިމަންޒަރު ފެންނަ އިރަށް ދިމާކޮށް ގަތެވެ. މިޝްޔާ އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. އޭނަ ބަލާލީ އަތުކުރީގައި އޮތް ގަޑިއަށެވެ. އެއްގަޑި ބައިވެއްޖެއެވެ.
”ކޮބާތަ ޒޫ؟…” މިޝްޔާ ވާހަކަގައިގެ ތެރޭން އަހާލިއެވެ. ”އޭނަ ހުންނާނީ ފޯނުގައެއްނު… ބޭރަށް ކަން ނޭގޭ ދިޔައީ…” ރޫޚާ އޭނަގެ އަތުގައި އޮތް ވާހަކަ ފޮތަށް ސަމާލުކަން ދިނެވެ. މިޝްޔާ އަތްދަބަސް ތެރޭން އޭނަ ކިޔަން ގެންގުޅޭ ފޮތް ނެގިއެވެ. ދެމީހުން ހިމޭންކަމުގެ ތެރޭން ވަގުތު ގުނަމުން ދަނިކޮށް ޒީޝާން ހެވިދިއްލިގެން ހުރެ އެތަނަށް ވަނެވެ.
”ހޭއި ގާރލްސް… ވަރަށް ބޮލަށް ފަސޭހަ ދޯ ރާކިންގަނޑު ފޮނުވާލި ފަހުން، މަހިތަށް އެރި އޭނައަށް ޕޮއިޒަން ދީފަ މަރާލަފާނެމޭ ވެސް، ހާދަ ރުޅިއެއް އާދެޔޭ…” ޒީޝާން އޭނަގެ ގޮނޑީގައި އިށީނެވެ. ”ތިބުނީ ތެދެއް…” ރޫޚާ އެއްބައި ވެލިއެވެ. ދުވަސްތަކަށް ފަހު ރާކިންގެ ނަން އަޑު އިވުމުން މިޝްޔާ ވީ ފޫއްސެއްގެ ބޮޑުކަމުން ހިތާހިތުން ރާކިންއާ ދިމާއަށް އެއްޗެހި ކިޔާލައިފިއެވެ. އޭނަ އަތުގައި އޮތް ފޮތަށް ސަމާލުކަން ނުދެވިގެން އުޅެނިކޮށް މީހަކު ކައުންޓަރުގައި އަތް އަޅުވާލިހެން ހީވިއެވެ. ބަލާލިއިރު އެއީ ރާކިން އެވެ. އޭނައާ އެކު އިތުރު ފިރިހެނަކު ވެސް ހުއްޓެވެ. ރާކިން ފެނުމާއެކު ޒީޝާން ޖަގަހައިގެ ދޮރު ތަޅުލައިފިއެވެ.
”މިޝްޔާ، މިޝްޔާ ދޯ ކިޔަނީ…” ރާކިން މިޝްޔާގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. އެދެލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ. މިޝްޔާ އަޑު އިވުނު ކަމަށް ވެސް ހަދާނުލިއެވެ. އޭނަ އިން ފުރޮޅުލީ ގޮނޑި ކައުންޓަަރާ ދުރަށް ޖައްސާލުމުން ރާކިން ފެށީ ހޭށެވެ.
”އަހަރެން ވާހަކަ ދެއްކީމަ ވެސް މައްސަލަ، އެކަމަކު ކޮންމެ ރެއަކު އެފިރިހެން މީހާއާއެކު ތަތްވެގެން ގެއަށްދާ އިރު މައްސަލައަކަށް ނުވޭ؟…” ރާކިން ބުންޏެވެ. އެއާއެކު މިޝްޔާ ސިހުނެވެ. ރާކިން އޭނައަށް ފާރަލާން ވެސް ފެށީ ހެއްޔެވެ؟ އެހިތުގައި ބިރުވެރިކަމުގެ އޮއެވަރު ދުވެލައިފިއެވެ. ދެލޮލުން ފާޅުވެގެން ދިޔައީ ކަންބޮޑުވުމެވެ.
”ކަލެއަށް ކޮންކަމެއްތަ މިޝޫ ކޮންމެ މީހަކާއެކު އުޅުނަސް، ބަލަ އެއީ މިޝޫގެ ހަޒްބެންޑް، ދެން މިޝޫ ބޭނުން ގޮތަކަށް އުޅެވޭނެ ދޯ؟، މާ ވާހަކަ ގިނަ ނުކޮށް މިތަނުން ދާން އުޅޭ…” ޒީޝާން ރުންކުރު ރާގަކަށް ބުންޏެވެ. ޒީޝާންގެ ޖުމްލައިން ރާކިންއަށް ހައިރާންކަން ލިބިގެން ދިޔަ ހިނދު މުށްކަވާލެވުނެވެ.
”ހަޒްބެންޑޭ!؟…” ރާކިންއަށް އިހްތިޔާރަކާ ނުލާ ބުނެވުނެވެ. އޭނަގެ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. މީހާ އެރުޅިވެރިކަމުން ފިއްސާލައިފިއެވެ. ލޭ ކެކިގެންފިއެވެ. އޭނައަށް މިޝްޔާއަށް ބަލާލެވުނެވެ. އެއާއެކު މިޝްޔާގެ މޭގަނޑަށް ލޮޅުން އަރައިފިއެވެ.
”އާނ، ދެން ވެސް މިތަނުން ދާން އުޅެބަލަ…” ޒީޝާން ކަޅިއަޅާލައިގެން އިނދެ ބުންޏެވެ.
”ނުކުރާނަން ޤަބޫލެއް…”
ރާކިން ދެބުމަކައިރިކޮށްލިއެވެ. އެއީ އޭނަގެ ކަންފަތަށް ހޮނު އެޅި ޚަބަރަކަށް ވެގެން ހިނގައްޖެއެވެ. މިޝްޔާއަކީ ހަޤީޤަތުގައި ވެސް މީހެއްގެ ހައްޤެއް ބާވައެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. މިޝްޔާ ވާން ޖެހޭނީ އޭނަގެ މީހަކަށެވެ. އޭނަ ނޫން އިތުރު މީހަކަށް މިޝްޔާ ލިބުން ހައްޤެއް ނޫނެނެވެ.
ރާކިންގެ ދެލޮލުން އަލިފާން ކަނި ބުރާލިއެވެ. އޭނަ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މިޝްޔާ ހާސިލް ކުރާނެއެވެ. އެނޫން ގޮތަކަށް އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. މިޝްޔާ އޭނަގެ ޚަޔާތަށް އައިސް އޭނަގެ ހަމަޖެހުން ނަގާލައިފިއެވެ. ދެން ދުރުވެވޭނީ ކިހިނެއް ހެއްޔެވެ؟
ރާކިން އިރުގަނޑެއް ވަންދެން މިޝްޔާއާ ދިމާއަށް ނުރުހުމާއެކު ބަލަން ހުރެފައި ކައުންޓަރަށް އެތިފަހަރެއް ވީއްލާލާފައި ނިކުމެގެން ދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން އިން މިޝްޔާ ސިހުނެވެ. ރާކިން ދިއުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ކަމުގައި ވިޔަސް އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔަތާ ކޮންއިރެއް ހެއްޔެވެ؟ ބިރުގަތީ އިޒްކާންއަށް ކަމެއް ވެދާނެތީއެވެ. ރާކިން އޭނައަށް ބަލަން ހުރި ގޮތުން މީހާ ބިރުވެރިކަމުން ވަށާލައިފިއެވެ. އެއީ އޭނައަށް ދިން އިންޒާރުގެ ރަނގަބީލެކެވެ.
”ހޭއި މިޝޫ…” ރޫޚާ މިޝްޔާގެ އަތުގައި ހިފާލުމުން ސިހިފައި އެއަތް ފޮޅުވާލެވުނެވެ. ރާކިންގެ ސަބަބުން މިޝްޔާއަށް ކަމެއް ވެއްޖެކަން އޭނަގެ އެކުވެރިންނަށް ރޭކާލާން މާކަ ގިނަ އިރެއް ނުނެގިއެވެ.
”މިޝޫ ޖަސްޓް ޗިލް، އެކަހަލަ މީހުންނަށް ސަމާލުކަން ދިނުމަކީ ބޭކާރުކަމެއް…” މިޝްޔާ ބިރު އިނުމުން ޒީޝާން ބުނެލިއެވެ. އަދި އޭނަގެ އަތްދަބަހުން ކަޕްކޭކެއް ނަގައި ދިއްކޮށްލައިފިއެވެ. ހިނިތުންވާން އުޅެމުން މިޝްޔާ އޭގައި ހިފިއެވެ. ޒީޝާން ބުނިފަދައިން ހަމަޖެހިލަން އޭނަ ބޭނުމެވެ. ނަމަވެސް ކަންފަތުގައި ގުގުމަނީ އިންޒާރުގެ ރަނގަބީލެކެވެ. ކަންފަތުގައި އަތްއަޅަން އޭނަ ބޭނުމެވެ.
”އޭނައަށް ސަމާލުކަން ނުދެއްޗޭ…” ރޫޚާ އިތުރުކޮށްލިއެވެ. އެކުވެރިންގެ ވާހަކަތަކުން މިޝްޔާ ހަމައަކަށް އެޅިގެން ދިޔައެވެ. ދަންވަރުގެ ބޮޑުބައި ފާއިތުވެގެން ދިޔައީ ވާހަކައިގެ ތެރޭންނެވެ. ނަމަވެސް އިރުއިރުކޮޅާ ބަލި މީހުންގެ ހާލު ބަލައިލަން ދާން ޖެހެއެވެ. މަސައްކަތާއިގެން އުޅެން ފެށުމުން މިޝްޔާގެ ސިކުނޑި ހަމައަކަށް އެޅުނެވެ. ފަތިސްވެގެން އައިއިރު ތިން އެކުވެރިން ވެސް ތިބީ ނިދި ބުރާންތި ވެފައެވެ. ތައްޔާޖެހެމުން ދިޔަ އެކުވެރިންނަށް މިޝްޔާ ކޮފީ ގެނެސްދިނެވެ. އޭނަ އައީ ފަތިސް ނަމާދުކޮށްލައިގެންނެވެ. އެކުވެރިން ގާތު ވެސް ފަތިން ނަމާދުކުރަން ބުނުމުން ޒީޝާން ބުނީ އޭނަގެ ޗުއްޓީ ދުވަސްކޮޅު ކަމުގައެވެ. ކޮފީ ބޯލަމުން ރޫޚާ ދިޔައީ ނަމާދު ކުރުމަށެވެ.
****
ހެނދުނު ހަތެއް ޖަހަން އުޅެނިކޮށް މިޝްޔާއަށް އިޒްކާން ގުޅިއެވެ.
”ގުޑް މޯރނިންގް…” ފޯނު ނެގުމާއެކު އިޒްކާންގެ އަޑު އިވުނެވެ. ފޯނުން އެއަޑު އިވުމުން ވެސް މިޝްޔާގެ ހިތުގައި ފިރުމާލަދިން ހެން ހީވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ”ގުޑް މޯރނިންގް މައި ލަވް… ސައިބޮއެފިންތަ؟…” މިޝްޔާ އަހާލިއެވެ.
”ނޫން ދެމީހުން އެކުގަ ސައިބޯނީ، އިރުކޮޅަކުން އަންނާނަން، ސީ ޔޫ، އެންޑް ބާއި، މިހާރު މިދަނީ ތައްޔާރުވާން….” އިޒްކާން ބުންޏެވެ. މިޝްޔާ ފޯންކޯލް ބޭއްވީ ހިތްހަމެޖެހިގެން ހުރެ އެވެ. ޒީޝާން މެން ބުނިފަދައިން ރާކިން މަތިން ހަނދާން ނައްތާލަން މިޝްޔާ އަޒުމު ކަނޑައެޅިއެވެ. އެހެނަސް އެއީ އޭނައަށް ކުރެވުނު ފުރަތަމަ ކުށްކަމެއް މިޝްޔާއަށް އޭރު ރޭކާނުލައެވެ.
މިޝްޔާ އިޒްކާންގެ އިންތިޒާރުގައި ހުއްޓާ އިޒްކާން އައެވެ. އޭނަ ހުރީ ނޫކުލައިގެ ސޫޓެއްގައެވެ. އިޒްކާން ރަސްމީކޮށް ފެންނައިރު ވަކިން ރީތިކަން މިޝްޔާއަށް ފާހަގަ ކުރެވެއެވެ. އިޒްކާންގެ ހުރިހާ ސިފައެއް ވެސް އޭނައަށް ފުރިހަމައެވެ. މިޝްޔާ ހިނިތުންވެލިއެވެ.
”މައި ސްމާޓް ހަޒްބެންޑް…” މިޝްޔާ ލޯބިން ފުރިގެންވާ އަޑަކުން ބުންޏެވެ. އިޒްކާން ބޭނުންކޮށްގެން ހުރި ލުއި ސެންޓް ވަހުން އޭނަގެ ހިނިތުންވުން ފުންކުރުވައިފިއެވެ.
ދެމަފިރިން އެކުގައި ސައިބޮއެގެން ދިޔައީ ”ނައިޓިންގޭލް” އަށެވެ. ”ބާއި…” މިޝްޔާ އިޒްކާންއަށް ހިނިތުންވެލަމުން ގޮސް އެތެރެއަށް ވަނެވެ. އިޒްކާން ދެން ދިޔައީ އޮފީހަށެވެ. މިޝްޔާ އެތެރެއަށް ވަން އިރު ދީމް އާއި ޔޫޝައު ބޮޑުކޮޓަރީގައި ތިބެ ސަކަރާތް ޖަހާ އަޑު އިވެއެވެ. މިޝްޔާ ސިޑިއާ ދިމާއަށް ހިނގަމުން ދަނިކޮށް ދީމް ގޮވާލައިފިއެވެ.
”ހޭއި ނާރސް، ހާދަ ލަހުން ތި އާދެވުނީ….” ދީމް ބުންޏެވެ.
”ދުއްވާލަން ގޮސްފަ މިއައީ… ޔޫޝް އޮފީހަށް ނުދާ ދުވަހަކީތަ؟…” މިޝްޔާ އަހާލިއެވެ.
”ދުއްވަން ގޮސްފަ؟ މިއޮއް ހެނދުނާ؟… މިޝޫމެންނަށް ނޯވޭ ދޯ ދުއްވަން ދާން ގަޑިއެއް ވެސް… ޔޫޝް ދެން އޮފީހަށް ދާނީ ހަފްތާއެއް ފަހުން…” ދީމް ޖަވާބު ދިނެވެ.
”ދުއްވަންދާން ވަކި ވަގުތެއް އޮވޭތަ؟، ކޮބާ މަންމަ؟….” މިޝްޔާ އަހާލިއެވެ. އެވަގުތު ކާކޮޓަރިން ނިކުމެގެން އައި ބަލްޤީޝް މިޝްޔާއަށް ފެނުނެވެ. އޭނައާއެކު ހުރި މާހުތާބް ވެސް މެއެވެ. ބަލްޤީޝް މިޝްޔާ ގާތު އެދުނީ ފެންވަރާލައިގެން އައިސް ސައިބުއިމަށެވެ. މިޝްޔާ އޭނަ އިޒްކާންއާއެކު ސައި ބޮއެފިކަމަށް ބުނެލަމުން ދިޔައީ ކޮޓަރިއަށެވެ.
ފެންވަރާލައިގެން އައިސް އެނދުގައި ޖައްސާލިއިރަށް މިޝްޔާއަށް ނިދުނީއެވެ. ހޭލެވުނީ ކުދި ކުދި ގޯނާތަކެއް އިހުސާސް ކުރެވިގެންނެވެ.
”ދެން ޒޭން…” އިޒްކާންގެ އަތް ދުރުކޮށްލަމުން މިޝްޔާ ނިދީގެ ތެރޭން ފުރޮޅިލިއެވެ. އިޒްކާން ހީގަތް އަޑު އިވުނެވެ. މިޝްޔާ ލޯހުޅުވާ ނުލިއެވެ. އެއާއެކު އިޒްކާންގެ ގޯނާތައް ދިޔައީ އިތުރުވަމުންނެވެ.
”ޒޭން ޕްލީޒް ސްޓޮޕް އިޓް!…” މިޝްޔާ ފުންމައިގެން ތެދުވުނެވެ. ހެމުންހެމުން ގޮސް އޭނަގެ ބަނޑަން ތަދެއް ވެސް އަރައިފިއެވެ. މިޝްޔާ ތެދުވާއިރަށް އިޒްކާން މިޝްޔާ އެއަތުގެ ތެރޭގައި ގައިދުކޮށްލައިފިއެވެ. ”ކޮންއިރެއްތަ މިޝޫއަށް ގޮވާތާ؟، ގަޑިން ވީއިރެއް އެނގޭތަ؟، މަންމަ ހުންނާނެ ލަސްވެގެން…” އިޒްކާން ބުންޏެވެ. މިޝްޔާއަށް ގަޑިބަލާލަން ހަނދާން ވީ ދެނެވެ. ގަޑިއަށް އަވަސް ނަޒަރެއް ދިންއިރު އަށެއް ޖަހަނީއެވެ. ރޭގަނޑުގެ ކެއުން ފެށޭ ގަޑި ޖެހެނީއެވެ.
”ޒޭން ކީއްވެތަ ނުގޮވީ؟… ރުޅި…” މިޝްޔާ އިޒްކާންގެ އަތުގެ ތެރެއިން ނިކުންނަން އުޅުނެވެ.
”ގޮވާގޮވާ ވަރުބަލިވީއިރުވެސް ލޯހުޅުވާލީކީ ނޫން…” އިޒްކާން އެއަތުގެ ތެރެއިން ސަލާމަތްވުމުގެ ފުރުސަތެއް މިޝްޔާއަކަށް ނުދިނެވެ.
****
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އެރޭގެ ފަހުން ރާކިންގެ އުނދަގުލެއް މިޝްޔާއަށް ނުފޯރައެވެ. އެކަމާ އޭނަ ހިތްހަމަވެސް ޖެހުނެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ކުރިމަތިވީ އެއަށް ވުރެ ބޮޑު ކަމަކާއެވެ. މީހަކު އޭނައަށް ފާރަލާހެން ހީވާން ފެއްޓިއެވެ. ފަހަތުން އަންނަހެން ވެސް ހީވެއެވެ. ނަމަވެސް އެމީހެއްގެ ހިލަމެއް ނުވާކަހަލައެވެ. މިޝްޔާ ބިރުގަންނަ ގޮތް ވިއެވެ. ސިހެން ފެށިއެވެ. ޑިއުޓީގައި ހުންނައިރު އަބަދު ވިސްނުމަކަށް ގެއްލެއެވެ. އެކަނި ހުންނަން ބިރުގަންނަ ހިސާބަށް ކަންތައް ދިޔައެވެ. އެއީ ރާކިންގެ އުނދަގުލަށް ވެދާނެތީ މިޝްޔާގެ ބިރުވެރިކަން ދެގުނައަށް އިތުރުވާން ފެށިއެވެ.
މިޝްޔާއަށް އަންނަމުން ދިޔަ ބަދަލުތައް އިޒްކާންއަށް ފާހަގަ ކުރެވެން ފެށުމާއެކު ސުވާލުކުރިއެވެ. މިޝްޔާ ހެދީ ދޮގެވެ. މަސަތްކަތާ ހުރެ ކަމަށް ބުނެ ހަމަޖައްސާލީ އެވެ. އެކަމާ ހުރެ އިޒްކާން ހާސްކަމެއްގެ ތެރޭގައި ބަހައްޓާކަށް އޭނަ ބޭނުމެއް ނުވީއެވެ. އެއީ ވަހުމަކަށް ވެސް ވެދާނެއެވެ. މިޝްޔާ ގަސްދު ކުރީ އެހުރިހާކަމެއް މަތިން ހަނދާން ނައްތާލުމަށެވެ. އެއީ އޭނައަށް ހީވާ ހީވުމަކަށް ހަދާށެވެ.
****
މިޝްޔާ އިޒްކާންގެ ގަމީސްތައް އިސްތިރިކުރަން ހުއްޓާ ފަހަތުން އައިސް މީހަކު ބައްދައި ގަތުމުން ސިހުނެވެ. އަތުން އިސްތިރިވެސް ދޫނުވީ ކިރިޔާއެވެ. ”ޒޭން…” މިޝްޔާ ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުންޏެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ އެތައް ގުނައަކަށް މައްޗަށް ޖެހިލާފައެވެ. އެފަދަ ސަމާސާތައް މިހާރު އޭނައަށް ކަމަކު ނުދެއެވެ.
”ސޮރީ…” އިޒްކާން މާފަށް އެދުނެވެ.
”ޒޭން އެހެން ނުހައްދައްޗޭ…” މިޝްޔާ ހިނިތުންވުމަކާއެކު ފުއްދާލިއެވެ. އިޒްކާން އޭނަ ގާތު އިނުމުން ހިތުގެ އުދާސްތައް ވައިގެ ތެރެއަށް ބުރައިގެން ގޮސް އޭނަ މިނިވަން ވެއްޖެއެވެ. އިސްތިރިކުރަމުން ދިޔަ އިރު މިޝްޔާއަށް އިޒްކާންގެ ގޯނާތައް ލިބޭލެއް މަދެއް ނޫނެވެ. އިޒްކާންއަށް އެދެއަތް ދުރުގައި ބޭއްވުން ވީ އުނދަގޫ ކަމަކަށެވެ. މިޝްޔާ ވެސް އިނީ އިޒްކާންގެ ބީހުންތަކަށް ފުރުސަތު ދީގެންނެވެ. އެބީހުންތަކަށް މަރުހަބާކިޔެވެ. ބީހުންތައް ގިނަވަމުން ގޮސް އެންމެ ފަހުން ދެހިތުގައި އުފަންވެގެން ދިޔަ ހުޅުގަނޑު ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިޔައެވެ.
އިޒްކާން އާއި އެނދާ ދެމެދުވެ ފިތިގެން ދިއުމާއެކު އިޒްކާންގެ ހެދުންތައް ބޭލުމުގައި މިޝްޔާ އެހީވެދިނެވެ. ދެމީހުންގެ ހަރަކާތްތައް ވެސް އެހާމެ އަވަހެވެ. ދެޖިސްމުގައި އުފަންވެގެން ދިޔަ ލޯބީގެ ހުޅުގަނޑު ނިވިގެން ދިޔައީ އެތައް އިރެއް ވީ ފަހުންނެވެ. އިޒްކާން އޮތީ ވަރުބަލިވެގެން ގޮސް އެނދަށް ދެމިފައެވެ. މިޝްޔާ ވެސް މެއެވެ. އޭނަ އިޒްކާންގެ މޭގައި ބޯއަޅާލައިގެން އޮތްއިރު އެތަނަވަސް މޭމަތީގައި ފިރުމަމުން ދެއެވެ. ބޮސްދެއެވެ. އިޒްކާންގެ އަތްތިލަ ވަނީ މިޝްޔާގެ އަތްތިލައާ ގުޅިލާ މެހިގެން ގޮސްފައެވެ.
****
މިޝްޔާ ނަވްރަސްގެ ގާތަށް ސެޝަންތަކަށް ދިޔައެވެ. ނަވްރަސް ކަންބޮޑުވުން ފާޅުކުރިއެވެ. އިޒްކާންއަށް ހުރިހާކަމެއް ހާމަކޮށްދޭން އެދުނެވެ. އޭނަ މިޝްޔާއަށް އެހީވެ ދިނުމުގައި އަވަސް ވެގަތެވެ. މާބޮޑަށް ކަންތަކާމެދުގައި ނުވިސްނުމަށް އެދުނެވެ. އަދި ބިރުނުގަތުމަށް ވެސް އެދުނެވެ.
ސެޝަންތަކަށް ދާން ފެށުމުން މިޝްޔާގެ ސިކުނޑިއަށް އެތައް ތަން ލުއިވެގެން ދިޔައެވެ. އޭނަ ނަވްރަސްގެ އެދުމުގެ މަތިން އިޒްކާންއަށް ހަޤީޤަތް ހާމަކުރަން ގަސްދުކުރިއެވެ. އެދުވަހު މިޝްޔާ ޑިއުޓީގައި ހުއްޓާ ފޯނު ކޯލެއް އައެވެ. އެއީ ނުދަންނަ ނަންބަރެކެވެ. މިޝްޔާ ފޯނެއް ނުނެގިއެވެ. ހަތަރު ފަހަރު އެނަންބަރުން ގުޅިއެވެ. ހައިރާން ވެފައި އޭނަ ޖަވާބު ދިނީ އެއީ ދީމް ކަމަށް ހީކޮށެވެ. ދީމްއަކީ ދުވަހަކު ނަންބަރެއް ގެންގުޅޭ މީހަކަށް ވުމުންނެވެ.
”ހެލޯ…” މިޝްޔާ ބުންޏެވެ. އެކޮޅުން ވާހަކައެއް ނުދެއްކިއެވެ. ”ހެލޯ…” ހައިރާންކަމާއެކު މިޝްޔާ އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ. ”ދީމް؟…”
”މިޝާ…” އިވުނީ ފިރިހެނެއްގެ އަޑެވެ.
”ކާކު؟…” ފުރަތަމަ މިޝްޔާއަށް ނަގައި ނުގަނެވުނެވެ.
”ކާކުކަން ހަމަ ނޭގިގެންތަ ތި އަހަނީ، އަހަރެން މިޝްޔާގެ ގާތުގައި ހިޔަނިހެން އަބަދުވެސް ވަން، ކީއްވެތަ މޮޔައިން ބަލާ މީހެއްގެ ގާތަށް މިޝްޔާ ދިޔައީ؟….” ރާކިން ބުންޏެވެ.
”ރާކިން؟، ކިހިނެއް…. ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ؟…” މިޝްޔާ ހާސްކަމާއެކު އެހިއެވެ. ރާކިންއަށް އޭނަ ނަވްރަސްއާ ބައްދަލުކުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ފާރަލާ މީހަކީ ރާކިން ހެއްޔެވެ؟ މިޝްޔާއަށް ހިންދިރުވާލެވުނެވެ. ރާކިންގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
”އެއީ ނުލާހިކު ފަސޭހަ ކަމެއް، ބުނެބަލަ މިޝާ އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވަނީ ކީއްވެތަ؟… އަހަރެން މިޝާ ގާތު ވާހަކައެއް ބުނަން ބޭނުންވެފައި ވާ މިންވަރު ނޭގޭތަ…”
”ރާކިން ދެން ދުވަހަކު މިފޯނަށް ނުގުޅާތި! އަޑުއިވިއްޖެތަ؟.. މަށާ ދައްކަން ޖެހޭނެ ވާހަކައެއް ނޯންނާނެ! އަޑުއިވިއްޖެތަ؟…” މިޝްޔާގެ އަޑު ތުރުތުރު އަޅައެވެ. ނިތްކުރީގައި ފިނިދަލެއް ވެސް ހިއްލާލައިފިއެވެ.
މިޝްޔާ ފޯނު ކަނޑާލިއެވެ. ނަމަވެސް ފޯނު އައުން މަދެއް ނުވިއެވެ. ދެން ފެނުނީ ރާކިން އައިސް ނަރުހުންގެ ޖަގަހައިގެ ތެރެއަށް ވަންތަނެވެ. މިޝްޔާއަށް ފުންމައިގެން ގޮސް ގޮނޑިން ތެދުވެވުނެވެ. ވަގުތުގެ ގޮތުން އޭނަ ހުރީ އެކަނިއެވެ. މިޝްޔާގެ އަތްފައި ފިނިވިއެވެ. ރާކިން ފެނި މީހާ ބިރުވެރިކަމުން ވަށާލައިފިއެވެ.
ރާކިން މިޝްޔާއަށް ބަލަން ހުރީ ރުޅިވެރިކަމާ އެކުގައެވެ. އޭނަ މިޝްޔާއަށް ބަލަން ހުރެފައި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މިޝްޔާ ބިރުން ގޮސް އެތާ އޮތް ތިލައެއް ނަގާ ރާކިންއާ ދިމާއަށް ދިއްކޮށްލައިފިއެވެ.
”ނު.ނުކުމޭ މިތަނުން…” މިޝްޔާ ބިރުން ގޮސް ތުރުތުރުއަޅައެވެ. ރާކިން އަކީ އާދައިގެ މީހެއް ނޫންކަން މިޝްޔާއަށް އެނގިއްޖެއެވެ. ހިތުގައި އޮތް ބިރުވެރިކަން އެވަގުތު ގަދަޔަށް ވަކިހިއްޕާލައިފިއެވެ.
”އަހަރެން ނޫޅެމޭ މިޝާއަށް އަނިޔާ ކުރާކަށް، އެކަމަށް އަހަންނަށް މަޖުބޫރު ނުކޮށްބަލަ!…” ރާކިން ބުންޏެވެ.
”އަހަރެން ބޭނުމެއް ނޫން ރާކިން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން، އަހަރެން ހަޅޭއް ނުލަވަނީސް މިތަނުން ނުކުމޭ….” މިޝްޔާ ހުރީ ދަލުން ފޯވެފައެވެ. ހިތް އޭގެ މަގާމް ދޫކޮށް ބޭރަށް ނުކުމެދާނެހެން ހީވެއެވެ. އެވަގުތު މިޝްޔާގެ ފޯނު ރިންގްވާން ފެށިއެވެ. މޭޒުމަތީ އޮތް ފޯނަށް މިޝްޔާއަށް ބަލާލެވުނެވެ. އޭނަ ފޯނު ނެގުމުގެ ކުރިން ރާކިން އެ ނަގައިފިއެވެ.
”ފޯނު ދީ…” މިޝްޔާ ހާސްވިއެވެ.
”ލަވިންގް ހަޒްބެންޑް!…” ރުޅިވެރިކަމާއެކު ރާކިން ބުނެލިއެވެ. އަދި ފޯނު ކަނޑާލިއެވެ.
”ރާކިން! މިބުނީނު އަހަރެންގެ ފޯނު ދޭށޭ…” މިޝްޔާ ހިތްވަރުކޮށްލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
”މިޝްޔާ ޖެހޭނީ އެފިރިހެނާއާއި ވަކިވާން، ތީ އަހަރެންގެ މީހެއް!….” ދެވަނަ ފަހަރަށް ފޯނު ރިންގްވާން ފެށުމުން ރާކިން ފޯނު ޖެހީ ބިމަށެވެ. ފޯނު އެތިކޮޅުތަކަށް ބުރައިގެން ދިޔަ ހިނދު ސިއްސައިގެން ދިޔަ މިޝްޔާގެ އަތުން އޭނަގެ ދިފާއުގައި ދިއްކޮށްލައިގެން ހުރި ތިލަ ވެސް ވެއްޓިއްޖެއެވެ. ދެލޯބޮޑުކޮށްގެން ބަލަން ހުރެވުނީ ގަބުވެފައެވެ.
ރާކިން މިޝްޔާއަށް އިންޒާރެއް ދީފައި ނުކުމެގެން ދިއުމާއެކު މިޝްޔާއަށް ބަލާލެވުނީ އޭނަގެ ފޯނަށެވެ. އެއާއެކު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ ފޯނުގެ ބައިތައް ހޮވަން ގުދުވެލި ތަނާ ރޫޚާ ވަނެވެ. މިޝްޔާ ނިކަން އަވަހަށް ކަރުނަތައް ފޮހެލިއެވެ.
”ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ؟….” ރޫޚާ އެހިއެވެ. އޭނައަށް މިޝްޔާގެ ކަރުނަތަކެއް ނުފެނުނެވެ.
”ވެއްޓުނީ، ދީބަ ރޫގެ ފޯނު ޒޭންއަށް ގުޅަން…” މިޝްޔާ އެދުނެވެ. ރޫޚާ އޭނަގެ ފޯނު ދިއްކޮށްލުމާއެކު މިޝްޔާ ފޯނު އަތުލިއެވެ. އަދި އިޒްކާންއަށް ގުޅާލިއެވެ.
”ކުޑަކޮށް ބިޒީކޮށް އުޅުނީމަ ފޯނު ނުނެގުނީ ސޮރީ…” މިޝްޔާ ބުނެލިއެވެ. ”ފޯނު ނިއްވާލީ ކީއްވެގެންތަ؟ ޖަވާބެއް ނުދީ ފޯނު ނިއްވާލީމަ އަހަރެން ހާސްވާނެ ވަރެއް ނޭގޭތަ؟….” އިޒްކާންގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. މިޝްޔާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. އޭނަ ޖަގަހައިން ބޭރަށް ނުކުތެވެ.
”ސޮރީ، ދެން އެހެން ނުވާނެޔޭ، ޒޭން އަހަރެން ދެކެ ރުޅިނާންނައްޗޭ…” މިޝްޔާގެ އަޑު ކުރެހުނެވެ.
”ކީއްވެ ރުޅިއަންނަންވީ؟ އަހަރެން މިޝޫދެކެ ވަރަށް ބޮޑަށް ލޯބިވޭ، ސޮރީ އެހެން ވާހަކަ ދެއްކުނީމަ…” އިޒްކާން ބުންޏެވެ. އެޖުމްލައިން މިޝްޔާގެ ނާޒުކު ހިތުގައި ފިރުމާލަ ދިނެވެ. އެދެމެދުގައި ދުރުމިން ވިޔަސް އިޒްކާންގެ އަޑުން މިޝްޔާއަށް ހިތްހަމަޖެހުން ގެނެސްދިނެވެ. ކުޑަ ހިނދުކޮޅަކަށް ވިޔަސް އޭނަގެ ހިތުގައި ވި ބިރުވެރިކަން މަތިން ހަނދާން ނެތުނެވެ.
****
އެދުވަހަށް ފަހު މިޝްޔާ އުޅެން ޖެހިފައިވަނީ ހާސްކަމުގެ ތެރޭގައެވެ. ރާކިންގެ އުނދަގޫ ބޮޑުވުމުންނެވެ. އެންމެފަހުން ޖެހުނީ ފޯނު ނަންބަރު ވެސް ބަދަލުކުރާށެވެ. އެނާޒުކު ވަގުތު ނަވްރަސްގެ އެހީ ނުލިބުނުނަމަ އޭނަ ރަގަޅަށް ވެސް ދުނިޔެއިން މޮޔަވީސްކަން ނޭގެއެވެ. އޭރުވެސް ނަވްރަސް ބުނަމުން ދިޔައީ އިޒްކާން ގާތު ބުނުމަށެވެ. އޭނަ ވެސް ހުރީ މިޝްޔާއަށް އެހީވެދޭން ތައްޔާރަށެވެ. ފުލުހަށް ރިޕޯޓްކުރަން ނަވްރަސް އުޅުނެވެ. ރާކިންގެ ނަންބަރު އޭނައަށް ދިނުމަށް ބުންޏެވެ. އެކަން މަނާ ކުރީ މިޝްޔާ އެވެ. އޭނަގެ ސަބަބުން ނަވްރަސްއާއި އިޒްކާންއަށް ނުރައްކަލެއް ކުރިމަތިވާން އޭނަ ބޭނުން ނުވާތީއެވެ.
ނަވްރަސް މިޝްޔާއަށް އެބިރާ ކުރިމަތިލާން ދަސްކޮށްދިނެވެ. އޭނަ ހިތްހަމަނުޖެހުނީ މިޝްޔާ އެކަން ސިއްރުކުރަން އުޅޭތީއެވެ.
****
”މިޝޫ މި ކީއްކުރާ ބޭހެއްތަ؟…” ފާޚަނާއިން ނިކުތް އިޒްކާން އޭނަގެ އަތުގައި އޮތް ފުޅި ދައްކާލަމުން މިޝްޔާއާ ސުވާލުކުރިއެވެ. ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން މިޝްޔާ ދިޔައީ ސިއްސައިގެންނެވެ. އިޒްކާން ދިޔައީ މިޝްޔާއަށް ފަރުވާތެރިވެ ބަލަމުންނެވެ. އޭނަ ހުރީ ޖަވާބު ބޭނުންވެފައެވެ.
މިހާ އަވަހަށް ހުރިހާކަމެއް ބޮއްސުން ލައިގެން ހިނގައިދާނެކަމެއް މިޝްޔާއަށް ރޭކާނުލީ އެވެ. ނަމަވެސް ނަވްރަސް ބުނި ދުވަސް މިއޮތީ އައިސް ކުރިމަތި ވެފައެވެ. މިޝްޔާއަށް ރޮވުނީއެވެ. އިޒްކާން ކަންބޮޑުވުން އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނަ މިޝްޔާ ގެނެސް މޭގައި ޖައްސާލިއެވެ. މިޝްޔާގެ ލޮލުން ފޭބި ހޫނު ކަރުނަތަކުން އިޒްކާންގެ ޓީޝާޓް ތެތްމާލައިފި އެވެ.
(ނުނިމޭ)
12 Comments!
Comments are closed.
Varah varah reethi!!! Nxt part avaha up kodeathi plx……
Ohh poor mishyaa 🙁 kihinakun ulheymey hithaa ulhey boy ehtha e raakin akee huh I hate him story varah reethi 😛 😛 when is the next prt 😀 😀
Mifaharuves hatharu fas bai ekkoh up koddhin nama… ekamu ok… varah rythi… mi kanthah olhun filuvaa hithun mihaaru hureveny kiriyaaa… vaahaka hama varah rythi… 38 vana baige inthizaaru ga keiytherikameh nethi…
Thee vaahaka liyaane MarSha thw?
Yes… i m.. y?
Mi part vx hama vvv salhi … love this story
Vaahaka vrh reethi..
v v v reethi
Story varah reethi. ….
Salhi mi part vx.
Next part avahah up kohdheebr
kon irakun tha aneh part…
v reethi mi part ves..